
އެއީ އެކަނިވެރިޔެކެވެ. – 3

ޒާރާ” އަހަންނަށް ހައިރާންކަމާއިއެކު ކުރިމަތީގައިހުރި ޒާރާގެ ނަން ކިޔާލެވުނެވެ.
” ހޫން މަ. ކަލެއަށް ކިހިނަތްވެގެންތަ ތިއުޅެނީ? މާފޮނިވެގެން އުޅޭނުން އަދި.” ފުރަތަމަވެސް އަހަރެންގެ މޫނަށްއެރީ ޒާރާގެ އަތުގެ ހޫނު ހަމަލައެކެވެ.
” އަހަރެން…..”
” ކޮން އަހަންނެއް. ކަލެއަށްއެ ޔޫހާން ނޫން މީހަކާއި ރައްޓެހިވާން ނޭނގުނީދޯ. ބަލަ ކަލެއަކަށް ނޭނގޭތަ މަ ޔޫހާންދެކެ ލޯބިވާކަމެއް. މަގޭ އެއްޗެއް މަގޭ އަތުން ފޭރިގަނެފައި މަގޭ ކުރިމަތީގައި އަނގަ ނުހުޅުވާތި.” ޒާރާ އަހަންނާއި ދިމާލަށް ހިތުހުރި އެއްޗެއް ކިޔަމުން ދިޔައެވެ.
” ބުނަންވާހަކައެއް. ކަލެއަކަށް މީގެފަހުން މިތަނުން ބޭރަކަށް ނުނިކުމެވޭނެ. ” އަހަރެން ކޮއްޕާލާ ބިންމައްޗަށް ވައްޓާލުމަށްފަހު ޒާރާ ނުކުމެގެން ދިޔައެވެ. އެދުވަހުން ފެށިގެން އަހަރެންގެ ދުނިޔެއަކީ ނަރަކައަށް ބަދަލުވެގެން ދިޔައެވެ. އަހަރެން ދުވަހަކުވެސް ހީނުކުރާވަރުގެ އަނިޔާތައް ޒާރާގެ ފަރާތުން އަހަންނަށް ލިބެމުން ދިޔައެވެ. ޒާރާ ކުރިމަތީގައި އަހަންނަކީ މުދަލެކެވެ. ތަންތަނުން ފިރިހެނުން ލާރިއަށް ގެންނަން ފެށީ ޒާރާއެވެ. ލާރިއަށް މީހުން ގެންނަ ކޮންމެ ފަހަރަކީ އަހަރެންގެ ހަށިގަނޑުގައި ލަކުނު ގިނަވާފަހަރެކެވެ. އަހަރެންގެ ހިތުގައި ޒަހަމްތަކެއް އުފެދޭ ފަހަރެކެވެ. ނަމަވެސް ޒާރާގެ ހިތަކަށް އެއްވެސްް ރަހުމެއް ނުވަދެއެވެ. އަހަރެން ރޯރުޔުމަށާއި ކުރާ އާދޭސްތަަކަށް ޒާރާ ދެނީ ބީރު ކަންފަތެކެވެ. އެއިން މީހަކު އަހަރެންގެ ހަށިގަނޑުން އުފާ ހޯދާ ކޮންމެފަހަރަކު އެ މަންޒަރު ބަލަން ޒާރާ ހުންނަނީ ހިނިތުންވެފައެވެ. އަހަރެން ޒާރާގެ އަނިޔާތަކުން ސަލާމަތް ކޮށްދިނިތީވެ އަހަރެން ޔޫހާންއަށް ޝުކުރު އަދާކުރަމެވެ. ނަމަވެސް ދެން އަހަންނަކަށް ޔޫހާންއާއި އެކުއެއް ނޫޅެވޭނެވެ. އެއީ އަހަރެން ޔޫހާންދެކެ ލޯބި ނުވާތީއެއްނޫނެވެ. އެހެންމަވެސް އަހަރެންގެ ގަޔަކު ޔޫހާންއާއި ކުރިމަތިލާނެ ހިތްވަރެއްނެތެވެ. ޒާރާގެ އަނިޔާވެރިކަމުގެ ސަބަބުން ނަހަލާލަށް ބަލިވެ އިންވާހަކަ އަހަރެން ބުނާނީ ކޮންދުލަކުން ހެއްޔެވެ. އާނއެކެވެ. ޔޫހާންއަށް ތިއިވުނީ ރަނގަޅަށެވެ. އަހަރެން މިއިނީ ނަހަލާލަށް ބަލިވެއެވެ. ޔޫހާންއެވެ. އަހަރެން ޔޫހާންއަށް މިކިޔައިދެނީ އަހަރެންގެ ހިތާމަވެރި ހަޔާތެވެ. ޔޫހާންއެވެ. އަބަދުވެސް އުފަލުގައި ހުންނައްޗެވެ. ޔޫހާންގެ ދިރިއުޅުމައިގެން އުފަލުގައި އަހަންނާއި ނުލާ ކުރިއަށްދާށެވެ. އަހަރެން މިއަދު މިދުނިޔެ ދޫކޮށް މިދަނީ އަހަރެންނަށް މިއަދު މިދުނިޔެއާއި ކުރިމަތިލާނެ ހިތްވަރެއް ނެތީމައެވެ. ޔޫހާންއަށް މިފޮތް ލިބޭއެއިރު އަހަރެން މިދުނިޔެއަކު ނުހުންނާނެވެ. އަބަދުވެސް ޔޫހާން އުފަލުގައި އުޅޭނެކަމަށް އުއްމީދު ކުރަމެވެ.
………………………………………………………….ފޮތް ލައްޕާލިއިރު ޒާރާއަށް ހަމަރަނގަޅަށްވެސް ރޮވެމުން ދިޔައެވެ. އެވަގުތު ޒާރާ ގޮތެއް ނިންމިއެވެ.
…………………………………………………………..
ހެނދުނުގެވަގުތެވެ. ޔޫހާން އިނީ އާދައިގެ މަތިން ސައިބޯންށެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމުން ޔޫހާން ފޯނު ބަލާލިއެވެ.
” އަހަރެން އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. ޕްލީޒް އަހަންނާ ބައްދަލު ކޮށްލެވިދާނެތަ? މިއަށްފަހު އަހަރެން ދުވަހަކުވެސް ޔޫހާން އަކަށް އުނދަގުލެއް ނުކުރާނަން. ” މެސެޖްއައީ ޒާރާގެ ފަރާތުންނެވެ. އޯކޭ ޖަހާފައި ޔޫހާން މެސެޖް ކޮޮށްލިއެވެ. އިރުކޮޅެއްފަހުން ދޮރުގައި ބެލް އެޅިއަޑަށް ޔޫހާން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒާރާއެވެ.
” ޔޫހާން. އަހަންނަކީ ރަނގަޅު މީހެއް ނޫން. އަހަންނަކީ ވަރަށް ގޯސް މީހެއް. ނިޢުމަތެއް ލިބުނީމައި އެއަށް ޝުކުރު ކުރަން ނެނގޭ މީހެއް. ” ޒާރާ ވާހަކަ ފެށިއެވެ.
” ޒާރާ ތިއަޔީ އަހަރެން ކައިރީގައި ރައްޓެހިވާން އަހަން ކަމަށް ވަންޏާ އެސުވާލުގެ ޖަވާބަކީ ނޫން. އެސުވާލުގެ ޖަވާބު ބަދަލެއް ނުވާނެ. އަހަންނަށް ވަރަށް ރަނގަޅު އަހަރެން ކައިރީގައި ރައްޓެހިވާން ނޭހިއްޔާ. ” ޔޫހާންގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.
” ނޫން އަހަރެން މިއައީ ރައްޓެހިވާން އަހާކަށްނޫން. އަހަރެން މިއައީ ޔޫހާން އާއި ހަވާލު ކުރަންޖެހޭ އަމާނާތެއް އަހަރެންގެ އަތުގައި އޮތީމަ އެހަވާލު ކުރަން. މިއޮތީ ދޮންތަގެ ޑައިރީ. މީތި ހަވާލު ކުރަން މިއައީ. ” ފޮތް ޔޫހާން އަތަށް ދިއްކޮށްލަމުން ޒާރާ ބުނެލިއެވެ.
” ޒީޝާގެ ޑައިރީއޭ? ކިހިނަތް ޒާރާ އަށް ޒީޝާގެ ޑައިރީ ފެނުނީ? ކީއްވެ މިހުރިހާ ދުވަހު ތީގަ ވާހަކަ ނައީ? ޒީޝާ މަރުވިފަހުންވެސް މިހާރު ހަމަސް ވަނީ. ތީގަ އޮންނާނެތަ ޒީޝާ މަރާލީ ކާކުކަން? ކީއްވެ އަހަންނަށް ޒީޝާގެ ޑައިރީދެނީ? ” ޔޫހާން ވަރަށް ހައިރާންވިއެވެ.
” ޔޫހާން. މީހަކު ޒީޝާ މަރާލީ އެއްނޫން. ޒީޝާ އަމިއްލަ އަށް މަރުވީ.”
” އޭނ. ޒީޝާ އަމިއްލަ އަށް މަރުވިއްޔޭ. ނުވާނެ އެހެނެއް. ތީ ދޮގެއް. ކަލޭ ޒީޝާ މަރާލީދޯ. ” ޔޫހާންގެ ދެލޮލުން ނަފްރަތު ވިދައިގަތެވެ.
” ނޫން. އަހަންްނެއް ދޮންތައެއް ނުމަރަން. އެކަމަކު އަހަރެންހެ ސަބަބުން ދޮންތަ އަމިއްލަ އަށް މަރުވީ. އާނ . އަހަރެންގެ ސަބަބުން. އަހަރެންމީ ގާތިލެއް. އަމިއްލަ ދައްތަގެ ގާތިލް. ” ޒާރާއަށް ރޮވުނެވެ.
” ކީކޭ? ޒާރާގެ ސަބަބުން އަމިއްލައަށް މަރުވިއްޔޭ?” ޔޫހާން ހުރީ ޝޮކެއްގައެވެ.
” އާނ. އަހަރެންގެ ސަބަބުން. އަހަރެން އެދުވަހު ދޮންތެ ކިޑްނެޕް ނުކުރި ނަމަ އަދިވެސް ދޮންތަ ދުނިޔޭގައި ހުންނާނެ.” ޒާރާ ބުންޏެވެ.
” ހަމަ އެކަނި ކިޑްނެޕް ކޮށްގެނެއް ނޫން ތިއުޅެނީ. ކޮންމެސް އެހެން އަނިޔާ އެއްވެސް ދިނީދޯ. ” ޔޫހާން ރުޅިގަދަވިއެވެ.
” އާނ. އަހަރެން……. އަހަރެން……….. ދޮންތަ ވިއް ……….ވިއްކާލީ. ” ޒާރާ އަށް ވަރަށް އުނދަގުލުން ބުނެވުނެވެ.
” ކީކޭ? ވިއްކާލީއޭ. ” ޔޫހާން ހަގީގަތުގައި ވެސް ސިއްސައިގެން ދިޔައެވެ.
” އާނ… އަހަރެން……. އަހަރެން އޭރު ދޮންތަ ކިޑްނެޕް ކޮށްފައި އެތަަނަށް ލާރި……….. ލާރި އަށް ފިރިހެނުން ގެންނަން ފެށީ. އެމީހުން އަހަންނަށް ލާރީ ދޭކޮންމެފަހަރަކު އަހަރެން އެމީހުންނަށް ދޮން…. ދޮންތެ ރޭޕް ކުރަން ދެން. ދޮންތަ ވަރަށް ރޮއެ އާދޭސް ކުރި އޭރު.” ޒާރާ ރޮމުން ބުންޏެވެ.
” ކީކޭ? ޒާރާ އަށް އެބަ އިނގޭތަ ތިކިޔޭ އެއްޗެއް? ބަލަ އެއީ ޒާރާގެ އަމިއްލަ ދައްތައޭ. ހެޔޮނުވާނެ ތިހާ އަނިޔާވެރި ވާން. ” ޔޫހާން އަށް ހީވީ މީހަކު އޭނާގެ ބޮލުގައި ޖެހިހެންނެވެ.
” ޔޫހާންގެ އިތުރު ސުވާލުތަކަށް ޖަވާބު ލިބޭނެ ދޮންތަގެ ޑައިރީ ކިޔީމަ. ދޮންތަ މަރުވީ ކީއްވެ ކަންވެސް އެނގޭނެ. ދޮންތަ އާއި ބެހޭގޮތުން ޔޫހާން އަށް ނޭނގޭ އެހެން ކަމެއްވެސް އެނގޭނެ. އެނގޭ އަހަންނަށް ދޮންތަ އާއި މެދު ކަންތައްތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އެކަމަށް އަހަރެން މާފަށްއެދެން. ދޮންތަ އަށް ދިން އަނިޔާ އާއި ވޭނުގެ ސަޒާ މިއަދު އަހަންނަށް ލިބިއްޖެ. އަހަަންނަށް މިއަދު މިވަނީ ކެންސަރު ބަލި ޖެހިފައި. ލާސްޓް ސްޓޭޖް ގައި މިހާރު. ފަރުވާ ކުރިޔަސް ރަނގަޅު ވާނެ ކަމުގެ އުންމީދެއް ނެތް. އުއްމީދު ކުރަން ޔޫހާން އަހަންނަށް މާފުކުރާނެކަމަށް. ” ޔޫހާން އަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ޒާރާ ދިޔައެވެ. ޔޫހާން ހުރީ ގަބުވެފައެވެ.
އޭޑީކޭ ހޮސްޕިޓަލް ހަލަބޮލި ވެފައި މީހުން ގިނައެވެ. ޑޮކްޓަރުންނާއި ނަރުހުން ކޮޅުކޮޅަށް ދުވާއިރު ކޮންމެސް ކަމެއް ގޯސް ވެއްޖެކަން އެނގެއެވެ.
” ޑޮކްޓަރ . ހެޔޮނުވާނެ މަގޭ ދަރިފުޅު ސަލާމަތް ކޮށްދީ. ” ޒާރާގެ މަންމަ ސީމާ ރޮމުން ގެންދިޔައެވެ.
” މަރްޔަމް ޒާރާ މުމްތާޒް ގެ ބެލެނެވެރިޔާ?” ޑޮކްޓަރު ގޮވާލިއެވެ.
” އަހަރެންގެ ދަރިފުޅު ކިހިނަތް? ” ސީމާ ރޮމުން އެހިއެވެ. ކައިރީގައި މުމްތާޒްވެސް ހުއްޓެވެ.
” އައެމް ސޮރީ . ބަޓް ވީ ކުޑުންޓް ސޭވަ ދަ ޕޭޝަންޓް. ” ޑޮކްޓަރު އެހެން ބުނުމާއިއެކު ސީމާގެ ބަޑި ފަޅައިގެން ދިޔައެވެ. ކައިރީގައި ފެންކަޅި ވެފައި މުމްތާޒް ވެސް ހުއްޓެވެ.
ނިމުނީ
Comments (2)
Comments are closed.
Alhe sooo sad, 😭 even cancer is mercy for zara,😡 she must get a taste of her own medicine, she should be going through the same things her sister went through 🤬👿
Anyway, nice story lil sis ❤️💖
Waiting for ur upcoming story 😊
Thank u for commenting sissy glad u like it . Lusm tc