Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަސަރު 17

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
June 22, 2016 8 Mins Read
54 Comments

“އަސްލު ކިހިނެއްތަ ވީ؟” އަހުސަން ޝިކާ ގާތު އަހާލީ ވާނުވާ އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޝިކާ ބުނަން އަނގަހުޅުވާލި ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ޝިކާ ފަހަތް ބަލާލިއިރު ރީނާ އޭނާގެ ބޯހޫރުވާލީ ނުބުނާށޭ ބުނާ ފަދައިންނެވެ. ޝިކާ ހީލުމަށްފަހު ބޯޖަހާލިއެވެ. އަދި ވެގެން އުޅޭގޮތް ފަހުން ކިޔައިދޭނެކަމަށް އަހުސަން މެން ގާތު ބުނެ އެދެމީހުން ހަމަޖައްސާލުމަށްފަހު ރީނާ އާ އެކީ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

*************

“ސޮރީ އިނގޭ… އަސްލު ރުޅިއައިސްފަ ހުރި ވަރުން އަމީން ގައިގަ ޖެހުނީ..” ޝިކާ އެނދުމަތީގައި އިނދެ ރީނާ ގާތު ބުނެލިއެވެ. އޭނާ ހުރީ އަމީން ގައިގައި ޖެހުމުން ވަރަށް ވެސް ދެރަވެފައެވެ. މީހަކު ދެކެ ކިތަަންމެ ރުޅި އަޔަސް އޭނާ ދުވަހަކުވެސް މީހަކު ގައިގައި ޖަހާފައެއް ނުވެއެވެ.

“އަހަރެން ބިރު ގަންނަނީ އަމީން ޝިކާ އަށް ކަމެއްކޮއްލަ ފާނެތީ… އަހަންނަށް އަމީންގެ ގޮތް ހަމަ ރަނގަޅަށް އެނގޭ…” ރީނާ ޝިކާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ޝިކާގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ. އަނެއްކާ ރީނާ ބުނި ގޮތަށް އަމީން އޭނާ ދެކެ ރުޅިއައިސްގެން އޭނާ އަށް ކަމެއް ކޮއްލަފާނެ ބާއެވެ؟ ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. އެވަގުތު ރަނާ ކޮޓަރިތެރެއަށް ވަންނަނީއެވެ.

ޓިއުޝަނުން އައިސް ފޮތްތައް ހިފައިގެން ކޮޓަރިއަަށް ވަތް ރަނާ އަށް ލިބުނީ ހައިރާންކަމެވެ. ރީނާ އާ ޝިކާ ކައިރީގައި ވާހަކަދައްކަން ތިބިގޮތް ފެނިފައެވެ. އެހެންނޫނީ ރީނާ ޝިކާ ދެކެ އެހާމެ ރުޅި އާދެއެވެ. މިޔަދު އެއުޅެނީ ކިހިނެެއްވެގެން ބާއެވެ؟ ފޮތްތަށް މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ ޖެހެލީ ރީނާމެން ގާތަށެވެ. އަދި ބޯއަރިކޮށްކޮށްފައި އެދިމާ ބަލަން ފެށިގޮތުން ޝިކާ އާ ރީނާ ގާތަށް ވެސް ހިނިއައެވެ.

“އިޒް ދިސް އަ ޑްރީމް؟” ރަނާ ބޯކަހާލަމުން ޝިކާމެންގާތު އަހާލިއެވެ.

“ސާބަސް ރަނާއަަށް.. އަހަރެން ޝިކާ އާ ފްރެންޑް ވެގެން ނުވޭތަ؟” ރީނާ ހެމުން ހެމުން އަހާލިއެވެ.

“ނޫން.. އެހެނެއްނޫން…” ރަނާ އޭނާގެ އަލަމާރި ކައިރިއަށް މިސްރާބު ޖަހަމުން ބުނެލިއެވެ. ” އޭތް.. ހަލީމައްތަ ބުނީ މިކޮޓަރިއަށް ރޭގައި ވަގެއް ވަންނަން އުޅުނީއޯ.. މި ކޮޓަރީ ކުޑަ ދޮރު ކައިރީގަ އެހުރި ފިނިފެންމާ ގަސްތަށް ހުރީ ސުންނާފަތި ވެފައޯ.. މަވެސް ބަލާލިން.. ހުރީ ގަސްތަށް ބިނދިފަ…” ރަނާ އޭނާގެ އަލަމާރި ހާވަމުން ވާހަކަ ދައްކަމުން ގެންދިއައެވެ. ރީނާ އާ ޝިކާ ދެމީހުން ދެމީހުންނަށް ދެލޯ ބޮޑުކޮށްފައި ބަލާލިއެވެ. އެވަގުތު ޝިކާ އަވަސް އަވަހަށް އޭނާގެ ފައި އެނދުމައްޗަށް އަރުވާ ހެދުން ދަށަށް ލައި ފޮރުވާލިއެވެ. އޭނާގެ ފައިގައިވާ ޒަޚަމްތަށް ފެނި ރަނާއަށް ޝައްކު ވެދާނެތީއެވެ.

“އެހެންތަ؟ ހަލީމައްތަ ގާތު ބުނޭ މިކޮޓަރީ ދޮރު ލައްޕާފައޭ ރޭގަނޑަށް ބަހައްޓަނީ..” ރީނާ އަވަސް އަވަހަށް ބުނެލިއެވެ.

“އާނ… ދައްތަ ބުނީ ރޭގަނޑަށް ކުޑަދޮރު ލައްޕައި ދޮރުފޮތިގަނޑު ރީތިކޮށް ބޭރު ނުފެންނަ ވަރަށް ދަމާފައި ބަހައްޓާށޯ..” ރަނާ ވާހަކަ ދައްކަމުން ގެންދިއައެެވެ. ޝިކާ އެވަގުތު ހުރީ ވަރަށް ހާސް ވެފައެވެ. ހަލީމާއަށް އޭނާގެ ފައި ފެނިއްޖެނަމަ ޔަޤީނުންވެސް ޝައްކުވާނެއެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ފައިގައިވާ ތަންތަން ރަނގަޅުވަންދެން އިސްޓާކީނަށް އަރައިގެން އުޅުމަށެވެ.

“އޯހް.. އައި އެމް ސޯ ހެޕީ… ފައިނަލީ! ޔޫ ގާއިޒް އާ ފްރެންޑްޒް!” ރަނާ ދުވެފައި އައިސް ރީނާ އާ ޝިކާ އާ ދެމީހުން ގައިގައި ކުއްލިއަކަށް ބައްދާލިއެވެ. ދެން އިވިގެން ދިއައީ ތިން ކުދިންގެ ހުނުމުގެ އަޑެވެ.

**************

ގަޑިން ރޭގަނޑު 12 ޖެހީއެވެ. ޝިކާ އަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ލޯ ފުހެލަމުން ފޯނުގެ ސްކްރީނަށް ބަލާލުމާއެކު އޭނާ ބިރެއް ފެނިގެން ފަދަ ގޮތަކަށް ފުންމައިގެން ތެދުވިއެވެ. އޭނާ ގެ ފޯނަށް މިގުޅަނީ އަމީން އެވެ. ހާސްވެގެން އޭނާއަށް ކޮޓަރިތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަން ފެށުނެވެ. އިރުކޮޅަކު ރިންގުވެފައި ކެނޑުމާއެކު އަނެއްކާވެސް އަމީން ގުޅަން ފެށިއެވެ. ޝިކާގެ ހިތްނެގިނެގިފައި ޖެހެމުން ދިއައެވެ. އޭނާ ހުރީ ނުލާހިކު ބިރުގަނެފައެވެ. މިޔަދު އޭނާ އަމީން އާ ދިމާއަށް ކީ އެއްޗެހި ކީ ގަސްތުގައެއް ނޫނެވެ. ރުޅިއައިސްފައި ހުރިވަރުން އޭނާއަށް އެހެން ކިޔުނީ އެވެ. އަމީން ރީނާއަށް ހެދި ގޮތް ހަނދާންވުމުން އޭނާ އިތުރަށް ބިރުގަންނަން ފެށިއެވެ. ބާރުބާރަށް ހިނގާލާފައި ގޮސް އޭނާ ހުއްޓުނީ ރީނާ ނިދާފައި އޮތް އެނދު ކައިރީގައެެވެ. އަދި އުޑުފައިން އިށީނުމަށްފަހު މަޑުމަޑުން ރީނާގެ ކޮނޑުގައި ހިފާލުމަށްފަހު ގޮވާލިއެވެ.

ރީނާއަށް ހޭލެވުނީ މީހަކު އޭނާއަށް ގޮވާތީއެވެ. ފަތިސްވީއޭ ހިތައި އޭނާ ތެދުވެ ދެލޯ ފުހެލުމަށްފަހު ބަލާލިއިރު އޭނާގެ އެނދު ކައިރީގައި މިއިނީ ޝިކާއެވެ. ހައިރާންވެ ހުރެ އޭނާ ކިހިނެއްވީހޭ އަހާލިއެެވެ. ޖަވާބުގައި ޝިކާ ދައްކާލީ އޭނާގެ އަތުގައި އޮތް ފޯނެވެ. އަމީން ޝިކާއަށް ގުޅަމުންދާތަން ފެނުމުން ރީނާ އަނގަމަތީގައި އަތް އަޅާލިއެވެ.

“ދެން ކިހިނެއް ހަދާނީ؟ އޭނަ އެއުޅެނީ އަހަރެން ގާތުން ބަދަލު ހިފަންކަންނޭނގެ…” ޝިކާ ހާސްވެފައިވާ އަޑަކުން ރީނާ ގާތު ބުނެލިއެވެ. ރީނާ ކޮނޑު އަރުވާލުމަށްފަހު ބޯހޫރާލީ ދެން ކަންތައްވާނީ ކިހިނެއްކަން އޭނާއަށް ވެސް ނޭނގޭތީއެވެ. ދެކުދިން ރީނާގެ އެނދަށް އަރައި ފޯނު ރިންގުވަމުންދާ މަންޒަރު ބަލަން އިނީ އެކަކު އަނެކަކުގެ އަތުގައި ހިފައިލައިގެންނެވެ. ނަމަވެސް ގަޑިން އެއް ގަޑި ބައިވިއިރު ވެސް އަމީންގެ ފޯނު ކޯލް ތަކަށް ހުއްޓުމެއް ނައެވެ.

“ޝިކް..  ދެން ނަގާބަލަ ތި ފޯން.. އައި ނޯ އަމީން.. ހީ ނެވާ ގިވްސް އަޕް އިން ޑުއިންގް ވަޓް ހީ ވޯންޓްސް…” ރީނާ އެވަގުތު ޝިކާގެ ކޮނޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ޝިކާ ބޯ ޖަހާލުމަށްފަހު ފޯނު ނެގީ ޖެހިލުންވެހުރެ ނަމަވެސް އޭނާ އަމީންއަށް އެކަން ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ވަރަށްވެސް ހަރުކަށި ރާގެއްގައެވެ.

“ހަލޯ…” ޝިކާ ފޯނު ނެގުމަށްފަހު ހަލޯ އޭ ބުނެލިއެވެ.

“ޝިކާ… ނިކުމެބަލަ ކޮޓަރިން…” ޝިކާ ހަލޯ އޭ ބުނުމާއެކު އަމީން ބުނެލިއެވެ. އެއާއެކު ޝިކާގެ ހިތް ބާރަކަށް ތެޅިގަތެވެ. އަނެއްކާ އަމީން ޝިކާ ގާތު އަންނާށޭ އެބުނީ ކީއްކުރަންބާއެވެ؟ އަމީން ހަމައަސްލުވެސް އެ އުޅެނީ ޝިކާ ގެ ކިބައިން ބަދަލުހިފަން ބާއެވެ؟ އަމީން އެއުޅެނީ އޭނާއަށް ކިހިނެއް ހަދަން ބާއެވެ؟ ތަފާތު ސުވާލުތަށް އޭނާގެ ބިރުގަނެފައިވާ ހިތަށް އުނދަގޫކުރަމުން ދިއައިރު އެ ނިއްކުރި މަތިން ދާތިކިތައް ވިދަމުން ދިއައެވެ. ވާނުވާ ނޭނގި ހުރި ރީނާ އަތުގެ އިށާރާތުން ކިހިނެއްވީހޭ އެހި ނަމަވެސް ޝިކާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“އަހަރެން ނޫޅެން ޝިކާއަށް ކަމެއް ކުރާކަށް… މިތަނުގަ އަހުސަން އާ ލިވާން ވެސް އެބަހުރި… ” ޝިކާ އެއްޗެކޭ ނުބުނުމުން އަމީން ޝިކާ ހިތްހަމަޖައްސާލުމަށްޓަކައި ބުނެލިއެވެ. ދެން ޝިކާގެ ކަންފަތުގައި ޖެހުނީ އަހުސަންގެ އަޑެވެ.

“އަމީން އެބުނަނީ ތެދެއް… އޭނާ ނޫޅެ ޝިކާ އަށް ކަމެއް ކުރާކަށް.. އޭނާ ބޭނުންވަނީ ހަމައެކަނި ވާހަކަދައްކާލަން… އާދެވޭނެތަ؟ އޯކޭ އޭ ރީނާ އާ އެކީ އަޔަސް…” އަހުސަން އޯގާތެރިކަމާއެކު އެހެން ބުނުމުން ޝިކާގެ ހިތަށް ބުނެދެން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިއައެވެ. ފުންނޭވާއެއް ލުމަށްފަހު އޯކޭ އޭ ބުނަމުން އޭނާ ފޯނު ކަނޑާލިއެވެ. އަދި ތުންފަތުގައި ދަތް އަޅާލަމުން ރީނާ ގެ ހާސްވެފައިވާ މޫނާ ދިމާއަށް ބަލާލިއެވެ.

“ކީކޭ ބުނީ؟” ރީނާ އެ ހާސްކަން މަތީ ޝިކާގެ ދެކޮނޑުގައި ހިފަމުން އަހާލީ ޝިކާ އެއްވެސް އެއްޗެކޭ ނުބުނުމުންނެވެ. އެއާއެކު ޝިކާ ހުރިހާ ވާހަކައެއް ރީނާއަށް ކިޔައިދިނެވެ.

“ރީ.. ޕްލީސް.. ހިނގާބަލަ އަހަންނާ އެކީ ދާން…” ޝިކާ ރީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރީނާ ޖެހިލުންވެ ހުރެ ޝިކާގެ މޫނަށް ބަލާލިއެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ އޭނާ ޝިކާ އެކަނި އަމީން ގާތަށް ފޮނުވަން ބޭނުން ނުވާތީއެވެ. ދެމީހުންވެސް އަވަސް އަވަހަށް ހެނދުން ބަދަލުކޮއްލައި ބުރުގަލެއް އަޅާލުމަށްފަހު ބޭރަށް ދިއުމައްޓަކާ މިސްރާބު ޖެހީ ރަނާ އޮތީ ނިދާފައިކަން ޔަޤީންކޮއްލަމުންނެވެ. ކޮޓަރި ދޮރު މަޑުމަޑުން ހުޅުވުމަށްފަހު ޝިކާ ސިޓިންގރޫމް ތެރެއަށް ނަޒަރު ހިންގާލިއެވެ. ސޯފާގައި އަމީން އާ ލިވާން އިން އިރު އަހުސަން ހުރީ ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލައެވެ. ރީނާގެ އަތުގައި ހިފައިގެން ޝިކާ އެދިމާއަށް މިސްރާބު ޖެހި ވަގުތު ތިން މީހުންވެސް ޝިކާ އާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޝިކާ ކުރިއަށް ވުރެ ވެސް ހާސްވާގޮތް ވިއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާވައެވެ؟

“އިށީންދޭ..” އަމީން ކުރިމަތީގައި ހުރި ސޯފާ ދައްކާލަމުން ބުނެލިއެވެ. ޝިކާ އާ ރީނާ ސިކުނޑީގައި ސުވާލުމާކެއް ޖަހައިގެން ގޮސް އެތާންގައި އިށީންދެ ހަމަޖެހެލިއެވެ. ދެން ދިއައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ހީވަނީ ކޮންމެ މީހަކުވެސް ވާހަކަދައްކަން ނުކެރިފައި ހުރި ހެންނެވެ. ޝިކާވެސް އިސްޖަހާލައިގެން އިނީ އަމީން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ހާސްވެގެން އޭނާ ދެއަތްދެއަތާ މޮޑެމުން ދިއައެވެ.

“ޝިކާ…” އެންމެފަހުން އެހަމަހިމޭންކަން ފޫދުއްވާލައި ވާހަކަ ދެއްކީ އަމީންއެވެ. އަމީން ޝިކާގެ ނަމުން ގޮވާލުމުން އޭނާ އިސް އުފުލާލާ އަމީން އާ ދިމާއަށް ބަލާލިއެވެ.

” ރީ…. ރީ… އައި އެމް ސޮރީ ފޯ އެވްރީތިންގް….” އަމީން ރީނާއާ ދިމާއަށް ބުނެލިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ވެއެވެ. އެހެން ބުނުމާއެކީ ރީނާ ހައިރާންކަމާ އެކު އަމީން އާ ދިމާއަށް ބަލާލިއެވެ. އޭރު އަމީން ހުރީ އިސްޖަހައިގެންނެވެ. އެހެންކަމުން އޭނާއަކަށް މާ ރީތިކޮށް އަމީންގެ މޫނު ފެންނަގޮތެއް ނުވިއެވެ. ރީނާގެ ސިކުނޑީގައި އެވަގުތު ތަފާތު ސުވާލުތައް އެނބުރެން ފެށިއެވެ. އަމީން އޭނާ ގާތުން މާފަށް އެދުނީ ހެއްޔެވެ؟ އެއީ ހަމަ އެ ހަރުކަށި ރަހުމްކުޑަ އަމީން ހެއްޔެވެ؟ އަމީން ހަމަ އޭނާ ގާތުން މާފަށް އެދިދާނެ ހެއްޔެވެ؟ މާފަށް އެދުމަކީ އަމީންމެން ފަދަ މީހުންނަށް ކުރަން އެނގޭ ކަމެއް ހެއްޔެވެ؟ އަމީންއަށް އެހާ ބޮޑު ބަދަލެއް އެއައީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ މިއީ އަމީންގެ ނުބައި ރޭވުންގަނޑެއް ބާއެވެ؟ އެއްޗެކޭ ނުބުނެ ދެލޯ ބޮޑުކޮށްގެން އޭނާއަށް އަމީން އާ ދިމާ ބަލަން އިނދެވުނީ އެވާހަކަތައް ޤަބޫލުނުކުރެވޭތީއެވެ. ޝިކާ ވެސް އެއްފަހަރު ރީނާއަށް އަނެއްފަހަރު އަމީންއާ ދިމާ ބަލަމުން ގެންދިއައީ ކުޑަ ހައިރާންކަމެއްގެ ތެރޭ ހުރެއެވެ.

“ރީ؟ މާފެއް.. ނުކޮއްދޭނަންތަ؟” ރީނާ އެއްޗެކޭ ނުބުނުމުން އަމީން ކުރެހިފައިވާ އަޑަކުން އަހާލިއެވެ. އަދި އިސްއުފުލާ ރީނާ އާ ދިމާއަށް ބަލާލިއެވެ. އޭނާގެ ދެލޯ ކައިރި ދުޅަވެފައިވާތަން އެވަގުތު ރީނާއަށް ރަނގަޅަށް ފެނުނެވެ. އެއާއެކު ރީނާ އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނާއަށް އަމީންގެ ދެލޮލުގައިވާ ރިހުން ދެކެން ކެއްނުވެގެންނެވެ. އަމީން އޭނާ އާ ދޭތެރޭ ކިތަންމެ ގޯސްކޮށް ކަންތައް ކުރި ނަމަވެސް އޭނާގެ ހިތުގައި އަދިވެސް އަމީންއަށްޓަކައި ލޯބިވެއެވެ.

“ރީ….” އަމީން އަނެއްކާވެސް ރިހުން އެކުލެވޭ އަޑަކުން ރީނާއަށް ގޮވާލިއެވެ. ރީނާ މަޑުމަޑުން އިސްއުފުލާ ބަލާލިއެވެ. އެވަގުތު އަމީންގެ ލޮލުގެ ހިމަކޮޅުން ފައިބަމުންދާ ކަރުނަތަށް އޭނާއަށް ފެނުނު ހިނދު އެ ހިތުގައި ރިއްސާލިއެވެ. މަޑުމަޑުން އަމީން ގާތަށް ޖެހިލައި އޭނާގެ އަތުން އަމީންގެ ކޯތާފަތް މައްޗަށް ފޭބި ކަރުނަތަށް ފޮހެލަދިން އިރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާއަށް މިހާ ބޮޑު ދެރައެއް ދިން މީހަކު ރޯތަން ފެނުމުންވެސް އެހިތަށް ކެއްނުވީއެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާ އަދިވެސް އަމީން ދެކެ އިންތިހާއަށް ލޯބިވާތީއެވެ.

“މާފްކޮއްފިން…” ރީނާ މަޑު ގިސްލުމުގެ ތެރެއިން ބުނެލިއެވެ. އޭނާ ގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ގެންދިއައެވެ.

“ރީ…. ދެން ނުރޮއި…” އަމީން ރީނާގެ ދެލޯ ފުހެލަދެމުން ބުނެލިއެވެ. ނަމަވެސް ރީނާގެ ރުއިމަކަށް ހުއްޓުމެއް ނައެވެ. އެތައް އިރެއް ވަންދެން އޭނާ ރޮމުން ގެންދިއައިރު އަހުސަން އާއި ލިވާން ވެސް ތިބީ އޭނާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެދެމީހުންނަށް ދުވަހަކުވެސް ރީނާ މިގޮތަަށް ރޯތަން ފެނިފައެއް ނުވެއެވެ. އެއޮތް ޒީލަގަދަކޮށް އުޅުނު ކުއްޖާ މިހާރު ނިކަން ދެކިބަލާށެވެ.

ރީނާ ހަމައަކަށް  އެޅުމުން އަނެއްކާވެސް އަމީން ވާހަކަ ދައްކަން ފެށިއެވެ.

“ރީ… މިއޮތީ ރީގެ އެ ފޮޓޯތައް…. ދެން ހުރި ފޮޓޯތައް އަހަރެން ޑިލިޓް ކޮއްފިން… ރީ މިއިން ޑިލިޓް ކޮއްލާ… އޭރުން ރީގެ ހިތަށް ފިނިކަމެއް ލިބޭނީ…..” އަމީން ރީނާ އަތަށް އޭނާގެ ޖީބުން ނެގި ޕެންޑްރައިވް ލައިދެމުން ބުނެލިއެވެ. ނަމަވެސް ރީނާގެ ހިތުގައި އޭރުވެސް ސުވާލުތައް ފުނިޖެހެމުން ދިއައެވެ.

“އަމީން… ކީއްވެ ކުއްލިއަކަށް؟” ރީނާ އަމީން އާ ދިމާއަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލާލަމުން އަހާލިއެވެ.

“އިނގޭ ތިހުރީ ހައިރާންވެފަ ކަންވެސް…” އަމީން ރީނާ އާ ދިމާއަށް ބަލާލުމަށްފަހު ހައިރާންކަމާ އެކު އޭނާއާ ދިމާ ބަލަން އިން ޝިކާއަށް ބަލާލުމަށް ފަހު ބުނެލިއެވެ. “އެކަމް މިޔަދު ވަރަށް ދެރަވެއްޖެ … އަހަރެން ކުރި ހުރިހާ ގޯސް ކަންތަކާ މެދު ދެރަވެއްޖެ…. ނޭންގެ ކީއްވެކަމެއްވެސް…. އަހަރެން މިޔަދުން ފެށިގެން އުޅުނު ގޯސް ގޮތްގަނޑު ދޫކޮށްލަން ގަސްތުކޮށްފިން…..” އަމީން އެހެން ބުނުމުން ވެސް ޝިކާ އަމީން އާ ދިމާ ބަލާލީ ޤަބޫލުނުކުރެވޭފަދަ ގޮތަކަށެވެ. އެހާ ގޯސްކޮށް އުޅުނު ކުއްޖަކު އެހާ ފަސޭހައިން ރަނގަޅުވެދާނެހެއްޔެވެ؟

“އަހަރެން ދެން ރީ އަކަށް އެއްވެސް ކަމެއް ކުރުވާކަށް މަޖުބޫރެއް ނުކުރުވާނަން…” އަމީން ރީނާއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ރީނާ އަމީންއަށް ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަމީން އެބުނަނީ ތެދެއްކަން އޭނާއަށް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. އަމީން ވާހަކަ ދެއްކި ރާގުންނާއި, ދެރަވެފައި ހުރި ވަރު ރީނާއަށް އިހުސާސް ކުރެވުމުންނެވެ.

“އަހަރެން ރީ އާ އެކަނި ޓޯކް ކޮއްލަން ބޭނުން…” އަމީން ރީނާގެ އަތުގައި ހިފާލަމުން މުޚާތަބު ކުރީ އެތަނުގައި ތިބި އެހެން މީހުންނަށެވެ. އެހެން ބުނުމާއެކު އަހުސަން އޯކޭ އޭ ބުނެފައި ލިވާން އާ އެކު ހިނގައިގަތީ ސިޓިންގރޫމުން ބަގީޗާ ފެންނަ ގޮތަށް ހުންނަ ބިއްލޫރި ދޮރާ ދިމާއަށެވެ. ޝިކާ ވެސް އެމީހުންގެ ފަހަތުން ހިނގައިގަތީ އަމީންއަށް ކަޅި އަޅާލުމަށްފަހުގައެވެ. ތިން މީހުން ގޮސް އެތަނުގެ ތިރީގައި އިށީންދެ ބޭރަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅެއް ވަންދެން އިނީ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޝިކާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. އޭނާއަކަށް އަދިވެސް އަމީންއަށް އިތުބާރެއް ނުކުރެވެއެވެ. އިރު އިރުކޮޅާ އޭނާއަށް ފަހަތް ބަލާލެވެނީ ރީނާ އާ އަމީން ސޯފާގައި އިންތޯ ޔަޤީންކޮއްލުމަށެވެ.

“އަހަރެން ގަބޫލެއް ނުކުރަން އަމީން ރަނގަޅު ވެދާނެ ކަމަކަށް…” ޝިކާ ބޭރުބަލަން އިނދެ ލިވާންމެން ގާތު ބުނެލީ ފުން ނޭވައެއް ދޫކޮށްލުމަށްފަހުގައެވެ.

“ކީއްވެ؟” ލިވާން ޝިކާގެ މޫނަށް ނަޒަރު ހުއްޓާލަމުން ސުވާލުކޮށްލިއެވެ. ނަމަވެސް ޝިކާ އެއްވެސް ޖަވާބެއް ނުދެއެވެ. އެއިން ގޮތަށް ބޭރު ބަލަހައްޓައިގެން އިނީއެވެ. “ހަމަ ކިތަންމެ ގޯސް މީހަކުވެސް ރަނގަޅުވެދާނެކަން ކަން ޖެހޭނެ ގަބޫލުކުރަން…” ލިވާން އަނެއްކާވެސް ބުނެލިއެވެ. ޝިކާ ވިސްނާލިއެވެ. އެ ބުނީ ވެސް ދޮގެެއް ނޫނެވެ. ހަމަ ކިތަންމެ ގޯސްކޮށް އުޅޭ މީހަކުވެސް ހެޔޮ މަގަށް އެޅިދާނެއެވެ. އަމީން ވެސް ހަމަ ރަނގަޅު ވެދާނެ ހެއްޔެވެ؟

“އެކަމަކު ދޯ…. ލިވާން މެންނަށް ކިހިނެއް އެނގުނީ އަމީންގެ ކަންތައް؟ ކުރިންވެސް އެނގޭތަ؟” ޝިކާ ލިވާން އާ އަހުސަން ގެ މޫނަށް ވަކި ވަކިން ބަލާލަމުން އަހާލިއެވެ.

“ނޫން… މިރޭ އެނގުނީ… އަމީން ވަރަށް ރޮއި މިރޭ… ވަރަށް ދެރަވެފަ ހުރީ… އަމީން އަހަރެމެންނަށް ކިޔައިދިނީ… ދެން ފަހުން ރީނާ ގާތުން މާފަށް އެދެންވެއްޖޭ ކިޔާފަ އަހަރެމެންގެ ދެފައިގަ ހިފާ އާދޭސްކުރަން ފެށީމަ އަހަރެމެންވެސް މިއައީ…” އަހުސަން ކިޔައިދިނެވެ. ޝިކާ އަނެއްކާ ވެސް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. އަމީން ހަމައަސްލުވެސް ރަނގަޅުވީ ކަމަށް ވެދާނެއެވެ. ތިން މީހުން ވާހަކައިގައި ތިއްބާ އިރުކޮޅަކުން ރީނާ އައިސް ޝިކާ ގާތު އަންނާށޭ ބުނުމުން ޝިކާ ރީނާ އާ އެކީ ކޮޓަރިއަށް ދިއައެވެ.

“ކީކޯ އަމީން ކީ؟ ” ކޮޓަރިއަށް ވަދެވުމާއެކު ޝިކާ ސުވާލުކުރަންފެށިއެވެ.

“އޭނަ އެހީ އަލުން ގުޅެން ބޭނުން ހެއްޔޯ އޭނަ އާ… އަހަރެން ބުނީ ނޫނެކޭ…” ރީނާ ބުނެލިއެވެ.

“ކީއްވެ؟ ރީ ލޯބިވެއެއްނޫންތަ އަދިވެސް އަމީން ދެކެ؟” ޝިކާ އަހާލިއެެވެ.

“ލޯބިވޭ…. ބަޓް…. އައި ކާންޓް ޓްރަސްޓް ހިމް އަގައިން… ޓްރަސްޓް ނުކުރެވޭ މީހަކާ އެކު ނޫޅުވޭނެ ދޯ..” ރީނާ އެހެން ބުނުމަށްފަހު އެނދަށް ވެއްޓިގަތެވެ. އެއަޑުގައި މަޑު ރިހުމެއް ވާކަން ޝިކާއަށް ފާހަގަ ކުރެވުމެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ދެން އިތުރަށް ރީނާ ގާތު އެވާހަކަ ނުދެއްކުމަށެވެ. އަވަސް އަވަހަށް އެނދަށް އަރައި އޭނާ އޮށޯވެލީ މާދަމާ ސްކޫލަށްދާން ތެދުވަންޖެހޭނެކަން އިނގޭތީއެވެ.

*************

ދުވަސްތަށް ފާއިތުވަމުން ގޮސް ޓާމް ޓެސްޓް އޮންނަން އެއްދުވަހަށް ވެއްޖެއެވެ. މިފަހަރު ވެސް އެންމެ މަތި ގެނައުމަށްޓަކައި ޝިކާ ގަދައަޅާ މަސައްކަތް ކުރަމުން ގެންދިއައެވެ. އޭނާގެ މައިންބަފައިން އޭނާ މިތަނަށް ފޮނުވި މަޤުސަދު ހާސިލްކުރަން އޭނާ ބޭނުމެވެ. ކިޔަވައިގެން މުޅި ރާއްޖޭގެ ދަންނަ ފަދަ މޮޅު މީހަކަށް ވާން އޭނާ ބޭނުމެވެ. އެހެންކަމުން ޓެސްޓު ކައިރިވީ ވަރަކަށް އޭނާ ގެންދިއައީ ސިކުނޑިން އެހެން ކަންތައްތައް އެއްފަރާތްކޮއްލުމަށްފަހު އޭނާގެ ސަމާލުކަން ކިޔަވާ ފޮތްތަކަށް ދެމުންނެވެ.

********
“ކޮބާ؟ ކޮބާތަ ރަބަރު މިހާރު؟” ޝިކާގެ އަޑުގައި ވަނީ ހާސްކަމެވެ. ޔުނީފޯމު ލައިގެން ހުރެ އޭނާ މޭޒުދަށަށް ތިރިވެ ހޯދަން ފެށިއެވެ. އެއީ އޭނާ މިޔަދު ޓެސްޓަށް ދިއުމަށްޓަކައި ރޭ ގަތް ރަބަރެކެވެ. ހޯދާ ހޯދާވެސް ނުފެނުމުން އޭނާގެ ހާސްކަން އިތުރުވިއެވެ. އެވަގުތު ރަނާ އައިސް ޝިކާއަށް ރަބަރެއް ދިއްކޮއްލުމުން ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ތެންކިޔޫ އޭ ބުނެލިއެވެ.

“ސާބަސް ޝިކް އަށް… ޓެސްޓަށް ދާން ވިޔަސް ތި ނާވަސް ވަނީ މާ ބޮޑަށް އިނގޭ…” ރަނާ ޝިކާއާ ދިމާކޮށްލިއެވެ. އަސްލުވެސް އޭނާ ހުރީ ވަރަށް ވެސް ހާސްވެ ބިރުގެނެފައެވެ. މި ސްކޫލުގައި އޭނާ ހަދާ އެންމެ ފުރަތަމަ ބޮޑު ޓެސްޓަށް ދާންވުމުން ހާސްވާގޮތް ވަނީއެވެ. އެއީ ރަށުގައިވެސް ބޮޑު ޓެސްޓެއް ހަދަން ދާން ވެއްޖެނަމަ އޭނާއަށް ވާގޮތެވެ. ބިރުގަނެ މުޅި މީހާގެ އަތްފައި ފިނިވާގޮތް ވެއެވެ.

ޓެސްޓް ހޯލަށް ވަދެވުމާއެކު ޝިކާ ފުން ނޭވައެއް ދޫކޮށްލައި ހަމަޖެހެލިއެވެ. އޭނާ އިންނަން ކަނޑައަޅާފައިވާ ގޮނޑީގައި އިށީނުމަށްފަހު ދެލޯމަރާލިއެވެ. “އިރާދަކުރެއްވިއްޔާ އަހަންނަށް މިކަން ވާނެ…” ޓެސްޓް ޕޭޕަރު ބަހަންދެން އޭނާ އެޖުމްލަ ތަކުރާރުކޮއްލަ ކޮއްލަ އިނީ ގެންފައިވާ ބިރު ފިލުވާލުމުގެ ގޮތުންނެވެ.

ޓެސްޓު ހަދަން އިން އިރުވެސް އަހުލާ ގެންދިއައީ ޝިކާ އަށް ސިއްރުސިއްރުން ބަލަމުންނެވެ. ޝިކާއަށް ގޮތެއް ވޭތޯއެވެ. ނަމަވެސް ޝިކާ ރީތިކޮށް ޕޭޕަރު ހަދަން އިނުމުން އޭނާގެ ހިތަށް ކުޑަ ނުތަނަވަސްކަމެއް ވެރިވިއެވެ. އަނެއްކާ އިބްރާހީމްފުޅުބޭ ހެދީ ރަނގަޅު އެއްޗެއްބާވައެވެ؟

ކުއްލިއަކަށް ހޯލަށް ވެރިވި އަޑުފައްގަނޑެއްގެ ސަބަބުން އަހުލާއަށް ކުރިމަތި ބަލާލެވުނެވެ. އޭރު ޝިކާ އޮތީ ޑެސްކާ އެކީ ތަޅުންގަނޑުމައްޗަށް ވެއްޓިފައެެވެ. ހުރިހާ ކުދިންގެ ނަޒަރު އެދިމާއަށް ހުއްޓިފައި ވެއެވެ. ހޯލުގައި ތިބި ޓީޗަރުންތަށް ޝިކާ ގާތަށް ދުވެފައި ދާންފެށިއެވެ. އެވަގުތު އަހުލާގެ ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އަހަރެންގެ ވާހަކަ (ފައްސަވީސްވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(23 ވަނަ ބައި)

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
June 23, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(23 ވަނަ ބައި)

Previews
June 21, 2016

އަހަރެންގެ ވާހަކަ (ފައްސަވީސްވަނަ ބައި)

54 Comments!

  1. Liaa says:
    June 22, 2016 at 9:36 pm

    Hii… Here’s the 17th part.. Hope u like it! Feel free to leave ur commentz 🙂 ^_^

  2. naju says:
    June 22, 2016 at 9:49 pm

    Varah fake abadhu sheekaa ah dera goi vaathyy dhn ehn nahadhaba efakeerah varah sali vaahaka

    1. Liaa says:
      June 22, 2016 at 9:54 pm

      najuu .. V dhera vey dhw kudhinnah dhera goi vanyaa ?
      lets see dhw… abadhu shikaa ah ves dhera gotheh nuwaanennu dhw 🙂 Thanks ingey <3

  3. aree says:
    June 22, 2016 at 9:49 pm

    waaaaaaaaaaaat…. shikaa ah kihineh e v.. alheyyy ????? plx plx plx liaa shikaa ah dhera gotheh nuhadhahcheyyy….. nd vrh happi ameen rangalhu v ma… act eh heneh hieh nuvey.. dhn neynge dhww… vrh i thixaar kureijje mi stwry up veythw…. nxt prt avahah up khdhehchey… vrh vrh kiyaahithun myny…. nw mi stwry aky 1 of da bst stwry mi syt ga inn… aree ah???? keep it up liaa.. all da bst.. ? tvgc

    1. aree says:
      June 22, 2016 at 9:51 pm

      inthixaar** n aree 2nd dhw.. yeyy??????????

    2. Liaa says:
      June 22, 2016 at 9:55 pm

      Thankyew soo muchh Aree 🙂 Liaa balan hama veehaaves avahah up kureveythw …

  4. Same says:
    June 22, 2016 at 10:05 pm

    haadha lahey… anyways story is v nice

    1. Liaa says:
      June 22, 2016 at 10:35 pm

      Same.. liaa bunin dhw kurin part up kuri iru Liaa busy veema mi part thankolheh las vaaney …
      Thankyw 🙂

  5. Thaany says:
    June 22, 2016 at 10:44 pm

    V v v nice ngey alhe amyn dhn act noon dw e ee shika ah dhera gotheh nuhadhahchey mi storry hama v perfect ngey liaa
    kee it up..liaa
    ???

    1. Liaa says:
      June 22, 2016 at 10:52 pm

      Thannkss Thaany dear 🙂 <3

  6. ny says:
    June 22, 2016 at 11:03 pm

    Haadalas v ….bt v v v v v reethi..,,,

    1. Liaa says:
      June 22, 2016 at 11:20 pm

      thanks ny

  7. Twinkle Star says:
    June 22, 2016 at 11:12 pm

    Wow.. this is really fabulous to read.. im eagerly waiting for the next part Liaa plx plx up it soon… Eventhough u said yu will try, really cant wait .. Im sure i have cheked this site a billion times to c whether story is updated or not.. N finally.. im really happy to read this story.. As aree said , this is one of thr most intresting story in this site .. Liaa im alwayx wishing u gud luck , Go ahead like this .. N always keep it up.. ??

    1. Liaa says:
      June 22, 2016 at 11:20 pm

      Thankyw so much Twinkle Star 🙂

  8. saa says:
    June 22, 2016 at 11:17 pm

    Vaahaka v reethi….. ekam bunela dheeba dhemiyakanyakee koba kan????

    1. Liaa says:
      June 22, 2016 at 11:21 pm

      Hahaha 😀 Saa.. Dhemiyakanun soni dhw faibaanii … sory that was a crazy mistake … Nw rangalhu kollaafin 🙂

    2. Liaa says:
      June 22, 2016 at 11:21 pm

      Thankyew 🙂

    3. saa says:
      June 22, 2016 at 11:27 pm

      Yes…???.. hama ethankolhu loluga alhaigatheema bunely….. hithah ery e vedhaane ey neynge aa bahakah…. loluge hima kolhah ves kiyany ehn kanneynge ey… ehen ve hama ahaaleee..hahahahhaaaaa….. once again story v salhi..??

    4. Liaa says:
      June 22, 2016 at 11:28 pm

      Thankyw … eiy hama mistake eh.. I wonder how i made such a mistake ,…LOL 😀

  9. meera says:
    June 22, 2016 at 11:23 pm

    Finallyy….its so nice….i really like it….☺☺☺

    1. Liaa says:
      June 22, 2016 at 11:29 pm

      Thankss meera 🙂

  10. shima says:
    June 22, 2016 at 11:29 pm

    So shika loves ahsan
    Ahsan loves shika
    Thamin loves shika
    Livaan loves shika
    And ameen also love or likes shika… who is she gonna end up with??? So many boys… ?

    1. Liaa says:
      June 23, 2016 at 12:41 pm

      Shima 🙂 lets see dhw .. hehe

  11. Axoo says:
    June 22, 2016 at 11:30 pm

    Alhe shikaa ah evaagotheh dhoa.haadha dheraey. N reenaaves v hivvaru gadha dhoa.ameen ah visnuneehen hama heevany. Shikaage masakkathun dhoa. Vvv reethi. keep it up. Thank you liaa

    1. Liaa says:
      June 23, 2016 at 12:42 pm

      Thanks Axoo 🙂

  12. rafa says:
    June 23, 2016 at 12:38 am

    Alheyyyyy ???…v v v nice engeyy…waitin for da next ?

    1. Liaa says:
      June 23, 2016 at 12:42 pm

      Thankss rafa 🙂

  13. Niyer says:
    June 23, 2016 at 12:57 am

    Nice story

    1. Liaa says:
      June 23, 2016 at 12:43 pm

      Thanq niyer 🙂

  14. Abhy says:
    June 23, 2016 at 1:10 am

    Ahula kuraa kanthah kaamiyaabu viya nudhehchey… vaahaka varah reethi kuriah dhaa goi. Next part avahah up kohdhehchey????

    1. Liaa says:
      June 23, 2016 at 12:43 pm

      Thanksss Abhy 🙂 Lets see wat hppns to shikaa dhw

  15. natha says:
    June 23, 2016 at 1:43 am

    Varah salhi vaahaka nimen kairivy kan neyge, hurihaa kudhin nah visneythy mihen mibuny,

    1. Liaa says:
      June 23, 2016 at 12:57 pm

      Thankss natha 🙂

  16. Ushaa says:
    June 23, 2016 at 5:10 am

    Hmmmm. Liaa.. Shika ah dhera gotheh nahadhahchey… Vrh obi mi prtvx… Nxt prt avahah up khdheh chey… Waitin waitin waitin…….

    1. Liaa says:
      June 23, 2016 at 12:58 pm

      Thankyw Ushaa 🙂

  17. mj.mary says:
    June 23, 2016 at 5:16 am

    Vvvvvv nice

    1. Liaa says:
      June 23, 2016 at 12:59 pm

      Thankyw mj.mary 🙂

  18. shima says:
    June 23, 2016 at 6:51 am

    By the way thamin ah kihineh wee Tha? ?

    1. Liaa says:
      June 23, 2016 at 2:17 pm

      Shimaa 🙂 adhi thaamin ah veegoi ves ingeyney kiyaaleema

  19. Asurumaa says:
    June 23, 2016 at 8:37 am

    Varah salhi sorry mihaaru comment nukureveythy

    1. Liaa says:
      June 23, 2016 at 2:18 pm

      Its ok asurumaa … Thank u fr ur support 🙂

  20. Appy says:
    June 23, 2016 at 10:08 am

    Alhe shika ah kihineh evy. .avahahh up kohdhehchey. …

    1. Liaa says:
      June 23, 2016 at 2:19 pm

      Appy 🙂 lets see dhw at hppns

  21. NAXEE says:
    June 23, 2016 at 11:40 am

    varah nice igey…varah inthizaaru kurevijje mi part ah..finally mi kiyuny..varah interesting story eh 😉

    1. Liaa says:
      June 23, 2016 at 2:20 pm

      Thankss NAXEE 🙂

  22. Blue Lady says:
    June 23, 2016 at 1:14 pm

    Vv salhi. Konme Thursday eh ga tha up kurany.. kk waitting for de nxt Thursday

    1. Liaa says:
      June 23, 2016 at 2:21 pm

      ThanQ Blue Lady 🙂 Vaki thursday ga eh noon hama liaa ah vee varakun up kuraanan 🙂

  23. irushaa says:
    June 23, 2016 at 2:36 pm

    Vvvvv salhi LIAA shika ah rangalhu goi vaanee ahulaa ah fahun dhera vaane……..

    1. Liaa says:
      June 23, 2016 at 4:25 pm

      Thankss irusha 🙂 ;

  24. Yooha says:
    June 23, 2016 at 4:13 pm

    E ahula gadu maraala…

    1. Liaa says:
      June 23, 2016 at 4:28 pm

      Hehe… Ahulaa v goas dhw Yooha

  25. Xoo says:
    June 23, 2016 at 5:56 pm

    V nice.. When next part..

  26. kokkee says:
    June 24, 2016 at 3:31 pm

    WOW.. WAT A NICE STORY ! <3 TYPCAL sHIKAA … BWAHAHA

  27. xprincess says:
    June 24, 2016 at 3:42 pm

    Mi part ves v v interesting.. Alhe shikaa dhw…e ahulaa haadha goahey… and ameen hama islaahu veetha??
    😉

Comments are closed.

Next Episodeއަސަރު 18←


All Right Reserved!