Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަސަރު 18

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
June 25, 2016 8 Mins Read
51 Comments

ކުއްލިއަކަށް ހޯލަށް ވެރިވި އަޑުފައްގަނޑެއްގެ ސަބަބުން އަހުލާއަށް ކުރިމަތި ބަލާލެވުނެވެ. އޭރު ޝިކާ އޮތީ ޑެސްކާ އެކީ ތަޅުންގަނޑުމައްޗަށް ވެއްޓިފައެެވެ. ހުރިހާ ކުދިންގެ ނަޒަރު އެދިމާއަށް ހުއްޓިފައި ވެއެވެ. ހޯލުގައި ތިބި ޓީޗަރުންތަށް ޝިކާ ގާތަށް ދުވެފައި ދާންފެށިއެވެ. އެވަގުތު އަހުލާގެ ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

*********

ޝިކާއަށް ދެލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. ތެދުވަން އުޅެނިކޮށް އޭނާގެ ބޮލަށް ތޫނު ތަދެއް އެރުމާއެކީ އަނެއްކާ ވެސް ދެލޯމަރާ ފިއްތާލުމަށްފަހު އޮށޯވެލިއެވެ. ބޮލަށް ކުޑަ ލުއި އެއް ލިބުނުހެން ހީވުމުން އޭނާ މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު އޭނާ ގެ އެނދު ކައިރީގައި އިން ލިވާން އާއި އަހުސަން ފެނުނެވެ.

“ކިހިނެއް މިހާރު؟” ޝިކާ ލޯ ހުޅުވާލުމާއެކީ ލިވާން އަހާލިއެވެ. އޭނާ އާއި އަހުސަން އެތަނަށް އެއައީ ހަލީމާ ޝިކާއަށް ކާއެއްޗެހި ބަލާދިއުމުންނެވެ. ރީނާ އާއި ރަނާ އަށް ވެސް މިޔަދު ޓެސްޓު އޮތުމުން އެމީހުން ވީ ޓެސްޓަށް ގޮހެވެ. އެހެން ކަމުން އެދެމީހުން ގާތު ޝިކާ ކައިރީ ހުރެލަދިނުމަށް ހަލީމާ އެދުނީއެވެ.

“ބޮލަށް ތަދުވޭ..” ޝިކާ މަޑުމަޑުން ބޮލުގައި އަތް ޖައްސާލަމުން ޝިކާ ބުނެލިއެވެ. އެވަގުތު އޭނާގެ ބޮލުގައި ބެންޑޭޖެއް އަޅާފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. އޭނާ މިތަނުގައި މި އޮތީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ބޯފަޅައިގެން ދިއައީ ކިހިނެއްހެއްޔެވެ؟ އެންމެފަހުން އޭނާ ކުރީ ކީއްހެއްޔެވެ؟ ޓެސްޓު….. ޓެސްޓުގައި އިންދާ ބޮލަށް އެނބުރުން އެރި ހަނދާން އޭނާ ވިއެވެ. އެދެލޮލުން ކަރުނަ ފާއްދާލީ އޭނާއަށް ޓެސްޓު ޕޭޕަރު ނުނިމޭކަން ހަނދާންވުމުންނެވެ. އޭނާއަށް އެވަގުތުކޮޅުގެ ތެރޭ ހެދުނީ އެންމެ ސޮފުހާ އެކެވެ. ދެން ވާނީ ކިހިނެއްހެއްޔެވެ؟ އޭނާ އެ ޕޭޕަރުން ފާސް ވެސް ނުވާނެކަން ޔަޤީނެވެ. ބުރަ މަސައްކަތުން ރޭގަނޑު ނުނިދާ ހުރެގެން ފިލާވަޅުތަށް ދަސްކުރުމުން މިވީ ކިހިނެއްހެއްޔެވެ؟ އެހުރިހާ މަސައްކަތެއް އެވީ ބޭކާރު ހެއްޔެވެ؟ އޭނާ މޫނު މަތީގައި ދެއަތް އެޅުމަށްފަހު ގިސްލަގިސްލާފައި ރޯން ފެށިއެވެ. ބައްޕަމެން އޭނާ މިރަށަށް ފޮނުވި މަޤްސަދު ހާސިލް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަކީ ދުވަހަކުވެސް އެއްވެސް މާއްދާއަކުން ‘އޭ’ އަށް ވުރެ ދަށް ގްރޭޑެއް ހޯދާފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް މިފަހަރު…. މި ފަހަރު އޭނާ ފާސް ވެސް ނުވާނެއެވެ. ޝިކާ ގިސްލަގިސްލާފައި ރޯމަންޒަރު ބަލަން ލިވާން އާއި އަހުސަން ވެސް ހުރީ ވަރަށް ދެރަވެފައެވެ.

“ޓެސްޓު…” ޝިކާ ރޮމުން ގެންދިއައިރު އިރުއިރުކޮޅާ އެބަސް އޭނާގެ ދުލުން ބޭރުވެއެވެ. ބޮޑު ކޮތަޅެއް ހިފައިގެން ހަލީމާ އަށް ހޮސްޕިޓަލު ވޯޑު ތެރެއަށް ވަދެވުނީ އެވަގުތުގައެވެ. ޝިކާ ރޯ މަންޒަރު ފެނުމުން އޭނާ ގޮސް ޝިކާއޮތް އެނދުގެ މަގަތުގައި އިށީންދެ ބޮލުގައި ފިރުމާލިއެވެ.

“ދެން ނުރޮއި ހުއްޓާލާ… ދެން ކުރެވޭނެ ކަމެއް ނެތް… މާދަމާ ޓެސްޓު ހަދަން ދާން ވާއިރަށް ޖެހޭނެ އެއްނު ރަނގަޅުވާން.. ދޯ.. އަވަހަށް ތެދުވޭ މި ކައިލަން .. އޭރުން އަވަހަށް ރަނގަޅުވާނީ…” ހަލީމާ އޯގާތެރި ކަމާއެކު އެހެން ބުނެލީ ކޮތަޅުން ތަށިތަކެއް ނަގަމުންނެވެ. ޝިކާ އަށް އެންމެ މީރު ނޫޑްލް ހުރި ތަށި ނެގުމަށްފަހު މަތި ހުޅުވާލިއެވެ. އަދި ޝިކާ ގެ އަތަށް އުލެއް ލައިދިނެވެ. އެއާއެކު ފުން ވިސްނުމެއްގައި ހުރެގެން ޝިކާ ކާން ފެށިއެވެ. ހަލީމައްތަ އެބުނީ ވެސް ތެދެކެވެ. ދެން އޭނާ ކިތަންމެ ވަރަށް ރުޔަސް ޓެސްޓެއް އަނބުރާ ނުލިބޭނެއެވެ. ދެން އޮތް ޓެސްޓަށް އިތުރަށް މަސައްކަތް ކުރުމަށް އޭނާ އެވަގުތު އަޒުމް ކަނޑައެޅިއެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ. ޖެހިގެން އައި ދުވަހުއެކަންޏެއްނޫނެވެ. އޭގެފަހުން  ކޮންމެ ދުވަހަކުވެސް ޓެސްޓަށް ދިއުމުން އޭނާއަށް ހަމަވީ ކުރިން ވެސް ވީގޮތެވެ. ބޮލަށް އެނބުރުން އަރުމަށްފަހު ހޭނެތިގެން ވެއްޓެނީ އެވެ. ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ނަސޭހަތްތެރިވީ ރަނގަޅަށް ކައިގެން ޓެސްޓް ހަދަން ދިއުމަށެވެ. ނަމަވެސް އޭނާ ދަނީ ނުލާހިކު ގިނައިން ކައިގެންނެވެ. ދެން އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ ދުވަހަކުވެސް އެގޮތަށް ވާ ކުއްޖެއް ނޫނެވެ. ދެން ކުއްލިއަކަށް މިހެން މި ވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޓެސްޓަށް ދާއިރު މާ ހިތްބިރުގަންނާތީ ވާގޮތެއް ހެއްޔެވެ؟ ޝިކާއަށް ނޭނގެނީ ކޮންމެ ދުވަހަކުވެސް އޭނާ ވެއްޓޭހިނދު ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރި ކޮށްގެން އަހުލާ ހުންނަކަމެވެ.

ޝިކާ އަށް ވަމުން ދާ ގޮތްތަކާ މެދު ހަލީމާ ކަންބޮޑުވަނީ ވަކި ވަރަކަށް ނޫނެވެ. އެތަށް ފަހަރު ޑޮކްޓަރަށް ދެއްކުމުން ވެސް ވަކި މައްސަލައެއް ނުފެނެއެވެ. އެންމެފަހުން ހަލީމާ ޝިކާގެ ބައްޕަ، ސަމީރަށް ގުޅައިގެން މިވާހަކަ ވަރަށް ސީރިއަސް ކަމާއެކު ދެއްކިއެވެ.

“އަހަންނަށް ހިޔެއް ނުވޭ ޑޮކްޓަރަކަށް މި ކަން ފަސޭހަ ކުރެވިދާނެހެން… ޝިކާ ޓެސްޓަށް ދިއުމުން އެކަނި މިހެން މި ވަނީ…. އެހެންނޫނީ ހަމަ ބަރާބަރަށް އޭނާ އުޅޭވިއްޔަ…” ހަލީމާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ.

“އާނ… އެހެންވިއްޔާ އަހަންނަށް ފެންނަނީ… ތިރަށުގަ އުޅޭ މުދިމު އާދަމް ޝަފީޤް ރުޤްޔާ ކުރަން ދަންނާނެ… އެހެންވީމަ އޭނައަށް ޝިކާ ދައްކާލަންވީނު… ” ސަމީރު ބުނެލިއެވެ. އޭނާއަށް ވެސް މިއީ ޑޮކްޓަރީ ބައްޔެއް ނޫންކަން ޝައްކުވެއެވެ. އަނެއްކާ އޭނާގެ ދަރިފުޅު މޮޅުކަމުން ކޮންމެވެސް މީހެއްގެ އެސްފީނާއެއް ޖެހުނީ ނޫންބާއެވެ؟

“އާ މައްސަލައެއް ނެތް…” ހަލީމާ ބުނެލިއެވެ.

“އެހެންވީމަ އަހަރެން ޝަފީޤް ގާތު ބުނާނަން މިރޭ ޢިޝާފަހުން ތިގެއަށް ޖައްސާލަދޭށޭ…” ސަމީރު އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އަދި ސޯފާ ގައި އިނދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. މިމަންޒަރު ބަލަން އިން ރަހީމާ ސަމީރު ގާތަށް އައިސް ކިހިނެއްވީތޯ އަހާލިއެވެ.

“ރަހީމާ… މަށަށް ހަމަ ހީވަނީ ޝިކާއަށް މީހެއްގެ އެސްފީނާ ޖެހުނީހެން…. ކަމެއް ހުރިތޯ ބަލާލަން މިއުޅެނީ އެރަށު ޝަފީޤް ލައްވާ….” ސަމީރު އެހެން ބުނި އިރު އޭނާގެ އަޑުގައި ވަނީ ހާސްކަމެވެ. އަވަސް އަވަހަށް ފޯނުން ޝަފީޤު ގެ ނަންބަރު ހޯދާލާ ގުޅާލިއެވެ.

*******

މިހާރު ޝިކާ ގެ ކަމަކީ އަބަދު ރޮއި ހިތާމަކުރުމެވެ. ވާނީ ވެސް އެހެންތާއެވެ. އަބަދު މަތީ ގްރޭޑްތަށް ހޯދާ ކުއްޖަކަށް ފާސް ނުވާނެކަން ޔަޤީންވާނަމަ ހާދަހާ ދެރަވާނެއެވެ. އޭނާ ކިޔެވުމަށް ކުރި ހުރިހާ މަސައްކަތެއް އެދަނީ ވެއްޔާ މޮޑެވިގެން ނެވެ. ރަނާ އާ ރިނާ ވެސް ޝިކާއަށް ހިތްވަރު ދީ ހަދައެވެ. ނަމަވެސް އެ ހިތަށް އެއްވެސް ލުޔެއް ނުލިބެއެވެ. ފިލާވަޅު ދަސްކުރުމުގެ އެއްވެސް ބޭނުމެއް އޮތް ކަމެއް އޭނާއަކަށް މިހާރު ޤަބޫލެއްނުކުރެވެއެވެ.

ގަޑިން 8 ޖަހަނީއެވެ. އާދައިގެ މަތިން ޝިކާ އިނީ އެނދުމަތީގައި ފުން ވިސްނުމަކަށް ގެއްލިފައެވެ. އެހެން އިންދައި ހަލީމާ އެކޮޓަރި ދޮރު ހުޅުވުމަށްފަހު އޭނާއަށް ގޮވާލާފައި އަންނާށޭ ބުނެލިއެވެ. ލަސް ފިޔަވަޅު ތަކެއްގައި އޭނާ ކޮޓަރިން ބޭރަށް ނިކުމެލިތަނާ ހުދު ކުރުތާއެއް ލައިގެން ހުރި ފިރިހެނަކު ސޯފާގައި އިންތަން ފެނުނެވެ. މެއާ ހަމައަށް އޭނާގެ ތުނބުޅި ދިގުކުރެވިފައިވާއިރު އެ މޫނުމަތީގައި ވަރަށް މާތް ގޮތެއް ހުއްޓެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ އެމީހާއާ ދިމާއަށް ބަލާލުމަށް ފަހު ޝިކާ ހަލީމާ ގެ ފަހަތުން ހިނގައިގަތެވެ. އަދި އެމީހާގެ ކުރިމަތީގައި ވާ ގޮނޑީގައި އޭނާ އިށީނީ ހަލީމާ އެގޮތަށް ބުނުމުންނެވެ.

“މިއީ އޭނާ…” ހަލީމާ ޝިކާއާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އެމީހާ ގާތު ބުނެލިއެވެ. އޭރުވެސް ޝިކާގެ ސިކުނޑީގައި އެތަށް ސުވާލެއް އުފެދެމުން ދިއައެވެ. އެމީހާ ޝިކާގެ މިލާފައިވާ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ.

“މިއީ ޝަފީޤް މުދިމް…  އެއައީ ޝިކާގެ ބައްޕަ ބުނެގެން ޝިކާގެ ގައިގައި އެއްވެސް ސިހުރު ފަދަ ކަމެއް ހުރިތޯ ބަލަން ވެގެން…”  ހަލީމާ ކިޔައިދިނެވެ.

******

ޝިކާ އެނދުމަތީގައި ދެފައި ވަށް ކޮއްލައިގެން އިނދެ ވިސްނަމުން ގެންދިއައީ މިއަދު އެގެއަށް އައި ޝަފީޤް އޭނާ ގާތު ބުނި ވާހަކަ އާ މެދުގައެވެ. ޝަފީޤް އޭނާ ގާތު ރުޤްޔާ ކުރަން ފެށުމުން ބަނޑަށް ވަރަށް ތަދުވިއެވެ. އަދި ފަހުން ވީނުވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ޝަފީޤް އެބުނީ ހަމަ ތެދު ވާހަކައެއް ހެއްޔެވެ؟ މީހަކު އޭނާއަށް އެއްޗެއް ކާންދިނީ ހެއްޔެވެ؟ އަދި އެކާންދިން މީހަކީ ކްލާހުގައި އުޅޭ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހެއްޔެވެ؟ އަހުލާ ހަމަ އެވަރުގެ ބޮޑު ކަމެއް ކޮށްފާނެ ހެއްޔެވެ؟ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް އޭނާ ދެއަތަށް ބޯހޫރާލިއެވެ. އޭނާއަށް އިތުރު ފަރުވާ ކުރަން މާދަމާ އަންނާނޭ ކަމުގައި ޝަފީޤް ބުންޏެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް މިކަމުން ސަލާމަތް ވާށެވެ. މޮޅު ކުދިން ދަށްކޮއްލަން މީހުން ފަންޑިތަ ހަދާ ވާހަކަ އޭނާ އަޑު އަހައެވެ. ނަމަވެސް އެފަދަ ކަމަކާ އޭނާ ކުރިމަތިލާން ޖެހޭނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. އަދި އަމުދުން އޭނާގެ ރަހުމަތްތެރިއަކު އޭނާއަށް އެފަދަ ގޮތަކަށް ކަންތައްކޮށްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ކުލާހުގައި އޭނާ އެންމެ އިތުބާރު ކުރާ ރަހުމަތްތެރިޔާ އޭނާއަށް ހެދި ގޮތް ނިކަން ދެކިބަލާށެވެ. ދެން އޭނާއަށް އިތުބާރު ކުރެވޭނީ ވެސް ކާކަށް ހެއްޔެވެ؟ ލޯމަރާލުމަށްފަހު އޭނާ އެނދުގައި ހަމަޖެހިލައިގެން އޮވެލީ ސިކުނޑީގައވާ ހުރިހާ ޚިޔާލަކުން މިންޖުވުމުގެ ބޭނުމުގައެވެ.

******

އަހުލާ އިނީ ކާ މޭޒު ދޮށުގައެވެ. ކައިރީގައި އޭނާގެ މަންމަ، ސަފީނާ އާ ބައްޕަ، ހުސައިން ވެސް އިނެވެ. ތިން މީހުންވެސް ދިއައީ ތަފާތު ވާހަކައިގައި ތިބެގެން އެމީހެއްގެ ކުރިމަތީގައި ހުރި ސްޕެގެޓީ ތަށި މީރުކޮށް ކަމުންނެވެ.

“ބައްޕާ… މިފަހަރު އަޅުގަނޑަށް އެންމެ މަތި ލިބޭނެކަން ގައިމު…” އަހުލާ ވަރަށް ޔަޤީން ކަމާ އެކީ ބުނެލި އިރު އެ މޫނު މަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. ހުސައިން ވެސް އަހުލާ އާ ދިމާއަށް ބަލާލަމުން ހިނތުންވެލިއެވެ. އޭނާގެ ދަރިފުޅު އެހާ އުފާވެފައި އިނުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބުނެވެ.

“ކީއްވެގެން ތިހާ ޔަޤީން ކަމާ އެކު ތިބުނީ؟ ކުރިން ވެސް އެންމެ މަތި ހޯދީ އަލަށް އައި ވެލިދޫ ކުއްޖާ އޭ ބުނީމެއްނު….” ސަފީނާ ސްޕެގެޓީ ކޮޅެއް އަނގައަށް ލަމުން އަހާލިއެވެ. އޭނާއަކަށް އަހުލާ އާއި ހުސައިން ގެ ރޭވުންގަނޑުގެ ހިލަމެއް ވެސް ނުވެއެވެ. ހުސައިން މިކަހަލަ ކަމެއްގެ ތެރެއަށް ވަތް ކަން ސަފީނާއަށް އެނގެއްޖެނަމަ އޭނާ ހުސައިން ދެކެ ވަރަށް ރުޅިއަންނާނެކަން ހުސައިންއަށް އެނގެއެވެ. އެހެންކަމުން އޭނާ އަހުލާ ގާތު ވެސް އޭނާގެ މަންމައަށް މިކަން ސިއްރުކުރުމަށް ވަނީ ބުނެފައެވެ.

“އެއީ… އެކުއްޖާ ބުނީ ޓެސްޓު ވަރަށް އުނދަގުލޯ… އެކަމް އަހަންނަށް ވަރަށް ފަސޭހަ…” އަހުލާ ދޮގެއް ހަދާލިއެވެ. އެއާއެކު އޭނާގެ މަންމަ ހިނިތުންވެލަމުން އަހުލާގެ ބޮލުގައި ފިރުމާލީ ލޯތްބާ އެކުގައެވެ.

“އައްސަލާމް އަލައިކުމް..!” މީހަކު ވަރަށް ބާރަށް ސަލާމް ގޮވާލި އަޑަށް ސަފީނާ އެދިމާ ބަލާލިއެވެ. އަދި އަތުގައި އޮތް އޫ ތަށީގައި ބޭއްވުމަށްފަހު ބޭރު ދޮރާ ދިމާއަށް ހިނގައގަތީ ކާކުތޯ ބަލާލުމަށެވެ. ގޭ ދޮރުމަތީގައި ހުރި ހަލީމާ ފެނި އޭނާއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. ހަލީމާއަކީ ދުވަހަކުވެސް އެ ގެއަށް އައިސް އުޅޭ މީހަކަށް ނުވާތީއެވެ.

“އަހާ… ހަލީމާ… ކަމަކުތަ؟” ސަފީނާ އެހުރި ގޮތަށް ހުރެ އަހާލިއެވެ.

“ކޮބާތަ ހުސައިން..؟” ހަލީމާ ގެ އަޑުގައި ރުޅިވެރިކަން އެކުލެވިފައި ވުމުން ސަފީނާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ.

“އެބައިން ކާން…” ސަފީނާއަށް އެހިސާބަށް ބުނެވުނުތަނާ ހުސައިން އޭނާގެ ފަހަތުގައި ހުއްޓެމުން ކާކުހޭ އަހާލިއެވެ. ގޭ ދޮރުމަތީގައި ރުޅިވެރިކަމާ އެކު ބަލަހައްޓައިގެން ހުރި ހަލީމާ ފެނި ހުސައިން ވެސް ފުދޭ ވަރަކަށް ހައިރާން ވިއެވެ.

“ކަލޭ ވަރަށް އުފާވޭ ދޯ އެހެން މީހުންގެ ދަރިންގެ ކިޔެވުން ހަލާކު ކުރެވޭތީ؟” ހަލީމާ ރުޅިއައިސްފައި ހުރެ ބާރަކަށް ބުނެލީ ހުސައިނާ ދިމާއަށް އިނގިލި ދިއްކުރަމުންނެވެ. އޭރު މަގުމަތިން ދިއަ ދެތިން މީހަކު އެމަންޒަރު ފެނިގެން ބަލަން ހުއްޓެވެ. ހަލީމާ އެހެން ބުނުމުން ހުސައިން ހިން ދިރުވާލިއެވެ. އޭނާ އެފަދަ ކަމެއް ކުރިކަން ހަލީމާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ސަފީނާ ވެސް ސުވާލުން ފުރިގެންވާ ނަޒަރަކުން ހުސައިންއާ ދިމާއަށް ބަލާލިއެވެ.

“ހަލީމާ… އާދޭ …އެތެރެއަށް އައިސް ވާހަކަ ދައްކާނީ… ވަދޭ…” ހުސައިން ބޭނުންވީ އެތެރޭގައި ހުރެގެން އެ ވާހަކަ ދައްކާށެވެ. މަގުމަތިންދާ މީހުންނަށް އަޑުއިވެއްޖެނަމަ އޭނާ ބޭޒާރުވެދާނެތީއެވެ.

“ނޫން… އަހަރެން ބޭނުމީ ހަމަ މިތަނުގަ ހުރެގެން އެވާހަކަ ދައްކަން…. އެންމެންނަށް މިވާހަކަތަށް އެނގެންޖެހޭ އެބަ….” ހަލީމާ ހަރުކަށި ރާގަކަށް ބުނެލިއެވެ. އަދި ތަންގަނޑު މީހުންނަށް ގޭގެއިން ނިކުތުމަށް ގޮވަން ފެށިއެވެ. ވާނުވާ ބެލުމަށްޓަކައި އެތަނަށް މީހުން އެއްވީ ވަރަށް އަވަހަށެވެ. އަންހެނުންނާ ފިރިހެނުންނެވެ. ކުޑަކުދިންނާ ބޮޑެތިމީހުންނެވެ. އެންމެން ވެސް ހުރީ ވެގެން އުޅެނީ ކީއްތޯ ބެލުމަށްޓަކައި ކެއް މަދުވެފައެވެ.

“އެނގޭތަ އެންމެންނަށް….؟ މިހިރަ ފެންނަ ހުސައިނަކީ މީސްމީހުންގެ ދަރިން ކިޔެވިޔަ ނުދިނުމަށްޓަކާ ސިހުރު ހަދާ މީހެއް…” ހަލީމާ އެންމެންނަށް އަޑު އިވޭ ވަރަށް ވާހަކަ ދައްކަމުން ގެންދިއައެވެ. އޭރު ހުސައިން ހުރީ އިސްޖަހަިގެންނެވެ. ކައިރީގައި ހުރި ސަފީނާ އެއްފަހަރު ހުސައިނަށް އަނެއްފަހަރު ހަލީމާއަށް ބަލަމުން ގެންދިއައެވެ. ހުސައިން ގެ ފަހަތުގައި އަހުލާ ހުރީ އެވާހަކަތަށް އަޑު އިވުމުން ބިރުން ތުންފަތުގައި ދަތް އަޅާލައިގެންނެވެ.

“އެނގޭތަ… އަހަރެންގެ ގޭގައި ކިޔަވަން ހުންނަ ކުއްޖެއް އުޅޭނެ މީނަގެ ދަރި އަހުލާގެ ކުލާހުގަ…. އެކުއްޖާ އަހުލާއަށް ވުރެ މަތީ މާކްސް ގެންނާތީވެ މީނާ މިރަށު އިބްރާހީމްފުޅު ލައްވާ އެކުއްޖާއަށް ސިހުރު ހެދީ…” ހަލީމާ އެންމެންނަށް ކިޔައިދެމުން ދިއައެވެ. އޭރު ހުސައިން ގެ ނިއްކުރިމަތިން އޮށް ދާ ހިއްލަމުން ދިއައެވެ. އެއްވެފައި ތިބި މީހުން ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިއައިރު އޭނާ ހުރީ ވަރަށް ވެސް ލަދުގަންފައެވެ. ހަލީމާގެ މިވާހަކަ އަޑު އިވުމުން ސަފީނާ ހުސައިން ގާތު އެއީ ތެދެއްތޯ އަހާލިއެވެ.

“ހުސައިން… ކީއްވެ ޖަވާބެއް ނުދިނީ؟ މަމި އަހަނީ އެއީ ތެދެއްހޭ؟: ހުސައިން އެއްވެސް ޖަވާބެއް ނުދިނުމުން ސަފީނާ ހުސައިންގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވާލަމުން އަހާލިއެވެ.

“އަހަރެން…. އަހުލާގެ އުފަލައްޓަކައި….” ހުސައިން އަށް ބުނެވުނީ އެހިސާބަށެވެ. ސަފީނާގެ އަތުގެ ހޫނު އެތިފަހަރެއް ހުސައިންގެ މޫނުމައްޗަށް އެރިއެވެ.

“އަހުލާ ގެ އުފަލައްޓަކައިވެސް ހުސައިން އެފަދަ ކަމެއް ކުރީތީ އަހަރެން ލަދުގަންނަން…!” ސަފީނާ ރުޅިއައިސްފައި ބުނެލިއެވެ. މަންޒަރު ބަލަން ހުރި އަހުލާއަށް ހުރީ ރޮވިފައެވެ. އޭނާއާ ހެދި އޭނާގެ މަންމަ އާއި ބައްޕަ އާ ދެމެދު މައްސަލަ ޖެހޭކަށް އޭނާ ނޭދެއެވެ.

“ބަލަ އެއީ ވެސް ހަމަ ކޮންމެވެސް މީހެއްގެ ދަރިއެކޭ!… އަހަރެމެންގެ އަހުލާއަށް މީހަކު އެހެން ހަދައިފިނަމަ އަހަރެމެންނަށް ވާނެ ގޮތް އިހުސާސްކޮއްލަބަލަ…” ސަފީނާ ވާހަކަދައްކަމުން ގެންދިއައެވެ. އޭރުވެސް އެއްވެފައިވާ މީހުންތަކުގެ ތެރެއަށް ފަހަރަކު މީހަކު އިތުރުވަމުން ދިއައެވެ. “އަހަރެން ލަދުގަނޭ ތީ އަހަރެންގެ ފިރިމީހާއޭ ބުނަންވެސް! އަހަރެން ދެން ބޭނުމެއްނޫން ތިކަހަލަ މީހެއްގެ ގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ” ސަފީނާ އެހެން ބުނުމަށްފަހު ބާރުބާރަށް ގޭތެރެއަށް ވަދެގެން ދިއައެވެ. އޭނާގެ ހަރަކާތަށް ހުއްޓުން އެރީ އަހުލާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

“މަންމާ… އަހަރެން ބުނެގެންނޭ ބައްޕަ އެހެން ހެދީ… ބައްޕަގެ އެއްވެސް ކުށެއް ނެތް….” އަހުލާ ރޮވިފައި ހުރެ ބުނެލިއެވެ.

“މަންމާއޭ؟ މަގޭ ދަރިއަކު އެފަދަ ކަމެއް ކުރާކަށް އެއްވެސް މީހެއް ގާތު ނޭދޭނެ…” ސަފީނާ އަހުލާގެ އަތް ފޮޅުވާލަމުން ބުނެލިއިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ރުޅިއައިސްފައި ހުރި ވަރުން އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. އެދިޔަ ބާރުމިނުގައި އޭނާ ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. އިރުކޮޅަކުން އޭނާ ނިކުމެގެން އައީ އޭނާގެ ފޮށި ހިފައިގެންނެވެ. އަހުލާ އާ ހުސައިން ގެ އެއްވެސް އާދޭހަކަށް އަޑު ނާހައި އޭނާ އެގެއިން ނިކުމެގެން ދިއައިރު މަންޒަރު ބަލަން ތިބި މީހުންގެ ދެމެދުގައި ފާޑުފާޑުގެ ވާހަކަ ދެކެެވެމުން ދިއައެވެ.

*****

އަހުލާ އޮތީ ކޮޓަރި އެނދުމަތީގައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިއައިރު އެ ދެލޯ ވަނީ ރަތް ވެފައެވެ. އިރުއިރު ކޮޅާ ހުސައިން ދޮރުގައި ޓަކިޖަހާލުމަށްފަހު ހުޅުވާށޭ ގޮވައެވެ. ނަމަވެސް އަހުލާ ހަމަ އެއޮތް ގޮތަށް އޮތީއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. އޭނާގެ އާއިލާ ރޫޅުނީހެއްޔެވެ؟ އޭނާގެ އެއޮށް ލޯބި އުފާވެރި އާއިލާ ރޫޅޭކަށް ނެގީ އެންމެ ދެތިން މިނެޓެވެ. އެއީ އޭނާގެ ކުށުން ހެއްޔެވެ؟ މަންމަ އެދިޔައީ އޭނާ ދެކެ ނުލާހިކު ރުޅިއައިސްގެންނެވެ. ދުވަހަކުވެސް އަހުލާ އާ ދިމާއަށް ރުޅިއައިސްގެން ބަހެއް ބުނެފައި ނުވާ ސަފީނާ މިއަދު އޭނާއާ ދިމާއަށް ބުނި އެއްޗެއްގެ ސަބަބުން އެހިތަށް ވަރަށް އަސަރު ކޮއްފިއެވެ. އެ މަންމަ އޭނާއަށް މާފު ކުރާނެބާވައެވެ؟ އޭނާގެ މަންމަ އޭނާއަށް ކުޑައިރުއްސުރެ ނަސޭހަތް ލައިދޭ ގޮތް ހަނދާންވާންފެށިއެވެ. މަންމަ އަބަދުވެސް އޭނާ ގާތު ބުނާނެއެވެ. “މީހަކަށް ހަސަދަ ނުލާށެވެ. އެއީ ވަރަށް ގޯސް ކަމެކެވެ.” އެ ބަސްތަށް އޭނާ ގެ ސިކުނޑީގައި އެނބުރެމުން ދިއައެވެ. ނަމަވެސް ދެން ކުރާނީ ކީއް ހެއްޔެވެ؟ މިހާރު އޭނާ އެވަނީ މީހަކަށް ހަސަދަ ލައިގެން ހައްދުން ނެއްޓިފައެވެ. މިހާރު އޭނާ އެންމެންގެ ކުރިމަތީގައި ޖެހޭނީ ލަދު ގަންނާށެވެ. އިސާހިތަކު މި ވާހަކަ ރަށުތެރެއަށް ފެތުރިގެން ހިނގައިދާނެއެވެ. ދެން މީހުން އޭނާ އާ ދޭތެރޭ ދެކޭނީ ކޮން ނަޒަރަކުން ހެއްޔެވެ؟ އެހެން އޮއްވައި ނިދުނީ ކޮންއިރަކު ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ.

******

މިހާރު ޝިކާގެ ހަށިގަނޑަށް ހީވަނީ ބޮޑު ލުޔެއް ލިބުނުހެންނެވެ. ޝަފީޤް އެގެއަށް އައިސް އޭނާއަށް ފަރުވާ ކޮއްފައި އެދިޔައީ ދާދި ދެންމެއެވެ. މިކަމުން ސަލާމަތް ވެވުނީތީ އޭނާ ހިތާހިތުން މާތް ރަސްކަލާންގެ އަށް ހަމްދު ކުރިއެވެ. މިހާރު އެހިތަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް ޓެސްޓާމެދު ދެން ކުރެވޭނެ ކަމެއް ނެތެވެ. މިހާރު ފުރަތަމަ ޓާމް ޓެސްޓު ނަގާ ނިމުން އިރު އެތަނުން އެއް ޓެސްޓުން ވެސް އޭނާ ފާސް ނުވާނެކަން ޔަޤީނެވެ. އެހިނދު އޭނާގެ ލޮލުން ކަރުނަ ތިއްކެއް ނިރާލިއެވެ. ހިތްވަރު ކުރުމަށްފަހު ލޯފުހެލައި އޭނާ ދެން އަންނަ ޓާމްގެ ޓެސްޓުން މަތި ހޯދުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ.

******

ހެނދުނުގެ ވަގުތެވެ. އަހުލާ ސްކޫލު ތެރެއަށް ވަދެގެން އައެވެ. އެހެން ކުދިން އޭނާއާ ދިމާއަށް ބަލަބަލާފަ ސިއްރު ސިއްރުން ވާހަކަ ދައްކާތަން ފެނުމުން އޭނާ އިސްޖަހާލިއެވެ.  ރަނގަޅަށް ވިއްޔާ އެ ދައްކަނީ އޭނާ ޝިކާއަށް ހެދި ގޮތުގެ ވާހަކައެވެ. އެފަދަ ކަމެއް ކުރެވުނީތީ މިހާރު އޭނާ ލަދުގަނެއްޖެވެ. ނަމަވެސް މިހާރު އެވަނީ ވަގުތު ފާއިތުވެފައެވެ. އެރަށުތެރޭ މިހާރު އެއަޑު ފެތުރިގެން ހިނގައްޖެވެ. ކުދިންތަށް އޭނާ ހިނގަމުން ގެންދިޔަ މަގުން އެއްފަރާތް ވަމުން ގެންދިއައިރު ހީވަނީ އޭނާއަކީ ނަޖިހެއް ހެންނެވެ. އެންމެންގެ ތެރޭ ބާކީ ވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިއައެވެ.

“އަހުލާ ! ކަލޭ އަހަރުން ދެެކެ ރުޅިއަންނަ އިރަށް އަހަރުންނަށް ވެސް ސިހުރު ހަދާނަން ދޯ!” ތަންކޮޅެއް ދުރުން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. އެއާއެކު ކުދިންތަކެއް ހިނިގަނޑެއް ޖަހާލި އަޑު ވެސް އިވިގެން ދިއައެވެ. އަހުލާ އިސްއުފުލާ ބަލާވެސް ނުލާ ކުރިއަށް ހިނގަމުން ގެންދިއައެވެ. އޭރު އޭނާގެ ދެލޯ ދިއައީ ފެންކަޅި ވަމުންނެވެ. އެހެން ހިނގަމުން ގޮސް އޭނާ ލައިގަތީ ކުރިމަތީގައި ހުއްޓިގެން ހުރި މީހެއްގެ ގައިގައެވެ. އިސްއުފުލާ ބަލާލިއިރު އޭނާގެ މޭގަނޑު އަނގައަށް އައި ފަދައެވެ. އެމީހަކު އޭނާގެ ގައިގައި އަޅާފައި ބާރަކަށް ފަހަތަށް ކޮއްޕާލިއެވެ. އެއާ އެކު އޭނާ ގޮސް ބިންމައްޗަށް ވެއްޓުނެވެ. ދަބަސްވެސް މާ ދުރަށް ވިއްސައިގެން ހިނގައްޖެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ދޭނަން ހިތާ ޖާނާ (8)

Next

އިންސާފް… 21 ވަނަ ބައި..

Next
June 25, 2016

އިންސާފް… 21 ވަނަ ބައި..

Previews
June 25, 2016

ދޭނަން ހިތާ ޖާނާ (8)

51 Comments!

  1. Sara says:
    June 25, 2016 at 5:26 pm

    V v v nice mi part ves

    1. Liaa says:
      June 25, 2016 at 5:30 pm

      Thank u sara 🙂

  2. Liaa says:
    June 25, 2016 at 5:27 pm

    !މިބައި ވެސް ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް އުމްމީދުކުރަން
    ހުރިހާ ކުދިންގެ ކޮމެންޓް ތަކަށް މަރުހަބާ 🙂

  3. raani says:
    June 25, 2016 at 5:29 pm

    he he new first ….. vvv nice

    1. Liaa says:
      June 26, 2016 at 1:07 pm

      Thanks raani 🙂

  4. xprincess says:
    June 25, 2016 at 5:33 pm

    wow! v v reethi 🙂 eiy kaakubaa ahulaa kohpaalee ?

    1. xprincess says:
      June 25, 2016 at 5:34 pm

      Well, ahulaa toatally deserves that !

    2. Liaa says:
      June 26, 2016 at 1:07 pm

      Thankyw xprincess 🙂 lets see dhw

  5. zee says:
    June 25, 2016 at 5:33 pm

    Vvvv lobi mibai vas

    1. Liaa says:
      June 26, 2016 at 1:08 pm

      Thanks zee 🙂

  6. Youme says:
    June 25, 2016 at 5:37 pm

    Wow hama speeechlesss

    1. Liaa says:
      June 26, 2016 at 1:08 pm

      Thankyw youme 🙂

  7. harry says:
    June 25, 2016 at 5:39 pm

    My fav story <3 loved it !

    1. harry says:
      June 25, 2016 at 5:41 pm

      ahulaa ge family roolhunyma ekam eyna haadha dheravaaney 🙁 I pity her

    2. Liaa says:
      June 26, 2016 at 1:08 pm

      Thanks harry 🙂

  8. rafa says:
    June 25, 2016 at 6:13 pm

    Niceee?…dhnvx shika kaneynge ahula defend kuraany ?..waiting for the next part ? ? ? ?

    1. Liaa says:
      June 26, 2016 at 1:09 pm

      Thankss rafa 🙂

  9. Thaany says:
    June 25, 2016 at 6:20 pm

    Alhey haadha reehchey shika awahah ekamun salaameh v thy v happi…

    1. Liaa says:
      June 26, 2016 at 1:09 pm

      Thanks thaany 🙂

  10. meera says:
    June 25, 2016 at 6:45 pm

    This part is really nice….mihaaru ok shikaa ah enhen v ma….feeling great…..☺☺☺☺☺

    1. Liaa says:
      June 26, 2016 at 1:09 pm

      thanks meera 🙂

  11. meera says:
    June 25, 2016 at 6:47 pm

    I really like this story…thanks liaa ehaa avahah up kohlli ma….☺☺

  12. Lai says:
    June 25, 2016 at 6:58 pm

    Vvv reethi mi part ves

    1. Liaa says:
      June 26, 2016 at 1:10 pm

      Thanks Lai 🙂

  13. Abhy says:
    June 25, 2016 at 7:09 pm

    Mi part ves vv reethi…

    1. Liaa says:
      June 26, 2016 at 1:10 pm

      Thanks Abhy 🙂

  14. Anonymous says:
    June 25, 2016 at 7:16 pm

    V v v v v nice

    1. Liaa says:
      June 26, 2016 at 1:11 pm

      Thanks Anonymous:)

  15. Same says:
    June 25, 2016 at 8:01 pm

    v nice as usual..

    1. Liaa says:
      June 26, 2016 at 1:11 pm

      Thankyw same 🙂

  16. natha says:
    June 25, 2016 at 8:19 pm

    V rythi

    1. Liaa says:
      June 26, 2016 at 1:11 pm

      Thankyw natha 🙂

  17. Appy says:
    June 25, 2016 at 8:28 pm

    V rythi mi part vx …..shika eh noon dhw e ee shika eh vx kuhjakah dhera gotheh nahadhaane hehe

    1. Liaa says:
      June 26, 2016 at 1:12 pm

      Thanks Appy 🙂 lets see dhw who tht is

  18. kokkee says:
    June 25, 2016 at 9:45 pm

    aHULAA! neyngeytha thiheh ulhunyma meehun foohi vaane kameh?? Haha…
    Story vrh reethi , liaa <3

    1. Liaa says:
      June 26, 2016 at 1:12 pm

      Thanks kokkee 🙂

  19. shikaa says:
    June 25, 2016 at 9:50 pm

    Aharen dhuvahakuves ahulaa akah maafeh nukuraanan!

  20. Blue Lady says:
    June 26, 2016 at 1:01 am

    Fab….alhugandah heevany Ahulaa kohpaaly Leevaan ehennoony Ahusan hen. Story is awesome. When is next part? This is my favourite story.

    1. Liaa says:
      June 26, 2016 at 1:13 pm

      Thankyw Blue Lady 🙂

  21. Ushaa says:
    June 26, 2016 at 5:04 am

    Mi prtvx vvvvvvvvvvv nyc… waitin 4 de nxt prt….

    1. Liaa says:
      June 26, 2016 at 1:13 pm

      Thankss Ushaa 🙂

  22. aineen says:
    June 26, 2016 at 1:46 pm

    Aineen mi innany sika ah kameh vedhaane thy birun mi prt nukiyan…but keh nuvegen kiyaaalee mi…n um so happy..nyc one liaa…up kohba avahah

    1. Liaa says:
      June 26, 2016 at 9:58 pm

      Ehen dhw … Thankyw aineen 🙂 Liaa balaanan veehaaves avahah up kureveythw

  23. ny says:
    June 26, 2016 at 3:22 pm

    Reethi vaahakae

    1. Liaa says:
      June 26, 2016 at 11:16 pm

      Thankss ny 🙂

  24. haxoo says:
    June 26, 2016 at 7:59 pm

    vara reethi vaahaka

    1. Liaa says:
      June 26, 2016 at 11:45 pm

      Thankyw haxoo

  25. Mysterious Angel says:
    June 27, 2016 at 1:23 am

    Ma Shaa Allah.. Vr reethi.. vaahaka kiyamun dhaairu manzarutha lola sifavegen dhey.. All the best girl 🙂

    1. Liaa says:
      June 27, 2016 at 1:08 pm

      Thankyw Mysterious Angel 🙂

  26. Akky says:
    June 29, 2016 at 7:23 pm

    Konirakuntha vaahaka up kurany. V inthixaaru Eba kuramey

  27. kk says:
    June 30, 2016 at 12:16 pm

    kobaa tha next part.konirakun up kuranee

Comments are closed.

Next Episodeއަސަރު 19←


All Right Reserved!