Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (8)

layaal Level 310 Stories100 Comments
June 25, 2016 8 Mins Read
48 Comments

“ޑޭމް އިޓް ނާއިލް ޓެލް މީ!” ނާއިލް އުޅޭގޮތުން ލޫތްގެ ކެއްތެރިކަން ކޮޅުން ލިއެވެ. އޭރު އެހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ.

ކޮޓަރި ދޮރުކުރިމަތީގައި ހުރި ލީނާއަށް ލޫތްގެ ވާހަކަތަށް އަޑުއިވުމުން ހީވީ ހިތަށް ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. ހީވީ ހަމަ ދެންމެ ދެންމެ ނާއިލް ހަޤީޤަތް ހާމަކޮށްފާނެ ހެންނެވެ. އޭނާގެ

“އަތްދޯއި.” ލީނާގެ ހަޅޭކުގެ އަޑަށް ލޫތް ސިހިފައި އެދިމާއަށް ބަލާލިއެވެ. އޭރު ފައިގެ ކުޑަހުޅުގައި އަތްއަޅައިގެން ހުރީ ލީނާ ދޮރުކަނީގައި ހިފައްޓާލައިގެން ހުއްޓެވެ. އެ މޫނުމަތިން ފެނުނީ ވޭނީ އަސަރެކެވެ.

ލޫތް ފަޅި ސިކުންތު ކޮޅެއްގައި ގޮސް ލީނާގެ ގައިގައި ހިފައްޓާލިއެވެ. “ލީނާ. ކިހިނެތް ވީ؟” ހާސްވެފައި ހުރި ލޫތް އަހާލިއެވެ. “ހީވަނީ ފައި އަރިއަޅާލި ގޮތަކުން ތަދެއް އެރީހެން.. ވަރަށް ތަދުވޭ އެބަ.. އަޅެ.. ފައި ރަނގަޅަށް ނުވެސް އެޅޭ.” ލީނާގެ އަޑުގައި ވީ ރިހުމެވެ. ލޫތް ވަގުތުން ލީނާ އަތް ދަނޑި މައްޗަށް ނަގައިގެން ކޮޓަރިއަށް ވަނެވެ. އޭރު ނާއިލް ހުރީ ވާނުވާ ނޭނގިފައެވެ. “ނާއިލް އައިސް އަލަމާރި ތެރޭގައި އޮންނާނެ އައިސް ޕެކެއް.. އެ ހިފައިގެން އާދެބަލަ.” ލޫތް މިހެން ބުނުމުން ނާއިލް އެ ނަގަން ދިޔައެވެ.

އައިސް ޕެކް ހިފައިގެން ކޮޓަރިއަށް ވައިން އިރު ލީނާ އިނީ އެނދުގެ ހެޑްބޯޑުގައި ލެނިގިލައިގެންނެވެ. އޭރު ލޫތް އޭނާގެ ފައިގެ ކުޑަހުޅު ފޮރެންސިކް އޮފިސަރެއްހެން ވެފައި ހުރިގޮތް ބަލަމުން ދިޔައެވެ. “ތަދުވޭތަ؟” ލޫތް އަތްލަމުން މިހެން ބުނުމުން ލީނާގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. ނާއިލް އައިސް ޕެކް ދިއްކޮށްލުމުން ލޫތް އޭތި ލީނާގެ ކުޑަ ހުޅުގައި ޖެއްސިއެވެ.

“މިހާރު ކިހިނެތް؟” ލޫތް އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ. “އޯކޭ ކުޑަކޮން.” ލީނާ މިހެން ބުނެ ނާއިލްއަށް ބަލައިލި ގޮތުން އެއީ ހުސް ދެއްކުންތެރި ކަމެއްކަން ނާއިލަށް ވަގުތުން ޔަޤީންވިއެވެ. ލޫތަށް ހަޤީޤަތް ހާމަކޮށްފާނެތީ ލީނާ ކުޅެލި ޑްރާމާއެއްކަން އިނގުމުން ނާއިލްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. މިރޭ މިކަން ނުވާނެކަން އިނގުމުން ނާއިލް އިތުރަށް އެތަނުގައި މަޑުކުރަން ބޭނުން ނުވެ ދާން ހިނގައިގަތެވެ.

ލީނާ ކައިރީގައި އިން ލޫތް އެހިނދުކޮޅަށް ނާއިލް ވާހަކައެއް ބުނަން އުޅުނުކަން ވެސް ހަނދާން ނެތުނެވެ. “ބޭބް އޮށޯވެލަން ވީނުން.. މިތަން މާދަމައަށް ދުޅަވިއްޔާ ޑޮކްޓަރަށް ދާނީ.” ލީނާއަށް އޮށޯވެދެން އެހީތެރި ވެދެމުން ލޫތް ބުނެލިއެވެ. “ހޭއި..” ލޫތްގެ ކަރުގައި އަތް އަޅުވާލަމުން ލީނާ ގޮވާލިއެވެ.

“އައި ލަވް ޔޫ.” ލީނާ މިހެން ބުނެ ލޫތްގެ ގައިގައި އޮޅުލައި ގަތުމުން ލޫތް ހުރީ ފާޑަކަށް ހަދަންވީ ގޮތް ނޭގިފައެވެ. އޭގެ ޖަވާބުގައި ބުނަންޖެހޭނީ ކީކޭކަން އިނގުން ނަމަވެސް އެ ބަސްތަކެއް ދުލުކުރިއަކަށް ނައެވެ. ލީނާ އޮޅުލައި ގަނެގެން އޮތް ނަމަވެސް ލޫތް ހުރީ ކުޑަކޮން ލީނާގެ އުނަގަނޑުގައި ހިފައްޓާލައިގެންނެވެ. ލޫތް ކުއްލިއަކަށް މި ޖެހުލިންވީ ކީއްވެބާއޭ އެ ހިތަށް އެރިއެވެ.

“ތެންކްޔޫ.” ލޫތް ގައިން ދޫކޮށްލައި އޮށޯވެލަމުން ލީނާ ބުނެލިއެވެ. އޭނާ ހުރީ ނާއިލް ހުއްޓުވުނީތީ ހިތްހަމަޖެހިފައެވެ. އެވަގުތު ލީނާއަށް ނުނިކުމެވުން ނަމަ ވާނީ ކިހިނެތް ކަން ވެސް އަންދާޒާ ކޮށްލާކަށް ނުކެރުނެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން ލީނާ އޮށޯވެލީ ދެން ލޫތް ބޭރަށް ނުނިކުންނާނެކަން އެނގިހުރެއެވެ. މިރޭ ސަލާމަތްވީ ނަމަވެސް ކޮންމެ ކޮންމެ ފަހަރަކު މިހެން ނުވާނެކަން އިނގުމުން އޭނާ ނުތަނަވަސް ވިއެވެ.

****

އޮފީސްރެތޭގައި ކަބަޑުތަކެއް ހާވަމުން ދިޔަ ލުތުފީގެ މޫނުމަތިން ފެނުނީ ހާސްކެމެވެ. އެއް ފައިލެއް ބަލައި އަނެއް ފައިލެއް ބަލަމުން ދިޔައިރު އޭނާ ހުރީ ހޯދަމުން ދިޔަ އެއްޗެއް ނުފެނިފައެވެ. އެވަގުތު ދޮރު ޓަކި ޖަހާލަމުން އެތެރެއަށް ވައިން ލޫތް އޭނާގެ ބައްޕަ އުޅޭގޮތް ފެނި ދުރުގައި މަޑު މަޑުކޮށްލިއެވެ. ލުތުފީ ހިންދީ ކުރީގެ ލަވައެއް މަޑުން ކިޔަމުން ދިޔައިރު އަދިވެސް ކުރަމުން އައި މަސައްކަތެއް ހުއްޓައެއް ނުލައެވެ.

“ހާދަ ބުރަކޮށްލައިގެން ބައްޕާ.” ލޫތް މިހެން ބުނި އަޑަށް ލުތުފީ އެދިމާއަށް އެނބުރުނެވެ. “މިއުޅެނީ ފައިލެއް ގެއްލިގެން. ތިއެއް ނޫނޭ.. ކޮބާ މިއަދު ރޯދަ ވިއްލަން ދާން ތަނެއް ހަމަޖައްސައިފިންތަ؟” ލުތުފީ މިހެން ބުނެފައި ކަބަޑު ލައްޕާލަމުން އައިސް ސޯފާގައި ޖައްސާލިއެވެ. ލޫތް ވެސް އައިސް އޭނާގެ ބައްޕަ ކައިރީގައި އިށީނދެލަމުން ހަމަޖެހިލިއެވެ.

“އާން.. ޖެން ހޮޓެލް ކިހިނެތް ވާނީ؟” ލޫތް މިހެން ބުނުމުން ލުތުފީ ފާޑެއްގެ ގޮތެއް މޫނަށް ހަދާލިއެވެ. “ހޫމް.. އެވަރު ކަމެއް ނޫނޭ ކޮމްޕެޓިޓަރ އެއްގެ ހޮޓަލަށް ރޯދަ ވިއްލަން ދިޔަޔަސް.. އެހެން ނޫނަސް ވަރަށް މީރުވާނެ އެތަނުގެ އެއްޗެހި.” ލޫތް ޖެއްސުމަށް މިހެން ބުނެލިއެވެ. “ދެން މިތާ އެއްޗެހި ނުބައީތަ؟ ނުދާނަން. ހަމަ މިކޮޅުގައި ރޯދަ ވިއްލުން ބާއްވާނީ.” ލުތުފީ އޭނާގެ ގޮތުގައި ހިފައްޓާލަމުން ބުނެލިއެވެ.

“ހެހެހެ. އޯކޭ ޑޭޑް.. އަޅުގަނޑު އަންގާލާނަން އެމީހުންނަށް.” ލޫތް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އާނ އަދި އެކަކު އިތުރު ކޮށްލައްޗޭ.. އައިފާއަށް ވެސް ދައުވަތު ދިނިން.” ލުތުފީ މިހެން ބުނުމާއި އެކީ ލޫތް މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “އެކީއްކުރަން.” އޭނާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

“އެދެން ލައިޝާމެން އޭނައަށް އިންވައިޓް ކުރީ. އަނެއްކާ ލޫލު ވެސް ހުންނާނީ އޭނަގެ އާފާ ނުފެންނާތީ ދެރަވެފައި.. އެހެން ނޫނަސް އައިފާ ކިހާ އެހީތެރިވެދިން މި ކޮމްޕެނީއަށް ފާއިތުވެ ދިޔަ ދުވަސްކޮޅު.” ލުތުފީ ވިސްނައިދޭ ރާގެއްގައި ބުނެލިއެވެ. “އެހެން މުވައްޒަފުން އެހީތެރިވެ ނުދެނީތަ. ވައި ހާ؟” ލޫތްގެ އަޑައި ރާގުގައިވީ ފޫހި ކަމެވެ.

“ކަމް އޯން ސަން. އަހަރެމެން ކުރިން ވެސް އައިފާ ދަންނަން ދޯ.. ޝީ އިޒް ލައިކް ފެމެލީ.” ލުތުފީ މިހެން ބުނުމާއި އެކީ ލޫތް ކޮޅަށް ތެދުވިއެވެ. “އެސްކިއުޒްމީ ޑޭޑް.. ބަޓް ޝީ އިޒް ނޮޓް ފެމެލީ.” އައިފާ އެހައި ގާތް ކުރުމުން ލޫތް އިތުރަށް ހިތްހަމަ ނުޖެހުނެވެ. އެ ދެމެދުގައި ވީ ކަންތަން އެހެން މީހަކަށް ނޭނގޭ ކަމުގައި ވިޔަސް އެގޮތަށް އައިފާ އެ އާއިލާއާއި ގާތްވާން އޭނާ ނޭދެއެވެ.

ލުތުފީ އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވައިން އައިފާ ފެނި މަޑު ކުރިއެވެ. “އައިފާ ކަމް އިން.” ލުތުފީ މިހެން ބުނުމުން ލޫތް އޭނާގެ ތޫނު ދެލޯ އައިފާއަށް އަމާޒުކޮށްލިއެވެ. އެ ބަލައިލުމުން ވެސް ލޫތް ހުރީ ރުޅިއައިސްފައިކަން ދެނެގަންނާކަށް އައިފާއަށް އުނދަގުލެއް ނުވިއެވެ. ވާނީ ވެސް އެހެންތާއެވެ. ލޫތް އަބަދުވެސް އެހުންނަނީ އޭނާ ދެކެ ރުޅި އައިސްފައިއެވެ.

“ސާރ.. މިއޮތީ ފައިލް.. މީޓިން ރޫމް ތެރޭގައި ބޭއްވިފައި އޮތީ.” އައިފާ އޭނާގެ އަތުގައި އޮތް ފައިލް ލުތުފީއަށް ދެމުން ބުނެލިއެވެ. އައިފާގެ ކުރުކޮން ކޮށާލެވިފައި އޮތް އިސްތަށިކޮޅު މިހާރު ދިގުވަމުން އަންނަކަން ލޫތްއަށް ފާހަގަވިއެއެވެ. “އޯ ތޭންކްސް.. އެހެންވީމަ މިއަދު ރޯދަ ވިއްލަން އަންނައްޗޭ.. ހައެއް ޖަހާއިރު އާދެ މިކޮޅަށް.” ލުތުފީ މިހެން ބުނުމުން ލޫތް ދުމެއް ޖަހާފައި އެތަނުން ނިކުތެވެ.

ލޫތްގެ އެ އަންނަ ވަރުގަދަ ރުޅިއަކާއި ހެދިވެސް ލުތުފީ ބޯ ގޮވާވަރު ވެއެވެ. އޭނާގެ ދަރިންތަކުގެ ތެރެއިން އެންމެ ބޯހަރު ކުޑައިރުން ސުރެވެސް ގޮތްދޫނުކުރާ ގޮތް ހުންނަނީ ހަމައެކަނި ލޫތްގެ ކިބައިގައެވެ. އެ އާދަ އަދިވެސް ނުފިލައެވެ. “ސޯ ސީ ޔޫ ލޭޓާ” ލުތުފީ ހިނިތުންވެލިއެވެ.

****

އައިފާ އިރުކޮޅަކު ވާހަކަދައްކާލަން މަޑުކޮށްލުމަށްފަހު ނިކުމެގެން އޭނާގެ އޮފީހަށް ދާން މިސްރާބުޖެހިއެވެ. އޭނާއަށް ގޮސް އޮފީހަށް ވަދެވުނު ކަމެއް ނޭނގެއެވެ. ފަހަތުން ލޫތް އެތަނަށް ވަދެ ދޮރު ލެއްޕިއެވެ.

އައިފާ ސިހިފައި ފަހަތަށް ބަލާލިއިރު ކުރިމަތީގައި ހުރި ލޫތްފެނި ދެފިޔަވަޅު ފަހަތަށް އެޅުނެވެ. އާދައިގެ މަތިން ލައިގެން ހުރި ހުދު ގަމީސް ގައިގައި ހިފާލާފައި ވާއިރު ހައިބަތު ބޮޑުކަމަށް ދައްކައެވެ. އެ މޫނުމަތިން ރުޅިވެރިކަން ނޫން އިތުރު ސިފައެއް ނުފެނުނެވެ.

“ވަޓް ޑޫ ޔޫ ތިންކް ޔޫ އާ ޑުއިން؟” ލޫތް ހަރުކަށި ކަމާއި އެކު މިހެން ބުނެ މަޑުމަޑުން އައިފާއާއި ދިމާއަށް އަންނަން ފެށިއެވެ. ނަމަވެސް އައިފާ އެއްޗެކޭ ނުބުނެ ހުރެ އޭނާގެ ފިޔަވަޅުތަށް ފަހަތަށް އަޅަމުން ދިޔައެވެ. “ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ ހީ ނުކުރާތި ތި ކުޅޭ ކުޅިވަރު އަހަންނަށް ނޭނގި ހުންނާނެއޭ.” ލޫތް ކުރިއަށް ފިޔަވަޅު އަޅަމުން އަންނަ ގޮތުން ހީވަނީ ސިންގާއެއް އޭތީގެ ޝިކާރަ އަތުލަން ތައްޔާރު ވަމުން އަންނަ ހެންނެވެ.

“ތި ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގުން.” އައިފާ ނޭނގޭ ކަމަށް ހަދައި އަހާލިއެވެ. “އޯ ޕްލީސް.. މާ އިނޮސެންޓް ވާނެކަމެއް ނެތް.. މިއަދު ރޯދަ ވިއްލަން އައިސްގެން ނުވާނެ. ކޮންމެހެން އަހަރެންގެ އާއިލާއާއި މާ ގުޅުން ބަދަހި ކުރަން އުޅޭނެ ކަމެއް ނެތް.” ލޫތް އައިސް އައިފާ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ.

އޭރު އައިފާ ހުރީ ފަހަތަށް ޖެހެމުން ގޮސް އޭނާގެ މޭޒުގައި ޖެހިފައެވެ. “އަޅުގަނޑެއް ނޫން ސާރގެ އާއިލާއާއި ގުޅުން ބަދަހި ކުރަން އުޅެނީކީ.. އެ މީހުން އިންވައިޓް ކުރީވެސް.” އައިފާ ލޯ އަޅާލަމުން ބުނެލިއެވެ. “ސްޓޮޕް ވިތް ދަ ސާރ. މިހާރު އެހެން ކިޔުމަށްވުރެ މިކަން މާ މައްޗަށް ގޮސްފައި ދޯ އޮތީ.” ލޫތް މިހެން ބުނުމުން އައިފާ ހިނިގަނޑެއް ޖަހާލިއެވެ.

“އޯ ސޯ ޔޫ ޑޫ ރިމެމްބަރ.. އަނެއްކާ ވެސް އެކަހަލަ ކަމެއް ކުރެވިދާނެތީ ޖެހިލުންވަނީތަ؟ ސާރ.” އައިފާ އެއްވެސް ޖެހިލުމެއްނެތި މިހެން ބުނުމުން ލޫތް ގޮށްމުއްކެވުނެވެ. އޭނައަކީ މިހާރު ލޫތްގެ ކުރިމަތީގައި ފިނޑިވާނެ މީހެއްނޫނެވެ. “އައިސްގެން ނުވާނެ އައިފާ ނާޒިމް!” ލޫތް މިހެން ބުނެފައި ހަރު ފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދިޔައެވެ.

****

މެންދުރުގެ ގަދަ އަވިން މާހައުލަށް ދިލަ ހޫނެއް ވެރިވެފައި ވީއިރު ކާރުން ފައިބައިގެން އައި ލީނާ މިސްރާބުޖެހީ ވީބީ މާޓަށް ވަނުމަށްށެވެ. އަވަސް ފިޔަވަޅު ތަކެއްގައި މަގު ހުރަސް ކޮށް ފިހާރައަށް ވަދެގެން ދިޔަ ލީނާއަށް ބަލަން ދުރުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ނާއިލް އިނެވެ.

ވަށިގަނޑެއް ހިފައިގެން ފިހާރަތެރޭގައި އެކި އެއްޗެހި ބަލަމުން ދިޔަ ލީނަ ސިހުނީ ފަހަތުން އައިސް މީހަކު އޭނަގެ ކޮނޑުގައި ކޮއްޓާލުމުން ނެވެ. ފަސް އެނބުރި ބަލާލިއިރު ކުރިމަތީގައި ހުރި ނާއިލް ފެނި އަތުގައި އޮތް ވަށިގަނޑު ނުވެއްޓުނީ ކިރިޔާއެވެ. ނާޢިލް އެއީ ރޭގައި ވީ ކަންތަކާއި ހެދިކަން އޭނާއަށް ޔަޤީންވިއެވެ. ލީނާ އޭނާގެ ބުޅި އިސްތަށިގަނޑުގައި އަތް ހާކާލަމުން ސިއްރުން ވާހަކަދެއްކިއެވެ.

“ކީއްތި ކުރަނީ މިތާ؟ މިހާރު އަހަރެންނަށް ފާރަވެސް ލާންފެށީތަ؟” ލީނާގެ އަޑުގައި ވީ ނުރުހުމެވެ. “ހޫމް. އަހަރެން ފާރަލިއްޔޯ. ދެން ކިހިނެތްވީ؟ އެއަށް ވުރެ ބޮޑަށް ރޭގައި ލީނާ ކުޅުނު ޑްރާމާ މާ މޮޅެއްނުން.. ކޮބާ ފައި ރަނގަޅުވީތަ މިހާރު؟” ނާއިލް ދިމާކޮށްލަމުން ބުނެލިއެވެ.

“ޕްލީސް.. ކީއްކުރަންތަ ލޫތްއަށް އެކަން އަންގަން ތި އުޅެނީ؟ ނޭނގެނީތަ ވާނެގޮތް. މުޅި އާއިލާ ރޫޅޭނެ.” ލީނާ ދެރަވެފައި ހުރެ ބުނެލިއެވެ. “ލީނާ ހާދަ އަމިއްލަ އެދުން ވެސް ބޮޑޭ. ކޮބާތަ އަހަރެންނަށް ލިބެންވި އުފަލާއި ހިތްހަމަޖެހުން؟ އަހަރެންނަށް އަމިއްލަ ދަރިފުޅަށް ދަރިފުޅާއޭ ކިޔާ ގޮވާ ނުލެވޭ. އަހަރެން ވެސް ބައްޕައޭ ކިޔާ ގޮވާލާ އަޑުއަހަން ބޭނުންވާނެ ދޯ.” ނާއިލް ވާހަކަ ދެއްކިއިރު އެ އަޑުގައި ހިތްދަތިކަން އެކުލެވިފާވެއެވެ.

“އެކަމާއި މަޢާފަށް ވެސް އެދެފިން. ދެން..” ލީނާ މިހެން ބުނުމުން ނާއިލް އޭނާ ހުއްޓުވިއެވެ. “މަޢާފޭ؟ ލީނާއަށް ހީވަނީ އޭރަށް ހުރިހާކަމެއް ހަމަޖެހުނީ ހެންތަ؟” ނާއިލް ތަންކޮޅެއް ބާރަށް މިހެން ބުނެވުމުން ކައިރީގައި ތިބި މީހުން އެދިމާއަށް ބަލަންފެށިއެވެ. “ނާއިލް ޕްލީސް މަޑުން.. މިތަނަކު ނޫން ދެން.” ލީނާ އާދޭސް ކުރަންފެށިއެވެ.

“މިއީ ލީނާ އަމިއްލައަށް ބުއި ބޮނޑިއެއް.. އަހަރެން އެއްއިރެއްގައި ލީނާދެކެ އިންތިހާއަށް ލޯބިވީން. އެކަމަކު އޭގެ ބަދަލުގައި އަހަރެންނަށް އޮޅުވާލުމާއި ހިތްދަތިކަމުގެ އިތުރުން އެއްޗެއް ދެވުނުތަ.. ލީނާ ހީނުކުރައްޗޭ އަބަދު އަހަރެން ހުއްޓުވޭނެޔޭ.. މިކަން ލޫތަށް ކޮންމެވެސް ދުވަހަކުން އިނގޭނެ! ހަނދާން ކުރާތި!” އިނގިލި ދިއްކޮށްލަމުން ލީނާއަށް އިންޒާރެއް ދީފައި ނާއިލް އެތަނުން ދިޔައެވެ. އޭރު ހުއްޓުން އަރާފައި ލީނާ ހުރީ ގޮތް ހުސްވެފައެވެ. ހަތަރު އުދަރެސް ފެނުޖެހުނީއެވެ.

****

އަލަމާރިތެރެއިން އެއް ހެދުން ނަގައި އަނެއް ހެދުން ނަގަމުން ދިޔަ އައިފާގެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވާން ހުއްޓެވެ. އެނދުމައްޗަށް ހެނދުންތައް އުކާލެވިފައި ވާއިރު ހީވަނި މުޅި ހިސާބަށް ތޫފާނެއް އައިސްފައި އޮތް ހެންނެވެ. ކޮޓަރިއަށް ވައިން އައިފާގެ ދޮންބެ އާލިމް ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.

“ޕިސް ޕިސް. މިދެން ބޮޑުވަރު އައިފާ.. ކޮންތާކަށް ދާން މާ ފަރިވާން ތި އުޅެނީ.” އާލިމް ދިމާކުރާ ރާގެއް ބުނެލިއެވެ. “ދޮންބެ ޕްލީސް މިހާރަކު ނޫން. މިއުޅެނީ ލާނެ ހެދުމެއް ނޭނގިގެން.. ގޯ އަވޭ.” އައިފާ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. އެވަގުތު އަޒުރާ އެކޮޓަރި ތެރެއަށް ވަދެގެން އައެވެ.

“ހޫމް.. މިއަދު ރޯދަ ވިއްލަން ދަނިއްޔޯ އެ ވޮރެން ހޮޓެލްގެ ވެރިޔާއާއި އެކީ.” އަޒުރާ ޓައިލްސް މަތިން ދެތިން ހެދުމެއް ނަގަމުން ބުނެލިއެވެ. “ނޫނެކޭ އެ ފެމެލީ އާއި އެކީ . އެ މީހުން އިންވައިޓް ކުރީ.” އައިފާ އޮޅުން ފިލުވާދިނެވެ. “އޯ. އެހެންވީމަ ޕްރިސްސެސް ހެދިގެންނުން ދާން ޖެހޭނީ.” އާލިމް މިހެން ބުނުމުން އައިފާ އޭނާގެ އަތުގައި އޮތް ހެދުން އެދިމާއަށް އެއްލިއެވެ.

“ދެން ދޮންބޭ..” އައިފާ މިހެން ބުނެފައި އައިސް އެނދުގައި އިށީނދެލިއެވެ. “ދެން އޭނައާއި ދިމާނުކޮށް ދޭބަލަ.” އާޒުރާ މިހެން ބުނުމުން އާލިމް ހެމުން ހެމުން ކޮޓަރިން ނިކުތެވެ. “މިތަނުން ރީތި ހެދުމެއް ލާބަލަ. ދަރިފުޅުއަތުގައި ކިތަށް ހެދުން އެބައޮތް.” އަލަމާރިތެރެ ތަރުތީބު ކުރަން ހުރި އަޒުރާ ބުނެލިއެވެ. ދާންވާނީ ލޫތްއަށް ޖެއްސުމަށް ވެސް އޭނާ ތަޅުވާލާ ކަހަލަ އެއްޗެއް ލައިގެންނޭ އައިފާ ހިތަށް އެރިއެވެ.

****

ވޮރެން ހޮޓެލްގެ ރެސްޓޯރަންޓް ތެރޭގައި ލޫލު ދެކޮޅަށް ދުވެދުވެ އުޅުން އިރު އެއާއިލާގެ އެންމެން އެތަނަށް ހަމަވަމުން ދިޔައެވެ. ލީނާ ލައިގެން ހުރި ޖިންސާއި ކުރު ގަމީހާއި އެކީ އެ ބުޅިބޯމައްޗަށް ނަގައި އައްސާލެވިފައިވުމުން ރީތިކަމަށް ދައްކައެވެ. ލޫތް ލޫލުގެ ފަހަތުން ދިޔައިރު އޭނާ ލައިގެން ހުރި އަތް ކުރު ޓީޝާޓުން އެ ބާރުގަދަ މުލަށްދަނޑި އޮތީ ހާމައަށްށެވެ.

“މޯންސްޓާރ އައިސް ބަނޑު ކާލާނީ ހަމަ.” ލޫލު އުރާލަމުން އޭނާގެ ބަޑު ކޮށްޓާލަމުން ލޫތް މިހެން ބުނެލިއެވެ. އެވަގުތު ތަނުގައި ތިބި މުވައްޒަފުންނަށް އެދެބަފައިން އުޅޭގޮތް ފެނި ބަލަހައްޓައިގެން ތިބެވުނިއްޔެވެ. ހާދަހައި ލޯތްބެވެ. ލުތުފީ މޭޒުގެ ކޮޅުގައި އިށީނދެލި އިރު ދެފަރާތުގައި އާޒިމާއާއި ޒުލޭހާ އިނެވެ.

ލޫލު އުރާލައިގެން މޭޒާއި ދިމާއަށް ހިނގައިގެން ލޫތްގެ ފިޔަވަޅުތަށް ހުއްޓުނީ ދުރުން ހިނގާފައި އައި އައިފާ ފެނިފައެވެ. އޭނާ ލައިގެން ހުރި ކްރީމް ކުލައިގެ މިނީ ހެދުންކޮޅު ކަކުލާއި ހަމައަށް އަރާއިރު އެފަން އިސްތަށި ކޮޅުވަނީ މައްޗަށް ނަގައި ވަރަށް ރީތިކޮން ގަތާލުމަށްފަހު ގޮތަކަށް ހުޅިއެއް ޖަހާފައެވެ. ހެދުމުގެ ކަރުވަޅު ކުޑަކޮން ބޮޑުކަމުން އެ މޭމަތި ހާމައަށް އޮތްއިރު މިތަންފެނި ލޫތަށް ހިންދިރުވާލެވުނެވެ.

ލޫލުއަށް އައިފާ ފެނުމާއިއެކި ދެމިގެންފައި އެދިމާއަށް ދާން ތެޅިގަތެވެ. “އާފާ! އާފާ!” ލޫލުގެ އަޑަށް އެންމެން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. ލޫތް އޭނާ ތިރީގައި ބެހެއްޓުމާއި އެކީ އޭނާ ދުވެފައި އައިފާގެ އަތުގެ ތެރެއަށް ވަނެވެ. “ހާއި ސްވީޓީ.. ކިހިނެތް؟” އައިފާ ވަރަށް ލޯބިން ލޫލުގެ ކޮލުގައި ހިފާލަމުން އަހާލިއެވެ.

“ވާއޮ. ޔޫ ލުކް ސޯ ޕްރިޓީ.. އައި މިސްޑް ޔޫ.”އައިފާގެ ގައިގައި ބައްދާލަމުން ލޫލު ބުނެލިއެވެ. އޭރު އެކުއްޖާ ހުރީ އުފަލުން ފޮޅިފައެވެ. “ޑޭޑީ.. ޑޭޑީ ބަލާ އާފާ ޕްރިޓީކަން..'” އައިފާގެ އަތުގައި ހިފާލަމުން ލޫލު މިހެން ބުނިއިރު ލޫތް އަދިވެސް ހުރީ ކަޅި ޖަހާލަން ނޭނގި އެދިމާއަށް ބަލަހައްޓައިގެންނެވެ.

“ކަމް ސިޓް ވިތް މީ.. އާލާ ދައްތަ ގޯ އެކޮޅަށް..” އައިފާގެ އަތުގައި ހިފައި ދަމަމުން ލޫލު ބުނެލިއެވެ. އޭރު އާލާ ވެސް ހެމުން ހެމުން ތެދުވެ އައިފާގެ ގައިގައި ކުޑަކޮން ބައްދާލައި އޭނާގެ ރީތިކަމަށް ތަޢުރީފް ކުރިއެވެ. އޭރު އާޒިމާ ފާޑަކަށް އައިފާއާއި ދިމާއަށް ލޯ އަޅައިގެން އިނެވެ. މި ކުއްޖާ މިތަނަށް ގެނައީ ކީއްކުރަން ބާއޭ އޭނާގެ ހިތަށް އެރިއެވެ.

“އައިފާ ކިހިނެތް؟” ލީނާ ހިތްހެޔޮކަމާއި އެކީ އައިފާއާއި ވާހަކަ ދެއްކިއިރު ލޫތް ގޮސް އައިފާއާއި ކުރިމަތި ވާނޭހެން ލީނާގެ ކައިރީގައި އިށީނދެލިއެވެ. “ރަނގަޅު..” އައިފާ ހިނިތުންވެ އިނދެ އެންމެންނާއި ވާހަކަ ދައްކަމުން ދިޔައިރު ލައިޝާ ދިޔައީ ފޮޓޯ ނަގަމުންނެވެ. “އައިފާ. އިޓްސް އަ ޕްލެޝާ ޓު ހެވް ޔޫ.. އިރުކޮޅަކުން ބަންގި ގޮވާނެ.. އާލާ މިތާ އިށީނދެ ދަރިފުޅާ” ލުތުފީ މިހެން ބުނެ ހިނިތުންވެލިއެވެ.

ޒުލޭހައި ހިނިތުންވެފައި އިނދެ އައިފާއާއި ވާހަކަ ދެއްކިއިރު އާޒިމާ އިނީ މޫނު ކުނިކޮށްގެންނެވެ. އޭނާ ކުޑަކޮން ލުތުފީގެ އަތުގައި ކޮށްޓާލަމުން އޭނާގެ ސަމާލުކަން ހޯދިއެވެ. “ކީއްކުރަން އެކުއްޖާ ގެނައީ؟” އާޒިމާ ހިތްހަމަނުޖެހިފައި އިނދެ ސުވާލު ކޮށްލިއެވެ. “ދެން އެވަރު ކަމެއްތަ އެއީ.. ހަމަ ކޮންމެ މީހަކު.. ދެން މިގަޑީގައި މައްސަލަ ގަނޑެއް ހަދާނެ ކަމެއް ނެތް.”  ލުތުފީ މިހެން ބުނެފައި ބޯހަލުވާލިއެވެ.

ރޯދަވިއްލުން ކުރިއަށް ދިޔައިރު ދުރުގައި އިން ޒޭންއަށް ކަޅިޖަހާނުލައި ބެލެނީ އައިފާއަށްށެވެ. އެކަހަލަ ރީތި ކުއްޖެއް ފެނި ޒޭން އިނީ އާޝޯޚުވެފައެވެ. ކުޑަކޮން ކަޅު ނަމަވެސް ހާދަ ފުރިހަމަ ރީތި ކަމެކޭ އެ ހިތަށް އެރިއެވެ. އައިފާގެ އުމުރުން ވެސް ވާނީ ގާތްގަނޑަކަށް އޭނައާއި އެއް އުމުރެކޭ ހިތަށް އެރުމުން އެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އެހެން ނޫނީ އަންހެން ކުއްޖަކު ފެނި ނުވާ އާ ގޮތެއް އެ ހިތަށް އިހުސާސްވިއެވެ. އޭނާ ހުރީ ރޯދަވިއްލުން ނިމުމުން އައިފާއާއި ވާހަކަދައްކާލަން ކެތް މަދުވެފައެވެ.

ލޫތް ކަމުން ދިޔައިރު ވައްކަޅިން އައިފާއަށް ބެލެއެވެ. އޭނާ ލޫލުއާއި އެކީ ސަކަރާތްޖަހަމުން ދިޔައިރު ލޫތް އިނީ ގެއްލިފައެވެ. އެވަރަށް ނާންނާށެ ބުނުމުން ވެސް އައިފާ އައުމުން ލޫތް ރުޅިއައެވެ. ނަމަވެސް އޭނާގެ ރީތިކަމަށް އެ ހިތް ސިއްރުން ތަޢުރީފް ކުރިއެވެ. ހީވަނީ އައިފާ ހަމަ ޖެއްސުމަށް އެ ހެދުން ލައިގެން އެއައީ ލޫތްގެ ހިތް ތަޅުވަލުމަށްބާއޭ އޭނާ ހިތަށް އެރިއެވެ.

****

ރޯދަ ވިއްލުން ނިމުމަކާއި ގާތްވެފައި ވަނިކޮން އައިފާ އެތަނުން ތެދުވެ ފާޚާނާއަށް ދާން ދުރުވެލިވިއެވެ. މި މަންޒަރު ބަލަން އިން ލޫތް ވަގުތުގެ ބޭނުން ހިފިއެވެ. އައިފާ ދިޔަތާ އިރުކޮޅެއް ނުވެ ލޫތް ވެސް އެބަ އަންނަކަމަށް ބުނެ ތެދުވިއެވެ.

އެ ބޮޑު ފާޚާނާގައި ހުރި ލޯގަނޑު ކުރިމަތީގައި ހުރި އައިފާ އަތް ދޮވެލަމުން އިސްތަށިކޮޅު ރަނގަޅު ކޮށްލިއެވެ. އެވަގުތު ދޮރު ހުޅުވާލަމުން އެތެރެއަށް ވައިން ލޫތް ފެނި އައިފާ ސިހުނެވެ. އަންހެން ފަޚާނާއަށް ވަންނާނެ ހިތްވަރު އޭނާއަށް ލިބުނީތީ ވެސް އައިފާ ހައިރާންވިއެވެ. ލޫތް އައިސް ފާޚާނާގެ ސްޓޯލް ތަކުގައި މީހަކު ނެތްކަން ޔަޤީން ކޮށްލަމުން އައިފާ ކައިރިއަށް ޖެހިލިއެވެ.

“ހައު ޑެއާ ޔޫ! ކީއްކުރަން ނާންނާށޭ ބުނީމަ ތިއައީ؟” ލޫތް ހަރުކަށި ކަމާއިއެކު ބުނެލިއެވެ. “ވަޓް؟ އިންވައިޓް ކުރީމަ އަންނަން ވާނުން.. ކީއްވެ މިތަނަށް ތިޔައީ. ހަމަ ކެތް ނުވީތަ؟” އައިފާ ޖެއްސުމަށް މިހެން ބުނެ ދަބަސް ނަގަން އެނބުރުނު ތަނާ ލޫތް އޭނާގެ އަތުގައި ހިފައި އެ ދިމާއަށް އަނބުރާލިއެވެ.

“ރިއަލީ! ތި ހެދުން ލައިގެން ތިޔައީ އަހަރެންނަށް ދެއްކެންތަ؟ ގެސް ވަޓް! އަހަރެންނަށް އެއްވެސް ގޮތެއް ނުވޭ.” ލޫތް މިހެން ބުނުމުން އައިފާ ހިނިތުންވެލިއެވެ. “އެހެންވެ ދޯ އަހަރެންގެ ފަހަތުން މިތަނަށް ތި އައީ” އައިފާ މިހެން ބުނި އިރު އޭނާ ޖަހައިގެން ހުރި ސެންޓުގެ ލުއިވަސް ލޫތްގެ ނޭފަތުގައި ޖެހުނެވެ.

އިރުކޮޅަކަށް އެދެމެދުގައި ބަހެއް ނުބުނެވު އިރު ލޫތް އަދިވެސް ހުރީ އައިފާގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށް ލައިގެންނެވެ. އެތެރެހަށީގައި ރުޅިވެރިކަމުގެ އަލިފާން ރޯވެފައި ވީއިރު އައިފާގެ އެ ކެރޭ ކަމާއި ރީތިކަން ފެނި ލޫތްގެ ހިތް ބޮއްސުން ލައިގެން ދިޔައެވެ. ކުއްލިއަކަށް ލޫތް އައިފާ ކައިރި ކޮށްލަމުން އޭނާގެ ނޭވާ ހުއްޓުވާލި ކަހަލައެވެ.

އެރެއެކޭ އެއްގޮތަށް ލޫތް އަނެއްކާވެސް ކަންތަން ކުރިއިރު އައިފާ މިފަހަރު ހުރީ އެކަހަލަ ކަމަކަށް ތައްޔާރު ވެގެންނެވެ. ހިނދުކޮޅަކަށް ލޫތްގެ އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔަ ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ލޫތްގެ މޭގައި އަޅައި ދުރަށް ކޮށްޕާލިއެވެ. ދެން ވެގެން ދިޔައީ ލޫތް ފަހަރެއްގައި ވެސް ހީނުކުރާ ކަމެކެވެ. އައިފާ އަތް ދަމަފައި ލޫތްގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 59

Next

އަސަރު 18

Next
June 25, 2016

އަސަރު 18

Previews
June 25, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 59

48 Comments!

  1. layaal says:
    June 25, 2016 at 2:12 pm

    here is the new part guys. next part in sha allah tmrw. enjoy. let me know it is.
    Love <3

  2. Miroo says:
    June 25, 2016 at 3:26 pm

    wow vvvv salhi. hama hiy thalhuvaalafa thi ninmaali. poor looth ??

  3. Ary says:
    June 25, 2016 at 3:27 pm

    omg! go aifa! vara habeys. luv it layaa. ur the best ?

  4. Faathee says:
    June 25, 2016 at 3:28 pm

    V furihama. Waiting for next part

  5. sidd says:
    June 25, 2016 at 3:32 pm

    Perfect ????

  6. aayaa says:
    June 25, 2016 at 3:32 pm

    vvvvvvvv nc story.. waiting for the next part..

  7. sidd says:
    June 25, 2016 at 3:33 pm

    Perfect.. ????

  8. niha says:
    June 25, 2016 at 3:42 pm

    Oops…. aaifa is so angry
    vvv lobi mibaivas

  9. niha says:
    June 25, 2016 at 3:44 pm

    Oops aifa is so angry
    vvv lobi mibaivas

  10. shaz says:
    June 25, 2016 at 3:47 pm

    mi baiives varah reethi … thank you layaal .. Love you <3

  11. mj.mary says:
    June 25, 2016 at 3:52 pm

    Varah rythi waiting for next part

  12. Siraa says:
    June 25, 2016 at 3:53 pm

    Vvvv nyc mi story.. mi prt vx v dhigu.. bt miah vre vx dhigu kolladhyba.. i lk it.. kyp it up layaaal

  13. shaai says:
    June 25, 2016 at 3:59 pm

    layaa story v habeys….. n vvvvvvvv majaa

  14. Niii says:
    June 25, 2016 at 4:00 pm

    Wow

  15. Nauher says:
    June 25, 2016 at 4:02 pm

    Nauher buny mehnu naail aa looth aa dhemeehunge dhemedhah ekakuves nuvahdhaasheyy….aifaage nice shot eh…stwrii v v v v reethi…loved it..??????????????

  16. zee says:
    June 25, 2016 at 4:19 pm

    Dhen looth aifa deke lobivaa gotha hadhaba
    vvv nice
    I love the story

  17. someone says:
    June 25, 2016 at 4:21 pm

    dhn v salhi vaane aifa e scene ga roifa hurehjehyaa .. eyrah looth will fyl bad dhw .. idk hehe v salhi mi baivess gud luck

  18. Dhonu says:
    June 25, 2016 at 4:29 pm

    Aafaa hama best..
    Thankyu laal
    Vaahaka varah furihama..

  19. Army says:
    June 25, 2016 at 4:32 pm

    Varah nice story

  20. Appy says:
    June 25, 2016 at 4:34 pm

    V salhi mi part vx

  21. SoMeOnE says:
    June 25, 2016 at 4:42 pm

    When next part ? ??

  22. aff says:
    June 25, 2016 at 4:52 pm

    maaiykalaako looth soru ves dhw !!mioh fadha roadha mahuvex dhw ..? ? heheh.. hams habeys.. ☺

  23. aimin mau says:
    June 25, 2016 at 5:09 pm

    It ws a nice shot of aifaa…ekamaku thi gothah hit thalhuvaalaafa minmaalaakah nu vaane yey nu……anywx nice part n make the other part little longer……????????????

  24. Youme says:
    June 25, 2016 at 5:45 pm

    Awesome…..

  25. aineen says:
    June 25, 2016 at 6:14 pm

    Wow..this story is just suprb…masha Allah for ur innovated idea..

  26. nasy says:
    June 25, 2016 at 6:55 pm

    Love it

  27. RaM says:
    June 25, 2016 at 7:10 pm

    Wow vv salhi hama perfect. Looth sizah thiri kohlahchey . Tmrw ey alhey layaa waiting . ?????

  28. aifaa says:
    June 25, 2016 at 7:17 pm

    Awesome 💜

  29. Ahmed Ammu says:
    June 25, 2016 at 7:46 pm

    V Habeys. Layaal You are a great writer. Keep going

  30. loosy says:
    June 25, 2016 at 7:50 pm

    Wow…… vvvv pretty mi baivas
    lootha visnadathi ena hama banun iraku aifaa a kiss kofa dani den qabulunukurathaga sry nubunana ruligada soru …….
    looth aifaa madu visnaba

  31. Haaxi says:
    June 25, 2016 at 7:56 pm

    Vvv reethi mivahaka…v molhu vahaka liyan..masha allah

  32. Aroo says:
    June 25, 2016 at 8:21 pm

    Just wowwww

  33. natha says:
    June 25, 2016 at 8:43 pm

    Roadha mahakas kehtherikan kolhunlyma nuhureveynehnu dhow!

  34. lyn says:
    June 25, 2016 at 9:37 pm

    Auch!!! Loothge koa.. Haadha thadhu vaaneyey dhw.. hehe.. Thanks Layaal, mihaa rythi stry eh up kohdheythy.. This ix 1 of my fav. stry….. nxt part ge inthizaaruga mi iny, maadhn vandhnvx keiy nuvaane bt hav to dhw…

  35. Mizoo says:
    June 25, 2016 at 9:46 pm

    Varah reethi

  36. Lai says:
    June 25, 2016 at 10:44 pm

    Woooow just woow

  37. layaal says:
    June 26, 2016 at 12:12 am

    thank you so much all. so i won’t be able to update a new episode tmrw cox i’m travelling abroad tmrw. and i thought of writing it tonight and updating it tmrw but i have just been so busy tonight that i didn’t get time to write. it takes hours to write one. so i’m extremelly sorry. but i will in sha allah update it on Monday thats day after tmrw. hope my lovely readers would understand. sorry again guys and thank you soooooo much for your support. i’m glad you all love this story.
    Love ❤️

    1. Narash says:
      June 26, 2016 at 1:02 am

      Alhey dhn thihen hadhaakah nuvaane eh nun. Haadha dhera ey. I was eagerly waiting for tomorrow. ???

    2. Faathee says:
      June 26, 2016 at 9:30 pm

      Alhey mi hunany inthizaaru ga new part up vaane ireh ge. Anyway layaal have a safe journey. Ur the best. Keep going girl

  38. shiya says:
    June 26, 2016 at 1:08 am

    Wow vvvvv salhi

  39. Ellie says:
    June 26, 2016 at 1:44 am

    Luth’s got that confident swagger that just makes him, well, so damn hot.? This part is as amazing as the rest, if not more. Anyways have a safe flight and a wonderful trip ❤

  40. shy says:
    June 26, 2016 at 7:28 pm

    Layaal vareh neh hama vahakah update kuran vahakah liyah aa vaane konmeh dhuvahuku update kuran haadha reechey vahakah keep it up.

  41. Faathee says:
    June 26, 2016 at 9:26 pm

    Alhey.. mi hunanee hama inthizaaru ga new part up vaane ireh ge. Anyway layaal have a safe journey. Ur the best.

  42. aisha says:
    June 27, 2016 at 12:15 am

    v.reethi

  43. azooo says:
    June 27, 2016 at 3:27 am

    Wow wow that’s awesome really very nice story….. Keep it up

  44. vishaa says:
    June 27, 2016 at 9:44 am

    wow its really nice….

  45. Monday says:
    June 27, 2016 at 2:50 pm

    Today Monday ehnu

  46. Monday says:
    June 27, 2016 at 2:51 pm

    So whn up kurany.. Waiting

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (9)←


All Right Reserved!