Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީގެއަގު

mohamed neer Level 210 Stories100 Stories
August 19, 2013 3 Mins Read
2 Comments

ސަތާރަވަނަބައި
” ކަލޭގެ ހަނދާން ވަރަށް ބަލި ……. ކަލޭ ހަނދާން ނެތުނީތަ ކަލޭ އެތަނުގެ ވަޒީފާއިން ވަކިކުރީ މީހެއްގެ އަންބަކާއި
ގަދަކަމުން ބެހިގެންކަން. ކަލޭގެ އަހުލާގީ މައްސަލަތައް ގިނަވެ ނަސޭހަތުން ނުފުދިގެން ނޯޓިސްއެއް ވެސް ދިނެއްނު. ” އިތުރަށް މަޢުލޫމާތު އެނގޭކަން ހާމަވާފަދައަކުން އިނާ ވާހަކަ ދެއްކިއެވެ.
” އަހަރެން ބޭޒާރު ތިކުރަނީ ކީއްވެ؟ ކަލޭ އަތުގަ އޮތީ ކޮން ހެއްކެއް؟ ” ނުރުހުމާއެކު ޖިމާމް ވާހަކަ ދެއްކިއެވެ.
” މިކޯޓްގަ ވެސް ކަލޭ ބުނީމެއްނު ކަލެއާ ލަންމާއާ ގުޅުންތަކެއް އޮތްކަމަށް. ކަލޭ ކޯޓްގަ ބުނެފާނަންތަ ކަލެއާ ލަންމާ ގުޅުން
ބޭއްވީ ކޮން ތަންތަނަކުކަން؟ ” ޖިމާމާއި ދުރަށްޖެހިލަމުން އިނާ ވާހަކަ ދެއްކިއެވެ.
” އެއީ އެހާ މުހިންމު ވާހަކައެއް ނޫނެއްނު؟ ….ކޮންމެވެސް ތާކު އެކަން ވެސް ކޮށްފައެއްނު ވާނީ. ބައެއްފަހަރު އަހަރެން
ގޭގަ. އަނެއްބައި ފަހަރު އޭނާގެ ގޭގަ. ” ނުބުނާން ހުރެފައި ކަހަލަގޮތަކަށް ޖިމާމް ކިޔައިދިނެވެ.
” އޭނަ އެންމެފަހުން ވެސް އުޅުނު ގޭގައިތަ؟ މިބުނީ ލަންމާ މަރުވެފައި އޮއްވާ ފެނުނު ގޭގަހޭ. ” ޖިމާމަށް ބަލާލަމުން އިނާ
ސުވާލުކުރިއެވެ.
” އާން … އަހަރެންނަށް ކިހިނެތް އެނގޭނީ އޭނަ މަރުވާނެކަމެއް. ނުވަތަ މަރާލާނެ ކަމެއް. ” ޖިމާމް ވާހަކަ ދެއްކިއިރު
ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ.
” ލަންމާއަށް ކަލޭ ކޮށްދިން އެއްވެސްކަމެއްގެ އަގު އޭނަ އަދާކުރިތަ؟ ” ޖިމާމާއި ސުވާލުކުރި ނަމަވެސް އިނާ ބަލާލީ
ބަލާލީ ހަސީލަށެވެ.
” ކަލޭގަ ސިކުނޑި ގޯސްވީތަ؟ ކަލޭ ތިޔަ ހީކުރަނީ އަހަރެން މީ ކިހާވަރެއްގެ މީހެއް ކަމަށްތަ؟ ” އިނާގެ ވާހަކަތަކުން
ހިތްހަމަ ނުޖެހިފަ ހުރި ޖިމާމްގެ ހިތްހަމަ ނުޖެހުން ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ.
” މާފްކުރޭ ޖިމާމް. އަހަރެންގެ މަޤްޞަދަކީ ކަލޭގެ ހިތް ހަލާކުކުރުމެއް ނޫން. ޖިމާމް! ކަލޭ ކޯޓްގަ ބުނެފާނަންތަ އޭނައާ
އެކު އެނދަށް އަރާފަ އެންމެ ފުރަތަމަ ކުރާ ކަމަކީ އޭނާގެ އަތްފައި ބަނުން ކަން. އަހަރެންނަށް ވިސްނޭ ގޮތުގަ ސުކާފެއް ކަހަލަ އެއްޗަކުން …. ” އިނާގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.
” ހަލާކު ހުރި. ” ޖިމާމް ހަޅޭލަވައިގަތެވެ.
” ކީކޭ ތިބުނީ؟ ” އިނާ އަހާލިއެވެ.
” ހަލާކުހުރި …. ހަލާކުހުރި. ” ޖިމާމް ހަޅޭލަވައިގަތްއިރު ހީވީ މޮޔަވީހެންނެވެ.
އިނާގެ އެ ވާހަކަތަކުގެ ސަބަބުން ރުޅިއައިސް ރަތްވި ޖިމާމް ފުންމައިގެން ތެދުވެ ހަޅޭލަވާން ފެށުމުން ކޯޓްތެރެ ހަލަބޮލި
ވެގެން ދިޔައެވެ. އިނާގެ މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައިރު ހަސީލްމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމުގެ އަސަރުތަކެވެ.
ޖިމާމަށް ފަހު ދެން ހާޒިރުކުރެވުނީ ނާއިލްގެ އޮފީހުގަ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ އަދުހަމްއެވެ. އަދުހަމް
އައިސް އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގަ އިށީނދެ ހަމަޖެހިލުމުން ހަސީލް ތެދުވެގެން ގޮސް އޭނަ ގާތަށް ހުއްޓި ސުވާލު ކުރަން ފެށިއެވެ.
” އަދުހަމް! ކަލެއަށް ފެނުނު ވަޅިއާ ބެހޭގޮތުން މަޢުލޫމާތެއް ދެވިދާނެތަ؟ ” އަދުހަމަށް ބަލާލަމުން ހަސީލް ސުވާލުކުރިއެވެ.
” އެއީ ގާތްގަނޑަކަށް ހަ އިންޗި ދިގުވަޅިއެއް. ކީހެއްގޮތެއް އެއްފަރާތުގަ ދަތްތަކެއް ވެސް ހުންނާނެ. ” އަދުހަމް ކިޔައިދިނީ
އަތުގެ އިސާރާތުން އޭގެ ސިފަދެއްކޭތޯ މަސައްކަތް ކުރަމުންނެވެ.
” ކޮންތާކުން ވަޅި ފެނުނީ؟ ” އަނެއްކާ ވެސް ހަސީލް އަހާލިއެވެ.
” އެއްފަހަރު ބުންޏަސް ކަލޭމެންނަކަށް ނޭނގޭދޯ؟ ހާސްފަހަރު އެހިޔަސް އަހަރެން ބުނާނީ ހަމަމިހެން. ވަޅިފެނުނީ 502
ނަންބަރު ކަބަޑުން. ފަހެއް ސުމެއް ދޭއް ނަންބަރު ކަބަޑުން. ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް އެއީ ހަމަ ނާއިލްގެ ކަބަޑު. އެއީ ވަރަށް ތޫނު އާ ވަޅިއެއް …. މިހިސާބުން ނިމުނީ. ” ނިމުނުކަން އަތުގެ އިސާރާތުން ދައްކާލަމުން އަދްހަމް ބުންޏެވެ.
އަދްހަމްގެ ފަރާތުން އޭނަ ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު އޭނައަށް ޝުކުރުއަދާކޮށްފައި ހަސީލް ގޮސް އޭނާގެ
ގޮނޑީގަ އިށީނެވެ.
އިނާއަށް ބަލާލަމުން އިސްގާޒީ އޭނައަށް ފުރުސަތު ދިނެވެ.
” އިސްގާޒީ! ޝުކުރިއްޔާ. ހުށަހެޅިފައިވާ މައްސަލާގަ ނާއިލްގެ އޮފީސް ކަބަޑުން ފެނުނު ވަޅިއާބެހޭގޮތުން މަޢުލޫމާތު ހޯދަން
އަޅުގަނޑު ގެންނާން ބޭނުންވަނީ ރާއިދު. ” އިސްގާޒީއަށް ބަލާލަމުން އިނާ ވާހަކަ ދެއްކިއެވެ.
އިސްގާޒީގެ ހުއްދައާއެކު ރާއިދު އައިސް އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގަ އިށީނދެ ހަމަޖެހެލިއެވެ. އުމުރުން މިހާރު
ސާޅީހަކަށް އަހަރުވެފައިވާ ރާއިދުއަކީ ނާއިލްގެ އޮފީހުގަ މަސައްކަތް ކުރަމުންދާ މީހެކެވެ.
އިނާ އައިސް ރާއިދު ގާތަށް ހުއްޓެމުން ސުވާލުކުރަން ފެށިއެވެ.
” ރާއިދު! މިދިޔަ ޑިސެމްބަރުމަހު އެއްތިރީހުގަ ކަލޭގެ ކަބަޑުގަ ވަޅިއެއް ބޭއްވިންތަ؟ ” އިނާ އަހާލިއެވެ.
” ނޫން … އަހަރެން އެވަޅި ބޭއްވީ އޭގެ ހަފްތާއެއްހާ ދުވަސްކުރިން. އެދުވަހުން ފެށިގެން އެވަޅި އޮންނާނީ އެތަނުގަ. ”
ރާއިދު ޖަވާބު ދިނެވެ.
” އަތީލް. ” އަތީލާއި ދިމާއަށް ދަމުން އިނާ ގޮވާލިއެވެ.
އިނާގެ އަތްދަބަހުން އަތީލް ނަގާދިން ކޮތަޅުގައޮތް ވަޅި އެތަނުގަ ތިބި އެންމެނަށް އިނާ ދައްކާލިއެވެ.
” ރަނގަޅަށް ބަލާފައި ބުނެބަލަ. މިއީ ކަލޭގެ ވަޅިތަ؟ ” ވަޅި ގެނެސް ރާއިދަށް ދައްކާލަމުން އިނާ ވާހަކަ ދެއްކިއެވެ.
” އާން. މިއީ އެވަޅި. ” ވަރަށް ރަނގަޅަށް ވަޅިއަށް ބެލުމަށްފަހު ރާއިދު ބުންޏެވެ.
” ކަލޭގެ ޑަބަޑު ނަންބަރު ކިހާވަރެއް؟ ” އިނާ އެހިއެވެ.
” ހަތަރު ސަތޭކަ ދޭއް. ” ރާއިދު ބުނެލިއެވެ.
” ނާއިލްގެ ކަބަޑުގެ ތިރިއަށް އިންނަނީ އެކަބަޑުތަ؟ ” އަނެއްކާ ވެސް އިނާ އެހިއެވެ.
ރާއިދުގެ ފަރާތުން އިނާ ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށް ނިމުމުން ރާއިދު ތެދުވެގެން ގޮސް ކުރިން ވެސް އޭނަ
އިން ގޮނޑީގަ އިށީނެވެ.
އިސްގާޒީގެ ހުއްދައާއެކު އިނާ ދެން ހާޒިރުކުރީ ދައުލަތުގެ ފަރާތުން އެންމެފަހުން ހުށަހެޅި ހެކިވެރިޔާ އަދްހަމްއެވެ. އަދްހަމް
އައިސް ގޮނޑީގަ އިށީންދެ ހަމަޖެހިލުމުން އިނާ ގޮސް ސުވާލުކުރަން ފެށިއެވެ.
” އަދްހަމް! ކަލެއަށް ޔަގީންތަ ވަޅިފެނުނީ 502 ނަންބަރު ކަބަޑުންކަން؟ އެހެންނޫނީ 402 ނަންބަރު ކަބަޑުންތަ؟ ” އިނާ
ސުވާލު ކުރިއެވެ.
” އަހަރެންގާތު އެއްފަހަރު އެހިޔަސް ލައްކަފަހަރު އެހިޔަސް އެވަޅި ފެނުނީ 502 ނަންބަރު ކަބަޑުން. މިއީ އެންމެފަހުގެ
ނިންމުން. ” ބާރުއަޑަކުން އަދްހަމް ބުންޏެވެ.
އިނާ ގެންގުޅުނު ވަޅި އަދްހަމްގެ އަތަށް ދިނެވެ.
” ކަލޭ ރަނގަޅަށް ހަނދާންކޮށްފައި ބުނެބަލަ. އެއްތިރީސް ޑިސެމްބަރުގަ ކަލެއަށް ފެނުނީ މި ވަޅިތަ؟ ” އަދްހަމް ވަޅީގަ
ހިފެހެއްޓުމުން އިނާ ވާހަކަ ދެއްކިއެވެ.
” މިއީ އެވަޅިއެއް ނޫން. ” އަދްހަމް ޖަވާބު ދިނެވެ.
” ކޮންކަހަލަ ތަފާތެއް ހުރީ؟ ” އަނެއްކާ ވެސް އިނާ އެހިއެވެ.
” ތިއީ ދުވަސްވެ ކުލަބަދަލުވެފައިވާ ވަޅިއެއް. އެއީ މުޅިން އާ ވަޅިއެއް. ” އަދްހަމް ބުނެދިނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

އެހީގެއަގު

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

Next
August 20, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

Previews
August 15, 2013

އެހީގެއަގު

2 Comments!

  1. ސަބީނާ says:
    August 20, 2013 at 8:28 am

    މިވާހަކަ ރީތި

  2. Navya says:
    November 2, 2016 at 7:11 pm

    Mi vaahaka heevey reethi vaane hen..

Comments are closed.

Next Episodeއެހީގެއަގު←


All Right Reserved!