
ސައިކޯ – 2

10:34
އެވަގުތު، ކަޅު ކުލައިގެ އަބާޔާ އަކާއި އެކު ކަޅު ކުލައިގެން ޝޯލްއެއް އަޅައިގެން ހުރި ކައިރާ ކޮޓަރިއަށް ވަނެވެ. ކިއިޝާއާއި ކައިރާއަކީ އެއްމާބަނޑު ދެބެންނެވެ. ސިފައަށް ބަލާ ނަމަ ދެމީހުންގެ އެއްވެސް ތަފާތެއް ނެތެވެ. ދެމީހުން ފާހަގަ ކުރަނީވެސް ކައިރާގެ ކަނާއަތުގެ ހުޅުގައި އިންނަ ކަޅު ތިލަ އިންނެވެ. އެނޫން އެއްވެސް ތަފާތެއް ދެމީހުންގެ ސިފަ އަކު ނުހުރެއެވެ.
(2 ވަނަ ބައި)
“އެހެން ވިޔަސް އުޅުމަށް ބަލާނަމަ ދެމީހުން އުޑާ ބިމާހާ ތަފާތެވެ. ކިއިޝާއަކީ ހުރިހާ ކަމެއްވެސް ފަހު ވަގުތުގައި ކުރާ ކުއްޖެކެވެ. އެހާމެ އަނގަވެސް ގަދަވާނެއެވެ. ހީވާނީ ދެން ދަބަރު ޖަހައި ފާނެތީ އުޅޭ ހެންނެވެ. އެހެން ވިޔަސް ކައިރާއަކީ ކުރަން ޖެހޭ ހުރިހާ ކަމެއް ވަގުތުގައި ނިންމާ ގަޑިއަށް ސަމާލުކަން ދޭ ކުއްޖެކެވެ. ބުނާނީވެސް ކޮންމެހެން ބުނަން ޖެހޭ އެއްޗެކެވެ. އެހާމެ ބަސް މަދުވާނެއެވެ. ވާހަކަ ދެއްކިޔަސް ހީވާނީ ދައް ފަޔަށް ވާހަކަ ދައްކާ ހެންނެވެ. ވާހަކަ ދައްކާނީ އެހާ މަޑުންނެވެ. ކިއިޝާ ހެން އަޑު ބާރުކޮށްފައި ހުންނަ ރޭޑިއޯއެއް ހެނެއް ނޫނެވެ.
“ދޭންން ކިއާ ނުވާނެ ދޯ އެހެން ބުނާކަށް” ތުންކޮޅު އޫކޮށްލަމުން ކިއިޝާ ޝަކުވާ ކޮށްލިއެވެ.
“ހަހަ. ކޫއާއި ހުރެއޭ އަހަރެން ކޮންމެ ދުވަހަކު ގަޑި ޖެހެނީ..” ދޫ ނެރެ ލަމުން ކައިރާ ބުނެލިއެވެ.
ކިއިޝާއާ ކައިރާ ތަފާތު އެކި ވާހަކަ ދައްކަމުން ތިރިއަށް ފޭބި އިރު އެދެކުދިންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޒެނީޝާ އެތަނުގައި ހުއްޓެވެ. މެރޫން ކުލައިގެ އަބާޔާ އަކާއި އެކު މެރޫން ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ޒެނީޝާއަކީ ދިގު ކުއްޖެކެވެ. ގައިގަނޑަކަށް 5 ފޫޓު 6 އިންޗި ހުންނާނެވެ. އޭނާ ގާތުގައި ކިއިޝާއާއި ކައިރާ ތިބޭ އިރު ހީވާނީ ކުޑަކުދިން ހެންނެވެ. “އަދި ކިރިޔާ ދޯ ނިކުންނަން އެނގުނީ؟ މިހާރު މަގޭ ދެފައި ކޮޅުން ބަންގި ގޮވާ އެބަ” ޒެނީޝާ ޝަކުވާ ކޮށްލިއެވެ.
“ހޫމް ސޮރީއޭ” ޒެނީޝާގެ އަތުގައި އެލި ގަންނަމުން ކިއިޝާ ބުންޏެވެ. ދެމީހުންގެ ފަހަތުން ކައިރާ ވެސް ހިނގައިގަތެވެ. މާ ގައިގޯޅި ވެގެން އުޅުމަކީ އޭނާ މާ ކުރާ ހިތްވާ ކަމެއް ނޫނެވެ.
ކުލާހަށް ވަދެ ދަބަސްތައް ބަހައްޓާފައި ތިން އެކުވެރިން ބޭރަށް ނިކުތީ އެސެންބްލީއަށް ދިޔުމަށެވެ. ދުވަހަކީ ސައިރިކްސް ކޮލެޖަށް 33 އަހަރުވީ ދުވަސް ކަމުން އެދުވަހު ބާއްވާފައި އޮތް އެސެންބްލީއަށް ހުރިހާ ކުދިންތައް ވެސް ދަމުން ދިޔައެވެ.
އެވަގުތު ދުވަމުން ދުވަމުން އައި އައިދާން ފެނިފައި ތިން ކުދިންނަށްވެސް ހެވުނެވެ. އުމުރުން 18 އަހަރުގެ އައިދާންއަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. އޭނާގެ ރީތި ސޫރައަކީ ކޮލެޖުގެ ހުރިހާ އަންހެން ކުދިންނަށްވެސް ކަމުދާ ސިފައެކެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އައިދާންއަކީ ކޮންމެ ދުވަހަކުވެސް ގަވައިދުން ޖިމަށް ދާ މީހެކެވެ. އެކަން އޭނާއަށް ބަލައިލާފައިވެސް އިނގެއެވެ. ހަށިގަނޑުގެ ބައްޓަން ނޫނަސްވެސް، އޭނާގެ މޫނުމަތީގައިވެސް ވަނީ ތަފާތު ރީތިކަމެކެވެ. އޭނާ ބޮޑަށް ވައްތަރީވެސް ބޭރު މީހަކަށެވެ. ދޮންދޮން ހަންގަނޑަކާއި އެކު ކުޑަކުޑަ ދެލޮލެއް ލިބިފައި ވިއެވެ. ހީލާ އިރު ކަނާތު ކޮލަށް އަރާ އަޑިކޮޅު ފެނިފައިވެސް އަންހެން ކުދިން އަތާ ފައި އޮޅޭ ވަރުވެއެވެ. އައިދާން އަބަދު ކިއިޝާ، ކައިރާ އަދި ޒެނީޝާއާއި އެކު އުޅޭތީ އެ ތިން އަންހެން ކުދިންނަށް ނަފުރަތު ކުރާ އަންހެން ކުދިންވެސް ވަކި މަދެއް ނޫނެވެ. އެހެން ވިޔަސް އެކަމަކާ އެކުދިން އަޅައެއް ނުލައެވެ. ހުރިހާ ކުދިންނަކީ ވެސް ސައިކޮލޮޖީ ކިޔަވާ ކުދިން ކަމުން އަބަދުހެން އުޅެން ޖެހެނީވެސް އެކުގައެވެ. އެދެމެދުގައި އެކުވެރިކަން އުފެދުނީވެސް އެހެން ވެގެންނެވެ.
“ސާބަހޭ އައިދުއަށް. ކޮންމެ ދުވަހަކު ތެޅެމުން ފޮޅެމުން. އަވަސް ކުރޭ ހަހަ” އައިދާންގެ ކޮނޑުގައި ޖަހައިލަމުން ކިއިޝާ ދިމާ ކޮށްލިއެވެ.
“އޭ މިއަދު އެއްކަލަ ނައިކާ ކޮބާބާ؟ ބަލިވިޔަސް ނޭފަތް ދަމަމުން ދަމަމުން އަންނަ ގޮއްޔެއް ވިއްޔަ އެއީ. ނެތް ދޯ މިއަދަކު؟” ދެފަރާތް ބަލާލާފައި ޒެނީޝާ ބުންޏެވެ.
“އާން އެހެން ބުނަން މިއުޅެނީ. ނައިކާއަށް ނުބައި ފަރާތުން އިރު އެރި ދުވަހެއް ކަންނޭނގެ” ކިއިޝާ ވެސް ޒެނީޝާގެ ވާހަކައިގައި ބައިވެރިވެލިއެވެ. އޭރުވެސް ކައިރާ ހުރީ މަޑުމަޑުންނެވެ. ޒެނީޝާއާއި ކިއިޝާ ދައްކާ ވާހަކަތައް އަޑު އަހަމުން ބޯ ޖަހައިލާ ޖަހައިލައެވެ.
“ކިޔަވާ ހިތް ކެނޑުނީ ކަންނޭނގެ ހެހެ. މަ ހިތަށް އަރާ އެއީ ބޮޓެއް ބާއޭ. އަބަދު ކިޔަވަނީ.. ފޫއްސެއްވެސް ނުވޭތަ” ޒެނީޝާ ބޯ ހޫރުވާލަމުން ބުންޏެވެ. އެވަގުތު ގުރްއާނުގެ މޫރިތި ކަލިމަތަކުގެ އަޑު އިވުމުން ކިއިޝާއާއި ޒެނީޝާގެ ވާހަކަ ހުއްޓުނެވެ.
އެސެންބްލީ ގަޑި ނިމުމުން ހުރިހާ ކުދިންތައް ކުލާހަށް ވަދެ ކިޔެވުމައިގެން ކުރިއަށް ދާން ފެށުނެވެ. އެއާއި އެކު ކުދިންތައް ފާހާނާއަށް އަންނަން ފެށުމުގެ ކުރިން ފާހާނާ ސާފު ކޮށްލުމަށް މަސައްކަތު މީހުންތައް ދާން ފެށިއެވެ. ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ފެން ބުރާފައި ވުމުންނެވެ. ކުދިންތައް ސަކަރާތުގައި ވަދެ އުޅެނިކޮށް އަނިޔާވެސް ވެދާނެތީއެވެ. މިހާރު ކުދިން ދެން ފާހާނާއަށް ވެސް ދަނީ ލޯގަނޑު ކުރިމަތީ ފޮޓޯ ނެގުމަށާއި މޭކަޕު ރީތިކޮށްލާ ސަކަރާތް ޖަހާށެވެ. ހަގީގީ ބޭނުމަކު ގައިމުވެސް ނާންނާނެއެވެ.
އެގޮތުގައި ފަހަރަކު ފާހާނާއެއް ސާފު ކުރަމުން ދިޔަ އާލިމްގެ ފިޔަވަޅުތަށް މަޑު ޖެހުނީ ފާހާނާގެ ދޮރު ދަށުން ލޭ ފެނުމުންނެވެ. މުޅި ހަށިގަނޑުން ހީބިހި އަރައި ގައިން އިރު ދެލޯ ބޮޑު ވެލީ އެލޭ ތަށް ހިކިފައި ހުރުމުންނެވެ. އެހެންވެ އެއީ މިއިން އިރަކު އެތަނުގައި ހޭކުނު ލެޔެއް ނޫންކަން އާލިމް އަށް އެނގުނެވެ. ގައިމު ރޭގައިވެސް އޭނާ މިތަން ސާފު ކުރިއެވެ. އޭރަކު މިތާކު އެއްވެސް އެއްޗެއް ނުހުންނާނެއެވެ.
ބިރުން ހުރެ އާލިމް ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. އަދި އެދޮރު ހުޅުވާލިއެވެ. އެއާއި އެކު ފެނުނު މަންޒަރުން އާލިމްއަށް ދެލޮލުގައި އަތް އެޅުނު އިރު ހަޅޭ ލަވައިގަނެވުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެއީ އޭނާގެ ކޮއްކޮ ނާޒިމްގެ ދަރިފުޅެވެ. އާއެކެވެ. ނައިކާއެވެ.
ނައިކާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތް އިރު ހަށިގަނޑުގެ އެތަން މިތާގައި ވަޅި އަޅުވާފަ އިވީ ކަމުގެ ނިޝާން ހުއްޓެވެ. ބަނޑު ކޮށާލެވިފައިވާ އިރު ބޮޑު ގޮހޮރުވެސް ވަނީ ނިކުމެފައެވެ. ގަންނަ ކުރެއްވީ ބިރުން އާލިމްއަށް ޝަހާދަތް ކިޔެން ފެށިއެވެ. ތުރުތުރުލަމުން ދިޔަ އަތުން ވެސް އޭނާ ކެތް ކޮށްލާފައި ގެންގުޅުނު ކުޑަ ތުވާލި ކޮޅު ނައިކާގެ ހަށިގަނޑުގައި އަޅާލީ ލޯބިވާ ކޮއްކޮގެ އައުރަ ގިނަ ބަޔަކަށް ނުދައްކާށެވެ. އާލިމްގެ އެއަޑަށް މީހުންތައް އެއްވާން ފެށިއެވެ. ހޮސްޕިޓަލަށާއި ފުލުހަށް އަވަސް ގޮތުގައި ގުޅުނެވެ.
ސްޓްރެޗަރަކަށް ލައިގެން ހުދު ފޮތިގަނޑުގައި ވަންހަނާ ކޮށްގެން ފާހާނާއިން ނެރެވުނު ގަބުރާއި ދިމާލަށް ކޮލެޖުގެ ކުދިންގެ ލޯތަށް ހުއްޓެން ފެށިއެވެ. އޭރު ކުލާސް ތެރޭގައި އެއީ ނައިކާގެ ހަށިގަނޑު ކަމަށް ބުނަމުން ދިޔައެވެ. ފާހާނާއަށް ދިޔަ ކުއްޖަކަށް އެމަންޒަރު ފެނުމުންނެވެ.
“ސުބްޙާނައްﷲ … ކާކު…؟ ކީއްވެ…؟ ކީއްވެ ނައިކާ މަރާލަންވީ…؟” ޖާލީ ދޮރުން ބޭރުން އޭރު ނައިކާގެ ހަށިގަނޑު ގެންދަމުން ދާތަން ފެންނަމުން ދާތީވެ ކިއިޝާ އިނީ ބޭރު ބަލާށެވެ. އޭނާ ކޮއްޓާލާ ޒެނީޝާގެ އަތުގައެވެ.
“އަޅޭ.. އެހެން އަހަރެން ވެސް ހަމަ މި ހިތަށް އަރަނީ…” ޒެނީޝާގެ އަޑުގައިވީ ހަމްދަރުދީއެވެ. މާ ގާތް ގުޅުމެއް ނެތް ނަމަވެސް ދަންނަ މީހަކު ނިޔާވީ ޙަބަރު ލިބުމުން އަސަރު ކުރާނެތާއެވެ.
“އަހަރެން މި ގުރޫޕަށް ލީ ނައިކާގެ ވާހަކަ ދައްކަންތަ؟ ނޫނީ ފިލާވަޅު ހަދަންތަ؟” އެމީހުންް އޭރު ތިބީ ގުރޫޕް މަސައްކަތެއް ކުރާށެވެ. ތިން މީހުންގެ ވާހަކަ އަހަން އިނދެފައި ނިޔަލް އެހިއެވެ. އުމުރުން 19 އަހަރުގެ ނިޔަލްއަކީ ސިއްރު ސިއްރުން އުޅޭ ކުއްޖެކެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކާނެއެވެ. ރައްޓެއްސެއް ނުގެންގުޅޭނެއެވެ. އަބަދުވެސް އިންނާނީ އެކަންޏެވެ. “ދެން… ނިޔަލްގެ ތި ރުންކުރު ގޮތް ގަނޑުގަ އިތަ މިގަޑީވެސް އިންނާނީ؟ ނައިކާ އެއީ ގައިމު އަހަރެމެން ކުލާސް ކުއްޖެކޭ ނުން؟” ޒެނީޝާ ނައިކާގެ ދިފާއުގައި ތެދުވިއެވެ.
“ކީއްވެ އަހަރެން ދެރަވާންވީ؟ ކީއްވެ އަހަރެން ބިރުގަންނަންވީ؟ މަށެއް ނޫން އޭނަ މަރާލީ؟” އެއްބުމަ ހިއްލާލަމުން ނިޔަލް ބަލައިލީ ސީދާ ޒެނީޝާގެ ދެލޮލަށެވެ. “ސައިކޯޕެތްސް… މެނިޕިއުލޭޓިންގ ގަ އެއްވަނަ.. އަހަރެމެންނަށް ކިހިނެއް އެނގެނީ ޒެނީޝާ ނޫން ކަމެއް ނައިކާ މަރާލީ…؟ ތީ އަބަދުވެސް ނައިކާ މާ ވަރަށޭ ކިޔަވަނީ ކިޔާ މީހެއް. ދެން ކޮބާ..؟ މިދިޔަ ހަފުތާ އަހަރެމެން ސައިކޯޕެތްސް ފިލާ ވަޅު ކިޔެވީ.. ރާއްޖޭގަ އެންމެ ފަހުން ސައިކޯޕެތް ވޭދަނައެއް ފުލުހުން ބެލީ ހދ ކުޅުދުއްފުށީގަ. އަހުމަދު ދިޔާން ޖިޒާލް.. ދިޔާންއާއި ބެހޭ ގޮތުން ވެސް އަހަރެމެން ކޭސް ސްޓަޑީ ހެދީ މިދިޔަ ހަފުތާ.. ދެން މިއަދު… ނައިކާ މަރުވީ…؟ ދެން…؟ އިއްތިފާގެއް…؟” ހަރަން ބަނދެލަމުން ނިޔަލް ގޮނޑީގައި ލެނގިލިއެވެ. އެދެލޮލުގައި މިހާރު ވީ ކޮން ކަހަލަ އިހުސާސެއް ކަމެއް ބުނާކަށްވެސް ނޭނގެއެވެ.
ނިޔަލްގެ ޖަވާބާއި އެކު ޒެނީޝާ އަނގަ ބަންދު ވިޔެވެ. ދެން އެއްވެސް އެއްޗެއް ބުނާކަށް ނުކުރެވުނެވެ. “އަމްމް.. އެކްސްޕޯޝާ ތެރަޕީ ދޯ އަހަރެމެންނަށް މީނީ؟” ކަރު ކެހި ލާފައި އައިދާން ވާހަކަ ދައްކަން ފެށިއެވެ. ކައިރާ، ޒެނީޝާގެ އަތުގައި ހިފާލަމުން އަޅާނުލުމަށް ބުނެލިއެވެ.
ނައިކާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނު އިރު ފުލުހުންވެސް އެތަނަށް ވާސިލް ވެއްޖެއެވެ. ނައިކާގެ މަންމައާއި ބައްޕަވެސް އެތަނުގައި ތިއްބެވެ. ހުރި ހަމަ އެކަނި ދަރިފުޅު އެހާލުގައި އޮތުމުން ނާޒިމްގެ ހިތްވެސް ވަނީ ކުދި ކުދި ވެފައެވެ. ނަމަވެސް ރޮމުން ދިޔަ ލޯބިވާ އަނބިމީހާ ސަފީނާ ކުރިމަތީގައި ނާޒިމް ދިޔައީ ކެތް ކުރަން މަސައްކަތް ކުރަމުންނެވެ.
“މިއީ އާދައިގެ މަރެއް ނޫން… އަޅުގަނޑުމެން އޮޓޮޕްސީއެއް ހަދަން ބޭނުންވޭ… އަޅުގަނޑުމެނަށް އެއްބާރުލުން ދެއްވާ…” ނައިކާގެ ވޭދަނަ އިގައި އިސްވެ ހުރި ކައިޔަން ބުންޏެވެ.
“ހެޔޮނުވާނެ.. ކޮންމެ ގޮތެއް ހަދައިގެންވެސް އަޅުގަނޑުގެ ދަރިފުޅަށް އެހެން ހެދި މީހެއް ހޯދައިދީ.. އެމީހަކަށް ހައްގު އަދަބު ދެއްވާ…” ނާޒިމް ބުންޏެވެ.
“ލައްބަ.. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން..” ހިނިތުންވެލަމުން ކައިޔަން އެއްފަރާތަކަށް ޖެހިލިއެވެ. އަދި ކޮންމެވެސް ނަންބަރަކަށް ގުޅާލިއެވެ.
“އައްސަލާމު އަލައިކުމް، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އިންޗާޖު ޔޫސުފް އެޒިކިއެލް އަލާން ވާހަކަ ދައްކަނީ” ދާއިޔަލް އަދި ޔައުލާންއާއި އެކުގައި ކޮފީއެއްގައި އިން އެޒިކިއެލް ކަންފަތުގައި ފޯނު ޖައްސާލަމުން ވާހަކަ ދެއްކިއެވެ.
ޒުވާން އުމުރުގެ މީހެއް ދޮރު ހުޅުވާލާފައި ކުޑަ ކޮޓަރިއަކަށް ވަނެވެ. ޓިނުން ހަދާފައި ހުރި އެދޮރުގައި ދަބަރު ޖަހާފައި ހުރުމުން ބޮލަށް އުނދަގޫ ވާކަހަލަ އަޑެއް މުޅި ކޮޓަރި ތެރޭގައި އިއްވާލިއެވެ. ކޮޓަރި ތެރޭގައި ލުއި އަލިކަމެއް ވީއިރު މޭޒުމަތީގައި ޒުވާން އަންހެން ކުދިންގެ ފޮޓޯ ތަކެއް ހުއްޓެވެ. އެފޮޓޯ ތަކުގެ ތެރޭގައި ނައިކާގެ ފޮޓޯވެސް ހިމެނުނެވެ. ނައިކާގެ ފޮޓޯ އޭނާ ނެގި އިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވިޔެވެ.
(ނުނިމޭ)
ތިންވަނަބައިގެ ތެރެއިން:
“ނައިކާގެ ވޭދަނަ ބަލަން ވެގެން އެ ދިޔާންގެ ވޭދަނަ ބެލި ފުލުހުންވެސް މިކޮޅަށް އަންނަނީއޭ ވެސް ކީ..” ކުރިމަތީގައި އޮތް މާސިންގާ ކަނޑާއި ދިމާލަށް ބަލަން އިނދެ އައިދާން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (12)
Comments are closed.
Waait. Isnt that vaathee hithaku loabi mamman vefaa ge ulhunu characters. I feel like niyal ey ekan kureee. Anyways story varah reethi. MA. Curiously waiting for next part???
kekekekekeke yesss.. they are like guest/side characters mi stry ga.. hehe lets see dhww dhn engidhaanethaa kaaku kameh.. in sha allah next soon.. jazaakillah khair miss rose🥹🩶
Mi part ves vrh reethi mashallah
When is next part im so curious
Cant wait for next
Keep it up
Jazaakillah khair dear.. in sha allah next is very soon🩶🩶
OMG coooll!!
Alheyyy ellu, yau and dhaai vx mi story ga eba ulhey dhw🙈
Vrh reethi mi part MA✨and
Naika was killed?? First vx crime encounter eh dhw?
Waiting for next!
Lyssm💗
Yaaass🫣🫣 they are like guest/side characters mi storyga.. you’ll know whyy sooon teeheee.. well.. not soon but ingeyne before it ends ahhah
Yeppp Naika is ☹️…
Next in sha allah soon
Ilytt🤍🤍
OMGGGGG…VAATHEE HITHAKU LWWBII MAMMAN VEFAAA GE CHARACTERSSSSS YAYYY… FIRST 2 EPS VS VRH VRHH RWWTHII MASHA’ALLAH.. WAITING FOR THE NEXT
Yaaass🫣🫣 jazaakillah khair MaZyyy🫣🩶 in sha allah next soooonn.. mwa🫶🏻
this two parts vrh reethi. curiously waiting for the next..
luv yu shiherr
Jazaakillah khair anonymous 🥹
Next is out noww
Ilyt🫶🏻🫶🏻
Ur storys r always perfect, wish u luck
jazaakillah khair maria 🥹🩶