Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 23 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
June 1, 2016 12 Mins Read
27 Comments

“އާދޭ ބޭބީ!… މިތާ ތަނާ ކައިރިއަށް އާދޭ.” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. އަބްޔާން ހުރީ ޖަންނަތުގެ އަތުގައި ހިފައިގެނެވެ. އަބްޔާން ތަނާއަށް ބަލައިލި އެވެ. ތަނާ އިނީ އަބްޔާންގެ އަތުގައި ހިފަހައްޓައިގެނެވެ. ޖަންނަތުވެސް އަބްޔާންއަށް ބަލަން ހުއްޓެވެ. އެވަގުތުކޮޅު ހީވަނީ އަބްޔާންއަށް ގޮތެއް ނިންމަން ނޭގިފައި ހުރިހެނެވެ. ކުޑަ ހިނދުކޮޅެއް ތެރޭ އަބްޔާން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. ޖަންނަތުގެ ހިތައް އެވަގުތު ހީވީ ތޫނު ތަދެއް ވީހެނެވެ. ޖަންނަތުގެ ލޯ ފެންކަޅިވި ވަގުތު ތަނާއަށް ހިނިތުން ވެވުނެވެ. އަބްޔާން ތަނާގެ އަތުގައި އަނެއް އަތުން ހިފާ ތަނާގެ އަތް ނައްޓުވާލި އެވެ. އަދި އެހިނދުކޮޅުގައި ޖަންނަތުގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ޖަންނަތު ގޮވައިގެން ގޮސް ސީޓުގައި އިށީނެވެ. ތަނާއަށް ބަލަހައްޓައިގެން އިނދެވުނީ އެވެ. ޖަންނަތު ހައިރާންކަމުގެ ތެރެއިން ހިނިތުންވެލީ ލިބުނު އުފަލުންނެވެ.

“އައި ނެވަރ ލެޓް ޔޫ ގޯ!” އަބްޔާން ޖަންނަތުއާއި ކައިރިވެލަމުން ހިނިތުން ވެލި އެވެ.

އަބްޔާން ޖަންނަތުގެ ކޮނޑުވަށާލާ ހިފަހައްޓާލައިގެން އިން އިރު ޖަންނަތު އިނީ އަބްޔާން ކޮނޑުގައި ބޯ ޖައްސާލައިގެނެވެ. އަބްޔާންގެ އަނެއް އަތުން ޖަންނަތުގެ އަތުގެ އިނގިލިތަކާ ކުޅެލަ ކުޅެލާ އިނެވެ.

“ޖަންނާ!” އަބްޔާން މަޑުމަޑުން ގޮވާލި އެވެ.

“ހޫނ؟” ޖަންނަތު އިންގޮތައް އިނދެ ބުނެލި އެވެ.

“ކީއްވެތަ ނާންނަން ހުރީ؟”

“އެއީ… ” ޖަންނަތު ވިސްނާލި އެވެ. ތަނާ އެރޭ ދެއްކިި ވާހަކަ އަބްޔާންއަށް ކިޔާދޭން ހިތައް އެރި އެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. “ޒައީމާއްތަ އެކަނި އުޅޭނެތީ ހިތައް އެރީ ހެލްޕް ކޮށްދޭން މަޑުކުރަން.”

“ޖަންނައާއި ނުލާ އަހަރެން މިދަތުރެއް ނުދިޔައިމުސް.” އަބްޔާން ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލި އެވެ.

“އަބީ…” ހަމަހިމޭން އިރުކޮޅެއް ފަހުން ޖަންނަތު ގޮވާލި އެވެ.

“ހޫނ؟”

“އަބީ.. ތަނާއާ ވަރަށްބޮޑަށް ގާތްކޮން ދޯ އުޅުނީ؟ މި ބުނީ…” ޖަންނަތުގެ ވާހަކަ އަބްޔާން މެދުކަނޑާލި އެވެ.

“އާން.. ޖަންނާ.. އަހަރެން ތަނާއާ އެއްކޮން އެންމެ ނޫޅެންވީ ގޮތައް އުޅެވިފަ ހުރީ… އަހަރެން މިހާރު ވަރަށް ދެރަވޭ. އަހަންނަކަށް ނޭގެ އަހަންނަށް އޭރު ކިހިނެއްވެފަ ކަމެއް އެހުރީ.”

“އަބީއަށް ތަނާ ހަދާން ނައްތާލަން ވަރަށް އުނދަގޫވާނެ ދޯ.”

“އާން.. ޖަންނާ… އަހަރެން ތަނާއާ އެއްކޮން އޭރު އުޅެވުން ގޮތް އަހަރެން ހަދާނެއް ނުނެތޭނެ… އެކަމަކު އަހަރެން ތަނާ ދެކެ ލޯތްބެއް ނުވޭ. އަހަންނަށް އުޅެވުން ގޮތާމެދު އަހަރެން ދެރަވަނީ. ޖަންނާ… އަހަރެން ޖަންނަ ދެކެ ވަރަށް ވަރަށް ލޯބިވޭ. އަހަންރެން ދުނިޔޭގަ ހުރިހާ ދުވަހު ޖަންނަ ދެކެ މިވާލޯތްބަކަށް އުނިކަމެއް އަންނާނެހެނެއް ހިޔެއް ނުވޭ. އަހަރެންނަށް ދުވަހަކުވެސް އެހެން އަންހެން ކުއްޖަކު ދެކެ މިވަރަކަށް ލޯތްބެއް ނުވެވޭ. އަހަންނަށް ޖަންނަ ނުލިބިއްޖެ ނަމަ އަހަރެން މުޅި އުމުރުވެސް ހޭދަ ކުރާނީ ޖަންނަގެ ހަދާން ތަކުގަ. އަހަރެން ދުވަހަކުވެސް އެހެން މީހަކާ ނުގުޅޭނަން.”

“އަބީ.. އަހަރެން ލިބޭނީ އަބީއަށޭ… އައި ލަވް ޔޫ އަބީ.” ޖަންނަތު މަޑުމަޑުން އަބީގެ ކަންފަތް ދޮށުގައި އެހެން ބުނެލި އެވެ. އަބްޔާންއަށް ވީ އުފަލުން ހިނިތުން ވެވުނެވެ.

އަބްޔާންއާއި ޖަންނަތުގެ ހަރަކާތްތަކަށް ބަލަން އިން ތަނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރި ކަމެވެ. ތަނާގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. ނަމަވެސް އެވަގުތު ދެރައަށް ވުރެން ތަނާ ގާތަށްވަނީ ރުޅި އައިސްފަ އެވެ. ތަނާ ހިފަހައްޓާލައިގެން އިން ދަބަސް ބޮނޑި ކުރަމުން ދަތްކުނޑި ވިކަމުން ތަނާ ދިޔައީ އަބްޔާންއާއި ޖަންނަތުއާއި ދިމާއަށް ބަލަމުންނެވެ.

 

ލޯންޗު އައިސް ލެފުމާއި އެކު ބައެއް ފިރިހެނުން މޫދަށް ފުންމާލި އެވެ. ފާލަން ނެތުމާއި އެކު މޫދަށް ނޭރިއެއް ރަށަކަށް ނޭރޭނެ އެވެ. އަންހެން ވެރިން ވެސް ފަހަރަކު މީހެއް ލޯންޗުން ފުންމާލި އެވެ. ތަނާ ވެސް ފޭބީ އާލިޔާ ފަހަތުންނެވެ. އަދި އަމިއްލައަށް ވާހަކަ ދައްކާ ފަދައިން ކުދިކިޔަމުން އެއްގަމާ ދިމާލަށް ހިނގަން ފެށި އެވެ.

އަބްޔާން ވެސް ފުންމާލި އެވެ. ޒައިދާން އަބްޔާން އަތަށް ދެ ފެންފުޅި ދިއްކުރި އެވެ. ޖަންނަތު އަދިވެސް ލޯންޗުގައި ހުރީ އެވެ. ޖަންނަތު ލައިގެން ހުރީ ހުދު މައްޗެއް ކަމުން ތެމުމުން ވަރަށް ބޮޑަށް ގައި އަރާނެކަން ޖަންނަތުއަށް އިނގެ އެވެ. އެހެން ކަމުން ޖަންނަތު ހުރީ މޫދަށް ނުފައިބާށެވެ. އެންމެ ފަހުން ލޯންޗުގައި ހުރި މޫސައާއި ޒައދާން ވެސް ފައިބަން އުޅެފައި ޖަންނަތު ފެނުމުން ކިހިނެއް ވީތޯ ޒައިދާންއަށް އަހާލެވުނެވެ.

“މި ލައިގެން ހުރީމަ ކިހިނެއް؟” ޒައިދާންއާއި ދިމާލަށް ހިނިތުން ވެލަމުން ޖަންނަތު ޓީ-ޝާރޓް ގައި ހިފާލަމުން ބުނެލި އެވެ. ޒައިދާން ވެސް ހިނިތުން ވެލަމުން އަބްޔާންއަށް ގޮވަން ފެށި އެވެ. އޭރު ފެން ފުޅިތަކެއް ހިފައިގެން އެއްގަމަށް ދިޔަ އަބްޔާން ޒައިދާންއަށް ބަލައިލި އެވެ.

“އަބީ، ޖަންނަ ލޯންޗަށް އެރުވި ގޮތަކަށޯ ލޯންޗުން ފައިބާނީ ވެސް.” ޒައިދާން ގޮވާލި އެވެ. އަބްޔާން ބަލަން ހުރެފައި ކައިރީ ހުރި ނޫރު އަތަށް ފެން ފުޅިތައް ހަވާލުކޮށްފައި ލޯންޗުކައިރިއަށް ދިޔަ އެވެ.

“ޖަންނާ… ކީއްވެ ނުފޭބީ؟” އަބްޔާން ލޯންޗު ކައިރިއަށް އައިސް އަހާލި އެވެ.

“އަބީ.” ޖަންނަތު ގުދު ވެލަމުން ބުންޏެވެ. “އަހަރެންގެ ޓީ-ޝާރޓް.” ޖަންނަތު ލައިގެން ހުރި ހުދު މަތީބުރި ދައްކާލި އެވެ. އަބްޔާންއަށް ވިސްނުނީ ދެނެވެ. އަބްޔާން ޖަންނަތު ކައިރީ ފޭބުމަށް ބުނެ އަތްދިއްކޮށްލައިގެން ހުއްޓެވެ. ޖަންނަތު އަބްޔާންގެ އަތުތެރެއަށް ފޭބުމުން ލުއި ފަތެއް އުފުލާލާ ފަދައިން ޖަންނަތު އުރާލައިގެން އެއްގަމަށް ދާންފެށި އެވެ. ޖަންނަތުގެ ގައިގެ އެންމެ ތަންކޮޅެއްވެސް ތެމުނަ ނުދީ ގެންގޮސް އެއްގަމުގައި ޖަންނަތު ބެހެއްޓި އެވެ.

“އަބީ… ކަލޭ ގަދަ އިނގޭ. އެމަންޖެ ލޮނުގަ ވެސް ނުޖައްސަ ވިއްޔަ ތި ގެނައީ.” ނޫރު ދިމާކުރަން ފެށި އެވެ.

“މަށަށް ކުޅަދާނަކަން ހުރިނަމަ ބިމުގަ އެންމެ ގޮތަކަށް ވެސް ނުޖައްސަ ގެންގުޅޭނީ… އަހަރެންގެ ގައިތެރެއަށް ލައި ފޮރުވައިގެން ޖަވާހިރެއް ފަދައިން ގެންގުޅޭނީ.” ނޫރުއާއި ދިމާލަށް އަބްޔާން ބުނެލި އެވެ. އެވަގުތު ކައިރީ ހުރި ތަނާއަށް އެއަޑު އިވުމުން ދަތް ކުނޑި ވިކާލި އެވެ. “ޝީ އިޒް ވެރީ ޕްރީޝަސް.” އެއްގަމާއި ދިމާލަށް ހިނގަމުން ދިޔަ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން އަބްޔާން ހެވިފައި ހުއްޓެވެ. ނޫރު ވެސް ހިނިތުން ވެފައި އެދެމީހުނަށް ބަލައިލަމުން އަބްޔާންއާއި ޖަންނަތުގެ ލޯބިދެމިހުރުމަށް އެދި ހިތުގެ އަޑިން ދުޢާ ކޮށްލެވުނެވެ.

“އަބީ!” ކުއްލިއަކަށް ތަނާ އައިސް އަބްޔާން ކުރިމައްޗަށް އެރި އެވެ. “އަބީ ހީކުރަނީ ޖަންނައާއި އެކު ތިހެން އުޅުނީމަ ޖަންނަދެކެ ލޯބިވެވުނީ ކަމަށްތަ؟ ތަނާ ނޫން މީހެއްދެކެ އަބީއަށް ލޯބިވެވޭނެހެން އަބީއަށް ހީވޭތަ؟” ތަނާ އަބްޔާންއާއި ކައިރި ވެލި އެވެ. ނޫރު އެދެމީހުނަށް ބަލަން ހުއްޓެވެ. ފަހަތުން އައި ޒައިދާންއާއި މޫސައަށް ވެސް އަބްޔާން ފަހަތުގައި މަޑުކޮށް ލެވުނެވެ. “އަބީއަށް ޖަންނަ ކިތަންމެ ޕްރީޝާސް ވިއަސް އަބީއަށް ޖަންނަދެކެ ލޯތްބެއް ނުވެވޭނެ… އެކަން އަބީ ސާބިތުކޮށްދީފިއްޔާ ތަނާ އަމިއްލައަށް ވެސް އަބީއާ ދުރުވާނަން.”

“ތަނާ! އަހަރެން ކިތައް ފަހަރު ތަނާ ކައިރީ ބުނާނީ އަހަރެން ޖަންނަ ދެކެ ލޯބިވެޔޭ… އަހަރެން ކިހިނެއް ސާބިތުކުރަން ހަދާނީ؟” އަބްޔާން ހައިރާން ވިއެވެ.

“ތަނާއަކަށް ނޭގެ… ތަނާއަށް އިނގޭހާވެސް އެއްޗަކީ އަބީއަށް ޖަންނަ ދެކެ ލޯބިނުވެވޭނެކަން.” ތަނާ ބުނެލި އެވެ.

“އެކަމު ކީއްވެތަ ނުވެވެންވީ؟ އަހަރެން ހުވާކޮށްފަ މިބުނަނީ.. އަހަރެން ޖަންނަނޫން މީހެއްދެކެ މިހާރު ލޯތްބެއް ނުވޭ… އަހަރެން މިހާރު ހަމައެކަނި ލޯބިވަނީ ޖަންނަދެކެ. އަހަންނަކަށް ނޭގެ ތަނާއަށް ވިސްނަދޭނީ ކިހިނެއް ކަމެއް.”

 

އަށި މަތީ ސާމާނުތައް އަތުރަމުން މުޒައްފަރާއި އަހްޔާން ދިޔަ އެވެ. ސާރާއާއި، ޖަންނަތު އަދި ޒީނަތު ވެސް އައިސް އެތަނަށް ހުއްޓުނީ އެމީހުނަށް އެހީވާށެވެ.

“ދެން މި ނިމުނީ… ކެއްކުމައިގެން އުޅޭކަށް މިއަދު ނުޖެހޭނެ… އެހެރީ އެންމެނަށް ވާވަރަށް ބަތް ޕާރސަލް ގެނެސްފަ. ދެން ޑްރިންކްސް އެހެރީ. ހަވީރަށް، އެހެރީ ބިސްކޯދު… މިހިން އުޅޭ އިރު ކާލާނެ ތަކެތިވެސް އެހެރީ. ޒައިދާން ހުރީ މަދުނުވާވަރަށް ކާތަކެތި ހަމަކޮށްފަ. އެހެންވީމަ މިއަދު ހަމަ މަޖާކުރަންވީ…” އަހްޔާން އެންމެނަށް ބަލައިލި އެވެ. އެވަގުތު ޖަންނަތު ގޮނޑުދޮށަށް ބަލައިލީ އަދިވެސް އަބްޔާންމެން ނާންނާތީ އެވެ. އޭރު ތަނާއާއި އަބްޔާންއާއި ދެމީހުން ވާހަކަދައްކަން ތިއްބެވެ. ދުރުން ބަލައިލާއިރު ވެސް ދެމީހުން ޒުވާބު ކުރަނީހެން ހީވެ އެވެ. ތަނާ ހުރީ ވަރަށް ރުޅިއައިސްފަކަން އިނގެ އެވެ. އަހްޔާން ވެސް އެދިމާލަށް ބަލައިލި އެވެ. އަދި އައިސް ޖަންނަތު ކައިރީ ހުއްޓުނެވެ.

“ޖަންނާ… މިދަތުރުގަ ޖަންނަ ޖެހޭނެ ކަމެއް ކުރަން.” އަހްޔާން ބުނެލި އެވެ. ޖަންނަތު ސުވާލު އެފެދިފައި އަހްޔާންއަށް ބަލައިލި އެވެ. “ތަނާއަށް ދައްކަންވީ ޖަންނަ އަބީދެކެ ލޯބިވާވަރު… އަދި އަބީވެސް ޖަންނަ ދެކެ ލޯބިވާވަރު ދެއްކުމަށް ފުރުސަތު ދޭންވީ… ޑޫ ޔޫ ނޯ ވަޓް އައި މީން؟” ޖަންނަތު ބޯ ހޫރާލި އެވެ. “ޖަންނާ… މުޅި ދަތުރުގަވެސް އަބީއާ އެއްކޮން ޖަންނަ އުޅެބަލަ… މިދަތުރުގަ އެއްވެސް ބޮޑުމީހެއް ނެތެއްނު… މިތިބީ ހުސް އަހަރުމެން. ޖަންނަ ލަދުގަންނާކަށް ވެސް ނުޖެހޭނެ.” ޖަންނަތު ހައިރާންވެފައި އަހްޔާންއަށް ބަލައިލި އެވެ. އަދި އެއްގަމާ ދިމާލަށް ހިގައި ގަންނަން އުޅުނެވެ.

“އެހަށް މަޑުކުރޭ…” އަހްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. “އަބީއާ ދެމީހުން ޒުވާބުކޮށްފަ އައިމަ އަބީ ކައިރިއަށް ޖަންނަ ދާނީ.” ޖަންނަތުއަށް އަހްޔާން ހިފެހެއްޓި އަތާއި ދިމާއަށް ބަލައިލެވުނެވެ. އަހްޔާންއަށް އެކަން ވިސްނިގެން އަވަހަށް ޖަންނަތުގެ އަތުން ދޫކޮށްލި އެވެ.

 

“އެންމެ ރަގަޅު… އަހަރެން ޖަންނަދެކެ ލޯބިވާވަރު ތަނާގެ ހިތައް ވަދޭތޯ އަހަރެން މިއަދު މަސައްކަތް ކުރާނަން… ތަނާއަށް އެކަން ސާބިތުކޮށް ދެވޭތޯއަހަރެން ބަލާނަން.” އަބްޔާން ތަނާއާއި ދިމާއަށް އެހެން ބުނެފައި އެއްގަމަށް ހިގައިގަތެވެ. އަބްޔާން ފަހަތުން ޒައިދާންއާއި މޫސަ ވެސް ހިގައިގަތެވެ. ތަނާ އެމީހުނާ ދިމާލަށް ބަލަން ހުރިއިރު ރުޅިއައިސްގެން ތުރުތުރު އަޅަ އެވެ.

“މިޝަން ކާމިޔާބު ކުރަން ވާނެ އަބީ!” އަބްޔާން ފަހަތުން އައިސް އެއްވަރު ކުރަމުން ޒައިދާން ބުނެލި އެވެ.

“އާން.. މިޝަން ދޯ…” އަބްޔާން ވެސް ހިނިތުން ވެލަމުން ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ.

“ކޮން މިޝަންއެއް؟” މޫސަ އަހާލި އެވެ. އަބްޔާންއާއި ޒައިދާން އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލި އެވެ.

ޒައިދާން އަބްޔާން ކޮނޑުގައި ޖަހާލާފައި ހިގައި ގަތީ މަސްބާނާ އެއްޗިހިތައް ނަގަން ތިބި މުޒައްފަރުއާއި އަހްޔާންއާއި ދެމީހުން ކައިރިއަށެވެ. ޒައިދާން ފަހަތުން މޫސަ ވެސް ދިޔަ އެވެ. ސާރާއާއި ޒީނަތު ތިބީ އަމިއްލަ ވާހަކައެއްގަ އެވެ. އެތާ ކައިރީ އާލިޔާއާއި އެކު ވާހަކަ ދައްކަން ޖަންނަތު ވެސް ހުއްޓެވެ.

” އަހަރެން ތަނާއާ އެއްކޮން އުޅުނަސް ޖަންނަ ދެރަނުވައްޗޭ… އެއީ ތަނާ އެކަނިވާނެތީ އަހަރެން އަސްލު އޭނައާ އެކީ އުޅެނީ… އެއީވެސް އަހަރެންގެ ފްރެންޑެއް ވިއްޔަ.” އާލިޔާ ބުންޏެވެ.

“އެިޓްސް އޯކޭ… އާލިޔާ!… އަހަންނަށް އަންޑަސްޓޭންޑްވޭ.” އަބްޔާން އެހިސާބަށް އެރިވަގުތު ޖަންނަތު ބުނާއަޑު އިވެނެވެ.

“ވަޓްސް އޯކޭ؟” އަބްޔާން އަހާލި އެވެ. އާލިޔާއާއި ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ.

“ތަނާއާ އެއްކޮން އަހަރެން އުޅުނަސް އޯކޭޔޯ!” އާލިޔާ ހިނިތުން ވެލަމުން ބުނެލި އެވެ. “އަހަރެންގެ ފަހަރި ކާރިން ހުއްދަ ހޯދީޔޭ.” އާލިޔާ އަބްޔާންއަށް ހިނިތުން ވެލަމުން ތަނާ ހުރިދިމާލަށް ހިގައި ގަތެވެ. އަބްޔާން ސޯޓުގެ ޖީބަށް އަތް ޖަހާލަމުން ހިނިތުން ވެލައިގެން އާލިޔާއަށް ބަލަން ހުއްޓެވެ.

އިރުކޮޅަކުން އަބްޔާން އައިސް ޖަންނަތު ކައިރިކޮށްލާ އުނަގަނޑުވަށާލާ ހިފަހައްޓާލި އެވެ. ޖަންނަތު ތެޅިގަންނަމުން ދުރަށްދާން އުޅުނެވެ.

“ޖަންނާ.. ޖަންނަ އެއްބާރުލުން ދިނީމަ އަހަންނަށް ސާބިތުކޮށް ދެވޭނީ…” އަބްޔާން ބުންޏެވެ.

“ކޮން ކަމެއް ސާބިތުކޮށްދޭން؟”

“ޖަންނަ ދެކެ ލޯބިވާކަން ސާބިތުކޮށްދޭން ވެއްޖެ އެހެރަ އުޅޭ ތަނާއަށް. ތަނާ ކުރިމަތީ ޖަންނައާ ވިހާވެސް ކްލޯސްކޮން އުޅެގެނެއްނު އެކަން ވާނީ. އޭރުން ތަނާއަށް އަމިއްލައަށް ވިސްނިދާނެ.” އަބްޔާން ޖަންނަތު ގައިގައި ބާރަށް ހިފަހައްޓާލައިގެން ހުރެ ބުންޏެވެ.

“ދެން އެކަމު ކީކޭތަ އެހެން މީހުން ހިތައް އަރާނީ؟” ލަދުން މޫނު ރަތްވި ޖަންނަތު ބުނެލި އެވެ.

“އެއްޗެއް ހިތައް އަރާނެ ބަޔަކު މިރަށަކު ނެތެއްނު… ހުސް ތިބީ އަހަރުމެންގެ ރައްޓެހިން.” އަބްޔާން ޖަންނަތުއާއި އަދިވެސް ކައިރި ވެލި އެވެ. ޖަންނަތު އަބްޔާން ކޮށްޕާލާފައި ދުއްވައި ގަތެވެ. އަބްޔާން ވެސް ޖަންނަތު ފަހަތުން ދުއްވައި ގަތެވެ. އެތަން ބަލަން ތަނާ ހުއްޓެވެ.

މުޅި ދަތުރުގައި ވެސް އަބްޔާން ޖަންނަތު އަތުން ދުލެއް ނުކުރެ އެވެ. މީހުން ތެރޭވެސް ޖަންނައާއި ކައިރިވެލައިގެން އަބްޔާން އުޅެ އެވެ. އެހެން މީހުންވެސް އެދެމީހުން އެކަމާ އަޅައެއް ނުލަ އެވެ. އެހެންކަމުން ޖެހިލުން ވެފައިވާ ޖަންނަތުއަށް ވެސް ހިތްވަރެއް ލިބުނެވެ. އެހެންމީހުން ތިބޭތަނުގައި ވެސް އަބްޔާން އައިސް ޖަންނަތު ގައިގައި އޮޅުލިޔަސް ޖަންނަތު އެކަމަށް އިޖާބަ ދެއެވެ.

އެރަށުގައި ހަލާކުވެފައިވާ ފާލަމެއް އޮވެ އެވެ. ގިނަދުވަސް ވެގެން ވީރާނާ ވުމުގެ ސަބަބުން އެފާލަމުގެ ފިލާތައް ވަނީ ނެއްޓިފަ އެވެ. މީހުނަށް އެތަނަށް އެރޭވަރަށް ވުރެން އެތަން ވަނީ ހަލާކުވެފަ އެވެ. އެތާ މައްޗަށް އަބްޔާން އެރީ ޖަންނަތު އަތުގައި ހިފައިގެނެވެ. ދެމީހުން އެތަނުގެ ދަގަނޑުތައް މަތިންގޮސް ހިސާބެއްގައި އިށީނެވެ. އަދި މޫދަށް ފައިލައިގެން ދެމީހުން ތިއްބެވެ. އެދިމާ ވަރަށް އޮއެގަދަކަން އިނގެ އެވެ. އެކަމުވެސް އެދިމާލުގައި ބައިވަރު ކުދިކުދި މަސްތަކެއް ތިލަވެފައި ވާތަން ފެނުނެވެ.

“ބަލާއަބީ… ހުސް މަސް މިއޮތީ.” ޖަންނަތު އަބްޔާންއަށް ދައްކާލި އެވެ.

:”އާން.. މިތަނަށް ބިސްކޯދުކޮޅެއް އަޅާލީމަ ވަރަށް މަޖާވާނެ… އަންނަންތަ ބިސްކޯދެއް ހިފައިގެން.” އަބްޔާން އަހާލި އެވެ. ޖަންނަތު ބޯޖަހާލި އެވެ.

އޭރު އެދިމާ ތަންކޮޅެއް ދުރުގައި މަސްބާނަން ޒައިދާން ހުއްޓެވެ. ޒައިދާންއަށް ޖަންނަތު އާއި އަބްޔާން ރީތިކޮން ފެނެއެވެ. އެދެމީހުނަށް ބަލައިލާފައި ޒައިދާން ހިނިތުންވެލި އެވެ.

އަބްޔާން އެއްގަމަށް ދުއްވައިގަތީ ބިސްކޯދު ބަލަ އެވެ. ޖަންނަތު އެތާ އިންގޮތަށް އިނީ އެވެ. ޒައިދާން ޖަންނަތުއަށް ބަލައިލި ވަގުތު މަހެއް ބޭނުނެވެ. ޒައިދާން އަވަހަށް ވަލަށް ދަމަން ފެށި އެވެ. އެއީ މާ ބޮޑުމަހެއް ނޫނަސް ފުދޭވަރެއްގެ މަހެކެވެ. ޒައިދާން މަސް ނައްޓާލާފައި އަނެއްކާވެސް ވާއެއްލަން އުޅެފައި ބަލައިލި އެވެ. އޭރު ޖަންނަތު މޫދުގައި އޮތެވެ.

އެޔޮއް އޮއެބާރު ތަނަށް ޖަންނަތު އެރުނީ ކީއްވެބާއޭ ޒައިދާން ހިތައް އެރި އެވެ. އަދި ހަމަ އެހިނދުކޮޅުގައި ލޯންޗުން ނުފައިބަން ޖަންނަތު އިން ހަދާން ޒައިދާން ވި އެވެ. އެ ޓީ-ޝާރޓް ލައިގެން ގަސްތުގައި މޫދަށް ނޭރޭނެކަން ޒައިދާންއަށް ވިސްނުނެވެ. އަނެއްކާ ޖަންނަ ވެއްޓުނީބާ؟” ޒައިދާން އެހެން ހިތައް އެރުމާއި އެކު އަބްޔާން ކޮބައިތޯ ހޯދާލި އެވެ. ފެންނަން ނެތުމުން އަވަހަށް މޫދަށް އރިގެން އެދިމާލަށް ފަތައި ގަތެވެ.

އަބްޔާން ބިސްކޯދު ހިފައިގެން އައި އިރު ޖަންނަތު ފެންނާކަށް ނެތެވެ. އަބްޔާން ދެކޮޅު ހޯދާލި އެވެ. ތަންކޮޅެއް ދުރުން ތަނާ ފެނުނެވެ. އަބްޔާން އަނެއްކާވެސް ފާލަމާ ދިމާލަށް ބަލައިލި ވަގުތު ޒައިދާންއާއި ޖަންނަތު މޫދުން ފެނުނެވެ. އަބްޔާން ދުވެފައި ކަހަލަ ގޮތަކަށް އައިސް ހަލާކުވެފައިވާ ފާލަން މައްޗަށް އަރާ މޫދަށް ފުންމާލި އެވެ. ޒައިދާންއާއި އަބްޔާންއާއި ދެމީހުން ވެގެން ޖަންނަގެ ދެފަރާތުން ހިފަހައްޓައިގެން ފައިޖެހޭ ހިސާބަށް ގެންދިޔަ އެވެ. ޖަންނަތު ފަތާފަތާ އޭރު ވަނީ ވަރުބަލި ވެފަ އެވެ.

“އަބީ… އަބީގެ ޓީ-ޝާރޓް ދޭންވީނު ޖަންނަ ލާން.” ތަންކޮޅެއް ތިލަ ހިސާބަށް ދެވުމުން ޒައިދާން އަބްޔާންގާތު ބުނެލި އެވެ. އަދި އަވަހަށް އެއްގަމަށް އަރަން ފަތައި ގަތެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. ޖަންނަތުގެ ހުދު ޓީ-ޝާރޓް ވަނީ ޖަންނަތު ގައިގައި ތައްވެފަ އެވެ. އަދި ޓީ-ޝާރޓްއަށް ވަނީ އެތެރެއިން ޖަންނަތު ލާފައިވާ އެއްޗިހި ރީތިކޮން އަރާފަ އެވެ. އަބްޔާންއަށް އިރުކޮޅަކު ބަލަން ހުރެވުނީ އެވެ. ޖަންނަތުގެ ރީތިކަމާއި މެދު ހިތާހިތުން ތަޢުރީފު ކުރެވުނެވެ. އަބްޔާން ބަލަން ފެށުމުން ޖަންނަތު ލަދުގަންނަގޮތް ވެގެން މޭމަތީ ދެއަތް އަޅާލެވުނެވެ.

“މަށަށް ފެންނާތީތަ ތި ލަދުގަންނަނީ… ޒައިދާންއަށް ވެސް ފެނިގެން ޒައިދާން އެދިޔައީ.” އަބްޔާން ބޭނުންވީ ޖަންނަތު އިތުރަށް ލަދުގަންނަވާލާށެވެ.

“ވަޓް؟ އަސްލުތަ؟” ޖަންނަތު ގަތް ލަދުން މޫނަށް ޖަންބުކުލަ އެރި އެވެ. އަދި ކުރިއަށް ވުރެން ބޮޑަށް އަމިއްލަ ހަށިގަނޑުގައި ބައްދާލި އެވެ. އަބްޔާން ހިނިތުން ވަފައި ހުރެ އަބްޔާންގެ ޓީ-ޝާރޓް ބޭލި އެވެ.

“އަން… މި ލާ.” އަބްޔާން ޓީ-ޝާރޓް ދިއްކޮށްލި އެވެ. “އެޔޮއް އޮއެބާރު ތަނަށް ޖަންނަކީއްކުރަން އެރުނީ؟” އަބްޔާން އަހާލި އެވެ.

:އަހަރެން އެތާ އިންދާ އަހަންނަށް ހީވީ މީހަކު ފަހަތުން ކޮށްޕާލި ހެން… އަހަރެން ވެއްޓުމުން އެތަން ވަރަށް އޮއެބާރުވީމަ އަހަރެން ކޮށްޕާލީ ކާކުތޯ ބަލާކަށް ނޫޅެވުން.”

“ކާކު ޖަންނަ ކޮށްޕާލާނީ؟ އެފާލަން މައްޗަށް އެރެނިވެސް އެހާ އުނދަގުލުން.”

“އެކަމުވެސް އަހަންނަށް އެހެން ހިވީ… އަބީއަށް ވެސް އިނގޭނެ އަހަރެން މިލައިގެން ހުރީމަ އަހަރެން ހުރީ މޫދަށް ނޭރެންކަން.” ޖަންނަތު ބުންޏެވެ. ޖަންނަތު އަބްޔާންގެ ޓީ-ޝާރޓް ލައިގެން ހުރިއިރު ޖަންނަތުއަށް އެބޮޑުކަމުން ޖަހަނީ މަޖާ ވައްތަރެކެވެ. އެހެންކަމުން އަބްޔާންގާތަށް ހިނި އައެވެ.

“ކީއްވެ ތިހެނީ؟” ޖަންނަތު އެހި އެވެ.

“ހެހެހެހެ… ޖަންނަ ހީވަނީ ގޯންޏަކަށް އެރި ހުރިހެން.” އަބްޔާން ހެމުން ހެމުން ބުންޏެވެ. ޖަންނަތު ރުޅި އައިސްގެން އަބްޔާން ގަޔަށް ލޮނުބުރުވަން ފެށި އެވެ. އަބްޔާން ޖަންނަތު އަތުގައި ހިފާ ކައިރިއަށް ދަމާލި އެވެ. އަދި ޖަންނަތުގެ ލޮލަށް ބަލަންހުރެ ޖަންނަތުގެ އުނަގަނޑުގައި ހިފާ ވަށާލަމުން ކައިރި ކޮށްލި އެވެ.

“ޖަންނާ… ޔޫ ލުކް ބިއުޓިފުލް.” އަބްޔާން ޖަންނަތުގެ މޫނާ މޫނު ކައިރި ކޮށްލަމުން ބުނެލި އެވެ. އޭރު އެދިމާލަށް އައި ތަނާއަށް އެމަންޒަރު ފެނި ހުއްޓުން އަރާފައި ހުރެވުނެވެ. އަބްޔާން ޖަންނަތުގެ ތުންފަތައް ބޮސްދިނެވެ. ޖަންނަތު ވެސް އަބްޔާންގެ ކޮނޑުވަށާލާ ބައްދާލައިގެން ހުއްޓެވެ. ދިގުދެމިގެން ދިޔަ އެވަގުތުކޮޅު ބަލަން ތަނާ ފެންކަޅިވެފައި ހުއްޓެވެ. ޒައިދާންއަށް އެމަންޒަރު ފެނުމުން ބޭއިހުތިޔާރުގައި ހިނިތުން ވެވުނެވެ. އަދި ތަނާއަށް ފެނުންކަން އިނގުމުން ނިކަން ހިތްހަމަޖެހިލާފައި ދުރުބަލަން ހުއްޓެވެ.

 

މުޅި ދުވަހު ޖަންނަތު އާއި އެކު އަބްޔާން އުޅުނެވެ. މަދު ވަގުތު ކޮޅަކަށް މެނުވީ ޖަންނަތުގެ ގައިން އަތްވެސް ވަކިކޮށް ނުލަ އެވެ. އެންމެން ސައިގަޑިއަށް އެއްވި ވަގުތު ނޫރު އަބްޔާންއާއި ދިމާވެސް ކުރި އެވެ.

“އަބީ! ކޮޓަރިއެއް ބޭނުންތަ؟” ނޫރު ހެމުން އަހާލި އެވެ.

“އަބީ.. މިހާރު ދެން އިނގޭނެ އެންމެނަށްވެސް ޖަންނަދެކެ ލޯބިވާކަން… އަހަރެން ލަދުގަންނަ ވަރުވެއްޖެ.” މުޒައްފަރު ވެސް ދިމާކޮށްލި އެވެ. އަބްޔާން ހިނިއައިސްފައި ތަންކޮޅެއް ދުރުގައި ހުރި ޖަންނަތުއަށް ބަލައިލި އެވެ.

“އެހެން ލޯބިން އުޅުން ވަރަކަށް ލޯބި އިތުރުވަނީ… އަހަންނަށް ދެން އޭނަޔާ ދުރަކު ނުހުރެވޭނެ.” އަބްޔާން ވެސް އެމީހުނަށް ދޫނުކުރަން ވެގެން ލާނެތްކޮން ހިނިތުން ވެލައިގެން ހުރެ ޖަންނަތުއާއި ދިމާލަށް ހިގައި ގަތެވެ.

 

އެންމެން ލޯންޗުގައި ރަށަށް އައިއިރު ތަނާ އިނީ ނިކަން މަޑުންނެވެ. އާލިޔާ ތަނާއާއި ވާހަކަ ދެއްކުމުން ވެސް އަނގައިން ނުބުނެ ގަބުވެފައި އިނެވެ. ލޯންޗު ލެފުމުން އެކިމީހުން އެކި ދިމާލަށް ހިގައިގަތެވެ. އަބްޔާން ވެސް ޖަންނަތުއާއި އެކު އެގެއާ ދިމާލަށް ހިގައި ގަތެވެ. އަދި އެތައް އިރަކު އެގޭތެރޭ އިނެވެ.

ޖަންނަތު ފެންވަރައިގެން ނުކުތް އިރުވެސް ގޯތިތެރޭ ޖޯލީގައި އަބްޔާން އޮތެވެ.

“އަބީ! ދެން ދޭބަލަ ފެންވަރާ ހަދަން… ނަމާދަށް ވެސް ނުދަނީތަ؟” މަޣްރިބް ނަމާދު ވަގުތު ވެފައި ވާތީ ޖަންނަތު އައިސް އެހި އެވެ.

“އަހަރެން ހަމަ ގެއަށްދާ ހިތް ނުވެފަ މިއޮތީ… އަހަރެން އެރަށަށް ނަމާދުކުރަން ގެންދިޔަ މުންޑު ލައިގެން ސިޓިންރޫމްގަ ނަމާދުވެސް ކޮށްލައިގެން މިއޮތީ.”

“ދެން… ފެން ވަރަންވެސް ޖެހޭނެނު.” ޖަންނަތު އައިސް ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“އަހަންނަކަށް ނޭގެ ވާގޮތެއް… އަހަރެން ހަމަ ގެއަށް ދާހިތެއްނުވޭ މިރެއަކު.” އަބްޔާން ޖަންނަތުގެ އަތުގައި ހިފާލި އެވެ. “ޖަންނައާ އެއްކޮން މިއަދު ހަތަރުދަމު އުޅުނީމަ އަހަރެން ބޭނުމެއްނޫން ޖަންނައާ ދުރަށް ދާކަށް.”

“ދެން އެކަމު އަބީ!” ޖަންނަތު އަބްޔާންއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. “ތިހެންވިއްޔާ އަވަހަށް މެރީކުރަން އުޅޭ… އޭރުން ދެން އަބަދުވެސް އަބީ ކައިރީ އަހަރެން ހުންނާނީ.. އަބީ ބޭނުން އިރަކު ފެންނަން ހުންނާނެ.” ޖަންނަތު ބުނެލި އެވެ.

“އާން.. ތިިކަމާ އެބަ  އުޅެމޭ.. މި ހަފްތާގަ އޯޑަރުކުރި ބެޑްރޫމް ސެޓްވެސް ލިބޭނެ. އޭރުން ކޮޓަރީގަ ކުލަލާ ހަދާލާފަ މަންމައާ ވާހަކަ ދައްކަންވީ. އަންނަ މަހު މެރީ ކުރާގޮތަށް ހަމަޖައްސަން ވީނު… އާޔަތުމެނަށް ވެސް އާދެވޭ ދުވަސްކޮޅަކަށް ދޯ ބަލަން ވާނީ.” އަބްޔާން ބުންޏެވެ.

“އާން… އާޒަތު ނައިސް ކިހިނެއް އަހަންނަށް ވަލީ ލިބޭނީ؟” ޖަންނަތު ވެސް ބުނެލި އެވެ.

“ޖަންނަގެ ބޮޑުބެ އެހެރީނު.” އަބްޔާން ގަސްތުގައި އެހެން ބުނެލި އެވެ.

“އާޒަތު ހުއްޓާ ބޮޑުބެ ކައިރިއަށް ދާނެތަ؟” ޖަންނަތު ވެސް ބުނެލި އެވެ.

“މީނީ އޯޑަރު ދިން ބެޑްރޫމް ސެޓް.” އަބްޔާން ފޯނުން ޖަންނަތުއަށް ފޮޓޮއެއް ދައްކާލަމުން ބުންޏެވެ.

“ތީ ހާދަ ބޮޑު އެނދެކޭ… އަބީ ކޮޓަރީގަ ތި އެނދު ބަހައްޓާފަ ދެން ނީންނާނެނު ޖާގައެއް.”

“ކޮޓަރި ފަހަތައް ބޮޑުކޮށްލަނީ… ބައްޕަ ބުނުއްވި އެހެން ހަދާދެއްވާނަމޭ.”

“އެކަމު ތި އެނދު މާބޮޑު.” ޖަންނަތު ހިތްހަމަ ނުޖެހިފައި ބުނެލި އެވެ.

“ތިހެން ވިއްޔާ މިއެނދު ވިއްކާލާފަ ސިންގަލް އެނދެއް ގަންނާނީ.”

“ކީއްކުރަން ސިންގަލް އެނދެއް؟”

“ޖަންނައެއްނު ތި އުޅެނީ އެނދު ބޮޑުވެގެން އަހަންނާ ދުރުގަ ނިދަން އޮންނަން ޖެހިދާނެތީ… ގައިމު ސިންގަލް އެނދެއް ގަތީމަ އަހަރެން ގައިމަތީ އޮވެވޭނެނު.” އަބްޔާން ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

“އެހެންތަ މަ މި ބުނީ.” ޖަންނަތު އަބްޔާން ގައިގައި ޖަހާލި އެވެ. އަބްޔާން ޖަންނަތުގެ ކަރުގައި ކޮށްޓާލި އެވެ. އެފަދަ ކުދި ސަމާސާ ކުރަން ދެމީހުން ތިއްބާ އަހްޔާން އައިސް ވަނެވެ. އަހްޔާންގެ މޫނުމަތިން ފެންނަން ހުރި ނުތަނަވަސްކަމުން އަބްޔާންއަށް ކޮޅަށް ތެދުވެ ވުނެވެ.

“ޔާން؟ ކިހިނެއްވީ؟”

“ވަރަށް ސަކަރާތް ވެއްޖެ.”

“ކިހިނެއްވީ އަނެއްކާ؟”

“ތަނާ އެބައުޅޭ ނޭވާ ނުލެވިގެން… މަންމަގާތު ޖަންނައާ އަބީއާ ރައްޓެހިވެގެން އުޅޭ ވާހަކަ ތަނާ ކިޔައިދީފަ ރޯންފެށިގޮތަށް އެބައުޅޭ ހާސްވެގެން… މަންމަ އެބައުހި ނައްޓާފަ. އަބީ ހޯދައިގެން ގެންނާށޯ ބުނީމަ އަހަރެން މިއައީ.”

“އަސްލުތަ؟ މަންމައަށް އިނގުނީތަ؟”

“މަންމައަށް އިނގުނީމައެއް ނޫނޭ… އަބީ ހިނގާބަލަ… ތަނާ ހާސްވެގެން އެބައުޅެޔޭ.” އަހްޔާން އަބްޔާން އަތުގައި ހިފާ ދަމައިގަތެވެ.

“ޖަންނާ… މަ ގުޅާނަން އިނގޭ.” އަބްޔާން ދަމުން ބުނެލި އެވެ. އަބްޔާން މާ ހާސްވެފައި ހުރިހެނެއް ހިޔެއް ނުވެ އެވެ. ނަމަވެސް އަހްޔާން ހުރީ ވަރަށް ހާސްވެފަ އެވެ.

އަބްޔާންއާއި އަހްޔާން ގެއަށް ވަން އިރު ހިދާޔާއާއި އާލިޔާ އުޅެނީ ހާސްވެގެން ތަނާއަށް ހިދުމަތް ކުރާށެވެ. އޭރު ތަނާ ރޮމުން ދިޔައިރު އަވަސް ނޭވާތަކެއް ލަމުން ދިޔަ އެވެ. އަބްޔާންއަށް ތަނާއަށް ވެފައިވާގޮތް ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ތަނާގާތައް ތިރިވި އެވެ.

“ތަނާ!” އަބްޔާންއަށް ގޮވާލެވުނެވެ.

“އަބީ، މީހެއްގެ ދަރިއެއް ގެނެސް އެކުއްޖާ ހިތުގަ ޖައްސާކަށް ނުވާނެނު… ނިކަން ބަލާލަ އެކުއްޖާއަށް ވާގޮތް. ކޮންތާކު އުޅެފަތަ ތިއައީ؟” ހިދާޔާ ނުރުހުންވަފައި އަޑުލާން ފެށި އެވެ.

“މަންމާ! ޕްލީސް… އެހަށް މަޑުކޮށްބަލަ.” އަބްޔާން ބުންޏެވެ. “ޔާން.. ހިނގާ ސިއްހީމަރުކަޒަށް ގެންދަން… މަށަށް ހީވަނީ މާބޮޑުވަރުވަނީހެން.” އަބްޔާން ތަނާއޮތް ސޯފާ ކައިރީ އިށީނދެ އިނދެފައި ތެދުވަމުން ބުންޏެވެ. ތަނާ އަބްޔާންގެ އަތުގައި ހިފި އެވެ.

“ތަނާ! ހިނގާ ދާން ހެލްތް ސެންޓަރަށް.” އަބްޔާން ތަނާއަށް ބަލައިލަމުން ބުންޏެވެ. ތަނާއަށް ވާހަކަ ދެއްކޭ ވަރެއްވެސް ނުވެ އެވެ.

“އަންނާނަން ޒައިދާންގެ ކާރު ހިފައިގެން.” އަހްޔާން އަވަހަށް ޒައިދާންއަށް ގުޅާލަމުން ބޭރަށް ނިކުތެވެ.

ހިނދުކޮޅެއް ތެރޭ ސިއްހީ މަރުކަޒައް ތަނާ ގެންދިޔަ އެވެ. ވަގުތުން ތަނާއަށް ފަރުވާދޭން ފެށި އެވެ.

“ނިދާ އިންޖެކްޝަނެއް މިދެނީ މައިންޑް ރިލޭކްސް ކޮށްލަން.” ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރު ހަލަފް ބުންޏެވެ. ޑޮކްޓަރ ހަލަފް އަކީ އަބްޔާންމެނާ އެކު ސްކޫލުގައި އުޅުނު މީހެކެވެ. މެޑިސިން ހަދައިގެން އައިފަހުން އަދި އެވީ ދެތިން މަހެވެ.

“އަސްލު ވީގޮތް އަބީ ކިޔާލަ ދެއްޗޭ… އޭރުން އިތުރަށް ކުރިއަށްދާން އިނގޭނީ.” ޑޮކްޓަރ ހަލަފް ބުންޏެވެ.

ތަނާއަށް އިރުކޮލަކުން ނިދުނެވެ. ނޭވަވެސް ހަމައަކަށް އެޅިގެން ދިޔަ އެވެ. އަބްޔާންއާއި އެކު ޑޮކްޓަރ ހަލަފް ބޭރަށް ނިކުތެވެ. އަބްޔާން ތަނާއަށް ވާގޮތް ކިޔާ ދިނެވެ. ދޮކްޓަރ ހަލަފް އިނީ ނިކަން ރަގަޅަށް އަޑުއަހާށެވެ.

“މާބޮޑަށް ދެރަވީ ކީއްވެ؟” އަބްޔާން ތަނާއަށް ވާގޮތް ކިޔައި ދިނުމުން ޑޮކްޓަރ ހަލަފް އަބްޔާން ގާތު އަހާލިއެވެ. އަބްޔާންއަށް އަނެއްކާ ޖެހުނީ މުޅި ވާހަކަ އެއްކޮން ހަލަފްއަށް ކިޔައިދޭށެވެ.

“އަބީ؟ ސީރިއަސްލީ؟” ހަލަފް ހުރީ ގަބޫލު ނުކުރެވިފަ އެވެ. “އަބީ ޖަންނައާ ރައްޓެހިވީމަ ހަމަ ހައިރާންވީ.” ހަލަފް ހީލަމުން ބުނެލި އެވެ.

“ހަފްހަފް އަށް ނޭގޭ ކިތަންމެ ކަމެއް ރަށުގަ ވެގެން ހިގައްޖެ.” އަބްޔާން ބުންޏެވެ.

“ހަފްހަފް! ކޮން އިރަކުން ގެއަށް ގެންދެވޭވަރު ވާނީ؟” އަބްޔާންއާއި ޑޮކްޓަރ ހަލަފް ވާހަކައިގައި ތިއްބާ އަހްޔާން އެތަނަށް އައެވެ.

“މިހާރުވެސް ގެންދަންވީ… އެކަމަކު ނިދާނެ ވަރަކަށް ނިދަން ބާއްވާލާތި އިނގޭ… ޝީ ނީޑްސް ރެސްޓް.” ޑޮކްޓަރ ލަފާ ދިނެވެ.

ހަލަފް އެހެން ހުންނަ އިރު އިރުކޮޅަކާ ތަނާ ކައިރި އިން އާލިޔާއަށް ބަލައިލަ އެވެ. އާލިޔާ އަކީ ހަލަފްއަށް މާކުރިން ވެސް ކަމުދާ ކުއްޖެކެވެ. ނަމަވެސް ހަލަފްއަށް އާލިޔާއާއި ވާހަކަ ދައްކާކަށް ނުކެރެ އެވެ.

 

ގެއަށް އައިސް ތަނާ އާލިޔާ ކޮޓަރިއަށް ލުމަށް ފަހު އަބްޔާން ވެސް ވަނީ އަބްޔާން ކޮޓަރިއަށެވެ. ރަގަޅަށް ފެންވަރާލާ ނަމާދުކޮށްލާ ހަދާލާށެވެ. ހިދާޔާ އަހްޔާންއަށް ކާން ހަދަން އުޅެ އެވެ.

“އަބީ، އާދޭ ކާން.” އަބްޔާން ނުކުތުމުން ހިދާޔާ ބުނެލި އެވެ. އަބްޔާން މަޑުމަޑުން އައިސް ކާން އިށީނެވެ. ހިދާޔާ އެއްޗިހި ކިޔާނެކަމަށް ތައްޔާރު ވެގެން އަބްޔާން އިނެވެ.

“ތަނާ އޯކޭ ވެއްޖެ ދޯ.” އަހްޔާން އަހާލި އެވެ. އަބްޔާން ބޯ ޖަހާލި އެވެ.

“އަބީ.. އެކުއްޖާއެއީ އެހެން ވާ ކުއްޖެއްކަން އިނގިހުރެ އެކުއްޖާ ދެރަކުރާކަށް ނޫންތަ ތިވައްތަރަށް ތި އުޅެނީ؟ އެހެން ނޫނަސް އަބްޔާންއަށް ރައްޓެހިވާން ލިބުނީ ފިޔާތޮށިގޭ ކުއްޖެއްތަ؟ އެގެ ނޫން ގެޔެއްގެ ކުއްޖެއް ނުލިބުންތަ؟” ހިދާޔާ އަޑުލާން ފެށި އެވެ.

“މަންމާ… ޖަންނައާ އަހަރެން ރައްޓެހިވީ ލޯބިންނޭ.. އަހަރެން މިހާރު އިންނަން ހުރިހާކަމެއް ހަމަޖައްސައިފިން.”

“އިންނަން ހަމަޖައްސައިފީމޭ؟” ހިދާޔާ ހައިރާން ވެފައި އެހި އެވެ. “އެހެންވީރު ތިކަމެއް ކުރާތާ ލައްކަ ދުވަސް ވެއްޖެ ދޯ؟ ނަސީރުއަށް މިރޭ އަންގާނަން.” ހިދާޔާ ރުޅިއައިސް ފައި ހުރިވަރުން ބުނެލި އެވެ.

“ބައްޕައަށް އިނގިލައްވާނެ… ބައްޕަ ވަރަށް ރުހިލައްވާ ކަމެއް ކަމަށް ބައްޕަ ބުނުއްވީ.” އަބްޔާން ކަމުން ވާހަކަ ދައްކަމުން ދިޔަ އެވެ.

“ނަސީރުއަށް ވެސް އިނގެޔޭ… ” ހިދާޔާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ. ނަސީރުވެސް ރުހޭ ވާހަކަ ބުނުމުން މާބޮޑަށް ދެކޮޅު ހަދާކަށް ހިދާޔާއަކަށް ނުކެރުނެވެ. ނަމަވެސް ހިދާޔާގެ ސިނކުޑީގައި އެހެން ކަމެއް ރޭވެމުން ދިޔަ އެވެ. ކޮންމެ ގޮތެއްވިޔަސް އަބްޔާންއާއި ޖަންނަތުގެ ގުލުމަކީ ހިދާޔާ ގަބޫލު ކަމެއް ނޫނެވެ. އެއީ ކީއްވެ ކަންވެސް އިނގޭނީ ހިދާޔާ އަށެވެ. އެއީ މީހަކަށް ހިލަމެއްނުވާ ބޮޑު ސިއްރެކެވެ.

 

އެރޭ އަބްޔާންއާއި ޖަންނަތުއާއި ވާހަކަ ދައްކަން މާ ގިނައިރަކު ނުތިބެ އެވެ. ދެމީހުންވެސް ތިބީ ދަތުރު ވަރުބަލިވެފައި ކަމުން އަބްޔާން ނިކަން އަވަހަށް ގޮސް ގެޔަށް ވަނެވެ. އަބްޔާން ގެޔަށް އައިކަން އިނގުމުން ހިދާޔާ ނިކަން ފަރިވެލައިގެން ބޭރަށް ނިކުތެވެ. މިސްރާބު ހުރީ ޒައީމާމެންގެއާއި ދިމާލަށެވެ.

ހިދާޔާ ވަދެ ސަލާން ގޮވާލުމުން ފެންޑާގައި ޓީވީ ބަލަން އިން ޒައީމާ ބަލައިލި އެވެ.

“އައްދެ.. ހިދާޔާއްތަ މިހިސާބުގަ ކީއްކުރަނީ… އަނެއްކާ މިހާ ލަސްގަޑިއަކު ތިއައީ ކަމަކުތަ؟” ހައިރާން ވެފައި ޒައީމާ އެހި އެވެ.

“އަހަރެން މި އައީ ޖަންނަތުއާ ބައްދަލުކުރަން ވެގެން. ކޮބައިތަ އޭނަ؟” ހިދަޔާ ބުނެލި އެވެ.

“ނިދަން ވަނީ… މިއަދު ދަތުރު ދިޔައިމަ ނިކަން ވަރުބަލިވެފަނު ހުންނާނީ… އަނެއްކާ މާބޮޑު ކަމެއް ދިމާވީތަ؟”

“ގޮވާލަބަލަ ޖަންނަތުއަށް.” ހިދާޔާ ރުންކުރުކޮން އެހެން ބުނުމުން ޒައީމާ ވެސް އިތުރު އެއްޗެއް ނުބުނެ ގޮސް ޖަންނަތު ކޮޓަރީ ޓަކިޖަހަން ފެށި އެވެ.

“ކިހިނެއްވީ ޒައީމާއްތާ؟” ލޯ ކުޑަކޮށްލައިގެން ހުރި ޖަންނަތު އެއައީ ނިދާފަ އޮވެފަކަން ރީތިކޮން އިނގެ އެވެ.

“ހިދާޔާއްތަ އައިސް އެބައިން. ޖަންނައާ ވާހަކަ ދައްކާށޯ.” ޖަންނަތު ހައިރާން ވެފައި ލޯ ބޮޑުކޮށްލި އެވެ. މީގެ ކުރިން ދުވަހަކުވެސް ހިދާޔާ ޖަންނަތުއާއި ބައްދަލު ކުރާކަށް ނާދެ އެވެ. އެހެން ކަމުން ލިބުނު ހައިރާން ކަމުން ނިދިފިލާދިޔަ އެވެ.

“މިދަނީ ޒައީމާއްތާ.” ޖަންނަތު އަވަހަށް ބޯރީތި ކޮށްލަމުން ބުނެލި އެވެ.

“ހިދާޔާއްތާ؟ ކިހިނެއްވީ؟” ޖަންނަތު އައިސް ހުއްޓިލަމުން ބުނެލި އެވެ. ހިދާޔާއަށް ޖަންނަތު ފެނުމުން ރުޅި އަންނަގޮތް ވިއެވެ. ކޮންޓްރޯލު ނެއްޓި ކަހަލަ އެވެ.

“ޖަންނަތު ތި އުޅެނީ ކީކޭ ހިތައް އަރައިގެންތަ؟ އަހަރެންގެ އަބްޔާން ނޫން މީހެއް ޖަންނަތު ހިތާވާން ނުފެނުނީތަ؟ ތިކަމެއް ކުރާތާ ލައްކަ ދުވަސް ވެއްޖެ ދޯ! މަށަށް މި އިނގުނީ މާލަހުންނެއްނު… އަހަރެން އެއްވެސް އިރަކު ގަބޫލު ކަމެއްނޫން ފިޔާތޮށިގޭ ކުދިން އަހަރެންގެ ކުދިންނާ އިނުމަކީ… އަހަރެން ދުނިޔޭން އެންމެ ރުޅި އަންނަ ބަޔަކަށް ތިބޭނީ ފިޔާތޮށިގޭ ޒާހިރާޔާ އޭނަގެ ދަރިން.”

ކީއްވެ ހިދާޔާއްތާ؟” ހައިރާންވެފައި ހުރި ޖަންނަތުއަށް އަހާލެވުނެވެ.

“ކީއްވެހޭ… ކަލޭ މަންމައަކީ ކާކުކަމެއް ކަލެއަކަށް ނޭގޭނެ. މީހުން ވާވައްދަން އެންމެ ރަގަޅު މީހާ އެއީ… މަރުވިޔަސް ހެވެއްނު ދަރިން ލައްވާ ވެސް އެއުޅެނީ އެކުޅިވަރު ކަންނޭގެ ފަށައިގެން.” ހިދާޔާ އައިސްފައިވާ ރުޅިން ކިޔޭނުކިޔޭ އެއްޗެއް ވެސް ނޭގެ އެވެ. ޒައީމާ ވެސް ހުރީ ހައިރާން ވެފަ އެވެ. ހިދާޔާ އެވަރަށް އެގޮތަށް މީހުނާ ދިމާލަށް އެއްޗިހި ކިޔާތަނެއް މީގެކުރިން ޒައީމާވެސް ނުދެކެ އެވެ.

“ހެޔޮނުވާނެ ހިދާޔާއްތާ…” ޖަންނަތު ދެރަވެފައި ހުރީ ފެންކަޅި ވެފައެވެ. “މަންމައާ ބެހޭގޮތުން ތިކަހަލަ އެއްޗިހި ނުކިޔާ… އަހަރެންނާ ދިމާލަށް ކިތަންމެ އެއްޗެއް ކިޔަސް މަންމައާ ދިމާލަށް އެއްޗިހި ނުކިޔާ.” ޖަންނަތުއަށް ދެރަވެގެން ރޮވެން ފެށި އެވެ.

“ތިހެން ވިއްޔާ އަޑުއަހާ… އަހަރެން ކަލެޔާ އަބްޔާންއާ ގުޅޭކަށް ބޭނުމެއްނޫން. ދުވަހަކުވެސް އަހަރެން ކަލެޔާ އަބްޔާންއާ އިންނާކަށް ވެސް ގަބޫލެއް ނުވާނަން… އަހަންނަށް އިނގޭ އަހަރެން ނުގަބޫލަސް ކަލޭމެނަށް އިނދެވިދާނެކަން… ނަސީރު ތިކަމާ ގަބޫލު ކަންވެސް މަށަށް އިނގޭ… އެކަމަކު ޖަންނަތު އަބްޔާންއާއި އިނދެފިއްޔާ އަހަރެން އަބްޔާންއާ ވާހަކައެއް ނުދައްކާނަން… ޖަންނަތުއާ އިނދެގެން އުޅޭހާ ދުވަހަކު އަހަރެން މީ އަބްޔާންގެ މަންމައެއް ނޫން. އެގޮތަށް ކަލޭމެން އިނދޭ…” ހިދާޔާ އެހެން ބުނެފައި ރުޅިވެރި ނަޒަރަކުން ޖަންނަތުއަށް ބަލައިލާފައި އެގެއިން ނުކުމެގެން ހިގައްޖެ އެވެ. ޒައީމާއާއި ޖަންނަތު ހައިރާން ވެފައި ބަލަން ތިއްބެވެ.

“ހިދާއްޔާއްތަ އެއީ އެކަހަލަ މީހެއްކަމެއް އަހަންނަކަށް ނޭގޭ.” ޒައީމާ ސޯފާ މައްޗަށް ތިރިވަމުން ބުނެލި އެވެ. ޖަންނަތު ވީދެރައިން އެތާހުރެފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ރޮވެން ފެށި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ފެނު ޕަރީ (14)

Next

ވާނޭހެ ދުނިޔޭގާ (7)

Next
June 1, 2016

ވާނޭހެ ދުނިޔޭގާ (7)

Previews
May 31, 2016

ފެނު ޕަރީ (14)

27 Comments!

  1. RaU says:
    June 1, 2016 at 5:52 am

    V loabi mi part ves??
    Waiting for next part xoxo??
    Keep it up aasi

  2. Lia says:
    June 1, 2016 at 5:55 am

    Alhey. Mi vaahaka hama nimeniytha. So soon?? mi part vess varah rythi

  3. Ana says:
    June 1, 2016 at 6:00 am

    Wow haadha salhi ey……….yageen janna ah jeheyny zaidhaan a marry kuran………………superb! Next part pls

  4. Aimsithu says:
    June 1, 2016 at 6:05 am

    Dhen haadha dhigu inthaazaareh kuran mi jeheny… vaahaka varah reethi

  5. mary says:
    June 1, 2016 at 6:07 am

    haaada reeechey mivaahaka kohnmeduvahku kiyeynenamadho rhankolheh lahy vvvv salhi habeys kuriah avaskondehvunedeh

  6. Mary Nishaa says:
    June 1, 2016 at 6:10 am

    salhi

  7. fathun says:
    June 1, 2016 at 8:26 am

    anekka hidhaya kurin hithavytha janna dad aa. dhn ekam abi nd janna dhurunukobala please

  8. Ninni says:
    June 1, 2016 at 8:29 am

    Mihiri ulhey thanaa yakaa hure bodukameh ..janna yaa abee gulhuvahchey… story v habbu..
    Next part upload soon plx

  9. Amin says:
    June 1, 2016 at 9:43 am

    V reethi…waiting for the next part

  10. chwety says:
    June 1, 2016 at 10:00 am

    Thanaa n hidhaayaa out khlan vnu dh
    anywayx vaahaka hama habex

  11. Luyoona says:
    June 1, 2016 at 10:10 am

    thankolheh avas avahah up khohbaa
    vvv reethi

  12. Jazz says:
    June 1, 2016 at 10:18 am

    Nice story eh!alhe Janna r aby r dhuru nukurachchey!

  13. Pinkish says:
    June 1, 2016 at 11:02 am

    Me ahvx hyvany dn jannath innaany zaidhaan ah hn… hehe this story is awsome… ☺☺

  14. Purplish says:
    June 1, 2016 at 11:11 am

    Alhe janna n abee dhuru nukurahche plx

  15. Faathun says:
    June 1, 2016 at 12:07 pm

    Janna and abee gulhuwahchey please

  16. aff says:
    June 1, 2016 at 12:38 pm

    Janna hieh nuvey gulheyne heneh… story name ge gothun knmex ekehge loaiybeh guruban vaane… xaidhan noony ahyaan ah janna gulheyny… varugadha thana akaa hidhaayaa akaa miulhenyy.. reethi… thankolheh lahy upvaaleh… aasi plxxxx nxt prt avaha uokoaladhehche..☺

  17. RY says:
    June 1, 2016 at 12:43 pm

    Janna n aby gulhuvyma rythi vaany. Plz e dhemyhun gulhuvahchey.. Btw story vvvvv nice.. Next part avahah up kohlahchey 🙂

  18. Phy says:
    June 1, 2016 at 12:50 pm

    Janna aa zaidhaan gulheynee…loabi gurubaan kuraanee janna…namun hama heevanee ehen…anehkkaa aby mamma ge nugabooluga janna merry eh nukuraane hen heevanee aby aa…vvv reethi mivaahaka…knmme wednesday ehgga dhw mi up kuranee

  19. àainth says:
    June 1, 2016 at 2:51 pm

    Mi vaahaka vara aslaaa egoi V salhi avaha up kolachey maa laheee up kolaale.

  20. àainth says:
    June 1, 2016 at 2:55 pm

    Zaidhaan n jahnna is best

  21. ny says:
    June 1, 2016 at 11:01 pm

    Haadareechey mipartves I can’t wait. …….v v v vsalhi

  22. neel says:
    June 2, 2016 at 4:14 pm

    Janna n Xaidhan gulheyny

  23. Aim Sithu says:
    June 3, 2016 at 2:30 am

    Vaahaka reethi.. ekam up vaaleh lahee

  24. Marry says:
    June 4, 2016 at 12:07 am

    V v rythi vaahaka . Dhen janna a zaidhaan gulheny. Janna loabi gurubaan kuraany.

  25. lb says:
    June 4, 2016 at 8:56 am

    huwaa haadha lahun ney up vanee… dyin to read next part..?????

  26. Same says:
    June 4, 2016 at 9:00 am

    haadhalahey.. koniraku next part?

  27. . says:
    July 21, 2016 at 8:16 pm

    Thana aki ves janna kahala insaaneh egothah kanthah kureema dhera vaane. Abhi ulheynehaa gothakah ulhefa adhi ma thn rangalhu kuhjaku hoadhan eba ulhe ennu. Kusheh koffa Anhen kuhja ah huriha blame eh. Aasi anhenakah ve huretha mieh miliany?

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 24 ވަނަ ބައި←


All Right Reserved!