
ލޯބިން ބުނާތީ – 70

ވޯޑުގެ ތެރެއަށް ވަދެގެން އައިސް ކައިރާ ލިއާ ގާތުގައި ހުއްޓުނެވެ. ލިއާ އޮތީ ލޯ މަރާލައިގެން ހިމޭންކަމާއެކު އެވެ. ކައިރާ ފުން ނޭވާއެއް ދޫކޮށްލަމުން ލައިބާއަށް ބަލާލިއެވެ. ލައިބާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ކައިރާއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާ ބޭނުންވަނީ ލިއާ ގާތުގައި މަޑުކުރުމަށެވެ. ނަމަވެސް އެކަން ވާކަށް ނެތެވެ. އޭނާ ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބައިނެވެ.
“ލިއާ…” ކައިރާ ލިއާގެ އަތުގައި ހިފާލިއެވެ. ލިއާގެ ހިމޭން ނަޒަރު ކައިރާ އާއި އަމާޒުވި ވަގުތު ކައިރާ އަނެއް އަތުން ލިއާގެ އަތުގައި ފިރުމާލިއެވެ.
“މިއުޅެނީ ފުރަން…އަހަރެން އަދި ލިއާ ގާތަށް އަންނާނަން…ލިއާ އޯކޭ ނުވިޔަސް އަދި އަންނާނަން…” ކައިރާ ވާހަކަ ދެއްކިއެވެ. ލިއާ އެއްޗެކޭ ބުނޭތޯ އޭނާ އިންތިޒާރު ކުރިއެވެ. އެހެނަސް ލިއާ އޮތީ ހިމޭންކަމާއެކުއެވެ. މާޔޫސްކަން ވެރިވެގެން ދިޔަ ހިނދު ކައިރާ މަޑުމަޑުން ލިއާގެ އަތުގައި ފިރުމާލާފައި ދާން ހިނގައިގަތެވެ.
“އެންޑް ލިއާ…” ގޮސްގޮސް ހުރެފައި ކައިރާ މަޑުޖެހިލާ ފަސްއެނބުރި ބަލާލިއެވެ. “އަހަރެން އެއްވެސް މީހަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން…” ކައިރާ ބުނެލީ މާނަފުން ޖުމްލައެކެވެ. އޭގެ މާނަ ލިއާއަށް އެނގިއްޖެއެވެ. ހިމޭންކަން އިހުތިޔާރުކޮށްގެން އޮތް ނަމަވެސް ލިއާގެ އަތްފައި ފިނިވެގެން ދިޔައެވެ. ދެން ކަންތައް ވާނެ ގޮތުގެ މަންޒަރުތައް އޭނާގެ ލޯމަތީ ކުލަވި ކަހަލައެވެ.
ކައިރާ ނިކުންނަން ދަނިކޮށް ރިހާން ވަންނަން އަންނަނީއެވެ. ރިހާން ފެނުމާއެކު ކައިރާގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ލައިބާގެ ގާތުގައި ކައިރާ އެދިގެން ރިހާން ލިއާ ގާތު ހުރި ވަގުތު ރިހާން ގެޔަށް ފޮނުވާލީ ލިއާ ގާތު އިރުކޮޅަކަށް ލައިބާ މަޑުކުރާނަމޭ ކިޔާފައެވެ. ރިހާންވެސް ގެޔަށް ދިޔައީ ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުންނެވެ. ކައިރާއަށް ޔަގީންވާ ކަމަކީ ރިހާން ފެންނަން ހުރެއްޖެނަމަ އޭނާގެ އަނގަ ހިމޭނުން ނޯންނާނެ ކަމެވެ. ރިހާން ފެނުނަސް ކައިރާގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން ހުޅުފަޅައިގެން ދާ ކަހަލައެވެ. އެއްޗެކޭ ނުބުނަން އޭނާ ހުރީ ލިއާއަށްޓަކާއެވެ. އެހެންނޫނަސް ކައިރާ ދެކޭ ގޮތުގައި މިކަމުގައި އެއްޗެއް ބުނަން ޖެހޭނީ އެހެން ފަރާތެކެވެ. އޭނާ އެ ތައްޔާރުވަނީ އެ ފަރާތަށް ހުރިހާ ހަގީގަތެއް ހާމަކުރާށެވެ.
ރިހާން އައެއްކަމަކު ލައިބާ ލިއާ ގާތު މަޑުކުރިއެވެ. ރަށަށް އައީއްސުރެ ލިއާގެ ދުލުން ބަހެއް ނުނިކުމެއެވެ. ރިހާން އައުމުންވެސް ލިއާގެ ސަމާލުކަމެއް ނުލިބުނެވެ. ލޯ މަރާލައިގެން އޮތް އިރު އެ ސިކުނޑީގައި ވަނީ ކޮން ހިޔާލުތަކެއް ކަމެއް ނޭނގެއެވެ. ލޯ ކައިރީގައި ކަރުނަ ހިކިފައިވާ ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. ލައިބާ އިނީ ލިއާގެ އަތުގައި ހިފާލައިގެންނެވެ.
ރިހާން ގޮސް ގޮނޑީގައި އިށީނދެ ފޯނު ހާވަން އިންއިރު ފެންނަނީ ހިމޭންކަމެވެ. އަމިއްލަ އަނބިމީހާގެ ހިތަށް ތަސައްލީއެއް ދޭން ބުނާނެ ބަހެއް، ކުރާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ. ބޭނުން ނުވިޔަސް، އެކަމާ އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ބައެއް ފަހަރު އޭނާގެ އުސޫލުތައް މުގުރާލާފައި ލިއާއަށް އެންމެ ފުރިހަމަ ގޮތުގައި އަންބެއްގެ ދަރަޖަ ދޭން ހިތް އެދެއެވެ. ނަމަވެސް އަމިއްލަ ފިނޑިކަމުގެ ސަބަބުން އަދި އެ ހިތްވަރު ކުރާކަށް ނުކެރެއެވެ.
ލިއާ ދޫކޮށްލުމުން ލިއާ ގޮވައިގެން ރިހާން ގެޔަށް އައިއިރު ސިޓިންރޫމް ސޯފާގައި ރާޝިދާއާއި ރާފިއުގެ އިތުރުން ރިހާންގެ ދައްތަ އާއި ކޮއްކޮމެންވެސް ތިއްބެވެ. ލިއާ ވަނުމާއެކު އެންމެންގެ ސަމާލުކަންވެސް ލިއާއަށް ހުއްޓުނެވެ. ނަމަވެސް ލިއާގެ އެއްވެސް ސަމާލުކަމެއް އޭގެން އެކަކަށްވެސް ނެތެވެ. މުޅި މީހާ ވަނީ ހަމަހިމޭންކަން މަތީގައެވެ. އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ރިހާން އޭނާގެ އަތުގައި ހިފާ ގެންދިއުމުން ގޮސް ކޮޓަރިއަށް ވަނީ އެއްވެސް މީހަކަށް ބަލާލުމެއް ނެތިއެވެ.
ލިއާގެ ހަމަހިމޭންކަމުން ރިހާން ނުތަނަވަސްވެއެވެ. ސޯފާގައި އިށީނދެލައިގެން އިން ލިއާ ގާތު ރިހާން އިށީނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރިއިރު އޭނާއަށް އިރުއިރުކޮޅާ ލިއާގެ މޫނަށް ނަޒަރެއް ދެވެއެވެ. ލިއާއަށް އެތަނުގައި އެހެން މީހަކު އިންކަން އިހުސާސް ނުވާކަހަލައެވެ.
“ލިއާ…ވާހަކަ ދައްކަބަލަ…” ރިހާން އެންމެފަހުން ބުނެލިއެވެ. ނަމަވެސް ލިއާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުފެނުނެވެ. ރިހާން މާޔޫސްވާގޮތްވިއެވެ. އޭނާ މަޑުމަޑުން ސޯފާއިން ތެދުވިއެވެ. އޭރުވެސް ލިއާ އެ އިން ގޮތަށް އިނެވެ.
“އަހަރެން އަންނާނަން ބޭރަށް ޖައްސާލާފަ…” ރިހާން ބުނެލިއެވެ. ލިއާގެ ފަރާތުން ރައްދެއް ނުލިބުމުން އިރުކޮޅަކު ލިއާއަށް ބަލަން ހުރެފައި ރިހާން ނިކުންނަން ހިނގައިގަތެވެ. އޭނާއަށް މިވަގުތު ލިއާ ގާތު ހުރުން ފަސޭހަ ނުވީއެވެ. އޭނާއަށް ލިއާގެ ހިތަށް ހަމަޖެހުމެއް ގެނެސްދެވެން ނެތްއިރު އެކަމުން ރެކިގަތުން މާ ފަސޭހަ ވީއެވެ.
ރިހާން ނިކުމެގެން ދިއުމާއެކު ލިއާގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. މަޑުމަޑުން ރުއިމުގެ އަޑުވެސް ބޭރުވެއްޖެއެވެ. ސޯފާމައްޗަށް ފައި ނަގާފައި ދެ ކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިނދެ ލިއާ ރޮމުން ދިޔައެވެ. އޭނާ ނިންމުމެއް ނިންމައިފިއެވެ. އިތުރަށް މި ނަރަކާގައި ދުވަސްތައް ބޭކާރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ފަދަ އެކަނިވެރިއަކަށްވެސް ކޮންމެވެސް ގޮތެއް އޮންނާނެއެވެ. ދެން ރިހާނާއެކު އެންމެ ދުވަހެއްވެސް ލިއާއަކަށް ކެތެއް ނުވާނެއެވެ.
ހިމޭން ރޭގަނޑެކެވެ. އުޑުމަތީ އެތައް ހާސް ތަރިތަކެއް ވިދާ ބަބުޅަމުން ދިޔައިރު ދޭތެރެއަކުން ވިލާކޮޅެއް ފެނިލަމުން ދިޔައީ ފަނޑު ދުންގަނޑެއް ފަދައިންނެވެ. ވައިރޯޅިތަކުގެ ހިލަންވަނީ މަދު ފަހަރަކުއެވެ. ބެލްކަނީގައި ސޯފާ ގޮނޑިތަކުގައި ކައިލް އިޝާން އަދި ކައިރާ ތިބިއިރު ކައިލް އިނީ ހިމޭންވެފައެވެ. އެ މޫނުމަތީގައިވަނީ ބަޔާންކުރަން ނޭނގޭ އަސަރެކެވެ. ކައިރާއާއި އިޝާން ތިބީ ކައިލް ބަހެއް ބުނާނެ ކަމުގެ އިންތިޒާރުގައެވެ. ކައިރާ ގޮވައިގެން އިޝާން އެގެޔަށް އައިސް ލިއާގެ ވާހަކަ ކައިރާ ހިއްސާކުރިފަހުން އެތައް އިރެއް ފާއިތުވެއްޖެއެވެ.
ކައިލްގެ މުޅި ހިތާއި ސިކުނޑީގައި ގަދަފަދަ ހަނގުރާމައެއް ކުރެވެމުން ދާކަހަލައެވެ. އޭނާގެ މޭގެ ތެރޭގައިވި ހިތް ކުދިކުދިވަނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންދާ ހާލު އެންމެފަހުން އޭނާ އިސްއުފުލާލިއެވެ. ކައިރާގެ އަތްފައި ފިނިވެގެން އައީ ކައިލްގެ ލޮލުގައިވި ހީބިހި ހަލުވާލާހާ ފިނި ކުލަވަރުންނެވެ.
“ޔޫ އަރ ޓެލިން މީ ޝީއިޒް ބީން ލިވިން ލައިކް ދެޓް އޯލް ދިސް ޓައިމް…؟” ކައިލް ވާހަކަ ދެއްކިއިރު ކަތުރު ކަށިގަނޑަށް ވާންވެލައިގެން އައެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ފަސްއަހަރު ފަހުން ލިއާ އާއި ވާހަކަ ދެކެވުނު ފުރަތަމަ ފަހަރެވެ. އެރޭ ލިއާގެ އަޑުގައިވި ހިތާމަ އާއި ވޭނެވެ. ލިއާ ހުރީ އުފަލުން ނޫންކަން އެރޭވެސް ކައިލްއަށް އިހުސާސްވިއެވެ. ނަމަވެސް އޭނާއަށް ވިސްނައިނުގަނެވުނީ ފަސް އަހަރު ވަންދެން ލިއާ އުޅުނީ މި ހާލުގައި ކަމެވެ. ކައިލްގެ ހިތުގައި ވަނީ ގަދަފަދަ ރުޅިވެރިކަމެއްގެ އަލިފާނުގެ ހުޅު ހިފައިގަނެފައެވެ. އެ ރުޅި އޭނާގެ އަމިއްލަ ނަފްސަށްވެސް އަމާޒުވަމުން ދިޔައެވެ.
ކައިލްގެ ސުވާލަށް ކައިރާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެ ހަރަކާތާއެކު ކައިލްގެ އަތްތިލަ މުއްކެވިގެން އައި މަންޒަރު އިޝާނަށް ފެނުނެވެ. އޭނާ އިނީ ކަންބޮޑުވެފައެވެ. ހަމަ އެއާއި އެކު ލިއާގެ ހާލަތާއި މެދުވެސް އިޝާނަށް ވިސްނެމުން ދިޔައެވެ. ލިއާ އުޅުނު ހާލު އަޑުއިވި، އޭނާއަށް ރުޅި އާދެވުނު އިރު އަދި ކައިލްއަށް ކިހާވަރެއް ވާނެހެއްޔެވެ؟ އިޝާން ސިހުނީ ކައިލް ވާހަކަ ދައްކަން ފެށުމުންނެވެ.
“ވައިލް އައި ވޯޒް އަވޭ ތިންކިން ޝީ ވޯޒް ހެޕީ…؟” ކައިލްގެ އަޑުގައިވީ ޝަކުވާއާއި ރުޅިވެރިކަމެވެ. މޫނުގައި ދެއަތް އެޅުމާއެކު ކައިލް އެ އަތް މައްޗަށް ގެންގޮސް ބޮލުގެ އިސްތަށިގަނޑުގައި ހިފާލާ ތިރިކޮށްލެވުނެވެ. މިފަހަރު ކައިލްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ކައިރާއާއި އިޝާންވެސް ހިޔާރުކުރީ ހިމޭންކަމެވެ.
ކައިލް ތެދުވެގެން ގޮސް ރެއިލިންގައި އަތް އަޅުވާލާ ހުއްޓެމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. ހަނދުގެ އަލި އެޅި ގޯތިތެރޭގައިވާ ޕޫލްގެ ފެންގަނޑު ވިދަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. އެހެނަސް ކައިލްއަށް އެ މަންޒަރު ނުފެންނަ ކަހަލައެވެ. އޭނާގެ ސިކުނޑީގައި ހަރުލާފައިވަނީ ލިއާގެ ރުއިމުގެ އަޑެވެ. ކައިލްގެ ނަމުން ލިއާ ގޮވާލި ވަގުތެވެ. “ގޯޑް…!” ކައިލްއަށް ލޯ މަރާ ފިއްތާލެވުނެވެ. އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. ލިއާ މިހާލުގައި ފަސް އަހަރު ވަންދެން ގަނަތެޅެންވީ ކީއްވެހެއްޔެވެ؟ ހަމަ އެއާއި އެކު ކައިލްއަށް މަޑު އާހެއް ދޫކޮށްލެވުމާއެކު ރިހުން އެކުލެވިގެންވާ މޭގައި އަތް ޖައްސާލެވުނީ ލިއާ އާއި މެދު ހިތުގައި އުފެދުނު ޝަކުވާއެއްގެ ސަބަބުންނެވެ. އެ ދިރިއުޅުން އުޅެން ލިއާ ދިޔައީ އަމިއްލައަށް ކަމަށް ވުމުންނެވެ. ލިއާ ހަމަ އެންމެ އިޝާރާތެއް އޭނާއަށް ކޮށްލި ނަމައެވެ. ދުނިޔޭގެ ކޮންމެ ހިސާބަކު ހުރިނަމަވެސް އޭނާ އަންނާނެއެވެ.
ކައިލް ފޯނު ނެގި ގޮތަށް އިންސްޓަގްރާމަށް ވަނެވެ. އަދިވެސް ލިއާ ވަނީ އޭނާ ބްލޮކްކޮށްފައެވެ. ކައިލްއަށް ދަތްކުނޑި ވިކާލެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދަނީއެވެ. ކައިރާ ނޫނީ އިޝާންގެ ފޯނުން ނަމަވެސް ލިއާއަށް ގުޅަން ކައިލްގެ ހިތް އެދުނެވެ. ނަމަވެސް އޭނާއަށް މަޖުބޫރުވީ ކެތްތެރިވުމަށެވެ. ލިއާ ގާތު އޭނާ ވީ ވައުދަށް އިހުތިރާމް ކުރުމަށެވެ. ލިއާގެ ހަބަރެއް ވަންދެން އިންތިޒާރު ކުރުން ނޫންގޮތެއް ކައިލްއަކަށް ނެތެވެ.
“އައި ކާންޓް ލެޓް ހާރ ކޮންޓިނިއު ލިވިން ލައިކް ދެޓް…” ކުރިމަތިން ފެންނަމުންދާ ހުސްކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރެ ކައިލް ބުނެލިއެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް ލިއާ ހުއްޓުނީ އެނދު ކައިރިއަށެވެ. އޭރު ހޮސްޕިޓަލުން ގެނައި ލިއާގެ ބައެއް ސާމާނާއެކު ލިއާގެ ފޯނުވެސް އެނދުގައި ބާއްވާލެވިފައި އޮތެވެ. ފޯނަށް ބަލަހައްޓައިގެން ލިއާއަށް ހުރެވުނެވެ. އޭރު ހޮސްޕިޓަލުން ނިކުންނަން ދަމުން ކައިރާ ބުނެލި ޖުމްލަ އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. މި ހުރިހާ ދުވަހު އޭނާ މަސައްކަތް ކުރީ ހަގީގަތް ފޮރުވުމަށެވެ. ނަމަވެސް އޭނާ އެ ހަގީގަތް އެންމެ ސިއްރު ކުރަން ބޭނުންވި ފަރާތާއި ހަމަޔަށް މިހާރު އެ ހަގީގަތް ވާސިލުވެއްޖެކަން ލިއާ އަށް ޔަގީންވެއެވެ.
ފޯނު ނެގުމާއެކު ލިއާ އެނދުގައި އިށީނެވެ. އޭނާ ހަގީގަތާއި ކުރިމަތިލާން ތައްޔާރުވީއެވެ. އިންސްޓަގްރާމަށް ވަނުމާއެކު ކައިލްގެ ކޮންވަޒޭޝަނަށް ވަދެވުނީ އެއްވެސް ފަސް ޖެހުމެއް ނެތިއެވެ. މިފަހަރު ރިހާން އައިސްފާނެ ކަމަކަށް އޭނާގެ ކުޑަވެސް ސަމާލުކަމެއް ނެތެވެ. ފުދި އިތުރުވާވަރަށް ދިރިއުޅުން އޭނާގެ މައްޗަށް އަނިޔާވެރިވެއްޖެއެވެ. އިތުރަށް އޭނާއަށް ލިބޭނެ އަނިޔާއެއް ނެތެވެ.
ލިއާ އިރުކޮޅަކު ބަލަން ހުރެ ކައިލް އަންބްލޮކް ކޮށްލައިފިއެވެ. ކައިލް ބުނެފާނެ ކޮންމެ އެއްޗަކަށް ލިއާގެ ހިތާއި ނަފްސުވެސް ތައްޔާރުވެފައި ވެއެވެ. އޭނާއަށް ކައިލް އަންބްލޮކް ކޮށްފައި ކޮންވަޒޭޝަނަށް ނުވަދެވި އުޅެނިކޮށް ފޯނު ރިންގްވާން ފެށިއެވެ. އޭރު ދެ ސިކުންތު ވީ ކަމެއްވެސް ނޭނގެއެވެ. ލިއާ ބަލަން އިނދެފައި ފޯނު ނަގައިފިއެވެ.
“ލިއާ…” އިވިގެން ދިޔައީ ކައިލްގެ ކެތްތެރިކަން ކުޑަ އަޑެވެ. ލިއާ ބަހެއް ނުބުނެ އެ އަޑު އަހަން އިނެވެ.
“ލިއާ އާރ ޔޫ ދެއަރ…؟” އަނެއްކާވެސް ކައިލް ގޮވާލިއެވެ. ލިއާއަށް އެ އަޑުން އެކަނިވެސް ކައިލްއަށް ހުރިހާ ހަގީގަތެއް އެނގިއްޖެކަން އެނގުނެވެ.
“ޔެސް…” ރަށަށް އައިފަހުން ލިއާގެ އަޑު ނިކުތް ފުރަތަމަ ފަހަރަކީ އެއީއެވެ. އެ އަޑުގައި ވަނީ ހުސްކަމެވެ.
“ވަޓް ދަ ހެލް އިޒް ގޮއިން އޮން…؟” ލިއާ އާއި ހިލާފަށް ކައިލްގެ އަޑުގައިވަނީ އެތައް ހާސް އަސަރެކެވެ. ލިއާއަށް މަޑުމަޑުން އިސް އޮބާލެވުނެވެ.
“ލިއާގެ ބައްޕަ ނިޔާވީ…ލިއާ ހާލު ދެރަވެ ތިއުޅެނީ ހޮސްޕިޓަލުން ނާރައިގެން…އެންޑް މި ހުރިހާކަމެއް އަހަންނަށް މި އެނގުނީ ކައިރާ ފަރާތުން…ވައި ޑިޑިންޓް ޔޫ ޓެލް މީ…؟” ކައިލް ހަމައިން ނައްޓަނީހެން ހީވިއެވެ. އަޑުއަހަން ހުރި ލިއާގެ ލޮލުގައި މަޑުޖެހިފައި ހުރި ކަރުނަތައް ފައިބަން ފެށިއެވެ. މަޑުމަޑުން ގޮސް ލިއާގެ ގިސްލުމުގެ އަޑު ބޭރުވިއެވެ.
“ލިއާ…” ކައިލް ގޮވާލިއެވެ. އެ އަޑުގައި މިފަހަރު ވަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ލިއާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އަޑުއަހަން ހުރި ކައިލްއަށް ރެއިލިންއަށް ބާރުކޮށްލެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައީ ލިއާ ގާތަށް ދިއުމަށެވެ. ކައިރާއާއި އިޝާން ކަންބޮޑުވުމާއެކު ކައިލްގެ ހަރަކާތްތަކަށް ބަލަން އިނދެވުނެވެ.
“ޑޫ ޔޫ ހޭވް އެނީ އައިޑިއާ ހައު އައި ފެލްޓް ވެން ކައިރާ ޓޯލްޑް މީ…؟ ލިއާ މީހަކަށް އެންމެ ބޭނުންވި ވަގުތު އަހަންނަށް ލިއާ ގާތު ނުހުރެވުނު…އިޓްސް ކިލިން މީ ލިއާ…އަހަންނަށް ވަގުތު އަނބުރާލެވޭނަމަ… ފައިވް ޔާރސް ލިއާ…! ފައިވް ޔާރސް…!…” ކައިލްގެ އަޑުގައިވަނީ ގޮތްހުސްވެފައި ވާކަމުގެ އަސަރެވެ. ހިތާމައާއި ރުޅި އެކުވެ އެ ފިރިހެންވަންތަ އަޑު އިތުރަށް ބަރުވެފައި ވެއެވެ.
“އާރ ޔޫ ކްރައިން…؟” ކައިލްގެ ހިތަށް ލިބުނު ވޭނަކުން ބުނެވުނެވެ. އޭނާއަށް ލިއާގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. “ގޯޑް…! ލިއާ…” ވޭނުން ފުރިގެންވި ގޮތަކަށް ކައިލްގެ އަޑު ނިކުތެވެ.
ލިއާ އަނގަމަތީ އަތްއެޅިއެވެ. އޭނާއަށް ރުއިން ހުއްޓާނުލެވުނެވެ. ކައިލްގެ އަޑުގައިވާ ޝަކުވާ ލިއާގެ ހިތާއި ހަމަޔަށް ފޯރިއެވެ. ކައިލްގެ ވާހަކަތަކަށް ދޭނެ ރައްދެއް ލިއާގެ ވިސްނުމަކަށް ނާދެއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަނީ އެންމެ ކަމެކެވެ.
“އަހަރެން… އަހަރެން ވަރުބަލިވެއްޖެ…! އިތުރަށް ކެތްކުރާނެހާ ހިތްވަރެއް ނެތް…! އަހަރެންގެ އެއްވެސް މީހެއް ނެތް… މަންމަވެސް ބައްޕަވެސް ނިޔާވީ… އަހަރެން… އަހަރެން ބޭނުމީ… މަރުވާން…” ރޮވެމުން ދިޔަކަމަކު ލިއާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.
“ލިއާ…! ތި ދެން ދައްކަނީ ހާދަ ވިޔާނުދާ ވާހަކައެކޭ…” ކައިލްގެ ހިތަށް ތޫނު ހަންޖަރެއް ހެރުންކަހަލައެވެ. އޭނާއަށް ލޯ މަރާ ފިއްތާލެވުނެވެ. ލިއާގެ ބަސްތަކުން އެ ހިތަށް ލިބުނު ވޭނަކުން ކައިލްއަށް ރެއިލިންއަށް ބާރުކޮށްލެވުނެވެ. ލިއާ އެހެން ބުނުމުން ކައިލްގެ ހިތަށް ވަރަށް ތަދުވިއެވެ. ލިއާގެ އެއްވެސް މީހެއް ނެތޭ ބުނަންވީ ކީއްވެހެއްޔެވެ؟ އޭނާ މިހުރީނުންހެއްޔެވެ؟ ފަސް އަހަރު ވަންދެން އޭނާ ލިއާއަށްޓަކާ ކުރި ދިގު އިންތިޒާރު ލިއާއަށް އެއްވެސް މާނައެއް ހުރި ކަމަކަށް ނުވަނީހެއްޔެވެ؟
“އަހަންނަށް އަޅާލަން ހުރީ ކާކު…؟ އަހަންނަށް އެނގޭ ކައިލް ތި ވިސްނަނީ ކޮން ކަމެއްކަން…އެކަމަކު ކައިލް ތީ އަހަންނަށް ހިލޭ މީހެއް…ކައިލްއަށް ކޮށްދެވޭނީ ކޮންކަމެއް…؟ އަހަރެން މީ މީހަކު ލޯބިވާވަރު މީހެއް ނޫން…ބައެއް ފަހަރު ހިތަށް އަރާ އަހަރެން ދުނިޔެއަށް އައީ ކީއްވެބާއޭ…؟ ރިހާން ދެކެ އަހަރެން ވަރަށް ލޯބިވީން…އެކަމަކު ރިހާންވެސް ހެދީ ހަދާނެ އެއްޗެއް…އޭނާއަށް އަހަރެން މީ ރައްޓެހިން އަތުން ލާރި ހޯދަން ބޭނުން ކުރި އެންކޮޅެއް…އަހަންނަށް ލޯބި ލިބުމުގެ ހައްގު ނެތީ ކަންނޭނގެ…” ލިއާ މި ހުރިހާ ދުވަހު ހިތުގައި ބަންދުކޮށްފައިވާ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ.
“ދެން ގެޓް ޑިވޯސްޑް…ޕްލީޒް… ކަމް ބީ ހެޕީ ވިތް މީ…” އެންމެ ފަހުން ކައިލްގެ ކެތްތެރިކަމުގެ ވާފަށް ކެނޑިއްޖެއެވެ. އެ އަޑުގައިވީ ކެތްތެރިކަން ކުޑަކަމާއި އާދޭހެވެ. އެ ދުލުން ބޭރުވެގެން ދިޔައީ މި ހުރިހާ ދުވަހު އޭނާ ނުބުނަން އޮބި އަޅައި ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ބަސްތަކެވެ. އެ އަޑުގައިވާ އަސަރުތައް ބުނާ ކަހަލައެވެ. އޭނާ މިހުރީނުންހެއްޔެވެ؟ ދުނިޔޭގައިވާހާ އުފަލެއް ލިއާއަށް ހޯދައިދޭނަމޭ އެ އަޑުން ބުނާ ކަހަލައެވެ. ކައިލްގެ އަޑު އިވި ލިއާގެ ރުއިމުގެ އަޑު ފަޅައިގެން ދިޔައެވެ.
“އަހަންނަށް އެނގޭ ލިއާ ހުރީ އުފަލުން ނޫންކަން…އައި ނިއު ސަމްތިން ވޯޒް ރޯންގް…ބަޓް އައި ނެވަރ އިމޭޖިންޑް……” ޖުމްލަ ފުރިހަމަ ނުކޮށްލެވި ކައިލްއަށް ދަތްކުނޑި ވިކާލެވުނެވެ. އެ ހަރަކާތާއެކު މޫނުގެ ކަތުރު ކަށިގަނޑަށް ވާންވެލައިގެން އައެވެ.
“ވައި ޑިޑިންޓް ޔޫ ޓެލް މީ ވަޓް ޔޫ ވަރ ގޮއިން ތްރޫ…؟” ކައިލްގެ އަޑުގައިވީ ނުރުހުމާއި ހިތާމައެވެ.
“އައި ކުޑުންޓް…” ލިއާ މަޑުމަޑުން ބުނެލިއެވެ.
“ކުޑުންޓް އޯ ޑިޑިންޓް ވޯންޓް ޓު…؟” ބޭނުން ނުވިޔަސް ކައިލްގެ އަޑު ހަރުކަށިވެގެން އައެވެ. އޭނާ ދޫކޮށްލި ރުޅިވެރިކަމުގެ ހޫނު ނޭވާގެ އަޑު ލިއާއަށް އިވުނެވެ.
“ޑޫ ޔޫ ނޯ ވަޓް ހާޓް މީ ދަ މޯސްޓް…؟ އަހަންނަށް އެ ހުރިހާ ދުވަހު ދުރުގައި ހުރެވުނީ ބޭކާރު ގޮތުގައި ކަމަށް ވާތީ…އަހަރެން ހީކޮށްގެން ހުރީ ލިއާގެ އުފަލަށް އަހަންނަށް ފުރުސަތު ދެވުނީއޭ…އެކަމަކު އެހެންނެއް ނޫނެއްނު މި ވީ…؟ އަހަރެން ކުރިހާ އިންތިޒާރެއް ބޭކާރުވެގެން ދިޔައީ…އަހަރެންގެ ހިތަށް އެހާ އަނިޔާ ދީފައި ލިއާ ތިހާލުގައި އުޅުމުގެ އެއްވެސް ހައްގެއް ނެތް…!” ކައިލް ހިތުގައިވި ހުރިހާ ޝަކުވާއެއް ބަންޑުންކޮށްލިއެވެ.
ކުއްލިއަކަށް ދޮރު ހުޅުވިގެން ދިއުމާއެކު ލިއާއަށް ސިހިފައި ބަލާލެވުނެވެ. ދޮރުމަތީ ހުރީ ރިހާނެވެ. ލިއާއަށް އިރުކޮޅެއް ވަންދެން ހަރަކާތް ނެތިފައި ހުރެވުނެވެ. ރިހާންގެ ލޯ ކުޑަކޮށްލުމާއެކު ނަޒަރު ހުއްޓުނީ ލިއާ ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނަށެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ކާކާ ތި ވާހަކަ ދައްކަނީ…؟” އަތުކޮޅަށް ދޮރު ޖެހުމާއެކު ރިހާން އެ ހަލުވި މިނުގައި ލިއާއާއި ދިމާލަށް އައެވެ. ލިއާ ޖަވާބެއް ނުދީ ހުރިއިރު ނެގިނެގިފައި ހިތް ޖެހެމުން ދިޔައެވެ. ރިހާން ލޯ ހަނިކޮށްލައިގެން ހުރީ ލިއާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ލިއާގެ ދުލުން ބަހެއް ނީވުނެއް ކަމަކު އެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ރިހާނަށް ޖަވާބު ލިބުނެވެ. ބަލަން ހުރެފައި އޭނާ ލިއާގެ ފޯނު ދަމައިގަތެވެ.
“ރިހާން…” ލިއާއަށް ބުނެވުނެވެ. ލިއާއަށް ބަލަންހުރެފައި ރިހާންގެ ނަޒަރު ސްކްރީނަށް ހުއްޓުނެވެ. ސްކްރީނުން ފެންނަން އިން ނަމުން ރިހާންގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ. އިރުކޮޅަކަށް އޭނާ ނޭވާ ލާން ހަނދާން ނެތުނު ކަހަލައެވެ. ހަމަހޭވެރިކަން ވެގެން އައި ވަގުތު ފޯނުން ނަޒަރު ވަކިކޮށްލާ، އޭނާއަށް ލިއާގެ މޫނަށް ބަލާލެވުނެވެ.
“ސޯ…” ރިހާންގެ އަޑު ނުރައްކާތެރި ދަރަޖައަކަށް ހަމަހިމޭނެވެ. “ލައްކަ ދުވަސް ވެއްޖެ ދޯ މި ގަނޑެއް ގަންނަތާ…؟” ރިހާން އެސްފިޔަ ޖަހާލަން ހަނދާން ނެތްކަހަލައެވެ.
ފޯނުގެ އަނެއް ކޮޅުގައި ހުރި ކައިލްގެ ދެލޯ ބޮޑުވެގެން އައުމާއެކު ހަށިގަނޑު ސީދާވެގެން އައެވެ. އޭނާއަށް ރިހާންގެ އަޑު އިވި ހިތުގެ ތެޅުން މަޑުޖެހިލީ ލިއާއާއި މެދު ވިސްނިފައެވެ.
“ލިއާ…!” ކައިލްއަށް ގޮވާލެވުނީ ބާރަކަށެވެ. ކައިރާއާއި އިޝާނަށް ތެދުވެވުނީ ކުއްލިއަކަށް ކައިލްގެ މޫނުމައްޗަށް އައި ބަދަލުންނެވެ.
“ލިއާ ވަޓްސް ހެޕެނިން…؟” ކައިލްގެ ކެތްތެރިކަން ކޮޅުންލާފައިވާ އަޑު އިވުނެވެ. ރިހާނަށް ސްކްރީނަށް ބަލާލެވުނެވެ. ދެން އޭނާ ލިއާއަށް ދިން ނަޒަރާއެކު ފޯނު ކަންފަތުގައި ޖައްސާލައިފިއެވެ.
“ހެލޯ…” ރިހާން ބުނެލީ ޖެއްސުމުގެ ރާގެއްގައެވެ. ކައިލްއަށް އެ އަޑު އިވި ދަތްކުނޑި ވިކިގެން އައެވެ.
“ރިހާން…!” ކައިލްގެ އަޑު ނިކުތީ ނުރައްކާތެރި ގޮތަކަށެވެ. ކައިރާ ހާސްކަމާއެކު އިޝާނަށް ބަލާލިއެވެ. ކަންތައްތައް ވަރަށް ގޯސްވެދާނެ ކަމުގެ ކޮޅުމަތި އެ ދެމީހުންނަށް ފެނުނެވެ.
“ސޯ…އަހަންނަށް ސިއްރުން އަހަރެންގެ އަންހެނުންނާ ވާހަކަ ދެއްކުންގަނޑު ކިހިނެއްވަނީ…؟” ރިހާން ބުނެލީ ނުލަފާ ހުނުމަކާއެކުއެވެ. އެ ނަޒަރު ވަނީ ލިއާ އަށް ހުއްޓިފައެވެ. ރިހާން ހޭންފެށިނަމަވެސް އެ ލޮލުގައިވާ ނުރައްކާތެރި ރުޅިވެރިކަމުގެ ހުޅުގަނޑު ލިއާއަށް ފެންނަމުން ދިޔައެވެ. ލިއާގެ އަތްފައި ގަނޑުފެންކޮޅެއްހާ ފިންޏެވެ.
“ރިހާން…! ލިސެން ޓު މީ… ޕްލީޒް ލިއާއަށް އެއްވެސް ގޮތެއް ނަހަދާތި…!” ކައިލްގެ ހިތުގައި މީހަކާ ދޭތެރޭ މިވަރުގެ ނަފްރަތުކަމެއް އުފެދުނު ހަނދާނެއް ނުވެއެވެ. ރިހާން އޭނާގެ އަތުޖެހޭ ހިސާބުގައި ހުރި ނަމަ އަތުން ފައިން ގޯހެއް ހެދުނީހެވެ. އެހެނަސް އޭނާގެ ލޯބިވާ ލިއާއަށްޓަކައި ކައިލް އޭނާގެ އުސޫލުތައްވެސް މުގުރާލިއެވެ. ރިހާން ކުރިމަތީ ނިކަމެތިވާންވެސް ކައިލް ހުރީ ތައްޔާރަށެވެ. ސަބަބަކީ މިވަގުތު ލިއާ ހުރީ ކައިލްއަށް ރައްކާތެރިކަން ދެވޭނެ ވަރަށްވުރެ ދުރު ހިސާބުގައެވެ. ކައިލްގެ ހިތާއި ނަފްސު ތެޅިފޮޅެމުން ދިޔައީ ލިއާއަށް ވެދާނެ ގޮތަކާއި މެދު ބިރު ހީވެފައިވާ ވަރުންނެވެ. ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުން ކައިލް ރިހާން ގާތު އާދޭސްކުރިއެވެ.
ރިހާން ހޭންފެށިއެވެ. އެ ހުނުމުން ބުނެދެނީ ބާރު އޮތީ އޭނާގެ އަތުގައި ކަމެވެ. “ކަމެއް ކުރިޔަސް ކީއްކުރާނީ…؟ ބުނެބަލަ…! އެއީ މަގޭ އަންހެނުން… މަ ބޭނުން ގޮތެއް ހަދާނީ…!” ރިހާން ކައިލްއަށް އޭނާގެ މަގާމު ހަނދާންކޮށްލަދިން ކަހަލައެވެ. ކައިލް ދަތްކުނޑި ވިކާލިލެއް ބާރުކަމުން ދަތްތައް ބިންދައިގެން ގޮސްފާނެހެން ހީވިއެވެ. އޭނާގެ އިނގިލިތަކުގައި މަޑު ތުރުތުރެއް އުފެދިފައިވަނީ އައިސްފައި ހުރި ރުޅި މައިތިރިކުރަން މަސައްކަތް ކުރަމުން ދާތީއެވެ.
“އަހަންނާއި ލިއާ އާއި ދެމެދު ތި ހީކުރާކަހަލަ އެއްވެސް ގުޅުމެއް ނެތް…ދޭން ބޭނުންވާ އަދަބެއް އަހަންނަށް ދީ… ލިއާ ދުރުގައި ބަހައްޓާ…!” ކައިލް ވާހަކަ ދެއްކި އިރު އަތްތިލަ ވަނީ މުށްކަވާލެވިފައެވެ.
ރިހާން ފޯނު ހޫރާލިއެވެ. ފޯނު ގޮސް ޖެހުނީ އެނދުމައްޗަށެވެ. ފޯނު ވެއްޓުނު ދިމާލަކަށް ރިހާންގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ. މިހާރު އެ މޫނުގައިވަނީ ރުޅިވެރިކަމެވެ. ނުރައްކާތެރި ގޮތަކަށް ލިއާއަށް ބަލަން ހުރެ ރިހާން ކުރިޔަށް ފިޔަވަޅު އެޅިއެވެ.
“ކިހާ ދުވަހެއް…؟” ރިހާން އެހިއެވެ. އެ އަޑު ނިކުތީ ކިރިޔާއެވެ. އައިސްފައި ހުރި ރުޅިން ދެ ލޯ ފެންކަޅިވެފައި ވެއެވެ. ލިއާ ޖަވާބެއް ނުދިނެވެ. ފަހަތަށް ފިޔަވަޅެއް އެޅުނީ ބޭއިހްތިޔާރުގައެވެ.
“ކިހާ ދުވަހެއްހޭ…؟” ރިހާން ހަޅޭއްލަވައިގަތެވެ. އޭނާއަށް ބަރުދާސްތު ކުރަން ދަތިވެފައި ވަނީ ލިއާ ފިރިހެނަކާ ވާހަކަ ދެއްކުމުންނެއް ނޫނެވެ. އެހެނަސް އެ ފިރިހެނަކީ ކައިލް ކަމަށްވާތީއެވެ.
ލިއާ އެ ހުރި ގޮތަށް ހުރެ ކަރުނަވީ ލޮލަކުން ރިހާނަށް ބަލާލިއެވެ. ލިއާގެ ލޮލުގައިވީ ސާފު ނަފުރަތެވެ. “އަހަރެން ބުނެފަ އޮންނާނީ…އަހަރެން ބޭނުމީ ވަރިވާން…!” ލިއާ ބުނެލިއެވެ.
“ވާހަކަ ބަދަލު ނުކޮށް މަ ކުރާ ސުވާލަށް ޖަވާބު ދީ…” ރިހާންގެ އަޑު ބާރެވެ.
“އަހަރެން ވަރި ކުރޭ…” ލިއާ ކަރުނަތަކާއެކު ހަޅޭއްލަވައިގަތެވެ.
“މަ ކުރާ ސުވާލަށް ޖަވާބު ދޭށޭ…!!!” ލިއާގެ އަޑު ނުކެނޑެނީސް ރިހާން ހަޅޭއްލަވައިގަތެވެ.
“އަހަރެން ބޭނުމެއް ނޫން ކަލެއާއެކު އުޅޭކަށް…” ލިއާ ބުނެލިއެވެ. ރިހާން ހުއްޓުން އެރިއެވެ. ލިއާ އޭނާއާއި މުހާތަބު ކުރި ގޮތުން ކަންފަތަށް އިވުނީ ރަނގަޅަށްބާއޭ ހިތަށް އެރިއެވެ. އިރުކޮޅަކަށް އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ތި ހުރިހާ ވަރެއް ތި ވަނީ އެ ކައިލްއަށް ޓަކާ…؟” ރިހާން އެހިއެވެ.
“ނޫން…” ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލުމެއް ނެތި ލިއާ ބުނެލިއެވެ. “ސަބަބަކީ ކަލޭ…! ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮށްފި…މުޅި ރަށަށް އަހަރެން ގިނަކޮށްފަވެސް އެވަރުންވެސް ހިތެއް ނުފުރުނު…އަހަރެން ވީ ލޯބި ކަލެއަށް ވީ މީހުން ކުރިމަތީ ފޮނިކަނޑަން ލިބުނު ހަތިޔާރަކަށް…ކަލޭ ހީކުރީ އަހަރެން ކަލެޔާ ކައިވެނި ކުރީ ލޯބިވާތީ ކަމަށްތަ…؟ އެނގެން ބޭނުންތަ އަހަރެން ކަލެއާ ކައިވެނި ކުރީ ކީއްވެކަން…؟ އޭނ…؟ ސަބަބަކީ ކައިލް… އަހަރެން ކަލެއާ ކައިވެނި ކުރީ ކައިލްއަށްޓަކާ… ކަލޭ އަހަރެން މުޅި ރަށަށް ގިނަކޮށްލީ…ސްކޫލަށް ދާން ނުކެރޭވަރު ކުރި…ކުށަކާ ނުލާ އެންމެން ކުރިމަތީ އަގު ވައްޓާލީ…ހައްތަހާވެސް ކަލޭ ދެކެ ލޯބިވުމުގެ ބަދަލު…މީހުން ކިޔަނީ އަހަންނަކީ ފިރިހެނުން ފަހަތުން ދުވާ ރަން*** އެކޭ…އެކަމަކު އަހަރެން އާދޭސްކުރި ހަމައެކަނި މީހަކީ ތީ…އަހަރެންގެ ނަން ހަޑިކުރީ ކަލޭ…އެހެންވީމަ އަހަރެން ކަހަލަ މީހަކު ކައިވެނި ކުރަން އެންމެ އެކަށީގެންވަނީ ކަލެއާ…ކައިލް އަކާ ނޫން…ކައިލްއަށް ހައްގުވަނީ އޭނާ ފަދަ ފުރިހަމަ އިންސާނެއް…އަހަރެން ކަލެއާ ކައިވެނި ކުރީ ކައިލްގެ އަބުރު އަހަންނާހެދި ވެއްޔާ މޮޑެވިގެން ދާން ބޭނުން ނުވާތީ…ކައިލް ރައްކާތެރި ކުރަން…އެކަމަކު ދެން ކެތެއް ނުވާނެ…” ލިއާ ވާހަކަ ދެއްކީ ރޮމުން ހަޅޭއްލަވަމުންނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ. ރިހާން ހުރީ ގަނޑުވެފައެވެ.
އަނެއްކޮޅުން، ފޯނުން އަޑު އަހަން ހުރި ކައިލް ހުރީ ހުއްޓުން އަރާފައެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައިރު އޭނާ އެ ސުވާލަކަށް ޖަވާބު ހޯދަން މަސައްކަތް ކުރަމުން ދިޔަ ސުވާލަށް ޖަވާބު ލިބުނު އިރު މި ވީ އޭނާ ހީވެސް ނުކުރާ ކަހަލަ ގޮތެކެވެ.
ލިއާ ރިހާން އިހުތިޔާރު ކުރީ ކީއްވެތޯ އެއީ ކައިލް އަބަދުވެސް އަމިއްލަ ހިތާ ކުރަމުން އަންނަ ސުވާލެވެ. މިއަދު އެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. ލިއާ ރިހާން އިހުތިޔާރު ކުރީ ހަމައެކަނި ރިހާން ދެކެ ލޯބިވާތީއެއް ނޫނެވެ. އެ ނިންމުމުގެ ފަހަތުގައިވާ މަގުސަދަކީ ކައިލް ރައްކާތެރި ކުރުމެވެ. އޭނާއަށްޓަކާ ލިއާ އެ ނެގީ އާދައިގެ ފިޔަވަޅެއް ނޫނެވެ. ކައިލްގެ ދެތުންފަތް މަޑުމަޑުން ދުރުވެލިއެވެ. އެތައް އިހުސާސަކުން އޭނާގެ ހިތް ތޮއްޖެހިގެން އައެވެ. ވޭނެވެ. ހިތާމައެވެ. ރުޅިވެރިކަމާއި މާޔޫސްކަމެވެ. ގޮސް ހުސްވުމެވެ. ދުލުން ބަޔާން ނުކުރެވޭނެ ފަދަ ގޮތަކަށް ކައިލްގެ ހިތް ކުދިކުދިވެގެން އައިކަހަލައެވެ.
“ޔޫ ސްޓުޕިޑް ގާލް…!” ކައިލްއަށް ބުނެވުނީ އެހެންނެވެ. އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. ލިއާގެ އަމިއްލަ ނަފްސަށް ވުރެ ކައިލްގެ އާއިލާގެ އިއްޒަތް މުހިއްމުވީވަރުން ލިއާ އަމިއްލަ ނަފްސު ގުރުބާން ކުރީކަމެވެ.
“ޔޫ ސްޓުޕިޑް ސްޓުޕިޑް ގާލް…!!” މިފަހަރު ވާހަކަ ދެއްކިއިރު ކައިލްއަށް ހުރެވުނީ ދަތްތައް ފިއްތާ ބާރުކޮށްގެންނެވެ. އޭނާއަށް ނިތްކުރިއާއި ނޭފަތް ގުޅިފައިވާ ހިސާބުގައި އިނގިލިތަކުން ހިފާ ބާރުކޮށްލެވުނެވެ. ގާތުގައި ހުރި ކައިރާ އާއި އިޝާން އަހަމުން ދިޔަ ސުވާލުތައް ކައިލްއަށް ނީވޭ ކަހަލައެވެ.
އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރި ރިހާން މަޑުމަޑުން ލިއާ ގާތަށް ޖެހުނެވެ. ރިހާންގެ ހަމަލާއަކަށް ތައްޔާރުވެގެން ހުރި ނަމަވެސް އެ މޫނުމަތީގެ ކުލަވަރު ފެނި ލިއާގެ ހިތް ރޫ ރޫ އަޅާލިއެވެ. އެއް ފިޔަވަޅަށް ވުރެ އަނެއް ފިޔަވަޅު ހަލުވިކޮށް އަޅަމުން އައި ރިހާން ހުއްޓުނީ ލިއާ ގައިގަ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ބަލާކަށް ނުހުރެ އޭނާ ލިއާގެ ދެކޮލުގައި ހިފާ ފިއްތާލީ އަނގައިގަ ލޭރަހަ ލާވަރަށެވެ.
“ކަލޭ ނުފުއްޕައްޗޭ…!” ރިހާން ހުރީ ހަމައިގައެއް ނޫނެވެ. އެ ރުޅީގައި އޭނާ ލިއާ ހޫރާލިއެވެ. ލިއާ ގޮސް ޖެހުނީ ބެޑް ލޭމްޕް ބަހައްޓާފައި ހުރި ސައިޑް ކަބަޑުގައެވެ. ޖެހުނުލެއް ބާރުކަމުން އެ ކަބަޑާއި އެކު ލިއާ ވެއްޓި ފާރުގައި ބޯ ޖެހުނެވެ. ލޭމްޕް ވެއްޓި ތަޅައިގެން ދިޔަ އަޑުފަށްގަނޑު ކޮޓަރިތެރޭ ގުގުމާލިއެވެ.
އެނދުގައި އޮތް ފޯނުން އަދިވެސް އޮތީ ކައިލްއަށް ގުޅިފައެވެ. އޭނާއަށް ހުރިހާ އަޑެއް އިވިއްޖެއެވެ.
“ރި…ހާ…ން…!!!” ކައިލް ހަޅޭއްލަވައިގަތެވެ. އޭނާއަށް ރެއިލިންގް އިން އަތް ނެގުމާއެކު ފޯނަށް ނަޒަރު ހުއްޓާލިއިރު ދެލޯ މުދުނަށް އަރާފައި ވާކަހަލައެވެ. ކައިރާ އާއި އިޝާން ސިހިފައި ކައިލް ގާތަށް ޖެހުނީ ހާސްކަމާއެކުއެވެ. ލިއާގެ އަޑު އިވުމަށް އެދި އެދި ހުރެ ކައިލްއަށް ފޯނު ސްޕީކަރަށް ލެވުނެވެ. އެވަގުތު ރިހާންގެ ހަޅޭކުގެ އަޑާއި އެކު އެއްޗެހިތަކެއް ވެއްޓިގެން ދިޔަ އަޑުފަށްގަނޑު ކައިލްގެ އިތުރުން ކައިރާ އާއި އިޝާނަށްވެސް އިވުނެވެ.
“ރިހާން…!!! ޔޫ ލިސެން ޓު މީ ******…” ކައިލްގެ ހަޅޭކުގެ އަޑު ނިކުތެވެ. އެހެނަސް ރިހާނަށް އެ އަޑު އިވޭނެހެއްޔެވެ؟ އިޝާން ހާސްކަމާއެކު ކައިރިއަށް ޖެހިފައި ކައިލްގެ ފޯނަށް ބަލާލިއެވެ. ކައިރާ އަނެއް ފަރާތަށް އެނބުރި އޭނާގެ ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. ކައިލް ހުރީ ހަމައިން ނައްޓާފައެވެ. އޭނާ ތެޅިފޮޅެމުން ދިޔައެވެ.
“ލިއާ…! ސަމްބޮޑީ…ހެލްޕް…” އެ އަޑު ފޯނުގެ އަނެއް ފަރާތުން އެއްވެސް މީހަކަށް ނީވޭނެކަން އެނގި ހުރެވެސް ކައިލް ތެޅިފޮޅެމުން ދިޔައެވެ. ހަޔާތުގައިވެސް މިހާ އޭނާ ގޮތް ހުސްވި ވަގުތެއް އައިކަމެއް ނޭނގެއެވެ. އަނެއްކާވެސް ހަޅޭއްލަވައިގަންނަން އުޅެފައި ކައިލް މަޑުޖެހުނެވެ. އޭނާ ލޯ މަރާ ފިއްތާލަމުން ފުން ނޭވާއެއް ދޫކޮށްލި ގޮތަށް ފޯނު ކަނޑާލައިފިއެވެ. ހަޅޭއްލަވައިގެން ވާނެ ފައިދާއެއް ނެތްކަން ކައިލްއަށް ވިސްނުނީއެވެ. އޭނާ ގުޅީ އެ ރަށުގެ ޕޮލިސް ސްޓޭޝަނަށެވެ.
“ލައި…ރިހާންގެ އެޑްރެސް ބުނެބަލަ…” ފޯނުން ލައިބާއަށް ގުޅައިގެން ހުރި ކައިރާ އެހިއެވެ. އޭރު ކައިލް ހުރީ ކައިރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ލައިބާ ޖަވާބު ދިނުމާއެކު ކައިރާ ހަމަ އެ ޖަވާބު ކައިލްއަށް ދިނެވެ. ޕޮލިހުންނަށް މައުލޫމާތު ދީފައި ކައިލް ފޯނު ކަނޑާލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އިޝާނަށެވެ.
“ވީ އަރ ގޮއިން…ލޯންޗް ރެޑީ ކުރޭ…!” ކައިލް ބުނެލިއެވެ. އިޝާން ހާސްކަމާއެކު ބޮލުގައި އަތް ހާކާލިއެވެ.
“ކެލް…އަހަރެން ބައްޕަވީ ލޯންޗްގައި މާލެ ދާ ބަޔަކު ގޮވައިގެން ގޮސް…” އިޝާން މާޔޫސްކަމާއެކު ބުނެލިއެވެ.
“ފަ**…” ކައިލް އިތުރަށް މަޑު ކުރުމެއް ނެތި ދާން ހިނގައިގަތެވެ. ފަހަތުން އިޝާން އާއި ކައިރާވެސް އައެވެ.
“ލައި ފޯނު ކަނޑާ ނުލައްޗޭ…އެންޑް މީހަކު ގޮވައިގެން އެގެޔަށް ދާތި…އަހަންނަށް ހުރިހާ އަޕްޑޭޓެއް ދީ…މިހާރު ޕޮލިހަށް އަންގައިފިން…” ސިޑިން ހަލުވި ފިޔަވަޅުތަކެއްގައި ފައިބަމުން ކައިރާ ފޯނުން ވާހަކަ ދެއްކިއެވެ. އޭރު ކައިލް ފެންނާކަށް ނެތެވެ. ކައިރާއާއި އިޝާނަށް ނުކުމެވުނު އިރު ކައިލް ސައިކަލުގައި ނައްޓާލަނީއެވެ. އިޝާން އޭނާގެ ސައިކަލަށް އެރުމާއެކު ކައިރާ އިޝާންގެ ފަހަތަށް އެރިއެވެ.
ލައިބާ އާއި ނަހުމާގެ އިތުރުން ޝަފާ ދުވަމުން ދިޔައެވެ. އޭރު ނަހުމާ ހަބަރު ދީގެން ނާވީ އެމީހުން ފަހަތުން އައި އިރު އޭނާ ދިޔައީ ހުއްޓުމެއް ނެތި ރިހާނަށް ގުޅަމުންނެވެ. މީގެ އިރުކޮޅެއް ކުރިން ނާވީ ވަނީ ރިމާހުއަށް ގުޅާފައި ރިހާން ހުއްޓުވުމަށް ބުނެފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭނާ އަލްޔާއަށްވެސް ލިއާގެ ހަބަރު ދީފިއެވެ.
ރިހާންގެ ގޭގެ ދޮރޯށި ކޮއްޕާލާފައި ހަތަރު ޒުވާނުން އެތެރެއަށް ދެމިގަތީ އެކުއެކީގައެވެ. އޭރު އެމީހުންނަށް ހުޅުވާލާފައިވާ ރިހާންގެ ކޮޓަރީގެ ދޮރާއި އެތެރެއިން ބަޔަކު ވާހަކަ ދައްކަމުންދާ އަޑު އިވެއެވެ.
“ރާފިއު ކަލޭ މޮޔަވީތަ…؟ މީނަ ހޮސްޕިޓަލަށް ގެންދާނެ ކަމެއް ނެތް…މީހުން ކިޔާނީ ކީކޭތަ…؟” އިވުނީ ރާޝިދާގެ އަޑެވެ.
“ޖަނަވާރުކަން…!” ނަހުމާއަށް ބުނެވުނެވެ. ހަތަރު މީހުން ދޮރުމައްޗަށް އެރިވަގުތު ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
އެނދުގައި ރިހާން އިންއިރު އޭނާ މައިތިރިކުރަން ރިމާހު އާއި ރާފިއުގެ އިތުރުން ރިހާންގެ ދޮށްޓަށް ހުންނަ ރައިހާން އޭނާގެ ގައިގަ ހިފައިގަނެގެން އުޅެއެވެ. އޭރުވެސް އޭނާ ތެޅިފޮޅެނީއެވެ. މުޅި ކޮޓަރިތެރެއަށް ތޫފާނެއް އަރާފައި ވާކަހަލައެވެ. ލިއާ އޮތީ މުށިތައްމައްޗަށް ވެއްޓިފައެވެ. މުށިތަކުގެ އެތަން މިތާގައި ލޭތައް ހިކިފައިވާތަން ފެނެއެވެ. ރައިހާންގެ އަންހެނުންނާއި ރިއާނާ ދިޔައީ ލިއާ ހޭ އަރާތޯ މަސައްކަތް ކުރަމުންނެވެ. ރާޝިދާ ހުރީ ކޮޅަށެވެ.
ނަހުމާއާއި ޝަފާ ދުވެފައި އެތެރެއަށް ވަނެވެ. ނާވީ ރުޅިވެރިކަމާއެކު ރިހާނަށް ބަލާލިއެވެ. ލައިބާ ހުރީ ފޯނު ކަންފަތުގައި ޖެއްސި ގޮތަށް ހުއްޓުން އަރާފައެވެ. އޭރު އަނެއްކޮޅުގައި ހުރި ކައިރާ ލައިބާއަށް ގޮވަމުން ދިޔައެވެ.
“އޭތް…ކަލޭމެން ކީކޭ ހިތަށް އަރައިގެން މީހުންގެ ގޭގެޔަށް……” ރާޝިދާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ހުއްޓުން އެރީ ކުއްލިއަކަށް ގޭތެރެއަށް ވަދެގެން އައި ފުލުހުން ފެނުމާއެކުއެވެ. ފިރިހެންވެރިންނަށްވެސް ލިބުނު ސިހުމުގައި ރިހާނަށް ދޫ ދެވުން ވަގުތު ރިހާން ދެމިގަނެފައި ދުއްވައިގަތީ ކުޑަދޮރުން ފުންމާލައިގެން ބޭރަށް ނިކުންނާށެވެ. އެހެނަސް ކުރިޔަށް ހުރި ފުލުސް މީހާ ހުށިޔާރު ކަމާއެކު ގޮސް ރިހާން ހިފަހައްޓައިފިއެވެ.
ސައިކަލުގައި އިން ކައިރާ އިނީ ހުއްޓުން އަރާފައެވެ. ލައިބާ ރޮމުން ރޮމުން ކީ އެއްޗެއް އޭނާއަށް ސާފުވީ ކިރިޔާއެވެ. އޭނާ މަޑުމަޑުން އިޝާން ގާތު ވާހަކައެއް ބުނެލިއެވެ. އޭރު ކައިލްއާއި އަރާ ހަމަކުރުމަށްޓަކާ އިޝާން ސައިކަލު ދުއްވަމުން ދިޔައީ ބާރު ސްޕީޑުގައެވެ. ކައިރާގެ ވާހަކަތައް އިވިފައި އިޝާންގެ މޫނުމަތިން ހާސްކަން ފެނުނެވެ. އެއް އަތުން އޭނާއަށް މޫނުގައި އަތް ހިންގާލެވުނެވެ.
އެމީހުންނަށް ކައިލް އަތުވީ ބަނދަރުންނެވެ. އޭރު ކައިލް ހުރީ އެރަށުގެ ޓާމިނަލް ކައިރީ ސައިކަލު ޕާކްކޮށްގެން ފޯނެއްގައެވެ. އިޝާން އާއި ކައިރާ ސައިކަލުން ފޭބުމާއެކު ކައިލް ގާތަށް ހިނގައިގަތެވެ. އޭރު ކައިލް ފޯނުން ދައްކަމުން ދިޔަ ވާހަކަތައް އެމީހުންނަށް އިވެމުން ދިޔައެވެ.
“އައިލް ޕޭ ޔޫ ޑަބަލް…މިގަޑީ ވަރަށް އަވަހަށް ދަތުރެއް ކޮށްދީބަލަ…” ކައިލް ގުޅައިގެން ހުރީ ކާކަށް ކަމެއް ނޭނގެއެވެ. އެކޮޅުން ދިން ޖަވާބަށް ކައިލް ނުރުހުން ވީ ކަންނޭނގެއެވެ. ފޯނު ކަނޑާލުމާއެކު އަނެއްކާވެސް ފޯނު ހާވަން ފެށިއެވެ.
“ކައިލް…” އިޝާން ގޮވާލުމުންވެސް ކައިލްގެ ޖަވާބެއް ނުލިބުނެވެ. އެ ރަށުގައި ލޯންޗް ދަތުރުތަކަށް ހާއްސަ ވައިބަރ ކޮމިޔުނިޓީ ގުރޫޕަކަށް ވަދެގެން ކައިލް މަސައްކަތް ކުރަމުން ދިޔައީ އިތުރު ލޯންޗެއްގެ ނަންބަރު ލިބޭތޯއެވެ. އޭނާގެ މުޅި ހިތާއި ސިކުނޑީގައިވަނީ ލިއާއެވެ. ލިއާ މިވަގުތު އުޅޭނެ ނިކަމެތި ހާލެވެ. އިޝާންއަށް މަޖުބޫރުވީ ކައިލްގެ އަތުގައި ހިފާ ތަޅުވައިގަންނާށެވެ.
“ކައިލް ލިސެން…! ހަމަޖެހިބަލަ…” އިޝާން ވާހަކަ ދައްކަން އުޅުނެވެ.
“ވަޓް…!” ކައިލް ހަރުކަށިކަމާއެކު ބުނެލިއެވެ.
“އެމީހުން ލިއާ އެބަ ގެނޭ މިރަށަށް…” އިޝާން އަވަސްއަވަހަށް ބުނެލިއެވެ. ކައިލްގެ ހަރަކާތްތައް މަޑުޖެހުނެވެ.
“ވަޓް…؟” މިފަހަރު ކައިލްގެ އަޑުގައިވަނީ ހައިރާންކަމެވެ. ފަހަތުގައި ހުރި ކައިރާއަށް ނަޒަރެއް ދިން ހިނދު އޭނާވެސް ބޯ ޖަހާލިއެވެ. އިޝާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ވާހަކަ ދައްކަންފެށީ ވިސްނުންތެރިކަމާއެކުއެވެ.
“ލިއާގެ ހާލު އެހާ ރަނގަޅެއް ނޫން…އެކޮޅުން ލަފާ ދިނީ އަތޮޅު ހޮސްޕިޓަލަށް ގެންދަން…ޝީ ނީޑްސް ޕްރޮޕަރ މެޑިކަލް ކެއަރ…މިހާރު އެކޮޅުން ތައްޔާރުވަމުން ދަނީ ލިއާ މިރަށަށް ފޮނުވަން…” އިޝާން ވާހަކަ ދެއްކީ ފަރުވާތެރިކަމާއެކު އެވެ. ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ލިއާއަށް އަނިޔާ ލިބިފައި ވާވަރު ކައިލްއަށް ސިއްރު ކުރެވޭކަށް ނެތެވެ.
ކައިލްއަށް މަޑުމަޑުން ފޯނު ތިރިކޮށްލެވުމާއެކު ދިމާ ކުރިމަތިން ފެންނަމުންދިޔަ ކަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ މޭގައިވި ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އިޝާންގެ ވާހަކައިން ކައިލްއަށް ދޭހަވީ ލިއާގެ ހާލު ސީރިއަސް މިންވަރެވެ.
“ޑިޑް ޔޫ ސްޕީކް ޓު އެނީވަން…؟ އިޒް ޝީ ކޮންޝިއަސް…؟” ކައިލް އެހިއިރުވެސް އެއީ ކިހާ ބޭކާރު ސުވާލެއްކަން އެނގެއެވެ. ލިއާގެ ހާލު ރަނގަޅުނަމަ އަތޮޅު ހޮސްޕިޓަލަކަށް ނުގެންނާނޭނުންހެއްޔެވެ؟
“އަދި ނޭނގެ…މި މަޑުކުރަނީ އިތުރު އަޕްޑޭޓަކަށް…” އިޝާން އާއި ކައިރާއަށް ހަގީގަތް އެނގިހުރެވެސް ކައިލްއަށް ސިއްރުކުރިއެވެ. ކައިލް މިހާރު އެހުރީ އެހާވެސް ނާޒުކު ފައްތަރެއްގައެވެ.
“އެންޑް ކައިލް…! ރިހާން އެރެސްޓް ކޮށްފި…” ކައިރާ ބުނެލިއެވެ.
ކައިލް އިސްޖަހާލިއެވެ. އޭނާގެ އަތުގައި މަޑު ތުރުތުރެއް އުފެދިފައި ވީއިރު އަތްފައި ގަނޑުފެންކޮޅެއްހާ ފިންޏެވެ. ފަސް އަހަރު ފަހުން އޭނާއަށް ލޯބިވާ އަންހެން ކުއްޖާ ފެންނަން މިއުޅެނީ އޭނާ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އޭނާ ދެކެން ބޭނުންވަނީ ލިއާގެ އެ ރީތި ހިނިތުންވުމެވެ. އެ ލަދުވެތި ބެލުންތަކެވެ. މިހާރު އުފެދޭ ސުވާލަކީ ލިއާ އެ ހާލުގައި ވަނިކޮށް ދުށުމަށް ކައިލްއަށް ކެތްވާނެބާއެވެ؟
ނުނިމޭ
Comments (29)
Comments are closed.
OMG! hama speechless..the way you described each and every scene hama im out of words! And finally e rihaan gandu kairin lia salaamaiy vanee dhw..ngl mihaa thanah kiyunu enme reethi enme look forward kurevey vaahaka miee.. keep it up girll💗✨
Awwww 😭💗 You have no idea how happy this comment made me! I’m so glad you’re enjoying every part of the story 🥹
FINALLY Leah gets a little breathing space after everything she’s been through 🥺 Thank you for always looking forward to my updates and supporting my work 🥹💗 Lots of loveee 🖤🥀✨
UGGHHH RIHAAN… UGGGHHHH…. HAMA HUVAA HER DAD FREAKING DIED EYYY… TELL HER STH, IDK ANYTHING WHICH MIGHT MAKE HER FEEL A LIL BETTER… MAYBE TELL HER THT YOU’LL DIVORCE HER… LIKE…. URRRRGGGGGHHHHH….. YOU AND YOUR FREAKING GODDAMN EGO… AND ATTITUDE… AND… IDK… EVERYTHING… YOU DONT DESERVE EHVES GIRL EHHH….!!!!
OMMMGGGG…. WHY ARE YOU SO FREAKING GODDAMN BEYKAARU…??? LIKE… HAMA HURIHAA KAMEH BOLUN KATUVAALANYYY EYYYY…. RIHAAN… DO YOU EVEN HAVE A HEART…?? ATP, SHAHKKU… MHV…. 😭😭😭
Alhe alhe alhe…. Kyle… 😭😭😭
I HATE YOU SM RIHAAN…
Don’t do tht to Kyle… Please… Omg… I can’t…. Like… I can hear Kyle saying all tht to Leah… Like…. Omg 😭😭😭😭😭💔💔💔💔💔💔💔
RIHAAN…. YOOOUUUUUUU DISGUSTING PIECE OF…. UGGGHHHHHH….
Ommmggggg leaaahhhh…. Ilysmm… Like…. I love the fact that finally you got the courage to tell all that to rihaan he face…. I looovvvveeeee ittttttttt girrrrlllll…
OWHHHH FREAK… MHV… RIHAAN… YOU AREN’T A MAN… LIKE… LITERALLYYYY… THY FIRIHENUNNAH HURI HUTHUREHHH… YOU DISGUST ME, RIHAAN. URRRRGGGGGHHHHH…
My poor Kyle… He won’t survive seeing Leah like that… Don’t do tht to him… Miyadhu ekani ves his heart broke vehjje after knowing all that and getting the answers for the questions he carried for 5 years and alll… Don’t do tht to himmmm… 😭😭😭😭
And pleeeaaaasssseeeee don’t do anything bad to Leah… Like… Yk… Kyle won’t be able to survive if sth happens to her… And… How can I survive without my Kyle..?? 😔😔 Ik… Maybe I’m being a lil selfish rn… But stillllllll…
Anyways… Love this part tooo… Can’t wait for the next part… 🫶🏻🫶🏻
GIRLLLLL 😭😭
First of all I genuinely appreciate you taking the time to write such a LONG comment 😭 I read every single word and you have no idea how much happiness these detailed reactions bring me 😭💗 The fact that you take the time to share every emotion, every thought and every little reaction means so much to me as an author 🥹💗
And yeah I think we can officially crown you Kyle’s BIGGEST fan 😭🤭 The way you’re always worrying about him and imagining how he’ll react to everything is too adorable…I promise your love for that man has not gone unnoticed 😂💗
Thank you for loving my characters, being so invested in their journey and always making my comment section a little more entertaining 💗 Readers like you make all the effort behind this story worth it… Sending you lots of love 🖤🥀✨
When next part
Friday In Shaa Allaah 💗
Haadha reechey hih halaaku vejj. But umeedhuge kuda hulhukolheh ves fenijje. Next part avaha genes dheythi.
Aww happy to know you got some hope 💗🥹
When next part..
Friday In Shaa Allaah 💗
🔪🔪🔪🤬 huvaaa mi buneee e rihaanu gandu athugehijiyaa heearuvaalanh
Konmoyaehvegentha eyna lia abuse kuree😡😠😠😤😮💨
I wish him be imprisoned forever eyy ekahalameehu ah enme rangalhuthanakee
Omg my lia is she ok🥺😢
Pls dont do anything sad to her poor gurl just sufured so much😭
Kail must be very anxious😟
Adhi e rasheedha gandu ves athugehuniyaa thavakun gahavee eyrun thoche huminity ge 1 percent ves junaanee🙄🙄😒
Mi partves vrh reethi it was very emotional😿🥺
Hope lia escape from the animal
Very curious to know what will happen nxt
Ahahaha 😭😭 The tha was for Raashidha took me OUTTT 💀 You readers have absolutely no mercy for that family 💀 And honestly I understand why you’re so angry 😭 Leah has been through so much, and she deserves some peace and happiness now 🥺💔
I’m so glad you enjoyed this part even though it was an emotional one 🥹 Thank you for always taking the time to read share your reactions and worry about my characters like they’re your own… Your comments genuinely make me so happy 💗 And don’t worry I’m loving all these theories too 🤭💗 Thank you for your love and support it means a lot 🖤🥀
finally i have the feeling smth good is going to happen!! varah reethi omg beautiful 😍
waiting for leah to get with kyle after divorcing stupid rihaan asap!!!
Awww thank you soooo much loooveeee 🥹💗😘
E v vaan v goii.. hama ekani jalah leema adhi hitheh nufurey.. Leah ah hurt v varuge 1% badhalu ves adhi nuvey.. I want to see you suffer Rihaan.. I don’t think I hated a guy this much dhuvahaku vx adhi.. amilla nafsah neygey dhww thimaa ge athun Leah beevee amilla kushun kameh.. knmehen Kyle gulheema thihaa varu kuraakah ihah dhuvahu Kaley thelhunu mududhaaru goii neii dhw handhaaneh.. adhi Leah dad niyaavegen ekujjaa goii husvefa hiyy halaaku vefa indhaa ekahchekey vx nubune nikumegen gosfa dhen keehkuraakah ekujjaa hope lose vegen dhiri hunna hiyy nuvegen hiyy hama jehumeh libeythww Kyle ah gulheerah knmehen rulhi aisgen thelhenyky.. ulhumeh adhabeh akhlaageh neii.. ehennu vaani amaaa meehaa vx hunnani Leah ah nafrathu kohkoh viyyaa.. thiyahaa aniyaaveri haayyakah vahdhaafa hiyy nufurigen ekujjaa hinithunvaan hunna hurihaa sababeh nahthaalaafa nuveethaakah alheh hen masahkaii kuruvaafa.. Rihaan handhaanaku nethennu anbimeehaa ah adhaa Kuran jehey haggeh vaa kameh vx.. dhen thi rulhi eh araane kameh nethennu.. thimaa amilla ah thiulheny kuh kohfa kushah iuthiraaf nuvevigen.. ego akaa hedhi.. dhen Leah ge ufalah vure ego muhimmu meehakah kn haggeh othy Leah Kyle AA vhk dhahkaathy thihen hadhaakah..
Ughhhhh.. I’m so so soooooooo pissedd…
Dhen okay.. Kyle AA meet vanee but that was not how I thought they would meet .. very heartbreaking 😭😭😭.. Kyle ge hithaa eky mi hiyy vx fundu fundu vejjeyyy.. I’m so scared what if Leah ge handhaanun ba eh fihevifa huriyyaa.. what if she doesn’t remember Kyle or the fact that her parents are dead or how cruel Rihaan was.. dhen no no noooo.. lavender e kahala gotheh nahadhahcheyyyy… Haven’t they both suffered enough.. oh wait.. don’t tell me Leah hosp ah gendhaairu Akeel ah fenigen Kyle Ethaa huregen ekamaa Akeel rulhi aisgen anehkaa aneh haijaanu aisgen.. ughhh.. worst visnaa gothah good ves visnan vaane dhw.. but haadha heenuveyey good gotheh heneh dhimaavaanee.. hold on Leah.. you will meet Kyle soon in’sha’Allah handhaan ves hunnaane.. and you will get well soon.. I don’t want your health to deteriorate… Rihaan dhen gothakah edhiya ee.. now then innaani Akeel kanney hurahakah.. oh wait freaking sierra.. Kyle ge wish AA dhekolhah Leah ah aniyaa eh dheefaanebaa sierra.. I mean Akeel might back her up.. I don’t like Akeel ehaa even though he is Kyle ge dad..
Anyways.. vhk kiyaafa hama fenkalhi vefa iny.. school ga indhe keema kanney nurovunee.. 😂 lavender ihusaas thah genesdheefa hunna goii vrh reethi … self ah e hurihaa pain akaa hurt anger everything feel kurevey varah genesdheefa huree.. vrh furihama hama mi part vx ehn part thakekey ehgothah … Kithamme busy viyas balaalevey mi vhk ige ehn bayeh Indheythww.. ik vhk liyan time nagaane proof read kuranshaa typing ah adhi submit kohfa Vx time Nagaa Kan.. and vhk ige characters ehaa furihama koh genesdheefa vhk ige ibaaraaii kurumah sifa kurun vx ehaa nice koh genesdheefa..vrh vrh vrh furihama work eh 🤩.. Masha Allah appreciate dhigukoh, maa Gina dhuvas nunagaa , part upload kohla dheythee.. waiting for next..
Ooommmgggg 😭😭 I swear, your comments are a whole experience on their own hehehe 🤭 The way you analyse every little detail, come up with theories and worry about every possible thing that could happen to Leah and Kyle… I LOVE IT! 😂💗 And I can see just how much you want Rihan to face the consequences of everything he’s done…You have absolutely no sympathy left for that man 😭
Also I genuinely appreciate you taking the time to write such a detailed comment 🥹 especially when you’re busy with school…The fact that you still make time to read, come back and share all these thoughts means more than you know 🥹💗
And your kind words about my writing the descriptions and the effort behind each episode honestly motivate me so much…yeahhh writing, editing and proofreading take time, so knowing that you notice and appreciate those little details makes it all worthwhile 😭💗 May Allah bless you love 💗
Thank you for being such a supportive reader and for loving Leah and Kyle so much 🥹 And please, your Kyle protection squad membership is clearly permanent at this point 😭🤭💗 Lots of loveee 🖤🥀
omgg this is so interesting. the best story everrrr. hih thelhi thelhi innany kiyaa iruves hama huva. 😭😭😭😭😭 please next part genesdhehchey sooon
Awww I’m so happy to know that 🥹💗 it means a lotttt 😭💗
I got hooked on this story and just realized its not finished!!
NEED NEXT PART
Awww hehe 🫢💗 it will be up on Friday In Shaa Allaah 💗
oh my god bunaane echeh ves neyge hama…from beginning till end i was hama hooked..every single detail described so perfectly masha allah youre so skilled.. my heart breaks so much for lia and kyle and my god finally eulhey findi rihaakurube arrest kohfi alhamdhulillah..bondi bai bahan ves rangalhu 🤣….cant wait for the next episode..💗💗
Awww 🥹💗 I’m so happy you were hooked from beginning to end…Your kind words about the descriptions and details mean so much to me
Hehe yeah finally Rihan is behind bars…Bondi bai bahan ves rangalhu indeed 🤣😭 He really needs to reflect on his life 💯 Thank you for reading and supporting my story darrrllll 🖤🥀
Yesss and noooo… Brw finaly that rihaakuru baiy theli is in jaill… 👏👏😍😍💙💙💙 kail.. Oh my… Hama aslu vx roefin mi ep kiyaafa.. Lia n kail doesn’t deserve all this.. They deserve a happy, beautiful life..
Awww 🥹 They truly deserve a lifetime of happiness after everything they’ve been through…evarah suffer kohfi viyya dho…? 😭
Thank you for feeling their pain with them 🖤🥀
Finally. Hama ah neyvaaeh levijje, polihun Rihan hayyaru kureema. Lia, try to get better no matter what. Kail ge bappa hiehama nujehunas mifaharu Kail aa dhuru nuvaathi. Mi bai ves v reethi. Masha Allah.
Yeahhh finally 😭😭 Rihan behind bars…Now Leah just needs to get better and catch a break…They deserve happiness 🖤🥀
comment nukuriyas I read all the parts. OMG I’m literally crying rn 😭
vhk eh kiyaafa mihaa dhwravi hadhanee nuvey.
Vrh furihama ah sofa kohdheefa huree Masha Allah ♥️ heevanee hama ethaaga hure hirihaa manzareh fennahen 😭
very impatient to read the next part 🫶
Varah reethi mi part ves Aneh part kon irak kiyaalan libeyny can’t wait…….
I started reading this story yesterday and mihaa hisaabah dhenme e nimuny. I can’t stop cryinnggg😭😭😭rihan dho haadha goaheyy. Leah doesn’t deserve all that. Oh my goooddd this story is just another level. This is the best story i have read so far. It literally touched me so hard, i feel like i am living in the story when i was reading. Can’t wait for the next part😍