ކިޔާން ގޮސް ލާމިއުމެންގެ ގޭ ކުރިމަތީގައި ހުއްޓިލުމުން އީނާޝްގެ ޝައްކު ޔަގީނާ ގާތް ވާން ފެށިއެވެ. އަދި މަޑުމަޑުން ލާމިއުމެންގެއަށް ވަނެވެ. އޭރު ކިޔާން ގޮސް ވަލު ދޮރާށިން ނިކުންނަނީއެވެ. އެތަން އަނދިރިކަމުން ބިރު ގަތެއް ކަމަކު މިނޫން ގޮތެއް ނެތޭ ހިތައި އީނާޝް ވަލު ދޮރާށިން ނިކުތް އިރު ބިރު ގަނެގެން ގޮސް ގައިން ތުރު ލައެވެ. އަދި ދެކޮޅު ދެކޮޅަށް އެނބުރެން ފެށީ މީހަކު އައިސް އޭނާ ކައިލާ ފާނެއޭ ހިތަށް އެރުމުންނެވެ. އެވަގުތު ފެނުނު މަންޒަރަކުން އީނާޝް ގައިން ހީބިހި ނަގައިގެން ނުދިޔައީ ކިރިޔާއެވެ. އަދި ހަޅޭއްލަވައި ގަނެ ބާރަކަށް އައި ކޮޅަށް ދުއްވައިގަނެވުނީ އެއްވެސް އިހްތިޔާރަކާ ނުލްއެވެ. އެވަގުތު އޭނާގެ އަތުގައި ޖެހުނު ކޮންމެސް އެއްޗެއްގެ ގައިގާ ބައްދައިގަނެވުނެވެ. އެއީ އިންސާނެއްކަމެއް، ޖިންނިއެއް ކަމެއް ނުވަތަ ރުކެއް ކަމެއްވެސް ބިރުން ހުރިވަރުން ނޭނގުނެވެ.
އޭރު އީނާޝްއަށް ބިރުން ގޮސް މައިނޭވާ ލެވެއެވެ. ހިތް އޭގެ އެންމެ ބާރަށް ތެޅެން ފެށިއެވެ. އެވަގުތު އޭނާއަށް ބައްދާގަނެގެން ހުރެވުނު އެތީގެ ހިތުގެ ތެޅުންވެސް އީނާޝްއަށް އެންމެ ފުރިހަމައަށްވެސް އަޑުއިވެއެވެ. އީނާޝްއަށް އެއެއްޗެއްގެ ގައިގާ ތަންކޮޅެއް ބާރަށް ބައްދައިގަނެވުނެވެ. އެވަގުތު އޭނާގެ ހިތުން ބިރުފިލައި ދިޔަ ގޮތް ވެސް ނޭނގެއެވެ. އެއީ މީހެއްކަން އޭނާއަށް ދެނެގަނެވުނީ އޭނާގެ ބުރަކަށީގައި އަތް ވަށާލިހެން ހީވުމުންނެވެ. އެގޮތުގައި އެތައް އިރެއްވަންދެން އީނާޝްއަށް ހުރެވުނީ ބިރުގަނެފައިވާ އޭނާގެ ހިތަށް ލިބެމުން ދިޔަ ފިނިކަމެއްގެ ސަބަބުންނެވެ. އީނާޝްއަށް ދުރުވެވުނީ ހައިރާން ވެފައި ހުރިވަރުންނެވެ. އަދި އެމޫނަކަށް ބެލެމުން ދިޔައީ ދެލޯ ކުޑަކޮށް ކަވިކޮށްގެން ހުރެއެވެ.
އެއީ ހަމަ އޭނައެވެ. އެމީހެއްގެ މޭމަތިން އޭނާއަށް ފިނިކަން އިހްސާސްވާ އިންސާނާއެވެ. އެމީހެއްގެ މޭމަތީގައި އޮވެ މަރުވާން އެދޭ އިންސާނާއެވެ. އެމީހެއްގެ ލޯބީގައި އޭނާ ދިވާނާ ވެފައިވާ މީހާއެވެ. އެއީ ހަމަ އޭނާގެ އުނޫޝްއެވެ. އަނދިރީގައިވެސް އޭނާއަށް އެދެލޯ އޮޅުވައެއް ނުލެވޭނެއެވެ. ” އުނޫ..” ހައިރާންވެފައި ހުރެ ނާޝްގެ ދުލުން ބޭރުވީ ހަމައެކަނި އެލަފްޒެވެ. ދެން ވެސް އޭނާއަށް ހުރެވުނީ އުނޫޝްގެ އެޖާދުވީ ދެލޮލަށް ގެއްލިފައެވެ. އެއީ އެލޮލަކަށް އޭނާއަށް އެންމެ އިންތިޒާރު ކުރެވޭ ލޮލެވެ. އެއީ އޭނާގެ ހިތް އަބަދުމެ ގޮވާ ލޮލެވެ. އުނޫޝްއަށްވެސް ވީ އެފަދަ ގޮތެކެވެ. އެތައް ދުވަހެއްފަހުން އޭނާގެ ނާޝް އައީ ކަހަލަ އިހްސާސެއް ކުރެވުނެވެ. މުޅި ދެނިޔެ މަތިން ހަނދާންވެސް ނެތުނެވެ.
*****
ކިޔާން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާއަށް އީނާޝް ފާރަލާކަން އެނގިއްޖެއެވެ. ދެން މިއަދު އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ލާމިއު މޮހެލައިގެން އަތިރިއަށް ގޮއްސި ނަމަ ލާމިއުގެ އަނގަ މާ ގަދަވެދާނެއެވެ. ނާޝް އަޔަކަސް ކިޔާން އެހައި ބިރެއް ނުގަންނާނެއެވެ. އެހެނަސް ނާޝްގެ ފަހަތުން އައި އުނޫޝްވެސް އޭނާއަށް ފެނިއްޖެއެވެ. އުނޫޝްއަކީ ކޮންކަހަލަ ފިރިހެނެއް ކަން އޭނާއަށް އެންމެ ރަނގަޅަށްވެސް އެނގެއެވެ. ލާމިއު ހުރީ އުފާވެފައެވެ. އޭނާގެ ވާހަކަތައް ގަބޫލް ކުރާނެ ބަޔަކު އަންނަނީ ކަން އޭނާއަށް އެނގެއެވެ. މިފަހަރު އޭނާ އެއްވެސް ކަމެއް އޮޅުވައެއް ނުލާނެއެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ކިޔައި ދޭނެއެވެ. ކުރިންވެސް އުނޫޝްމެން ގަބޫލް ކުރާނެކަން އެނގުނު ނަމަ އޭނާ ބުނީހެވެ.
” ދެން އަޅެ ހަދާނެ ގޮތެއް ބުނެބަލަ. އެ އީނާޝްއެއް ހާދައޭ ހުޝިޔާރީ. ” ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރެ ކިޔާން ކިޔަމުން ދިޔައެވެ. އީލާމްވެސް ތަންކޮޅެއް ދުރުގައި ވިސްނަން ހުއްޓެވެ.
” އޭ އަދި ކަލޭ ހަނދާން ކުރައްޗޭ. މިއަދު އީނާޝްމެންނަށް ހުރިހާ ކަމެއް އެނގެއްޖިއްޔާ ކަލޭއަކަށް އެންމެ ރުފިޔާއެއްވެސް ނުލިބޭނެ. ކަލޭ މިއޮއް ހުރިހާ ދުވަހު ކުރި ހުރިހާ މަސައްކަތެއް ދާނީ ފުލުން. އެހެންވެ މިބުނަނީ އަވަހަށް ހިޔާލެއް ދޭށޭ.” އީލާމްއާއި ގާތް ވެލަމުން ކިޔާން ބުންޏެވެ.
” ނޫން ތިހެން ނަހަދާ. ތިހެން ނަހަދާ. އަހަންނަށް އައިއްސި އައިޑިޔަރެއް.” ބިރުން ހުރެ އީލާމް ބުންޏެވެ. އަދި އޭނާގެ ހިޔާލު ފާޅު ކޮށްލިއެވެ. އެވަގުތު ކިޔާންގެ މޫނުގައި ކުރެހެލީ މިއޮއް ހުރިހާ ދުވަހަށް ވުރެވެސް ނުލަފާ ހިނިތުންވުމެކެވެ.
****
ކުއްލިއަކަށް ރުކަކުން ކާއްޓެއް ވެއްޓުނު އަޑަށް ދެމީހުންނަށް ހަމަ ބިމަށް ފޭބުނެވެ. ދެމީހުންނަށްވެސް ދުރު ވެވުނެވެ.
” މާ މޮޅު މީހަކަށް ވެގެން މިއޮއް ރޭގަނޑު ވަލު ތެރެއަށް ވަދެގެން ތިއުޅެނީ މާ މޮޅު މީހެކޭ ހިތަށް އަރާތީތަ؟” އުނޫޝް ބުނި އަޑު އިވުނެވެ. ނާޝްއަށް އެއްމިޔަކަނުން ހީލެވުނީއެވެ. އުނޫޝް ވާހަކަ ދެއްކުމުން ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. ނަމަވެސް އޭނާގެ މަގްސަދު ހަނދާންވުމުން ހަމަޖެހިލެވުނެވެ. އަދި ތުންކޮޅު އޫ ކޮށްލިއެވެ. މިއޮއް ހުރިހާ ދުވަހު ނަޝާޔާއާއިއެކު އުނޫޝް އުޅުނު ގޮތް ހަނދާންވުމުންނެވެ. މިއަދު ރަނގަޅަށް އެއްޗެހި ކިޔައި ގަންނާނަމޭ އޭނާގެ ހިތް ބުންޏެވެ.
” ކިހިނެއްވީ. ކަލޭއަށް ކީއް އަހަރެން ކޮންމެ ކަމެއް ކޮންމެ ގަޑިޔަކު ކުރިޔަސް؟ އަހަރެން ބިރުގަތީ ފާރަލާން އައި މީހާ އަހަންނާ ދިމާލަށް ބަލައިލީމަ. އެހެންނޫނަސް ތީ ކާކުތަ އަހަރެންގެ؟ މަންމަތަ؟ ބައްޕަތަ؟ ނޫނީ ކާފަ… ” މިހެން ބުނެވުމުގެ ކުރިން ނާޝްއަށް ހެވިއްޖެއެވެ.
” އޭ.. ހެލޯ.. މާ ބޮޑަށް ސްމާޓްވާން ނޫޅެބަލަ. އަހަރެންގެ އެއްވެސް ޝައުގެއް ނެތް ކަލޭ ދާހާ ތާކަށް ފަހަތުން ދާކަށް. އަސްލު ލާމިއު ހޯދަންވެގެން އައީ. އައިއިރު ކަލޭ ބޭރަށް ދާތީވެ މިތާ ކީއްކުރަނީތޯ ބަލައިލީ.. ތީ އަންހެން ކުއްޖެކޭ.” އުނޫޝް ހަދައިލީ ދޮގެކެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ ލާމިއުގެ ގެޔަށް ވަދެވެސް ނުލައެވެ.
” ކޮން ދުވަހަކުންތަ އަހަރެންގެ ފިކުރު އެހާ ވަރަށް ކުރެވެން ފެށީ؟ އަހަންނަށް….” ނާޝްއަށް ބުނަން އުޅުނު ބަސް ބޭރުނުކުރެވުނީ އުނޫޝް ބުނި އެއްޗަކުންނެވެ. ” 8 އަހަރު ކުރިން. ” އަދި ހިނިތުންވެވުނީ އަދިވެސް އުނޫޝް އޭނާދެކެ ލޯބިވާކަން އެ ކުޑަ ކުޑަ ލަފްޒުންވެސް ދޭހަވުމުންނެވެ.ނަމަވެސް އެލޯބި އުނޫޝް ގަބޫލް ނުކުރަންޏާ ކީއް ކުރާނީ ހެއްޔެވެ؟ އުނޫޝް އެވަނީ މިހާރު އެހެން މީހަކާއިއެކު ހަޔާތެއް ފަށަން ނިންމާފައެވެ. އުނޫޝްއަށްވެސް އޭނާގެ އަނގަ މަތީގައި ފިރުމައިލެވުނީއެވެ. އެއީ އޭނާ ބުނި އެއްޗެއް ނޫނެވެ. އޭނާގެ ހިތް ބުނި އެއްޗެކެވެ.
” އަދިވެސް އަހަރެންދެކެ ލޯބިވަންތަ؟” ހިޔާލަކަށް ވިސްނައިގެން ހުރި އުނޫޝްއާއި ދިމާލަށް ނާޝް މިހެން ބުނީ ކުޑަކުޑަ އުންމީދަކާއިއެކުއެވެ. މިއޮއް ހުރިހާ ދުވަހު ވާހަކަ ނުދައްކާ ހުރެފައި ކުއްލިއަކަށް އުނޫޝް ބަދަލު ވުމުންނެވެ.
” ބުނަން ވާހަކައެއް. އަހަންނަށް އެނގޭ އީނާޝް މިތަނަށް އައީ ކިޔާންއާ ފާރަލައިގެން ކަން. އަދި އަހަރެންވެސް އައީ ހަމަ މިއަދު އީނާޝް ބުނި އެއްޗަކުން ކިޔާން އާއި މެދު އުފެދިފައިވާ ޝައްކު ޔަގީންނަށް ބަދަލް ކުރަން ވެގެން. އީނާޝްއާއި ހެދިއެއް ނޫން. ޕްލީޒް. އާދޭސް ކޮށްފަ ބުނަން. އަހަރެމެން ދެމީހުން ގުޅޭނެ ކަމުގެ އުންމީދު ނުކުރޭ. އަހަރެން މިހާރު އެހެން މީހެއްދެކެ ލޯބިވެ އެހެން މީހަކާއިއެކު ދިރިއުޅެން ފަށައިފިން. ވީ ކަމެއް ވެދިޔައީ. އެއީ މީގެ 8 އަހަރު ކުރި. އެހެންމަ އީނާޝް އެންމެ ރަނގަޅު ވާނީ އާ ދިރިއުޅުމެއް ފެށިއްޔާ. ސާއިމް ހުންނާނެ އަބަދުވެސް އީނާޝްގެ އިންތިޒާރުގަ. އީނާޝް ކުރި ކުށަށް އަހަރެން މާފު ކުރީ ކަމަށް ވިސްނާ. އެކަމް އަހަރެންގެ ހިތުން ދުވަހަކުވެސް އީނާޝްއަކަށް މާފެއް ނުކުރެވޭނެ. ސޯ ޕްލީޒް. އެކުޑަކުޑަ ވަގުތު ކޮޅު ހަނދާން ނައްތާލާ. އަހަރެން އަސްލު މިއަދު އީނާޝްއާ މިވާހަކަ ދެއްކީ ފަހޫ އާ ލާމީ އާ ދެމީހުންގެ ދިރިއުޅުމަށްޓަކައި. އަދި ބުނަން އަހަރެން ދުވަހަކުވެސް އީނާޝްދެކެ ލޯއްބެއް ނުވަން އަދި ނުވެސް ވާނަން.” އުނޫޝް ހުރިހާ ވާހަކައެއް އަމުނާލިއެވެ. ނާޝްގެ ހިތް މިއަދު ވަރަށް ބޮޑަށް ކުދިކުދި ވެއްޖެއެވެ. އުނޫޝްގެ ހިތް ބަދަލު ނުވަނީ ކީއްވެ ހެއްޔެވެ؟ އޭނާ ވާހަކަ ދައްކާނެ ފުރުސަތެއް އޫނޫޝް ނުދެނި ކީއްވެ ހެއްޔެވެ؟ އުނޫޝްއަށް އޭނާދެކެ ލޯބި ނުވެވިފައި އޭނާއަށް އުނޫޝްދެކެ އިންތިހާއަށް ލޯބިވެވެނީ ކީއްވެ ހެއްޔެވެ؟ މީ އިންސާފު ހެއްޔެވެ؟ ނާޝް އޭނާގެ ލޮލުން އުނޫޝްއަށްޓަކައި އަޅާނެ އެންމެ ފަހުގެ ކަރުނަ އެޅިއެވެ.
” އޯކޭޔޭ ދެން. މިހާރު ނޭނގެ ކިޔާން ވަދެ ފިލި ގޮތްވެސް. ” އަވަހަށް އުނޫޝްއަށް މަގްސަދު ހަނދާން ކޮށްދެމުން ނާޝް ބުންޏެވެ. އުނޫޝްވެސް ބޯ ޖަހައިލަމުން ހިނގައިގަތެވެ. ނާޝްގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް ބިރުވެރިކަން ނުފިލައެވެ. އަނދިރި ތަނަކަށްވެފައި ކުރަން އައި ކަންތައް ހަނދާންވުމުން ބިރު ގަންނަނީއެވެ. އޭނާގެ ހިތުގެ ކުޑަވެސް ފިނިކަމަކީ އުނޫޝްއެވެ.
އުނޫޝް އޭނާގެ ފޯނުން ލައިޓެއް ޖައްސައި އަލިކުރަމުން ދިޔައެވެ. ނާޝްވެސް ފަހަތުން އާދެއެވެ. ކުއްލިއަކަށް އުނޫޝްއަށް މަޑުޖެހިލެވުނީ ގަސްތަކާއި ނިވާވާ ގޮތަށް ފަނުން ހަދާފައިވާ ގެއެއް ފެނުމުންނެވެ. މީހުން ނޫޅޭ ހިސާބު ގަނޑެއްގައި ބަޔަކު މިހާރު އާބާދުވާންވެސް ފެށީ ހެއްޔެވެ؟ އަނެއްކާ މިއޮއް ފަދަ ޒަމާނުގައި ފަން ގެއެއް ކީއްކުރަން ހެއްޔެވެ؟ މިވަނީ އެ ގޮތްނޭނގޭ ކިޔާންގެ ކަމަކަށްށެވެ.
އޭރު އެގޭތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑުވެސް އިވެއެވެ. އުނޫޝް އެގެޔާއި ކައިރިވަމުން ދިޔަ ވަރަކަށް ނާޝްގެ ހިތްތެޅެން ފެށިއެވެ. އެގެއިން ދިމާވާނީ ބިރުވެރިކަމެކޭ އޭނާގެ ހިތް ބުނަނީއެވެ. އުނޫޝް އެދޮރުގައި ކުޑަކޮށް ހިފައިލުމާއިއެކު ނާޝް އޭނާގެ އަތުގައި ހިފައިލެވުނީއެވެ. އޭނާގެ ހިތް ބިރުގަންނަނީ އެވެ. އުނޫޝްއަށް ކަމެއްވެއްޖިއްޔާ…. އޭނާއަށް އެވަރުގެ ކަމެއް ހިތަށް އަރުވަންވެސް ކެރުނީ ކީއްވެ ހެއްޔެވެ؟ އުނޫޝް ނާޝްއާއި ދިމާލަށް ބަލާލުމަށްފަހު ބޯ ހަލުވައިލީ އެއްވެސް ކަމެއް ނުވާނޭ ބުނާ ކަހަލަ ގޮތަކަށްށެވެ. ވާހަކަ ދައްކައިފިނަމަ އެގޭތެރެއިން އެވާހަކަ ދައްކާ މީހުންނަށް ފަޅާ އަރާނެކަން އެނގޭތީއެވެ.
އުނޫޝް ކުޑަކޮށް ދޮރު ހުޅުވާލައި އެތެރޭގައި ތިބީ ކޮންބައެއްތޯ ބަލައިލިއެވެ. އޭރު އަލިމަޑުކަމުން އެއްވެސް މަންޒަރެއް ސާފުވާގޮތެއް ނުވިއެވެ. އެތެރޭގައި ތިބީ ތިން މީހުންނެވެ. އެކަކު ގޮނޑިއެއްގައި އައްސާފައި ވާއިރު އަނެކަކު ކޮޓަރީގެ ކަނެއްގައި އައްސާފައި ވެއެވެ. ދެން ހުރި މީހާ ހުރީ މިނިވަންކަން މަތީއެވެ. ހީވަނީ އެމީހައަކީ “ކިޑްނޭޕަރ” ހެންނެވެ.
” ހަހަހަހަހަ… ކިހިނެއްތަ އަހަރެންގެ ފަރާތުން ލިބުނު ސަޕްރައިޒް. ” ކިޑްނެޕަރ ދެން ތިބި ދެމީހުން ކައިރީ އަހައިލިއެވެ. “އަހަރެމެން ދޫކޮށްލާ.. އެހެންނޫނީ ކަލޭއަށް ބޮޑު ލަނޑެއް ލިބިދާނެ. އެހެންނޫނަސް ކަލޭ އަހަރެން ފަރާތުން ބޭނުމީ ކޮން ކަމެއްތަ؟ ” ކޮޓަރީގެ ކަނެއްގައި އައްސާފައިވާ މީހާ ބުންޏެވެ.
” ކަލޭ ފަރާތަކުން އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫން. ބޭނުން ވަނީ ހަމައެކަނި ކަލޭގެ ލޯބިވާގެ ދިރިއުޅުން ބަރުބާދު ކޮށްލަން. އޭނާގެ ދިރިއުޅުން ހަފުސްކުރަން. އޭނާއަކީ ދިރިއުޅުމެއް ފެށޭ ވަރަށް ވުރެ މާ ދަށު ދަރަޖައިގެ މީހެއްކަން އަންގަން. އޭނާއަކީ ވަރަށް ނުލަފާ މީހެއްކަން އިހްސާސްކޮށްދެން. މީހުން ބުނެއުޅެއެއްނު މީހަކަށް ދެރައެއް ދީފަކައެއް އެކަކަށްވެސް އުފަލަކު ނޫޅެވޭނެއޭ. އޭނަވެސް މަށަށް ދެރަދިނީ. އެހެންމަ އޭނާއަކަށް އުފަލަކު ނޫޅެވޭނެ. ދުވަހަކުވެސް..” ކިޑްނެޕަރ ބުންޏެވެ. ނާޝްއާއި އުނޫޝްއަކަށް ވާނުވާ އެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އެކިޑްނެޕަރއަކީ ހަމަ ކިޔާން ހެއްޔެވެ؟ އަނެއްކާ އެމީހުންނަށް ކިޔާންއާއި ދޭތެރޭ އެކުރެވުނީ ހަމަ ރަނގަޅު ޝައްކެއް ހެއްޔެވެ؟
” ކަލޭ އަތުން ފަހޫ ދަމައިގަތީ ކޮން އުފަލެއްތަ؟ ކޮން ދެރައެއްތަ އޭނަ ކަލޭއަށް ދިނީ؟ ” ދެންވެސް ސުވާލު ކުރީ އައްސާފައި އޮތް މީހާއެވެ. އެހިނދު އެއީ ކިޔާންކަން ނާޝްމެންނަށް ޔަގީނާއި ގާތް ވެއްޖެއެވެ. ފަހުމާގެ ވާހަކަ ދައްކާނީ ކިޔާން ނޫން ކާކު ހެއްޔެވެ؟ އަނެއްކާ މިއޮއް ހުރިހާ ދުވަހު ކިޔާން އެއުޅެނީ ލާމިއު ކިޑްނެޕް ކޮށްގެން ހެއްޔެވެ؟ އެހެންވެއްޖެނަމަ ލާމިއު މިއޮއް ހުރިހާ ދުވަހު އެޖެއްސީ އެކްޓެވެ.
” ކޮން އުފަލެއްހޭ އޭނަ ދަމައިމަތީ؟ ކޮން ދެރައެއްހޭ އޭނަ ދިނީ؟ ކަލޭއަށް ނޭނގިގެންތަ ތިއަހަނީ؟ އޭނަ އަހަރެންގެ އަތުން އަހަރެންގެ ކުއްޖާ ދަމައިގަތީ. އަހަރެންގެ އުފާތަށް ގެއްލުވައިލީ. އަހަރެން ދިރި ހުރުމުގެ މަގްސަދު މަރާލީ އޭނަ. ބޮޑު ގާތިލެއް އެއީ. ބޮޑު ގާތިލެއް.. ޝީ ވިލް ޕޭ ފޯރ ދެޓް..” ރުޅީ އައިސް ރަތްވެގެން ހުރެ ކިޑްނޭޕަރ ޖަވާބު ދިނެވެ. އުނޫޝްއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. އެއީ ކޮން ބައެއްތޯ އޭނަ ބަލާނެއެވެ. އަދި ފޯނުގެ އަލި އެމީހުންނާއި ދިމާލަށް ދިއްކޮއްލީ އެތެރެއަށް ދެމެގަންނަމުންނެވެ.
އެހިނދު ފެނުނު މަންޒަރުން އޭނާއަށް ހުރިތާގައި ހުރެވުނީއެވެ. ފެނުނު މަންޒަރުގެ ސަބަބުންނެވެ. ކުރިމަތީގައި ކިޑްނޭޕަރގެ މަގާމްގައި އެހުރީ އޭނަ އެންމެ އިތުބާރު ކުރި ފަރާތެވެ. އަދި ދެކޮޅުގައި އެތިބީ އޭނަ ނުބައިބައި ކުޅުނު ކަމަށް ހީކޮށްގެން ހުރި ދެމީހުންނެވެ. އޭނާގެ ނަޒަރުގައި ކިޑްނޭޕަރއަކީ ލާމިއު ކަމަށްވިޔަސް ކިޑްނޭޕަރއަކީ ކިޔާންގެ މަކަރުގަދަ އެއްބާރުކަމަށްވާ އީލާމްކަން ވާހަކައިގެ ބޭރުން އެންމެންވެސް ދަނެއެވެ. އަދި ޝާންއަކީ ލާމިއުކަންވެސް އެއީ ބަދަލު ކުރެވެން ނެތް ހަގީގަތެކެވެ. ނަމަވެސް އުނޫޝްއަށް ފެނުނު މަންޒަރު އެހެން ބަޔަކަށްވެސް ފެނުނު ނަމަ ހަމަ ލަފާ ކުރެވޭނީ މިފަދަ ގޮތަކަށްށެވެ. އޭު ލާމިއުމެންވެސް އުނޫޝްއއި ދިމާލަށް ބަލަން ފަށައިފިއެވެ.
” ޗިޗިޗި ލާމީ. ޗިޗި.. އަހަރެން ހިތަށްވެސް ނާރަން ތީ ތިކަހަލަ އިންސާނެއްކަމަށް. ހުރިހާ އެންމެން ލާމީއާ ދެކޮޅު ވިޔަސް އަހަރެން ހީކުރީ ލާމީތީ ވަރަށް ރަނގަޅު މީހެއްކަމަށް. އަހަރެން ހީކުރީ ލާމީ ބަދަލު ވުމުގަ ކޮންމެސް ސަބަބެއް ވާނެ ކަމަށް. އެކަމް މިހާރު އެނގެއްޖި ތި ނުލަފާ މީހެއްކަން. އެނގޭތަ؟ އަހަރެންގެ ހިތް މީހާރު ލާމީއަށްޓަކައި ވަރަށް ބޮޑަށް ބަދަލު ވެއްޖެ. މިއަދު ލާމީ ތިކުރި ކުށުގެ ސަޒާ އަބަދުވެސް ލިބޭނެ. އަދި ބުނަން؟ ދެން ކަލޭއަކަށް ފަހޫގެ ދިރިއުޅުމަކަށްވެސް ނުވަދެވޭނެ. އަދި ހަމަ ފަހޫގެ ދިރިއުޅުމެއް ބަރުބާދެއްވެސް ނުކުރެވޭނެ. ދެން ޖެހޭނީ ހަމަ ތިހެން ހުންނަން. އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ކަލޭޔަކަށް ދެނެއް ފަހޫއަކާ ނުބެހެވޭނެ. ގޯޑް. އައި ހޭޓް ޔޫ.” އީލާމްއާއި ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ އުނޫޝް މިހެން ބުނިއިރު އެ ބަސް ރައްދުވާ ދެވަނަ ފަރާތެއް ހުރިކަމެއް ކުޑަކޮށްވެސް ނޭނގެއެވެ. އީލާމް ދެން އިތުރަކަށް ގަދަ ހަދާކަށްވެސް އަދި އުނޫޝްގެ ބަހަށް ރައްދެއް ދޭކަށްވެސް ނޫޅުނެވެ. ހަގީގަތުގައި މިފަދަ ބޮޑެތި ފާފަތައް ކުރުމަކީ ކިހާ ގޯސް އަމަލެއް ކަން އޭނާއަށް އަބަދުވެސް އިހްސާސްވެއެވެ. އެހެނަސް ކުރާނެ އިތުރުކަމެއް މިކަމުގައި އެބަ އޮތް ހެއްޔެވެ؟ އޭނާގެ މަޖުބޫރުގެ ފައިދާ އެހެން މީހަކު ނަގައިލީއެވެ. އީލާމް އަވަހަށް ބޭރަށް ނިކުތެވެ.
ނާޝްއާއި އުނޫޝް އަވަހަށް ގޮސް ލާމިއުއާއި ކިޔާން މޮހެލަދިނެވެ. ” ހަމަ ހުވާ ކޮށްފަ ބުނަން މިފަހަރު އެ ލާމިއު ދުލެއް ނުކުރާނަން. މިގުޅަނީ މިހާރު މިޕޮލިހަށް.” ފޯނުގެ ފިއްތަކަށް އޮބަމުން އުނޫޝް މިހެން ބުނުމާއިއެކު ވަގުތުން ކިޔާން އޭނާގެ އަތުގައި ހިފައިލިއެވެ.
” ޕޮލިހަށް ގުޅުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން. އޭނަ ކުރިކަމެއް ކޮށް އެކަމެއް މިހާރު އެވެދިޔައީ. ދެން އެކަމާ ނުވިސްނާ. އަހަރެން ދެން އޭނާގެ ހިޔަނި ފަހޫއާ ހަމައަށް ދަތުރު ކުރިޔަވެސް ނުދޭނަން. މާދަން ރަން ކިޔުންވެސް އޮވޭ. އެހެންމަ އަހަރެން ބޭނުމެއް ނޫން މިރޭ ޕޮލިހަށް އަންގައިގެން މަސްލަހަތު ނަގާލާކަށް. ” ކިޔާން ބުނާ ކޮންމެ ލަފްޒެއްގައިވެސް ވަނީ މަކަރުވެރިކަމެވެ.
” ތިޔެއް ނޫނޭ މިކަންތައް ވީ ކިހިނެއް؟ ” ނާޝް ކޮށްލި ސުވާލަކުން ކިޔާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އުނޫޝްވެސް ކިޔާންއާއި ދިމާލަށް ބަލައިލީ ސުވާލު އުފެދިފައިވާ ހުރެއެވެ.
” ވީ ގޮތަކީ ލާމިއު އަހަންނަށް ގުޅާފަ ބުނީ ފަހޫއާ ބެހޭ ވަރަށް މުހިއްމު މައުލޫމަތެއް ދޭނަމޯ. ނިކަން އަންނާށޯ. ދެން އަހަރެން އައި އިރަށް ބުނީ މިތާ އިންނާށޯ. އޭރު ޝާންވެސް ހުރީ ބަނދެފަ. އަހަރެން އައިސް އިށިނދެލީމަ އޭނަ ގަދަހާދާފަ ބަނދެލި ގޮތްވެސް ނޭނގެ… އެންޑް މިހާރު މިއުޅެނީ ފުރާން… ދޯ ޝާން..” ލާމިއުއަށް ދޯއެއް ދެމުން ކިޔާން އެހެން ބުނިއިރު ލާމިއު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާގެ އަތުގަ އޮތް ކުޑަކުޑަ ހެކިވެސް އެ ކިޔާން ގަނޑު ނެތިކޮށްލީއެވެ. ދެން އޭނަ ހަދަން ޖެހޭނީ ކިޔާން ބުނާ ގޮތެކެވެ. ލާމިއު ބޯ ޖަހައިލިއެވެ. ދެން ކައިވެނި ނުނިމެނީސް ދަނީ ކީއްވެގެންހޭ އުނޫޝް އަހައިލިއެވެ. ނަމަވެސް ކިޔާން ވަރަށް އާރޖެންޓޭ ބުނެ އެކަން ހައްލުކޮށްލިއެވެ.
އެރޭގައި ފަހުން އުނޫޝް ނާޝްއާއި ދިމާލަށް ބަލައިވެސް ނުލައެވެ. ނާޝް ގެޔަށް ލައިދީފައި އޭނާ ދިޔައީއެވެ. ނާޝްގެ ހިތުގައި ކިތަންމެ ވަރަކަށް ޖެހުނު ނަމަވެސް ކެތްތެރިވީ ދުވަސް ކޮޅަކުން އޭނާ އެހެން މީހެއްގެ މީހަކަށް ވާނެއޭ ހިތަށް އަރުވާލަމުންނެވެ.
**********************************************************************************
ނާޝްއަށް އޭނާގެ ލޯބި ލިބޭނެ ހެއްޔެވެ؟
އުނޫޝްއަށް ނާޝްގެ ވާހަކަތައް ގަބޫލް ކުރެވޭނެ ހެއްޔެވެ؟
ނަޝާޔާއަށް ސާއިމް ލިބިދާނެ ހެއްޔެވެ؟
ނުވަަތަ ސާއިމްއަށް އޭނާގެ ލޯބި ލިބޭނީ ހެއްޔެވެ؟
ކިޔާންގެ ނުލަފާ މަޅީގައި ފަހުމާ ޖެހޭނީ ހެއްޔެވެ؟
އަދި ލާމިއުގެ އަތުން އުމުރަށް ފަހުމާ ބީވެ ދާނީ ހެއްޔެވެ؟
އީލާމްގެ ހަގީގަތަކީ ކޮބާ ބާވައެވެ؟
އީލާމްއާއި ލާމިއު އެހައި ވައްތަރު ވުމުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟
މިވާހަކަ ނިމިގެން ދާނީ ހިތާމައިގެ ނިމުމަކުން ހެއްޔެވެ؟ ނުނީ އުފާވެރި ނިމުމަކުން ހެއްޔެވެ؟
މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް ” ބޭވަފާތެރި ނުވަމޭ ޔާރާއޭ”ގެ ފަހު ބައި ކިޔާ ލައްވާ… އިން ޝާ ﷲ އީދު ދުވަހުގައި ފަހު ބައި މިސައިޓުގައި އަޕް ކުރެވިގެން ދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
99 Comments!
Comments are closed.




Assalam alaikum.. Finally ushaa ninmaifin mistwriiga 25 prtx himanan.. So nxt prt ill b de last… Nd thanakoheh lahun up vaanyy.. E ee ushaa eid dhuvahuga up kuran beynun v ma….. Btw Hw u ill lyk dis….
W.salaam ..oww alhe mi story nimenytha haadha dheraey. …bt i hope v avahahh usha ge new story eh vx kiyaalan libeynekamahh n mi part is awesome. …ufaaveri nimumakun nihmaalahchey?miss uuuu ???
Hmmmm.. Appy.. Mi stwrii dhn mi nimenyy.. Dhera nuvey in sha allah nxt stwrii eh vrh avahah genes dheynan… Thnkxx alot.. Balaalama dw kon gothakah thw nimenyy…. Miss yuh 2…
Oh salhi ey mi vaahaka.ekm happy ending akun nimmahchey vaahaka ingey
Oh.. Thnk yuhh Fareeaa.. Hppy endin akun nimeythw balalama dw…
Its very nice. Ushaa keep it up and waiting for the next part on eid. Good luck
Thnkxxx.. Kyp waitin 4 de nxt nd last ep…
Alhey haadha lahey last part annaleh. Hithan araa mihaaru kiyaalan libeyne namaey. Hyvany hama story nimeny happy ending akun hen. Dhen mihaaru eid dhuvahah waiting ingey
Hmmm.. Nxt prt lahuney up vaan othyy… Hingaa dw stwrii nimenyy kihinakun thw balaalan…. Eidu dhuvaahah kyp waitin.. Thnkxxxxx….
Awww varah kiyaa hithun mihury….reethi waahaka eh …keep it up ushaa..:-)
Thnkxx thuthy… Kyp waitin…
Ushaaaaa haadha salhi ey mi stwry.. Nasha ge kanthah vx bust kohlacheh ingey..
Thnkxx alot Zai.. Nasha ge kanthah vanyy kihinehthw balaalan lst prt kiyaalaa….
Mi buny nasha ge kanthah unoosh ah bust kohlaashey
Ya i got it… Dhn vaa gotheh vx ingeynyy hama eidu dhuvahuga ennu dw zai…
alhey ishee finaly nimeny dhw… kudhinney maa gina dhuvaheh nethenu eid annaakah.. kehkohlaa.. ushee vex time beynun vaane dhw.. gudluckk ushee.. reethi..☺☺☺
ushee*
Hmmm Aff.. Konme kamakahvx nimumeh annaanennu dw… Aff ebunyy thedhekey kudhinney.. Aharemennah neigi thibbba eidu ais jehuniyyey mihaary… Nd ya aff.. Ushee beynumyy last prt vvvvvvv dhigu kohlan.. Thnkxxxxx alot….
Alhea Ushee Eenoo ah dhera gotheh nahadhachea. Fahoo ah ves. Varah reethi. Alhe mi story ges nimenytha? >3
Enoo fahooah vaagothehvx ingeynyy eid dhuvahugaennu… Ya… Dhn mistwriivx nimenyy…Thnkxx..
V V reethi <3 waiting fr the last part 🙂
Thnkxx alotxx.. Kyp waitin 4 last ep…
Very very very nice
Thnkxxxxxxxxxxx…. Anonymous..
Laa miulheni n eelam vahtharu vunmuge sirraky eiy twins v ma . hehe. Naash n unoosh. Fahoo. Laamiu. Nashaa n shaaim. Kiyaan jalah hehe dhw
Hehehe… Guess eh dw…. Vaa goi vx ingeynyy kiyaalyyma dw… Kyp waitin… Thnkxxx…
V v v rythi . Maashaa allah . Waiting 4 the next part . Interesting story .
Thnkxxx a lot.. Kyp waitin… Thnkyew..
Wow!!!! Vvvvv nice… This is my first… I just want to read the final part… Ekam wait kohlan dhw mijenhenee… Keep up your hard work ushaa… ??????
Thnkxx alot… Hmmm.. Lst prt kiyanya jehenyy adhi inthizaareh kollan… Thnkyew…
OMG…sO interesting n I’m waiting 4 the next part. ..thanks a lot Ushaw 4 the nice story ☺
Thnkxx….. Thnk yuhh…
OMG…sO interesting n I’m waiting 4 the next part. ..thanks a lot Ushaa 4 the nice story ☺
Thnkxxx a lotxxx…. Kyp waitin 4 de nxt ep ingey…. Thnkxx 4 ur cmmntx nd de support….
Speechlessss……… waiting 4 the laaaast paaartt
Thnkxxxxxxx Youme… Kyp waitin 4 de Lst prt ingey…
itx awsome. fantasy bunyma dhen last part ah jeheyny inthixaaru kuraakahnu dhoa? waiting….
Fantasyy??? Same. Um Ushaayey ingey.. heheh… Btw kyp waitin… Thnkxxxxxxxx…
ohhhh. i m reallly sorry dear ushaa. eki nan nan varah olhey…
Awwnn.. Its ok… Dnt say swriii.. Hmmm.. nan ehvatharu v ma ehn vedhaane ennu dw…
Nice
Thnkxx…
Haadha lahun up kurany
Hmmmm.. Lst prt v ma hama las kollyy ingey inaa… Thnk yuhh…
Waw vvvv reethi……happy ending eh gehnahcheyy ushyyy…..?
Thnkxx Seenyy.. Hppy endin eh thw lets c dw….
Ushaa vara reeti
Thnkxx haxoo..
Oh!! Usha story nimenee dhw!! Hope ushaage ehen story eh avahah kiyan furusathu libeynekamah
Hmmm java.. Dhn mistwrii nimenyy Bt ill up a nw one v soon In Sha allah… Thnkxx….
Vaahaka nimeynee eelaam aa laamiu aky twins ehkan emmenah engigen.. adhi alun fahu ah laami ves libeyne.. e hurihaa vaahaka eh eelaam kiyai dheynee eyna ge mom ge bayyah faruvaa kuran kiyaan rf nudhiee ulhenikoh mamma maru v ma ekamu ge rulhieega hen heevey.. meedhen hama heevaa goi ingye ekam
Guess nd guess ingey hurihaa kudhinvx.. Bt vaagotheh ingeynyy kiyaalyyma ennu dw Aimsithu… Thnkxx alotxx…
Vaahaka salhu. Reyga alah kiyan feshigothah hama nuves nudhinm 24 parts ehkoh kiyuneema nuunee. Meega miulhey naadha Akee Ushaa dhw
Vedhaane ushaayahvx.. Thknxx alot..
Ey koba eid aeenu. Avas kobiya
Hehehe. Eid tmmrw ennu.. Insha allah tmrrwga up vaane.. Jxt kyp patience nd Kyp waitin… Thnkyw…
Usha plx mirwy up kobba mee eid vileyre ennu..plx plx :(..I cnt wait..n ehennoonas mirey mee eid aky
Hehehe dw… Up kurun vrh las vejjey dw.. Bt adhi mii eid vileyreyennu.. Eid dhuvahah dhn othyy enme 12 varakh hrs ennu.. Jxt kyp patience.. I promise insha allah tmmrwga up vaane…Thnkxx Maash…
Haadha lahey, hama thai banbukeyo kiru..
Dhen maa lasvanya mithaa muxaaharaa kuran jehidhaane
Hehehe asluvx dw.. Mii hama thai babukeyo kiru gandeh kahala vaahaka eh dw.. muzaahara?? OMG.. Um scared.. hehehe… Asluvx muzaahara dheke biru ganeyey.. Kyp patience Husen.. Dhn maa gina ireh hethey.. Tmmrw vaakah..
Kobay haadhalahey
I am tryin my bxt..
Kobay haadhalahey kiyaahithun kehvanihyehnoon
Alhey.. Maa las vaniyyey dw.. Um tryin my bxt ingey.. Insha allah miadhuga up vaane…
ushyyyyyyyyyyyyyyyyyyy … stryyyy kobaaaaa .. … cnt waittt anymreeeee .. plxx uploas sooon ushyy ..
Hmmm. Vrh las eba veyey dw… Bt laii um tryin my bxt 2 up soon.. Eid dhuvas v ma vrh bura koh mi ulhenyyvx.. Bt anyway i ill up today…
Alheuyyyy haadha irekey…
Cant wait
Avahah up kohbaaa ushaaaaaaaa Plx
Um tryin my bxt ey.. U jxt kyp patience nd kyp waitin…
Ushaaaaaa kbr storyyy awassssssa
Alhey miulhenyy avass vey thw ey.. U guyx kyp waitin.. I ill up it soon in sha allah…
🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁 🙁
Smile plxx… Um swrii stryy las vaathyy Bt um tryin my bxt ingey….. Smil PLXXXX..
Ok thnks 🙂
Ur Wc..Nd thnkxx smil v ma..
Plx make it fast ????
Can’t wait anymore
Ya.. Um tryin my bxt… Kyp waitin 4 a wail..
Kobatha mi storyge last part. Hedhunun sure mi balany up vehje tho
Alhey. Swrii ehaa varah wait kuran jeheythyy.. Bt hama hendhunugavx eid dhuvas v ma vrh bxy v.. Um tryin 2 up soon… Kyp patience..
Mihaaru varah Lasvehje adhives bixytha? adhi kihaairehvaane
Alhe.. I knw vrh las vejje.. Enme avas vegenvx up vaany 6 o clckga.. Dhn neige bunaakaha.. Ushaa miadhuga up kuraanan. I myn b4 12…
Kiyuntherin thihaa hiy jassuvaafa maa lasvany thi.. ant read it soon.. miadhu iru ryssure mi chech kurany.. ehaa dhuvas wait kuruvaafaves adhives wait o
6 vx hama nw jahaifi
6 vx hama nw jahaifi
Ya..Ushaa bunyy enme avas vegenney.. Bt las vegen neigeyey…. Dhn balamaa dw 9…
omg ushaa adhi 2 prts ah haadhaalafa genna nama .. thi hurihaa suvaalehge javaabu libeyiru haadha dhigu vaaney .. hehehe .. still eagrly waiting .. i knw u are v bxy kan ehnve kan upload nukurevgen thi ulheny.. i understnd .. afterall its eid right hehehe .. ushaa free vi irakun upload kohlaa .. its ok las viyas .. myhun bune ehnu kehtheri kamuge meyvaa foni vaaney dhw ushaa hehe .. v kiyaalaa hiyy vey eba bt i’ll wait .. mioh hurihaa dhuvahu vess hury viyya dhn vess hureveyne hama .. hehehe hope u will upload the nxt prt soon … n Eid Mubarak Ushaa 🙂 🙂 🙂
Ya.. Ushaa aslu beynun v Lst prt dhigu koh nd 25 kahala numb akun ninman.. Lst prt fudhey varakah dhigu vaane.. Kyp waitin ingey,…Um vvvv bxy aslu eid v ma bt i ill up tonyt In Sha Allah.. Hehehe.. Ur totalyy ryt.. Ketteri kamuge meyva foni vaane.. Kyp patience nd kyp waitin ingey.. Insha allah avahah up vaane.. Thnkxx alot.. EID MUBAARAK…isha
Kobaa last part miadhu mee eid dhuvas
Ya Prncess..Thnkolheh lahun up v.. Bt nw up koffin avahah kiyaalaa..
usha othy last part nuliyethah? heekury mihaadhuvas vaairu nimidhaane kamah.
Aslu ushaa vrh bxy v mi dhuvas kolhu.. So vrh madhu ireh free vanyy.. Bt hama kuda kuda vaguthu kolheh libunas ushaa baln stwrii liyevey thw.. Ehnve nuliyevunyy bt nw up koffin,..
Ushaa kobertha stwry last part.. Plx avas kohbaa
Up koffin zai..
Ushaa i knw u r bxy… but hama kiyaalaa hiy vaaleh bodu kamun mi comment kury… plz make it as fast as u can
Ya.. Vrh bxy koh ulhemun mihaaru up koffin…
Ushee alhey upkohdheebrr.. kiyaahithun keh madhuvefa mihunny… plxxx ushee?
Alhe aff.. Ushee bxy viyyey bt nw up koffimey avahah ryd it nd cmmnt..
Alhey adminn DHEEWAANAA story upkohdheebrr.. plxxx… e ah cmmnt kuran kuran ulhe ulhe nukurevunn… alhey admin plxxx inge…. plxx tonight…???
Ya aff.. e stwrii up nuvegen ushaavx mi moya vanyy..
Emme fahu part nueh fenny. . Usha aee kivvetha.