Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެބަދުނާމް

mohamed neer Level 210 Stories100 Stories
August 13, 2013 2 Mins Read
16 Comments

( ސޯޅަވަނަބައި )

” ދަރިފުޅާ ސެނާ. ފަށުގައިތިވާ ފުލުފޮތި ގެއްލުވާނުލާތި. އެއީ ސެނާގެ ދިރިހުރުން … ސެނާއަށް ހިނގިފައިތިވަނީ ރަނގަޅުމަގަކުން ނޫން. ސެނާއަށް ރައްޓެހިވެގެން ތިއުޅެވެނީ މާހުއަކާ ނޫން …….. އެއީ މާހުގެ ސިފާގައިވާ އެހެންކަހަލަ
މަޚުލޫޤެއް. ސެނާގެފަށުގައިތިވާ ފުލުފޮތީގައިވާ ލިޔުމުގެސަބަބުން ގާތްވާންނުކެރިގެން އެދިޔައީ. އެއީ އިންސާނެއްނަމަ ތިޔަލިޔުންދެކެ ބިރެއްނުގައްނާނެ ….. ވިސްނައިގެން އުޅޭތި. ” ސެނާއާ ދިމާއަށް ބަލާންއިނދެ ރައިނާ ވާހަކަދެއްކިއެވެ.
ރައިނާގެ ވާހަކަތަކުގެސަބަބުން ސެނާ ވަރަށްބިރުގަނެ ޖެހިލުން ވިއެވެ. ހަމައެހެންމެ ރައިނާގެ ވާހަކަތަކާމެދު ފުންކޮށް ވިސްނާލުމުން އެވާހަކަތައް ގަބޫލު ކުރެވުނެވެ. މިހާހިސާބުން ނަމަވެސް މިކަމުން ސަލާމަތްވީތީ، ހެއްދެވިފަރާތަށް ސެނާ ޝުކުރުއަދާކުރިއެވެ.
ވަގުތުތައް ފާއިތުވަމުން މެންދަމުގެ ހަމަހިމޭންކަމާއި އެކުވަމުންދިޔަ އެވެ. ސެނާއާއި ރައިނާތިބީ ނިދާފައެވެ.
ދުވާލުގެ އަލިކަންފިލައި ރޭގަނޑުގެ އަނދިރިކަމަށް ތަންދިނުމާއި އެކުހެން މަޣުރިބުނަމާދުވަގުތު ބަންގިގޮވައިފިއެވެ. ސެނާއެކަނިމާއެކަނި ރަށުގެދެކުނުފަރާތުގައިވާ ގަސްތަކުތެރޭހުރި ހިރުނދުގަހެއްގައި ލެގިލައިގެންހުއްޓެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ މާޔޫސްކަމާއި އެކަނިވެރިކަމުގެ އަސަރުތަކެވެ.
ސެނާ އެތަނުގައި ހުއްޓާ ކޮންމެވެސް ފިރިހެނަކު އައިސް އޭނާއާ ބައްދަލުކުރިއެވެ. ފައިބިމުގައިނުޖެހިހުރި އެމީހާ ވައްތަރީ މާހާއިއެވެ. ސެނާ އާއި މާހު އެތަނުގައިތިބެގެން ވަރަށްގިނައިރު ވާހަކަދެއްކިއެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ދުވަހަކަށްވުރެދުވަހެއް ސެނާއާއި މާހުގެ ގުޅުންދިޔައީ ބަދަހިވަމުން ވަރުގަދަވަމުންނެވެ. ހަމައެހެންމެ އެދެމެދުގައި އުފެދުނު ލޯބީގެގުޅުމާއެކުހެން އެދެމީހުންގެ ލޯބީގެ ބައްދަލުވުންތައް ރަށުގެ ހުޅަންގުކޮޅުގައިވާ ފަޅުގެއަކަށް ބަދަލުކުރިއެވެ.
މާހުއާއި ސެނާގެ މެދުގައި ލޯބީގެގުޅުމެއް އޮތްނަމަވެސް ލޯބީގެ ބައްދަލުވުންތައް ބާއްވަމުންދިޔަނަމަވެސް އެދެމީހުންފިޔަވާ އެހެންމީހަކަށްއެކަމެއްނޭނގެއެވެ.އަންގާކަށް ބޭނުމެއްވެސް ނުވެއެވެ.
ސެނާ އާއި މާހުގެ މެދުގައިވާ ލޯބީގެ ގުޅުމުގައި ހައްދުފަހަނައަޅާ ދިއުމުގެ ނަތީޖާއެއްގެގޮތުން ކައިވެންޏަކާއިނުލާ ސެނާ ބަނޑުބޮޑުވާން ފެށިއެވެ.
ސެނާ ބަނޑުބޮޑުވާކަން އެންމެފުރަތަމަ އެނގުނީ އޭނާގެ މަންމަ ޖުމާނާ އަށެވެ. ސެނާއަށް ރަނގަޅުގޮތް ހޯދާދިނުމުގެ ނަމުގައި ޖުމާނާ ބައިވެރިވެގެން ސެނާގެ ބަނޑުގައިވާދަރި ވައްޓާލިއެވެ. އަދި އެކުއްޖާގެލޯކޮނެލާ ނޭވާހޮޅިބުރިކޮށްލައިގެން އެކުއްޖާމަރާލިއެވެ. ގިފިލިތެރޭގައި އެކުއްޖާ ވަޅުލުމަށްފަހު އެތާމަތީގައި އިންދި ރުއްކާށިން އިތުރުރުކެއްފަޅައި ދެރުއް ހެދެމުންދިޔައެވެ.
ރައިނާއަށް ހޭލެވުނީ ފަތިސްނަމާދުވަގުތުގެ ބަންގީގެ އަޑަށެވެ. އަވަސްއަވަހަށް ތެދުވަމުން ސެނާއަށް ގޮވާ އޭނާ ވެސް ހޭލެއްވިއެވެ. ސެނާ އާއި ރައިނާ ފަތިސްނަމާދުކުރީ އެކުގައެވެ.
ވަގުތުތައް ފާއިތުވަމުންއައިސް ހެނދުނު ނުވައެއްޖަހާކަން ހާއިރެވެ ސެނާ މަދަރުސާއަށް ގޮސްވާތީ ގޭގައިހުރީ ރައިނާ އެކަންޏެވެ. ރައިނާ ވިސްނަމުންދިޔައީ ރޭގައި އޭނާއަށްފެނުނު ހުވަފެނާމެދުގައެވެ. އެހުވަފެނާއި ގުޅުންހުރި ބައެއްކަންކަން މިހާރު ވެސް ފެންނަމުންދާއިރު އެހުވަފެނަކީ ޙަޤީޤަތެއްކަމުގައި ރައިނާގެ ހިތްބުނަމުންދިޔަކަހަލައެވެ ބައެއް ހުވަފެނަކީ ސިދާވާ ހުވަފެންތަކެއްކަން ރައިނާއަށް ވެސް އެނގެއެވެ.
ރައިނާ އެކަނިމާއެކަނި ރިސާމުމެން ދިރިއުޅުނުގެއަށް ދިޔައެވެ. އަދި ހުވަފެނުގައި އޭނާއަށްފެނުނު ކަންތަކުގެއަސްލުހޯދުގެ މަސައްކަތްފެށިއެވެ. ގިފިއްޔަށް ވަތްއިރު ދެރުއްފަޅާފައިވާ ކާއްޓެއްއިނެވެ. ރައިނާ އެތަނުގައި އިށީނދެ އެތައްއިރަކު ކުރި މަސައްކަތުން އެތަންކޮނެގެން އެކާށިނެގިއެވެ.
ކާށިނެގުމާއެކުހެން އެތަނަށްވެރިވެގެންދިޔަ ކުނިވަހުގެ ސަބަބުން ރައިނާއަށް ނޭވާލާންވެސް އުނދަގޫވިއެވެ. އެހެންވެ އަވަސްއަވަހަށް ދުރައްޖެހެލިއެވެ.
ކުޑައިރުކޮޅަކު ދުރުގައި ހުރުމަށްފަހު ރައިނާ އަނެއްކާވެސް ގޮސް އެތަން ކޮންނާންފެށިއެވެ. ދުވަމުންދިޔަވަހާއި ފެންނަމުންދިޔަ މަންޒަރުތަކަށްބަލައި އޭނާގެ ހުވަފެން ސީދާވެދާނެކަމުގައި ރައިނާއަށް ގަބޫލުކުރެވެމުން ދިޔައެވެ. އެހެންވެ އެވަހަށް ބެލުމެއްނެތި އެތަނުގައިވާ ސިއްރުހޯދުމަށް ރައިނާ މަސައްކަތްކުރަމުންދިޔައެވެ.
އެތަން ކޮންނަމުންދިޔަ ރައިނާއަށް ފެނުނުމަންޒަރުގެ ސަބަބުން ރައިނާގެހެޔަށް އަސަރުނުކުރީ ކިރިޔާއެވެ. އެވަޅުގަނޑުގެތެރޭގައިވަނީ މަރުވެ ކުނިވެފައިވާ ތުއްތުތުއްތު ކުއްޖެއްގެ ފުރާނަނެތް މަސްގަނޑެވެ.
މިގެއާއި މިގޭ ގިފިލިތެރޭގައި ހިނގާދިޔަ ހުރިހާ ނުރައްކަލެއްގެ އަސްލަކީ މިއީކަމުގައި ރައިނާއަށް ޔަގީންވިއެވެ. މާހުކަމަށް ހީކޮށް ސެނާއަށް ރައްޓެހި ވެވުނީ އެހެންކަހަލަމަހުލޫޤަކާއިއެވެ. އެމަހުލޫޤުއި ސެނާއަށް ލިބެންއުޅުނު ދަރިވައްޓާލުމުން އެކަމާ ރުޅިއައިސްގެން އެމަހުލޫޤު ބަދަލުހިފީއެވެ.
ހަދާނެގޮތް ހުސްވެފައި ކަހަލަގޮތަކަށް ރައިނާ ހުއްޓާ ދެތިންމީހަކު އެތަނަށް އައިސްފިއެވެ. އެންމޭންވެސް ބުނީ އާދަޔާހިލާފު ވަހެއް ދުވާތީ ވެގެންއުޅޭގޮތް ބަލާލުމަށްއައީ ކަމަށެވެ.
އިސާހިތަކު ރަށުތެރެއަށް އެޚަބަރު ފެތުރިގެންދިޔައެވެ.
ކައިވެންޏަކާއިނުލައި ސެނާ ބަނޑުބޮޑުވާންފެށުމުން ދަރިވައްޓާލައި ގިފިލިތެރޭގައި ވަޅުލީކަމުގައި ރަށުތެރޭގައި ވާހަކަދެކެވޭން ފެށިއެވެ.
އެތައްދުވަހެއްވާންދެން ސިއްރުކޮށްގެންއުޅުނު ކަންތައް ފަޅާއަރައި ސެނާ ބޭޒާރުވެ މުޅިރަށަށް ބަދުނާމުވެއްޖެއެވެ.

ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 36

Next

އެހީގެއަގު

Next
August 13, 2013

އެހީގެއަގު

Previews
August 11, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 36

16 Comments!

  1. ޖަމީ says:
    August 13, 2013 at 11:25 am

    ރީތި މިވާހަކަ ވެސް….

  2. މީ says:
    August 13, 2013 at 8:13 pm

    ހީވަނީ ގަދަކަމުން ނިންމާލާފަ އޮތް ހެން. ކަމަކު ނުދޭ

    1. Prasanasuji says:
      February 5, 2014 at 6:53 pm

      Full of salient points. Don’t stop benvieilg or writing!

    2. more laughter says:
      September 23, 2014 at 6:09 am

      I’m out of league here. Too much brain power on display!

  3. mohamed neer says:
    August 15, 2013 at 8:24 am

    ޝުކުރިއްޔާ!

    1. website says:
      September 20, 2014 at 6:35 pm

      I’m shocked that I found this info so easily.

  4. WAAMIA says:
    August 15, 2013 at 12:11 pm

    MI VAAHAKA VARH SALHI, THANKS

  5. މަ says:
    August 30, 2013 at 10:35 pm

    މި ވާހަކައިގެ އަނެށްބައި ނެރޭނީ ކޮންއިރަކު… ވަރަށް ރީތި ވާހަކައެއް

  6. އަހުމަދު says:
    September 10, 2013 at 10:48 pm

    އެއޮއް ރީތިކޮށް ގޮސް ގޮސް ހުހްޓާ ވާހަކަ ކުއްލިއަކަށް ނިމުނީ….. ވާހަކަ ރީތި ކޮށް ލިޔަން ނޭންގެންޏާ ކީއްވެތޯ ލިޔަނީ؟؟؟؟

  7. shiuna says:
    October 20, 2013 at 1:40 pm

    vaahaka varah reethi ekamaku nimunu goih ehaa kamaku nudhey dhevana vaahaka eh ga mikamah visnaalaane kamah ummeedhu kuran

  8. azha says:
    November 24, 2013 at 2:41 pm

    vaahaka salhi v.mahsala aky maa avahah ninmun.adhi maahu ah hagygah neygun

    1. Rita says:
      February 5, 2014 at 2:18 pm

      Inleeligtnce and simplicity – easy to understand how you think.

    2. www.christopherecon.org says:
      February 18, 2014 at 4:40 pm

      Everyone would benefit from reading this post

  9. kamana says:
    March 13, 2014 at 8:34 pm

    kihineh thi nimmaalii… eyoh kiyaahithun huttaa faadegge huvafeneh fenifa vaahaka e nimunii…

  10. DhonGoma says:
    October 1, 2014 at 1:15 am

    !ހާދަ ހަޑިކޮށް މީތި ނިންމާފަ މީނީ

  11. nunni says:
    May 12, 2015 at 6:30 pm

    Salhi

Comments are closed.



All Right Reserved!