Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 28 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
June 20, 2016 12 Mins Read
81 Comments

“ނޫރު، އާދޭ ސައިފޮދެއް ބޯލަން.” ޒައީމާއަށް ނޫރު ފެނުމުން ގޮވާލި އެވެ. ނޫރު ވެސް ނިކަން ހެވިފައި ވަނީ ކުޑަކޮން ވެސް އެއީ ޖަންނަތުއާއި ޒައިދާންގެ ކައިވެނީގެ ސައިކަން އިނގިގެނެއް ނޫނެވެ.
“ހޭ ގައިސް، މީ ކޮންކަމެއް؟” ނޫރުގެ ފަހަތުން ވަން ކުއްޖާ އެހެން ގޮވާލުމުން އެންމެނަށް އެދިމާލަށް ބަލައިލެވުނެވެ.
އޭ ޒިޔާދާ!” ސާރާއަށް ޒިޔާދާ ފެނުމުން ދުވެފައި އައިސް ޒިޔާދާ ގައިގައި ބައްދައި ގަތެވެ.
“ސަރޕްރައިސް!” ޒިޔާދާ ހެމުން ބުނެލި އެވެ. “އެކަމު މީ ކޮން ސަރޕްރައިސްއެއް؟” ހައިރާން ވެފައި އެންމެނާއި ދިމާލަށް ބަލައިލަމުން ޒިޔާދާ އަހާލި އެވެ. ނޫރު ވެސް އެތާ ތިބި މީހުނާ ދިމާއަށް ކަޅި ހިންގާލި އެވެ. ގޭ މީހުން ފިޔަވާ އެތާ ތިބި ޣާޒީއާއި އެރަށު ކޯޓުގައި މަސައްކަތް ކުރާ ދެކުދިން ފެނުމުން ނޫރުއަށް ހައިރާން ކަމެއް ލިބުނެވެ. އަދި ޖަންނަތު ލާފައިވާ ހެދުން ފެނުމުން ނޫރު ކަންބޮޑުވާގޮތް ވިއެވެ. ޣާޒީ އެވަގުތު ގޮސްލަނީ ކަމަށް ބުނެ ޒައިދާންއާއި ސަލާންކޮށް މުބާރިކުބާދީ ކިއުމުން ނޫރުއަށް ކަންތައްތައް ފަހުމް ވެގެން ދިޔަ އެވެ.
“ޖަންނަގެ ކައިވެނި ޒައިދާންއާ؟” ނޫރު އައިސް ގަބޫލު ނުކުރެވިފައި ހުރެ މުޒައްފަރު ގާތު އަހާލި އެވެ. މުޒައްފަރު ބޯޖަހާލަމުން އަވަހަށް ބެލީ ނޫރުކައިރިން ދުރަށް ދެވޭތޯ އެވެ.
“އަބީއަށް އިނގޭތަ؟” ނޫރު އައިސް މޫސަ ކައިރީ ހުއްޓިލަމުން އެހި އެވެ. މޫސަ ނޫރުއާއި ދިމާއަށް ބަލައިލަމުން ބޯ ހޫރާލި އެވެ. “ކީއްވެ ނޭނގީ؟ ކަލޭމެންތީ އޭނަގެ ރައްޓެހިންނެއް ނޫންތަ؟ އޭނަ ވާނެ ދެރަ ކަލޭމެނަކަށް ނޭގޭތަ؟” ތަންކޮޅެއް ބާރަށް މޫސައާއި ދިމާލަށް ނޫރު އެހެން ބުނެ އެގޭދޮރުން ނުކުތެވެ. މޫސަ ބަލަހައްޓައިގެން ހުރީ އެވެ. އެތާހުރި މުޒައްފަރުވެސް ދެރަވެފައި ބަލަން ހުއްޓެވެ. އަބްޔާން ދެރަވާނެކަން ކޮންމެ މީހަކަށް ވެސް އިނގެ އެވެ. ނަމަވެސް އެކަކަށް ވެސް ކުރެވޭނެ ކަމެއް ނެތީ އެވެ.

“އަބީ… ދަރިފުޅާ، ފޯނު ރިންގުވޭ އެބެ.” ނަސީރު ގޮނޑިން ތެދުވަމުން ބުންޏެވެ. އަބްޔާން ފޯނު ކޮބައިތޯ ހޯދާލި އެވެ. “ތިއޮތީ ބިންމަތީ ވެލިގަނޑުމަތީ.” ފޯނު ދިއްލޭތަން ފެނުމުން ނަސީރު ބުންޏެވެ. އަބްޔާން ފޯނަށް ބަލައިލި އެވެ. ގުޅަނީ ނޫރުކަން އިނގުމުން އަވަހަށް ފޯނު ނަގާ ވެލި ފޮޅާލަމުން ފޯނަށް ޖަވާބު ދިނެވެ.
ނޫރުއާއި ވާހަކަ ދައްކަން ހުރެފައި އަބްޔާން ފޯނު ކަނޑާލަމުން ބިންމައްޗަށް ތިރިވި އެވެ. ކައިރީ ހުރި ނަސީރުއަށް ވީގޮތް ނޭގިފައި އަބްޔާން ހަދާ ގޮތެއް ބަލަން ހުރެވުނީ އެވެ.
“ނޫން!” އަބްޔާން އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަތެވެ. “ކީއްވެ ޖަންނާ!” އަބްޔާންގެ ލޮލަށް ކަރުނަ ގިނަވެގެންގޮސް ކޯތާފަތް މައްޗަށް ފައިބައި ގަތެވެ. “ޖަންނާ، ކީއްވެ ތިހެން ތިހެދީ!… ކީއްވެ؟” އަބްޔާން ގެ އަޑު ބެދިއްޖެ އެވެ. ބާރަށް ރޮވެން ފެށުނެވެ. ނަސީރުއައިސް އަބްޔާންގެ ކޮނޑުގައި ހިފާ ކޮޅަށް ނެގި އެވެ. ވީގޮތް ނޭގިފައި ހުރި ނަސީރު ހުރީ އޭނަގެ ދަރިފުޅު ރޯތީ ކަންބޮޑުވެފަ އެވެ.
“އަބީ، ދަރިފުޅާ؟” ނަސީރުއަށް ގޮވާލެވުނެވެ. އަބްޔާން ނަސީރު ގައިގައި ބައްދައި ގަތެވެ. އަދި ރޮމުން ދިޔަ އެވެ. “ދަރިފުޅާ، ކިހިނެއްވީތަ؟ ބައްޕަ ކައިރީ ބުނެބަލަ.”
“ބައްޕާ،” އަބްޔާން ނަސީރު ކޮނޑުގައި ބޯ އަޅައިގެން އޮވެ ބުނަން އުޅުނެވެ. ނަމަވެސް އަބްޔާންގެ އަޑު ވަނީ ބެދިފަ އެވެ. ވާހަކަ ދެއްކޭވަރެއް ވެސް ނުވި އެވެ. ހަމަ ރޮވެނީ އެވެ. އެހާވަރަށް އަބްޔާން ރޯތަން ކުޑައިރުވެސް ނަސީރު ނުދެކެ އެވެ. އަބްޔާންގެ ހިތުގައި ޖެހިފައިވާލެއް ބޮޑުކަން އިނގި ނަސީރު އަވަހަށް ފޯނު ނަގާ ނޫރުއަށް ގުޅާލި އެވެ.
“އެކޮއެ، ނޫރު؟”
“ލައްބަ ނަސީރުބޭ!”
“އަބީ ކައިރީ ދެންމެ ކީކޭތަ ބުނީ؟ ޖަންނައަށް ކަމެއް ވީތަ؟” ހާސްވެފައި ނަސީރު އަހާލި އެވެ. އޭރު އަބްޔާން ނަސީރު ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޯއަޑު ނޫރުއަށް ވެސް އިވެ އެވެ.
“ނަސީރުބޭ… ޖަންނަ މެރީ ކޮށްފި. ޖަންނަ މެރީ ކުރީ ޒައިދާންއާ. އަބީ ވަރަށް ދެރަވާނެ. ނޭގޭނެ ކަންނޭގެ އަބީއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް. އަޅުގަނޑަށް ވެސް އިނގުނީ ދެންމެ.. އަބީ ރަގަޅަށް ބަލަހައްޓައްޗޭ.” ނޫރުގެ އަޑުގައި ވެސް ވަނީ ތުރުތުރެއް އުފެދިފަ އެވެ. ނޫރުވެސް ހުރީ ނުހަނު ދެރަވެފަ އެވެ.
“އާން، ވަރަށް ސަލާން ބޭއްވީ.” ނަސީރުއަށް ވެސް އިތުރު އެއްޗެއް ނުބުނެ ވުނެވެ. ނަސީރު ހުރީ ގަބޫލު ނުކުރެވިފަ އެވެ. އަދި ޖަންނަތު އިނީ ޒައިދާންއާއި ކަމަށް ބުނުމުން ލިބުނު ހައިރާންކަން އިތުރުވި އެވެ.
“ދަރިފުޅާ، ހިތްވަރު ކުރޭ.” ނަސީރު ދެން ބެލީ އަވަހަށް އަބްޔާން ހުއްޓާލެއްވޭތޯ އެވެ. އަބްޔާންއަށް ވިސްނައި ދެވޭތޯ އެވެ. “މީ ބޮޑު އިމްތިހާނެއް. ކެތްކުރަން ވާނެ. ކޮންމެވެސް މަޖުބޫރީ ކަމެއް ދިމާވީ ކަންނޭގެ.”
ނަސީރު އެތަކެއް ވާހަކަ ދައްކައިގެން އަބްޔާން އެންމެ ފަހުން ހުއްޓާލި އެވެ. އަދި އެވަގުތު ރަށަށް ދިއުމަށް ނަސީރު ކައިރިން އެދެން ފެށި އެވެ.
“ދަރިފުޅާ، ރަށަށް ގޮސްގެން ދެން ވަކި ކީއްކުރާނީ؟ މިހާރު ވެނިމިފަ އޮތް ކަމެއް ދެން އަނބުރާ ނުގެނެވޭނެނު.” ނަސީރު އަދިވެސް ބެލީ އަބްޔާންއަށް ވިސްނައި ދެވޭތޯ އެވެ.

ޔަޒަންގެ ހުރިހާ ކުޅޭ އެއްޗެއް ނަގާ ޖަންނަތުއަށް ޔަޒަން ދައްކަމުން ދިޔަ އެވެ. ޖަންނަތު ދެން އުޅޭނީ އެގޭގައި ކަމުގައި ބުނުމުން ޔަޒަންއަށް ލިބުނީ ބުނަން ނޭގޭ ފަދަ އުފާވެރި ކަމެކެވެ. ޖަންނަތު ގޮވައިގެން އެކި ކޮޓަރި ދައްކަމުން މުޅި ގޭގައި ޔަޒަން ދުވަނީ އެވެ. އަދި އެންމެ އުފާވީ ޖަންނަތު ނިދާނީ ޔަޒަން ކޮޓަރީގައި ކަމުގައި ބުނުމުންނެވެ. އޭގެ މާނައަކީ ކޮންމެ ރެއަކު ޔަޒަންއަށް ވާހަކައެއް އަޑު އިވޭނެ ކަމެވެ. ނިކަން ހެވިފައި ޔަޒަން ހުއްޓެވެ.
“ޖަންނަ ދައްތާ، އަސްލު ކީއްވެތަ ޔަޒަން މެންގެއަށް ތިއައީ؟” ޔަޒަން ކުޅޭ އެއްޗިހި ތަކާ ކުޅެން އިނދެލާފައި އަހާލި އެވެ. ޔަޒަން ކައިރީ އެނދުގައި އިށީދެގެން އިން ޖަންނަތު ދޮރުމަތީ ހުރި ޒައިދާންއަށް ބަލައިލިއެވެ. ދޭނެ ޖަވާބެއް ޖަންނަތުއަކަށް ނޭގުނެވެ. ޒައިދާން ވެސް ކޮނޑު އަރުވާލަމުން ބޯހޫރާލި އެވެ. “އާން އިނގިއްޖެ.” ޔަޒަން ކުއްލިއަކަށް ބުންޏެވެ.
“ކޯޗެއް އިނގުނީ؟” ދޮރުކައިރީ ހަށަން ބަދެލައިގެން ހުރި ޒައިދާން އެހި އެވެ.
“ތުއްތި އައިމަ ދޯ. ތުއްތި ކޮޓަރީގަނު ޖަންނަދައްތަ އުޅުނީ. އެހެންވެ ތުއްތި އައިމަ އެކޮޓަރި ތުއްތިއަށް ދޭން ޖެހޭނެނު. އެހެންވެ ދޯ.” ޔަޒަންގެ ޅަ ސިކުނޑިއަށް ވިސްނުން ގޮތަށް ޔަޒަން ބުންޏެވެ. ޖަންނަތު ހިނިތުން ވެލަމުން ޒައިދާންއަށް ބަލައިލި އެވެ.
“އާން، ތިބުނީ ރަގަޅަށް.” ޒައިދާން ވެސް އަވަހަށް އެއްބަސް ވެލި އެވެ. ޔަޒަން ވެސް ހިނިތުން ވެލި އެވެ. “ދެން ޔަޒަންވެސް އަވަހަށް ނިދަން އުޅެންވީނު.. މާދަމާ ސްކޫލްޑޭ އެއްނު.” ޒައިދާން ޔަޒަންއަށް ހަދާން ކޮށްދޭފަދަ ގޮތަކަށް ބުންޏެވެ.
“އޯހް ނޯ… އައި ފޮރގޮޓް.” ޔަޒަން ނިއްކުރީގައި އަތް އަޅަމުން އަވަހަށް ދޫ ނެރިލަމުން ބުނެލި އެވެ. ޔަޒަން ޖެއްސި ވައްތަރުން ޖަންނަތުއަށް ހެވުނެވެ. ޒައިދާން ވެސް ހެވިފައި ބަލަން ހުއްޓެވެ.
ޒައިދާން ބެލްކަނީގައި ސިނގިރޭޓް ރޯކޮށްގެން ހުރީ ވިސްނުމެއްގަ އެވެ. ހިތުގައި ވަނީ ވަރުދާގެ ހަދާން ތަކެވެ. ޒައިދާން ދިޔައީ ހިތުން ވަރުދާއާއި އެތައް ސުވާލެއް ކުރަމުންނެވެ. “ވަރުދާ، އަހަންނަށް މާފު ކުރާނަން ދޯ. އަހަރެން ޖަންނައާ އިނީ ހަމަ އެކަނި ނަމަކަށް. އެއްގޮތަކަށްވެސް ވަރުދާ މަތިން ހަދާން ނެތިގެނެއް ނޫން. އަހަރެން އަބަދުވެސް ލޯބިވަނީ ވަރުދާ ދެކެ. އަހަރެންގެ އަންބެއްގެ ގޮތުގައި ޖަންނަ ހުއްޓެއް ކަމަކު އެއީ ހަމައެކަނި އަހަރުމެންގެ ގާތް ރަހުމަތްތެރިއެއް. އަހަންނަށް ޖަންނައާއި ދިމާއަށް އެނޫން ގޮތަކަށް ނުބެލޭނެ ކަން ވަރުދާއަށް އިނގޭނު ދޯ. ވަރުދާ އަހަރެންދެކެ ރުޅި ނާންނައްޗޭ.” ޒައިދާން ފުންކޮން ސިނގިރޭޓް ދަމާލި އެވެ.
“ތީ ވެސް ޒައިދާން ކުރާ ކަމެއްތަ؟” އެވަގުތު ބެލްކަންޏަށް ނުކުތް ޖަންނަތުއަށް ޒައިދާން ސިނގިރޭޓް ބޯތަން ފެނި އަހާލި އެވެ. މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާތީ ޖަންނަތު ހުރީ ހައިރާންވެސް ވެފަ އެވެ.
“މީ… މީ އެހެން ބޯލާ އެއްޗެއް.” ޒައިދާން އަވަހަށް އަނެއްއަތުން ހިފައިގެން ހުރި އަޅިކެނޑިއަށް ސިނގިރޭޓް ލާފައި ނިއްވާލަމުން ބުނެލި އެވެ. އަދި ޖަންނަތުއަށް އެކަން އިނގުނީތީ ހުރީ ލަދުގަންނަގޮތް ވެފަ އެވެ. އެއްވެސް މީހަކަށް ޒައިދާން ސިނގިރޭޓް ބޯކަމެއް އަދި ނޭގޭނެ އެވެ.
“ޔަޒަން ނިދީތަ؟” ބެލްކަނީގެ ދަގަނޑު ތަކުގައި އުޅަބޮށި އަޅުވާލަމުން ޒައިދާން އަހާލި އެވެ.
“އާން، ވަރަށް އަވަހަށް ނިދައިފި. ވަރަށް ވަރުބަލިވެފަ ކަންނޭގެ ހުރީ.” ޖަންނަތު ހަށަން ބަދެލައިގެން ހުރެ އައިސް ބެލްކަނީގެ ދަގަނޑު ތަކުގައި ލެގިލި އެވެ.
“އަހަރެން މީ އަސްލު ސިނގިރެޓް ބުއި މީހެއްނޫން،” ޒައިދާން ބޭނުންވީ ޖަންނަތުއަށް ޒައިދާންގެ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. “އެކަމަކު، ވަރުދާ ދުނިޔެ ދޫކުރުމަށްފަހު އޭނަގެ ހިޔާލުތަށް އަންނާތީ އަހަންނަށް ކެތްނުވެގެން ކުރަން ފެށުނު ކަމެއްމީ. އެކަނި މިހެން ހުންނައިރު ބޮޑަށް ވަރުދާ މަތިން ހަދާން ވަނީ. އައި މިސް ހަރ އަ ލޮޓް.” ޒައިދާން އާއި ދިމާއަށް ޖަންނަތު ބަލަން ހުއްޓެވެ. ވަރުދާ ދެކެ ޒައިދާން އަދިވެސް އެހާވަރަށް ލޯބިވާތީ ޖަންނަތު އުފާވި އެވެ. އެދެމީހުން އެއްކޮން އުޅުން ދުވަސްތަކާއި އެމީހުންގެ ދިރިއުޅުން ވެސް ޖަންނަތުއަށް ވަނީ ފެނިފަ އެވެ.
“އެއްވެސް މީހަކަށް އެމީހެއްގެ ލޯތްބެއް ހަދާން ނައްތައެއް ނުލެވޭނެނު. އެކަމަކު ޔަޒަންއަށް އިނގޭތަ ޒައިދާން ސްމޯރކް ކުރާކަން؟”
“ނޫނޭ، އެކަކަށްވެސް ނޭގޭނެ. ޖަންނައަށް އެކަނި އަދި ތި އިނގުނީ.” ޒައިދާން ބުންޏެވެ. “ހީކުރަން މި ސިއްރެއްގެ ގޮތުގަ ބާއްވަދޭނެ ކަމަށް.”
“ހާސް ނުވޭ… ޒައިދާންގެ އެކުވެރިއެއްގެ ގޮތުގައި ހުންނަންޏާ ތިކަން ކުރެވޭތޯ ބަލާނަން.” ޖަންނަތު ހިނިތުން ވެލަމުން ބުނެލި އެވެ. “ގުޑް ނައިޓް ޒައިދާން.” ޖަންނަތު އެތަނުން ދަމުން ބުންޏެވެ. ޒައިދާން ޖަންނަތުއަށް ބަލައިލާފައި ހިނިތުން ވެލި އެވެ.
ޖަންނަތު ގޮސް ޔަޒަން ކައިރީ އެނދުގައި ޖައްސާލި އެވެ. ފޯނު ހުޅުވާލީ އަބްޔާންގެ މެސެޖާއި ކޯލު އައިސްފައި ވާނެ ކަމުގެ އުންމީދުގައި އެ ބަލާލާށެވެ. ނަމަވެސް އެންމެ މިސްކޯލެއް ފިޔަވާ އިތުރު ކޯލެއް އަިއސްފައެއް ނެތެވެ. އަދި މެސެޖެއް ވެސް އައިސްފައި ނެތެވެ. ޖަންނަތު ވިސްނާލި އެވެ. އަނެއްކާ ޖަންނަތު އެންމެ ފަހުން ބުނި ބަސްކޮޅު އަބްޔާން އަސްލުވެސް ގަބޫލު ކުރީ ބާއެވެ. ނޫނީ އަބްޔާންއަށް ޖަންނަތު މީހަކާ އިންވާހަކަ އަޑުއިވުނީބާ އެވެ. އެކަހަލަ ހިޔާލު ތަކެއްތެރޭ ޖަންނަތުއޮއްވާ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭގެ އެވެ.

ލީކްސް ރެސްޓޯރެންޓްގައި ނޫރުއާއި އަހްޔާން ތިބެގެން ދައްކަމުން ދިޔައީ ޒައިދާންއާއި ޖަންނަތުގެ ކައިވެނީގެ ވާހަކަ އެވެ. ނޫރު އެވާހަކަ އަހްޔާންއާއި ހިއްސާކުރުމުން އަހްޔާން ވެސް އިނީ ބަސްހުއްޓިފަ އެވެ. ޖަންނަތު ވެސް އަދި ޒައިދާންވެސް އެވަރުގެ ބޮޑު ފިޔަވަޅެއް ނަގާފާނެ ކަމަކަށް އަހްޔާން ހިތަކަށް ވެސް ނާރަ އެވެ. އިރުކޮޅަކުން އެމީހުނާ ބައިވެރިވާން މުޒައްފަރާއި މޫސަ ވެސް އެތަނަށް އައެވެ. ނޫރު އެދެމީހުނަށް ބަލައިލީ ނުހުން ވެފަ އެވެ. އެމީހުނަށް އިނގިހުރެ އެވާހަކަ ސިއްރުކުރީތީ ނޫރު އިނީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ.
“ކަލޭމެނަށް ހަމަ އިނގި ހުރެ ނުބުނީނު.” ނޫރު އެދެމީހުނަށް ބަލައިލަމުން ބުނެލި އެވެ.
“އަސްލު މަށަށް އިނގޭ އަބީ ދެރަވާނެ ވަރުވެސް. އެކަމަކު ޒައިދާންވެސް އެކަން އެހެން ކުރީ ހަމަ އަބީއާ ތި އާއިލާއަށް ހެޔޮ އެދޭތީ.” ސާބިތު ކަމާއެކު މޫސަ ބުންޏެވެ.
“އަހަރެން ވެސް އެކަމާ ގަބޫލު… އެއީ މިވަގުތަށް އެންމެ ރަގަޅު ކަންތައްކަމުގައި އަހަރެން ދެކެނީ.” މުޒައްފަރުވެސް ބުންޏެވެ.
“އާން، ދެން ހެޔޮ.. ތިތިބީވާ އަބީގެ ހެޔޮއެދޭ ރައްޓެހިން… އިތުރަށް ދެން އެއްޗެއް ނުބުންޏަސް އަހަރުންނަށް އިނގިއްޖެ.” ނޫރު ގާތަށް ރުޅިއައިސްގެން ބުންޏެވެ. އަދި އެތާ ނުހުރެ އަވަހަށް ނުކުމެގެން ދިޔައީ އެވެ. މުޒައްފަރު އަހްޔާންއަށް ބަލައި ލާފައި އުޅުނީ ހުރިހާ ވާހަކައެއް އަހްޔާން ގާތު ބުނާށެވެ. ނަމަވެސް އަހްޔާން އަތް އުފުލާ މުޒައްފަރު ހުއްޓުވި އެވެ. އަދި ނުރުހުން ވެފައި މޫސައާއި މުޒައްފަރުއަށް ބަލައިލާފައި އަހްޔާންވެސް ނުކުމެގެން ހިގައްޖެ އެވެ. މޫސައާއި މުޒައްފަރު އެކަކު އަނެކަކަށް ބަލައިލާފައި ދެރަވެފައި އެތާ އިށީނެވެ.
ހެދުނާ ޖަންނަތު ހޭލި އެވެ. އެންމެ ކުރިން ޖަންނަތު ނުކުތީ މަގުމަތި ކުނިކަހާށެވެ. ނަމަވެސް މޫނިސާ އޭރު އެގޭ މަގުމަތި ކުނިކަހާ ނިމެނީ އެވެ. މޫނިސާއަށް ޖަންނަތު އެގެއިން ނުކުތްތަން ފެނި ބަސްހުއްޓިފައި ބަލަހައްޓައިގެން ހުއްޓެވެ. ޖަންނަތު މޫނިސާއަށް ހިނިތުން ވެލަމުން އެތެރެއަށް ވަނެވެ.
އެގެ ކުނިކަހާފައި ގްރީން ވިލާ ކުނި ކަހަން މޫނިސާ ދިޔަ އެވެ. ހިދާޔާ ވެސް ނުކުމެ ދޮރު ހުޅުވާލީ ގޯތިތެރެ ކުނި ކަހަން މޫނިސާ އަންނާނެތީ އެވެ.
“އޭ، ހިދާޔާ،” މޫނިސާގެ ހިތުގައި އުފެދުނު ސުވާލުން ހިދާޔާ ކައިރީ ނާހައެއް މޫނިސާއަކަށް ނުހުރެވުނެވެ. “އެ ޒައިދާންމެންގޭގަ ޖަންނަތު ކީއްކުރަނީ؟” ހިދާޔާ ބަލައިލީ މޫނިސާ ކިޔާ އެއްޗެއް އޮޅުން ނުފިލާތީ އެވެ.
“މިބުނީ މިޔޮށް ހެދުނާ ޒައިދާން މެންގޭގަ ޖަންނަތު ކީއްހޭ ކުރަނީ.” މޫނިސާ އެހެން ބުނުމުން ހިދާޔާ ވިސްނާލަމުން ޗޮކެއް ކަނޑާލި އެވެ.
“އަންނާނެނު، އެ ޔަޒަންއަށް ރޮށި ހިފައިގެންވެސް އައިސް ދާނެ.. ނޫނީ އެހެން ކަމަކުވެސް އައިސް ދާނެނު.” ހިދާޔާއަށް ވިސްނުން ގޮތަށް ހިދާޔާ ބުނެލި އެވެ.
އޭރު ބަހާރުގެއިން ފަރުޒާނާ ވެސް އިލޮށިފަތި ހިފައިގެން ނުކުތީ އެގޭދޮށް ކުނިކަހާށެވެ. މޫނިސާއާ ހިދާޔާ ވާހަކަދައްކަން ތިބުމުން ފަރުޒާނާއަށް ވެސް އެދިމާލަށް ގޮސްނުލާ ނުހުރެ ވުނެވެ.
“މިހާ ހެދުނާ ކޮންވާހަކައެއް ތި ދައްކަނީ؟” ފަރުޒާނާ އައިސް އެމީހުން ކައިރިއަށް ހުއްޓިލަމުން އަހާލި އެވެ.
“މަށަށް މުރަކަގޭން ޖަންނަތު ފެނުނީމަ އަހަރެން މި އަހާލީ އޭނަ އެގޭގަ ކީއްތޯ ކުރަނީ.” މޫނިސާ ބުންޏެވެ.
“އޭނަ އެގޭގައެއްނު އުޅޭނީ… އެއީ ޒައިދާންގެ އަންހެނުން ވިއްޔަ.” ފަރުޒާނާ އެހެން ބުނުމުން ހިދާޔާއަށް ސިހުމެއް ލިބިގެން ދިޔަ އެވެ.
“އޭން؟ ކީކޭ؟” ގަބޫލު ނުކުރެވިފައި ހިދާޔާއަށް އަހާލެ ވުނެވެ. “ޖަންނަތަކީ ޒައިދާންގެ އަންހެނުންނޭ؟”
“އާން، ރޭގަ އެދެމީހުން އިނީނު. އަލިމަނިކު ކައިރިއަށް ޒައިދާން އައި ވަލީ ހޯދަން. ރޭގަ އަލިމަނިކު ދިޔަ އެގެއަށް ކައިވެނި ކުރާތަނަށްވެސް. ހިދާޔާއަށް ކޯޗެއް އިނގެނީ.” ފަރުޒާނާ ބުންޏެވެ. ހިދާޔާގެ މޫނަށް ވެރިވެގެން ދިޔައީ ހިތްހަމަ ޖެހުމުގެ ހިނިތުން ވުމެކެވެ. ހިދާޔާ ހިތް އެދޭ ގޮތަށް ކަންތައް ވުމުން ހިދާޔާ ނިކަން ހެވިފައި ހުރެ އެތެރެއަށް ވަނެވެ.

“ޒައިދާން، އަނެއްކާ ޒައީމާއްތަ ކީކޭބާ ހިތައް އަރާނީ؟” ޒައިދާންގެ ކާރުގެ ކުރީ ސީޓުގައި ޖަންނަތު އިނީ ޔުނީފޯރމުގައި އިން ޔަޒަން އުނގަށް ލައިގެނެވެ. ޔަޒަން އިނީ ޖަންނަތުގެ ފޯނުން ގޭމެއް ކުޅޭށެވެ. ޒައިދާން ދިޔައީ ކާރު ދުއްވަމުންނެވެ.
“ޒައީމާއްތަ އެއްޗެއް ހިތަކަށް ނާރާނެނު.. މި ހުރިހާ ދުވަހުވެސް ޔަޒަން ގެންގޮސް އެގެއަށް ލަނީނު.” ޒައިދާން އިނީ ނިކަން ހަމަޖެހިލާފަ އެވެ.
“އެކަމު ޒައިދާން، މިހާރު ކުރިޔާ އެއްގޮތެއް ނުވާނެނު… ޒައީމާއްތަ ހިތައް އަރާނެ ޒައިދާން މީހަކާއިނަސް ވާ ފަސޭހައެއް ނެތޭ.” ޖަންނަތު ކަންބޮޑުވަނީ ޒައިދާން ސްކޫލް ނިމިގެން ޒައީމާމެންގެއަށް ގެންދާވާހަކަ ބުނުމުންނެވެ.
“ޖަންނާ، ކޮންމެ ގޮތެއް ވިޔަސް އަހަރެން އަދި އޮފީހަށް ޖަންނަ ވަރަށް ބޭނުންވާނެ… އަދި ދެތިން ކުއްޖެއް އޮފީހަށް ވައްދަންދެން ޖަންނަ އޮފީހަށް ދިއުން ވަރަށް މުހިންމު.” ޒައިދާން ބުންޏެވެ.
“ޔަޒަން ސްކޫލް ނިމުނީމަ އަހަރެން ގެއަށް ދަންތަ… ކުރިން ވެސް އެހެން ހެދީމެއްނު.” ޖަންނަތު އެހެން ބުނުމުން ޒައިދާން ޖަންނަތުއަށް އަވަސް ނަޒަރެއް ދިނެވެ. އަދި ހިނިތުން ވެލީ ޖަންނަތު ކުރުނުކުރާނެކަން އިނގުމުންނެވެ.
“އެންމެރަގަޅު، ޖަންނައަށް ފެންނަ ގޮތެއް ހަދާ.” އެންމެ ފަހުން ޒައިދާން ބުންޏެވެ.
ޔަޒަން ސްކޫލަށް ލާފައި ޖަންނަތުއާއި ޒައިދާން ދިޔައީ ގެސްޓް ހައުސް އަށެވެ. އެމީހުން ވަދެގެން އައި އިރު ގެސްޓު ހައުސްގެ ގިނަ މުވައްޒަފުން ރިސްޕްޝަން ކައުންޓަރަށް ޖަމާވެފައި ތިއްބެވެ. އަދި ކައުންޓަރު މަތީގައި ކޭކެއްވެސް ބައިންދާފައި އިިނެވެ. އެދެމީހުން އައިސް އެންމެނާ ހިސާބަށް އެރިތަނާ ‘ކޮންގްރެޖުލޭޝަން އެންޑް ސެލުބްރޭޝަން…’ ގެ ލަވަ މުޅި ފަޒާގައި ޖަހަމުން ދާން ފެށި އެވެ. ހުރިހާ މުވައްޒަފުންނަށް އެ ޙަބަރުދީ އެކަންތައް ރޭވީ ކަލީމް އެވެ.
“ކޮންގްރެޖުލޭޝަން.” ހައިފާ އައިސް ޖަންނަތު ގައިގައި ބައްދާލަމުން ބުންޏެވެ. ޖަންނަތު ހިނިތުން ވެލި އެވެ. އެވަގުތު ލަމްޔާ ވެސް އައިސް ޖަންނަތުއާ ސަލާން ކޮށްލަން އަތް ދިިއްކޮށްލި އެވެ. ޖަންނަތު ލަމްޔާއަށް ބަލައިލަމުން ސަލާން ކޮށްލި އެވެ.
“ލަމް، ލަމްގެ ދުޢާ އިޖާބަ ކުރެއްވީނު… ލަމް ބުނިހެން އަހަރެންނަށް އަބީއެއް ނުލިބުން.” ހަމަ އެކަނި ލަމްޔާއަށް އަޑު އިވޭވަރަށް ޖަންނަތު އެހެން ބުނި އިރު އެ އަޑުގައި އެކުލެވިފައިވާ ވޭން ލަމްޔާއަށް ފާހަގަ ވިއެވެ. ލަމްޔާ ދެރަވި އެވެ. އެދުވަހު އައިސްފައި ހުރި ރުޅިން ޖަންނަތުއާއި ދިމާއަށް ކިއުނު އެއްޗެއްވެސް ލަމްޔާ މިހާރު ހަދާނެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް އަބްޔާން ލަމްޔާއަށް ނުލިބޭނެކަން ލަމްޔާއަށް ވިސްނުނީވެސް މާފަހުންނެވެ.
“ސޮރީ،…” ލަމްޔާ ޖަންނަތުގެ ލޮލަށް ބަލައިލަމުން ދެރަވެފައި ބުންޏެވެ. “އައި އޭމް ރިއަލީ ސޮރީ.”
“އިޓްސް އޯކޭ.” ޖަންނަތު އެހެން ބުނެ ލަމްޔާ އަތުން ދޫކޮށްލި އެވެ. އަދި ލަމްޔާއާއި ދުރަށް ޖެހިލި އެވެ. އެވަގުތު މާޒިދު އައިސް ޖަންނަތު ކުރިމަތީ ހުއްޓުނެވެ.
“މަށާ ނީނދެ އެންމެ ފަހުން ތި މެރީ ކުރީ ޒައިދާންއާ ދޯ؟” ސަމާސާ ރާގަކަށް މާޒިދު އެހެން ބުނެލަމުން ސަލާން ކުރުމަށް އަތް ދިއްކޮށްލި އެވެ. “ކޮންގްރާ،” ޖަންނަތު މާޒިދު އަތުގައި ހިފާލުމުން މާޒިދު ސަލާން ކޮށްލަމުން ބުންޏެވެ. “އަސްލު ވަރަށް ރަގަޅު ޗޮއިސްއެއް އިނގޭ.” މާޒިދު އެހެން ބުނުމުން ޖަންނަތު ހިނިތުން ވެލި އެވެ.
ހުރިހާ މުވައްޒަފުން އެދެމަފިރިންނަށް މަރުޙަބާ ކިޔާ ކޭކް ފެޫމުގައި އެގަޑި ހޭދަ ވި އެވެ.

ޒައިދާން ކާރުގައި ޖަންނަތު ގޮވައިގެން ދިޔައީ ޔަޒަން ބަލައެވެ. އަދި ޔަޒަން ގޮވައިގެން ގެނެސް ދެމީހުން ގެއަށް ލާފައި އަނެއްކާވެސް ޒައިދާން ދިޔައީ މަސައްކަތު އެވެ. ހަވީރު ވަމުން އައި އިރު ޔަޒަން ފެންވަރުވައިގެން ޖަންނަތު ނުކުތީ ޔަޒަން ޤުރުއާން ކްލާހަށް ގެންދިއުމަށެވެ. އެވަގުތު ޒައީމާ ވެސް އެގޭދޮށަސް އައެވެ.
“އައްދޭ ދަދަންއަށް އާ މަންމައެއް ލިބުނީމަ ދެން ބޮޑޫއްތަ މަތިން ހަދާން ވެސް ނެތުނީތަ؟” ޒައީމާ ޔަޒަންއާއި މުހާތަބު ކުރިއެއް ކަމަކު ޒައީމާ ބަލައިލީ ޖަންނަތުއަށެވެ. ޔަޒަން ހުރީ ވާނުވާ ނޭގިފަ އެވެ.
“އާ މަންމަ އެކޭ؟” ޔަޒަން އަހާލި އެވެ.
“އާން، ޖަންނަދައްތަ އަކީ މިހާރު ޔަޒަންގެ އާ މަންމަ އެއްނު.” ޒައީމާ ހިނިތުން ވެލަމުން ޔަޒަންގެ ކޮލުގައި ލޯބިން ހިފާލި އެވެ. ޔަޒަން ޒައީމާއަށް ބަލައިލާފައި ޖަންނަތުއަށް ބަލައިލި އެވެ.
“ޔަޒަންގެ މަންމަ ނެތެއްނު. ބައްޕަބުނީ ކޮންމެ ކުއްޖެއްގެ ވެސް ހުންނާނީ އެންމެ މަންމައަކާއި އެންމެ ބައްޕައެކޭ. އެހެންވީމަ ޔަޒަން މަންމަ މިހާރު މަރުވީމަ ޔަޒަންގެ މަންމައެއް ދެން ނުހުންނާނޭ ބައްޕަ ބުނެފަ އޮތީ… ދެން ޖަންނަ ދައްތަ ކީއްވެތަ ޔަޒަންގެ މަންމައަށް ވާނީ.” ޔަޒަން އެހެން ބުނުމުން ޒައީމާ ޖަންނަތުއަށް ބަލައިލަމުން ހިނިތުން ވެލި އެވެ.
“ދޮގެއްނޫން، މީ ޔަޒަންގެ ޖަންނަ ދައްތަވިއްޔަ ދޯ ޔަޒަން.” ޖަންނަތު އެހެން ބުނުމުން ޔަޒަން ބޯޖަހާލަމުން ހީލި އެވެ.
“ޖަންނަ މިހާރު ދެން އޮފީހަށް ވެސް ނުދަނީތަ؟” ޒަީއީމާ ހަގީގަތުގައި ހުރީ ޔަޒަން އެގެއަށް ނުގެންދާތީ ދެރަވެފަ އެވެ.
“އޮފީހަށް ދިޔައިން.. އެކަމު ޔަޒަން ސްކޫލް ނިމޭގަޑީގަ އަވަހަށް އައީ.” ޖަންނަތު ބުންޏެވެ.
“އެއީ ކީއްވެ؟ ޔަޒަން ބަލާނެ މީހަކު ނެތީތަ؟” ހިތްހަމަ ނުޖެހިފައި ހުރެ ޒައީމާ ބުންޏެވެ. “ޔަޒަން ސްކޫލް ނިމިގެން އަހަރުންގެއަށް އަބަދު އަންނަހެން މިހާރުވެސް އާދެވޭނެނު. ޖަންނައަށް އޮފީސް ނިމިގެން އައިސް ޔަޒަން ގޮވައިގެން ގެއަށް އާދެވޭނެނު… ޒައީމާއްތަ ހާދަ ދެރަވެޔޭ ޔަޒަން ނާންނާތީ.” ޒައީމާ ދެރަވެލާފައި އެހެން ބުނުމުން ޖަންނަތުވެސް ދެރަވި އެވެ. އަދި ދެން ޔަޒަން އެގެއަށް ގެންދާނަން ކަމަށް ޖަންނަތު ބުންޏެވެ.
“ހިނގާ ބޮޑޫއްތަޔާ އެއްކޮން ޤުރުއާން ކްލާހަށް.” ޒައީމާ ޔަޒަންގެ އަތުގައި ހިފާލަމުން ބުންޏެވެ. “ދެން ކޮންމެ ދުވަހަކުވެސް މިހެން ހަދާނީ… ޒައީމާއްތަ މީނަ ޤުރުއާން ކްލާހަށް ލާނަން… ޖަންނަ އޮފީހުން އައިސް މީނަ ބަލާދޭ. އޭރުން ހުރިހާ ކަމެއް ހަމަޖެހުނީނު.” ޒައީމާ ރާވާލި އެވެ. ޖަންނަތު ހިނިތުން ވެލި އެވެ.

ދެދުވަސް ފަހުން އަބްޔާންއަށް ރަށަށް އާދެވުނު އިރު ހުރީ އިރުއޮއްސިފަ އެވެ. އަބްޔާން އައިސް ގެއަށް ވަންއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަބްޔާން އައިސް ކޮޓަރިއަށް ވަދެ ފެންވަރާލި އެވެ. އަދި ތާޒާ ވެލައިގެން ނުކުތްއިރު ތަނާ އައިސް އާލިޔާ ކޮޓަރިއަށް ވަންނަނީ އެވެ. އަބްޔާން ތަނާއަށް ބަލައިވެސް ނުލާ ގެއިން ބޭރަށް ދާން ހިގައި ގަތެވެ.
“އަބީ،” ތަނާ ގޮވާލުމުން ހުރި ފިޔަވަޅުމަތީ އަބްޔާން ހުއްޓުނެވެ. “އައި އޭމް ސޮރީ އަބީ!” ތަނާ ހިތުގެ އަޑިން އެހެން ބުނިއިރު ތަނާއަށް ހުރީ ރޮވެން ކައިރިވެފަ އެވެ.
“އަދިކިރިޔާތަ ސޮރީ ބުނަން އިނގުނީ… ހުރިހާ ކަމެއްވެ ނިމުނީމަތަ؟” އަބްޔާން ރުޅި އައިސްފައި ތަނާއަށް ބަލައިލަމުން ނިކަން ބާރަށް ތަނާއާއި ދިމާލަށް އެހެން ބުންޏެވެ. ހިދާޔާ ކޮޓަރިން ނިކުތީވެސް އެއަޑަށެވެ.
“ދަރިފުޅާ، ކިހިނެއްވަނީ؟ ކޮން އިރަކު ދަރިފުޅު އައީ؟” ހިަދާޔާ ހައިރާން ވެފައި އަބްޔާން ކައިރިއަށް އައެވެ.
“މަންމާ، މިހިރަ އަންހެނާ ކައިރީ ބުނޭ އަހަރެން ކުރިމަތިން ދުރަށް ދާށޭ.” އަބްޔާން އަދިވެސް އެރުޅިގަނޑުގައި ހުރެ ބުންޏެވެ. ތަނާ ވީދެރައިން އަވަހަށް ގޮސް އާލިޔާ ކޮޓަރިއަށް ވަދެ ދޮރުލެއްޕި އެވެ.
“މަންމާ، އަހަރެންގެ އޮތީ ކޮން ކުށެއް؟ އަހަރެންނަށް މިހާބޮޑު އަނިޔާއެއް ލިބިގެން މިދަނީ އަހަންނަށް ކީއްކުރެވިގެން؟ މަންމާ!” އަބްޔާން އައިސް ހިދާޔާ ކޮނޑުގައި ބޯއަޅާލި އެވެ. އަސަރާއި އެކު އަބްޔާން ބުނަމުން ދިޔަ ޖުމްލަތަކުން ހިދާޔާއަށް ކޮންމެސް ވަރެއްގެ އުނދަގުލެއް ވިއެވެ. ނަމަވެސް ހިދާޔާ ހިތައް ވިސްނައިދިނީ ދުވަސްތައް ފާއިތުވާ ވަރަކަށް ޖަންނަތު މަތިން އަބްޔާން ވެސް ހަދާން ނެތޭނެ ކަމުގަ އެވެ.
“ދަރިފުޅާ، ހިތްވަރުކުރޭ… ދަރިފުޅަށް މިއަދު ތި ދައްކަވަނީ އިމްތިހާނެއް. ކެތްކުރަން ވާނެ.” އަބްޔާން ބުރަކަށީ ފިރުމާލަމުން ހިދާޔާ ބުންޏެވެ.
“އަހަރެން ވަރަށް ހިތްވަރުކޮށްފިން މަންމާ… އަދިވެސް ހިތްވަރުކޮށް ކެތްކުރެވިދާނެ… އެކަމަކު ދެން އަހަންނަށް ލިބޭނެ އުފަލެއްނެތް މަންމާ!” ނިކަން އަސަރާއި އެކު އެެހެން ބުނެފައި އަބްޔާން ލޯފޮހެލަމުން ބޯނެގި އެވެ. އަދި ހިދާޔާގެ އަތުގައި ހިފާލި އެވެ. “އަހަރެން ދެކެމުން އައި ހުވަފެން ވިއްސި ވިހާލިވެގެން ހިގައްޖެ… މަންމާ… އަހަންނަށް އުފާވެރިކަން ލިބި ކެތްތެރިކަން ދެއްވާތޯ މަންމަވެސް ދުޢާ ކޮށްދީބަލަ.” ފެންކަޅިވެފައި ވާ އަބްޔާންގެ ލޯ ފެނުމުން ހިދާޔާއަށް ނިކަން އުނދަގޫ ވިއެވެ. ކުއްވެރިއަކު ފަދައިން ހިދާޔާއަށް އިސްޖަހާލެވުނެވެ.

އާލިޔާ ފާހާނާއިން ނުކުތް އިރު ތަނާ އެނދުމަތީ އިނދެގެން ރޮނީ އެވެ. އާލިޔާ އައިސް ތަނާ ކައިރީ އެނދުގައި އިށީނެވެ.
“ތަނާ، އަނެއްކާ ކިހިނެއްވީ؟” ވާނުވާ ނޭގިފައި އިން އާލިޔާ އަހާލި އެވެ.
“އާލިޔާ، އަހަރެން އަބީއާ އޭރު ދުރުވެގެން ހުރީ ނުލާހިކު ސުލްހަވެރިކަމާ އެކު.. އޭރު އަހަރެން ހުރީ ނުލާހިކު ހިތްހަމަ ޖެހިފަ. އެޓް ލީސްޓް އަބީގެ ފްރެންޑެއް ގޮތުގަ އޭރު އަހަންނަށް ހުރެވުނީސް. އެކަމަކު އާލިޔާ މަންމައާ ހެދި އެކަން މުޅިން ބަދަލުވީ. އާލިޔާ މަންމައަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން… އަހަންނާ އަބީއާ އޮތް އެކުވެރިކަން ވެސް މިއަދު ނެތިގެން ހިގައްޖެ.” އާލިޔާ ރޮމުން ގިސްލަމުން ވާހަކަދައްކަމުން ދިޔަ އެވެ. އާލިޔާ ހުރީ ތަނާ މާބޮޑަށް ރޯތީ ކަންތައް ބޮޑުވެފަ އެވެ. އެހެން ކަމުން އާލިޔާ އަވަހަށް އަހްޔާންއަށް ގުޅައިގެން އެކޮޓަރިއަށް ގެނަ އެވެ.
“ތަނާ، އަނެއްކާ ކިހިނެއްވީ؟” އަހްޔާން އައިސް އެކޮޓަރިއަށް ވަދެ އެހި އެވެ. ތަނާއަށް ވާހަކައެއް ނުދެއްކުނެވެ. އަޑުބެދިއްޖެ އެވެ. ގިސްލެވެމުން ގޮސް ނޭވާ ހާސްވާން ފެށިއެވެ. އަހްޔާން ސުވާލުން ފުރިގެންވާ ނަޒަރަކުން އާލިޔާއަށް ބަލައިލި އެވެ.
“އަބީބެ މިރޭ އައިސް ލެކްޗަރެއް ދިނީ.” އާލިޔާ އަހްޔާން ގާތު ބުންޏެވެ. ތަނާއަށް ސާފުވައި ލިބޭގޮތަށް ހެދުމަށް ޓަކައި އެގެއާއި ދިމާ އަތިރިމައްޗަށް ތަނާއާއި އެކު އަހްޔާން ނުކުތެވެ. އެތަކެއް ވާހަކަ ދައްކަމުން އަހްޔާން ތަނާ ގޮވައިގެން ހިގަމުން ދިޔަ އެވެ. އިސާހިތަކު ތަނާގެ ގިސްލުން މަދު ވި އެވެ. އަދި ނޭވާ ހަމައަކަށް އެޅނެވެ.
“ތަނާ، ކީކޭ އަބީ ބުނީ؟” ތަނާ ހަމައަކަށް އެޅުމުން އަހްޔާން ތަނާ ގާތު އަހާލި އެވެ. ވާހަކަ ދެއްކުމުން ތަނާއަށް ލުއި ލިބޭނެކަން އިނގޭތީ އަހްޔާން ބޭނުންވީ ތަނާގެ އަނގައިން އެވާހަކަތައް ދައްކާށެވެ.
ތަނާ އަހްޔާންއަށް އަބްޔާން އެއްޗިހި ކީ ވާހަކަ ބުންޏެވެ. އަދި ހިދާޔާ ކަންތައް ކުރި ގޮތުގެ ވާހަކަ ވެސް އަހްޔާންއަށް ތަނާ ކިޔައި ދިނެވެ. އަހްޔާން އެންމެ ކުރިން ތަނާދެކެ އައީ ރުޅި އެވެ. ނަމަވެސް އަހްޔާން ފުންކޮން ވިސްނާލި އެވެ. ޖަންނަތުގެ ކައިވެނީގެ އެންމެ ބޮޑު ސިއްރަކީ އެއީ ކަމުގައި އަހްޔާންއަށް ޔަގީންވުމުން އިންތިހާއަށް ހިދާޔާ ދެކެ އަހްޔާންއަށް ރުޅި އާދެވުނެވެ. އަހްޔާން ބޭނުންވީ އެވަގުތު އެދާގޮތަށް ގޮސް ހިދާޔާއާއި ދިމާއަށް އެއްޗިހި ކިޔާށެވެ. ނަމަވެސް ތަނާ އަހްޔާން ހިފެހެއްޓި އެވެ.
“ޔާން، ދެން މިހާރު އެއްޗިހި ކިޔަސް ވާނެކަމެއް ނެތެއްނު.” ތަނާ ބުންޏެވެ.
“ތަނާ ކީއްވެތަ ތިވާހަކަ އަހަރުމެން ގާތު ކުރިން ނުބުނީ؟” އަހްޔާން ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.
“އަހަރެން ކިހިނެއް ބުނާނީ… ޖަންނަ ކައިރީ އަހަރެން ޕްރޮމިސް ކުރިން އަހަރެން އަބީ މަންމަގެ ގޯސް ވާހަކަ އެހެން މީހުން ކައިރީ ނުދައްކަން. އެކަމަކު އަހަންނަށް މިއަދު އެ ޕްރޮމިސް ވެސް ނުބޭއްވުން.” ތަނާ ދެރަވެފައި ބުންޏެވެ. އަހްޔާންއަށް މިހާރު ހުރިހާއެއްޗެއް ފަހުމްވެގެން ދިޔަ އެވެ. އަހްޔާން އަވަހަށް ތަނާ ގޮވައިގެން އައިސް ގެއަށް ވަނެވެ. އަހްޔާން ބޭނުންވީ އެވަގުތު ހިދާޔާއާއި ވާހަކަ ދައްކާށެވެ.
“މަންމާ!” އަހްޔާން ހިދާޔާ ކޮޓަރީގައި ޖަހާލަމުން ތަންކޮޅެއް ބާރަށް ގޮވާލި އެވެ.
“ކިހިނެއްވީ ދަރިފުޅާ؟” ނަސީރު ކޮޓަރި ދޮރު ހުޅުވާފައި ނުކުންނަމުން އަހާލި އެވެ. “މަންމަ ވެއްޖެ ފާހާނައިގަ.”
“ބައްޕަ؟” އަހްޔާންއަށް ނަސީރު ގޭގައި އުޅެކަމެއް ނޭގެ އެވެ. “ބައްޕަ ކޮންއިރަކުތޯ ދުރުވީ؟” ހައިރާން ވެފައި ހުރި އަހްޔާން އެހި އެވެ.
” ބައްޕަވެސް އައީ އަބީއާ އެއްކޮން… އެކަމަކު ބައްޕަ ވަރުބަލިވެފައި ހުރީމަ ޖައްސާލީ.” ނަސީރު ބުންޏެވެ. “ދަރިފުޅު ހާދަ ކަންބޮޑުވެފައި ހުރިހެން ހީވެޔޭ. އަނެއްކާ ކިހިނެއްވީ؟”
“މާބޮޑު ކަމެއްނުވޭ..” އަހްޔާންއަށް ނަސީރު ގާތު އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަދި ނަސީރު ގޭގައި އުޅޭތީ އަހްޔާންއަށް ހިދާޔާއި ވާހަކަދައްކަން ވެސް ފުރުސަތު ނުވާނެތީ ނުކުތީ ބޭރަށެވެ.

އަހްޔާން ދެން ގަސްތުކުރީ ހިދާޔާގެ ވާހަކަ އަބްޔާންއަށް ކިޔައި ދޭށެވެ. އެހެން ކަމުން މިސްރާބު ޖެހީ ލީކްސް ރެސްޓޯރެންޓަށެވެ. އަހްޔާން ގޮސް އެތަނަށް ވަން އިރު އެމީހުން އަބަދުވެސް ތިބޭ މޭޒު ދޮށުގައި ނޫރުއާއި އަބްޔާން ތިއްބެވެ.
“ނޫރު، އަޅެ ބުނެބަލަ އަހަރެންގެ ކުށެއް. އަހަރެން ޖަންނައަށް ޓަކައި ކިތައް ކަންތައް އިސްލާޙު ކުރިން. އަހަރެންގެ އުޅުން މުޅިން ބަދަލުކޮށް އަހަރެން ނުކުރަނީ ކީއް؟” އަބްޔާން ވާހަކަ ދައްކަމުން ދިޔައިރު އަބްޔާންގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. އަހްޔާން އެތަނަށް އައިސް ހުއްޓުން އިރު ކުރަކިވެފައިވާ އަޑުން އަބްޔާންގެ ވާހަކަތައް އަޑު އިވުމުން އަހްޔާންއަށް މަޑުޖެހިލެ ވުނެވެ. އަބްޔާންއަށް އިތުރު ހިތްދަތިކަމެއް ދޭކަށް އަހްޔާން ބޭނުމެއް ނުވި އެވެ. އެހެން ކަމުން އަހްޔާން އައިސް މަޑުމަޑުން ގޮނޑިއެއްގައި އިށީނެވެ.
“އަބީ، ދެން ހިތްވަރުކުކޮށްފަ ތިކަންތައް ހަދާން ނައްތާލަން މަސައްކަތް ކުރަން އުޅޭ… މިހާރު ތި ޗެޕްޓަރ ތި ނިމުނީޔޭ.” އަހްޔާން އަބްޔާންގެ ބުރަކަށީ ޖަހާލަމުން ބުނެލި އެވެ.
“ޔާން، އިޓްސް ނޮޓް ދެޓް އީޒީ.” އަބްޔާން އަހްޔާންއަށް ބަލައިލި އެވެ. އޭރު ލޮލަށް ވަނީ ކަރުނަތައް ގިނަ ވެފަ އެވެ. “ޔާންއަށް ތިހެން ބުނެލަން ކިހާ ފަސޭހަ. އެކަމަކު އަހަންނަށް ތިކަން ކުރާކަށް ފަސޭހައެއް ނޫނޭ.”
“އަހަރެން އެންމެ ރުޅިއައީ މުޒޭއާ މޫސަ ވެސް މިކަންތައް ސިއްރު ކުރީތީ.” އަދިވެސް ނުރުހިފައި ހުރި ނޫރު ބުންޏެވެ. “އެއީ އަބީއަށް ހެޔޮއެދޭ އެކުވެރިން ކަމަކަށް އަހަރެން ނުދެކެން.”
“ނޫރު، އަހަންނަށް ހީވަނީ އެމީހުނަށް ރީސަން އިނގޭތީހެން އަބީ ކައިރީ ނުބުނީ.” އަހްޔާން އެހެން ބުނުމުން ނޫރުއާއި އަބްޔާން އަހްޔާންއަށް ފާޑަކަށް ބަލައިލި އެވެ. “މިބުނީ… ކޮންމެސް ރީސަންއެއް އޮވެދާނެނޫންހޭ އެމީހުން އަބީ ކައިރީ އެވާހަކަ ނުދައްކަން.” އަހްޔާން އަވަސް އަވަހަށް ބުނެލި އެވެ.
“ކޮން ރީސަންއެއް އޮންނަންވީ… އެއީ ހަމަ އެމީހުން ކަންތައް ކުރިގޮތް. އަބީއަށް ވުރެން ބޮޑަށް ޒައިދާންއަށް ހެޔޮއެދޭތީ ކުރިކަމެއް އެއީ.” ނޫރު ބުންޏެވެ. އަހްޔާން އެއްޗެއް ނުބުނެ އިނެވެ. އަބްޔާން ވެސް މިފަހަރު ހަމަހިމޭނުން އިނެވެ.
“ޔާން، މަށަށް ހީވަނީ ޔާން ބުނިހެން މިކަމުގައި ފޮރުވިފައިވާ ވަރަށް ބޮޑު ރީސަންއެއް ވާހެން. ޒައިދާންގެ ގޮތް އަހަންނަށް ވަރަށް ރަގަޅަށް އިނގޭ… މީހަކަށް ދެރައެއް ދިނުމުގެ ނިޔަތެއްގައެއް ޒައިދާން އެކަހަލަ ކަމެއް ނުކުރާނެ… އަދި ޖަންނަވެސް ތަނާގެ މައްސަލައެއްގައެއް އެހާ ބޮޑު ޑިޒިޝަންއެއް ނުނަގާނެ… މީ މަށަށް ވިސްނޭގޮތް. އަހަރެން ބޭނުންވަނީ މިހެން ކަންތައް ކުރަން އެމީހުނަށް މަޖުބޫރުވެގެން ދިޔަ ސަބަބު ހޯދަން. އަހަރެން އަދި ޒައިދާންއާއި ވެސް ވާހަކަދައްކަން ބޭނުން. އަދި އެއްފަހަރު ޖަންނައާއި ވެސް ބައްދަލު ކުރަން ބޭނުން.” އަބްޔާން މޫނުމަތީ އަތް ހާކާލި އެވެ. ލޮލަށް ގިނަވެފައިވާ ކަރުތައް ފޮހެލަމުން އަބްޔާން ގޮނޑީގައި ހަމަ ޖެހިލި އެވެ.
“ގައިމުވެސް އަހަރެން މިހާރު ޒައިދާންދެކެ ވަރަށް ފޫހި ވެއްޖެ،” ނޫރު ބުންޏެވެ. “ޒައިދާން ގެސްޓް ހައުސްއިން ޖޮބް ވޭކަންސީ އިއުލާން ކޮށްފަ އޮތް މިއަދު… އަހަރެން އެއަށް ސިޓީލާން ހިތައްއަރާފަ ވެސް ނުލީ ޒައިދާންދެކެ ވީ ފޫއްސަކުން.”
“ޖޮބް ވޭކަންސީއޭ؟ ޖަންނަ އަންބަކަށް ވީމަ ޖޮބަށް ނުފޮނުވަނީބާ؟” އަބްޔާން އަމއިްލައަށް ސުވާލުކޮށްލާ ފަދައަކުން އަހާލި އެވެ.
“ތިހެންކަމަށް ތިވާނީ… ޖަންނަގެ މިނިވަން ކަންވެސް އަތުލީ ކަންނޭގެ.” ނޫރުވެސް ބުނެލި އެވެ. އަހްޔާން އެދެމީހުންގެ ވާހަކަ އަޑުއަހަން އިނީ އެވެ.

ނަސީރު އައިސް ޒައިދާން މެންގޭ ދޮރާށިން އެތެރެއަށް ބޯދިއްކޮށްލަމުން ސަލާން ގޮވާލި އެވެ. ސަލާން ބަލައި ގަންނަމުން ޖަންނަތު ބދިގެއިން ނުކުތީ ކުޑަ ތުވާލި ކޮޅަކުން އަތް ފޮހެމުންނެވެ.
“ނަސީރުބޭ،” ޖަންނަތު ޖެހިލުންވެފައި ހުރެ ނަސީރުއަށް ބަލައިލި އެވެ. “ކަމަކުތޯ؟” ޖަންނަތުއަށް އަހާލެ ވުނެވެ.
“އާން، ޒައިދާން އެބަ އުޅޭތަ؟” ނަސީރު އަހާލި އެވެ.
“ލައްބަ، އެބަ އުޅޭ… ނަސީރުބޭ ދުރުވޭ އެތެރެއަށް.” ޖަންނަތު ނިކަން އަދަބުވެރި ކަމާ އެކު ނަސީރުއާއި ވާހަކަ ދެއްކި އެވެ. “ނަސީރުބޭ އިށީންނަވާ… އަޅުގަނޑު އަންނާނަން ޒައިދާން ގާތު ބުނެލާފަ.” އެހެން ބުނެފައި ޖަންނަތު ސިޑިން މައްޗައް އަރައިގެން ދިޔަ އެވެ.
ޒައިދާން އިނީ ޔަޒަންއާއި އެކު ޔަޒަންގެ ފޮތްތައް ބަލާށެވެ. ނަސީރު އައިސް އިންވާހަކަ ބުނުމުން ޒައިދާން ތެދުވެ ޖަންނަތުއަށް ބަލައިލަމުން ކީއްކުރަންތޯ އިޝާރާތުން އަހާލި އެވެ. ޖަންނަތު ކޮންޑު އަރުވާލީ ނޭގެޔޭ ބުނާ ފަދަައަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ހަތްވަނަ ބައި)

Next

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ.. 6

Next
June 20, 2016

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ.. 6

Previews
June 20, 2016

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ހަތްވަނަ ބައި)

81 Comments!

  1. aff says:
    June 20, 2016 at 11:08 am

    obinexx to the maxx hama.. varah reethi ☺☺

  2. AN says:
    June 20, 2016 at 11:18 am

    Story is very nice

  3. ree says:
    June 20, 2016 at 11:48 am

    V loabi vaahaka v kiyaahithun mihuree

  4. Niz says:
    June 20, 2016 at 12:02 pm

    Vaahaka reethi ekam adhivx evvex kameh aby ah egeykah noolhe…

  5. Ivy says:
    June 20, 2016 at 12:16 pm

    Varah reethi

  6. same says:
    June 20, 2016 at 12:17 pm

    alhe haadha reechchey..

  7. PrinceSs says:
    June 20, 2016 at 12:24 pm

    Aby ah janna hoadhadhy plxxxx

  8. ainth says:
    June 20, 2016 at 12:34 pm

    Mamage hageegai aby a ingun v muhim.

  9. hibaa says:
    June 20, 2016 at 12:38 pm

    vaahaka v reethi.

  10. Thaany says:
    June 20, 2016 at 12:45 pm

    Waahaka reethi ekm aby ah hagygai foruwiffa owe waahaka dhigula dhiun ehaa sallhi eh nuwaane..

  11. fathun says:
    June 20, 2016 at 1:03 pm

    abi nd janna gulhuvabala please

  12. ahla says:
    June 20, 2016 at 1:45 pm

    ehaa rangalheh nuun Abyaan ah Janna nulibuneema…………..

  13. ny says:
    June 20, 2016 at 2:05 pm

    V v v boda thnx avaha upkodhineethy. …..v v v habeys haaada hihgaam vaahakaekey

  14. niha says:
    June 20, 2016 at 2:32 pm

    vvvv reethi
    dhen pls jana a zaidhan ge dathara a abey nuvadhathi

  15. Rsy says:
    June 20, 2016 at 2:33 pm

    vvv lobi mibaivas
    dhen abey a kantha fala arafa janna and zaidhan thakola close kolaba

  16. Aysha says:
    June 20, 2016 at 2:59 pm

    Varah reethi mibai ves. Ekamu janna and abee maa gulhey so join them again.

  17. Xoa says:
    June 20, 2016 at 3:29 pm

    Hama varah reethi. Keep it up aasi.

  18. Abhy says:
    June 20, 2016 at 5:04 pm

    Konme gotheh viyas zaidhan aa janna ge kaiveni vefa e thiby dhen rangalhu vaany hama zaidhan ah janna libun. Aby ah konmeves ehen gotheh.

  19. axooo says:
    June 20, 2016 at 7:22 pm

    noooooooo ??????? janna libun hahgy abeee ah…. abee janna ah takaa eha change vy so v hadivaane abee ah janna nulibihjeyaa plxx abee ah janna dhy

  20. asi says:
    June 20, 2016 at 7:33 pm

    thi gothah kahthah kurah. kobaa abee ge kushakee.abee ah ehen nuhadhaa pleex

  21. anoo says:
    June 20, 2016 at 7:36 pm

    Zaidhaan aby ah Janna dheyn adhi’adhi’

  22. I says:
    June 20, 2016 at 7:49 pm

    nun. I beynun janna and aby..plx plx plx plx..

  23. mary says:
    June 20, 2016 at 8:06 pm

    Aby hury neygumeehge thereyga adilibeyny abu ahhehhyvanydho vaahaka habeys so plx plx plx avasavas kondehchey upkondinun mivaahaka kiyaairu heyvany mivaahakatherey ulheveyheh salhi

  24. thuthy says:
    June 20, 2016 at 8:35 pm

    Alheyyy aasii aby dheranukohba plxxx…aby roathy rowihje :’-( :’-(

  25. natha says:
    June 20, 2016 at 8:42 pm

    Thivy hama rngalhah aby akah libeyne kameh neh,

  26. Appy says:
    June 20, 2016 at 8:42 pm

    Vaahaka rythi ..bt abhy n janna dhurukohfa zaidhan n janna gulhuvaifiyya hadivaane. ..n hageegaii neyngi maa dhigulaaadhiyumunves ….

  27. naxnaxoo says:
    June 20, 2016 at 9:46 pm

    aansi…zaidhaan ah janna libey goi hadhaadhybaa…janna and zaidhaan?ge love story ey fashaalaba…story is nice…???

    1. naxnaxoo says:
      June 20, 2016 at 9:48 pm

      aansi…zaidhaan ah janna libey goi hadhaadhybaa…janna and zaidhaan?ge love story ey fashaalaba…janna haggy zaidhaan ah liben…story is nice…???

  28. Abhy says:
    June 20, 2016 at 10:52 pm

    Abadhuves zaidhaan ge dharifulhu ves balany janna enme rangalhy zaidhaan aa janna gulhun.

  29. shaa says:
    June 20, 2016 at 11:49 pm

    Vrah reethi mibaa ves.. story dhaa goth v salhi.. dhen zaidhaan n janna ge love story fashaabaa…

  30. ammday says:
    June 21, 2016 at 12:34 am

    V v v perfect mi partves

  31. Shahy says:
    June 21, 2016 at 7:31 am

    Vsalhi

  32. Abhy says:
    June 21, 2016 at 8:14 am

    Kaivenyaky kulhey kulhey ehcheh noon. Konme gotheh viyas kaiveni kurevifa thibyma dhen hama janna liben jeheyny zaidhan ah. Mi vaahaka reethi vaany eyrun.

  33. Abhy says:
    June 21, 2016 at 8:16 am

    Varah salhi story kuriah dhaa goi. ?????

  34. RY says:
    June 21, 2016 at 5:09 pm

    Dhn plz aby ah hagygaiyy angaafa aby n janna gulhuvabaa… Plz aasi. Story is nice

  35. Hidhaya says:
    June 22, 2016 at 10:06 am

    I don’t think aby ah Janna libeynehen … vahaka ah kiyaa namun hyvany hama Zaidhan and Janna hen ulheynee dhen ekuga …. emme kurin ves mashah mihen heevi … story hama habeys

  36. Army says:
    June 22, 2016 at 11:52 am

    Varah reethi story eh,,,,,,,,vaahakaige kuriyah huri baithah veehaa avahakah genes dhinun varah edhen

  37. loi says:
    June 22, 2016 at 12:36 pm

    vvv reethi
    pls jana a zaidan aa guluvaba

  38. angel says:
    June 24, 2016 at 12:30 am

    Kobaa next part

  39. shaya says:
    June 24, 2016 at 6:56 pm

    Mihaaru haadha lahey up vaaleh

  40. Princess N says:
    June 26, 2016 at 3:27 pm

    Haadha lahey up vaaleh… Avas kohla dhyba… Vvv kiyaa hithun mihunany… Plx plx plx_???

  41. mm says:
    June 27, 2016 at 5:45 am

    kobaatha Aasi…maa lasvanee

  42. Hau says:
    June 27, 2016 at 2:23 pm

    Hadha lahey vaahaka kiyaahithun hurevany ahnun avas koh up kolaba

  43. Hau says:
    June 27, 2016 at 2:23 pm

    Hadha lahey vaahaka kiyaahithun hurevany ahnun avas koh up kolaba

  44. vaahaka kiyaa kuhjjeh says:
    June 27, 2016 at 3:49 pm

    Asluves v las mivaahaka up vaaleh.. 7/8 varakah day mivany kiyaahithun hunnatha .. konmme dhuvahaku check kuran..

  45. Aysha says:
    June 27, 2016 at 7:51 pm

    Aasi Kon irakun next part nikun naani haadha Lahey. Can’t wait to read next part… ?

  46. Rana says:
    June 29, 2016 at 12:11 am

    Story up nuvany kyhvetha

  47. Someone says:
    June 29, 2016 at 2:22 pm

    kon irakun next part up vaany? :/

  48. mary says:
    June 30, 2016 at 2:12 am

    not vaaahk.aase

  49. mary says:
    June 30, 2016 at 3:46 am

    please vaahka

  50. mary says:
    June 30, 2016 at 11:12 am

    29vaahke.koabaa. please aase

  51. mary says:
    June 30, 2016 at 11:53 am

    please call

  52. mary says:
    June 30, 2016 at 11:55 am

    pleas.vaahkekoaba

  53. flower says:
    June 30, 2016 at 12:07 pm

    alheyyyyyy vaahaka kobaaatha?????????……….plxxxxx make it faaastttt!!!!!

  54. mary says:
    July 1, 2016 at 1:30 am

    koabaa. koabaa…. plxxxxxxx

  55. Princess N says:
    July 1, 2016 at 4:07 am

    Haaadha lahey dhw… Kiyaahithun huryma las nusnukohbala… Plx plx be fast…

  56. mal says:
    July 1, 2016 at 6:13 pm

    vahaka up nukurevenya dhahithan nuliyebala….. v fooohi ……uuuuuuurrrrrrrrrrggggggggggg…..

  57. sham says:
    July 1, 2016 at 7:35 pm

    Alhe story dhen up nukuraanytha?? Kiyaahithun hurevenee eh noon.. asi plx make it fast

  58. kudaa says:
    July 1, 2016 at 8:56 pm

    Plx story up kohbaaaaa

  59. shaa says:
    July 2, 2016 at 9:51 pm

    Next part up kohbaa plx plx plx

  60. Aasi says:
    July 3, 2016 at 1:23 am

    Vaahaka nimuny.dhen nuliyaanan

  61. vaaanuvaaa says:
    July 4, 2016 at 11:01 am

    haaadha hehvaey thivahtharah vaahaka nuliyuneeeyaaa ragalheee

  62. Naxoo says:
    July 5, 2016 at 8:48 pm

    Kiyaaa hithun…kobaa wen up kuraneee

  63. RY says:
    July 6, 2016 at 3:46 pm

    When next part will b up?? It has being a long time since u up the last part… ;(

  64. Naaa says:
    July 6, 2016 at 8:05 pm

    Vaahaka dhn gendhaane gotheh neygunee tha? Bt v heenuvey thi hen vedhaane hen ur best writter atleast u can tell dhw v kihine kamen ves plz story up kh dheeba plz

  65. Shuhy says:
    July 7, 2016 at 3:43 pm

    Aasi kobaatha mi vaahaka ge nxt part.. shuhy mi vaahakah kiyaahithun konmeh dhuvahaku eba check kuran esfiya… mihaa varah vaahakah akah inthixaaru kuri furathama vaahakah mee… plxx up koh dheeba fast koh… nuhurevigen mi comment vs kuree

  66. Kudakamana says:
    July 7, 2016 at 5:58 pm

    Next part avas burning, aasi heyo nuvaane

  67. Kudakamana says:
    July 7, 2016 at 5:59 pm

    Next part avas beynun, aasi heyo nuvaane

  68. maai says:
    July 8, 2016 at 2:17 am

    Vaahaka dhen kuriyah gendhaane gotheh neygunytha…plx avahah up kobba dhw next part…lass vanyaa next part jeheyne varah varah dhiguvaan

  69. story man says:
    July 8, 2016 at 4:48 am

    nimuneethw kithanmme reethi vaaha eh ves ninmaalanee thaakuthaakun thaaku nujehey gothah

  70. janna says:
    July 8, 2016 at 11:51 am

    koba storyyyy hadha gina dhuvahekey

  71. ?? says:
    July 8, 2016 at 2:16 pm

    Anehkaaa aasi maruveetha..

  72. Leem says:
    July 8, 2016 at 9:23 pm

    Aasi kobatha next part plzzzz upload kohdheebala….. Khineh veetha aasi ah….?????

  73. Mari says:
    July 8, 2016 at 10:16 pm

    Plxxx plxxx avahah up koh dheeba..vvvv kiyaahivey mi story..plxx..up kohdheba..waiting for the next part…hope you up soon

  74. Vishaa says:
    July 8, 2016 at 10:30 pm

    Kobatha next part hadha inthizaareh kurevijjey pls avas kolla

  75. Aphy says:
    July 9, 2016 at 12:25 am

    knirakun nxt part kiyaalan libeyvaru vaanee….haadha dhuvaheh vehjjeye dhw up nuvaathaa. .pls do rply

  76. Amlas says:
    July 9, 2016 at 2:34 am

    Alhey kobaatha next part….keehvetha ehaa lasvanii… pls haadha in thivaru kurevey…

  77. Amlas says:
    July 9, 2016 at 2:34 am

    Alhey kobaatha next part….keehvetha ehaa lasvanii… pls haadha in thivaru kurevey…pls do reply

  78. Amlas says:
    July 9, 2016 at 2:39 am

    Alhey haadha alhey kobaatha next part pls up kohbala.. haadha dhuvahekey mi vaanii.. pls do reply.

  79. zahaa says:
    July 9, 2016 at 4:13 am

    where is the next part. haadha digu inthizaareh thi kuruvany. dhn inthizaaru nimaafa avaha up kobala story plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

  80. Kk says:
    September 14, 2016 at 10:13 pm

    Kobaatha aneh part mi stry v nice plx up koh dhybala plxxxxxxxxx

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 29 ވަނަ ބައި←


All Right Reserved!