ފެނު ޕަރީ (14)
ރީތި ވެގެން ޒައިޝާ ބޭރަށް ނިކުމެލިއެވެ. ސިޓިންރޫމް ސޯފާގައި އައްސަދު ރޭގަނޑު 08ގެ ހަބަރު ބެލުމަށް އިށީދެ އިނެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އައްސަދު ބަލާލިއެވެ. ޒައިޝާ ރީތިވެގެން ހުރިތަން ފެނުމުން ހީލާފައި ސުވާލު ކޮށްލިއެވެ. “ދަރިފުޅު ތަނަކަށް ދަނީތަ؟” “އާދެ ބައްޕާ! ރައްޓެހި ކުއްޖަކާއި އެކު ބޭރަށް ދާން ކަމަށް” ޒައިޝާ ޖަވާބު ދިނެވެ. މަރީނާ އާއި އެކު ބަދިގެއިން ނިކުމެގެން އައި މާހީން އަށް ޒައިޝާ ފެނި ހުއްޓުން އަރާ ގޮތް ވިއެވެ. ލައިގެން ހުރި ހެދުމުގެ ކުލަ އާއި ޒައިޝާގެ މޫނަށް އެޅިފައިވުމުން އިތުރަށް ރީތި ކަމަށް ދައްކައެވެ.މަރީނާ ޒައިޝާގެ ބޮލުގައި ފިރުމާލުމަށްފަހު އަވަހަށް ގެއަށް އައުމަށް ހަދާންކޮށްލަދިނެވެ. ޒައިޝާ ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ހިގައިގަތެވެ.
ޒިޔާން އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ރަސްފަންނަށް ދެވުމުން ޒައިޝާ ވަށައި ހޯދާލިއެވެ. ޒިޔާން ފެންނަން ނެތުމުން ތަންކޮޅެއް ދުރުގައި ހުރި ގޮޑިއެއްގައި ގޮސް އިށީނެވެ. ޒައިޝާ އިށީނީ މޫދާއި ވީ ދިމާއަށެވެ. ނޫކުލައިގެ ކަނޑު ފެންނަމުން ދިޔައީ ކަޅު ކުލައިގައެވެ. ރާޅާއެކުވެގެން އަންނަ ހުދު ފޮނުތައް އެ ކަޅު ކަނޑުގައި ފެންނައިރު ހީވަނީ ހުދު ފޮތިގަޑެއް ވިހުރިލާހެންނެވެ.ކަނޑުން އަންނަ ފިނި ފިނި ރޯޅިތައް ޒައިޝާ މައްޗަށް ނަގާ އައްސާފައިވާ އޭނާގެ އިސްތަށިގަނޑުގައި ކުޅެމުން ދިޔައެވެ. ޒައިޝާ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ޒިޔާން އަންނަން ބުނި ގަޑި ފާއިތުވެގެން ދިޔައިރުވެސް ހަބަރެއް ނުވުމުން މާޔޫސްވާ ގޮތް ވިއެވެ. ގުޅާލަން ފޯނު ގެ އަތްގަނޑަށް އޮބާލިތަނާ ފަހަތުން އައިސް މީހަކު ކޮޑުގައި ހިފާލިއެވެ. ސިސައިގެން ދިޔަ ނަމަވެސް އެކަން ނުދައްކާ ބަލާލީއެވެ. ކުރިމަތީގައި ހެވިފައި ހުރީ ޒިޔާންއެވެ.”ސޮރީ ލަވް. މާ ގަންނަން ހަދައިގެން ލަސްވީ” ޒިޔާން ރަތް ކުލައިގެ ފިނިފެންމާ ބޮޑިއެއް ޒައިޝާ އަށް ދިއްކޮލިއެވެ. ޒައިޝާގެ ހަނދާނަށް އައީ ހޮސްޕިޓަލުން ލިބުނު ފިނިފެންމަލާއި ގޭ ދޮރާށި ދޮށުން ލިބުނު ފިނިފެންމާ ބޮޑިއެވެ. “ތޭންކްސް” ޒައިޝާ ހީލިއެވެ.
ދެ ލޯބިވެރިން އަތާއި އަތްޖޯޑުކޮށްގެން ގޮޑުދޮށުގައި ހިގަމުން ދިޔައެވެ. ދެ ހިތަށްވެސް ލިބިފައިވީ ބުނަން ނޭގޭ ފަދަ ހިންހަމަޖެހުމެވެ. ރިހި ހަނދުވަރުން މުޅި ގޮޑުދޮށް ޖަރީވެފައިވާއިރު ކުދިކުދި ކަކުނިތައް ދުވާ މަންޒަރު ރީތިކޮށް ފެންނަމުން ދިޔައެވެ.ފެންނަ ކޮންމެ މީހަކުމެ އެ ޖޯޑަށް ތަޢްރީފް ކޮށްލާނެކަން ކަށަވަރެވެ. އެހާވެސް ރީއްޗެވެ. ވަކިނުވުމަށް އެހެން ލޯބިވެރިންނެކޭ ފަދައިން ހަނދު ހެކިކޮށް އެތަކެއް އަޙުދުތަކާއި ވަޢްދުތަށް ވަމުން ދިޔައެވެ.
ހަނދު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްފަހު އިރަށް ތަންދެމުން ގޮސް ކަޑާއި ނިވާވެލިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށް އުދަރެހަށް ނިކުމެލިއެވެ. ޒައިޝާ ރީތިވަމުން ދިޔައީ ވަޒީފާއަށް ދިޔުމަށެވެ. އަބަދުވެސް ނުފިލާ ހުންނަ ރީތި ހިނިތުންވުމުން އޭނާ ހިތްހަމަ ޖެހިފައިވާ މިންވަރު އަންގައިދެއެވެ. “މަންމާ! އަޅުގަނޑު ދަނީ!” ޒައިޝާ ބަދިގޭގެގައި ހުރި މަރީނާ އަށް ގޮވާލިއެވެ. “ސައިބޮއިގެން ދާން އަންނަންވީ ނުން ދަރިފުޅާ. ސައި ތައްޔާރުވެފައޭ މިހިރީ” މަރީނާ ބޭރަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ. “ނޫން މަންމާ. ވަރަށް ލަސްވެއްޖެ. އެކޮޅުން އެއްޗެއް ކާލާނަން” ޒައިޝާ އެހެން ބުނުމަށްފަހު އަވަހަށް ބޭރަށް ނިކުމެލިއެވެ. އެއިރު ޒިޔާން ޒައިޝާ ބަލާ ސައިކަލުގައި އައިސް ދޮރޯށި ދޮށުގައި ހުއްޓެވެ.
“މޯރނިންގ ލަވް. ޔޫ ލުކް ބިއުޓިފުލް” ޒިޔާން ތަޢްރީފް ކޮށްލިއެވެ. ޒައިޝާ ލަދުރަކި ހިނިތުން ވުމެއް ދިނުމަށް ފަހު ސައިކަލު ފަހަތައް އަރާ އިށީނެވެ. ގާތްގަޑަކަށް 10 ވަރަކަށް މިނިޓްފަހުން ހޮސްޕިޓަލަށް ފޯރިއެވެ. ސައިކަލް ޕާކް ކޮއްލުމަށްފަހު ދެމީހުން އެއްކޮށް ހިގައިގަތެވެ. ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކޮންމެ އަންހެން ކުއްޖަކުމެ ޒައިޝާއަށް ހަސަދަވެރިކަމާއި އެކު ބަލަމުން ދިޔައެވެ. ހަމަ އެގޮތަށް ފިރިހެނުން ކުދިން ހަސަދަވެރިކަމާއި އެކު ޒިޔާންއަށް ބަލަމުން ދިޔައެވެ. ދުވަހުގެ މަސައްކަތާއި ގެން ކުރިޔަށް ދާން ފެށުނެވެ.
ނިމޭގަޑި ޖެހެން ކައިރިވެފައި ވަނިކޮށް ހުރިހާ މުވައްޒަފުންނާއި ބައްދަލު ކުރަން ހަމަޖެހިފައިވާކަން އެގުނެވެ. ހުރިހާ މުވައްޒަފުން ކޮންފެރެންސް ރޫމަށް ވަދެ ހަމަޖެހުމުން ބައްދަލުވުން ފެށިގެން ދިޔައެވެ. “މި ހޮސްޕިޓަލަށް ލިބިފައިވާ ވޯރކް ޝޮޕެއްގައި 05 މުވައްޒަފުން އއ.ރަސްދޫއަށް ދިއުމަށް ހަމަޖެހިފައިއެބަވޭ” “މިއީ ވަރަށް މުހިންމު ވޯރކް ޝޯޕެއްކަމުން 03 ޑޮކްޓަރުންނާއި އިތުރު 02 މުވައްޒަފުން ފޮނުވުމަށް ހިޔާލުކުރަން” ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ.މަންސޫރު ވާހަކަ ދެއްކެވިއެވެ. “ދާން ހަމަޖެހުނު މުވައްޒަފުންނަށް އެކަން ލިޔުމުން އެންގޭނެ. އިތުރު މަޢްލޫމާތު ތައްވެސް އެލިޔުމުން އެގޭނެ.ފުރަން ހަމަޖެހިފައިވަނީ މާދަމާ ކަމުން ހުރިހާ ކަމަކަށް ތައްޔާރުވެ ތިބުމަށް ދަންނަވަން”
ކޮންފެރެންސް ރޫމް އިން ކޮންމެ މީހަކުވެސް ނިކުމެގެން ދިޔައީ އެމީހަކަށް އެ ފުރުސަތު ލިބޭތޯ ހިތާ ހިތާ ދުޢާކުރަމުންނެވެ. ކޮންމެ މީހަކަށްވެސް ސިޓީ އުރައެއް ލިބުނީ އެމީހެއްގެ ސެކްޝަނުންނެވެ. ޒައިޝާ ވެސް އެހެން މީހުންނެކޭ އެއްފަދައިން ސިޓީ އުރަ ހުޅުވާލީ ތެޅި ތެޅި އޮތް ހިތަކާ އެކުގައެވެ. އެވަގުތު އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. ސިޓީ އުރައިގައި އޮތީ ހީކުރެވުނު ނަތީޖާއެވެ. އާއެކެވެ. އޭނާ އަށް ޖާގަ ލިބުނީއެވެ. އެވަގުތު ހިތާ ހިތުން ދުޢާ ކޮއްލެވުނީ އޭނާގެ ލޯބިވެރިޔާ ޒިޔާންއަށް ވެސް އެ ފުރުސަތު ލިބުމަށެވެ. އުފާވެރި ހަބަރު އެންމެ ފުރަތަމަވެސް ހިއްސާ ކޮއްލަން ބޭނުންވީ ޒިޔާން އާއި ކަމުން ޒިޔާން ގެ ފޯނަށް ގުޅާލިއެވެ. ފޯނުގެ ރިންގާ އެއްވަރަށް ޒައިޝާގެ ހިތްވެސް ތެޅެމުން ދިޔައެވެ. “ހަލޯ ޒައި” ޒިޔާން ފޯނު ނަގައި ބުނެލިއެވެ. “ޒިޔާ އައި ގޮޓް ދަ ޗާންސް” ފުޅާ ހިނތުން ވުމަކާއި އެކު ޒައިޝާ ބުނެލިއެވެ. ޒިޔާން މަރުހަބާ ކިޔުމަށްފަހު އޭނާވެސް އެ ދަތުރުގައި ބައިވެރިވާކަމަށް ބުނެލިއެވެ. ޒައިޝާ އަށް އުފަލުންގޮސް ނަށާލެވުނެވެ. އެހެން މީހުންގެ ލޯތައް އަމާޒުވިކަން އެގުމުން ލަދުންގޮސް ހުރިތަނުން ނިކުތުމަށް ދުއްވައިގަތެވެ.
އިރުގެ ރަންދޯދިއާއި އެކު ވޯކްޝޮޕްގައި ބައިވެރިވާ ބައިވެރިން ތިބީ ރަސްދޫގައެވެ. ތިބުމަށް ހަމަޖެހިފައިވަނީ ގެސްޓްހައުސް އެއްގައި ކަމުން އެންމެންވެސް ވެސް ގޮސް ތައްޔާރު ވަމުން ދިޔައީ ހެނދުނުގެ ނާސްތާ ކުރުމަށްފަހު ވޯރކްޝޮޕަށް ދިޔުމަށެވެ.
ފުރަތަމަ ދުވަސްކަމުން ވޯރކްޝޮޕް ނިމުނީ ގާތްގަޑަކަށް ހަވީރު 5.00 ހާއިރުއެވެ.ވަރުބަލިވެފައި ތިބުމުން އެންމެންވެސް ގޮސް ކޮޓަރިތަކަށް ވަނެވެ. ދުވާލު އެއްކޮށް ދިޔައިރުވެސް އެއްގޮތަކަށްވެސް ޒިޔާން އާއި ޒައިޝާ ވާހަކަ ދައްކާނެ ފުރުސަތު ނުލިބުނީތީވެ ޒިޔާން ގަސްތު ކުރީ ރޭގަނޑު ދިމާ ވުމަށެވެ. އެހެން ކަމުން ފޯނުނަގައި ޒައިޝާ އަށް މެސެޖް ކޮއްލިއެވެ.
ޒައިޝާ އަވަސް ހިގުމެއްގައި ގޮސް ރަށުގެ އުތުރު ފަރާތު އަތިރި މައްޗަށް ފޭބިއެވެ. ދެކޮޅު ހޯދާ ބަލާލީ ހިތުގެ ވެރިޔާ ފެނޭތޯއެވެ. ތަންކޮޅެއް ދުރުން ޒިޔާން ފެނުމުން ޒައިޝާ އެދިމާލަށް ހިގައިގަތެވެ. މަޑު ދޮންވެލިގަނޑުގައި ހިގަން އުދަގޫވުމުން ފައިވާން އަތައްނެގިއެވެ. ލައިގެން ހުރީ ރިދޫ ކުލައިގެ ކުރު ޓޮޕަކާއި ކަޅުކުލައިގެ ސްކިނީއެކެވެ. ޒިޔާން އާއި އަރާ ހަމަވުމުން ޒިޔާން ޒައިޝާގެ އުނަގަނޑުގައި އަތްއަޅުވާޅިއެވެ. ދެމީހުން ހިގަމުންގޮސް އިށީނީ އަތިރިމަތީގައި ހުރި ބޮޑު ގަހެއްގެ ދަށުގައެވެ. ހަނދުގެ ރިހި އަލިން މުޅިތަނަށް އަލިވެފައި ވާއިރު ބަލާމީހަކަށް ހިންހަމަޖެހުން ލިބިގެން ދާނެއެވެ. ޒިޔާން އާއި ޒައިޝާ އިށީދެގެން ތިބިއިރު ދެމީހުންގެ ލޮލުންވެސް ފެންނަމުން ދިޔައީ މަސްތުކަމެވެ. ލޯބީގެ ބަސްތަކުން ހިންހަމަޖެހުން ހޯދަމުން ދިޔައެވެ. ޒައިޝާ އެހާ ކައިރިން ފެނުމުން ޒިޔާންގެ ހިއްސުތައް ހޭލަމުން ދިޔައެވެ. އޭނާ މަސްތުކުރުވަމުން ދިޔައީ އަމިއްލަ ބާރު ފޯރުވޭ ވަރަށްވުރެން ބޮޑަށެވެ. ޒައިޝާގެ އެ ރަތް މަޑު މަޑު ތުންފަތުގެ މީރުކަން ލިބިގަތުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. އެ ތުނި ހަށިގަނޑުގައި ބައްދާލުމަށް ހިތް ގޮވަމުން ދިޔައެވެ. އެންމެ ފަހުން މަޑުމަޑުން ޒިޔާން ޒައިޝާގެ މޫނުގައި ހިފައި އޭނާ އާއި ކައިރި ކޮއްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

Salhi varah
Vv nyc..vv kiaa hiyvaa stiry eh mi ee.. tbx avahah upkohdhinyna.. ninni u r da best.. kyp it up
Vv nyc..vv kiaa hiyvaa stiry eh mi ee.. tbx avahah upkohdhinyna.. ninni u r da best.. kyp it up
Vv nyc..vv kiaa hiyvaa stiry eh mi ee.. tbx avahah upkohdhinyna.. ninni u r da best.. kyp it up
Vv nyc..vv kiaa hiyvaa stiry eh
mi ee.. tbx avahah upkohdhinyna.. nynaa u r da best.. kyp it up
reethi.. anehkaa e dhemyhun dhemedhuga goas kameh hingia nudhehcheiii nynaa… ☺
zaishaa preg nukuraathy ingey .. noony stry vrh hadi vaane.. preg kuraany marry kohgen ingey… anyway v reethi stry eh…
Ha ha aan dhow salhi v
Vi nice story eh me like it very much goaskamehnukurathi eyrun vakin reethikamah vaane anyway I likes it so so much
Vvv reethi