
އެއީ އެކަނިވެރިއެެކެވެ. 2

” ޒީޝާ! އަހަރެންނަށް ޒީޝާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ތިސޫރަ މަތިން ހަނދާން ނައްތައެއްނުލެވުނު. އަހަރެންގެ ހަނދާނުގައި އަބަދުވެސް ޒީޝާ ހުރޭ. ނޭނގި ނަމަވެސް އަހަންނަށްވަނީ ޒީޝާދެކެ ލޯބި ވެވިފަ. ޒީޝާ! ވުޑް ޔޫބީ މައި ގަރލްފްރެންޑް” ނޯޓު ކިޔައި ނިމުމާއިއެކު އަހަރެންނަށް ހިނިތުން ވެލެވިއްޖެއެވެ. ލައިގެންހުރި ޓްރެކްސޫޓްގެ ޖީބަށް ނޯޓް ކޮއްޕާލަމުން އަހަރެން ގެެއަށްދާން ހިނގައިގަތީމެވެ. ގެއާއި ހަމައަށް ދެވެންދެންވެސް އަހަރެންނަށް ދިޔައީ ޔޫހާން އާއި މެދު ވިސްނެމުންނެވެ. އަހަރެން ގެއަށްވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަހަރެންވަނީ ކޮޓައިއަށެވެ. އާދައިގެ މަތިން ފޮތް ދަބަސް މޭޒުމަތީގައި ބެހެއްޓުމަށްފަހު އެއްޗެހި ބަދަލުކޮށްގެން އަހަރެން އެނދުގައި އޮށޯތީމެވެ. އެއަށްފަހު ފޯނުން އިންސްޓާއަށް ވަނީމެވެ. އަހަރެން ބެލީ ޔޫހާންގެ އައިޑީ ހޯދޭތޯއެވެ. ވަރަށް ފަސޭހައިން އަހަންނަށް އެކަން ކާމިޔާބުވިއެވެ. އަހަރެން އަވަސް އަވަހަށް ޔޫހާންއަށް އާނބަސް ބުނީމެވެ. އެދުވަހުން ފެށިގެން އަހަރެންގެ ހަޔާތަށް ކުޑަ އުފާވެރިކަމެއް އައެވެ. އަހަރެންނަށް ޔޫހާންގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެންފެށީ އަހަރެން ހީވެސް ނުކުރާހާ ފުރިހަމައަށެވެ. ނަމަވެސް އަހަންނަށް ނޭނގުނީ އަންނަން އުޅޭ ބޮޑު ތޫފާނެވެ. އަހަންނަށް ނޭނގުނީ އަހަރެންގެ ހަޔާތް ބަރުބާދުކޮށްލަން ތައްުޔާރަށް މީހަކު ހުރިކަމެވެ. އަހަންނަށް ނޭނގުނީ އަހަންނަށް އަރައިގަނެވުނީ މީހެއްގެ ހައްގަށް ކަމެވެ.
މިއަދުވެސް އާދައިގެމަތިން ސްކޫލް ނިންމާފައި އަހަރެން ގެެއަށްދާން ހިނގައިގަތީމެވެ. ނަމަވެސް އަހަންނަށް ދެވުނީ ތަންކޮޅަކަށެވެ. ކުއްލިއަކަށް މީހަކު އައިސް އަހަރެންގެ އަނގަ މަތީގައި ފޮތިގަނޑެއް އެޅިއެވެ. އެއާއިއެކު ޖެހުނުވަހުން އަހަރެން އަނބުރައިގަތެވެ. ހޭއެރިއިރު އަހަންނަށް އޮވެވުނީ ކޮޓަރިއެއްގައެވެ. އެވަގުތު އަހަރެން ސިހުނީ ކުރިމަތީގައިހުރި ސޫރައެއްގެ ސަބަބުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Gurl woaa!! Impressive!
I luvvvv it✨
But can you make next ep a bit longer..
When nxt?
Thank u for commenting. Glad u like it . sorry since iam uploading everyday i cant make it longer. Hope u understand . next tmrw