Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ. (3)

layaal Level 310 Stories100 Comments
June 16, 2016 8 Mins Read
34 Comments

އުޑުމަތީގައި ނަގަމުން ދިޔަ ބޯވިލާތަކުގެ ނިވަލުގައިވި އިރުގެ ރަންދޯދިތައް ފަނޑުކޮށް ޖައްވަށް ވެރިވެފައިވެއެވެ. ރޭގައި ވެހުނު ބޯވާރޭގެ ފިނިކަން މާހައުލުގައި ހިފާލާފައި ވުމުން ހިއްސުތަކަށް ފިނިކަން ގެނުވައެވެ. ‘ޕެސިފްލޯރާ’ގައި އާދައިގެ މަތިން ހެނދުނުގެ ނާސްތާ ކުރުމަށް މޭޒުދޮށަށް އެއާއިލާގެ އެންމެން ޖަމާވަމުން ދިޔައެވެ. ކުޑަކުޑަ ލޫލު އޭނާގެ ކިރުތަށި ބޮމުން ދިޔައިރު ލައިގެން ހުރީ އޭނާ ދާ ނާސަރީ ޔުނީފޯމެވެ. އާޒިމާގެ އެންމެ ހަގަށް ހުރި އާލާ ޕާނުގައި ޖޭމް ހާކަން އިންއިރު އަދި އިނީ ސްކޫލަށްދާން ތައްޔާރުނުވެއެވެ. ގިޔާސުއްދީން އިންޓާރނޭޝްނަލް ސްކޫލްގައި ގްރޭޑް ނުވައެއްގައި ތަޢުލީމް ހާސިލް ކުރަމުން ދާ އާލާއަކީ ވިސްނުންތޫނު ކިޔެވުމަށް މޮޅު ކުއްޖެކެވެ.

އޮފީސް ދަބަސް ކޮނޑުގައި އަޅުވާލައިގެން ކާމޭޒު ކައިރީގައި ހުއްޓެލި އާޒިމާގެ އެންމެ ދޮށީ ދަރި ލައިޝާ އާފަލު ފޮއްޗެއް އަނގަޔަށް ލިއެވެ. “މަންމާ. ނެތް ސައިބޯން މަޑު ކުރެވޭކަށް.. ވަރަށް އިމްޕޯޓަންޓް މީޓިންއެއް އެބައޮތް. ސައިލަމް އަވަސް ކޮއްބަލަ..” އަވަސްއަރުވާލާފައި ކައިރީގައި ހުރި ޖޫސްތަށި ބޯލަމުން ލައިޝާ ބުނެލިއެވެ. “ހޫމް.. ހިނގާ.” ކާރުގެ ތަޅުދަނޑި ނަގަމުން މޭޒު ކައިރިން ތެދުވި ލައިޝާގެ ފިރިމީހާ ސައިލަމް ދާން ހިނގައިގަތެވެ. ކައިވެންޏަށް ފަސްއަހުރު ފުރުނު އިރުވެސް އަދި އެދެމަފިރިންނަށް ކުއްޖަކު ނުލިބެއެވެ.

 

“ކޮބާތަ ލޫތް؟ ލޫތް ދަރިފުޅާ އަވަސް ކުރޭ.. އާލާ ތި ޕާނުގައި ދެން ހާކަން ނީނދެ ކައިބަލަ.. ތައްޔާރު ވާންވެސް ޖެހޭނުން.” ބަދިގެއިން ނިކުން އާޒިމާ މޭވާކޮޅެއް ތައްޓަށް އަޅާލަމުން ބުނެލިއެވެ. “ޔެސް މަމް.. ކޮބާ ލޫލު ރެޑީ. ލެޓްސް ގޯ..” ލޫތް ނިކުއިން ގޮތަށް މިހެން ބުނެފައި އެއްފަހަރުން ހޫނު ކޮފީތަށި ދަމާލިއެވެ.

“ދަރިފުޅާ.. ބަލަ ތިހޫނެއް ނޫންތަ؟” އާޒިމާ ކަންބޮޑުވެފައި އަހާލިއެވެ. “އޯކޭވާނެ.. ކަމް އޮން ލެޓްސް ގޯ..” ލޫލުގެ ދަބަސް ހޯދަމުން ވާހަކަދެއްކި ލޫތް ހުރީ ރަނގަޅު މޫޑެއްގައެއް ނޫނެވެ. ކޮފީތަށި ގިރާލަ ގިރާލަ އިން ލީނާއަށް ލޫތްގެ މޫނުމަތީގެ ކުލަވަރު ފެނުމުން ތެދުވެ ލޫލުގެ ދަބަސް ނަގަން ދިޔައެވެ.

“އަން.. ކިހިނެތްވީ މާ މޫޑީ ވެފަ؟” ލޫތްގެ ފަހަތުން ދޮރުން ބޭރަށް ނިކުމެ ލީނާ އަހާލިއެވެ. އޭރު ލޫލު މަޑުމަޑުން ލޫތްގެ އަތުގައި ހިފައްޓާލައިގެން ހުރެ ލަވައެއް ކިޔަމުން ދިޔައެވެ. ލީނާ ދިން ދަބަސް ނަގަމުން ލޫތް ފޫހި ގޮތަކަށް ހީލިއެވެ. “ކިހިނެތްހޭ ވީ.. ހެނދުނު އިރުއެރުން ލަސްވީ ލީނާގެ މަންމަ އަހަރެންނަށް ގުޅާފައި ޝަކުވާކޮށްފި.. ކީއްކުރަންތަ ހަމަ ކަމެއްވާއިރަށް މަންމަ ކައިރީގައި ރޮނީ.. ވަޓްއެވާ.” ލޫލުއަށް އަޑުނީވޭ ވަރަށް ލޫތް މިހެން ބުނުމަށްފަހު އިތުރަށް މަޑުކުރުމެއް ނެތި ލިފްޓަށް އެރިއެވެ. ދުވަސް ފެށުން ވެސް މައިދައިތައާއި ހެދި ޚަރާބުވީއެވެ.

ލޫލުގެ އަތުގައި ހިފައިގެން ލޫތް ކާރާއި ދިމާއަށް މިސްރާބުޖެހި އިރު ވާރޭ ކަނި ޖަހަމުންދެއެވެ. “ޑެޑީ.. ޕްލީސް ސޭ ސޮރީ އާފާއަށް.. ލޫލު ސޭޑްވާނެ އެހެން ނޫނީ..” ސީޓް ބެލްޓު އަޅުވައިދިނުމުން ލޫލު ތުންކޮޅު ދިއްކޮށްލަމުން ދެރަވެފައި އިނދެ ބުނެލިއެވެ. ރޭގައި ވީ ކަންތަކާއި ހެދި ލޫލު އަދިވެސް އިނީ ދެރަވެފައިކަން އިނގުމުން ލޫތްގެ ހިތް ކަފަކޮޅެއްހައި މަޑުވިއެވެ.

“އޯކޭ  ސުވީޓީ..” ލޫލުގެ ކޮލުގައި ބޮސްދެމުން ލޫތް ބުނެލިއެވެ. އޭނާ ކިތަންމެ ބޭނުންނުވި ނަމަވެސް ލޫލުގެ އުފަލައްޓަކައި އޭނާ އައިފާގެ ކިބައިން މަޢާފަށް އެދޭނެއެވެ. ރޭގައި އެކަންތައް ވީ އައިފާގެ ސަބަބުން ކަމަށް ވީއިރު އެންމެ ކުޑަމިނުން އޭނަ މަޢާފަށް ވެސް ނޭދެއެވެ. އެންމެ ފަހުން އެކަން ވެސް ކުރަން މިޖެހުނީ އޭނާއަށްށެވެ.

*****

ވޮރެން ހޮޓެލްގެ ކުރިމަތީގައި ހުއްޓެލި އައިފާ ހަށިފުރައި ނޭވާއެއްލިއެވެ. ހޮޓެލްއިން ހުޅުވާފައި އޮތް ވަޒީފާގެ ފުރުސަތަށް ކުރިމަތި މި ލެވުނީ ކިރިޔާއެވެ. އިއްޔެ އެއީ އެންމެފަހު ދުވަސް ކަމުން އައިފާއަށް ރޭގައި އެ މަޤާމަށް ކުރިމަތި ލެވުނުކަން ނަސީބެކެވެ. އޭނާގެ އުއްމީދަކީ މިހާރު މި ވަޒީފާ އޭނާއަށް ލިބުމެވެ. ލައިގެން ހުރި ފެހިކުލައިގެ ގަމީސް ދޫކޮށް އޮފީސް ޖީންސުގައި ބެގީ ޖަހާލާފައި ވާއިރު އޭނާގެ ރީތިކަން ހާމަވެއެވެ. ފަން އިސްތަށި ކޮޅު ދޫކޮށްލެވިފައި ވީއިރު ތުންފަތުގައި ވީ ރަތް ކުލައާއި އަރައިގެން ހުރި ކަޅުކުލައިގެ އުސް ބޫޓުން އޭނާގެ ޝަޚުސިއްޔަތު ފުރިހަމަ ކަމަށްދައްކައެވެ.

މަޑު ހިނގުމެއްގައި ހޮޓެލް ތެރެއަށް ވަދެގެން ދިޔައިރު އެތަށްބައެއްގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. ލިފްޓަށް އަރައި އޭނާ ދާންވި މަންޒިލަށް ދެވުމުން ނިކުމެ ވަށައިގެން ވި މާހައުލަށް ނަޒަރު ހިންގާލިއެވެ. އިންޓަވިއު ދިނުމަށް ބާކީ ފަނަރަ ވަރަކަށް ކުދިން ތިބިއިރު ބައެއް ކުދިން ނިމިގެން ދަނީއެވެ. އައިފާ ކުރިމަތީގައި ހުރި އޮފީސް ކައިރީގައި ހުރި ސޯފާއެއްގައި އިށީނދެލަމުން އަތުގައި އޮތް ފައިލް އުނގުމަތީގައި ބާއްވާލިއެވެ.

މުޅި ހޮޓެލްއަށް ނަޒަރު ހިންގާލިއަސް މި ތަނަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ތަނެއްކަން ހާމަވެއެވެ. އިމާރާތުގެ މަތީގެ ބައިތަކަކީ އޮފީސްތަކަށް ހާއްސަ ބައިތަކަށް ވާއިރު ތިރީގައި ވި ރޫމްތައް އެހާމެ ގިނައެވެ. ކޮންމެ ބައެއްގައި ވެސް މެހުމާންދާރީ އަދާ ކުރުމަށް ކުދިން ތިބިއިރު ގިނައީ އަންހެން ކުދިންނެވެ. ބޮޑެތި މާ ޓުކުރި ތަކާއި އެކި ވައްތަރުގެ ކުރެހުންތަކުން މުޅިތަން ޒީނަތްތެރި ކުރެވިފައިވާއިރު ބޭރު ޤައުމެއްގެ ހޮޓަލަކާއި ވަކި ތަފާތައް ނޫނެވެ. ވާނީވެސް އެހެންތާއެވެ. މިތަން އެހައި ފުރިހަމަ ވީއިރު އަދި ދުބާއިގައި ހުރި ހޮޓެލްފެނި އާޝޯހުވާނެކަން ކަށަވަރެވެ.

“އައިޝަތް އައިފާ ނާޒިމް.” ޚިޔާލުތަކަށް ގެއްލިފައި އިން އައިފާ އޭނާގެ ނަން އިވުމުން ތެދުވެ ހަމަޖެހިލަމުން ހިނގައިގަތެވެ. ކުރިން މިހާ ބޮޑު އިންޓަވިއުއަކަށް ގޮސްފައި ނުވާތީ ކުޑަކޮން ޖެހިލުންވި ނަމަވެސް އޭނާ ހިތްވަރު ގަދަކުރިއެވެ. މަޑުފިޔަވަޅު ތަކެއްގައި ގޮސް ކުރިމަތީގައި ހުރި އޮފީހުގެ ދޮރު ހުޅުވާލީ މިކަން ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅައިގެން ހުރެއެވެ. “ހިއާ ވީ ގޯ.” އަމިއްލަ ނަފްސަށް މިހެން ބުނެލަމުން އައިފާ އޮފީސް އެތެރެއަށް ފިޔަވަޅުއެޅިއެވެ.

*****

އަތުގައި އޮތް ގަލަމުން އެއް އިނގީލީގައި ޖަހަމުން ދިޔައިރު ލޫތްގެ ނަޒަރު ވަނީ ކުރިމަތީގައި އޮތް ގަނޑަށް ހުއްޓިފައެވެ. ދެންމެ ނިކުމެގެން އެދިޔަ ކުއްޖާގެ ނަންކައިރީ ބޮޑު ނުބައި ފާހަގައެއް ލަމުން ލޫތް ގޮނޑީގައި ލެނގިލިއެވެ. “މި ކޮންކަހަލަ ކުދިންނެތްތަ؟ އަހަރެން ބޭނުންވާ ކަހަލަ އެސިސްޓެންޓް ޕޮރޮޖެކްޓް މެނޭޖާއަކަށް ވާނެ ކަހަލަ ޕޮޓެންޝިއަލްއެއް ނެތް.. ހާސް ވެގެން ގޮސް މުޅި މީހާ އެހުންނަނީ ދާހިއްލާފައި.. އޭސީ މަޑީ ކަންނޭގެ..” ލޫތްގެ ކައިރީގައި އިން ފަވާޒް ކޮފީތަށި ބޮމުން ބުނެލިއެވެ.

“ނޮޕް.. އޭސީއެއް ނޫން، ލޫތް ފެނިފައި އެ ހޫނުވީ.. ހެހެހެ.” ފަވާޒް އަމިއްލައަށް ހިނިގަނޑެއް ޖަހާލަމުން މިހެން ބުނި ނަމަވެސް ލޫތް އިނީ ތުންފިއްތައިގެންނެވެ. “ކިހިނެތް ވީ މާ ކަޓާފަ ތިއިނީ.. އަނެއްކާ އަހަރެންނާއި އެކީ މި އިންޓަވިއު ކޮށްލަދޭން އަންނާށޭ ބުނީމަ އުނދަގޫ ވީތަ.” ފަވާޒް އަހާލިއެވެ.

“އޮފްކޯސް ނޮޓް.. އަހަރެންނަށް ދުވަހަކުވެސް ފަވާޒް ކަމަކު ބުނެގެންނެއް އުނދަގުލެއް ނުވާނެ.. ވެގެން އުޅޭ ގޮތަކަކީ އިރުއެރި ތަނާ ހެން މައިދައިތަ ގުޅާފައި ލެކްޗަރެއް އަޅާލީ.. ރޭގައި ލީނާ ގުޅައިގެން ރުއީޔޯ.. ނޭނގެދެން ބޯ ހަލާކު.”  އަތުން ނިއްކުރީގައި ހިފާއްޓާ ލަމުން ލޫތް ބުނެލިއެވެ.

“ހަހަހަ.. މައިޓު ދޯ.. އޭނަ ހުންނާނީ އަބަދުވެސް ނަރުގަނޑަށް އަރާފައި..” ފަވާޒް ހެމުން ބުނެލިއެވެ. “އާނ، ހުވާ.. ބޮޑު ކަމެއް.” ލޫތް ވެސް ފަވާޒްއާއި އެއްބައިވެ ހެމުން ކޮފީތަށި ބޯންފެށިއެވެ. ކުއްލިއަކަށް އޮފީސް ތެރެއަށް ވައިން ކުއްޖާފެނި ލޫތް ބޯންއިން ކޮފީ ކޮޅު ކަރުގައި ތާށިވި ކަހަލައެވެ. ވަގުތުން ކޮށިއަރައި އަވަހަށް ކޮފީތަށި ބެހެއްޓިއެވެ.

އެވަގުތު ދުރުގައި ހުރި އައިފާއަށް ލޫތަށް ވީގޮތް ފެނި ކުޑަކޮން ހިނިއައެވެ. ލޫތްގެ ދިގު އިސްތަށި ކޮޅު ފަހަތުން ކިރިޔާ އައްސާލެވި ފައިވާއިރު މިއަދު ވެސް ލައިގެން އިނީ ހުދު ގަމީހެކެވެ. މިތަނަށް އައިފާ އަންނާނެ ކަމަކަށް ލޫތް ފަހަރެއްގައި ވެސް ހީނުކުރާނެކަން އައިފާއަށް އިނގެއެވެ. މަޑުހިނގުމެއްގައި އައިފާ ގޮސް އޭނާއަށް ހާއްސަ ކުރެވިފައި އިން ގޮނޑީގައި އިށީނދެލި އިރު ލޫތް ފެންބޮމުން ވައްކަޅިން އައިފާއަށް ބަލަހައްޓައިގެން އިނެވެ.

“ޔޫ އޯކޭ.” ފަވާޒް އަހާލުމުން ލޫތް ހޫމް އަކުން އެކަން ނިންމާލިއެވެ. “ސޯ.. އައިޝަތް އައިފާ ނާޒިމް..” ފަވާޒް ވާހަކަދައްކަން ފެށިއެވެ. “އައިފާ..” އައިފާ ހިނިތުންވެލަމުން ބުނެލިއެވެ. އިންޓަވިއު ކުރިއަށް ދިޔައިރު އައިފާގެ ކިބައިން އެހެން ކުދިން ފަރާތުން ފެނުން ކަހަލަ ހާސްކަމެއް ނުފެނެއެވެ. ހުރިހާ ސުވާލަކަށް ވެސް ވަރަށް ހަމަޖެހިލައިގެން ޖަވާބު ދެމުން ދިޔައިރު ލޫތް އިނީ މަޑުންނެވެ. ރޭގައި އެހައި ރަނގަޅަށް އައިފާއަށް ބަލާނުލި ނަމަވެސް މިހާރު ލޫތް އިނީ ކަޅިޖަހާ ނުލައި އައިފާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

އައިފާގެ އެ  ކުރު އިސްތަށިގަނޑުގެ ކަޅުކަން ގަދަކަމާއި އެ ހަމުގެ ކުލަ ލޫތްއަށް ރީތިވިއެވެ. ލީނާ ހެން މާ ދޮން ނުވި ނަމަވެސް ރީތި ކުލައެކެވެ. ތުންފަތް ކައިރީގައި އިން ކަޅުތިލަ ލޫތްއަށް ފެނުނީ އަދި ކިރިޔާއެވެ. މިއުޅޭ ދޮން ކުދިންނަށް ވުރެ އައިފާގެ ހުރީ ސާދާ ރީތިކަމެކެވެ. “ބްލެކް ބިއުޓީ.” ލޫތްގެ ހިތަށް އެރި ބަހަކުން އެ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ.

“ލޫތް ކޮބާ؟ ނަތިން ޓު އާސްކް؟” ލޫތް މާ މަޑުން އިނުމުން ފަވާޒް ސުވާލުކޮށްލިއެވެ. “އައިފާ. އަހަރެންނަކަށް ހިއެއް ނުވޭ އައިފާއަށް މި ޖޮބްއަށް ސުއިޓަބަލް ހެންނެއް.. އެހެން މިބުނީ އައިފާ އޯ ލެވެލް ވެސް ނިންމީ ރަށުން. އެހަކަށް ދުވަހު މާލެއިން އަދި އޭލެވެލް ނިންމި ކަމަކު މިކަހަލަ ވަޒީފާއަކަށް ބޭނުންވާ ކަހަލަ ޕޮޓެންޝިއަލް އެއް ނެތް.” ލޫތް ޖެއްސުމަށް އެއްވެސް ޖެހިލުމެއްނެތި އައިފާއާއި ދިމާއަށް މިހެން ބުނުމުން ފަވާޒް ވެސް ހައިރާން ވިއެވެ.

“ލޫތް.” ފަވާޒްގެ ޖުމްލަ އިނގިލިން ކޮއްލި އިޝާރާތުން ލޫތް ހުއްޓުވާލިއެވެ. “އައިފާ. ވީ އާ ޑަން ހިއާ.” ލޫތްގެ އަޑުގައި ވީ ހަރުކަށި ކަމެވެ. ލޫތް އުއްމީދުކުރި ގޮތަށް އައިފާ ތެދުވެގެން ދިއުމުގެ ބަދަލުގައި، ވާހަކަދައްކަން ފެށުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. މި ތަނުގެ އެންމެންނަކީ ވެސް ލޫތްގެ ބަހަށް ކިޔަމަންވައި، އޮޅިގެން ވެސް އޭނާ ނުރުހޭ ކަހަލަ ކަމެއް ކުރާނެ ބައެއް ނޫނެވެ. ނަމަވެސް އައިފާ ތަފާތެވެ. އަނދުނުން ފަވާލެވިފައިވާ އެ ތޫނު ދެލޯ ލޫތްއަށް އަމާޒު ކޮއްލިއިރު އެ ލޮލުގައިވި ނުރުހުން ފާޅުވާން ހުއްޓެވެ.

“އެސްކިއުޒްމީ. އަޅުގަނޑު ތަޢުލީމް ހާސިލް ކުރިތަނަކާއި އުޅެބޮޑުވި ތަނަކަށް ބަލާފައި ޕޮޓެންޝިއަލް ނެތެކޭ ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑަކީ އޯ ލެވެލްއިން ތިންވަނަ އަދި އޭ ލެވެލްއިން ފަސްވަނަ ހާސިލް ކުރި ދަރިވަރެއް. ވީމާ ހަމަގައިމު ވެސް އަޅުގަނޑަކީ ތަޢުލީމީ ގޮތުން ދަށްފެންވަރުގެ މީހެކޭ ނުބުނެވޭނެ. އަޅުގަނޑު ބޭނުންވިނަމަ ސްކޮލާޝިޕް ވެސް ނެގުނީސް. ނުވަތަ އެހެން ތަނަކަށް ވެސް ވަޒީފާއަށް ދެވުނީސް. އެކަމަކު އަޅުގަނޑު އިޚުތިޔާރް ކުރީ މި ވަޒީފާ. އައި ތިންކް ޔޫ ޝުޑް ބީ ގްލޭޑް ޓު ހެވް މީ ހިއާ. އަޅުގަނޑު މި ކޮމްޕެނީގެ ޕްރޮޖެކްޓްސްތައް އެންމެ ފުރިހަމައަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން. ޕްލަސް އަޅުގަނޑު މިހާރު މިދަނީ މާކެޓިން އިން ޑިގްރީ ހާސިލް ކުރަމުން. ވީމާ އަޅުގަނޑު ކަހަލަ ކުއްޖެއް މި ކޮމްޕެނީ އިން ދޫކޮށްލުމަކީ ހަމަ ތިބޭފުޅުންގެ ލޮސް. އައި ހެވް ފުލް ޕޮޓެންޝިއަލް ޓު ޑޫ ދިސް ޖޮބް. އެންޑް އިފް ޔޫ ލެޓް މީ، އައި ވިލް ގްލޭޑްލީ ޕްރޫވް ޔޫ ރޯންގް، މިސްޓަރ ލޫތް.” އައިފާ ވަރަށް ކެރިގެން ދިން ޖަވާބުން ފަވާޒް އިނީ ހަމަ ރަނގަޅަށް ވެސް ކޮސްވެފައެވެ. ލޫތްއާއި ދިމާއަށް އެގޮތަށް އެއްވެސް ޖެހިލުމެއް ނެތި ވާހަކަ ދެއްކި މިއީ ފުރަތަމަ ކުއްޖާއެވެ.

“ގުޑް ޓު ސީ ޔޫ މިސް އައިފާ.” ލޫތް އެއިން ގޮތަށް އިނދެ އައިފާއާއި ހަތަރު ކަޅި ހަމަކޮށް ބުނެލީ ހަމައެކަނި މިހެންނެވެ. އެ ލޮލުގައި ވި ރުޅިވެރިކަން އައިފާއަށް ނަގައި ގަނެވުނު އިރު ލޫތްގެ އަތް ވަނީ މުއްކެވިފައެވެ. މިހާ ޖެހިލުމެއް ނެތި އައިފާއަށް އެގޮތަށް ޖަވާބު ދޭން ކެރުނީތީ ވެސް ލޫތް ހައިރާން ވިއެވެ. “ޕްލެޝާ އިޒް އޯލް މައިން.” އައިފާ މިހެން ބުނެލުމަށްފަހު ގަސްތުގައި ހިނިތުންވެލީ ލޫތް އިތުރަށް ތަޅުވާލުމަށްށެވެ.

އައިފާ ތެދުވެ ހިނގައިގަތީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. އޭނާގެ ފިޔަވަޅުގެ އަޑު މުޅި އޮފީސް ތެރޭގައި ހިފާލާފައި ވީއިރު އައިފާ ނިކުންނަން ދެން ކަޅި ޖަހާނުލައި ލޫތްގެ ނަޒަރުވަނީ އޭނާއަށް ހުއްޓިފައިވިއެވެ. ދޮރު ލެއްޕުނު އަޑާއި އެކު ލޫތް ގޮނޑީގައި ލެނގިލަމުން ހަށިފުރާ ނޭވާއެއްލިއެވެ.

އައިފާ ދިއުމުން ހުރިހާ ކުދިންގެ އިންޓަވިއު ކޮށް ނިމުނީއެވެ. ފަވާޒް އޭނާގެ ފައިލް އިރުކޮޅަކު ކިޔާލުމަށްފަހު ލޫތް އާއި ދިމާއަށް އެނބުރުނެވެ.”ދެޓް ވޮސް ސަމްތިން.. ހަމަ އަހަރެން ބޭނުންވާ ކަހަލަ ކުއްޖެއް އައިފާއަކީ.. އެއްވެސް ޖެހިލުމެއްނެތް އަދި އެވެސް ލޫތްއާއި ދިމާއަށް.” ފަވާޒްގެ ވާހަކަ ހުއްޓުމަކަށް އައީ ލޫތް އޭނާގެ ގޮނޑިން ތެދުވުމުންނެވެ. “ނޯ. އޭނާއަށް މި ކޮމްޕެނީއިން ވަޒީފާއެއް ނުލިބޭނެ..” ލޫތް މިހެން ބުނެފައި ދާން ހިނގައިގަތުމުން ފަވާޒް ތެދުވިއެވެ.

ލޫތް އޮފީސް ތެރެއިން ނިކުއިން އިރު ތަނުގައި މަސައްކަތް ކުރަން ތިބި ކުދިންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭރު އޭނާގެ ފަހަތުން ނިކުއިން ފަވާޒް ލޫތްއާއި އަރާ ހަމަކުރަނީއެވެ. “މިއީ އަހަރެން ބޭނުންވެގެން ދޭ ވަޒީފާއެއް.. އެހެންވީމަ މިކަމަށް ކުއްޖަކު ހޮވާނީވެސް އަހަރެން.. ލޫތް ފަރާތުން މިކަމުގައި ލަފާއަކަށް އެހި ނަމަވެސް ގޮތެއް ނިންމާނީ އަހަރެން.. ޔޫ ހެވް ނޯ ރައިޓް ޓު ޑިސައިޑް އިޓް.” ފަވާޒް ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

“އައި އޯން ދިސް ޑޭމް ކޮމްޕެނީ!! އައި ހެވް އޯލް ދަ ރައިޓްސް! އަހަރެން ބުނާ ގޮތަކަށް މިތަނުގައި ކަންތައްވާނީ.. އޭނާއަށް މިވާޒީފާ ދީގެން ނުވާނެއޭ ބުނީމަ ދީގެން ނުވާނެ! އާ ވީ ކްލިއާ؟” ލޫތް ރުޅިވެރިކަމާއި އެކު ވާހަކަދެއްކި އިރު އޭނަގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. ތަނުގައި ތިބި އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނުއިރު މުޅިތަން ހަމަހިމޭން ވިއެވެ.

“ޔާ.” ފަވާޒް ނުރުހުންވި ނަމަވެސް ލޫތްއާއި ދެކޮޅަށް ކަމެއް ނުކުރެވޭނެކަން އިނގޭތީ އެކަމާއި އެއްބަސް ވިއެވެ. ފަވާޒް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އެތަނުގައި މަޑު ކުރުމެއްނެތި ލޫތް ހިނގައިގަތެވެ. އޭރު ތަނުގައި ތިބި އެންމެން މަސައްކަތް ހުއްޓަލައި، އެދިމާއަށް ބަލަން ތިބި މަންޒަރު ފެނުމުން އޭނާ އިތުރަށް ރުޅި ގަދަވިއެވެ. “ވަޓް އާ ޔޫ އޯލް ލުކިން އެޓް! ގޯ ބެކް ޓު ވޯކް!” ލޫތް މިހެން ބުނުމަށް ފަހު ހަރު ފިޔަވަޅުތަކެއްގައި ގޮސް ލިފްޓަށް އަރައި ގެއްލުނެވެ.

*****

ވެހެމުންދިޔަ ވާރޭ ތުނިކޮށްލިއިރު އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން މުޅި ޖައްވަށް އަލިކުރަމުން ދިޔައެވެ. ވެހުނުވާރޭގެ ސަބަބުން ދެމުންދިޔަ މެންދުރުގެ ގަދަ އަވިން ދިލަ ހޫނެއް މާހާއުލުގައި ހިފާލާފައި ވެއެވެ. ސޯފާ މައްޗަށް ވެއްޓިގައިން ލައިޝާ އިނީ އަދިވެސް އޮފީސް ދަބަސް ކޮނޑުގައި އަޅުވައިގެންނެވެ.

މައިނޭވާ ލަމުން ދިޔައިރު ނިއްކުރިމަތީގައި ދާތިކިތައް ފާޅުވާން ހުއްޓެވެ. “ލައީ ތިއައީ އަޅެ ލިފްޓު ތެރޭގައި ދުވެފަތަ.. އެހެންޏަ މުޅި މީހާ ތިހިރީ ވަރުބަލިވެފައި.” ސިޓިން ރޫމުގައި ހުރި ބޮޑު ގޮނޑިއެއްގައި އިށީނދެލައިގެން އިން ޒޭން ސޯފާއަށް ދެފައި އަރުވަމުން ބުނެލިއެވެ. ޒޭންއަކީ ލުތުފީގެ ދެވަނަ އަނބި ޒުލޭހާގެ ހަގު ފިރިހެން ދަރިއެވެ.

“ހޫމް.. އަބަދުވެސް ދިމާ ކުރެވޭތޯ ބަލާ.. ހަވަނަ ބަޔަށް ލިފްޓު އެރިތަނާ ކުއްލިއަކަށް ހުއްޓިފައި ދޮރު ހުޅުވުނު ގޮތަށް ނުވެސް ލެއްޕުނު. މައްޗަކަށް ވެސް ނޭރި. އެންމެފަހުން މިއައީ ސިޑިން އަރައިގެން.. ދެން ވަރުބަލިވާނުން.. އަނެއްކައި މިހާރު އެހެރަ ދޭ އަތްވެތް.. އެއްފަހަރު ފިނިވިއްޔާ އަނެއްފަހަރު ހީވަނީ މުޅި މީހާ އަނދާފާނެހެން. އަޖައިބެއް.” ލައިޝާ ނޭވާ ހަމައަކަށް އަޅުވަމުން ވާހަކަދެއްކިއެވެ. އަދި ކާގޭގައި ހުރި ކައްކާ މީހާ ކައިރި ފެންތައްޓެއް ގެނައުމަށް އިޝާރާތް ކޮށްލިއެވެ.

“ޒޭން މިގަޑީގައި މިތާ ކިހިނެތްވީ.. ބިޓު ނެތީތަ ރަށުގެ” ލައިޝާ އެއްލޯ މަރާލަމުން ބުނެލިއެވެ. “ހެހެ.. ބޮޑު މަންމަ ބުނެގެން އެ ކޮޓަރި އޭސީއިން ފިނިނުވާތީ އެބަލައިލަން އައީ..” ޒޭން ޓީވީގެ ޗެނަލްތައް ބަދަލު ކުރަމުން ބުނެލިއެވެ. ޒުލޭހާގެ ހުރިހާ ކުދިން ވެސް އާޒިމާއަށް ކިޔަނީ ބޮޑު މަންމައެވެ. އެއީ ލުތުފީގެ ފުރަތަމަ އަތްބަށް ވުމުން ކަމަށްވާއިރު ޒުލޭހާއަށް ލައިޝާމެން ކިޔަނީ ކުޑަ މަންމައެވެ.

އެދެމީހުން ވާހަކައިގައި ތިއްބައި ކޮޓަރިން ނިކުއިން ލީނާގެ އަޑަށް ދެމީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ކުރު ސޯޓު ކޮޅެއްގައި ލީނާ ހުރިއިރު ލައިގެން ހުރި ޓީޝާޓުން ބަނޑުފޮރުވޭކަން ކިރިޔާއެވެ. ފޯނުން ވާހަކަދައްކަމުން ކާގެއަށް ވަދެ އައިސް އަލަމާރިން ފެންފުޅިއެއް ނަގައި އެ ބޯންފެށިއެވެ. ލީނާ ހުރިގޮތްފެނި ލައިޝާ ދެފަރާތަށް ބޯ ހަލުވާލިއެވެ. ގޭގައި ހިލޭ ފިރިހެނުން އުޅޭ އިރުވެސް އެކަހަލަ ކުރު އެއްޗެހި ލާތީ ލައިޝާއަށް އެކަން އެއްވެސް ގޮތަކަށް ކަމަކު ނުދެއެވެ.

ލީނާއަކީ ހިތްހެޔޮ ކުއްޖަކަށް ވީ ނަމަވެސް ކޫސަނި ކަންތަކާއި ރުޅި އައުމާއި އެގޮތަށް ލަދެއްނެތި އުޅޭ އުޅުމަކީ ލައިޝާ އޭނާދެކެ ހިތްހަމަ ނުޖެހޭ ކަންތައްތެކެވެ. ލޫތް ވެސް އެކަމާއި އަޅާ ނުލާތީ ލައިޝާ ވެސް އެކަމާއި ނުބެހެނީއެވެ. ލައިޝާ ޒޭންއަށް ނަޒަރު ހިންގާލިއިރު އޭނާ ފާޑަކަށް އަނގަ ހުޅުވިފައި ކަޅި ޖަހާނުލައި ލީނާއަށް ބަލަހައްޓައިގެން އިނެވެ. އުމުރުން ނަވާރަ އަހަރުގައި އެކަހަލަ ކުދިންގެ ހުންނާނި މިފަދަ މިޒާޖެކެވެ.

“އޭތް.. ފަހަރީއޭ” ސޯފާމަތީގައި އޮތް ޒޭންގެ ފައިގައި ކުޑަކޮން ކޮއްޓާލަމުން ލައިޝާ މިހެން ބުނެލީ ލާނަތް ގޮތަކަށްށެވެ. އޭރުވެސް ލީނާ ހުރީ ފޯނުގައެވެ. “ދެން މަންމާ..” ލީނާ ބޮޑާހާކާލާފައި މިހެން ބުނިގޮތުން ލައިޝާ ގާތަށް ހިނިއައެވެ. “ދެން މަންމާ.” ލައިޝާ ވަރަށް މަޑުން ތުއިވެލާފައި ލީނާ އެބުނިގޮތަށް ބުނެލުމުން ޒޭންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ހިނިގަނޑު މައިތިރި ނުވެ އުޅެނީސް ލީނާ ފޯނު ބޭއްވުމަށްފަހު ކާމޭޒުގައި އަތް އަޅުވާލަމުން ޒޭންއަށް ކަޅިއަޅާލިއެވެ. “ކޮންކަމެއް މާ މަޖާވީ..” ލީނާގެ އަޑުގައިވީ ނުރުހުމެވެ. ލައިޝާ ކޮންމެ ވެސް އެއްޗެކޭ އޭނާއޭ ކިޔައިގެން ކީކަން ލީނާށް ޔަޤީނެވެ. އޭރު ލައިޝާ ތުންފިއްތައިގެ އިނދެ ތަށިން ފެންބޮމުން ދިޔައެވެ.

ގޭގެ ދޮރުހުޅުވުނު އަޑަށް އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. “ޒޭން.. ކޮބާ ހިނގާ ދާން.” ދޮރުން އެތެރެއަށް ކުޑަކޮން ވަދެލަމުން ނާއިލް ބުނެލިއެވެ. “ޔެސް ދޮންބެ..” ޒޭން އޭނާގެ ފޯނު ސޯފާ މަތިން ހޯދަމުން ބުނެލިއެވެ. އޭރު ނާއިލް ފެނި ދުރުގައި ހުރި ލީނާ ވަގުތުން މޭޒުން އަތް ނައްޓާލާ ލައިގެން ހުރި ޓީޝާޓު ކުޑަކޮން ތިރިއަށް ދަމާލިއެވެ. ނާއިލްގެ ނަޒަރު ގޮސް ލީނާއަށް ހުއްޓެލިއިރު އެލޯ ވާނީ ސީދާ ލީނާގެ ލޮލާއި އަމާޒުވެފައެވެ. ދެތިން ސިކުންތައްފަހު ނާއިލް ދަމުން ކައިރީގައި ހުރި ސޯފާގައި އިން ލައިޝާއަށް ބަލާލިއެވެ.

ނާއިލްއަށް ހިނިތުންވެލި ނަމަވެސް ލައިޝާއަށް އޭނާގެ ދޮން ބޭބެގެ ލޮލުގައިވީ ރިހުން ނަގައިގަނެވުނެވެ. ލީނާއާއި ދެމެދުގައި ހިނގި އެ ބަލައިލުމުން އެހެން މީހަކަށް ކަމެއް ފާހަގަ ނުވި ނަމަވެސް ލައިޝާއަށް އެ ދެމެދުގައިވި ނުތަނަވަސްކަމާއި ޖެހިލުންވުން ފާހަގަވިއެވެ. ލައިޝާގެ ހިތުގައި ނާއިލަށް ހަމްދަރުދީވީ ނަމަވެސް މިއީ ތަޤުދީރުގެ ނިއާއެވެ.

ލައިޝާ ސޯފާއިން ތެދުވެ ކޮޓަރިއަށް ދާން ހިނގައިގަތީ ލީނާއާއި ވާހަކަދައްކާ ކަހަލަ މޫޑެއް ނެތުމުންނެވެ. “ލައީ.” ލީނާ ގޮވާލުމުން ލައިޝާ ފަސްއެނބުރި ބަލައިލިއެވެ. “ސައިލަމް ކައިރި ބުނެދީބަ ލޫލު ބަލާ ދެވިދާނެހޭ.. ލޫތް ވަރަށް ބިޒީ.. އަހަރެން އެބައޮތް ފޭޝަލް ހައްދަން އެޕޮއިންޓްމެންޓެއް ހައްދާފައި.. ސޯ އެ ކެންސަލްއެއް އަނެއްކައި ނުކުރެވޭނެ. ޕްލީސް.” ލީނާ ވަރަށް ހަމަޖެހިލައިގެން ހުރެ މިހެން ބުނެލި އިރު އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ.

ލައިޝާ ގާތަށް ރުޅިއައި ނަމަވެސް ލޫލުގެ ކަމަކަށް ދުވަހަކުވެސް އޭނާ ނޫނެކޭ ނުބުނާނެއެވެ. އަމިއްލަ ދަރިއެއް ނެތުމުން އޭނާ ލޫލުދެކެ ވަނީ މައެއް ދަރިއެއްދެކެ ވާނެ ފަދަ ލޯތްބެވެ. ލީނާއަށް އަމިއްލަ ދަރިއަށް ވުރެން އެހެން ކަންތައް މުހިއްމު ވުމަކީ އާ ކަމެއް ނޫނެވެ. އެހެން ނޫނަސް ލޫލުއަކީ ލޫތްމެން ދަރިއެއް ހޯދަން ރާވައިގެން ލިބުނު ކުއްޖެއް ނޫނެވެ. ލީނާ ބަނޑުބޮޑުކަން އިނގުމުން އޭނާ ރުއިރުއީމައި ދަރިފުޅު ބޭނުން ނުވެގެން އުޅުނުވަރު ލައިޝާ އަދިވެސް ހަނދާން އެބަހުއްޓެވެ. ލޫތްއަށް އޭނާ އެބޯޓްކުރަން އުޅެނިކޮން އެކަން ހުއްޓުވުނީ ކިރިޔާއެވެ.

ވީމާ މިހާރު ވަކި ލޫލުއާއި މެދު ލީނާ ފަރުވާ ކުޑަކުރަމަކީ ލައިޝާ ހައިރާން ވާވަރު ކަމެއް ނޫނެވެ. “އަހަރެން ދާނަން ލޫލު ބަލާ..” ލައިޝާ އިތުރަށް އެތަނުގައި މަޑު ކުރުމެއް ނެތި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިން ނިކުން އާޒިމާއަށް މި މަންޒަރުފެނި ދެބުމަށް ގޮށްޖެހި މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. ލީނާ ކައިރީގައި މިވަގުތު އެއްޗެއް ނުބުނި ނަމަވެސް އަދި ފަހުން މި ކަންތަކާއި އުޅުމަށް އޭނާ ނިންމިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ކުއްޅަވަށްފާ(6 ވަނަބައި)

Next

ފަހުނޭވާ

Next
June 16, 2016

ފަހުނޭވާ

Previews
June 16, 2016

ކުއްޅަވަށްފާ(6 ވަނަބައި)

34 Comments!

  1. layaal says:
    June 16, 2016 at 12:22 pm

    enjoy guys. next part will be up on sunday in sha allah. hope you all will wait. let me now how it is. luv ya all <3

  2. Riu says:
    June 16, 2016 at 12:50 pm

    wow! just wow hama. varah habeys. sifakurun hama best. vvvvv salhi. waiting for next part ?

  3. Riu says:
    June 16, 2016 at 12:52 pm

    wow! just wow! hama habeys. sifakurun vvvvv salhi. story varah reethi. waiting for nect part..

    1. layaal says:
      June 16, 2016 at 1:41 pm

      thank you ?

  4. Alaa says:
    June 16, 2016 at 12:55 pm

    Nice

    1. nasy says:
      June 16, 2016 at 6:08 pm

      Wow nice ,, waiting waiting i really love this story
      Layaal gd one

  5. MalMal says:
    June 16, 2016 at 1:01 pm

    V v v v reeeethi ❤❤❤ waiting for the next part. ☺

    1. layaal says:
      June 16, 2016 at 1:42 pm

      thank you ?

  6. Ahmed Ammu says:
    June 16, 2016 at 1:16 pm

    V habeys

    1. layaal says:
      June 16, 2016 at 1:42 pm

      thanks ?

  7. sam says:
    June 16, 2016 at 2:09 pm

    varah reethi. waiting for Sunday!! ??

  8. aal says:
    June 16, 2016 at 2:15 pm

    V reethi

  9. ✽✤princess✤✽ says:
    June 16, 2016 at 3:07 pm

    Hai layaal..nyc story eh..i like it..whn nxt prt

    1. layaal says:
      June 16, 2016 at 3:41 pm

      hi princess. next part on Sunday in sha allah. I upload it on every Sundy, Tuesday and Thursday. and thank you ?

  10. aan says:
    June 16, 2016 at 4:23 pm

    vvvvv reethi igey layaal. waiting hama.

  11. nayaa says:
    June 16, 2016 at 5:00 pm

    varah nice story. good luck

  12. Lai says:
    June 16, 2016 at 6:01 pm

    Wow i reallyyy love thus story

  13. Miroo says:
    June 16, 2016 at 6:43 pm

    love it! looth haadha foni meehekey mee. but so hot!!

  14. natha says:
    June 16, 2016 at 8:09 pm

    Haadha runkuru sorekey dho e loothakee! kihaavarakun dhaane kamehbaa thiya,eedho!

    1. layaal says:
      June 16, 2016 at 11:21 pm

      hehe. ya varah runkuru sore. thanks btw ❤️

  15. ihusaana says:
    June 16, 2016 at 8:25 pm

    Vaahaka midhanee varah rangalhu misraabakah kamah lafaa kureveny…. thi gothu gai hifahahtaalaa thi ingey… eyrun varah reethi vaane…

    1. layaal says:
      June 16, 2016 at 11:24 pm

      thank you love ?

  16. Yaan says:
    June 16, 2016 at 9:02 pm

    V reethi mi story

  17. aimin mau says:
    June 16, 2016 at 10:27 pm

    Vaahaka vr salhi inthizaaru kuran next part ah pls make other part very long and bst of luck 4 the next part

    1. layaal says:
      June 16, 2016 at 11:25 pm

      thannks. ?

  18. Ellie says:
    June 16, 2016 at 10:33 pm

    Story vvv nice . Waiting waiting

  19. layaal says:
    June 16, 2016 at 11:26 pm

    thank you guys. in sha allah I won’t disappoint you. love ❤️❤️

  20. Aimsithu says:
    June 16, 2016 at 11:50 pm

    Looth fenna hen heevany..

  21. Shely says:
    June 17, 2016 at 1:53 am

    V reethi..waiting for next part..keep its up

  22. Lila says:
    June 17, 2016 at 10:03 am

    varah varah salhi igey. can’t wait for Sunday!! ?

  23. layaal says:
    June 17, 2016 at 10:05 am

    thanks guys. ?

  24. yool says:
    June 17, 2016 at 7:18 pm

    nice story layaal

  25. kokkee says:
    June 22, 2016 at 3:45 pm

    Vaanuvaa neyngey…. pis pis :-/

  26. Anonymous says:
    July 31, 2016 at 1:04 pm

    Love

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ. (4)←


All Right Reserved!