
ސައިކޯ – 3

7:10
ޒުވާން އުމުރުގެ ފިރިހެނަކު ދޮރު ހުޅުވާލާފައި ކުޑަ ކޮޓަރިއަކަށް ވަނެވެ. ޓިނުން ހަދާފައި ހުރި އެދޮރުގައި ދަބަރު ޖަހާފައި ހުރުމުން ލުއި އަޑެއް މުޅި ކޮޓަރި ތެރޭގައި އިއްވާލިއެވެ. ކޮޓަރި ތެރޭގައި ލުއި އަލިކަމެއް ވީއިރު މޭޒުމަތީގައި ޒުވާން އަންހެން ކުދިންގެ ފޮޓޯ ތަކެއް ހުއްޓެވެ. އެފޮޓޯ ތަކުގެ ތެރޭގައި ނައިކާގެ ފޮޓޯވެސް ހިމެނުނެވެ. ނައިކާގެ ފޮޓޯ އޭނާ ނެގި އިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވިޔެވެ.
(3 ވަނަ ބައި)
“ނައިކާ ހަމަ މަރާލާފައި ޔޯ އޮތީ.. ވަރަށް އިހާނަތިކޮށް ކަމަށްވަނީ.. މިރަށު ރޭޑިއޯ އެއުޅެނީ ނުން.. އެ ޒީނާ.. އެމަންޖެ މިހާރު އެބަ ކިޔާ ނަގާ އެހެން މުޅި މާލޭގަ. ފޭސްބުކްގަ ވެސް އެބައޮތް އެވާހަކަ. ނައިކާގެ ވޭދަނަ ބަލަން ވެގެން އެ ދިޔާންގެ ވޭދަނަ ބެލި ފުލުހުންވެސް މިކޮޅަށް އަންނަނީއޭ ވެސް ކީ…” ކުރިމަތީގައި އޮތް މާސިންގާ ކަނޑާއި ދިމާލަށް ބަލަން އިނދެ އައިދާން ބުނެލިއެވެ.
ކިއިޝާ، ޒެނީޝާ އަދި އައިދާން ތިބީ ރަސްފަންނުގައެވެ. ކުރިމަތީގައި އޮތް ނޫ ކަން ގަދަ ކަނޑުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުން ހިތްތަކަށް ހަމަ ޖެހުން ލިބެމުން ދިޔައެވެ. ޖޯޝުން ފުރިފައިވީ ކުޑަ ކުދިންތައް އެއްވެސް ޙިޔާލެއް ފިކުރެއް ނެތި އަތިރި މަތީގައި ދުވަމުން ދިޔައެވެ. ލޯބިވެރިންނާއި ދެމަފިރިންގެ އިތުރުން އެކުވެރިންވެސް އެތަނަށް އައިސް އުޅުނެވެ. މުޅި ހިސާބުގަނޑުގައި ވީހިތްގައިމު ކަމެވެ.
“ސާބަސް ދެން. އަތިރި މަތީ ތިބެގެން ގަބުރެއްގެ ވާހަކަ ދައްކަނިކޮށް ވިގަނި އަރާ ދާނެ” ދެލޯ ބޮޑު ކޮށްލަމުން އެކި ދިމަދިމާލަށް ބަލަމުން ބިރުގަންނަ ކަމަށް ހެދިފައި ކިއިޝާ ބުނެލިއެވެ. އެއާއި އެކު އައިދާން ދިޔައީ އެލި ގެންނެވެ. އައިދާންއަކީ އަބަދުވެސް ވަރަށް ބިރުބޮޑު މީހެކެވެ.
“ހަހަހަ ސާބަހޭ އައިދުއަށް. އަޅެ ކަލޭ ތިއީ ހަމަ ފިރިހެނެއްތަ؟ ޔަގީންތަ ތިއީ އަންޑަކަވާ އަންހެނެއް ނޫންކަން؟” ބަނޑުގައި އަތް އަޅަމުން ކިއިޝާ ހޭން ފެށިއެވެ. އައިދާންގެ އެ ސިފައަކީ އޭނާއަށް ވަރަށް މަޖާ ސިފައެކެވެ. އެހެން ކޫސަނި ކަންކަމާ އައިދާންގެ ބިރު ގެންނުވުމަކީ އޭނާއަށް ވަރަށް ކުރާ ކަމެކެވެ.
“ދެން ކޫ ދައްކާ ވާހަކަ.. ކާކުތަ ބުނީ ފިރިހެނެއް ވިއްޔާ ބިރެއް ނުގަނެވޭނޭ؟” އައިދާން ތުންކޮޅު އޫކޮށްލަމުން ބޮޑާ ހާކާލި ކުޑަ ކުއްޖެއް ފަދައިންނެވެ. ހަރަން ބަނދެލަމުން ރުޅި އަންނަކަމަށް ހެދިފައި އޭނާ އަނެއް ފަރާތައް އެނބުރުނެވެ.
“ހޫން ދެން ތިވަރަށް ނުކޯޅި ކަލޭމެން ދެ މީހުން އިންނަން ވީނުން ހަހަ. ލައިލާއާއި މަޖުނޫނު ނުވާނެ އެކައްޗަކަށް ވެސް” ދެމީހުންގެ ކޯޅުން ބަލަން އިނދެފައި ޒެނީޝާ ހެމުން ހެމުން ބުންޏެވެ.
“ޒެނީ މޮޔަވީތަ..؟ ދުނިޔެއިން ފިރިހެނުން ހުސްވިޔަސް އަހަރެން މި އައިދު އަކާ ނީންނާނަން” އައިދާން އާއި ދިމާލަށް ދޫ ނެރެ ލަމުން ކިއިޝާ ބުނެލިއެވެ.
“އޯހްހްހް.. އެހެންތަ…؟ އަހަރެންގެ ހުރި ވަރު ދައްކާލަން ނިކަން މި ގަމީސް ބާލަންތަ..؟” ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އައިދާން އެއްމިޔަކަނުން ހީލިއެވެ. ވަގުތުން ކިއިޝާ މޫނުމަތީގައި އަތް އެޅިއެވެ.
“އާން ހޫން ނިންމާލާ.. އަހަރެމެން ނޫޅެން ތީނަގެ އައުރަ ބަލާކަށް. ހަމަ މިހާރު ގޮށް އަޅުވާ” ޒެނީޝާ އަމުރު ކޮށްލާ ގޮތަށް ބުނެލިއެވެ. ވަގުތުން ‘ޔެސް މޭމް’ އޭ ބުނެ އައިދާން ގޮށް އަޅުވަން ފެށިއެވެ.
“އޭ ހޫން.. ތިއެއް ނޫނޭ.. ތި މީހުނަކަށް ނިޔަލް ސަސް އެއް ނޫންތަ؟ ހީވޭތަ މީ ނިޔަލްގެ ކަމެއް ހެން..؟ އޭނާ އުޅޭ ގޮތުން ދޯ؟ މިއަދު ވެސް ބަލާލަ އެވާހަކަ ދެއްކި އިރުވެސް އެމޫނުމަތީގައި އެއްވެސް އަސަރެއް ނެތޭ” ދަތް ދޮޅީގައި އަތް ހާކާލަމުން ޒެނީޝާ ބުނެލިއެވެ.
“އެއީ އަބަދުވެސް އެއްވެސް އިހުސާސެއް ނެތް ހެން އުޅޭ މީހެއްނުން..؟ އީމޯ ގެ އެއްވަނަ ސަހާ ދެއް” ބޯ ހޫރުވާލަމުން އައިދާން ބުނެލިއެވެ.
“ހޫންންން.. ތިއެއް ނޫނޭ.. ކޮބާތަ ކިއާ..؟ ކީއްވެ ކިއާ ނައީ..؟” ކިއިޝާގެ މޫނަށް ބަލައިލަމުން ޒެނީޝާ އަހައިލިއެވެ.
“ނޭނގެ.. ދިއްފުށީގައި އުޅޭ އޭނާ ރައްޓެހި ކުއްޖަކު އައީ އޯ މިއަދު.. އޭނަޔާ ބައްދަލު ކޮށްލަން ދިޔައީ…”
***
“މިއަދު ވެސް ވެއްޖެ ދޮންތައާއި ޒެނީއާއި އައިދުއާއި ދިމާ ކުރަން ގޮއްސަ.. އަހަރެން ނުދަން.. ދާރާއާއި ދިމާ ކުރަން އަހަރެން މިއައީ…” ކައިރާ ވާހަކަ ދައްކަމުން ދިޔައީ އޭނާ ގާތުގައި އިން ދާރާ އަށެވެ.
ދާރާ އޭނާގެ ފަން ދިގު އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. އެ އިސްތަށިގަނޑު ދިގުކަމުން ކޮޅަށް ހުންނަ އިރުވެސް ބިންމަތީގައި ހޭކެއެވެ. އިށީނދެ އިންނަ އިރުވެސް އެއޮންނަނީ ރީތިކޮށް ފެތުރި ލާފައެވެ. ދޮން ދޮންކޮށް ހުންނަ ދާރާއަކީ ކައިރާގެ އެންމެ ގާތް އެކުވެރިޔާއެވެ.
“އަހަރެން ބުނަން ދޯ އަބަދުވެސް..؟ އަހަރެން ހެޔޮ އެދޭ ވަރަކަށް ތި މީހުން ހެވެއް ނޭދޭނެ..؟ މިހާރުވެސް އެމީހުން އެބަ ދައްކާ ކިއާގެ ވާހަކަ..” ދާރާ އޭނާގެ ޖާދޫވީ އަޑުން ބުނެލިއެވެ.
ކައިރާ ދާރާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. “އަހަރެން ކިހިނެއް ދާރާއާއި ނުލާ އުޅޭނީ..؟ އަހަރެންގެ ހުރި ހަމަ އެކަނި ތެދުވެރި އެކުވެރިޔަކީ ތީ..” ކައިރާ ޝުކުރުވެރިކަމާއި އެކު ބުނެލިއެވެ.
“ހޫމްމް.. ކިއާ ހާސް ނުވޭ.. އަހަރެން އަބަދުވެސް ކިއާ ގާތުގައި ހުންނާނަން..” ޔަގީން ކަމާއި އެކު ދާރާ ބުނެލިއެވެ.
***
އިރު އޮއްސުނު އިރު ކައިޔަން ހުރީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައެވެ. ފުލުސް ޔުނީފޯމުގައި ހުރި އިރު ކައިޔަންގެ ރީތިކަން ފައުޅު ވޭވޭ ހުއްޓެވެ. ބައިމަތި ފުޅާ ހަށިގަނޑެއް ލިބިފައިވީ އިރު ދޮން، އަލި ހަންގަނޑެއް ލިބިފައިވިއެވެ. ތުނިކޮށް ކޮށާލާފަ އިވީ އިސްތަށިގަނޑާއި ތުނިކޮށް ބަހައްޓާފައި ހުރި މަތި މަހުން އެރީތިކަން އިތުރު ކޮށްދެއެވެ. ވަށް މޫނަކާއި ‘އަލްމަންޑް’ ދެލޮލުގެ މަޑު މުށި ކުލައިން އެ ސިހުރުވެރި ދެލޮލުގައި އަޅައިގަންނަނީ ކިތައް ކުދިން ކަމެއް ބުނަންވެސް ނޭނގެއެވެ. އިރުގެ އައްޔާ ނުލާވެސް އެދެލޮލުގައި ވަނީ މަޑުމަޑު މުށި ކުލައެކެވެ.
އެތަނުގައި އެހެން ހިނގާލަ ހިނގާލަ ހުންނަތާ 10 ވަރަކަށް މިނެޓު ފަހުން ފަތުރުވެރިންގެ ތެރެއިން އަންނަމުން ދިޔަ ތިން ޒުވާނުން އޭނާގެ ލޮލުގައި އަޅައިގަތެވެ. ފޮށި ދަމަމުން އައި އެޒިކިއެލް، ޔައުލާން އަދި ދާއިޔަލްގެ މޫނުމަތީގައިވީ ސީރިޔަސް ކަމެވެ. ތިން މީހުންވެސް ހުސް ކަޅު ކުލައިގެ އެއްޗެހި ލައިގެން ތިބުމުން ހީވަނީ ‘އަންޑަކަވާ’ ބައެއް ހެންނެވެ. ލަޝްކާ ވިހޭ ފަހުން ދާއިޔަލްވެސް ދެން ވަނީ ފުލުހަށެވެ. މީ އަދި އޭނާއަށް ބަލަން ހަވާލުވީ އެންމެ ބޮޑު ވޭދަނަ ކަމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެފައެވެ.
“އައްސަލާމު އަލައިކުމް.. މީ ކައިޔަން އާދަމް ކަރީމް. ވަރަށް އުފާ ވެއްޖެ ބައްދަލު ވެލީމަ.. އަސްލުވެސް އިނގޭ.. ބިގް ފޭން” ތިން ފުލުހުންނަށް ސަލާމް ކޮށްލަމުން ކައިޔަން ބުނެލިއެވެ.
“ވައަލައިކުމުއް ސަލާމް. ހެހެ ޝުކުރިއްޔާ.. ކޮބާ މިހާރު ނައިކާގެ ހަށިގަނޑު..؟” ދިގު ދަތުރަކަށް ފަހު އަރާމު ކޮށްލުމުގެ ބަދަލުގައި ތިން ފުލުހުންގެ ޙިޔާލަށް ފުރަތަމަވެސް އައީ ނުހައްގުން މަރުވެ ދިޔަ ނައިކާއެވެ. “އޭޑީކޭ ހޮސްޕިޓަލުގަ.. ދުރުވޭ އަޅުގަނޑާއި އެކު.. ހަތަރު މީހުން އެކުގައި ހިނގައިގަތެވެ. ފުލުސް ކާރަށް އަރައިގެން ދިޔަ ހަތަރު މީހުންގެ މަންޒިލަކަށް ވެގެން ދިޔައީ އޭޑީކޭ ހަސްފަތާލެވެ.
(ނުނިމޭ)
ހަތަރުވަނަބައިގެ ތެރެއިން:
ބިންމައްޗައް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާގެ މޫނަށް ބަލަން އޭނާ އިނީ ހެވިފައެވެ. މުޅި އެހިސާބުގައި ހެދިފައި ހުރި ލޭގެ ކޯރު ފެނިފައި އޭނާއަކަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއް ނުވެއެވެ. އޭނާ ކޮޅަށް ތެދުވެލަމުން އޭނާގެ ދަބަސް ނެގިއެވެ. އަދި އޭގައި އޮތް ކުޑަ ކެމެރާ ނަގާ އެމަންޒަރު އޭގައި ރައްކާ ކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (10)
Comments are closed.
I love ur stories… Sometimes I think abt dhn in episode ga kihineh thw vaani vs….. but this is kurin liyunu vhk ge season 2 thr..??
Jazaakillah khair devil_heart🥹🥹
Not really, they are like guests in this story .. but they are kinda related too.. this is a whole different story tho🫶🏻
Ooh ekm heevani same characters ulhey thy veh eh bai ge season 2 hn
well i guess you can say that too.. but they are not related dhw family gothah.. dhn lets see dhww🩶
And I’m thr girl who gives comments in Mal’s name
🥹🫶🏻
mi part ves vrh reethi. curiously waiting for the next part
Jazaakillah khaid lilyyy🥹🫶🏻
In sha allah next sooon🩶
Another deathh??? Damnn gurrlll 😭 waiting for next ep
Omg yes 💔💔
In sha allah next soon stay tuned 🩶🩶