Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީގެއަގު

mohamed neer Level 210 Stories100 Stories
August 15, 2013 3 Mins Read
6 Comments

ސޯޅަވަނަބައި

” އަހަރެން ނުދައްކަން ޕޮލިހުންގެ ވާހަކައެއް. އަހަރެން މިދައްކަނީ އަހަރެންގެ ވާހަކަ. އަހަރެން ކުރިން ވެސް ކަލޭ ކައިރީ
ބުނެފަ އޮންނާނެ ދޮގެއް ހަދައިފިނަމަ އަހަރެން މިކަން ދޫކޮށްލާނަމޭ. ” ނާއިލްގެ ވާހަކަ މެދުކަނޑާލަމުން ނާއިލަށް އިނާ ހަނދާން ކޮށްދިނެވެ.
” އަހަރެންނަށް ތިކަން އެނގޭ. އަހަރެން އެވާހަކަތައް ނުދެއްކީ އަހަރެންނަށް އިނާ ގެއްލެން ނޭދޭތީ. ” ނާއިލް ޙަޤީޤަތް
ހާމަކުރިއެވެ.
” އެކަމަކު … މިހިސާބުން ފެށިގެން އަހަރެން ވެސް … ކަލޭގެ ވަކީލް ވެސް ގެއްލުނީ. ” އިނާ އެހެން ބުނުމަށްފަހު ގެއާ
ދިމާއަށް ހިނގައިގަތްއިރު އޭނާއަށް ރޮވިއްޖެއެވެ.
ނާއިލާއި އެތައްވާހަކައެއް ދެއްކުމަށްފަހު މާޔޫސްކަމާ ހިތްދަތިކަމާއެކު އެކަނި މާއެކަނި ގެއާދިމާއަށް ހިނގައިގަތްއިރު ހަމަ
އެފަދަ ހާލެއްގަ އިނާއަށް ބަލަހައްޓައިގެން ނާއިލް ހުއްޓެވެ. އެހެނަސް އެކަމަށް ސަމާލުކަން ދޭކަށް އިނާ ބޭނުމެއް ނުވިއެވެ.
ހިތާމައާ ހިތްދަތިކަމާއެކު އިނާ ވަގުތުތައް ހޭދަކުރަމުން ދިޔަ ނަމަވެސް އެހެންމީހަކަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެ
އެވެ. ހަމައެހެންމެ އެހެން މީހަކަށް އެކަން އަންގާކަށް އޭނަ ބޭނުމެއް ވެސް ނުވެއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަބަދުވެސް އިނާއަށް އެހީތެރިކަމާ އެއްބާރުލުން ދެމުންދާ އަތީލް އޭނާގެ އާދައިގެ
މަތިން އިނާމެން ގެއަށް އިނާގެ އޮފީހަށް ދިޔައެވެ. އަތީލް ގޮސް އޮފީހަށް ވަތްއިރު ކޮންމެވެސް މަސައްކަތެއް ކުރަން މޭޒުކައިރީގަ އިނާ އިނެވެ.
” އިނާ! މިއޮތީ އަނެއްކާ ވެސް ސިޓީއެއް އައިސްފަ. ” އޮފީހަށް ވަދެ އިނާއާ ދިމާއަށް ހިނގައިގަންނަމުން އަތީލް ވާހަކަ
ދެއްކިއެވެ.
އަތީލް އޮފީހަށް ވަދެގެން ދިޔަގޮތަށް ގޮސް އިނާއަށް ސިޓީ ދިއްކޮއްލި ނަމަވެސް، އިނާ އެކަމަކަށް އަޅައެއް ނުލިއެވެ.
” މިއޮތީ އިނާއަށް އައިސްފައިވާ ސިޓީއެއް. ” އިނާއަށް ސިޓީ ދިއްކޮށްގެންހުރެ އަތީލް ބުނެލިއެވެ.
ދެފަހަރަކު އަތީލް އެހެން ބުނުމުން އިނާ އެ ސިޓީގަ ހިފަމުން ބޭރުގައިވާ ލިޔުމަށް ބަލާލިއެވެ. އަދި ފޫހިކަމާއެކު ދުރަށް
އެއްލާލިއެވެ. އަދި މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުކައިރިއަށް ހުއްޓި ބޭރަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށް އައިސްފައިވާ ބަދަލު އަތީލަށް ފާހަގަކުރެވެން ފެށިއެވެ.
އިނާގެ އެ މާޔޫސްކަމާއި ހިތްދަތިކަން ބަލަން ދުރުގަ ހުރުމަކީ އަތީލަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. މަޑުމަޑުން އަތީލް
ގޮސް އިނާ ގާތަށް ހުއްޓުމުން އަތީލާއި ދިމާއަށް އިނާ އެނބުރުއިރު ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ. އިނާއާ ދިމާއަށް އަތީލަށް އެއްޗެކޭ ނުބުނެވެނީސް އިނާ ދުވެފައި ގޮސް އޮފީހުން ނުކުމެއްޖެއެވެ.
އިނާގެ އެޢަމަލުތަކުގެ ސަބަބުން އަތީލްގެ ވިސްނުން އެހެން ދިމަދިމާއަށް ދަތުރުކުރާން ފެށިއެވެ.
ވަގުތުތައް ފާއިތުވަމުން އައިސް މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ.
އިނާމެން ގެއަށް އަތީލް ދިޔައިރު ފެންޑާ ގޮނޑިސެޓްގަ އޮށޯވެލައިގެން ކަހަލަގޮތަކަށް އިނާ އޮތެވެ. އޭނާގެ ހަރަކާތްތަކުން
ފެންނަމުންދަނީ ފަރުވާކުޑަކަމާއި މާޔޫސްކަމެވެ.
އަތީލް ދިޔަ ގޮތަށް ގޮސް އެތަނުން ގޮނޑިއެއްގަ އިށީނދެ ހަމަޖެހެލިއެވެ.
” އަހަރެން އަހަރެންގެ މަސައްކަތް ފުރިހަމަކޮށްފިން. ޖިމާމްއާ ބެހޭ ވަރަށްގިނަ މަޢުލޫމާތު އެއްކޮށްފިން. އަހަރެންނަށް ހީވާ
ގޮތުން ކަލެއަށް މިކަން ކާމިޔާބުވާނެ. ” އޭނަ ގެނައި ފައިލް ހުޅުވާލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން އެކަންތައް ދޫކޮށްލަން މިއުޅެނީ. ” އަތީލްގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އިނާ ބުނެލިއެވެ.
” ނާއިލް ކަލެއަށް ދޮގުހެދީމަތަ؟ ” އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.
” އަހަންނަކަށް ނޭނގެ. ” ފަރުވާކުޑަ ރާގަކަށް އިނާ ބުނެލިއެވެ.
” ނާއިލްގެ ބަދަލުގަ އެހެންމީހަކު އެގޮތަށް ދޮގުހެދިނަމަ މައްސަލަ ދޫކޮށްލާނަންތަ؟ ” އަތީލް އެހެން އެހުމުން އިނާ އެ
ތަނުން ތެދުވެގެން ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ.
” މިމައްސަލަ ކާމިޔާބުކުރަން ކަލޭ ކިހާވަރަކަށް އުޅުނިން ….. މިހާރު ކީއްވެ ބޭނުންނުވީ؟ ” ކޮޅަށް ތެދުވަމުން އަތީލް
ވާހަކަ ދެއްކިއެވެ.
” އަހަރެން ބުނެފީމެއްނު އަހަރެންނަކަށް ނޭނގެއޭ. ” ހަޅޭލަވައިގަންނަ ފަދައަކުން އިނާ ބުންޏެވެ.
” ކަލެއަށް އެނގޭނެ. ކަލޭ ތިކަން ތި ދޫކޮށްލަނީ ކަލެއަށް ވެސް އޭނައަކީ ކުށްވެރިއެއްކަމަށް ސައްކުވާތީ. ނާއިލްގެ ދިރި
އުޅުމުގަ އެހެން އަންހެނަކު ހުރުމުން ކަލޭގެ ހިތުގަ ވަނީ އަލިފާން ރޯވެފަ. ” ހިތްހަމަ ނުޖެހުމާއެކު އަތީލް ވާހަކަ ދެއްކިއެވެ.
” މިއީ އަހަރެންގެ އަމިއްލަ ކަމެއް. ” އެހެން ބުނުމަށްފަހު އިނާ އަވަސް އަވަހަށް ގޮސް އޮފީސްތެރެއަށް ވަނެވެ.
އިނާގެ ފަހަތުން އަތީލް ގޮސް އޮފީސްތެރެއަށް ވަތްއިރު އިނާ އިނީ ރޯށެވެ.
” އިނާ! ތެދުވާހަކައެއް ބުނަންތަ؟ ކަލޭ ތިޔަ މައްސަލަ ދޫކޮށްލާ ވާހަކަ ބުނުމުން އަހަރެން ވަރަށް އުފާވެއްޖެ. ހަޤީޤަތަކީ
އަހަރެންނާއި ކަލެއާ ދޭތެރެއަށް ނާއިލް އައި ފަހުން …… އޭނާ އަހަރެންނަށް ވަރަށް ގިނަ ދަތި އުނދަގޫ ޖައްސައިފި. މައްސަލަ ދޫކޮށްލާކަށް އަހަރެން ނުބުނާނަން. ކަލެއަށް ލިބޭ ކާމިޔާބަކަށް ކަލެއަށް ލިބޭ އުފަލަކަށް އަހަރެން ހުރަހެއް ނާޅާނަން. އެކަމަކު. ކަލޭ ވިސްނާލުމެއް ވެސް ނެތި ނާއިލާއި ތިޔަ ގުޅުންކަނޑާލީ. ތިހެން ކަންތައް ކުރުމުން ޖަޖުންނާއި އާންމުން މިހާރަށްވުރެ ބޮޑަށް ސައްކުކުރާނެ. އެންމެން ވެސް ގަބޫލުކުރޭ އޭނައަކީ ކުއްވެރިއެއްކަން. ކަލޭ ބޭނުން ނުވިޔަސް ކަލޭގެ ޒަމީރު ކުރަން ބޭނުންވެގެން ކަލޭ ތިކަން ކުރާނެ. ކަލެއަކީ ވަކީލެއް. އޭނާގެ ފުރާނަ ސަލާމަތްކުރަން ކަލޭ މަސައްކަތް ކުރާނެ. ” އިނާއަށް ނަސޭހަތްދޭ ފަދަ އަކުން މަޑުމައިތިރިކަމާ ހިތްހެޔޮކަމާއެކު އަތީލް ވާހަކަ ދެއްކިއެވެ.
އިނާއާ އެތައް ވާހަކައެއް ދައްކާ އެތައް ނަސޭހަތެއް ދިނުމަށްފަހު، އޭނަ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން އަތީލް
އެގެއިން ނުކުމެގެން ހިނގައްޖެއެވެ.
ދެދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދަކީ އަނެއްކާ ވެސް ލަންމާގެ މަރުގެ ސަރީއަތް އޮތް ދުވަހެކެވެ. ސަރީއަތަށްޓަކައި
ވާންޖެހޭ އެންމެހާ ތައްޔާރީތައްވެ އިސްގާޒީ ކޯޓަށްވަޑައިގަތް އިރުވެސް އިނާ ކޯޓަކަށް ނާދެއެވެ. އެކަމުގެ ސަބަބުން އެތައްބަޔެއްގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައިރު ހަސީލާއި އޭނާގެ ބައިވެރިންގެ ފަރާތުން ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ނާއިލްގެ މޫނުމަތިން އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ހިތްދަތިކަން ފާޅުވާން ހުއްޓެވެ.
” އިސްގާޒީ! އަހަރެންނަށް މަޢާފްކުރޭ. ” ކޯޓްތެރެއަށް ވަންނަމުން އިނާ ވާހަކަ ދެއްކިއަޑު އިވިފައި ނާއިލްގެ މޫނުމަތިން
ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. އެންމެން އެއްފަހަރާ ކަހަލަގޮތަކަށް އިނާ އަށް ބަލާލި ވެސް މެއެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ސުވާލުކުރަން އިނާ އެދުމުން އިސްގާޒީ އޭނައަށް ފުރުސަތު ދިނެވެ.
” ޖިމާމް! ކެފޭ ގަ މަސައްކަތް ކުރުމުގެ ކުރިން ކަލޭ އުޅުނީ ކޮންތާކު؟ ” ޖިމާމް ގާތަށް ހުއްޓެމުން އިނާ އަހާލިއެވެ.
” ސަރުކާރުގެ ވަޒީފާގަ. ” ޖިމާމް ބުނެލިއެވެ.
” ސަރުކާރު …. ވަޒީފާ ދޫކޮށްލީ ކީއްވެ؟ ” ހައިރާންކަމާއެކު އިނާ އަހާލިއެވެ.
” ތިބުނި އެއްޗެއްގެ މާނައަކީ ކޮބާ؟ ” އިތުރަށް ސާފުކުރަން ޖިމާމް ބޭނުންވިއެވެ.
” މާނަ ކަލެއަށް އެނގޭނެ. ސަރުކާރުގެ ވަޒީފާއިން ކަލޭ ވަކިކުރީދޯ؟ ” އިނާ އެހިއެވެ.
” ބޭކާރު އަނގަ ނުތަޅާ. އަހަރެން އަމިއްލައަށް ވަޒީފާއިން ވަކިވީ. ” ހިތްހަމަނުޖެހުމާއެކު ޖިމާމް ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37

Next

އެހީގެއަގު

Next
August 19, 2013

އެހީގެއަގު

Previews
August 13, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37

6 Comments!

  1. އަހުމަދު says:
    August 15, 2013 at 12:01 pm

    MI VAAHAKA V HABEYS

    1. Bubby says:
      February 5, 2014 at 12:31 pm

      That’s a mo-rdbleaker. Great thinking!

  2. ސަބީނާ says:
    August 15, 2013 at 12:28 pm

    އަސްލު ވެސް މިވާހަކަ ވަރަށް ރީތި. ނީރުގެ ވާހަކަތައް ރީތި

  3. ޖަމީ says:
    August 15, 2013 at 8:50 pm

    ހާދަ ކުރޭ….އަވަހަށް އަޕް ކޮށްދެއްޗޭ…

  4. Vihalagodimmaa Adam says:
    August 20, 2013 at 1:48 pm

    އެއް ލައިން ނުނިމެނީސް އަނެއް ލައިނުގައި ލިޔެފައިވާތީ ކިޔަން ތަންކޮޅެއް ދަތިވޭ.

  5. aishath703 says:
    August 20, 2013 at 3:08 pm

    ވަރަށް ރީތި

Comments are closed.

Next Episodeއެހީގެއަގު←


All Right Reserved!