Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ވިހިވަނަ ބައި)

Mysterious Angel Level 110 Stories100 Comments
June 3, 2016 4 Mins Read
9 Comments

މިއުވާން ގުޅީ އަހަރެން އޮފީސްތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ކޭސްގެ ވާހަކައެއް ދައްކާފާނެހެން ހީވާތީ ފޯނު ނެގިގޮތަށް ބޭރުން ބައްދަލުކުރަން ބުނީމެވެ. ބުރޭކެއް ނަގައިގެން އަހަރެން ބޭރަށް ނިކުތީ ބޯހާސްކަމުން ދުރުވުމަށެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް އަހަރެންގެ ހިތް ގިސްލަމުންދިޔައެވެ. ޝާޔަންއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ކޮންމެ ނޭވަޔާއެކީ ދުޢާކުރަމުންދިޔައީމެވެ.

“މާލް.. މިއިވެނީ ތެދެއްތަ؟” ކިރިޔާ އަޑު އިވޭވަރަށް މިއުވާން އެހިއެވެ. އަހަރުމެން ތިބީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ.

“ހޫމް.. މިވަގުތު އަހަރެންނަކަށް ނެތް އިތުރު ތަފްސީލު ދެވޭކަށް..” އަހަރެން ބުނީ އެހާވަރަށެވެ.

“ޝާލް ރަނގަޅުތަ؟” އުލުން ތަށި ހާވަމުން އޭނަ އެހީ އިސްޖަހާލައިގެން އިނދެއެވެ.

“ރަނގަޅު.. ވަރަށް އަވަހަށް ކޯހަށް މެލޭޝިޔާއަށް ދާން އުޅެނީ..” މިއުވާންގެ މޫނަށް ބަލާލަމުން އަހަރެން ބުނީމެވެ.

“އޭނަ ވަރަށް ނަފްރަތުކުރޭ ދޯ މަށަށް..” އޭނަގެ ތުންފަތްމަތީގައިވީ ހިތި ހިނިތުންވުމެކެވެ. ޝާލީގެ ވަކިވުން އަދިވެސް އޭނައަށް އުދަނގޫކުރަމުންދަނީ ކަންނޭނގެއެވެ. އަހަރެން ހަމައެކަނި ބޯހޫރުވާލީ އެމަޢޫލުއަށް އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. މިއުވާން މާޔޫސްކަމާއެކު އިސްޖަހާލީ އޭނަގެ ޤުރުބާނީ ބޭކާރުވެގެން ދިޔައީކަމަށް ހީވެކަމަށްވެދާނެއެވެ.

“ޔޫ ހޭވް ޓު މޫވް އޮން..” ގާތް ރަޙްމަތްތެރިޔާގެ ޙާލު ދެކެން އަހަރެންނަށް ފަސޭހައެއްނޫނެވެ. ކޮންމެ ފަހަރަކު ދުލުން ޙާމަކޮށްނުދިނަސް އޭނަ އުޅެމުންދާ ޙާލު އަހަރެންނަށް ފެނެއެވެ. އަބަދުވެސް އެމޫނުމަތިން ފެންނަމުން އެދަނީ ވީރާނާކަމެވެ. އަބަދު ރޮއެ ހިތާމަކޮށް ނެހެދިޔަސް އޭނަގެ ދެލޮލުގައިވަނީ ރަތްކަމެވެ.

“އަހަންނަށް އެހެން ކުއްޖަކާ މެރީވެސް ކުރެވިދާނެ އެކަމަކު ލޯތްބެއް ނުވެވޭނެ.. މީހުން ވަރަށް ފަސޭހައިން ބުނާނެ ލޯބިނުވާ އަންހެންކުއްޖަކާވެސް މެރީ ކުރީމަ ލޯބިވެވޭނެއޭ.. އެކަމަކު ކޮންމެފަހަރަކު އެހެންނެއްނުވާނެ.. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ސީރިޔަސްކަމެވެ.

“ޝިމާލްއަކަށް ނުވިސްނޭނެ.. ލޯބިވެވުނީމަ އިނގޭނީ..” އަހަރެން އެއްޗެއް ނުބުނެ ބަލަން އިނުމުން އޭނަ ބުނެލީ ނުލަފާ ހިނިތުންވުމަކާއެކީއެވެ. އަހަރެން ގަދަކަމުން ހީގަތީ އޭނަގެ މޫޑު ބަދަލުކޮށްލާށެވެ. ދެމީހުން އެކި ވާހަކައިގައި ތިއްބާ އަޖްވަދު ސަރ ގުޅާފައި އަވަހަށް އޮފީހަށް އައުމަށް އެދުނެވެ.

 

އަވަހަށް އަވަހަށް ދިޔައިރު އަހަރެންނޫން އެހެން އެންމެން ތިއްބެވެ. އެކި މީހުން އެކި ކަންކަމުގައި އަވަދިނެތި އުޅެމުންދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ ކަންބޮޑުވުމާއި ހާސްކަމެވެ. ކޭސްގެ ގޮތުން މަތިން ޕްރެޝަރ އަންނަމުންދާކަން އަހަރެންނަށްވެސް އިނގެއެވެ. އެކަމަކުވެސް އަހަރެމެންނަށް އަދި ކުރެވުނު މަސައްކަތުން އެދެވޭ ކުރިއެރުމެއް ލިބިފައެއްނުވެއެވެ.

“ޒައިކްގެ ބަޔާން.. އޭނައަށްވެސް ނޭނގޭ އެފަދަކަމެއް ކުރީ ކާކު ކަމެއް؟” ސަރ ދިއްކޮށްލި ކަރުދާހުގައި އަހަރެން ހިފާ ރަނގަޅަށް ބަލާލީމެވެ. މިހާރު މިވާ ގޮތުން އަހަރެމެންގެ މަސައްކަތަށް އިތުރު އުދަނގޫތަކާއި ކުރިމަތިވީއެވެ. ޒައިކްގެ ބަޔާނުގައިވާ ގޮތުން އޭނަގެ އެއްވެސް ދުޝްމަނަކު ނެތެވެ. ޝައްކުކުރެވޭވަރުގެ މީހަކުވެސް ނެތީއެވެ. އަނެއްކާ ޝާޔަން ކައިވެނީގެ ބޭރުން އެހެން ގުޅުމެއް އޮތީ ހެއްޔެވެ؟ ނޫނީ ކައިވެނީގެ ކުރިން އެފަދަ ކަމެއް ހިނގާފައި އޮތީ ހެއްޔެވެ؟ވަމުންމިދާ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. ޝާޔަންފަދަ ކުއްޖަކާއި ދޭތެރޭ ގޯސްކޮށް ވިސްނަން ބޭނުންނުވިޔަސް ޙާލަތުގެ ގޮތުން އެތައް ވަހުމުތަކެއް ހިތަށްއަރާފައިބަމުންދެއެވެ.

“ސަރ ޝާޔަންގެ ބެންކް ސްޓޭޓްމެންޓް.. ޝާޔަންގެ އެކައުންޓުގައިހުރި ހުރިހާ ފައިސާއެއްމިވަނީ ނަގާފަ..” ގަނޑުތަކަށް ބަލާލަމުން މާނިއު ކިޔާދިނެވެ.

“ފައިސާ ނަގާފައިވަނީ ކޮން އޭޓީމުތަކުންކަން ބަލަންޖެހޭ އެބަ؟” އަހަރެން ބުނީމެވެ. ހޯދިވަރަކަށް ބަލަންޖެހޭ ކަންކަންދަނީ އިތުރުވަމުންނެވެ. ވިސްނިވަރަކަށް ބޮލަށް ބަރުވެ މަޑު ރިހުމެއްވެއެވެ. ނިތްކުރީގައި އަތުން ފިރުމާލެވުނީ އެހެންވެއެވެ.

“އާރ ޔޫ އޯލް ރައިޓް ސަރ؟” މާނިއުއަށް އެމަންޒަރު ފެނުނީތާއެވެ.

“ކުޑަކޮށް ބޮލުގަ ރިއްސަނީ..” ހިނިތުންވުމަކާއެކީ އަހަރެން ބުނީމެވެ. ސަރ އެދުނީ އަހަރެން ގެއަށްގޮސް އަރާމުކުރުމަށެވެ. އާނއެކޭ ބުނި ނަމަވެސް ވިސްނޭނީ ޝާޔަންއާއި ދޭތެރޭގައެވެ. ކޭސް ނިމެންދެން އެހެން ކަމަކާއެއް ނުވިސްނޭނެއެވެ. ޝާޔަންގެ ޑޮކްޓަރ ގުޅީ އަހަރެން ފެންވަރާލައިގެން ނިކުތްތަނާއެވެ. ދޭން އުޅެނީ ކޮންފަދަ ޚަބަރެއް ކަމެއްވެސް ނޭނގެއެވެ.

“ޝާޔަންގެ ޙާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން.. އެކަމަކު އަދިވެސް ހެއެއް ނާރާ..” ޑޮކްޓަރގެ ބަސްތައް އިވުމުން އަލްޙަމްދުލިއްލާހި އޭ ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

“ދެން ހުރި ބައެއް ކަންތައްތަކާއި މަޝްވަރާކުރަން ބޭނުންވަނީ ބައްދަލުކޮށްފަ..” އަހަރެން ރޭގަނޑު ހޮސްޕިޓަލަށް ދާނެކަމަށް ބުނަމުން ފޯން ބޭއްވީމެވެ. ދެރަކްއަތުގެ ނަމާދަށްފަހު އަހަރެން ނިދަން ޖައްސާލީ ސިކުނޑިއަށް ކުޑަނަމަވެސް އަރާމެއް ހޯދައިދެވޭތޯއެވެ. ޝާޔަންގެ ޙާލު މަޑު މަޑުން ނަމަވެސް ރަނގަޅުވަމުން އައުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

“ދަރިފުޅާ..” ޙޭލެވުނީ މަންމަގެ އަޑަށެވެ. ދެލޯ އުނގުޅަމުން ވީ ކީއްތޯ ސުވާލުކޮށްލީމެވެ.

“އިސްމާއިލް ޤާޒީގެ ދޮށީ ކާފަދަރިތަ ހުޅުމާލެއިން ފެނުނީ؟” މަންމަގެ މޫނުމަތީގައިވަނީ ކަންބޮޑުވުމުގެ އަސަރެވެ. ޝާލީގެ ދަތުރުގެ ކަންތައްތައް ތައްޔާރުވުމަށް އުޅުމުން މަންމައަށް އެކަން ނޭނގުނީއެވެ. އަހަރެންވެސް ގަސްތުގައި އެވާހަކަ ނުދެއްކީ މަންމަ ޙާލު ގޯސްވެދާނެތީއެވެ.

“އާނ މަންމާ.. ޝާޔަން އެއީ..” އަހަރެން އިސްޖަހާލީމެވެ. ފޮރުވަން އުޅުނަސް ހުރިހާ ޓީވީ ޗެނަލްއެއްގައި އޮތީ އެވާހަކައެވެ.

“މަންމަ ބޭނުން ހޮސްޕިޓަލަށް ދާން.. އެމަންޖެ ދެކިލަން..” މިހެން ވާނެކަން އަހަރެންނަށް އިނގެއެވެ. ރަށު މީހަކު ބަލިވެގެން ހޮސްޕިޓަލުގައި އޮތްކަން އެނގިއްޖިއްޔާ އެމީހަކަށް ގޮވާލަން ދާ މަންމަ ބޭނުންވާނެއެވެ.

“މަންމާ ހޮސްޕިޓަލަށް ދިޔަޔަސް ޝާޔަން ފެންނަ ހިސާބަކަށް ނުދެވޭނެ.. އެހެންނޫނަސް އިސްމާޢީލް ޤާޒީމެންނަކީ އަހަރުމެންނަށްވުރެ މާ ފެންވަރުމަތީ ބައެއް..” މަންމަގެ މޫނަށް ބަލާލަމުން އަހަރެންބުނީމެވެ.

“އެކަމަކު..” މަންމަ އެއްޗެއް ބުނަން އުޅެފަވެސް ހުއްޓާލިއެވެ.

“އޭނަ މިހާރު ރަނގަޅުވަމުން އަންނަނީ.. ރޫމަށް ބަދަލުކުރީމަ އަހަރެން މަންމަ ގޮވައިގެން ދާނަން،، ޕްރޮމިސް..” މަންމަގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ. މަންމަ އަހަރެންގެ މޫނުގައި ފިރުމާލުމަށްފަހު ނިކުމެގެން ދިޔައީ ސައިބޯން އައުމަށް ބުނެފައެވެ.

 

 

އިޝާ ނަމާދަށްފަހު އަހަރެން ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރާއި ބައްދަލުކުރާށެވެ. ހޮސްޕިޓަލުތެރޭގައި ވާހަކަ ދެއްކުން ރަނގަޅު ނުވާނެތީ ކެންޓީނަށް ދިޔައީމެވެ. ޑޮކްޓަރ ދެއްކި ވާހަކައިން އަނގަމަތީގައި އަތްއަޅާލެވުނެވެ. ލޮލުން ކަރުނަ އޮހުނީ ބޭއިޙްތިޔާރުގައެވެ.

“ކޭސްގެ ބާވަތުން ޒައިކްއާއި ޙިއްސާކުރުމުގެ ކުރިން ޝިމާލްއަށް މިކިޔައިދެވެނީވެސް..” ޑޮކްޓަރަށް ޝުކުރުއަދާކުރުން ޙައްޤެވެ.

“ޑޮކްޓަރ.. ޕްލީޒް.. މިވާހަކަ ޒައިކްގެ ގާތުގައި ނުދައްކައްޗޭ..” ދާން ތެދުވުމުން އަހަރެން އެދުނީމެވެ.

“ބަޓް ހީ އިޒް ހާރ ހަޒްބަންޑް.. އައި ހޭވް ޓު ޓެލް ހިމް.. ހީ ހޭވް ޓު ރައިޓް ޓް ނޯ…” އެއީވެސް ތެދެކެވެ. ނަމަވެސް ވަގުތާއި ޙާލަތުގެ ގޮތުން އެކަން އެހެންވާކަށް ނެތެވެ.

“ހީ އިޒް އޯލްރެޑީ ބްރޯކެން.. މިކަން އެނގުނީމަ އޭނަ ދިރިހުއްޓާ މަރުވެދާނެ.. އަހަރެންނަށް އިނގޭ އޭނަ ޝާޔަންދެކެ ވާ ލޯބި..” މާބޮޑަށްވެސް ޖަޒުބާތީވެވިއްޖެއެވެ. އެތައްވަރަކަށް އާދޭސްކުރުމުން ޑޮކްޓަރ އެއްބަސްވިއެވެ.

 

ޑޮކްޓަރާއެކީ އެތެރެއަށްވަތްއިރު ޝާޔަންގެ ބޮޑުބޭބެ ޒުހޭރު ޒައިކްގެ އަތުގައި ހިފައިގެން ވަންނަނީއެވެ. ޒައިކްގެ އަނެއް އަތުންވަނީ ބޮލުގެ ފުށްކިބައިގާ ހިފަހައްޓާފައެވެ. އޭނަ ލައިގެންހުރި ހުދުގަމީހުގައިވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ.

“ޒައިކް މީ ކިހިނެއްވީ ކަމެއް؟” ދުވެފައި ގޮސް އޭނައާއި އަރާ ހަމަކުރަމުން އަހަރެން އަހާލީމެވެ.

“މިސްކިތުން ފޭބިތަނާ ކުއްލިއަކަށް ބޮލުގަ އެއްޗަކުން ޖެހުނީ…” އަޅަމުންދާ ވޭން އޮއްބަން މަސައްކަތްކުރަމުން އޭނަ ކިޔައިދިނެވެ. ނަރުހުންތައް އޭނަ ވަށާލުމުން އަހަރެން ބޭރަށް ނިކުމެ ވެގެން އުޅޭ ގޮތް އަޖްވަދސަރއަށް ކިޔާދިނީމެވެ. ވަމުންމިދަނީ ކިހިނެއް ހެއްޔެވެ؟ ޝާޔަންއާއި ޒައިކްއަށް ނަފްރަތުކުރަމުން އެދަނީ ކާކު ހެއްޔެވެ؟

 

“ޑޮކްޓަރ ޕޭޝަންޓް ހޭއަރައިފި..” އައި ސީ ޔޫގެ ކައިރިން އިވުނު އަޑުން އަހަރެންނަށް ޤަބޫލުވެސް ނުކުރެވުނެވެ.

“އަޅުގަނޑު ޗެކްކޮށްލީމަ ވަދުނަސް އެންމެ ރަނގަޅު..” ޑޮކްޓަރ އަވަހަށް އެތެރެއަށްވަނެވެ. އަހަރެން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހޭދަވެގެން ދިޔަ ފަނަރަ މިނެޓްވެސް ހީވީ އެއްގަޑިއިރު ހެންނެވެ. ޑޮކްޓަރގެ އެދުމާއެކު އަހަރެން އެތެރެއަށްވަނީމެވެ. ޝާޔަން ވަރުދެރަ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ދެލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ.

“ޝާޔަން.. ކިހިނެއްވީ ކަމެއްމީ؟ ކާކު ކުރިކަމެއްވީ؟ ކީއްވެ މިހެންވާން ޖެހުނީ؟” ސިކުނޑިއަށް ޖަމާވި ސުވާލުތައް އެއްފަހަރާ ކުރެވުނެވެ. ޝާޔަން ދެލޯ މަރާބާރުކޮށްލިއެވެ. މެރިގެންދިޔަ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޭނަގެ ދެކޯތާފަތްމައްޗަށް އޮހިގަތެވެ.

“ޕްލީޒް ޝާޔަން ވީގޮތް ކިޔައިދިނީމަ އަހަރުމެންނަށް އެނގޭނީ އެމީހަކަށް އަދަބުދޭން.. ﷲ ގަންދީ ބުނަން އަހަރެން އެމީހަކަށް ޙައްޤު އަދަބު ދޭނަން..” ޝާޔަން ދެލޯ ފޮހެލުމަށްފަހު އެއްޗެއް ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނަގެ އަޑެއް ނުނިކުތެވެ. ޑޮކްޓަރ ބުނެފައިވާ ފަދައިން ކަރަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އޭނަ އެވަނީ ވާހަކަދެއްކުމުން މަޙުރޫމުވެފައެވެ.

“ޑޮކްޓަރ ބުނެފަ އޮތީ..” ހިތަށް ތަދުވިވަރުން ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޝާޔަން އަނގަމަތީގައި އަތްއަޅާލިއެވެ. އަނެއް އަތުން އޭނަގެ ބަނޑުގައި ފިރުމާލިއެވެ. އަލަތު ދަރިފުޅު ބީވެދިޔުމުންނާއި ވާހަކަ ދެއްކުމުން މަޙުރޫމުވުމުގެ ސަބަބުން އޭނައަށް ވަރަށް އަސަރުތައް ކުރާނެކަން ޤައިމެވެ.

“އަހަންނަކަށް ނޭނގެ މިކަންކުރީ ކާކުކަމެއް.. ފަހަރެއްގަ ޝާޔަންގެ އާއިލާގެ މީހަކަށްވެސް ވެދާނެތީ އަހަރެން ޑޮކްޓަރ ގާތު އެދެފަ ވާނީ ޝާޔަންއަށް ވާހަކަ ނުދެއްކޭކަން ސިއްރުކުރުމަށް.. އަހަންނަކަށް ނޭނގެ މިކަންތައް ކުރެވުނީ ރަނގަޅަށްކަމެއް..” އަހަރެންގެ ޖުމްލަ ނުނިމެނީސް އޭނަ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ތިބުނީ ޝާޔަންއަށް މިޙާލު ޖެހުނީ ތިއާއިލާގެ މީހެއްގެ ފަރާތުންނޭތަ؟” އަހަރެންނަށް ވިސްނުނީ އެހެންނެވެ. އެހެންވެއްޖިއްޔާ އެއީ ކާކު ހެއްޔެވެ؟ ރޮމުން ޝާޔަން ބޯޖަހާލީ އާނއެކޭ ބުނާފަދަ ގޮތަކަށެވެ.

“އާދޭސްކޮށްފަ މިބުނީ ޝާޔަން.. އެހެންނޫނީ ޝާޔަންގެ އާއިލާއަށް އެމީހެއްގެ ނުރައްކާ ބޮޑުވެދާނެ.. މިރޭވެސް ޒައިކްއަށް..” އަހަރެން މިކުރީ ކީއްހެއްޔެވެ؟ ޝާޔަން އެޙާލުގައި އޮއްވާ އޭނަގެ ލޯބިވާ ފިރިމީހާއަށް ލިބުނު ގެއްލުމުގެ ވާހަކަ ދެއްކުނީ ކީއްވެހެއްޔެވެ؟ ޒައިކްގެ ނަން އިވުމުން އޭނަ ދެލޯ ބޮޑުކޮށްލިއެވެ.

“އައި އެމް ސޮރީ.. އެކަމަކު މިރޭ ޒައިކް ނަމާދުން ފައިބައިގެން އަންނަނިކޮށް މީހަކު އެވަނީ އޭނަގެ ބޮލުގައި އެއްޗަކުން ޖަހާ ޒަޚަމުކޮށްލާފަ..” އިސްޖަހާލަމުން އަހަރެން ބުނީމެވެ. އެވަގުތު ޝާޔަން އަހަރެން ލައިގެންހުރި ގަމީހުގެ އަތުގައި ހިފާލިއެވެ. އަހަރެން ބަލާލުމާއެކީ އޭނަގެ ތުންފަތް ހަރަކާތް ކުރިއެވެ.

“ޝާޔަލް..” އޭނަ ބުނުމަށް މަސައްކަތްކުރަމުންދިޔައީ އެހެންނެވެ. މުޅިދުނިޔެވެސް އެނބުރިގެންދިޔަ ކަހަލައެވެ. އިތުރު ސުވާލެއް ނުކުރެވެނީސް ޑޮކްޓަރއާއެކީ ޒައިކް އެތެރެއަށް ވަދެއްޖެއެވެ. ޒައިކްގެ ބޯވަނީ ބެންޑޭޖުކުރެވިފައެވެ. ދިރުމެއްނެތް މީހެއްފަދައިން އެކޮޓަރިން އަހަރެންނަށް ނިކުމެވުނެވެ. ޝާޔަންއާއި ޒައިކްގެ ޙަޔާތް ބަރުބާދުކުރަން މަސައްކަތް އެކުރީ ޝާޔަލް ހެއްޔެވެ؟ ދުނިޔެއަށް އުފަންވެސް ނުވާ ފުރާނައެއް މަރުވެގެން އެދިޔައީ ހަމަ ޝާޔަލްގެ ސަބަބުން ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ހަމައެކަނިހުރި ދައްތައަށް އެޙާލު ޖައްސަން އޭނަ ފަސްނުޖެހުނީބާއެވެ؟ ލޭގެ ގުޅުންމަތިންވެސް ހަނދާންނެތޭވަރަށް އޭނަގެ ހިތުގައި ނަފްރަތުވަނީ ހެއްޔެވެ؟ އަހަރެން އެކުއްޖަކު އަނތްބެއްގެ މަޤާމަށް ގެންނަން ބޭނުންވާކުއްޖާއަކީ ޤާތިލެއް ހެއްޔެވެ؟ އެމަޢުސޫމު މޫނުގެ ފަހަތުގައި ވަނީ އަނިޔާވެރިއެއް ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(17 ވަނަ ބައި)

Next

ވާނޭހެ ދުނިޔޭގާ (8)

Next
June 4, 2016

ވާނޭހެ ދުނިޔޭގާ (8)

Previews
June 3, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(17 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

9 Comments!

  1. Mysterious Angel says:
    June 3, 2016 at 9:20 pm

    ވާހަކަ ގެނެސްދެވުން ލަސްވާކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން.. އެކާވީސްވަނަ ބައި ދިގުކޮށް ގެނެސްދެވޭތޯ ބަލާލަން އިންޝާﷲ.. ހުރިހާ ކިޔުންތެރިންނަށް ރަމަޟާންމަހުގެ ތަހުނިޔާ އެންޖެލްގެ ފަރާތުން އަރިސްކުރަން

  2. Same says:
    June 3, 2016 at 9:34 pm

    vvvv reethi. next part avas kollachcheyy…..

    1. Mysterious Angel says:
      June 3, 2016 at 9:50 pm

      Thank you Same.. In Shaa Allah avaha genesdheveythw mibalany

  3. aff says:
    June 3, 2016 at 9:44 pm

    angel ah ramadan mubarik.. whatt ,?mivee kihiineh.. shaayal thah.. alhey meega knmex nubayeh eboalhe.. hywany xaik hen.. OMG.. next prt varah inthixaar kuran eba.. angel plxxx next prt avahah upkoladhehchey.. hama habeys story eh mee.. kihaa hithun kihaalevey .. varah touchin.. ☺☺☺☺

    1. Mysterious Angel says:
      June 3, 2016 at 9:49 pm

      Thank you aff.. higaa dw balaalan kaaku kuri kamekan 🙂

  4. Reen says:
    June 3, 2016 at 10:50 pm

    Varah reethi mi Part ves I love this story next part ves avahah up kohdhechey

  5. rafa says:
    June 3, 2016 at 11:02 pm

    Plx avaha up kohlahchey v kiyaahithun meeny…ramadhaan mubaarak 🙂

  6. Thinker says:
    June 4, 2016 at 11:14 am

    Varah salhi. Asluves shaayal kurikamekey dhw. Olhigen ves rangalhah dhw bunevuny.. hehehe. Dhn vakin eyna ah shimaal nulubeyne.. ulhuny molhu kohlaafa shimaal hoadhan vegen no. :p Rangalhah libihje eh nu.. whn next part? Avahah up kohlah chey.. bye..

  7. Ushaa Ushyy says:
    June 4, 2016 at 11:28 am

    Alhey… kommes kujjeh ushaayah bunedhyba password gellunyma hadhan jehey goi.. Ushaage password gelligenney miulheny… Plx.. Plx…

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (އެކާވީސްވަނަ ބައި)←


All Right Reserved!