Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ހަތްވަނަ ބައި)

Mishal Level 110 Stories100 Comments
June 20, 2016 6 Mins Read
94 Comments

“ބައްޕަ ދަރިފުޅުގެ ކައިވެންޏަށް ރަނގަޅުކުއްޖަކު ހޯދައިފިން.” މެންދުރުގެ ކެއުމުގެ ތެރެއިން ނާސިރު ޒެކަންއާއި ވާހަކަދެއްކިއެވެ. އެހެނަސް ޒެކަންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުލިބުނެވެ. “ކައިވެނީގެ ކުރިން ދަރިފުޅު ޖެހޭނެ އެއްނު އެ ކުއްޖާއާއި ބައްދަލުކޮށްލާ ވާހަކަދައްކާ ހަދާލަން.” އަނެއްކާވެސް ނާސިރު އިއްވައިލިއެވެ. “ނޫން ބައްޕާ. ކޮންމެހެން ބައްދަލު ނުކުރިޔަސް ބައްޕަގެ ހޮވުން އަޅުގަނޑަށްޓަކައި ފުރިހަމަވާނެކަން އަޅުގަނޑަށް އިނގޭ.” ޒެކަން އެހެންބުނެލީ އަންހެނުންނަށް ނަފްރަތުން ފުރިފައިވި އެހިތުގައި ފަރުދާ އަޅާލަމުން މަޑުމައިތިރިކަމާއެކީގައެވެ. “އެންމެ ރަނގަޅު. އެކަމަކު ކައިވެނީގެ ވާހަކަ ދައްކަން ޝަރީފް އެބައޮތް އަންނަ ހުކުރުދުވަހު އެގެޔަށް މެންދުރުކެއުމަށް ދައުވަތުދީފައި. ދަރިފުޅު ކޮންމެހެންވެސް ދާން ވާނެ. ކައިވެނީގެ ކަންތައްތައް ނިންމޭނީވެސް ދެކުދިން ތިބެގެންނު” ނާސިރު އެހެންބުނެލިއިރު އެ މޫނުމަތި އުޖާލާވިވަރު ޒެކަން ނުލާހިކު ކައިރިން ދުއްޓެވެ. އެ މަންޒަރުފެނި ޒެކަންއަށް ބޯ ޖަހައިލެވުނީ ބޭއިޚްތިޔާރުގައެވެ.

އާދުވަހަކަށް ލޯ ހުޅުވާލެވެނު ޔަލަކްއަށް މިއަދު ކުރީ ތަފާތު އިހުސާސްތަކެކެވެ. ވާން މިއުޅެނީ ދުވަހަކުވެސް މިހާ ފަސޭހައިން ވާނެކަމަށް ޔަލަކް ހީކޮށްގެން ހުރި ކަމެއް ނޫނެވެ. ޒެކަން އޭނާ ގަބޫލުކުރާނެހެއްޔެވެ؟ ނޫނެކެވެ. ޒެކަން މިހާރުވެސް ހުރީ ޔަލަކްއާއި މެދު ހިތްހަމަނުޖެހިފައެވެ. ޒެކަންގެ ކުރިމައްޗަށްއެރުމަކީ ދެން ޔަލަކްއަށް ފަސޭހަކަމަކަށްވެސް ނުވާނެއެވެ. ޖެހިލުންވުމާ ބިރުވެރިކަމާއެކުވެގެން އެދެމެދަށް ލަދުވެތިކަމުގެ ފަރުދާވެސް ވަންނާނެ ކަންޔަގީނެވެ. އެހެނަސް އެންމެ ބިރުގެންފައިވަނީ ޒެކަންގެ ނުރުހުމުގެ ބަސްތަކުންނެވެ. ތަފާތު ހިޔާލުތަކުން ސިކުނޑި ފުރަމުން ދިޔަ ޔަލަކް ކުއްލިޔަކަށް ފޯނުގެ ސްކްރީނަށް ބަލާލާފައި އެނދުންތެދުވީ ޒެކަންގެ ގެޔަށްދާންޖެހޭނެކަން ހަނދާންވުމުންނެވެ. ޔަލަކްގެ އަތްވެސް ހިސާބަކަށް ރަނގަޅުވެފައި ހުރުމުން އަވަހަށް ތައްޔާރުވެލައިގެން ނިކުތީ ކިޔާލް އަތުޖެހޭތޯއެވެ. ނަސީބަކުން ކިޔާލް ގޭގައި އުޅޭތީ އޭނައަށް ގޮވާލާފައި އެގެޔަށް ގެންގޮސްދޭން އެދުމުން މިއަދު ކިޔާލް އެއްލޯ މަރާލާފައި ލާނެއްގޮތަކަށް ހީގެންފައިބަލާލީ ޔަލަކްއާއި ދިމާކޮށްލާފަދަ ގޮތަކަށެވެ. “އެހެމް އެހެމް، އަވަހަށް ހިނގާ” ޔަލަކްއާއި ދިމާކޮށްލަމުން ކައިރިޔަށް އައިސް ކިޔާލް ހުއްޓުމުން ޔަލަކް ކުޑަކުއްޖެއްފަދައިން ކިޔާލްއާއި ދިމާއަށް ވައްތަރުޖައްސާލާފައި ޝެހެނާޒްއަށް ގޮވާލާފައި ދަނީއޭ ބުނެލަމުން ދެމީހުން އެއްކޮށް ގެއިންނިކުމެއްޖެއެވެ.

ޒެކަންގެ ގެޔަށްގޮސް މިއަދު ޔަލަކްގެ އަމަލުތައް ހުރީ ތަނަކަށްދާން ލަސްވެފައިހުރި މީހެއްފަދައިންނެވެ. އެހާވެސް އަތްމަތި އަވަހެވެ. ޔަލަކްގެ ހިތުގައި ބިރުވެރިކަމެއް ހިނގަމުން ދިޔައީ މިއަދު އަނެއްކާ ޒެކަންގެ ނުރުހުމުގެ ބަހެއް އަޑުއަހަންޖެހިދާނެތީއެވެ. ޔަލަކް އެއައީވެސް އެދުވަހު ފަހުން ޒެކަން ކޮފީ ބޭނުންވެގެން ގުޅީމައެވެ. އެހެންނޫޏްނަމަ ދެން ޒެކަންއަށް ކޮފީ ހަދައިދޭން އަންނަން ޔަލަކް ހިތުގައިވެސް ނުލީހެވެ. އެހާވެސް ޔަލަކްވަނީ ޖެހިލުންވެފައެވެ.

ކޮފީ ހިފައިގެން ވަރަށް ހިތްވަރުކޮށްފައި ޒެކަންގެ ކޮޓަރިޔަށްވަދެ ސައިޑްޓޭބަލް މަތީގައި ބަހައްޓާފައި ޔަލަކް އެކޮޓަރިން ނިކުތްއިރުވެސް ޒެކަންގެ ހަބަރެއް ނުވިއެވެ. ޔަލަކްގެ ހަރަކާތްތައްވެސް އަވަހީއެވެ. ހިތާހިތުން ޝުކުރުކޮށްލާފައި ޔަލަކް އަވަސްވެގަތީ ގެޔަށްދިޔުމަށެވެ. ޔަލަކްގެ ޑިއުޓީވެސް މެންދުރުފަހުގައި އޮތުމާއެކީގައެވެ.

ފެންވަރައިގެން ފާހާނާއިން ނިކުތް ޒެކަންއަށް ސައިޑްޓޭބަލްމަތީގައި ބަހައްޓާފައި ހުރި ކޮފީ ފެނުމާއެކު އެތުންފަތައްވެރިވެގެންދިޔައީ ފުން ހިނިތުންވުމެވެ. ޒެކަން އެހުންނަނީ މިއަދުވެސް ކޮފީ ނުލިބޭނޭ ހިތައި ހިތާހިތުން ރުޅިގަދަވެފައެވެ. އެހެނަސް އެއީ ކުށްހީއެއްކަން އިނގުމުން ހިތައްވެސް ފިނިވެލައިފިއެވެ.

ރޭގަނޑުގެ ކެއުމުގައި ޝަރީފްދެއްކީ އަންނަ ހުކުރު ދުވަހު މެންދުރު ނާސިރުއާއި ޒެކަންއަށް ކެއުމަށްދައުވަތުދިން ވާހަކައެވެ. ކައިވެނީގެ ބައެއް މަޝްވަރާތައް ކުރުމަށާއި އިތުރަށް ގުޅުންބަދަހި ކޮށްލުމަށެވެ. “ނާސިރުގެ އަންހެނުން ނިޔާވި ފަހުން ނާސިރު އެހެން ކައިވެންޏެއް ނުކުރޭތަ؟” ޝެހެނާޒް އަހައިލީ މިއަދާ ހަމަޔަށްވެސް ޝަރީފްގެ ފަރާތުން ނާސިރު އެހެންމީހަކާ އިންކަމުގެ ހަބަރުލިބިފައި ނުވާތީ ޔަގީންކޮށްލުމުގެ ނިޔަތުގައެވެ. ޝަރީފް އާއެކޭ ބުނެ ބޯ ޖަހާލުމުން އެންމެ ހައިރާންވީ ޔަލަކް އެވެ. ޒެކަންގެ މަންމައެއް ނެތަކަންވެސް ޔަލަކްއަށް ނޭނގެއެވެ. ޝަރީފް ޒެކަންގެ އާއިލާއާއި ބެހޭ ގޮތުން ދެއްކި ހުރިހާ ވާހަކައެއް ޔަލަކް ކަނުލައި އަޑުއެހިއެވެ.

“ޝަރީފް އީލަކްއާއި ޔަލަކް ބުރުގާ އަޅަން ބޭނުންވެގެން އެއުޅެނީ.” އެންމެ ފަހުން ޔަލަކް އިންތިޒާރު ކުރަމުން އައި ޖުމްލަ މަންމަގެ ފަރާތުން އިވުމުން ހިތްހަމަ ޖެހިލާފައި ބައްޕަގެ މޫނަށްބަލައިލެވުނީ އީލަކްއާއި ޔަލަކްއާއި ދެކުދިންނަށް އެއްކޮށެވެ. “ބައްޕަގެ އެއްވެސް މައްސަލައެއް ނެތް. ބައްޕަ ވަރަށް އުފާވެއްޖެ ބައްޕަގެ ދެކުދިންނަށްޓަކައި” ޝަރީފް ޖަވާބުދިނީ ދެކުދިންނަށްވެސް ހިނިތުންވުމެއް ރައްދުކޮށްލާފައެވެ. ޔަލަކްއާއި އީލަކް ނިންމީ ހުކުރުވިލޭރޭ ބުރުގާ އެޅުމަށެވެ. ކިޔާލްވެސް އޭނާގެ ލޯބިވާ ކޮއްކޮމެނަށް ބަލާލާފައި ހިނިތުންވެލީ ކޮއްކޮމެންގެ ނިންމުމާމެދު އުފާކުރަމުންނެވެ.

ދުވަސްތައް ފާއިތުވަމުން އައި އިރު ޒެކަންއަށް ތަފާތު ކަމެއް ފާހަގަވަމުން އައެވެ. މިހާރު އެންމެ ދުވަހަކުވެސް ކޮފީ ހަދައިގެން ކޮޓަރިއަށް ގެންނަ ތަނެއް ޒެކަން ނުދެކެއެވެ. ހީވަނީ ޒެކަން ނެތް ގަޑިތައް ބަލާފައި ކޮފީ ގެންނަ ހެންނެވެ. ނޫނީ ޒެކަންއަށް ފެނިދާނެތީ ފިލައިގެން އުޅޭހެންނެވެ. އެކަމާހެދި ޒެކަންގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިއްޖެއެވެ. އަންހެން ކުއްޖަކަށްޓަކައި އަމިއްލަ ނަފްސު ކުއްވެރިކުރެވުނު ފުރަތަމަ ފަހަރެވެ. އެދުވަހު ބުނެވުނު ޖުމްލަތަކާމެދު ކަންބޮޑުވެވުނީ މިހުރިހާ ކަމެއްގެ އަސްލަކީ އެއީކަމުގައި ހިތް ބުނުމުންނެވެ.

ހުކުރުދުވަހު އިރު އެރުމާއެކު ޝެހެނާޒްއާއި އެކީގައި ބަދިގޭގައި އުޅެފައި ޔަލަކް އައިސް ފެންވަރައި ޒެކަންގެ ގެޔަށް ދިއުމަށް ތައްޔާރުވަމުންދިޔައިރު މިއަދު އާދަޔާ ޚިލާފަށް ތަފާތު ދުވަހެއް ހެން ޔަލަކްއަށް ހީވަމުން ދިޔައީ ބުރުގާ އެޅުމުން ކުރެވެމުން ދިޔަ އާ އިހުސާސްތަކުގެ ސަބަބުންނެވެ. އެޔާއެކުގައި މިއަދަކީ ޒެކަންއާއި އޭނާގެ ބައްޕަ އެގެޔަށް އަންނަން ހަމަޖެހިފައި އޮތް ދުވަހެވެ. ޒެކަންއާއި ބައްދަލުވުމުން ދެން ވާނީ ކިހިނެއްކަން ނޭނގޭތީވެސް ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިފައިވިއެވެ.

ކިޔާލްއާއި އެކުގައި ޒެކަންގެ ގެޔަށްގޮސް ސިޓިންރޫމަށް ވަން ޔަލަކް ސިހުނީ ސޯފާގައި ނާސިރު އިންތަން ފެނިގެންނެވެ. މީހެއްގެ ހިލަންވެގެން ނާސިރު ވެސް ބަލައިލިއިރު ޔަލަކް ހުއްޓާފެނުމުން މިއަދު ޔަގީން ކޮށްލަން އިރުކޮޅަކު ބަލަން އިންނަން ޖެހުނީ ޔަލަކް ބުރުގާ އަޅާފައި ހުރުމުންނެވެ. “ދަރިފުޅު ބުރުގާ އެޅީތަ؟” އުފަން ބައްޕައެއްހާ ލޯބިން ދަރިފުޅޭ ކިޔާފައި ނާސިރު އެހެން އަހައިލުމުން ޔަލަކްވެސް ރައްދު ޖަވާބުގައި ލައްބައޭ ބުނެ އިއްވާލީ ހިނިތުންވެލަމުންނެވެ. އެޔަށްފަހު ނާސިރު އިޝާރާތްކޮށްލީ ކުރިމަތީގައި ހުރި ސޯފާއަށެވެ.

“ބައްޕަ ގަބޫލެއް ނޫން ދެން މިއަދަށްފަހު ދަރިފުޅު ވަޒީފާއަށްދާކަށް. ކޮފީ ޝޮޕަށްވެސް އަދި މިގެޔަށްވެސް ދެން ވަޒީފާއަދާކުރަން ދަރިފުޅު އަންނާނެކަމެއްނެތް. ބައްޕަ މިވާހަކަ ދަރިފުޅުގެ ބައްޕަ ކައިރީގައިވެސް ދެއްކިން. ބައްޕަ ބޭނުމެއްނުވޭ މި ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ އަންހެނުންނަށް ދަރިފުޅުވާން އުޅޭއިރު އެއްވެސް ވަޒީފާއަކަށްދާކަށް.” ސޯފާގައި އިށީނދެލި ޔަލަކްއަށް ބަލާލާފައި ނާސިރު ލޯތްބާއެކު އިއްވައިލީ އަމިއްލަ ދަރިއަކާވެސް ވާހަކަ ދައްކާނެހާ ލޯބިންނެވެ. އެކަމަކު ނާސިރުއަށް ނޭނގުނީ ނާސިރު އެވާހަކަ ދެއްކި އުސޫލުން އެހާ ލޯބން ޒެކަން ޔަލަކްއާއި ދޭތެރޭގައި އަމަލުތައް ނުބަހައްޓާނެކަމެވެ. ކުޑަކޮށް ހިތުގައި ރިއްސާލި ނަމަވެސް ޔަލަކް ލައްބައޭބުނެ ޖަވާބުދިނީ ނާސިރުގެ އެދުމެއްގައި ކޮޅުފައިން ޖަހަން ނުކެރިގެންނެވެ. އެވާހަކަ ޔަލަކްގެ ބައްޕަ ދެއްކިނަމަ ފަހަރުގައި ވަޒީފާއިން ކެނޑެން ބޭނުންނުވާ ކަމުގައި ބުނެވުނީހެވެ. އެހެނަސް ޒެކަންގެ ބައްޕައާއި ދެކޮޅަށް އެންމެ އަކުރެއްބުނެލަންވެސް ޔަލަކް ނުކުޅެދިގެންވިއެވެ.

އިރުކޮޅަކު ވާހަކަދައްކާލަން އިނުމަށްފަހު ނާސިރު ދިއުމުން ޔަލަކް ކޮފީ ހަދައިގެން ޒެކަންގެ ކޮޓަރިޔަށް ގެންގޮސް ބަހައްޓާފައި ކޮޓަރިން ނިކުމެ ދޮރުފަތް ލައްޕާލިއިރު ޒެކަން ބެލްކަނީގައި ހުރެފައި ކޮޓަރިތެރެއަށްވަނީއެވެ. ސައިޑްޓޭބަލް މަތީގައި ކޮފީ ހުރުމުން ޒެކަން ކައިރިވެލާފައި ހިނިތުންވެލީ އެ ކޮފީއަށް އެތައް އިންތިޒާރެއްކޮށްފީމޭ ބުނެލާ ފަދައިންނެވެ. ދެން ޒެކަން ކޮޓަރީގެ ދޮރުފަތް ހުޅުވާ އެކުއްޖާ ފެންނަންހުރިތޯ ބަލާލިއިރު ފެންނަން ނެތުމުން މާދަމާއަށް ހިތިތެރޭގައި ކަމެއް ރާވާލަމުން އައިސް ކޮފީތަށިން ކޯވަރެއްބޯލިއެވެ.

ހުކުރަށްދިޔަ މީހުން މެހުމާނުންނާއި އެކީގައި ގެޔަށް އައުމުގެ ކުރިން ޝެހެނާޒްއާއި ޔަލަކް އަދި އީލަކްވެގެން މެންދުރުގެ ކެއުން އެންމެ ފުރިހަމައަށް ތައްޔާރުކޮށްލައިފިއެވެ. އަޅިކުލައިގެ ހެދުމާއެކު ޕްލަމްކުލައިގެ ޝޯލްއަޅާލައިގެން ޔަލަކް ތައްޔާރުވެލައިގެންހުރި އިރު މީހަކު އާޝޯހުވާހާ އެމޫނު ފުރިހަމައެވެ. އެހެނަސް ޔަލަކްގެ ހިތް ތެޅެމުން ދިޔައީ ވަކިވަރެއްބަލާފައެއްނޫނެވެ. ހުކުރުން އަންނަ ގަޑި ކައިރިވާ ވަރަކަށް ޔަލަކްގެ ހާސްވުން އިތުރުވީވަރުން އީލަކްއަށް އެކަން ފާހަގަ ކުރެވިގެން އައިސް ލޯތްބާއެކީގައި ޔަލަކްގެ އަތުގައި ހިފައިލީ ބޮޑުމީހަކު ހުރިހާކަމެއް ރަނގަޅުވާނޭ ބުނާފަދައިންނެވެ. ޔަލަކް ހިނިތުންވެލަމުން ގަޑިއަށް ބަލާލުމާއެކު ގޭގެ ބެލްޖަހާލި އަޑުއިވިގެން ނޭވާވެސް ހިފަހައްޓާލެވުނީއެވެ. ބަދިގޭގައި ތިބެފައި ތިން މީހުންއެކުގައި ސިޓިންރޫމަށްނިކުމެ ޝެހެނާޒް ދޮރު ހުޅުވާލުމާއެކު ފުރަތަމަ އެތެރެއަށްވަނީ ޝަރީފްއާއި ނާސިރުއެވެ. ފަހަތުން ކިޔާލްއާއިއެކު ވަން ޒެކަން ފެނި ޔަލަކްއަށް ހުއްޓުންއަރައިފިއެވެ.

ހުސް ކަޅުއެއްޗެހީގައި ޒެކަންހުރިއިރު މީހަކު ބަލާފޫހިނުވާނެހައި ފުރިހަމައެވެ. ދުނިޔެމަތީގައި އެވަރުގެ ފުރިހަމަ އިންސާނެއްހުންނާނެބާއޭ ހިތައް އަރާފައި ޔަލަކް ހުއްޓައި ހަމަހޭވެރިކަންވީ ނާސިރުއައިސް ސަލާމްކޮށްލުމުންނެވެ. ޔަލަކް ލުއި ހީލުމެއް ރައްދުކޮށްލުމާއެކު ނާސިރު ދެން ބަލައިލީ ކައިރީގައި ހުރި ޒެކަންއާއި ދިމާއަށެވެ. “ދަރިފުޅާ މީ ޔަލަކް.” ނާސިރު އެހެންބުނެލުމުން އެއްވެސް އަސަރެއްނެތަގޮތަކަށް ހީލާފައި ޒެކަން ސަލާމަށް އަތްދިއްކޮށްލީ އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރުމުންނެވެ. ޒެކަން ޔަލަކްއަށް ބަލާލާފައި އިސްޖަހައިލިނަމަވެސް އެވިދުންގަދަ ދެލޯ ޒެކަންއަށް ފާހަގަވެއްޖެއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިތުގައި ރުޅިވެރިކަން ހިނގައިލީ އެ ދެލޮލުގެ ފުރަގަހުގައިވެސް މަކަރުވެރިކަމުގެ އިތުރަށް އެއްވެސް އެއްޗެއް ނުވާނެކަން އިނގިގެންނެވެ.

އެކިވާހަކަތަކުގައި ކެއުން ކުރިޔަށްދިޔައިރު ޔަލަކް އިނީ ޒެކަންގެ ކުރިމަތީގައި އިންނަން ޖެހުމުން އުނދަގޫވެފައެވެ. އަނެއްކޮޅުން ޒެކަންގެ ހާލަކީ ތޯއެވެ. މިތަނުން އަވަހަށް ދުރަށްނުދެވިފައި އިދެވުނީ އެއްވެސް މީހަކަށް، ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވިފައެވެ.

ނާސިރުއާއި ޝަރީފްގެ އިތުރުން ދެންތިބި މީހުން އެތައް ވާހަކައެއް ދައްކަމުން ދިޔައިރުވެސް ހިމޭންވެފައިތިބީ ޔަލަކްއާއި ޒެކަންއެވެ. ކިޔާލްއާއި އީލަކްވެސް ދޭތެރެއަކުން ކޮންމެސް ވާހަކައެއްގައި ބައިވެރިވެލައެވެ. ވާހަކައިގެ ތެރެއިން ހުރިހާކުދިންނަށް އާ ވާހަކައެއްވެސް ނާސިރު ހިއްސާ ކޮށްލިއެވެ. ނާސިރުގެ އަންހެނަންނާއި ދަރިފުޅު ނިޔާވުމަށްފަހު ނާސިރުގެ ދިރުއުޅުން ބޮއްސުންލައިގެންދާންފެށުމުން ނާސިރުގެ އެންމެ ކައިރީގައިހުރެ ހިތްވަރުދީ އެންމެ ގާތުން އެހީތެރިވި ރަހުމަތްތެރިއަކީ ޝަރީފްކަމުގައި ކިޔައިދިނުމުން ޝެހެނާޒް ފިޔަވައި ހުރިހާ ކުދިންވެސް ތިބީ ހައިރާން ކަމެއްގައެވެ. ކުޑަމިނުން ބައްޕަގެ ވިޔަފާރިކޮޅަށްޖަހައިދިނުމަށް ޝަރީފްއެތައް އެހީއެއްވިއިރުވެސް ޒެކަންއަށްވެސް އެކަމެއް ނޭނގެއެވެ. ބައްޕަ ކިޔައިދީފައިވެސް ނެތީއެވެ. މިހާހިސާބުން ޒެކަންއާއި ޔަލަކްއަށްވެސް ޝަރީފްއާއި ނާސިރުގެ ގުޅުމަކީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނާލެވިއްޖެއެވެ.

“ދަރިފުޅުމެން ތިހެން ތިބެގެން ކިހިނެއް ކައިވެނީގެ ކަންތައް ނިންމާނީ؟ ތާރީހެއް ކަނޑައަޅަންވީނު ޒެކަން؟” ނާސިރު އެންމެފަހުން އެހެން ބުނެލީ އެދެކުދިންގެ ފަރާތުން އެއްވެސް ބައިވެރިވުމެއް ނުފެނުނީމައެވެ. “ބައްޕަމެނަށް ރަނގަޅު ތާރީހެއް ނިންމީމަ އަޅުގަނޑަށް އެންމެ ރަނގަޅުވާނެ.” ޒެކަން އެހެންބުނެލިއިރު އެންމެންގެ ލޯތައް ޒެކަންއަށް ހުއްޓިފައިހުރުމުން އެކަމާ ޒެކަން ހިތްހަމަނުޖެހުނުވަރުން އެހެން ބުނެލިއިރު އަޑުގައިވެސް ހިސާބަކަށް ހިތްހަމަނުޖެހުން ވެރިވެގެންދިޔައެވެ.

“ދަރިފުޅު ޔަލަކްއަށް އެގޮތް ކަމުދޭތަ؟” ޝަރީފްވެސް ޔަލަކްގެ ހިޔާލަކަށް އެދިގެން އަހައިލިއެވެ. ލަދުންވިރިވިރިއިން ހާލު ލައްބައޭ ބުނެލަމުން ޔަލަކްއިސްޖަހައިލީއެވެ. މިތަންފެނި ކިޔާލްއަށް މަޑުންއިންނަން އުނދަގޫވެގެން ކައިރީގައި އިން ޔަލަކްގެ ފައިގައި ކޮއްޓާލައިފިއެވެ. ނުވިސްނާއިން ޔަލަކް ސިހިގެންދިޔަވަރުން ކުރިމަތީގައި ހުރި ފެންތަށީގައި އަތުންޖެހިފައި ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ. އެންމެން ޔަލަކްގެ މޫނަށްބަލަންފެށުމުން ޔަލަކްއަށް ކުރެވުނުކަމަކީ ކިޔާލްއަށް ލޯއަޅާލެވުނީއެވެ. އޭރުވެސް ޒެކަންއިނީ އިސްޖަހައިގެން ހިމޭނުންނެވެ.

އެތައް އިރަކު ވާހަކަދެއްކުމަށްފަހު އަންނަ ޖުލައިމަހުގެ 17 ވަނަދުވަހުގައި ކައިވެނި ކުރެވޭގޮތައް ނިންމުނެވެ. ޔަލަކްއާއި ޒެކަންވެސް އެއްބަސްވުމުގެ ގޮތުން ބަހެއްބުނެލާފައި ހުރިހާ ކަމެއް ބައްޕަމެންގެ އަތްމައްޗަށް ދޫކޮށްލައިގެން ހިމޭނުންތިބީއެވެ. ކައިވެނީގެ ތައްޔާރީތައް އަންނަ ހަފްތާއިން ފެށިގެން ކުރިޔަށްގެންދިޔުމަށް ނިންމާފައި ނާސިރުއާއި ޒެކަން ގެޔަށްދިޔުމަށް ނިކުތީ އިތުރަށްވެސް ސިޓިންރޫމުގައި ތިބެ އެތައް ވާހަކައެއްދައްކާފައެވެ.

ޒެކަންމެން ދިއުމާއެކު ކިޔާލްގެ ލާނެތް ބަސްތަކާއި ޔަލަކް ކުރިމަތިލާން ޖެހިއްޖެއެވެ. ރުޅިމޫނު ހަދާފައި ޔަލަކް ކިޔާލްއަށް އެއްޗެހި ގޮވަމުން ގޮސް ކޮޓަރިއަށްވަނީ މާސަކަރާތްބޮޑުކޮށްގެން ޝެހެނާޒް ހަޅޭއްލަވާނެކަން އިނގޭތީއެވެ. އީލަކްވެސް ދޮންތައާއި ދޮންބެ އުޅޭގޮތުން ހީހީފައި ޝެހެނާޒްއާއި އެކީގައި ވަނީ ބަދިގެޔަށެވެ. ޔަލަކް އެއްޗެހި ބަދަލުކޮށްލައިގެން ބަދިގެޔަށްވަން އިރު ކިޔާލް ގެއިންނިކުންނަންދަމުން ޒަޔާންގެ ގެޔަށްދަނީ ކަމުގައި އިއްވައިލީ ޝޭހެނާޒްއަށް ގޮވާލާފައެވެ.

ހަމައެދުވަހު ޔަލަކްގެ ވަޒީފާއާއި ބެހޭގޮތުން ޒެކަން ބައްޕަ ދެއްކި ވާހަކަ މަންމަމެންނާ ހިއްސާކޮށްލާފައި އާލިމްއަށް ގުޅައި ވަޒީފާއިން ވަކިވާން ބޭނުންކަމުގައި އަންގައިލިއެވެ. އެހެނަސް އެހިތުގައި ކުޑަރިހުމެއް އުފެދުނީ އެހުރިހާ ދުވަހު ވަޒީފާއަދާކުރަމުންއައި ތަނުން ވަކިވާން ޖެހުމުންނެވެ. އެހެނަސް ހިތުގައި އަތްއަޅާލާފައި އެކަމާ ކުރިމަތިލީއެވެ.

އެރޭގެ ކެއުމަށްފަހު ޔަލަކްއާއި އީލަކްއާއި ދެކުދިންވެގެން ތަށިތައް ނެގުމުގައި އުޅެނިކޮށް ކިޔާލްއައިސް ޖެއްސުންކުރަން ހަދައިގެން އެއްއަތުން ފޯނުގައި ހިފަހައްޓާލައިގެންހުރެ އަނެއްއަތްމަތީގައި ތަށިތައް އަތުރާލައިގެން ސިންކުކައިރީގައި ތަށިތައް ދޮންނަންހުރި އީލަކްއާއި ކައިރިވެލި ޔަލަކްގެ އަތުގައި އޮތް ފޯނު ސިންކުގެ ތެރެއަށްދޫވެގެންދިޔައީ ކިޔާލްހެދި ގޮތަކުން ޔަލަކްގެ އަތުން ތަށިތައްދޫވަން އުޅުމުން އެސަލާމަތްކުރަންއުޅެން ހަދައިގެންނެވެ. ފެނުގެ ތެރެއަށް ދޫވެގެންދިޔަ ފޯނު ފެނުމާއެކު ތަށިތައް ސިންކުގެ ތެރެއަށް ލާފައި ޔަލަކް ރުޅިއައިސްގެން ކިޔާލްގެ ފަހަތުން ދުއްވައިގަތުމުން ފެންތަކުގެ ތެރެއިން ފޯނު ނެގީވެސް އީލަކްއެވެ.

ޔަލަކް ރުޅިއައިސްގެން އެހާ ބާރަށް ދުއްވައިގަތުމުން މިފަހަރު ސަލާމަތްނުވާނޭ ހިތައި ކިޔާލްގޮސް ވަނީ ކޮޓަރިޔަށެވެ. ޔަލަކް ރުޅިއައިސްގެން ކިޔާލްކޮޓަރީގެ ދޮރުފަތުގައި ބާރަށް ތަޅަންފެށުމުން އެއަޑަށް ކޮޓަރީގައި އުޅެފައި ޝަރީފްއާއި ޝެހެނާޒްވެސް ނިކުމެއްޖެއެވެ. އޭރު ޔަލަކް ރުޅިއައިއްސަ ހުރިއިރުވެސް އެދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުރުމުން ޔަލަކްއަށް އަސަރުކޮށްފައިވާވަރު ކިތަންމެ ރަނގަޅަކަށްވެސް ބަލާލި މީހަކަށް އިނގޭނެއެވެ. “މަންމާ ދޮންބެ އަޅުގަނޑުގެ ފޯނު ސިންކުގެ ތެރެއަށް ވައްޓާލީ.” ޔަލަކް ރޮވިފައި ކަހަލަ ގޮތަކަށް އެހެންބުނެލީ ޝެހެނާޒްއާއި ޝަރީފް ވީ ކީއްތޯ އަހަން ފެށުމުން ތުން އޫކޮށްލާފައެވެ.

“ދޮންތަގެ ފޯނު ނުވާނެ ކަންނޭނގެ ރަނގަޅެއް” ޝެހެނާޒްއާއި ޝަރީފްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އެތަނަށް އައިސް ހުއްޓުނު އީލަކް ދޮވެވިފައި އޮތް ޔަލަކްގެ ފޯނު ދައްކާލަމުން އެހެން ބުނެލައިފިއެވެ. އީލަކްއަތުން ފޯނު ނަގާފައި ޝަރީފް ޔަލަކްގެ ފޯނަށް ބަލާލަމުން ބޯހޫރައިލީ ކުޑަޔަށް ހުރި ކުއްޖާއަށްވުރެ ބޮޑަށްތިބި އޭނާގެ ދެކުދިންގެ ޅަކަން ހިތައް އަރާފައެވެ. ޝެހެނާޒްވެސް ފަތިވަރުތަކެއް ކިޔާލާފައި ކިޔާލްއަށް ގޮވާލުމުން ނުހުޅުވާ ހުންނަން ނުކެރިގެން ކިޔާލް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ.

ޔަލަކް ރުޅިއައިސް ރަތްވިޔަސް ބައްޕަ ހުރުމުން މާ ކަންތައްބޮޑުކުރާކަށް ނުކެރުނެވެ. “އަޅުގަނޑު ގަސްތުގައެއްނޫނޭ” ކިޔާލް އެހެންބުނެލާފައި ޔަލަކްއަށް ބަލާލިއިރު ޔަލަކް ހުރިގޮތުން ކިޔާލް ޖެހުނީ ހިނިގަނޑު މަތަކޮށްލާށެވެ. އެހެނަސް ޔަލަކް ކައިރިން މާފަށް އެދިފައި މާދަމާ ރޭގައި ދޮންބެ އާއި އެކީގައި ފޯނެއް ގަންނަން ދާނީއޭ ބުނުމުން ދެން ޔަލަކްވެސް ކުޑަކޮށް ހަމަޖެހިލައިފިއެވެ.

އަނެއްދުވަހު ހެނދުނު ކޮފީ ގެނެއްސަ ނެތުމުން ޒެކަންގެ ހިތައް ނުތަނަވަސްކަން ވެރިވިއެވެ. އަނެއްކާވެސް ބަލިވީބާއޭހިތައި އާލިމް ދިން ނަންބަރަށްގުޅާލުމުން ޖަވާބުލިބުނީ ފޯނު ނިއްވާލާފައިވާ ކަމަށެވެ. ގަބޫލުކުރަން ބޭނުންނުވެގެން ޒެކަން އެތައް ފަހަރަކު ޑައިލްކުރިއެވެ. އެހެނަސް ލިބުނީ އެއް ޖަވާބެކެވެ. މާޔޫސްވާ ކަމުގެ އިހުސާސެއްކުރެވިގެން ޒެކަން ނިންމީ އަދި އިންތިޒާރުކޮށްލުމަށެވެ. ފަހަރުގައި ކަމެއްދިމާވީ ކަމަށްވެދާނެއެވެ.

މިގޮތުގައި މެންދުރު ފަސްވެގެން ދިޔައިރު ޒެކަންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭގެ ފަހުންވެސް ކިތަންމެ ފަހަރަކު އެ ނަންބަރަށް ގުޅުމުންވެސް އެއްވެސް ކަހަލަ އުންމީދެއް ނުފެނުނެވެ. ޒެކަން މާޔޫސްވީ މާފަށްއެދެން ބޭނުންވެފައިހުއްޓާ މިހެން ދިމާވުމުންނެވެ. ޒެކަން އެހުރީ ކިޔުނު އެއްޗެއްސާދޭތެރޭގައި ވިސްނާލައި އަމިއްލަ ނަފްސު ކުއްވެރިކޮށްލައިގެންނެވެ. އަންހެނެއްގެ ކިބައިން މާފަށްއެދެންބޭނުންވެދާނެ ކަމަށް ހުދު ޒެކަންވެސް ގަބޫލެއްނުކުރެއެވެ. އެހެނަސް އެ ކުއްޖާގެ މުހިންމުކަން މިއަދު ޒެކަންއަށް އިހުސާސްކުރެވެމުންދަނީއެވެ. އެކުއްޖާ ނައުމުގެ ފަޅުކަން ޒެކަންގެ މުޅި ދުވަހުގެ ހިތަހަމަޖެހުން ނަގާލައިފިއެވެ.

އެންމެ ފަހުން ޒެކަން އަނެއްކާވެސް އާލިމްއަށް ގުޅާލީ ކޮފީޝޮޕުގައި އުޅޭނޭ ހީކޮށްގެންނެވެ. އާލިމްގެ ނަންބަރަށް ގުޅާލާފައި ފޯނު ކަންފަތުގައި ޖަހާލަމުން ޒެކަންއަށް ދެކޮޅަށް ހިނގަންފެށުނީ ހިތްއަވަސްވެފައިވާތީއެވެ. “ހަލޯ” އެކޮޅުން އާލިމްގެ އަޑުއިވުމާއެކު ޒެކަން ސުވާލުކޮށްލީ އޭނައަށް ކޮފީ ގެނެސްދޭ ކުއްޖާ ޑިއުޓީގައި ހުރިތޯއެވެ. ” ވަރަށް ބޮޑަށް ސޮރީ ޒެކަން. އަހަރެން ޒެކަންއަށް ގުޅަން އުޅެނިކޮށް ތި ގުޅީވެސް. އޭނަ ވަޒީފާއިން ކެނޑުނީ މިއަދު. ކައިވެނިކުރަން އުޅޭތީ.” ކަންފަތްދޮށުގައި ބޮމެއްގޮއްވާލިޔަސް ނުލިބޭނެހާ ސިހުން އާލިމްގެ ބަސްތަކާއެކު ޒެކަންއަށް ލިބިގެންދިޔައީ ފައިދަށުގައި އޮތްބިންގަނޑުވެސް ހެލިގެންދިޔަފަދަ އިހުސާސަކާ އެކީގައެވެ.

-ނުނިމޭ-

Share Article

Follow Me Written By

Mishal

Level 110 Stories100 Comments

Other Articles

Previous

ބާކީވުމުން ހިތް…

Next

ޤުރުބާންވުމީ މިހިތުގެ އުފާ 28 ވަނަ ބައި

Next
June 20, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 28 ވަނަ ބައި

Previews
June 20, 2016

ބާކީވުމުން ހިތް…

94 Comments!

  1. Mishal says:
    June 20, 2016 at 9:04 am

    Alhamdhu lillah,, hurihaa kudhinnah mi part vx kamudhaane kamah hykuran.. 🙂

  2. Ummu says:
    June 20, 2016 at 9:30 am

    Ya ma first wow v v v shalhi next part avahah up kohdheeba……anehkaa eyna yalak rulhigadhavaany dhw…..haadha foni firihenekey dhw …

    1. Mishal says:
      June 20, 2016 at 9:37 am

      Hehehe dhw Ummu,, thnkyu so much inge,, 🙂

  3. RaM says:
    June 20, 2016 at 9:35 am

    V salhi

    1. Mishal says:
      June 20, 2016 at 9:38 am

      Thnkyu RaM,, 🙂

  4. naxnaxoo says:
    June 20, 2016 at 9:46 am

    v reethi…n thnk u ehaa avahah upload kohlaa dhinyma…waiting for the next part…keep it up mishal…lurrv the story❤????

    1. Mishal says:
      June 20, 2016 at 10:04 am

      Thnkyu so much to u too naxnaxoo,, 🙂

  5. Ainy says:
    June 20, 2016 at 9:46 am

    so so so nice mi part vx ….aneh part vx avahah upp kohdhybaa …ainy kiyaahiyyvany hehehe

    1. Mishal says:
      June 20, 2016 at 10:08 am

      Thnkyu so much Ainy,, In Sha Allah Thursday ge kurin liyewuniyya edhuwahuge kurin upload kohdheynan inge,, once again thnkyu, 🙂

  6. Thaany says:
    June 20, 2016 at 9:48 am

    Wow mishal haadha reehchey storry v v kiyaahithun hutta nimuneee waiting waiting alhe v avahah up kohdhehchey ❤??????????❤❤

    1. Mishal says:
      June 20, 2016 at 11:15 am

      Thnkyu so much Thaany,, In Sha Allah will upload next part ASAP,, 🙂

  7. laimaan says:
    June 20, 2016 at 10:43 am

    Part akah vure part eh reethi. Mi haa reethi story eh kiyaahithun keh nuvefa mi innany. Kon irakun next part

    1. Mishal says:
      June 20, 2016 at 11:16 am

      Thnkyu so much laimaan,, In Sha Allah will upload next part ASAP,, 🙂

  8. aff says:
    June 20, 2016 at 11:17 am

    hama varah obi ingey.. so zekan & Yalak ge weddin roadha fahuga dhw..hehehe ?? varah reethi.. mishal thee varah vex hunaruveri kuhjjeh..keep goin ??☺☺

    1. Mishal says:
      June 20, 2016 at 11:46 am

      Hehehe,, dhw aff,, thnkyu so much ingey aff,, 🙂

  9. mimmi says:
    June 20, 2016 at 11:52 am

    Varah reethi mi part vx..

    1. Mishal says:
      June 20, 2016 at 2:50 pm

      Thnkyu love,, 🙂

  10. same says:
    June 20, 2016 at 12:32 pm

    v reethi mipart ves. avahah up kurachchey

    1. Mishal says:
      June 20, 2016 at 2:51 pm

      Thnkyu same,, In Sha Allah,, 🙂

  11. Ushaa says:
    June 20, 2016 at 12:36 pm

    Vrh reethii mii prtvx…. Nd mishal zekan akah neigey dw eynage kaiveni kureveniii cofii giraa kuhjja kameh…..

    1. Mishal says:
      June 20, 2016 at 2:52 pm

      Yes Ushaa,, zekan akah neyngey,, he didn’t see her face,, nd now burugaa vx elhyma adhi amudhun neyngeyne ehnu dhw,, btw,, thnkyu so much inge,, 🙂

  12. natha says:
    June 20, 2016 at 12:48 pm

    Story v salhi avahah nimuna v dhera

    1. Mishal says:
      June 20, 2016 at 2:53 pm

      Thnkyu natha,, 🙂

  13. natha says:
    June 20, 2016 at 12:52 pm

    Sorry ninmaalyma v dhera kuh rangalhu kohly OK dhw!

    1. Mishal says:
      June 20, 2016 at 2:54 pm

      Okay,, thnkyu,, 🙂

  14. eeamy says:
    June 20, 2016 at 12:53 pm

    stry kiyaaa hithun indhaaa animuny………..mi stry alhe haaaaadha ey rythy mishal………mishal asluves vvvvvvvvvvvvvvvvvvvvvvvvv molhu???u r the best mishal…..alhe ee stry kiyaaa hiyvany ey…..konirakun next part up kohdheyniii shel…❤❤❤❤❤❤…btw stry hama v nice..luv it…nd luv u soooo much…best writter ever…???tvgc shel☺

    1. Mishal says:
      June 20, 2016 at 2:58 pm

      Alhe thnkyu sooooooo much ee,, nd jux luv the nick name,, ? In Sha Allah thursday ga up kohdheweythoa v try kuraanan inge,, nd now saying, luv u much more than u do,, n thnkx alot for the support u r giving me,, thnkyu so much ee,, ????

  15. Phy says:
    June 20, 2016 at 1:10 pm

    V nice….nxt part thursday ga dhw….waiting ga hama hehe

    1. Mishal says:
      June 20, 2016 at 2:59 pm

      Labba Phy,, thnkyu so so much,, 🙂

  16. Nauher says:
    June 20, 2016 at 2:23 pm

    Wow…..varah reethi stry …nxt part thankolheh avahah up kohdheythi ingey please….hama kei nukurevey nxt part kiyan…????

    1. Mishal says:
      June 20, 2016 at 3:01 pm

      Thnkyu so much Nauher,, In Sha Allah thursday ge kurin upkohdheweythoa try kuraanan inge,, once again thnkx alot,, 🙂

  17. Appy says:
    June 20, 2016 at 2:25 pm

    Wow wow wow ..alhe haadha rycheyyy …maabodah kiyaahithun inyma mi part numunuleh vx maa avas hen hyvany ..hehe alhe mishal haadha molhey story liyan …next part .v v v v kiyaahih vehje avaha up kohdhehchey plxx ????

    1. Mishal says:
      June 20, 2016 at 3:03 pm

      Thnkyu so so so much Appy,, Appy maa bodah kiyaahithun innaathywe awahah nimey hen hywany dhw,, hehe,, thnkx alot inge,, ????

  18. munee says:
    June 20, 2016 at 3:22 pm

    nice keepit up mishal

    1. Mishal says:
      June 20, 2016 at 4:21 pm

      Thnkyu munee,, 🙂

  19. Kims William says:
    June 20, 2016 at 4:20 pm

    1st episode nufenun ??

    1. Mishal says:
      June 20, 2016 at 9:25 pm

      Click to my name dear,, 🙂

  20. Xaan says:
    June 20, 2016 at 10:39 pm

    Mi part ves v reethi

    1. Mishal says:
      June 21, 2016 at 11:37 am

      Thnkyu Xaan,, 🙂

  21. Saajidh says:
    June 21, 2016 at 12:30 am

    Wow… Mi baives v v v salhi… Zekan ah e’ee coffee giraidhey kujjaakan en’gey dhuvahakun haadha varugadha shock eh libeyneyey dho… edhuvahakah mihaaru mi enme bodah inthizaaru kureveny…

    1. Mishal says:
      June 21, 2016 at 11:38 am

      Hehe,, dhw Saajidh,, okay keep waiting,, n thnkyu so much inge,, 🙂

  22. Chweety Thannu says:
    June 21, 2016 at 5:09 pm

    vvvv reethi… varah avahah dhen oih bai kiyan beynun <3

    1. Mishal says:
      June 22, 2016 at 3:30 am

      Thnkyu so much Chweety Thannu,, 🙂

  23. boy says:
    June 21, 2016 at 5:42 pm

    vvvvvv….salhiii…story…eh…nd suvaaleh kohlantha mishal….mishal dhekey gothu ga mishal ge ehmme bodu fan aky kon kuhjehtha????hama ahaaalii igey..hehe

  24. shooty says:
    June 22, 2016 at 12:34 pm

    aharen ves furathamaheekury mee the girl he never noticed ge copy eh kamah. but ehgoi kan kan huri iru e story ga ulhey jade ge character er yalak ge character udaa bimaa haa thafaathu. and zekan ge character ves thafaathu. ehgoi kamakah othy. coffe shop and rich kan. mi story ga ves the girl he never noticed ga nei ethah kameh eba oi. so comment kura iru hurihaa kolhakah ves balaafa comment kuriyya rangalhu vaany. konme vaahakaeh ga ves ehn vaahaka akaa gulhidhaane kanthah thakeh huttas eyge maana aky copy ekey noon. idea libeyny ehn story thah kiyaign. aee kee copy eh noon. mishal dhera nuvaathi. liyuntheri kamaa eku kuriah :-):-):-)

    1. wattpad fan says:
      June 26, 2016 at 8:08 am

      dear shooty,
      “the girl he never noticed” was based on western culture and lifestyle. this is Maldives and if the writer has to based that exact story into our culture and lifestyle, then sure she/he has to make some or other differences and adjustments in the story plot… writer cant bring out that exact characters and incidences as in “the girl he never noticed”.. what others are meaning to say is this story is not a exact carbon copy of “the girl he never noticed” but this is a copy because idea is taken taken from that story and story line is adjusted so that it will fit in Maldivian setting… I have read “the girl he never noticed” way before esfiya has started updating this story.. and i think it would be really nice of the writer if she/he mentioned dat this story is inspired of “the girl he never noticed”.. it wouldnt be a big issue then.. but, I really appreciate ur work.. I’m not against u or this story but thats just my opinion.. Best of luck in future.. -Salaam-

  25. Ellie says:
    June 23, 2016 at 4:29 pm

    Im hooked on this story. Varah varah reethi. ❤

  26. YUMY says:
    June 24, 2016 at 1:20 am

    story v nice plx avahah up koh dheeba

  27. shaya says:
    June 24, 2016 at 7:00 pm

    Please next part avas kolladheeba

  28. Ainy says:
    June 26, 2016 at 12:40 am

    Adhvx upp nuvey so sad ….

  29. Ary says:
    June 27, 2016 at 11:59 am

    Haadha lahey…awahah up kohdheeba plz plz plz

  30. Me says:
    June 27, 2016 at 6:50 pm

    Varah salhi

  31. sumone says:
    June 29, 2016 at 12:25 pm

    Mi vrh faruvaa kuda liyuntheri eh.. mihaaru vaahaka up nukuraathaa kndhuvaheh.. mi gothah kantha kuranyaa vaahaka nuliyunyma v nu.. 2 thin part liyefa huhttalanya liyumuge beynumeh kobaa..

  32. rankko says:
    June 29, 2016 at 4:30 pm

    Hey come on… v eba weit kurevey dhen thihen nahadhaa up kohdheee…. i know v busy kan vess ekamm keyymadhuvanee a… please mishal…. i love this story… heevanee rankkoge maazee liyelaahenn… up kohdhee… love you….♡♡♡♡♡♡♡♡♡♡♡♡♡

  33. rankko says:
    June 30, 2016 at 2:17 pm

    Heii please… up kodheeeeba please please please please please :-(:-(:-(

  34. its me says:
    June 30, 2016 at 8:11 pm

    Mihaaru vaahaka up kuraahaa dhuvas vejje.. dhn up nukuranya ves buny ma dhw ingeyni check nukuran.. dhn mi ves myhun vaahaka nerey goii dhw.. vaahaka kithanme rythi nama ves vrh foohi vrh faruvaakuda liyuntheri eh

  35. Blue says:
    July 1, 2016 at 4:21 pm

    10 days ago nw.. Y no update…

  36. shaya says:
    July 4, 2016 at 11:15 am

    Haadha Gina dhuvahekey… Inthixaaru koh koh varubali vejje

  37. sumone says:
    July 5, 2016 at 10:39 am

    Haadha lahey

  38. RIF says:
    July 7, 2016 at 5:42 pm

    Mishal alhe avahah up kohdheeba plx plx plx lpx??????

  39. nish says:
    July 7, 2016 at 11:39 pm

    Kihineh tha v misha! Update kahala

  40. naiee says:
    July 8, 2016 at 11:20 pm

    Ehcheh bunaa nama vx OK dhw… V gotheh vx..

  41. Crazi says:
    July 10, 2016 at 8:32 am

    Mi vahaka ves kuryge vahaka thaka v goi tha vanee anehkss

  42. Siyaa says:
    July 11, 2016 at 11:51 am

    Avas kohdeebala plyyyyyyyyyx

  43. mee says:
    July 12, 2016 at 11:46 pm

    Haadha lahey thankolheh avaskohba

  44. Appy says:
    July 14, 2016 at 7:32 pm

    What happen ???????? Mishal plx upload it sooooon ……

  45. Balckyy says:
    July 15, 2016 at 10:27 pm

    Haadha lahey vaahaka up vaaleh.. mihen hedhyma kiyuntherin kihaa foohi vaane.. at least lasvaa sababeh buneladhy.. inthizaaru kohkoh varubalivejje.. so saaaadd

  46. Asma says:
    July 17, 2016 at 11:58 am

    ethedheh dhn bunebala.. kada dhw dhn mihaavaru v ma… v gothehvx kiyuntherin angaalabala..

  47. siree says:
    July 19, 2016 at 8:00 pm

    koba liyun theriyaa? Gelluneetha? Mi site ge liyuntheringe haal tha mee. thihen hedheema v kada dho. most of the stories nunimey. Situn vejje nun kuda analysis eh hadhan kithah vaaahaka tho nimmafa huree. incomplete stories kanneynge gina vaanee. Situ balahatta kudhin vejje nun halleh hoadhan. nothing in our hand ey buneama responsibility adhaa kurevunee eh noonennu?

  48. ainthui says:
    July 22, 2016 at 9:01 pm

    Pls pls upload soon

  49. Neem says:
    July 23, 2016 at 6:53 pm

    Kobaa vaahaka

  50. shaya says:
    July 25, 2016 at 9:15 am

    Vaahaka kobaaaabaaaaa

  51. imin says:
    July 25, 2016 at 2:49 pm

    Vaanuvaa neyngi gellenyaa vaahaka nuliyaany…atleast up kuraane duvaheh vez bunevidaannu

  52. Pink says:
    July 26, 2016 at 5:04 pm

    Admin..vejje mikan thah tha halhu kuran gina vaaha lhiyan fasaafa neynge vaa nuvaa e

  53. Ahufa says:
    July 27, 2016 at 10:15 am

    u kyve huhtaali.. support libeyny vx ulhunyma dhw.. plx thihen nahadha up kohla dhybala. plxxxxxxxxxxxx.. mishal dhn alhe plxxxxxxx

  54. mimmy says:
    July 31, 2016 at 11:38 am

    Liuntheriyaa haadha goahey kiuntherin haadha dhigu inthixaarekey kuran mijeheny

  55. Angel says:
    August 6, 2016 at 5:14 pm

    Heyo nuvaane thiya kahalha meehun esfiya a vaahaka nulhiye bala.

    1. RIF says:
      August 11, 2016 at 5:39 pm

      A thedhehh

  56. Ainy says:
    August 10, 2016 at 8:45 am

    its v sad …if yuh r nt gonna update plx tell …cox most of oll r waiting ….they hav the rights to nw …

  57. naju says:
    August 13, 2016 at 5:02 pm

    kobaatha aneh bai

  58. # says:
    August 30, 2016 at 10:33 am

    Mishal varah reethi vaahaka eh my. Alhe up koh bha avaha. .plz

  59. inthizaaruga says:
    August 31, 2016 at 12:00 pm

    Alhey haadha inthizaareh kureveyey mi story ah. Alhe admin balaalaba mishal kobaatho. Mishaaal alhe mi story up koh dhybala

  60. Ushaa says:
    September 12, 2016 at 7:28 pm

    Mishaaaall.. Hrdhr las vejjeyyy.. hrdhr inthizaareh koffiiimey… PLX up it soooon… CNNT WAIT ANYMR…

  61. Ushaa says:
    September 12, 2016 at 7:29 pm

    Mishal mihaaru up kuriyas Insha allah Ushaa kiyaanan… Plx mishal.. Dnt do thix..

  62. Sad says:
    September 17, 2016 at 1:52 am

    Alhe thihen hadhany kyvvetha vaahaka vakihisaabakun up nukoh huttaalany ehen hedhyma kiyun therin kihaa dheravaane baemmyhun rulhives annaane dhw nuvaavarun kuran ulhenyyaa plx thihennahadhaa plx……

  63. vishaa says:
    September 20, 2016 at 9:22 am

    Alhe dhen konirakun tha up kuraneeeee……………….

  64. redrose says:
    September 27, 2016 at 10:21 am

    Mishaalooooo…… Where are u…..
    Konirakutha story upload kurany..??

  65. New girl says:
    October 17, 2016 at 12:48 pm

    Mivaahaka liunu manje kobaatha

  66. Sahnyz says:
    November 12, 2016 at 3:22 am

    Mi vaahaka upload kuraa dhuvahaku me ah angach. …

  67. Nina says:
    November 19, 2016 at 12:45 am

    vaahaka ninman nengenya liyan nufeshunves rangalhuvane kanege.
    varah kiyaahithun kee vahaka eh. -_-

  68. nikyy says:
    January 31, 2017 at 8:39 am

    Koba next part..esfiya gea gina vahaka hunaanee mi gothan nunimaaa.v foohi vea

  69. raf says:
    June 5, 2017 at 6:41 am

    mivaahakage next part kiyaahithun hunnatha mihaaru garuneh vany alheyyyyyyyyyyy konirakun tha next part genes deyny v gina kiyuntherin mivaahakage inthizaarugai eba thibevi plz plz vaahakaage next part genes dhebaa 🙁

  70. Aisha says:
    November 23, 2018 at 4:19 pm

    Mivaahaka ah v gotheh buneba…..v v v v reethi vaahaka eh Mee….alhe upkohla dhyba dhw

  71. Kitty says:
    February 2, 2019 at 2:53 pm

    Koba tha alhe aneh part… Mee kihaa dhuvaheh.. Mishal plx aneh part up kohla dhyba.. ?????

Comments are closed.



All Right Reserved!