ދޭނަން ހިތާ ޖާނާ (11)
ގޭތެރެއަށް ވަދެގެން އައި ލުތުފީގެ ފަހަތުން ލޫތް މަޑު ހިނގުމެއްގައި އައިސް މިސްރާބުޖެހީ ލޫލުގެ ކޮޓަރިއާއި ދިމާއަށްށެވެ. މުޅި ކޮޓަރިން ވެސް ފެންނަނީ ލޫލުގެ ނިޝާންތަކެވެ. އޭނާގެ ކުޅޭ އެއްޗިއްސާއި ހެދުންތަކެވެ. ލޫތް ގޮސް ކުޑައެނދުގައި އިށީނދެލަމުން އަތުގައި އޮތް ބެއާ އެނދުކޮޅުގައި ބެއިންދިއެވެ. ލޫލުގެ ކުޑަ ބާލިހުގައި އަތް ބީއްސާލަމުން ފުން ނޭވާއެއްލީއިރު އެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ.
ލޫލުގެ ކުޑަ މޭޒު ކައިރީގައި މަޑުކޮށްލި ލޫތް އެތަނުގައި އޭނާ ކުރަހާފައި ހުރި އެއްޗިއްސަށް ބަލަމުން ދިޔައެވެ. ބައެއްފަހަރަށް ކުރަހާފައި ހުންނަ އެއްޗެހިން ހިނިވެސް އާދެއެވެ. އެތަނުން ދާން ހިނގައި ގަންތަނާ މޭޒު މަތީގައި ކުރަހާ ފޮތް ދަށުގައި އޮތް ގަނޑެއް ވެއްޓުނެވެ. ލޫތް ތިރިވެ އެ ގަނޑު ނެގިއިރު އޭގައި އިން ކުރެހުން ފެނި ހިތަށް ތަދުވިއެވެ.
ބުޅި ބޮލެއް ލާފައި ހުރި ކުޑަކުއްޖެއް ބޮޑު ފިރިހެނެއްގެ އަތުގައި ހިފައިގެން ހިނގާފައި މޫދުކައިރީގައި ހިނގާފައި ދާ މަންޒަރެކެވެ. އޭގައި ‘ޑެޑީ އެނޑް ލޫލު’ ޖަހާފައިން އިން އިރު ތިރީގައި ‘ބެސްޓް ޑެޑީ އިން ދަ ހޯލް ވައިޑް ވޯލްޑް’އޭ ލިޔެ ކުލަ ޖައްސާލާފައި އިނެވެ.
ކަނެއްގައި އިއްޔެގެ ތާރީޚު ޖަހާފައި އިނުމުން މިއީ ލޫލު ރޭގައި ކުރެހި ކުރެހުންކަން ލޫތްއަށް އިނގުނެވެ. މިއީ ލޫލު އެންމެފަހުން ކުރެހި ކުރަހުންކަން ރޭކާލުމުން ލޫތްގެ ލޯ ކަރުނުން ފުސްވިއެވެ. އޭނާ އެ ގަނޑު ފަތްޖަހާލުމަށްފަހު ލައިގެން ހުރި ހޫޑީގެ ޖީބުތެރެއަށް ލިއެވެ.
“ނިކުމޭ!” ލީނާގެ ހަޅޭކުގެ އަޑު އިވުމާއި އެކީ ލޫތް ސިހިފައި އެދިމާއަށް ބަލާލިއެވެ. “ކީއްކުރަނީތި މިތާ؟ ނިކުމޭ! އަހަރެންގެ ދަރިފުޅު މަރާލާފައި މި ކޮޓަރިއަށް ވަންނާނެ ކަމެއްވެސް ނެތް..” ލީނާ އައިސް ލޫތް ކޮށްޕާލަމުން ބުނެލިއެވެ. “ލީނާ.. ހަމަޖެހިބަލަ..” ލޫތް މިހެން ބުނި ނަމަވެސް ލީނާ އެވާހަކަތައް އަހާކަށް ބޭނުމެއް ނުވިއެވެ. ރޮއެރޮއެ ދެލޯ ދުޅަވެފައި ވާއިރު އަދިވެސް ހުއްޓުމެއްނެތް ކަރުނަ އެލޮލުން އޮހެމުން ދިޔައެވެ.
“އަތް ނުލާ ގައިގައި.. ޔޫ ކިލްޑް މައި ބޭބީ.. ގެޓް އައުޓް!” ލީނާގެ ހަޅޭކުގެ އަޑަށް އެތަނަށް ލުތުފީއާއި ސައިލަމް އައިސްވަނެވެ. ފަހަތުން އާޒިމާ ވެސް އައެވެ. “ލީނާ.. ދަރިފުޅާ. އެއީ ލޫތްގެ ކުށެއް ނޫނޭ.” ލުތުފީ ބެލީ އެހާލަތުގައި ވެސް ލީނާއަށް ވިސްނައި ދެވޭތޯއެވެ. “ނޫން! ލޫތް ބޭބީއަށް އަޅާނުލީ.. ލޫލު އެކަނި ބެހެއްޓީ.. އެހެންނޫންނީ ލޫލު ނުދާނެ އެކަނި މޫދަކަށް! ޝީ ވުޑުންޓް ޑައި! ހަމަ ކަލޭ ލޫލު މަރާލީ.” ލޫތްގެ ގައިގައި ތަޅަމުން ދިޔަ ލީނާގެ ދެއަތުގައި ހިފައްޓައިގެން ހުރި ލޫތްއަށް ދިފާއުގައި އެއްވެސް ބަހެއް ނުބުނެވުނެވެ. އޭނާ ވަކި ބުނާނީ ކީކޭ ހެއްޔެވެ.
“ނިކުމޭ! މިގެއިން ވެސް ނިކުމޭ.. އަހަރެންގެ ދަރި މަރާލި މީހެއް ކައިރީގައި މަށެއް ނޫޅޭނަން.. ނިކުމޭ!”ލީނާ ރޮމުން ލޫތް ކޮށްޕަމުން ދިޔައެވެ. “ލޫތް.. ދަރިފުޅާ.” ލުތުފީ މިހެން ބުނެލީ ލޫތްއަށް ދިއުމަށް އިޝާރާތް ކުރަމުންނެވެ. މިވަގުތު އެންމެ ރަނގަޅުވާނީ ލޫތް މިތަނުން ދިޔުން ކަމަށް އޭނާއަށް ވެސް ވިސްނުނެވެ.
ލޫތް އެތަނުން ދާން ހިނގައިގަތުމުން އާޒިމާ އޭނާގެ އަތުގައި ހިފެއްޓިއެވެ. އޭރު އޭނާ އާދޭސް ކުރަމުން ދިޔައީ ގެއިން ނިކުމެގެން ނުދިއުމަށްށެވެ. ނަމަވެސް ލޫތް އޭނާގެ މަންމަގެ އަތް ނައްޓާލުމަށްފަހު އެތަނުން ނިކުތެވެ. އޭރު ލީނާ ލޫލުގެ އެނދުގައި އޮށޯވެ އޭނާގެ ބާލިހުގައި ބައްދަލައިގެން އޮވެ ރޮމުން ދިޔައެވެ.
****
ކަނު އަނދިރިކަން ވެރިވެފައިވި ކޮޓަރިތެރޭ އެނދުގައި އޮތް އައިފާ އޮތީ ފުން ނިންޖަކުން ގެނބިފައެވެ. މަޑުމަޑުން އެ އެސްފިތަށް ދުރުކޮށްލަމުން ލޯ ހުޅުވާލިއިރު ފެނުނީ އަނދިރިކަމެވެ. އަތް ދިއްކޮށްލާފައި ލައިޓު ޖައްސަލުމަށްފަހު އައިފާ ތެދުވެ އިށީނެވެ. އެ އިސްތަށި ކޮޅު ހޭވިފައި ވީއިރު ލޯ އުނގުޅާލަމުން ދެފަހަރަކު ހާފުރެލިއެވެ. ގަޑިން ހަތްގަޑި ބައިވިއިރު ހެނދުނު ނުވައް ޖެހިއިރު ނިދުނު މީހާއަށް މިހޭލެވުނީ އަދިކިރިޔާއެވެ.
ނިއްކުރީގައި އަތް ޖައްސާލަމުން ހުން ހުރިތޯ ބަލާލިއިރު މިހާރު ފުދޭވަރަކަށް ހުންގަނޑުވަނީ މަޑުވެފައެވެ. ރޭ ދަންވަރުއައި ގަދަ ހުމުން އައިފާއަށް ހިރިވެސް ނުލެވުނެވެ. މަންމަ އައިސް ހެދުނު ބެލިއިރު ފިހެނީއެވެ. އެންމެ ފަހުން ޑޮކްޓަރަށް ގޮސް ބޭސްކައިގެން އައިސް އޮތް ގޮތަށް ނިދފައި އޮތީއެވެ. ދޭތެރެ ދޭރެއިން މަންމަ އައިސް ޖޫސް ކަހަލަ އެއްޗެހި ދިނެވެ. އީދު ދުވަހު މިޖެހުނީ އެނދުމަތިވެފައި އޮންނަންށެވެ.
އައިފާ ތެދުވެ ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނިކުއިން އިރު އަޒުރާ ސިޓިން ރޫމުގައި ކެރެޓު ކޮށަން އިނެވެ. އައިފާ ގޮސް ކައިރީގައި އިން ސޯފާގައި އިށީނދެލިއިރު ކައިރީގައި އާލިމް ވެސް އިނެވެ. “އަހާ.. ކޮބާ ހުންގަނޑު ކިހިނެތް؟” އައިފާގެ ނިއްކުރީގައި އަތް ޖައްސާލަމުން އާލިމް ބުނެލިއެވެ.
“އޯކޭ މިހާރު.. މަންމަ ކޯއްޗެއް ހަދަން ތިއުޅޭނީ؟” އައިފާ ޓީވީ ބަލަން އިނދެ އަހާލިއެވެ. “ނޫޑްލިސް ހަދަން ކަމަށް.. އެކަމަކު ދަރިފުޅަށް ސޫޕްކޮޅެއް ހަދާދޭނަން އިނގޭ.. ބޭސްކާން ވާނެ އަދި.” ކެރެޓު ކޮށަން އިން ޒުލޭހާ ބުނެލިއެވެ.
“މަޝްހޫރު ވޮރެން ހޮޓެލްގެ ވެރިޔާ ލޫތް އަޙްމަދު ލުތުފީގެ ދަރިފުޅު އާއިޝަތް ލުޔޫން ލޫތް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެ މިއަދުގެ އަސުރު ނަމާދަށްފަހު ވަޅުލައިފި.” ޓީވީ އިން ޚަބަރު ކިޔަން އިން މީހާ މިހެން ބުނުމާއިއެކީ އައިފާ ދެލޯ ބޮޑުވެ ވަގުތުން ޓީވީ އަޑުބާރުކޮށް ކޮށްލިއިރު އެހިތް ނެގިނެގިފައި ޖެހެއެވެ.
“މިއަދު ހެނދުނު ފަޅުރަށަކަށް އަޙްމަދު ލުތުފީގެ އާއިލާ ދަތުރު ގޮސް އުޅުމުގެ ދެރޭގައި ހަތަރު އަހަރުގެ އާއިޝަތް ލުޔޫން ލޫތް ވަނީ ގެނބިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެނެވިފައި. ނަމަވެސް މަޢުލޫމާތު ލިބުން ގޮތުގައި ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާވަނީ ނިޔާވެފައި. މިއަދުގެ އަސުރު ނަމާދަށްފަހު ކުރެވުނު ކަށު ނަމާދުގައި އެތަށް ހާސްބައެއް ބައިވެރި. މި ހިތްދަތި ދަނޑިވަޅުގައި އެއާއިލާއަށް ދައުލަތު އިސްވެރިން ދަނީ ތަޢުޒިޔާ ކިޔަމުން.” ޚަބަރު އަޑުއަހަން އިން އައިފާގެ ލޮލުން ކަރުނަ ބަބުޅަމުން ދިޔައެވެ.
ޓީވީގެ ސްކީރަނަށް ލުޔޫންއާއި ލޫތްގެ ފޮޓޯ އަރަމުން ދިޔައިރު ޖަނާޒާގެ ތަންތަންކޮޅު ވެސް ދައްކާލައެވެ. ލޫތް ހުރިގޮތް ފެނި އައިފާގެ ހިތަށް ބަޔާން ކޮށްދޭން ދަތި ވޭނެއް ވިއެވެ. އެ ކުޑަ ސަންދޯން ހިފައިގެން ދިޔައިރު އެ ރީތި މޫނުމަތީގެ ދިރުންވަނީ ކެނޑިފައެވެ. ލޫލުގެ އެންމެފަހު ވަގުތުކޮޅު މޫނު ބަލައިލަން ވެސް ނުދެވުނީތީ އައިފާ ހިތާމަ ކުރިއެވެ.
ހުއްޓުމެއްނެތި ކަރުނަތަށް އެކޯތާފަތުގައި ބޮސްދެމުން ފޭބިއިރު އެ އަޑު ބެދުނެވެ. “މަންމާ.. ކިހިނެތް؟ ކިހިނެތް މިވީ؟ ކީއްވެ ނުބުނީ” ރޮވިފައި އިން އައިފާ ބުނެލިއެވެ. އަޒުރޭ ތެދުވެގެން އައިސް އައިފާގެ ކައިރީގައި އިށީނދެލަމުން ބޮލުގައި ފިރުމާލިއެވެ.
“މަންމައަށް އިނގުނީ މެންދުރުވީ ފަހުން.. ދަރިފުޅަށް ގޮވަން ވެސް އުޅުނިން.. އެކަމަކު ހުމާ ފިހިފައި އޮތްއިރު މިކަހަލަ ވާހަކައެއް ބުނުމުން އަދި ކިހިނެތްވާނީ؟ އަދި މަންމަ ބުންޏަސް ދަރިފުޅަށް އެހާލުގައި ނުވެސް ދެވޭނެ..” އަޒުރާ މިހެން ބުނިއިރު އައިފާ ދެރަވާނެވަރު އަޒުރާއަށް އިނގެއެވެ. ލޫލު އައިފާއާއި ހެދި އުޅުންވަރާއި އައިފާ އެކުޑަކުޑާ ކުއްޖާފުޅުދެކެ ވީ ލޯބި އަޒުރާ ދަނެއެވެ.
“އެކަމަކު.. ލޫލުގެ މޫނުވެސް ދެކިނުލެވުން.. ދެން ނުވެސް ފެންނާނެ.” އައިފާ ރޮއެގަންނަމުން ތެދުވެގެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ދޮރު ކައިރިއަށް ތިރިވެވުނު އިރު ލޫލުގެ އެކި ހަނދާންތަށް ލޯ މަތީގައި ސިފަވަމުން ދިޔަ ކަހަލައެވެ.
އޭގޭގައި ކުޅެ ސަކަރާތްޖެހި ހަނދާނާއި ރޯދަ ވިއްލަން ގޮސް ލޫލު އެހައި ލޯބިން އައިފާއަށް ކާއެއްޗެހި ލަވާދިން ހަނދާން ވުމުން އިތުރަށް ރޮވެން ފެށުނެވެ. ދެން ދުވަހަކުވެސް އެ ޅަ އަޑުން އާފާއޭ ކިޔައި ގޮވާލާ އަޑެއް ނީވޭނެއެވެ. ލޫތަށް ކުރާނެ އަސަރު ހިތަށް އެރުމާއިއެކީ އިތުރަށް ރޮވެންފެށުނެވެ. ލޫތްގެ ހިތުން އެއްބައި ފަނާވެގެން ދާނެކަން އިނގުމުން އައިފާ ހިތާމަ ކުރިއެވެ.
ކުއްލިއަކަށް އައިފާ ހިތަށް އެރި އެއްޗަކުން މުޅިމިހާ ފިނިވިއެވެ. ލޫތްއާއި ދެކޮޅަށް ހެރޭސްމެންޓްގެ ކޮމްޕެލެއިންޓް ހުށައެޅުނުކަން ހަނދާންވުމުން އެހިތް ގެނބުނުހެން ހީވިއެވެ. މިފަދަ ބޮޑު ހިތާމައެއް ދިމާވިމަށްފަހު އެކަހަލަ ކަމަކާއި ލޫތް ކުރި މަތިލާން ޖެހުމުން ވާނެވަރު އައިފާއަށް އަންދާޒާކޮށްލަން ވެސް ދަތިވިއެވެ.
އައިސްފައި ހުރި ރުޅީގައި ހުށައެޅި ކޮމްޕެލެއިންޓްގެ ސަބަބުން ލޫތްގެ މުޅި ދިރުއުޅުން ބަރުބާދު ވެދާނެއެވެ. އެއީ އެކަހަލަ ކަމެއް ނޫންކަން އިނގި ހުރެ ހަމަ ލޫތް ފަޞީހަތް ކޮށްލުމަށް އެކަންތަށް ކުރެވުނީތީ އައިފާ މިހާރު ދެރަވިއެވެ.
އޭނާ އިންތަނުން ތެދުވެ ފޯނު ނަގައި އެޗްއާރް އޮފީހަށް ގުޅަން ހިތަށް އެރި ނަމަވެސް މިވަގުތު އެކަން ނުވާނެކަން އިނގުމުން ފޯން ބޭއްވިއެވެ. އެ ކޮމްޕްލެއިންޓް ހުށައެޅީ ކާކުކަން ނާންގާނެ ގޮތަށް ކަމުން އެ އަނބުރާ ގެނެވޭނެކަން އައިފާއަށް އިނގެއެވެ.
މާދަން ރަސްމީގަޑި ފެށުމުގެ ކުރިން އޭނާ އެކަން ހުއްޓުވަން ޖެހޭނެއެވެ. އެހެންނޫނީ ލޫތްއާއި ހަމައަށް އެކަން ހިނގައްޖެނަމަ އިތުރަށް ލިބޭނެ ހިތްދަތިކަމާއި ވާނެ ތަކުލީފް އިނގުމުން އައިފާ އެކަން ނުކުރެވުނު ނަމައޭ ހިތަށް އެރިއެވެ.
****
ބެލްކަނީގައި އިށީނދެލައިގެން އިން ނާއިލްގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާ އަތުގެ ނުފުށުން ފޮހެލިއެވެ. އެދަރިފުޅު އެހާ ކުއްލި ގޮތަކަށް ބީވި ދިއުމުން ހިތަށް ބަޔާންކޮށްދޭން ނޭނގޭވަރުގެ ވޭނެއް ލިބުނެވެ. އޭނާ ފޯނުނަގައި އެއިން ފޮޓޯތަށް ހުޅުވާލިއެވެ.
ލޫލުއާއި އެކީ އެއްކަލަ ދުވަހު ބެލްކަނީގައި ސަކަރާތް ޖަހަން އުޅެފައި ނެގި ފޮޓޯތަކަން ބަލަން އިން ނާއިލްގެ ހިތް ކުދިކުދިވި ކަހަލައެވެ.
ލޫލުގެ ބޮލުގައި މާޖަހައިގެން ނަގަފައި ހުރި ނަފްސީތަށް ފެނި އެ ހިނިތުންވުން ދެން ނުފެންނާނެކަން އިނގުނެވެ. ނާއިލްގެ ކޮލަން ދޮންދީ އެކިގޮތްގޮތަށް މޫނު ހަދައިގެން ނަގައިފައި ހުރި ފޮޓޯތަށްފެނުމުން ކުޑަކޮން ހިނިވެސް އައެވެ.
ހާދަ މައުސޫމެވެ. ލޫތަށް ކުރިން ހަޤީޤާތް އެންގުންނަމަ މިއަދު ދަރިފުޅު ހުރީހީ އޭނާ ކައިރީގައެވެ. މިދުނިޔޭގައެވެ. އެދުލުން ބައްޕާއޭ ކިޔައި ގޮވާލާއަޑު އިވުނީހެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. ވަގުތުފާއިތުވުމުން ދެން ކުރެވޭނެ ކަމެއްނެތެވެ.
މުޅި ދުނިޔެއަށް މިއަދު އެ މަރުވީ ލޫތް އަޙްމަދު ލުތުފީގެ ދަރިއެވެ. ނަމަވެސް ހަޤީޤަތުގައި އެއީ ނާއިލް އަޙްމަދު ލުތުފީގެ ދަރިފުޅެވެ. އެސިއްރު އަބަދުގެ އަބަދަށް ވަންހަނާވެގެން ދިޔައީއެވެ.
****
ހޮޓެލްއަށް ވަދެގެންއައި ލޫތް ފެނުމުން ތަނުގެ މުވައްޒަފުން ސިހުނެވެ. މިފަދަ ވަގުތެއްގައި ލޫތް އެތަނަށް އަންނާނެ ކަމަކަށް އެމީހުން ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. ބޮލުގައި ހުޑީ އަޅައިގެން ހުރުމުން އެމޫނު އެހައި ބޮޑަކަށް ނުފެނެއެވެ. މަޑު ހިނގުމެއްގައި ގޮސް ރިސެޕްޝަން ކައިރީގައި މަޑުކޮށްލަމުން އޭނާގެ ކޮޓަރީގެ ތަޅުދަނޑިއަށް އެދުނެވެ.
އެވަގުތު ރިސެޕްޝަންގައި އިން އަންހެން ކުއްޖާއަށް ލޫތްގެ މޫނުފެނި ހިތަށް ތަދުވިއެވެ. އެހިތްގައިމު މޫނު މިލާފައި ވީއިރު އެރީތި ދެލޮލުގައި ވީ ރަތްކަމެވެ. ތަޅުދަނޑި ދިއްކޮށްލަމުން އެއްވެސް މީހަކު އަޔަސް އޭނާއަށް އުނދަގޫ ނުކުރުމަށް އެދުމަށްފަހު އެތަނުން ހިނގައިގަތެވެ.
“އަޅޭ.. ބަލާބަ ސާރ ހުރި ގޮތް. ހާދަ ދެރަވާނެއޭ.” ރިސެޕްޝަންގައި އިންކުއްޖާ ލޫތް ދިއުމުން ޖެހިގެން އިން ކުއްޖާ ކައިރި ބުނެލިއެވެ. “އާން. ކިހާ ލޯބި ކުއްޖެއް އެ މަރުވީ.. ސޭޑް.” ޖެހިގެން އިން ކުއްޖާ ބުނެލިއެވެ.
ލޫތް ކޮޓަރިއަށް ދިޔައިރު ވެސް އެތަށް ބައެއްގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. ބައެއް މީހުން ހުއްޓިލާފައި އޭނައަށް ތަޢުޒިޔާ ކިޔަމުން ދިޔައިރު ލޫތްއަށް ހީވީ އެހިތް ފަޅައިގެން ހިނގައިދާނެ ހެންނެވެ. ކޮޓަރިއަށް ވަދެ ދޮރުޖެހުމަށްފަހު ލޫތް ނުރޯން މަސައްކަތް ކުރިއެވެ.
އެނދުގައި އޮށޯވެލަމުން އެނބުރެމުން ދިޔަ ފަންކާއަށް އޭނާ ނަޒަރު ހުއްޓާލައިގެން އޮތެވެ. ހޫޑީގެ ޖީބުގައި އޮތް ކަރުދާސް ކޮޅުނަގައި އެ ނިއުޅުވާލުމަށް ފަހު ލޫތް މަޑުމަޑުން އޭގައި ބޮސްދިނެވެ.
ދޮރުގައި ޓަކި ޖެހި އަޑަށް ލޫތް ދެލޯ މަރާލިއެވެ. އެވަރަށް އުނދަގޫ ނުކުރާށޭ ބުނުމުން ވެސް މި މީހުންނަށް އަޑު ނީވެނީ ބާއޭ ލޫތް ހިތަށް އެރިއެވެ. އޭނާ ތެދުވެގެން ގޮސް ދޮރުގައި އިން ކުޑަ ލޯވަޅުން ކާކުތޯ ބަލާލިއިރު ބޭރުގައި ހުރީ ފަވާޒްއެވެ. ލޫތް ދެ ވިސްނުމެއްގައި ހުރެފައި ދޮރު ހުޅުވުމުން ފަވާޒް އެތެރެއަށް ވަނެވެ.
“ލޫތް.. އައި އެމް ސޯ ސޮރީ. ޖަނާޒާއަށް ނުދެވުނީ އަހަރެން ހުރީ ރިސޯޓެއްގައި.. އާދެވުނުހައި އަވަހަކަށް މިކޮޅަށް މިއައީ. ލުތުފީ ސަރ ބުނި ލޫތް ދިޔައީ ހޮޓެލްއަށްށޭ..” ލޫތްގެ ކޮނޑުގައި އަތް ބާއްވާލަމުން މިހެން ބުނިއިރު ފަވާޒްގެ އަތުގައި ފައިލެއް އޮތެވެ. ފަވާޒް ލޫތްގެ ގައިގައި ބައްދާލަމުން އޭނާއަށް ހިތްވަރު ދިނެވެ.
ދެމީހުން އައިސް އެނދުގައި އިށީނުމުން ފަވާޒް ވާހަކަފެށިއެވެ. “އިނގޭ މިއީ ރަނގަޅު ވަގުތެއް ނޫންކަން. އެކަމަކު އެޗްއާރްއިން ނިއުމާ އަހަރެންނަށް ގުޅާފައި މީތި ހަވާލު ކުރީ.. ބުނީ ލޫތް ވީމަ މިކަން ކުރިން އަންގަނިއްޔޯ މި.. ވެގެން މިއުޅޭ ގޮތަކީ ހޮޓެލްގެ މުވައްޒަފެއް ލޫތްއާއި ދެކޮޅަށް ހެރޭސްމެންޓްގެ މައްސަލައެއް ހުށައެޅީ.” ފަވާޒް މިހެން ބުނުމާއިއެކީ ލޫތަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ.
“މިއޮތީ ކޮމްޕްލެއިން.. ކާކުކަން ނާންގާ ގޮތަށް މި ކޮމްޕްލެއިންޓް ހުށައަޅާފައި އޮތީ.. މިހާރު ނޭނގެ މިކަން ޕްރެސްއާއި ހަމައަށް ނުދާ ކަމެއް ވެސް. ކޮމްޕްލެއިންޓް ނެގޭނީ އެމީހަކު މިކަން އެނބުރާ ގެންދިޔައީމަ ކަމަށްވަނީ.. އެހެންނޫނީ މި މައްސަލަ ބަލާނެ.” ފަވާޒް އޭނާގެ އަތުގައި އޮތް ފައިލް ލޫތަށް ހަވާލު ކުރަމުން ބުނެލިއެވެ.
އޭތި ކިޔަމުން ދިޔަ ލޫތް ދެރަވިއިރު ރުޅިވެރިކަން ވެސް އިންތިހާއަށް ދިޔައެވެ. މިއީ އައިފާ ނޫން އެހެން މީހެއްގެ ކަމަކަށް ނުވާނެކަން ލޫތްއަށް ޔަޤީންވިއެވެ. މިއަދު އަމިއްލަ ދަރިފުޅު މަރުވިއިރު މާދަން މިޖެހެނީ މުޅި ދުނިޔެ ކުރިމަތީ ފަޞީހަތް ވާށެވެ. ލޫތަށް ހީވީ އޭނާގެ މުޅި ދުނިޔެ ފުނޑުފުނޑު ވީހެންނެވެ.
“ލުކް މޭން. އަހަރެން ބަލާނަން މިކަން ހުއްޓުވޭތޯ.. ލޫތް ބައްޕައާ ވެސް މިހާރު މިވާހަކަ ދައްކައިފިން..މާދަން އެންމެ ފުރަތަމަ ކަމަށް މިކަމާއި އުޅެނީ.. އަވަހަށް މިކަން ނިންމާލުން މީގަ ބުއްދިވެރީ.. އަހަންނަށް ޔަޤީން ލޫތް އެކަހަލަ ކަމެއް ނުކުރާނެކަން. ދިސް އިސް ޖަސް ބުލްޝިޓް! ހާސް ނުވޭ ވީ ވިލް ހޭންޑަލް ދިސް.” ފަވާޒް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ލޫތް އެއްވެސް ބަހެއް ނުބުނެއެވެ.
****
ހެނދުނުގެ ވެގެން އައިރު އިރުގެ އަލި ވަނީ ބޯވިލާތަކުން ފޮރުވާލެވިފައެވެ. ފުދޭވަރަކަށް ބާރަށް ވައިޖެހެމުން ދިޔައިރު ކަޅު ވިއްސާރަ ވިލާތަކުން މުޅި އުޑުމަތި ވަނީ ބަނަކޮށްލެވިފައެވެ. ވާރޭ ކަނި ޖަހަމުން ދިޔައިރު އައިފާ އަވަސް ފިޔަވަޅުތަކެއްގައި ކުޑަ ލައްޕާލުމަށްފަހު ހޮޓެލްތެރެއަށް ވަނެވެ.
އޭނާގެ ފިޔަވަޅުތަށް ހުރީ އެޗްއާރްގެ އޮފީހަށް ގޮސް ކޮމްޕްލެއިންޓް އަނބުރާ ނެގުމަށްށެވެ. އެކަން އަދި ލޫތްއަށް ނާންގާތޯ އޭނާ ހިތާ ހިތުން ދުޢާ ކުރިއެވެ. އޮފީސް ދޮރުމައްޗަށް އެރުނު ތަނާއި ފެނުނު މަންޒަރުން އޭނާ ފަހަތަށް ޖެހިލައި ފާރުގެ އަނެއްފަރާތުގައި މަޑުކޮށްލިއެވެ.
“ނިއުމާ ޕްލީސް. މިކަން ހުއްޓުވާ.. އެންމެންނަށް އިނގޭ ލޫތްއަކީ އެކަހަލަ މީހެއް ނޫންކަން.. ދެން ކީއްވެ. އަނެއްކާ ލޫލު.. މިފަދަ ދަނޑިވަޅެއްގައި މިކަހަލަ ކަމެއް ވުމުން ލޫތްއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްމީ.. މިހާރު ވެސް އޭނާއަށް ލިބުނު ހިތާމަ ކުޑައެއްނޫން އަނެއްކާ މިކަން ވެސް.” ލުތުފީ ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިރު އެއަޑުގައި ރިހުން އެކުލެވިފައިވިއެވެ.
ފަހަތުގައި ހުރި ފަވާޒް ވެސް ނިއުމާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މިވާހަކަތަށް އަޑު އަހަން ހުރި އައިފާއަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. މިހާރު އެކަން ލޫތްއާއި ހަމައަށް ގޮސްފިކަން އިނގުމުން އިތުރަށް ދެރަ ވެސް ވިއެވެ.
“ސާރ އަޅުގަނޑުމެންނަށް ވެސް ވިސްނޭ ތިކަން. އެކަމަކު މިކަން އެނބުރާ ގެންދެވޭނީ ކޮމްޕެލެއިންޓް ހުށައެޅި ފަރާތަށް.. އެންޑް ވީ ކާންޓް ރިވީލް ހޫ އިޓް އިސް. އިޓް އަ ކޮންފިޑެންޓްޝިއާލެޓީ.. އައި އެމް ސޮރީ.” ނިއުމާ މިހެން ބުނުމުން ލުތުފީ މާޔޫސް ވިއެވެ.
****
އައިފާ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނިކުތީ ފަހުން އައުމަށް ނިންމައިގެނެވެ. އޭގެ ކުރިން އޭނާ ލޫތްއާއި ވާހަކަދައްކާލަން ބޭނުންވިއެވެ. ލޫތް އޮފީހާއި ދިމާއަށް މިސްރަބުޖެހި އައިފާގެ ހިތް ވަނީ އަވަސްވެފައެވެ. އޮފީސް ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއަށް ވައިން އިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ.
މަޑު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެ މޭޒު ކައިރީގައި މަޑުކޮށްލަމުން މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ބަލާބެލުމަށް ލޫތް މިއަދު އޮފީހަށް ނިކުއިން ހެންނެއް ހިއެއްނުވެއެވެ. އާނއެކެވެ. އިއްޔެގެ ހާދިސާއަށްފަހި މިއަދު ވަކި އޮފީހަކަށް ނުވެސް ނިކުންނާނެއެވެ. މޭޒުމަތީގައި އިން ކުޑަ ފޮޓޯ ފްރޭމް ލޮލުގައި އަޅައިގަތުމުން އައިފާ އެނެގިއެވެ.
އެއީ ލޫލު ހިތްގައިމު ފޮޓޯއެކެވެ. ހިނިތުންވެލައިގެން ހުރިއިރު އޭނާ އިނީ ކުޅޭ ބޮޑު އަހަކަށް އަރައެވެ. ހީވަނީ ބޮޑަށް އެމީހުން ދުބާއިގައި އުޅުންއިރު ނަގާފައި އިން ފޮޓީއެއް ހެންނެވެ. ލޫލުގެ މޫނުގައި އިނގިލި ޖައްސާލުމުން އެހިތަށް ތަދުވިއެވެ. ލޫލުގެ މޫނުދެކިލަން ދެވުނު ނަމައޭ ހިތަށް އެރުމުން ލޯ ކަރުނުން ފުސްވިއެވެ.
އޮފީހުގެ ދޮރު ހުޅުވުނު އަޑަށް އައިފާ ސިހިފައި ފޮޓޯ ފްރޭމް މޭޒުމަތީގައި ބެއިންދިއެވެ. ފަސްއެނބުރި ބަލާލިއިރު ކުރިމަތީގައި ހުރި ލޫތްފެނި ހިތުގެ ތެޅުން އަވަސްވިއެވެ. ލޫތް ނުރަސްމީކޮން ހުރިއިރު އޭނާ ލައިގެން ހުރީ އަޅި ކުލައިގެން ހުޑީއެކެވެ. މޫނުމަތިން ރަނގަޅަށް ނުނިދާކަށް ފާޅުވާން ހުރިއިރު އެ އިސްތަށިކޮޅުވަނީ ކުޑަކޮން ހޭވިފައެވެ.
“މިތާ ކީއްތި ކުރަނީ؟” ލޫތް ހަރުކަށި ކަމާއިއެކު އަހާލިއެވެ. އެއަޑު ވެސް ވަނީ ކުރަކިވެފައެވެ. އައިފާ އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރެ ވާހަކަދައްކަން ފެށިއެވެ. “ލޫތް.. އައި އެމް ސޯ ސޮރީ.. އެ ކޮމްޕްލެއިންޓް ފައިލް ކުރެވުނީތީ ވެސް މަޢާފަށް އެދެން.. އެހެން ނުހެދުން ނަމައޭ މިހާރު ހިތަށް އަރައި. އައި ރިގްރެޓް އިޓް.” އައިފާ މިހެން ބުނުމުން ލޫތް ރުޅިއައިސްފައި އައިގޮތަށް އައިސް މޭޒުގައި ގޮށްމުއްކަވާފައި ޖެހިއެވެ.
“ސޮރީ؟ ރިއަލީ.. ހުރިހާ ކަމެއްކޮށް ނިންމާފަ ތިއައީ ސޮރީއޭ ބުނަން. ވާއޮ އައިފާ ނާޒިމް! ޖަސްޓް ވާއޮ.” އަތްތިލަބަޑި ޖަހަމުން މަލާމަތުގެ ރާގަކަށް ލޫތް ބުނެލިއެވެ.
“އައިފާ ހާދަ މޮޅޭ! ޔޫ ވިން… އުފާ ވެއްޖެތަ މިހާރު.. އަހަރެން މިހާރު މިހިރީ ފަޞީހަތްވެފައި.. އަހަރެންގެ ދަރިފުޅު ވެސް މަރުވީ.. ޔޫ ޝުޑް ސެލެބްރޭޓް!” ލޫތްގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ވީއިރު އޭނާއަށް ކުރި ހިތްދަތި އަސަރު ވެސް ފާޅުވިއެވެ.
“ލޫތް.. ލޫލުއަށް އެހެން ވީކަމެއް ނޭނގޫން.. އައި ވިލް މޭކް ދިސް ރައިޓް.” ލޫތްއަށް ކުރި އަސަރު ފެނި އައިފާ ހިތުގައި ޖެހުނެވެ. “އޯ.. އެހެންތަ.. ދެން މިހާރު ކޮބާ ބޭނުމަކީ.. އަހަރަން ހަމަ އައިފާ ހެރޭސްތަ ކުރީތަ؟ އެއީތަ އައިފާ އެކަން ދެކޭގޮތަކީ؟ މި ހިތަށް ވަރަށް އަސަރުކޮށްފި.” އައިފާއާއި ގާތަށް ޖެހިލަމުން ލޫތް މިހެން ބުނިއިރު ލޫތްގެ ހޫނު ނޭވާގެ އިހުސާސް އޭނައަށް ވިއެވެ. ނަމަވެސް އައިފާއަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ.
ކުއްލިއަކަށް އޮއްސާލި ބޯ ވާރޭގެ އަޑު މުޅި އޮފީސްތެރޭގައި ހިފާލިއެވެ. މި ބަނަ މޫސުމް ވެސް ހީވަނި ލޫތްގެ ހިތާމާގައި ބައިވެރި ވާހެންނެވެ. މޭޒުގައި އިން ލޫލުގެ ފޮޓޯ ނެގުމަށްފަގު ލޫތް ފަހަތަށް ޖެހިލިއެވެ.
“އިނގޭތަ ދުވަހަކުވެސް އަދި މީހަކު އަހަރެނަން މިވަރެއް ނުކުރޭ. ބަޓް ޔޫ.. އައިފާ ނާޒިމް. ޔޫ ބްރޯކް މީ.” ލޫތް މިހެން ބުނުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. އައިފާ ޖެހިބުދެއްހެން ހުރިއިރު އޭނާއާއި ހެދި ލޫތްއަށް ކުރި އަސަރު އިނގުމުން ހިން ދިރުވާލަން ވެސް ދަތިވިއެވެ.
****
ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ލީނާގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އެއްވެސް އެއްޗެއް ކާން ބޭނުން ނުވާއިރު މުއުމިނާ ވިސްނައި ދިނުމުން ވެސް އޭނާ އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ނިދާ އިންޖެކްޝަން ޖަހައި ނިންދަވާފައި ބާއްވަނީ ވެސް ހޭލެވިއްޖެއްޔާ ރުއިން ނޫން ކަމެއް ނުކުރާތީއެވެ.
މެންދުރު ކާން ނޫޑްލިސް ކޮޅެއް ހަދައިގެން ލޫލުގެ ކޮޓަރިއަށް ވައިން ލައިޝާ އެނދުކައިރީގައި މަޑުކޮށްލިއެވެ. ލީނާއަށް ހޭލެވުމާއި އެކީ ލޫލުގެ ކޮޓަރިއަށް ވަދެ އޭނާގެ ބެއާ މެއާއި ލައި ފިއްތާލައިގެން އިނެވެ. “ލީނާ.. ހިނގާ ނޫޑްލިސްކޮޅެއް ކާލަން.. ވަރަށް މީރުކޮން އަހަރެން ހަދައިގެން މިއައީ.. ސޮސެޖްވެސް ހުންނާނެ.” ލީނާގެ ބުރަކަށީގައި ފިރުމާލަމުން ލައިޝާ ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“ނޫޑްލިސް އެންޑް ސޮސެޖް. ލޫލުއަށް ވެސް މީރު ވާނެ. އަބަދު އުޅޭނީ އެކާން.” ލީނާ ހިނިތުން ވެލަމުން މިހެން ބުނިއިރު އެ ލޯވަނީ ރަތްވެފައެވެ. ލީނާގެ ވާހަކަ ހުރިގޮތުން ލައިޝާ ދެރަވިއެވެ. “އެހެންވީމަ ހިނގާ ލީނާ ވެސް އަވަހަށް ކާލަން..” ލައިޝާ ނޫޑްލިސް ތަށި ދިނުމުން ލީނާ ދުރަށް ޖެހިލިއެވެ.
“ނޫން.. ނުކާނަން.. ލޫލޫ.. ލޫލުދެން ތިކާން ވެސް ނޫޅޭނެ..” ލީނާ މިހެން ބުނިއިރު ރޮވެން ފެށިއްޖެއެވެ. “ލީނާ..” ލައިޝާ ވިސްނައިދޭން އުޅުމުން ވެސް ލީނާ ކާ ޚީޔާލެއް ނުކުރިއެވެ. ކޮޓަރިއަށް ވަދެގެން އައި ނާއިލް ފެނުމުން ލައިޝާ ތެދުވެ ދެފަރާތަށް ބޯ ހަލުވާލުމަށްފަހު ނާއިލަށް ތަންދެމުން ތަށި ހިފައިގެން އެކޮޓަރިން ނިކުތެވެ.
ނާއިލް މަޑު ހިނގުމެއްގައި ގޮސް ލީނާ ކައިރީގައި ހުއްޓެލިއެވެ. ނާއިލް ފެނުމާއިއެކީ ލީނާގެ މޫނުމަތިން ކުލަވަރު މުޅިން ބަދަލުވިއެވެ. “ނާއިލް.. ނާއިލް ލޫލު ދިޔައީ.. ދެން ނާންނާނެ.. ލޫތް އޭނަ މަރާލީ.. އަހަރެމެންގެ ދަރިފުޅު.. ނާއިލް އަހަރެމެންގެ ދަރިފުޅު މަރުވީ.” ނާއިލްގެ މޭގައި ބޯ އަޅާލަމުން ލީނާ ރޮމުން ވާހަކަދެއްކިއެވެ.
އެއްޗެއްކޭ ނުބުނެ ހުރި ނާއިލް ގޮށްމުއްކެވުނެވެ. ހަރުކަށި ކަމާއިއެކީ ލީނާ ގަޔާއި ދުރަށް ކޮށްޕާލިއިރު އެ ލޮލުން ފެނުނީ ރުޅިވެރިކަމެވެ. “އަހަރެމެންގެ ދަރިފުޅޭ؟ އަދިކިރިޔާތަ ލީނާއަށް ތިހެން ބުނަން ތި އިގުނީ! ލަދެއް ނުގަނޭތަ.” ނާއިލްގެ ރުޅިއައި ނަމަވެސް މަޑުން ވާހަކަ ދެއްކިއެވެ.
“ނާއިލް.. ކީއްވެ އަހަރެންދެކެ ތި ރުޅި އަންނަނީ.. އަހަރެމެންގެ ދަރިފުޅު މަރުވީ ލޫތްގެ ސަބަބުން. އޭނަ އަޅާނުލީ..” ލީނާ ރޮވިފައި ހުރެ ވާހަކަދެއްކިއެވެ.
“ލޫތްއޭ؟ ލޫލު ނިޔާވީ ލޫތްއާއި ހެދިއެއްނޫން. މިއީ ލީނާގެ ކުށުގެ އަދަބު.. އަހަރަންނަށް އެކަން ސިއްރުކޮށް ލޫތްއަށް އޮޅުވާލި އޮޅުވާލުމުގެ ނަތީޖާ! އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ނުދެވެނީސް އެބީވީ..” ނާއިލް މިހެން ބުނިއިރު އެ އަޑު ކުރެހުނެވެ.
“ނޫން..ނޫން.” ލީނާގެ ވާހަކަ ނާއިލް މެދުކަނޑާލިއެވެ. “ލޫތް އެދަރިފުޅަށް ކިހައި ލޯތްބެއް ދިން.. އެކަމަކު މިއީ ހަމަ ލީނާ ކުރި ކަންކަމުގެ ހިތި ރަހަ. އޭރުވަސް އެކަން ސިއްރު ނުކުރިނަމަ މިހެން ނުވީސް.. އެކަމަކު.” ނާއިލް މިހެން ބުނުމުން ލީނާ އޭނާގެ ގިރުވާނުގައި ހިފައި ކައިރިއަށް ޖެހިލިއެވެ.
“ތިހެން ނުބުނޭ.. އެއީ އަހަރެމެންގެ ދަރިފުޅު. ތިހެން ނަހަދާ” ލީނާ އާދޭސް ކުރުމުން ނާއިލް ގާތަށް އައި އިތުރަށް ރުޅިއެވެ. “އަތް ނުލައި އަހަރެން ގައިގައި.. ކުރިން ހިތު ހުރިހާ ގޮތެއް ހަދާފައި މިހާރު އަންނާނެ ކަމެއް ނެތް!” ނާއިލް މިހެން ބުނެފައި އެތަނުން ނިކުމެގެން ދިޔައެވެ. ލީނާ އެނދުގައި އިށީނދެ ލޫލުގެ ބެއާ ގެނެސް މެއާ ލަ ބޮނޑިކޮށްލަމުން އެތަށް ފަހަރަކު މަޢާފަށް އެދުނެވެ.
****
“ލޫތް ގެއަށް ނާންނަނީތަ ދެން.. މިހާރު ހަފްތާއެއް މިވީ. އަހަރެން ވަރަށް ކަންބޮޑުވޭ އެބަ.. އޭނަ ރަނގަޅުތަ؟” އެނދުގައި އިށީނދެ ލައިގެން އިން އާޒިމާ ލުތުފީއާއި ވާހަކަދެއްކިއެވެ. ޤުރުއާން ކިޔަވަން އިން ލުތުފީ ފޮތް ލައްޕާލުމަށްފަހު ތެދުވެ އެ ހަރުގަނޑަށް ލިއެވެ.
“އަހަރެން ދިޔައިން އޭނަ ކައިރިއަށް. ބުނިން ދެން ގެއަށް އަންނާށޭ ވެސް އެކަމަކު އޭނާ ޤަބޫލެއް ނުވި. އެއްކަލަ މައްސަލަ ވެސް އެ މީހަކު އަނބުރާ ގެންގޮސްފިޔޭ ބުނީމަ އަނގައިން ވެސް ނުބުނި.. ނޭނގެދެން.. ރަނގަޅަކަށް ނުވެސް ނިދައި.” އެނދުގައި އައިސް އިށީނދެލަމުން ލުތުފީ ވާހަކަދެއްކިއެވެ.
“ދެން އެކަމަކު ބުނޭ އަންނާށޭ.. އޭރަށް ދޯ ރަނގަޅަށް ކެވޭނީ ވެސް. ނޭނގެ ކައިގެން ކަމެއް ވެސް އެހުންނަނީ..” އާޒިމާގެ އަޑުގައި ވަނީ ހިތާމައެވެ. “އިނގޭ ތިކަން.. އެކަމަކު ކީއްކުރަނީ.. އަދި ވަގުތު ބޭނުންވާނެ.” ލުތުފީ ބުނެލިއެވެ.
“ގޭތެރެ ވެސް ހާދަ ފަޅޭ ލޫލު ނެތީމަ.. އަޑެއްބަޑެއް ނީވެ.. އެހެން ނޫނީ އިވޭނީ އަބަދު ހޭ އަޑައި މުޅިތަނުގައި ދުވާ އަޑު.” އާޒިމާ މިހެން ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ.
“ހިތްވަރު ކުރޭ އާޒިމާ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް އަދި ރަނގަޅުވާނެ. ލައިޝާގެ ދަރިފުޅު އަދި އަންނާނެ މި ފަޅުކަން ފިލުވާލެދޭން.” އާޒިމާގެ ބޮލުގައި ފިރުމާލަމުން ލުތުފީ ބުނެލިއެވެ.
****
މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އައިފާގެ މިސްރާބުހުރީ ލޫތްގެ ކޮޓަރިއާއި ދިމާއަށްށެވެ. ހަފްތާއެއް ވޭތުވެގެން ދިޔައިރުވެސް ލޫތްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ލޫތްގެ ކޮޓަރި ދޮރުގައި ޓަކިޖަހާލީ ކޮންމެހެން ހުޅުވާނެކަމަށް އުއްމީދު ކޮށެއް ނޫނެވެ. ނަމަވެސް އައިފާއަށް ކެތް ނުވުމުން ލޫތް ހާލު ދެކިލަން ބޭނުންވީއެވެ.
ދެފަހަރަކު ޓަކި ޖަހާލުމުން އެތެރޭން ތަންޑު ނެއްޓުނު އަޑު އިވުމާއިއެކީ އެ ހިތުގެ ތެޅުން އަވަސްވިއެވެ. ލޫތް ހުޅުވާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ދޮރު ހުޅުވާލުމާއިއެކީ ކުރިމަތީގައި ހުރި ލޫތްފެނި އައިފާ ހައިރާންވިއެވެ.
ތުނބުޅި ދިގުވެފައި ވީއިރު އެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ލޯ ކައިރި ކަޅުވެފައި ވީއިރު އެ ތުންފަތް ވަނީ ހިކިފައެވެ. އެ މޫނުމަތިން ރަނގަޅަށް މިއިން ދުވަހަކު ނުނިދާކަން ހާމަވެއެވެ. މި އެއް ހަފްތާ ތެރޭ ލޫތްގެ ސިފަ ވަނީ މުޅިން ބަދަލުވެފައެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް އިރު ލައިގެން ހުރީ އަތްދިގު ސްވެޓާއެކެވެ.
އައިފާ ވަންނަން ތަން ދެއްކުމަށްފަހު ލޫތް މަޑު ހިނގުމެއްގައި ގޮސް މޭޒުމަތީގައި އިން ރެޑްބުލް ދަޅުން އިތިފޮދެއް ބޯލިއެވެ. އައިފާ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއިރު އެއްވެސް ތަރުތީބެއްނެތި އެނދުގެ ރަޖާގަނޑުގެ އެއްބައި ވަނީ ވެއްޓިފައެވެ.
ބާލިސްތަށް އެތަށް މިތަނުގައި ހުރިއިރު ކައިފައި ހުރި ދެތައްޓައި ޕިއްޒާ ފޮއްޓެއް އޮތެވެ. ހުސްކޮށްފައި ހުރި ރެޑް ބުލް ދަޅުތަށް މޭޒުމަތީގަޔާއި ބިންމަތީގައި އޮތްއިރު ކޮޓަރީގައި ފާޑެއްގެ ވަހެއް ހިފާފައި ހުއްޓެވެ. ލޫތް ރޫމް ސާވިސް ވެސް ނުގެންނަނީ ބާއޭ އޭނާ ހިތަށް އެރިއެވެ.
“ލޫތް..” އައިފާ މިހެން ބުނުމުން ލޫތް ފާޑަކަށް އޭނައާއި ދިމާއަށް ކަޅި އަޅާލިއެވެ. “ވަޓް؟” ލޫތް ފޫހިގޮތަކަށް ބުނެލިއެވެ. “އަހަރެން ކޮމްޕްލެއިންޓް އަނބުރާ ގެނެސްފިން.” އައިފާ މިހެން ބުނުމުން ލޫތް ހިނިގަނޑެއް ޖަހާލިއެވެ.
“ސޯ؟ ކޮންމެ ގޮތެއް ވިޔަސް އަހަރެން ފަޞީހަތްވެ ނިމިއްޖެ. އިނގޭތަ ޚަބަރުތަކުގެ ސުރުހީ؟ ލޫތް އަޚްމަދު ލުތިފާ އަ ސެކްސް އޮފެންޑާރ.. ހެހެހެ ކިހާ ސަޅި.” ލޫތް މިހެން ބުނުމުން އެއަޑުގައި ރިހުން އެކުލެވިފައިވިއެވެ.
“އިޓްސް އޯވާ މިހާރު.. އައި އެމް ސޮރީ.” އައިފާ މިހެން ބުނުމުން ލޫތް ފުންނޭވާއެއް ލިއެވެ. “ކިހިނެތް ތި ހަދަނީ އަހަރެންނަނަށް؟ އައި އެމް ނޮޓް ލައިކް ދިސް.. އެކަމަކު މިހާރު.. ލޫލު އިޒް ޑެޑް. އޭނަ މަރުވީ.. އަހަރެންނަށް އޭނާ ސަލާމަތް ނުކުރެވުނީ.. ވަރަށް ފެތިން.. އެކަމަކު..” ލޫތް ނުރޯން މަސައްކަތް ކުރިއެވެ.
ލޫލުގެ މަހާނަ ކައިރީގައި އިނދެފައި ރުއި ގޮތަށް އަދި އެއްފަހަރު ވެސް ލޫތް ނުރޮއެވެ. އޭނާ ރޯކަށް ބޭނުމެއް ނުވެއެވެ. “ލޫތް.. އެކަމުގައި ކުރެވޭނެ ކަމެއް ނެތް.. އަމިއްލަ ނަފްސު ބްލޭމް ނުކުރޭ.. އިޓްސް އޯކޭ ޓު ކްރައި.” ލޫތް ނުރޯން މަސައްކަތްކުރާކަން އިނގުމުން އައިފާ ބުނެލިއެވެ.
“ނޫން.. އައި ކާންޓް ކްރައި.. ލޫލޫ ދެރަވާނެ.. އައި.” ލޫތްގެ އަޑު ބެދުމުން އައިފާ ގޮސް އޭނާގެ މޫނުގައި ހިފައްޓާލިއެވެ. އައިފާގެ އެބެލުމުން ލޫތްގެ ހިތް ފުނޑުފުނޑު ވިއެވެ. އިތުރަށް ކެތް ނުވެގެން ރޮވެން ފެށުނެވެ. މަޑުމަޑުން ދެކަކޫމައްޗަށް ތިރިވެވުނު އިރު އައިފާ އޭނާގެ ގައިގައި ހިފައްޓާލިއެވެ.
“ލޫލޫ.. ލުޔޫން.” ލޫތްއަށް ގިސްލެވުނެވެ. އޭނާ ރޮމުން ދިޔައިރު އައިފާއަށް އޭނާ ހިފައްޓަލެވެނީ ކިރިޔާއެވެ. އައިފާއަށް ވުރެ އެތަށް ހާސް ބޮޑު ފިރިހެނެއް އެހެން ރޯއިރު އޭނާ ހިފައްޓާނީ ކިހިނެތް ހެއްޔެވެ.
“ޝޫޝް..” ލޫތްގެ ބުރަކަށީގައި ފިރުމާދެމުން އައިފާ ބުނެލިއެވެ. “އިޓްސް އޯކޭ. ރޯންވާނެ.. އިޓްސް ނޯމަލް.” ލޫތް އެމޭގައި ބޯ އަޅާލަމުން ރޮމުން ދިޔައެވެ. ހިތުގެ ހުރިހާ އުދާސްތަކެއް ބަންޑުން ކޮށްލިއިރު ލޫތްއަށް ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އޭރު އައިފާ އިނީ ލޫތްގެ ގައިން ދޫކޮށް ނުލައި އެ އިސްތަށިކޮޅުގައި ފިރުމާދޭށޭވެ.
****
ދަންވަރުގެ ހަމަހިމޭން ކަންމަތީ ލައިޝާ ކޮޓަރިން ނިކުމެ ލައިޓުތަށް ޖައްސާލިއެވެ. މަޑު ހިނގުމެއްގައި ލޯ އުނގުޅަމުން ކާގެއަށް ވަނީ ބަނޑުފައިވެގެންނެވެ. އަލަމާރި ހުޅުވާލުމަށްފަހު ކާހިތްވާ ކަހަލަ އެއްޗެއް ނެތުމުން ލައިޝާ މަތީ ކަބަޑުތަށް ހާވަން ފެށިއެވެ. އެންމެފަހުން ކިރުދަޅު ނަގައި ފެން ހޫނުކުރަން ޖެއްސިއެވެ.
ބިސްކޯދު ނަގަން ކޮރާލިތަނާ ދަށް ބަނޑަށް އެރި ތޫނު ތަދާއިއެކު އަވަހަށް ތިރިވިއެވެ. އިރުކޮޅެއްފަހުން ރަނގަޅުވުމުން ލައިޝާ އެކަން އެވަރު ކަމަކަށް ނަހަދައި ބިސްކޯދު ބޮނޑި ނެގިއެވެ.
ޖޯޑަށް ކިރުއަޅަމުން ދިޔައިރު ވެސް ދޭތެރެ ދޭތެރެއިން އުނދަގޫތަކެއްވިއެވެ. ފެން ކެކުމުން ކިރުތަށި ގިރަން ހުއްޓައި ކުއްލިއަކަށް ބަނޑަށް ވީ ތަދުން ހީވީ ތަނެއް އިރާލިހެންނެވެ.
އެއްއަތުން ބަނޑުގައި އަތްއަޅައި ބަލާލިއިރު އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޓައިޓު ފަލަމަސްގަނޑުން ތިރިއަށް ލޭ ފައިބަމުން ދިޔަ މަންޒަރު ފެނި ބިރުން ރޫރޫ އަޅާލިއެވެ.
އެވަގުތު އަނެއްކާ ވެސް އެރި ތަދުން ބޮލަށް އެނބުރުން އެރިއިރު އެނާ އަރި އަޅާލައިގެން ވެއްޓުނެވެ. އަތުގައި އޮތް ޖޯޑު ބިއްމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑު މުޅި ތަނުގައި ހިފާލިއިރު އެ ހުދު ޓައިލްތަކުގެ މައްޗަށް ލޭ ފޭދިގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.



enjoy. next part in sha allah on Sat <3
Wow Layaal. Its Awesome ?
habeys .. hama obinexx to the maxx..
V nice bt vaahaka kuryy
Wow v v reethi. Thanks to u layaal mihaa reethi story eh kiyaalan genes dyethee. Ur the best ??. Keep goin girl
VVVV lobi mibaivas
haada daraviya looth rothan fanunima
dhen lootha leenage haqiqay angafa aifa aa lootha close kolaba… Superb story
V ves reethi mi part. V kiyaa hithun indha enimuny. Next part konirakun up vaany.
Alheyy srtry v v v v reethi…nxt part avahah up kohdhehcheyy….waiting waiting?????
Nice lovely I love the story nuves nidhe vaahaka kiyaahithun …..thanks for this lovely story
Plz save laisha’s baby…
.nice story keep it up
V v loabi mi story i just luv it
Story v Rythi. …. dhen kondhuvahakun upload kohdheyni? ????
v salhi
V salhi mi baives. Hope hama mi vaahaka nimendhen hama mihaa reethi bai thakeh kiyan libeyne kamah. And “bandufaivun” eheneh noon “banduhaivun” innaany ingey
Super
waiting for next part
Haadha lahey thankolheh avas kohbala
Laya kihineh thihadhaniii… laee ge baby ves dhaniiitha… ehen nuhadhaa…
Laya kihineh thihadhaniii… laee ge baby ves dhaniiitha… ehen nuhadhaa…
Mibai ves hama v reethi thankolheh dhigu kohdheeba ..plx save laishas child
Imiss u looloo??
faleehai kiyaa iru seenu mathee ga thiki innaanee… thireega eh noon….. story varah salhi..??
faleehai kiyaa iru seenu mathee ga thiki innaanee… thireega eh noon….. story varah salhi..??
yee sorry for that. thanks
Wooow.. itx so nice.. ? btw, layaa konmme dhuvahaku up kohdheyn v nu.. cnt evn wait fr a day..
Wow story vvvv nice…???
V reethi
Dhn naail angaba loothu ah eyy naail dariyehkama
V interesting…… waiting for the next part. Thankolhe dhigukohladheeeee. 🙂
its really v interesting story…but u r taking too much timefor looth to knw abt de truth…ekam v reethivaane v unexpected gothakah engijiyyaa…dn looth anna rulhi mthyga leena varikohliyyaa adhi furihama vaanee☺
Wow wow wowo owowoowow… amazing story. ..
Nice
Unhooo enmenna dheta goiy sad
V salhi
varah salhi… aneh part varah kiyahithun mihury.. kon irakuntha upload kuraany.. varah avas kurahchey…plx plx plx
V vvvv reethi… Lulu ge hageegah Looth ah angaalaa… Eyrah Leena ah onnane bondi bovifa..
.next episode ge inthizaaruga???
V reethi waahaka eh..
v salhi
Layaal koba koniraku up kuranee story kiyaa hithun nuves hurevey.