Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (6)

layaal Level 310 Stories100 Comments
June 21, 2016 12 Mins Read
65 Comments

“ޝުއާ ޔޫ ޑޫ ލޫޓް.. ޔޫ ނޯ ހައު އިޓް އިޒް.. ދިސް އިޒް ބިޒްނަސް.. އައި ވިލް އިންވެސްޓް މިލިއަންސް އިން ޔުއާ ކޮމްޕެނީ އެންޑް އިން ރިޓާން ޔޫ ކުޑް ގިވް މީ ސަމް އާފްޓާ ސާވިސް” ޝުރޭޒް އައިފާއަށް ކަޅި އަޅާލަމުން މިހެން ބުނުމުން ލޫތް ވެސް އެދިމާއަށް ބަލާލިއެވެ.

ޝުރޭޒް ކަހަލަ މީހަކު ވޮރެން ކޮމްޕެނީއަށް އެތަށް ފައިދާއެއް ކޮށްދޭނެކަން ލޫތްއަށް ޔަޤީނެވެ. މިކަހަލަ ބޮޑު ޑީލެއް އަތުން ދިޔަ ދެވިދާނެ ބާއޭ ލޫތް ހިތަށް އެރިއެވެ. އޭސީ ކޮށްފައި ވާއިރުވެސް ލޫތްގެ ނިންކުރިން ދާތިކިތަށް ފާޅު ވިއިރު އޭނާގެ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހީވަނީ ކަރުތެރޭ އަޑު ބެދުނު ހެންނެވެ. އޭރުވެސް ޝުރޭޒް އިނީ ލޫތްގެ ޖަވާބަކަށް އިންތިޒާރުގައެވެ.

ލޫތް އޭނާ އިން ގޮނޑިން ވަގުތުން ތެދުވިއެވެ. އޭރު އެ މޫނުމަތިން އިންތިހާ ރުލިވެރިކަން ފެންނަން ހުރިއިރު ހީވަނީ ހަމަ ދެންމެ ދެންމެ އަތުން ފައިން ގޯހެއް ހަދާފާނެހެންނެވެ. “ދެޓްސް ނޮޓް ދަ ކައިންޑް އޮފް ބިޒްނަސް ވީ އާ އިން. އައި އެމް ނޮޓް އަ ޕިމްޕް އެންޑް އައިފާ ނާޒިމް އިޒް ސާޓެއިންލީ ނޮޓް އަ ޕްރޮސްޓިޓިއުޓް!! އެންޑް ޓަޗް ހާ އަގެއިން އައި ވިލް ތޮރޯ ޔޫ އައުޓް އޮފް ދެޓް ވިންޑޯ. ދިސް މީޓިން އިޒް އޯވާ!” ލޫތް މިހެން ބުނުމުން ޝުރޭޒް ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ.

“ޔޫ ނޯ ވަޓް ލޫޓް. އައި ލައިކް ޔޫ. އައި ނީޑް އަ މޭން ލައިކް ޔޫ ހޫ ވިލް ސްޕީކް ހިޒް މައިންޑް. އިޓް ސީމްސް އޭސް ތޯ މައި ރިކުއެސްޓް އިސިންޓް ގޮއިންޓު ބީ މެޓް. އައި އެމް ގޮއިން ޓު ސައިން ވިތް ޔުއާ ކޮމްޕެނީ އެނީވޭ. ވަޓް ޑޫޔޫ ތިންކް އެބައުޓް ދެޓް؟” ޝުރޭޒް އޭނާގެ ތުނބުޅި ކަހާލަމުން ބުނެލިއެވެ.

“އައި އެމް ގޮއިން ޓު ސޭ އަ ބިގް ނޯ ޓު ދެޓް ޝުރޭޒް. ސީ، ވީ ހެވް ދިސް ކޮމްޕެނީ ޕޮލިސީ. ވީ ޑޯންޓް ޑީލް ވިތް ޑާޓް ބޭގްސް ލައިކް ޔޫ ހޫ ޓަރައި ޓު ޔޫސް ދެއާ ޕޮޒިޝަން ޓު ގެޓް ވުމެން ޔަންގް އިނަފް ޓު ބީ ދެއާ ޑޯޓާޒް އިން ޓު ބެޑް. ގޯ ޕެޑަލް ޔުއާ ގޭމް ސަމްވެއާ އެލްސް. ވީ އާ ނޮޓް ބައީން.” މޭޒުގައި ގޮށް މުއްކަވާފައި ޖަހާލަމުން ލޫތް ހަރުކަށި ކަމާއިއެކު ބުނެލިއެވެ.

“ތިންކް ކެއާފުލީ ސަން. ޔޫ އާ މޭކިން އަ މިސްޓޭކް.” ޝުރޭޒް ސީދާ ލޫތްއާއި ހަތަރުކަޅި އަމާޒުކޮށް ބުނެލިއެވެ. “އައި ތިންކް ދަ އޮންލީ މިސްޓޭކް އައި ހެވް މޭޑް އިސް ވޭސްޓިން އަވާ ޓައިމް ހިއާ ވިތް ޔޫ. ދެޓްސް ސަމްތިން އައި ޑޯންޓް ޕްލޭން އޮން ޑުއިން އަ ސެކަންޑް ލޯންގަރ. ވީ އާ ޑަން ހިއާ!” ލޫތް މިހެން ބުނެފައި ހަރު ފިޔަވަޅުތަކެއްގައި އެތަނުން ދިޔައިރު ހީވަނީ އޭނާގެ މުޅި ގައިން ވެސް ދުން އަރަމުން ދިޔަ ހެންނެވެ. ޝުރޭޒްއަކީ އެކަހަލަ ދަށް ފެންވަރުގެ ޚިޔާލު ގެންގުޅޭ މީހެއްކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭރު ކައިރި މޭޒު ތަކުގައި ތިބި މީހުން ނަޒަރުވަނީ އޭނާއަށް އަމާޒުވެފައެވެ.

ލޫތް ގޮސް އައިފާ ކައިރި މަޑުކޮއްލިއިރު އޭނާ އިނީ ފޯނާއި ކުޅޭށެވެ. ދެންމެ ލޫތްއާއި ޝުރޭޒްގެ މެދުގައި ހިނގި ކަންތައް އައިފާއަށް ނުފެންނަކަށް ލޫތްއަށް ޔަޤީންވިއެވެ. “ހޭއި.. ކީކޭ އޭނަ ބުނީ؟ ޝުރޭޒް ޤަބޫލިވީދޯ. އައި ނިއު އިޓް.. އިނގޭ އަހަރެމެން ދެމީހުން އެކީގައި މަސައްކަތް ކުރަން އުނދަގޫ ވިކަން އެކަމަކު، އަސްލު ލޫތް ބައްޕަ ބުނީ ރަނގަޅަށް. ވީ މޭކް އަ ގްރެއިޓް ޓީމް.” އައިފާ އުފަލުން ފޮޅިފައި އިނދެ ބުނެލިއެވެ.

ނަމަވެސް ލޫތްގެ މޫނުމަތިން ފެނުނީ ރުޅި ވެރިކަމާއި މާޔޫސްކަމެވެ. “ނޫން.. އަހަރެންގެ ސަބަބުން މި ޑީލް ފަނިވީ.” ލޫތް ގުދުވެ ސޮފާގައި އޮތް އޭނާގެ ކޯޓް ނަގަމުން ބުނެލިއެވެ. އައިފާއަށް ހީވީ އޭނާ ކުރިމައްޗަށް ބޮމެއް ވައްޓާލި ހެންނެވެ. “ވަޓް! ކީކޭ ތިބުނީ؟ އެ ކީއްވެ؟ ލޫތް ކީއްކުރީ؟” އައިފާ ހާސްވެފައި ހުރެ އެއްފަހަރާއި އެތަށް ސުވާލެއް ކޮށްލިއެވެ.

“މި ބުނީނުން އަހަރެންނާއި ހެދި އޭނަ ޤަބޫލު ނުވިއްޔޭ. ހީ އިޒް ނޮޓް އިންޓްރެސްޓެޑް.. ހިނގާ ދާން މިތަނުން.” ލޫތް ދާން ހިނގައި ގަންނަމުން ބުނެލިއެވެ. އޭރު ލޫތްއަށް އައިފާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އެ މޫނުމަތިން ރުޅިވެރިކަން ފާޅުވުމުގެ ބަދަލުގައި ފެނުނީ ހަމްދަރުދީއާއި ހިތާމައެވެ.

“އަޅުގަނޑު ވާހަކަދައްކަންތަ؟ އޭރުން ޤަބޫލު ވެދާނެ..”  އައިފާ މިހެން ބުނެފައި ދާން ހިނގައިގަތުމުން ލޫތް އޭނާ ހުއްޓުވަން މަސައްކަތް ކުރިއެވެ. “ނޫން.. އަޅަނުލައި” އައިފާ ދިއުމުގެ ކުރިން ލޫތް އޭނާގެ ކުރި ބެއްދިއެވެ. “ނޫން.. އަޅުގަނޑު..” ކުއްލިއަކަށް އައިފާގެ އަޑު ހުއްޓުނީ ލޫތްގެ ހަރުކަށި އަޑު އިވުމުންނެވެ. ” އައި ސެއިޑް ނޯ! ނިކުމެ.. ހިނގާ ދާން!” ލޫތްގެ އަޑުގައި ރުޅިވެރިކަން ހާމަވުމުން އައިފާ ވަގުތުން އެތަނުން ނިކުންނަން ހިނގައި ގަތެވެ.

****

ކާރުގެ ދެމީހުން ދިޔައިރު އައިފާ ދިޔައީ ވީގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލޫތް ހަމަ ބަހެއް ވެސް ނުބުނެ ކާރު ދުއްވަމުން ދިޔައިރު އެ އަތްވަނީ ކާރުގެ ހުންގާނުގައި އިފައި ބާރުކޮށްލެވިފައެވެ. ވޮރެން ހޮޓެލް ކައިރިއަށް ކާރު މަޑު ކޮށްލުމުން އައިފާ ލޫތްގެ ފަހަތުން ހިނގައިގަތެވެ.

ލޫތް ދިޔައީ އޭނާ ހޮޓެލްއިން ހިފާފައި ހުރި ކޮޓަރިއަށް ކަމަށް ވިއަސް އައިފާއަށް ފަރުވާލެއް ނެތެވެ. އެމީހުން އެހައި ބުރަކޮން މި ޑީލް ހަމަޖެއްސުމަށް މަސައްކަތްކޮށް އެންމެފަހުން ވީ ކިހިނެތްތޯ އިނގުމުގެ ހައްޤު އައިފާއަށް ލިބިގެން ވާކަމަށް އޭނާ ޤަބޫލު ކުރިއެވެ. ލޫތް އޭނާގެ ކޮޓަރިއަށް ވަނުމުން އައިފާ ވެސް ފަހަތުން ވަނެވެ.

ކޮޓަރި ތަޅުލުމަށްފަހު ލޫތް އޭނާގެ ބޮލުގައި އައްސާފައި އިން ކުޑަ ރަބަރު ކޮޅު ނައްޓާލުމުން އެ އިސްތަށި ކޮޅު ހޭވިގެން ދިޔައެވެ. “އެޓްލީސްޓް ވީ ގޮތެއް ބުނެދީބަ ސަރ.. އައި ޑިޒާވް ޓު ނޯ.” އައިފާ ހުއްޓާ ނުލައި މިހެން ކިޔަމުން ދިޔައިރު ލޫތްގެ ނަޒަރު ހުރީ ސީދާ އައިފާގެ އެ މޫނަށް ހުއްޓިފައެވެ. އައިފާ ކުރި މަސައްކަތުގެ ބަދަލުގައި ޝުރޭޒް ކަހަލަ މީހަކު އޭނާގެ އިއްޒަތާއި އަބުރު މޮޑެލަން ބޭނުންވާ ވާހަކަ ބުނާނީ ކިހިނަކުން ހެއްޔެވެ.

“ޖަސްޓް ޝަޓަޕް! ނުޖެހޭ ބުނާކަށް.” ލޫތް ހަޅޭލަވައިގަތުމުން އައިފާ ހިތުގައި ޖެހުނެވެ. “ސާރ ޕްލީސް.” އައިފާގެ އަޑު ކުރެހުނު އިރު އޭނާ ގޮސް ސީދާ ލޫތް ކުރިމަތީގައި ހުއްޓުނެވެ. “ނޫނެކޭ!” ލޫތް އޭނާގެ ގޮތުގައި ހިފެހެއްޓުމުން އައިފާ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. “އެކީއްވެތަ! ޑޭމް އިޓް ޖަސްޓް ޓެލް މީ ލޫތް!” އައިފާގެ ލޮލުން ކަރުނަ ނިރާލި ނަމަވެސް އޭނާގެ އަޑުގައިވީ ރުޅިވެރިކަމެވެ.

“އޭނާ ބޭނުންވީ ބަދަލުގައި އައިފާ! ފޯ އަ ވަން ނައިޓް! އިނގިއްޖެތަ!!” ލޫތް ރުޅި ހަމައިން ނެއްޓުމުން އައިފާގެ ކޮނޑުގައި ހިފައި ތަލުވާލަމުން އެ ބަސްތަށް ބުނެލިއެވެ. އޭރު އައިފާގެ އަޑު ކަރުގައި ބެދި އެ ލޯ ކަރުނައިން ވިދާލިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި އޮރެންޖު އަލިން އެ މޫނުމަތި ސާފުކޮން ފެންނައިރު އެ ތުންފަތުގައި ވި މަޑު ތުރުތުރު އެޅުން ލޫތްގެ ލޮލުގައި އަޅައިގަތެވެ.

ދެން ލޫތް ކޮށްލި ކަމަކުން އައިފާ ހުރިހާ ހިއްސެއް ހުއްޓުނު ކަހަލައެވެ. ލޫތް އެދިޔަ ގޮތަށް ގޮސް އައިފާ ފާރުގައި ޖެއްސިއިރު ދެ ހަށިގަނޑުވަނީ ޖެހި ބާރުވެފައެވެ. އެ ދެމެދުން ވައިރޯޅިއަކަށް ވެސް ނުދެވޭހޭ ކައިރީގައެވެ. ނޭވާކޮޅަށް ދިޔައިރު ވެސް އެ ދެމީހުންނަށް ދުރެއް ނުވެވުނެވެ.

ކުއްލިއަކަށް ލޫތް ދުރަށް ޖެހިލިއިރު އައިފާގެ ކޮތާފަތުގައި ކަރުނައިގެ ނިޝާން ފެންނަން ހުއްޓެވެ. ދެ ހިތުގެ ތެޅުން އެކަކު އަނެކަކަށް އިވެމުން ދިޔައިރު އައިފާގެ ތުންފަތުގައި ވީ ރަތްކަން މިހާރު ވަނީ ފޭދި ލޫތްގެ ތުންފަތުގައި ވެސް ހޭކިފައެވެ. ވެރިވެފައިވާ ހަމަހިމޭން ކަމުން އިވެމުންދިޔައީ ފުންނޭވާގެ އަޑެވެ.

“ގެޓް އައުޓް!! ޖަސްޓް ގެޓް އައުޓް” ލޫތް ވަރަށް ބާރަށް މިހެން ބުނުމަށްފަހު ގޮސް ރީތިވާ މޭޒު ކައިރީ މަޑުކޮށްލިއެވެ. އޭރު ފާރު ކައިރީ ޖެހި ބުދެއްހެން ހުރި އައިފާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު އެ ލޮލުގައި ފެވުނު އަދުން މިހާރުވަނީ ކަރުނައާއި އެކުވެފައެވެ.

އަނގަމަތީގައި އަތް އަޅަމުން ކޮޓަރިން ދުވެފައި ނިކުން އައިފާ ދޮރުޖެހި އަޑަށް ލޫތް ލޯމަރާލިއެވެ. ފަސްދީގެން ހުރި ލޫތް ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއިރު ތުންފަތުގައި ހޭކިފައި ހުރި ރަތްކަން ފެނުމުން ގަމީހުގެ އަތުން އޭނާ އެ ފޮހެލިއެވެ. އޭރު އެ ހުދު އަތްކުރީގައި ފޭދިފައިވި ރަތް ކުލައަށް ބަލަން ހުރި ލޫތްގެ ލޯ ކަރުނުން ފުސްވި ކަހަލައެވެ. މި ކުރެވުނީ ކީއްހެއްޔެވެ؟

****

އިރުގެ އަލި ދޯދިތައް ކޮޓަރިއަށް ވެރިވެފައި ވީއިރު އެނދުގައި އޮތް އައިފާއަށް ހޭލެވުނީ މޫނުމައްޗަށް އަލި ވުމުންނެވެ. މަޑުމަޑުން ދެލޯ ފޮހެމުން އިށީނދެލައި ފޯނުން ގަޑި ބަލާލިއިރު އަށެއްޖެހީއެވެ. ހަތެއްޖަހާއިރު އޮފީހަށް ދާންޖެހޭއިރު މިއޮތީ ގަޑި ޖެހިފައެވެ. އައިފާ ތެދުވެ ލޯގަނޑު ކުރިމަތީގައި ހުއްޓެލައި އަމިއްލަ ނަފްސަށް ނަޒަރު ހިންގާލިއެވެ.

ރޭގައި ލައިގެން ހުރި ބަލައުސް އެއްފަޅިން ބެގީއިން ނެއްޓިފައި ވީއިރު އެ އިސްތަށިކޮޅު ވަނީ ހޭވިފައެވެ. ރޭ ހަތަރުދަމު ރުއިމުގެ ސަބަބުން އަނދުން ފޭދި ލޮލާއި ކޮލުގައި ހިކިފައި ހުރިއިރު ތުންފަތް ކައިރީގައި ވީ ރަތްކުލަގެ ނިޝާނުގައި އޭނާ އިނގިލި ހާކާލިއެވެ.

ރޭގައި ލޫތް އެކުރި ކަމަކީ ހަޤީޤަތުގައި ވީކަމެއްކަން އަދިވެސް ޤަބޫލުކުރަން ދަތިވިއެވެ. އެވަގުތު ކޮޅު ލިބުނު ހިތްގައިމު އަރާމުގައި އޮޔާދިޔަ ނަމަވެސް އެ ހިތުގައި ލޫތްއަށްޓައި އޮތް ނަފްރަތުގައި ހުޅު ރޯވި ކަހަލައެވެ.

އޭނާ ލޫތްއަށް އެފަދަ ފުރުސަތެއް ދެވުނީ ކީއްވެގެން ބާއޭ އަމިއްލަ ނަފްސާއި ކިތަންމެ ވަރަކަށް ސުވާލު ކުރި ނަމަވެސް އޭގެ ޖަވާބެއް ނުލިބުނެވެ. ލޮލުގައި ކަރުނަ ވިދާލުމުން އޭނާ ނުރޯން ހިންދިރުވާލިއެވެ.

ނޫނެކެވެ. އޭނާ ހިތްވަރު ކުރާނެއެވެ. އޭނާ ޝުރޭޒްދެކެ ރުޅިއައުމުގެ ބަދަލުގައި ނަފްރަތު ކުރެވުނީ ލޫތަށްށެވެ. ލޫތް އޭނާ އެކަހަލަ މީހެއްގެ ކިބައިން ސަލާމަތް ކޮށްދިންކަން އެވަގުތު އެހިތަކަށް ނާރައެވެ.

އައިފާ އޮފީހަށް ދާން ތައްޔާރުވީ ގަޑި ޖެހުނު ނަމަވެސް އޭނާއަކީ ފިލަން ދުވާނެ މީހެއް ނޫންކަން ލޫތްއަށް އަންގައި ދިނުމަށްށެވެ. ލޫތް އަމިއްލައަށް އެކަމެއް ކޮށްފައި އައިފާއާއި ދިމާއަށް ހަޅޭލަވައި ބޭރުކޮށްލުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އައިފާ ލޮލުގައި އަނދުން އަޅާލަމުން އެ ތުންފަތް ރަތް ޖަންބުކުލައިން ފަވާލިއެވެ. އެހެންމީހުނަށް ފެންނަ ފެނުމަށް ރޭގައި ވީކަމެއްގެ ހިލަމެއް ވެސްނުވާނެއެވެ.

****

ހޮޓެލްގެ ކޮޓަރިތެރޭގައި އުޅުނު ލޫތް ގަޔަށް ޓީޝާޓެއް މަހާލަމުން އެނދުގައި އޮތް އަޅި ކުލައިގެ ހޫޑީ ނަގައި ލިއެވެ. ރޭގައި އޭނާ ގެއަށް ނުގޮސް ހޮޓެލްގައި މަޑުކުރީ ލީނާ ކުރިމައްޗަށް ދާނެހައި ހިތްވަރު ނެތުމުންނެވެ. އޭނާ ފިނޑީ ކީއެއް ނޫނެވެ. އެކަމަކު އެފަދަ ކަމެއްކޮށްފައި އަންހެނުން ކައިރީގައި އޮންނަން އަމިއްލަ ނަފްސު ލަދުގަތީއެވެ.

މިއަދު އޮފީހަށް ސަލާމްބުނީ ބަލިކަމަށް ބުނެފައެވެ. އޭނާ ދުރުގައި އޮތް ހުދު ގަމީސް ނެގުމުން އެއިން ދުވީ އައިފާ ރޭގައި ޖަހައިގެން ހުރި ސެންޓުގެ ލުއި ވަހެވެ. ގަމީހުގެ އަތުކުރީގައިވި ނިޝާނަން ބަލާލަމުން އެ ފަތްޖަހާލުމަށްފަހު އަލަމާރިއަށް ލިއެވެ. އޭނާ ދޭތެރެ ދޭތެރެއިން ހޮޓެލްގައި މަޑުކުރާތީ ބޭނުންވާ ބައެއް ސާމާނު ހުންނާނީ ގެނެސްފައެވެ. އެ ގަމީސް ހިފައިގެން ގެއަށް ގޮއްސިނަމަ އިތުރު ސުވާލު ތަކަކާއި ކުރިމަތި ވާނެތީ އެ ފޮރުވިއެވެ.

ކާރުގެ ތަޅުދަނޑި ހިފައިގެން ނިކުއިން ލޫތް ލިފްޓަށް އެރުމަށްފަހު ހޫޑީ ބޮލުގައި އަޅާލިއެވެ. އޭނާގެ ނަޒަރު އޮފީސްތެރެއަށް ހިންގާލީ އައިފާ ފެނޭތޯ ބަލާލާށެވެ. ރޭގައި ވީ ކަންތަކަށްފަހު އައިފާ މިއަދު އޮފީހަށް ނިކުންނާނެ ކަމާއި މެދު ވެސް ޝައްކެވެ. އައިފާގެ އޮފީސް ބޭރުން ލާފައި ދިޔަ ލޫތްއަށް އޭނާ ނެތްކަން އިނގުނީ އޮފީހުގެ ފަރުދާތަށް ކަހާލާފައި ހުރުމުންނެވެ.

ލިފްޓުން ފޭބި ލޫތްގެ ފިޔަވަޅުތަށް ހުއްޓުނީ ހޮޓެލްއަށް ވަދެގެންއައި އައިފާ ފެނިފައެވެ. ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރިއިރު އެ މޫނުމަތިން ފެނުނު ހިތާމަ ލޫތްއަށް ނަގައި ގަނެވުނެވެ. ނަމަވެސް ތަނުގެ މުވައްޒަފުން ގޮވާލުމުން ހިނިތުންވުމެއް ދޭއިރު އެ އެ ހިތާމަތަށް ފޮރުވިގެން ދެއެވެ. ގަޑި ޖެހުނު ނަމަވެސް އައިފާ އޮފީހަށް އައުމުން އޭނާގެ ކިބައިގައި ހުރި ހިތްވަރުގަދަކަން ލޫތްއަށް ފާހަގަވިއެވެ.

އައިފާއަށް ދުރުން ހިނގާފައި އައި ލޫތް ފާހަގައެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ އެންމެންގެ ބެލުންތަކުން ދުރަށް ދާން ބޭނުންވެފައެވެ. އަވަސް ފިޔަވަލުތަކެއްގައި ލޫތް ހުރަސްކޮށްފައި ދިޔައިރު ނޭފަތުގައި ޖެހުނު އަރްމާނީ ސެންޓުވަހުން ފިޔަވަޅުތައް މަޑުވިއެވެ.

ފަސް އެނބުރި ބަލާލަން ހިތަށް އެރި ނަމަވެސް ކުރިއަށް ފިޔަވަޅު އަޅަމުން އައިފާ އޭނާގެ މަންޒިލަށް ދިއުމަށް ލިފްޓަށް އެރިއެވެ. އޭރު ހޮޓެލްގެ ދޮރުން ނިކުއިން އަޅި ކުލައިގެ ހޫޑިއެއްގައި ހުރި މީހަކު ފެނުމުން އެހިތް ތެޅިލިއެވެ.

****

ބާބީ ޑޯލެއް ހިފައިގެން ކުޅެން އިން ލޫލު އޭނާގެ ކިރުތަށި ނުބޯން ބޮޑާހާކަމުން ދިޔައެވެ. ހެނދުނު ހޭލިގޮތަށް ޕިޖާމާގައި އިން އިރު އެ ބުޅި އިސްތަށިކޮޅު ވަނީ ހޭވިފައެވެ. “ނޯ.. ޑޭޑީ އޮބާ؟.. ނުބޭނުން.” ލޫލު ރޮމުން ވާހަކަ ދެއްކިއިރު ލީނާ އުޅުނީ އޭނާއަށް ކިރުތަށި ދެވޭތޯއެވެ. “ޑެޑީ ނެތޭ.. މަންމި މިހިރީ އެއްނުން. ބަސްއަހިގެން ބޯލަ.. ޕްލީސް ބޭބީ.” ލީނާ އާދޭސް ކުރާ ރާގެއްގައި ބުނެލިއެވެ.

“ނޯ!ނޯ!ނޯ!” ލޫލު ކަރުބުޑުން ހަޅޭ ލަވަން ފެށުމުން ލީނާ ރުޅިގަދަވިއެވެ. “ލުޔޫން! ހުއްޓާލަ ހަމަ މިހާރު!” ލޫލުގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ލީނާ ހަޅޭލަވައިގަތެވެ. ލޫލު ބިރުން އަޑުން އަޑުނަގައި ރޯފެށި ވަގުތާއި ލޫތް އައިސް ވައިން ވަގުތާއި ދިމާވިއެވެ. “ލީނާ! ކޮން ހަޅޭކެއް ތި ލަވަނީ؟” ލޫތް އޭނާގެ ހުޑީ ބޮލުން ނައްޓާލަމުން ގޮސް ލޫލު އުރާލަމުން ބުނެލިއެވެ.

ލޫލު ވަގުތުން ލޫތްގެ ގައިގައި ބައްދާލަމުން ރޮމުން ދިޔައެވެ. އޭރު ލޫތް އޭނާ މަސަލަސް ކުރުމަށް ދެފަރާތަށް ތަޅުވަމުން ދިޔައެވެ. “ކިހިނެތްވީ ޑޭޑީގެ ދޫނި.. ކާކު ރޮއްވާލި.. ޝޫޝް ހުއްޓާލަ.. ޑޭޑީ އިޒް ހިއާ. ހިނގާ އަވަހަށް މިލްކް ބޯލަން އޭރުން ޑެޑީހެން ސްޓްރޯންގް ވާނީ.”ލީނާ އަތުން ކިރުތަށި އަތުލަމުން ލޫތް ބުނެލިއެވެ.

އޭރު ލީނާ ހަށަންބަދެގެން ދެބަފައިންނަށް ބަލަހައްޓައިގެން ހުއްޓެވެ. ލޫތް އޭނާގެ ދަރިފުޅު ގޮވައިގެން ބެލްކަންޏަށް ނިކުމެ ބޭރު ދައްކާލިއެވެ. ރޮވިފައިން ލޫލު ކިރުތަށި ދިނުމުން ބޯންފެށިއެވެ. އޭރު ލޫތް މަޑުމަޑުން އެ ބުޅި އިސްތަށި ކޮޅުގައި ފިރުމަމުން އެކި ވާހަކަދައްކަމުން ދިޔައެވެ. ކިރުތަށި ބޮއެ ނިމުމުން ލޫތް އޭނާ ގޮވައިގެން އެތެރެއަށް ވަނެވެ. އޭރުވެސް ލޫތްގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ލޫލު ގިސްލަމުން ދިޔައެވެ.

“އަން..” ލީނާ އަތަށް ތަށި ޖެހުމަށްފަހު ލޫތް ގޮސް ލޫލުގެ ކޮޓަރިއަށްވެނެވެ. އިރުގަނޑެއް ފަހުން ލޫތް ނިކުމެގެން އައިރު އާޒިމާ ސައިބޯން އިނެވެ. “ދަރިފުޅާ އައީތަ. އާދެ ސައިބޯން. ކޮބާ ލޫލު؟” އާޒިމާ ބުނެލިއެވެ. “ނިދިފަ އޮތީ. އަންނާނަން ފެންވަރާލައިގެން.” ލޫތް މިހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އޭރު އެނދުމަތީގައި އެއްޗެހި ފަތްޖަހަން އިން ލީނާ އިނީ ރުޅި މޫނު ހަދައިގެންނެވެ.

“މީގެފަހުން ލޫލު ރޮއްވައިގެން އެއްވެސް ކަމެއް ކުރުވައިގެން ނުވާނެ.. އަޑުގެ ކޮޅަށް ހަޅޭލަވައިގެންނެއް ނޫން ދަރިން ބަލާނީކީ.. ހަމަ ލޯބިން ވިސްނައިދިނީމަ ލޫލު ކަންތައްތައް ކުރާނެ.. އޭނަ ރޮއެރޮއެ ވަރުބަލިވެގެން އެ ނިދީ. ދެންވެސް ބުނޭ އަހަރެން އަބަދު އެއްޗެހި ކިޔަނިއްޔޭ.. ނޫނޭ އަވަހަށް މަންމައަށް ގުޅާ.” ލޫތް ކޮޓަރިއަށް ވައިންގޮތަށް ހޫޑީއާއި ޓީޝާޓު ބާލަމަން ވާހަކަ ދެއްކިއެވެ.

“އަހަރެން އެއްޗެކޭ ނުބުނަމެއްނުން… މަންމައަށް ގުޅަންވީމަ ގުޅާނަން.. ލޫތް ތީ ކާކު ނުގުޅާށޭ ބުނަން.” ލީނާ ރުޅިއައިސްފައި އިނދެ ފަތިވަރެއް ދަމާލިއިރު ކިޔުނު އެއްޗެއްވެސް ރޭކާ ނުލިއެވެ. ލީނާ ބުނި އެއްޗަކުން ލޫތް ދެބުމަ ގޮށް ޖެހުނެވެ. “ކީކޭ؟ އަދިއެއްފަހަރު ބުނެބަލަ! އަހަރެން މިއީ ކާކުކުހޭ؟ އައި އެމް ޔުއާ ޑޭމް ހަޒްބަންޑް!” ލީނާ ކައިރަށް ގުދުވެލަމުން ލޫތް މިހެން ބުނެލިއިރު އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.

“މަށަށް ހެވޭ! އަހަރެން ބޭނުން މީހަކަށް ގުޅާނީ..” ލީނާ ހަޅޭލަވައިގަންނަމުން ފަތްޖަހަން އިން ޖީންސު ލޫތްގެ މޫނުމައްޗަށް ހޫރާލުމަށްފަހު އެނދުން ތެދުވަން އުޅުނެވެ. މިފަހަރު ލޫތްގެ ރުޅި ހަމަ ރަނގަޅަށް ވެސް ހަމައިން ނެއްޓިއެވެ. ލީނާ އެނދުން ރަނގަޅަށް ނުފޭބެނީސް އޭނާގެ އަތުގައި ހިފައި ގެނެސް އެނދުމައްޗަށް ވައްޓާލިއެވެ.

އެނދުގައި ޖެހުނުލެއް ބާރު ކަމުން ލީނާގެ ބޮލަށްވެސް ގޮތްވިއެވެ. އޭރު ލޫތް ގުދުވެ އޭނަގެ ދެއަތުގައި ވަރުގަދައަށް ހިފައްޓާލައިގެން އޮތެވެ. އެ މޫނުމަތިން މިއިން ދުވަހަކުވެސް ނުފެންނަހާއި ރުޅިވެރިކަން ފާޅުވާން ހުއްޓެވެ.

“އިނަފް! އަހަރެން ވަރަށް ކެތް ކޮށްފިން. މިއިން ދުވަހަކުވެސް ލީނާއަކަށް އަނިޔާއެއް ނުކުރަން.. ބުނިންދޯ އަހަރެން މަޑުން ހުންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ނުނަގައްޗޭ! ލީނާ ބޭނުން ހާ މީހަކަށް ނުގުޅޭނެ! ބޭނުންހާ ތާކަށް ވެސް ނުދެވޭނެ!” ލޫތްގެ އަޑު އާދަޔާ ޚިލާފަށް ބާރެވެ.

“ލޫތް ތަދުވެޔޭ..” ލީނާގެ ދެއަތަށް ތަދުވުމުން ރޮވޭގޮތް ވިއެވެ. “ހެވޭ! މީގެފަހުން ގެއިން ބޭރަށް ނިކުމެގެން ނުވާނެ! އަޑުއިވިއްޖެ.. ދިޔަޔަސް އަހަރެން ބުނި ތަނަކަށް ދެވޭނީ.. އެންޑް ލޫލު އެގޮތަށް ރޮއްވައިފިއްޔާ ނިމުނީ! އަހަރެންގެ ނުލަފާކަން ދެން ފެންނާނީ!!” ލޫތް މިހެން ބުނެފައި ލީނާގެ އަތުން ދޫކޮށްލިއެވެ.

އެނދުގައި އިށީނދެ ފައިގައި އުޅަބޮށި ވިއްދާލައިގެން ދެއަތުން ބޮލުގައި ހިފައްޓައިގެން އިން ލޫތް ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭރު ލީނާގެ ރުއިމުގެ އަޑު އޭނާއަށް އިވެމުން ދިޔައެވެ.

އެނދުގައި އޮތް ލީނާއަށް ބަލާލިއިރު އޭނާގެ އަތުގެ ކުޑަހުޅު ވަނީ ރަތްއަރާފައެވެ. މިނޫނީ ދުވަހަކުވެސް ލީނާއަށް އަނިޔާއެއް ނުދޭއިރު ކުރެވުނު ކަންތަކާއި ލޫތް ދެރަވިއެވެ. ރޭގައި ކުރެވުނު ކަންތަކާއި ހެދި ބޯ ހާސްވެފައި ހުރުމުން ހުރިހާ ރުޅިއެއް މި ބޭލުނީ ލީނާއަށްށެވެ.

ލީނާއަށް ގޮވާލަން އުޅެފައި ވެސް ލޫތް އޭނާގެ ޚިޔާލް ބަދަލުކޮށްލިއެވެ. ތެދުވެ ޖިންސު ބޭލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންމާނގަޑު ދޮށުގައި ހުރިއިރު ފެންތިކިތަށް އެ ހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. ލޯމަރާލައިގެން ހުރި ލޫތް ކަންފަތާއި ހަމައަށް އަރައި އިސްތަށިކޮޅަށް އަތް މަހާލީ ބޮލަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. މުޅި ދުވަސް ޚަރާބު ވީއެވެ.

****

ހަވީރުގެ ފިނިވައިރޯޅި ތައް ޖެހެމުން ދިޔައިރު ބެލްކަނީގައި ކޮފީ ބޯން ނާއިލް ރެއިލިންގައި އަތް އަޅުވާލައިގެން ހުއްޓެވެ. “ހޭއި މޭން.” ސައިލަމްގެ އަޑު އިވުމުން ނާއިލް ފަސް އެނބުރި ބަލާލިއެވެ. އޭރު ލައިޝާ އާއި ސައިލަމް ބެލްކަންޏަށް ނިކުމެގެން އާދެއެވެ. ލައިޝާ އައިސް އެތަނުގައި ހުރި ދަގަނޑު ހެއްލާ އުނދޯލީގައި އިށީދެލި އިރު ސައިލަމް އައިސް މަޑުކޮށްލީ ނާއިލް ކައިރީގައެވެ.

“ހާދަ ފިލައިގެން ތި އުޅެނީ..” ސައިލަމް ބުނެލިއެވެ. “ނޫނޭ މިދެން ކުޑަކޮން ބިޒީ ވީމަ ޖައްސާ ނުލެވުނީ.. މާދަން ރޯދައެއްނުން..” ކޮފީ ބޮމުން ނާއިލް ބުނެލިއެވެ. އޭރު ބެލްކަންޏަށް ޒުލޭހާ ވެސް ނިކުންނަނީއެވެ. “އަހާ ކޮން ކުދިންނެއް އައިސްގެން މިއުޅެނީ.. ކޮފީ ގެންނަންތަ ދެ ކުދިންނަށް.. މާދަން ރޯދަ ވުމުގެ ކުރިން ވާނުން ކޮފީއެއް ބޯލަން.. ކީކޭ ބުނަނީ ލައިޝާ؟” ޒުލޭހާ އައިސް ލައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“އަދި މިރޭ ހަނދު ފެނުނިއްޔާ އެއްނުން ރޯދަ ވާނީ.. ހިނގާ އަހަރެން ދާނަން ކުޑަމަންމައާއި އެކީ ކޮފީ ހަދަން.. މިއުޅެނީ އާގޮތަކަށް ކޮފީ ހަދަން ދަސްކޮށްގެން..” ސައިލަމް މިހެން ބުނެފައި ޒުލޭހާއާއި އެކީ އެތަނުން ދިޔައެވެ. ލުތުފީގެ ދެއަނބިންނާއި ވެސް ހުރިހާ ކުދިން ވަރަށް ގުޅެއެވެ. ކޫސަނި މައްސަލަތަކާއި އަރާރުންވުން އާއިލާ ތެރޭގައި ނުއުފެދެނީ ވެސް މި ސަބަބާއި ހުރެއެވެ.

އެމީހުން ދިއުމުން ލައިޝާ ތެދުވެ ނާއިލް ކައިރީގައި މަޑުކޮށްލިއެވެ. “ހޭއި.. ވާހަކައެއް އަހާލަންތަ؟ ކުރީ ދުވަހަކު ލީނާއާއި އެކީ ކާރުގައި ދިޔަތަން އަހަރެން ދެކުނިން.. އަނެއް ކިހިނެތްވީ؟” ލައިޝާގެ ސުވާލުން ނާއިލްގެ މޫނުމަތިން އެއްވެސް ކަހަލަ ހާސްކަމެއް ފާޅެއް ނުވެއެވެ. “އެއީ އޭނަ ގެއަކަށް ޑްރޮޕް ކޮށްލީ.” ނާއިލް ދިނީ ކުރުޖަވާބެކެވެ.

“ލުކް. އަހަރެން ނާއިލަށް އުޅެން ވީ ގޮތް ކިޔާދެނީކީއެއް ނޫން މި. ބަޓް އައި ކެއާ އަބައުޓް ޔޫ.. ލީނާއާއި އެހައި ގާތް ނުވާތި.. ވޭތުވެ ދިޔަ މާޒީ އަނބުރައެއް ނުގެނެވޭނެ. ތި ދެމީހުން އެކުގައި އުޅުނުކަން އިނގޭ ހަމައެކަނި މީހަކީ އަހަރެން.. އަސްލު އަހަރެން ވެސް ހިއެއް ނުކުރަން ބައްޕަ ލޫތްގެ ކައިވެނި ލީނާއާއި ހަމަޖައްސަފާނެއެކޭ.. އައި އެމް ސޮރީ ދެޓް ބްރޯކް ޔުއާ ހާޓް..” ލައިޝާ ބެލީ އޭނާގެ ކޮއްކޮއަށް ވިސްނައި ދެވޭތޯ އެވެ.

“އައި ނޯ. އަހަރެންވެސް ހިއެއް ނުކުރަން އެހެން ވާނެ ކަމަކަށް.. އަނެއްކާ ލީނާ އެކަމާއި އެއްބަސް ވީމަ އެންމެ ދެރަވީ.. އިޓްސް ލައިކް ނަތިން ވޮސް ބިޓްވީން އަސް. ނަސީބު އިތުރު މީހަކަށް އެކަން ނޭގުނުކަން އެހެންނޫނީ މައްސަލަ ބޮޑުވީސް.. އެހެން ނޫނަސް އެމީހުން މެރީ ކުރިގޮތަށް ދުބާއިއަށް ދިޔައީ. އައި ނޯ އިޓްސް ބީން ސެވެސް އިޔާސް.. އެކަމަކު ލީނާ އެނބުރި އެއައީ އަދި ކިރިޔާ.. އެހާ ދުވަސްކޮށްފަ ދިމާވީމަ ވެސް އަގައިން ބުނެނުލާ. އެޓްލީސްޓް ލީނާ އެ ކައިވެއްޏަށް އެއްބަސް ވީ ކީއްވެގެންކަން ބުނެލެވިދާނެ ކަންނޭގެ ދޯ. އައި ޑިސާވް ޓު ނޯ” ނާއިލް ވާހަކަދެއްކި އިރު އެ އަޑުގައި ވީ ހިތާމަ ލައިޝާއަށް އިހުސާސްވިއެވެ.

އޭނާގެ ހިތް ނާއިލަށްޓަކައި ހަމްދަރުދީ އިން ފުރުނެވެ. ނާއިލް ކައިވެއްޏެއް ނުކޮށް އެ ހުންނަނީ ވެސް އެހިތުން ލީނާއަށް ދިން މަޤާމް އިތުރު މީހަކަށް ނުދެވޭނެތީކަން ވެސް އޭނާއަށް އިނގެއެވެ. “މިއީ ދިރިއުޅުމަކީ ނާއިލް.. ކަންތައްތަކާއި ދިމާވާނެ. ދެން އެންމެ ރަނގަޅުވަނީ ނާއިލް ވެސް ލީނާ މަތިން ހަނދާން ނައްތާލައި ދިރިއުޅުމެއް ފެށިއްޔާ.. އިނގޭ އުނދަގޫ ވާނެކަން.. ބަޓް ޓަރައި.” ނާއިލްގެ ކޮނޑުގައި އަތް ބާއްވާލަމުން ލައިޝާ ބުނެލިއެވެ.

“މިހިރީ ސައިލަމް ސްޕެޝަލް ކޮފީ.” ޒުލޭހާ އެތަނަށް ނިކުންނަމުން ބުނެލިއެވެ. އޭރު ފަހަތުން ސައިލަމް ބިސްކޯދު ޕެކެޓެއް ހިފައިގެން އާދެއެވެ. “ހޫމް.. ވަރަށް މީރު.. އަހަރެންނަށް ލިބިފައި މިހިރީ ވާ ރަނގަޅު ފިރިއެއް.” ކޮފީގެ ރަހަ ބަލާލަމުން ލައިޝާ ބުނެލިއެވެ. އެންމެން ކޮފީބޮއެ ސަކަރާތް ޖަހަމުން ދިޔައިރު ނާއިލް އިނީ ލައިޝާ ދެންމެ ދެއްކި ވާހަކައާއި މެދު ފިކުރު ކުރާށެވެ.

****

ރޯދަމަހުގެ ފުރަތަމަ ދުވަސް ގޭގައި ހޭދަކޮށް ލުމަށްފަހު ލޫތް އޮފީހަށް ނިކުއިން އިރު ވާރޭ ކަނި ޖަހަމުން ދިޔައެވެ. މިހާރަކަށް އައިސް ދެދުހުން އެއްދުވަހު ވާރޭ އެބަވެހެއެވެ. އޮފީހަށް ވަދެގެން އައި ލޫތް މިސްރާބު ޖެހީ ރޯދަ މަސް ފެށުމުން ބާއްވާ ބޮޑު ބައްދަލުވުމަށް ދިއުމަށްށެވެ. މުވައްޒަފުންނަން ދޭ ރޯދަ އެލެވެންސްއާއި އިތުރު ކަންތައްތައް އޮޅުން ފިލުވައިދިނުމަށް ބާއްވާ މި ބައްދަލުވުން ކުރިއަށް ގެންދަނީ ލޫތްއެވެ.

ބައްދަލުވުން ކުރިއަށް ދިޔައިރު ދުރުގައި އިން އައިފާގެ ނަޒަރު ހުރީ ސީދާ ލޫތްއަށް އަމާޒުވެފައެވެ. އެރެއަށްފަހު ލޫތް ފެނެލި މިއީ ފުރަތަމަ ފަހަރަކަމުން އައިފާއަށް އުނދަގޫތަކެއްވިއެވެ. ނަމަވެސް ލޫތް އެންމެ ފަހަރަކު ވެސް އައިފާއާއި ދިމާއަށް ބަލާނުލިއިރު އޭނާ އިން ކަމަށް ވެސް ހަދާނުލިއެވެ.

ބައްދަލުވުން ނިމުމުން ބައެއް މީހުން މަޑު ކުރަން ލޫތް އެންގި އިރު އޭގެތެރޭގައި އައިފާ ވެސް ހިމެނުނެވެ. އައިފާ ހީކުރީ އެއީ އެރޭ ހިނގި ކަންތަކާއި މެދު ވާހަކަދެއްކުމަށް އޭނާ މަޑު ކުރުވީ ކަމަށެވެ. ރަނގަޅަށް ވިއްޔާ އެކަން ސިއްރު ކޮށްދިނުމަށް އެދި އައިފާ ކައިން އާދެސް ކުރާނީ ބާއޭ އޭނާ ހިތަށް އެރިއެވެ. ނޫނެކެވެ. ލޫތް އަހްމަދު ލުތުފީއަކީ މީހުން ކައިރީގައި އާދޭސް ކުރާނެ މީހެއް ނޫނެވެ. އެހެންވިއްޔާ ފަހަރެއްގައި މަޢާފަށް ވެސް އެދި ދާނެއޭ އައިފާ ހިތަށް އެރިއެވެ.

ލޫތް ކޮންމެ މުވައްޒަފަކާއި ވާހަކަދައްކާލުމަށްފަހު ފޮނުވާލަމުން ގޮސް އެންމެ ފަހުން އިން އައިފާއާއި ޖެހުނީ އެވެ. “މިސް އައިފާ.” ލޫތް އޭނާގެ ނަން ގޮވާލުމުން އައިފާ އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުތެވެ. “ރޯދް އެލެވެންސްގެ ކަންތައް ހަމަޖައްސާނީ އައިފާ.. ކޮންމެ މުވައްޒަފަކަށް ވެސް އެ ލިބުނުކަން ޔަޤީންކޮން ރަނގަޅަ މިކަން ކުރަންވާނީ. އެއްވެސް ކަހަލަ ކޮމްޕްލެއިންއެއް އައިސްގެން ނުވާނެ.” ލޫތް މިހެން ބުނެފައި އައިފާއާއި ގަނޑުތަކެއް ހަވާލުކޮށްލިއެވެ.

އެ ގަނޑުތަކުގައި ހިފި ވަގުތު ދެމީހުންގެ އިނގިލތަށް ބީހިލުމުން އައިފާއަށް ހިވީ އޭނަގެ އެތެރެހަށީގައި ކަރަންޓު ބާންނިއެއް ދަތުރު ކޮށްލި ހެންނެވެ. އޭރު ވެސް އައިފާ އުއްމީދު ކުރީ ލޫތް އެރޭ ވީ ކަންތަކާއި މެދެ އެއްޗެކޭ ބުނާނެ ކަމަށްށެވެ. “އޯކޭ ދެން.” ލޫތް މިހެން ބުނެފައި އޭނާ ގެންގުޅު ފައިލް ހާވަން ފެށިއެވެ. ނަމަވެސް އައިފާ އެތަނުން ނުދިޔުމުން ލޫތް އިސްއުފުލާ ބަލާލިއެވެ. “ޔެސް؟” ލޫތް މިހެން ބުނުމުން އައިފާ އަތުގައި ހުރި ގަނޑުތަށް މޭޒުމައްޗަށް ޖެހިއެވެ.

“ރިއަލީ ލޫތް. މިހެންތަ ކަންތައް ކުރާނީ. އެރެއަށްފަހު ހަމަ މިހާ ނޯމަލް ކޮންތަ ތި އުޅެނީ؟ ލައިކް ނަތިން ހެޕަންޑް؟ ވީގޮތް އެކްސްޕްލެއިން ކޮށްނުދިން ތާނގައި އެޓްލީސް ސޮރީއޭ ބުނެވިދާނެ ކަންނޭގެ.” އައިފާ ހުރީ އިންތިހާއަށް ހިތްހަމަ ނުޖެހިފައެވެ. ލޫތް ހަމަ އެއްވެސް ކަމެއް ނުވާހެން ވާހަކަދެއްކުމުން އެ ހިތަށް ތަދުވިއެވެ.

“ކޮންކަމެއްވީ؟ ނޭނގުން ތި ދައްކާ ވާހަކައެއް.” ލޫތް ވަރަށް ހަމަޖެހިލާފައި މިހެން ބުނެ ގޮނޑީގައި ލެނގިލިއެވެ. އޭރު އައިފާ ހުރީ އޮޅުމެއްގެ ތެރޭގައެވެ. “ނޭނގުނޭ.. އެރޭ ޔޫ.. ޔޫ.” އައިފާ ބުނަން ބޭނުންވި ނަމަވެސް އެދުލުން އެބަސްތަކެއް ބޭރެއް ނުވިއެވެ. “ވަޓް؟” އެއްބުމަ އަރުވާލަމުން ލޫތް ބުނެލިއެވެ.

“ޔޫ ކިސްޑް މީ.. ލޫތް އެކަން ކުރީ.. އެއަށްފަހު ލޫތް އަހަރެން އެތަނުން ބޭރުކޮށްލީ ވެސް..” އައިފާ މިހެން ބުނިއިރު އެ އަޑުގައި ވީ ހިތާމަ ފޮރުވައި ހަރުކަށިކޮން ބުނެލިއެވެ. “ކޮން ކިސްއެއް؟ އަހަރެންނަކަށް ނޭނގެ ތި ދައްކަނީ ކޮން ވާހަކައެއް ކަމެއް.” ލޫތް އޭނާގެ ގޮނޑިން ތެދުވެ އައިފާގެ މޫނުގައި ޖެހޭނުޖެހޭހައި ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ. އެވަގުތުކޮޅު އައިފާގެ ހަނދާނަށް އައީ އެރެއެވެ. އެ ގާތްކަމެވެ.

ނަމަވެސް ލޫތް އެކަމާއި އިންކާރު ކުރުމުން އައިފާ ސިހުނެވެ. މިއީ ކޮންގޮތަކަށް އުޅޭ މީހެއް ބާއޭ އައިފާ ހިތަށް އެރިއެވެ.

“އަޑުއިވިއްޖެ.. ތިބުނި އެއްވެސް ކަމެއް ނުހިނގާ.. މީހެއް ކައިރީގައި ބުންޏަސް އެކަކުވެސް ޤަބޫލެއް ނުކުރާނެ. ގެޓް އައުޓް އައިފާ ނާޒިމް.” ލޫތް ހަރުކަށި ކަމާއި އެކު މިހެން ބުމުން އައިފާ ދެ ފިޔަވަޅު ފަހަތަށް ޖެހުނެވެ.

ލޫތް ހަމަ ރަނގަޅަށް ވެސް އެކަމާއި އިންކާރު ކުރީބާއޭ އައިފާ ހިތަށް އެރިއެވެ. މިކަހަލަ މުއްސަނދި ފިރިހެނުންނަކީ ހުސް ދޮގާއި ސިއްރުން މުޅި ދިރިއުޅުން ބިނާ ކުރާ ބައެއްކަން މިއަދު އައިފާއަށް އިނގިއްޖެއެވެ. އެހިތުގައި ހިނދުކޮޅަކަށް ދިއްލުނު ހުޅުކޮޅު ނަފަރަތުގެ އަލިފާނަށް ބަދަލުވެގެން ދާން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ.

“އޯ.. ވެލް ޕްލޭޑް މިސްޓާރ ލޫތް. ފައިން އަޅުގަނޑު މިތަނުން ހިނގައިދާނަން. އެކަމަކު އެރޭ ހިނގި ކަމަކީ ނުވާ ކަމަކަށް ނުހެދޭނެ. ވީ ބޯތް ނޯ ދެޓް. ޑޯންޓް ވީ. ހެވް އަ ގުޑް ޑޭ.” އައިފާ މިހެން ބުނުމަށްފަހު ގަނޑުތަށް ހިފައިގެން ނިކުމެ އޮފީހުގެ ދޮރުޖެހި އަޑު ގުގުމައިގެން ދިޔައެވެ.

****

ރޭގަނޑުގެ އިޝާ ނަމާދަށް ގޮވިއިރު ބަދިގޭގައި ހުރި ލީނާ އުޅުނީ ލޫލުއަށް ކާން ދޭން ތައްޔާރު ކުރާށެވެ. ތަށްޓަކަށް ބަތްއަޅަން ހުރި ލީނާ ސިހުނީ ފަހަތުން މީހަކު ކަރު ކެހެލި އަޑަށްށެވެ. ލައިޝާމެން ރޯދަ ވިއްލަން ބޭރަށް ދިޔަގޮތަށް އަދި ނާންނަ އިރު އާޒިމާ އޮތީ ނިދިފައެވެ. އޭރު ލޫތް އޮފީސް ކަމަކު ބޭރަށް ދިޔައިރު ލޫލު ވީ ކޮޓަރީގައެވެ.

ލީނާ ފަސްއެނބުރި ބަލާލިއިރު ދުރުގައި ހުރި ނާއިލްފެނި ސިހުނެވެ. “ނާއިލް މިތާ ކީއްކުރަނީ؟” ލީނާ ހަމަޖެހެމުން ވާހަކަދެއްކިއެވެ. “މިއައީ ލޫލު ދެކިލަން.. މިއަދު އަދި އޭނަ ނުފެނެއޭ.” މޭޒުމަތީގައި ހުރި ތަށިން ރޯސް ޕާން ކޮޅެއް އަނގައަށް ލަމުން ނާއިލް ބުނެލިއެވެ. ލީނާ އިތުރު އެއްޗެކޭ ނުބުނެ ތަށްޓަށް ރިހަ އަޅަމުން ދިޔައެވެ.

“ހަމަ ވާހަކަ ނުދައްކާނީތަ؟ ހާދަ ސިއްރުންނޭ ތި އުޅެނީ.” ނާއިލް އައިސް ކާގޭގެ ކައުންޓަރު މަތީ އަތް އަޅުވާލަމުން ބުނެލިއެވެ. “ނާއިލް ޕްލީސް.. ހަތް އަހަރުވީއޭ.. ތިކަން ހުއްޓަންވީނުން.. ލީވް މީ އެލޯން.” ބަތް މޮޑެން ހުރީ ލީނާއަށް ކެތް ނުވުމުން ބުނެލިއެވެ.

“ހާދަ ފަސޭހައޭ ދޯ ލީނާއަށް ތިހެން ބުނެލަން.. ފުރަތަމަ ލޫތްއާއި އިންނަން އެއްބަސް ވީ ކީއްވެގެންކަން އަހަރެން ކައިރިއަކު ނުބުނެވުން.. އަދިވެސް ކަންތައްތައް ސިއްރު ކުރަންތަ ތި އުޅެނީ.. އަހަރެން ބޭނުންނަމަ މިހާރު ވެސް ލޫތް ކައިރީގައި ކިޔޭނެ ކިތަންމެ ވާހަކައެއް އެބަހުރި.. އެކަން އިނގެއެއްނުން ދޯ.” ނާއިލް މިހެން ބުނުމުން ލީނާ ފުންނޭވާއެއް ލިއެވެ.

“ނާއިލް މަޑުން ވާހަކަދައްކަބަލަ.. އިނގެޔޭ ލޫތް ކައިރި ދެއްކޭނެ ކިތަންމެ ވާހަކައެއް ހުންނާނެކަން.. ދެން ކީއްވެތަ އަހަރެން ފަހަތުން އަޅުވާލައިގެން ތި އުޅެނީ؟ ކިހިނެތްތަ ހަދަންވީ؟” ލީނާ ރުޅިއައިސްފައި ހުރެ ބުނެލިއެވެ. “ކިހިނެތްހޭ ހަދަންވީ؟ އޯކޭ ލީނާ ކިތައް ކަންތައް އަހަރެންނަށް ސިއްރު ކުރާނީ؟” ނާއިލް މިހެން ބުނެ ލީނާއާއި ކައިރިއަށް ޖެހިލިއެވެ.

“ކޮން ސިއްރެއް؟ ބުނެފީމެއްނުން އަހަރެން ލޫތްއާއި އިނީ އެހެން ސަބަބުތަކާއި ހުރެއޭ. އެއީ ކޮންމެހެން ނާއިލްއަށް އިނގެންޖެހޭ ކަމެއް ނޫން.. އިޓްސް ބީން ސެވެން އިޔާސް. ލެޓް އިޓް ގޯ.” ލީނާ ސިންކު ކައިރިއަށް ޖެހިލައި އެއްއަތް ދޮވެލަމުން ބުނެލިއެވެ. “އަހަރެން ނުދައްކަމޭ ތި ވާހަކައެއް.. އިޓްސް ސަމްތިން އެލްސް.” ނާއިލް މިފަހަރު އައިސް ހުއްޓެލީ ފަހަތުން ލީނާގެ ގައިގައި ޖެހޭނުޖެހޭހައި ގާތުގައެވެ.

އޭރު އިސްކުރު ދޫކޮށްގެން ހުރި ލީނާގެ ނިތްކުރިން ދާ ތިކިތަށް ފާޅުވަމުން ދިޔައެވެ. ނާއިލް އިތުރަށް އޭނައާއި ގާތްވެލައި އެ ހޫނު ނޭވާ ކަންފަތަށް އެޅުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. “ލުޔޫން އެއީ އަހަރެންގެ ދަރިއެއްނުން.” އޭނާގެ ކަންފަތް ދޮށުގައި ނާއިލް ވަރަށް މަޑުން ބުނެލިއެވެ. ކުއްލިއަކަށް ލިނާ ސިހިފައި އޭނާ ހިފަހައްޓައިގެން ހުރި ބަތްތަށި ސިންކުތެރެއަށް ވެއްޓުނު އަޑު މުޅި ތަނުގައި ހިފާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 57

Next

ވިސްނުނީ މާ ފަހުންނެވެ. 1 ވަނަ ބައި

Next
June 21, 2016

ވިސްނުނީ މާ ފަހުންނެވެ. 1 ވަނަ ބައި

Previews
June 21, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 57

65 Comments!

  1. layaal says:
    June 21, 2016 at 1:34 pm

    enjoy guys. next part in sha allah on thursday. let me knoq how it is. Love <3

  2. Anonymous says:
    June 21, 2016 at 1:46 pm

    Wow v obi

  3. hen says:
    June 21, 2016 at 1:51 pm

    haha.. cool

  4. ken? says:
    June 21, 2016 at 1:57 pm

    masha allah v furihama…keep gng…☺

  5. Booooo says:
    June 21, 2016 at 2:07 pm

    Wow. V habeyxx.

  6. kudy says:
    June 21, 2016 at 2:08 pm

    Wow….. vvvvvv salhi!!
    Keep it up??!!! Next part delay nukoh avahah up koh lah cheyy plxxxxx….
    Waiting waiting……. ??

  7. Riu says:
    June 21, 2016 at 2:25 pm

    vvvvvvv slhi igey. totally speechless. looth haadha arrogant ey dhw. this is the best story now on esfiya. and the last plot twist was awesome! keep going layaal.
    can’t wait for Thursday to see leena’s expression lol ?

    1. layaal says:
      June 21, 2016 at 3:11 pm

      thank you ❤️

  8. miroo says:
    June 21, 2016 at 2:26 pm

    woah!! he kissed her! didn’t see that coming. alhey e dhe meehun gulhuvaba layaal. make looty fall in love. make aifa change him!! love it ❤️❤️

  9. aff says:
    June 21, 2016 at 2:28 pm

    oh loolu e ee nail ge baby eh dhw hama .. teethi..keep going ☺

  10. faroo says:
    June 21, 2016 at 2:34 pm

    varah reethi story. keep it up layaal

  11. visha says:
    June 21, 2016 at 2:46 pm

    awww salhi story eh…

  12. Affakko says:
    June 21, 2016 at 2:52 pm

    Wow it was really beautiful Next part miahvure dhigukoh genesdhyba please. .. Gud luck layaal. Keep it up.

    1. layaal says:
      June 21, 2016 at 3:16 pm

      thanks ❤️

  13. Jasy says:
    June 21, 2016 at 2:53 pm

    i just love this story… can’t wait for the next part

    1. layaal says:
      June 21, 2016 at 3:14 pm

      thank you ?

  14. Ainy says:
    June 21, 2016 at 2:55 pm

    V v v reethi mi part vx ….mi vaahaka avahah upp vaathy v happy …keep it up …

    1. layaal says:
      June 21, 2016 at 3:15 pm

      thank you ?

  15. sidd says:
    June 21, 2016 at 2:59 pm

    Vrh reeethi as usual..

  16. Niusha says:
    June 21, 2016 at 3:08 pm

    Aacha salhi kan.. Ehaa las nukoh up koh dheythi v ufaavey

    1. layaal says:
      June 21, 2016 at 4:38 pm

      thanks ?

  17. Ahmed Ammu says:
    June 21, 2016 at 3:48 pm

    Hama Habeyss. Keep it up Layaal

    1. layaal says:
      June 21, 2016 at 4:38 pm

      thanks you Ammu ?

  18. RaM says:
    June 21, 2016 at 3:50 pm

    Thank you layaa. Mi part v vv salhi.

    1. layaal says:
      June 21, 2016 at 5:26 pm

      thank you RaM ?

  19. ? says:
    June 21, 2016 at 4:00 pm

    Keep going..delay ehnethi genasdheythi v happy…..mi vwahaka kiyaa hithun hureveni ky eh noon??

    1. layaal says:
      June 21, 2016 at 4:39 pm

      hehe. thank you.

  20. Jaali naga says:
    June 21, 2016 at 4:09 pm

    Nyc… Layaal grl eh thrr???

    1. layaal says:
      June 21, 2016 at 5:24 pm

      yes. i’m a girl ??

  21. aimin mau says:
    June 21, 2016 at 4:16 pm

    It ws very nice n cnt wait fr next part………????????????

    1. layaal says:
      June 21, 2016 at 5:25 pm

      thank you

  22. mimmy says:
    June 21, 2016 at 4:34 pm

    v v reethi avahah up kurahchey

  23. Lai says:
    June 21, 2016 at 4:40 pm

    Awsom v v salhi ehaa dhigukon genes dhinyma v happy

    1. layaal says:
      June 21, 2016 at 5:25 pm

      thanks

  24. Appy says:
    June 21, 2016 at 5:16 pm

    Woww …awesome. …whn next part

    1. layaal says:
      June 21, 2016 at 5:25 pm

      thanks. next part on Thursday in sha allah

  25. meesha says:
    June 21, 2016 at 6:25 pm

    wht the!!!!! AWSOMMMM!!!!!!!

  26. shaya says:
    June 21, 2016 at 6:55 pm

    Wow❤….avahah aneh bai kiyan beunun

  27. nishy says:
    June 21, 2016 at 7:18 pm

    Hmm nice

  28. Aimsithu says:
    June 21, 2016 at 7:22 pm

    Varah varah varah furihama mi part ves… waiting waiting. ..

  29. Saajidh says:
    June 21, 2016 at 7:40 pm

    V v v salhi… next part avahah up kollahchey…

  30. shiya says:
    June 21, 2016 at 7:59 pm

    Wow vvvvv salhi…

  31. Ary says:
    June 21, 2016 at 8:27 pm

    woah! this story is hama AWASOME!! HABEYS! varah salhi igey. can’t wait to read next part. love you layaaaaaaallll mihaa reethi vaahaka eh genesdhi neema ❤️❤️❤️

  32. aifaa says:
    June 21, 2016 at 8:47 pm

    Wow v nice

  33. javaa says:
    June 21, 2016 at 9:43 pm

    wow v salhi mi story ..
    just waiting for the next part

    1. layaal says:
      June 21, 2016 at 10:52 pm

      thanks

  34. Tedd says:
    June 21, 2016 at 10:25 pm

    Loolu ah 7 years tha?

    1. layaal says:
      June 21, 2016 at 10:50 pm

      loolu is 4 years.

  35. Niiii says:
    June 21, 2016 at 10:37 pm

    Leena and Loot marry kongen mihaaru seven years!! And luyoon is four years!! How come luyoon became Naails kid?? Confused!!!! ???

    1. layaal says:
      June 21, 2016 at 10:51 pm

      well we will see about that in the next episode ?

  36. rau says:
    June 21, 2016 at 11:15 pm

    vvv reethi stry eh.. love it.. keep it up..

  37. natha says:
    June 21, 2016 at 11:25 pm

    Looth an aifa gulhuvaalaba eyrun v nice vaan dhw!

  38. Tedd says:
    June 22, 2016 at 12:33 am

    Niii.. Thats what even I was thinking about. So ehnviyya marry kuri fahun ves Naail n Leena gandeh gathy kamah dhw e vaany. Btw the story is going nice, n hope the writer will continue to impress us like this in the future too.

  39. Mar Sha Marsha says:
    June 22, 2016 at 12:54 am

    This is a vvv nice story… one of my all time favs in esfiya… keep it up layaal… inthizaaring for thursday

  40. ihusaana says:
    June 22, 2016 at 9:46 am

    Miadhu ge bai ves varah foari gadha…. ekam hithah aranee Naail adhi Leenaa 7 aharu fahun ney e bahdhalu v… dhen kihineh hey Leenaa ge dharifulhu ge bahpa akah Naail vaanee?? E dharifulhu ge umuraky 4 aharynu dhw??

  41. Lailaa says:
    June 22, 2016 at 10:36 pm

    Sifa kurun tha hadha frihama eyy.speechless….

  42. layaal says:
    June 23, 2016 at 12:28 am

    thank you all ??. i’m glad you all love it. i will try to update the new part tomorrow (Thursday) before 3. sorry if it gets delayed but i will surely update it tomorrow in sha allah. Love ❤️

  43. afoo says:
    June 23, 2016 at 1:38 pm

    plx new part avas kohla bala

  44. layaal says:
    June 23, 2016 at 2:48 pm

    hey guys i said i would try to update before 3 but i have been really buxy today so i’ll try and update it tonight in sha allah. i have only written half so hope you all will understand. sorry for the delay again ?.

  45. teddy says:
    June 23, 2016 at 3:29 pm

    ok.. hope will see the new part soon

  46. saai says:
    June 23, 2016 at 7:10 pm

    Plx new part avas kohla bala plx plx plx

  47. rau says:
    June 23, 2016 at 7:19 pm

    new part plx avas kohla bala

  48. Niu says:
    June 23, 2016 at 7:58 pm

    Mi story ah kudin kohfa huri comments thah kiyaafa story reethi vaane kamah balaafa story kiyan feshee …. Vvvvv reethi mi story ge mihaa hisaabah nikumefa huri part thah.

  49. Faathee says:
    June 23, 2016 at 8:40 pm

    Alhe ekamu ehaa kuru koh nu genes dhechey. V v v v reethi story. inthizaaru ga next part up kuraane irakah

  50. shaya says:
    June 23, 2016 at 8:46 pm

    Alhe kobaatha.. V Ginain belijje vaahaka update vi thoa

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (7)←


All Right Reserved!