Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 97

Listen to this story Audio · 7:51 Powered by Esfiya Voice
0:00 7:51

“މަށަށް ތި ލައިލީންއާއި ހުރެ ނޫޅެވިގެން މަ އެކަން ކުރީ!!! އެންމެ ރެއަކު މަ އޭނަ ގޮވައިގެން އެނދަށް އެރިއޭ ކިޔާފަ ‘ހަގީގީ ލޯބި’ ވެވޭތަ؟؟ ދެން ބުނީ ކީކޭ؟ ދާނަމޭ ޔޫޒާ ގާތަށްވެސް. ދެވަނަ އަންބަށް ވިޔަސް އިންނަން ބޭނުމޯ. ބޮޑު މުސީބާތެއް ކަހަލަ އެއްޗެއް އެއީ” ދެއަތް މުއްކަވާލަމުން ދިޔާން ބުންޏެވެ. އޭނާގެ ތޫނު ނިޔަފަތިތައް އަތުގެ ހަމަށް ހެރި ލޭ ފައިބަން ފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

(97 ވަނަ ބައި)

އެއްކައިރިއަށް ޖެހިލަމުން މިއުވާން ގުޅައިލީ ޔައުލާންއަށެވެ. މުޅި ސްޓޭޝަނުގައިވެސް ޓެކް ކަންކަންމުގައި އެންމެ މޮޅު ފުލުހަކީ އޭނާއަށް ވުމުންނެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ މީ ފަސޭހައިން ނިމޭނެ ވޭދަނައަކަށް ނުވާނެތީއެވެ.

“ހަލޯ؟” ފުރަތަމަ ރިންގާއި އެކު ޔައުލާން ފޯނު ނެގިއެވެ.

“އަކިޔަލްގެ ފޯނު އޮންނާނެ ހެކިތައް އަޅާފަ ހުރި ފޮށި ތެރޭގަ. އެ ފޯނު ބަލާބަލަ.. އަކިޔަލް ބުނާ ގޮތުން ނަމަ އެއްކަލަ އިރު ބޭރަށް ދާން ފުރި ބޯޓު ވައްޓާލުންވެސް އެއީ މިމީހުންގެ ރޭވުމެއް. އެކަން ކުރީ ޒާވިލް ކަމަށް ވަނީ..” އަކިޔަލްއާއި ދިމާލަށް ވަށްކަޅިން ބަލައިލަމުން މިއުވާން ބުނެލިއެވެ.

***

“މިހާރު މަގޭ ދެދަރިން ދެކޭ ހިތުން ކެތް ވަނީކީ ނޫން.. ދަރިފުޅުމެން ދެން އަވަހަށް ނިކުންނަން އުޅޭ” ލަޝްކާގެ ފައި މޮޑެލަދޭން އިން ލީރާ ދައްކަމުން ދިޔައީ ކޮންމެ ދުވަހަކުވެސް އޭނާ ދައްކާ ވާހަކައެވެ. ލަޝްކާ ހޭލުމުން ދާއިޔަލް މިއަދު އޭނާ ފޮނުވީ ލީރާ މެން ގެއަށެވެ. ދިޔާން ހައްޔަރު ކުރާ މަންޒަރު އޭނާއަށް ނުދައްކަން ވެގެންނެވެ.

“ސާބަސް މަންމައަށް. ދެން ނެތެއް ނުން ﷲ އިރާދަ ކުރެއްވިއްޔާ މާ ދުވަހެއް؟” އަތުގައި އިން ކުޑަ ތަށިން މޭބިސް ކަދުރެއް ނަގާ އަނގައަށް ލަމުން ލަޝްކާ ބުނެލިއެވެ.

“ހެހެ އާން.. އެކަމަކުވެސް ހަމަ ކެތް މަދުވަނީއޭ ދަރިފުޅާ.. މީ މަންމަ ހާދަ އިންތިޒާރު ކުރި ދުވަހެކޭ.. ދަރިފުޅު އުފަލުގައި އުޅޭތަން ފެނުމުން މަންމައަށްވެސް ބަޔާން ނުކުރެވޭ ވަރުގެ އުފާވެރިކަމެއް ހަމަ ލިބޭފަދަ. މަންމަ ވަރަށް އުފާވޭ..” ލަޝްކާގެ ބޮޑު ބަނޑުގައި ފިރުމާލަމުން ލީރާ ބުނެލިއެވެ.

“މަންމަ އުފަލުގައި އުޅޭތީ ލަޝް ވެސް ވަރަށް އުފާވޭ… ހުރިހާ ޝުކުރެއް ދާއިއަށް.. އޭނާ ހާދަ ރަނގަޅޭ މަންމާ… ކޮންމެ ދުވަހަކުވެސް ކާން ބޭނުން ވެގެން ބުނި އެއްޗެއް ހޯދަ ދޭނެ. ދަންވަރުވެސް ބަނޑުހައިވެގެން އުޅުނީއާއި ބުނި އެއްޗެއް ކައްކަ ދޭނެ.. އާންމުކޮށް ލަޝް ކާން ބޭނުންވާ އެއްޗެހި ކައްކަން ބޭނުންވާ ހުރިހާ އެއްޗެއް ހުސް ނުކޮށް ގޭގަ ބަހައްޓާނެ.. ކޮންމެ ދުވަހަކު ލަޝްއަށް މަރިޔަމް ސޫރަތް ކިޔައިދޭނެ. މި ދެކުދިންނަށް އިވޭ ވަރަށް ޝަހާދަތްވެސް ކިޔާދޭނެ ނިދަން އޮށޯންނަމުން.. ކޮންމެ ދުވަހަކުވެސް ހޭލާއިރު، ލަޝްގެ ބަނޑުގަ އޮންނާނީވެސް ދާއިގެ އަތް.. މިހެން ދެން ހަމަ ކިޔަންވީ.. ވަރަށް ހެޔޮ..” ހިނިތުންވެލައިގެން އިނދެ ލަޝްކާ ކިޔައިދިނެވެ.

އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ލީރާގެ އަނގަ ލެއްޕުނީ ދޮރު ހުޅުވުމުންނެވެ. ރޮމުން ރޮމުން ވައިން ޔޫޒާ ފެނި ލަޝްކާއަށް ކޮޅަށް ތެދުވެވުނެވެ. ރޮވޭ ނުރޮވޭ ހާލުގައި ހުރި ޔޫއާލް ފެނި ދެމީހުން ވާހަކަ ދައްކާލަން ފުރުސަތު ދީފައި، ޔޫއާލް ގޮވައިގެން ލީރާ ވަނީ ކޮޓަރިއަށެވެ.

“ލަޝް…” ޔޫއާލް ގޮވައިގެން ލީރާ ކޮޓަރިއަށް ވަނުމުން ޔޫޒާ ދުވެފައި ގޮސް ލަޝްކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“ދޮންބެ ދައްތާ… ކިހިނެއްތަ ވީ؟ ހަމަ ޖެހިބަލަ.. ނުރޮއެ.. ކިހިނެއްވީތަ؟ ވާހަކަ ދެއްކީ މައޭނުން އިނގޭނީވެސް..؟” ޔޫޒާ ގޮވައިގެން ލަޝްކާ ސޯފާގައި އިށީނެވެ.

“ލަޝް… ކޮއްކޮއާއި އަދި ދެ ފުލުހަކާ އައިސް.. ދިޔާން… ދިޔާން ހައްޔަރު ކޮށްފި…” ޔޫޒާއަށް އަނެއްކާވެސް ރޮއެގަނެވުނެވެ.

“އޭން؟؟ ކީކޭތަ ތި ކިޔަނީ؟ ދާއީ ނުކިޔާ ތިކަހަލަ އެއްޗެއް..” ލަޝްކާ ފޯނު ނަގަމުން އަވަސް އަވަހަށް ދާއިޔަލްއަށް ގުޅިއެވެ. އޭރުވެސް ޔޫޒާ އިނދެގެން ހަމަ ރޮނީއެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދާއިޔަލް ފޯނު ނެގިއެވެ. “ދާއީ.. ކިހިނެއްތަ މި ވަނީ؟ ކީއްވެ ދޮންބެ ހައްޔަރު ކުރީ؟ ކިހިނެއްތަ މިވަނީ…؟” ލަޝްކާ އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ.

“ލަޝް.. ހަމަ ޖެހިބަލަ.. ދޮންބެ… އެއްކަލަ އިރު ދާއީއަށް ފެނުނެއްނުން މަރުވެފައި އޮތް އަންހެން ކުއްޖެއް؟ ލައިލީން..؟ އެކުއްޖާ މަރާލީ ދޮންބެ.. އެކަމަށް މިހާރު ދޮންބެ އެއްބަސްވެސް ވެއްޖެ.. ދެން.. އެލާރާ.. އެލާރާ ރޭޕުކޮށް ލީވެސް ދޮންބެ.. އެކަމަށްވެސް ހެކި ލިބިއްޖެ.. އަލައިރާ އެއީ ދޮންބެގެ ދަރިއެއް…”

ދާއިޔަލްގެ ޖަވާބު އިވި ލަޝްކާއާއި ޔޫޒާގެ އަނގަ ބޮޑުވިއެވެ. ލަޝްކާ ވީ ހައިރާނެވެ. ގަބޫލެއްވެސް ނުކުރެވުނެވެ. ގޭތެރޭގައި އެހާ ސަކަރާތް ޖަހާ އުޅުން މީހަކު އެހާ އަނިޔާވެރިވީ ވާހަކަ އެނގުމުން ގަބޫލެއްވެސް ނުކުރެވުނެވެ. އެހެންވިޔަސް މިހާރު ޔޫޒާގެ މޫނުމަތިން ހިތާމައެއް ނުފެނެއެވެ. ފެންނަނީ ރުޅިވެރިކަމެވެ.

“އަހަރެން ބޭނުމެއް ނޫން އެކަހަލަ މީހަކާއި އެކު އުޅޭކަށް.. އަހަރެން ބޭނުމީ ވަރިވާން.. ކޮއްކޮ މަށަށް މިކަމުގައި އެހީވެދޭނަން ދޯ؟” ހިތްވަރު ކޮށްލާފައި ޔޫޒާ ބުންޏެވެ.

“ހާން.. އަހަރެންވެސް ދެން ބޭނުމެއް ނޫން އެ ދިޔާންއާއި އެއްވެސް ގުޅުމެއް ބާއްވާކަށް” ދާއިޔަލްގެ އަޑުގައިވެސް ވީ ރުޅިވެރިކަމެވެ.

“ނޫން ދާއީ.. ތީ އެއްބަނޑު އެއްބަފާ ދެބެން.. ތިހެން އާއިލީ ގުޅުން ކަނޑާކަށް ނުވާނެ…” ލަޝްކާ ނަސޭހަތް ލައިދިނެވެ.

“ނޫން ލަޝް… ތިހެން ނުބުނޭ.. ދޮންބެ ދައްތައަށް ވެސް އިނގޭނެ.. ދާއީއާއި ދޮންބެއާއި މީ އެއްބަނޑު އެއްބަފާ ދެމީހުނެއް ނޫން.. މީ އެއްބަފާ ދެމީހުން…” އަނެއްކާވެސް ލަޝްކާއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.

“އަހަރެން މިރޭ ނިދާ ގަޑީގައި ތަފުސީލުކޮށް ކިޔައިދޭނަން.. އިހަށް ބާއްވަނީ އިނގޭ؟ ޔައު އެބަ އާދޭ އަކިޔަލްއާއި ދިޔާންގެ ފޯނު ބަލާފަ.. ސްޓޭޝަނުގަ މިއުޅެނީ” ދާއިޔަލް ބުނެލިއެވެ. އެއްބަސްވެފައި ލަޝްކާ ފޯނު ބޭއްވިއެވެ.

“ލަޝް…؟” ޔޫޒާ މަޑުމަޑުން ގޮވައިލިއެވެ. ލަޝްކާ އެއްބުމަ ހިއްލާލިއެވެ.

“އަހަރެން ބޭނުން އަލައިރާއާއި ބައްދަލު ކޮށްލަން.. ކޮންމެ ގޮތެއްވިޔަސް މަގޭ ޔޫއާލްއާއި އަލައިރާއާއި އެއީ އެއްލޭ ޕްލީޒް…” ލަޝްކާގެ އަތުގައި ހިފާލަމުން ޔޫޒާ އެދުނެވެ. ޔޫޒާގެ ދެލޮލުން އޭރު ފެންނަމުން ދިޔައީ އަލައިރާ އަށްޓަކައިވީ ސާފު ތެދުވެރި ލޯތްބެވެ. މިމަންޒަރު ފެނި ލަޝްކާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ކުރެހުނެވެ.

ކުޑަކުޑަ އަލައިރާ އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މިކްޔާ އުޅުނީ އެކުއްޖާ ހުއްޓާ ނުލައި ގެންނެވެ. އެދުވަސްކޮޅު ޔާޝާއާއި އަލާންވެސް އުޅުނީ މާލޭގައެވެ. ގޭގައި އެއްވެސް މީހަކު ނެތުމުން އެކުއްޖާ އުރާލަން ދޭނެ މީހެއްވެސް ނެތެވެ. އަލައިރާ އެ ރޮނީ ބަނޑުހައި ވެގެންކަން އޭނާއަށް އިނގެއެވެ. އެކަމަކު ބުއްފުޅި ގިރަނީ ވެސް ކިހިނެއް ހެއްޔެވެ؟ އެނދުގައި ބޭއްވުމުން މާ ގަދައަށް ރޮއެއެވެ.

ލަޝްކާ އަދި ޔޫޒާ ސަލާމް ގޮވާލަމުން ކޮޓަރިއަށް ވަނީވެސް އެވަގުތެވެ. “މާތްކަލާކޯ ކީއްވެތަ މާ ވަރަކަށް މި ރޮނީ..” ލަޝްކާ އައިސް އަލައިރާ އުރާލިއެވެ.

“ބަނޑުހައި ވެގެން އެ ރޮނީ.. ރޯ ވަރުން ދޯ ބުއްފުޅިވެސް ނުގިރިފަ މިހުރީ. ލަޝް މަޑުކޮށްލާ އިނގޭ އަލައި ގޮވައިގެން. އެބަ ގިރާލަން” ލަޝްކާ ކައިރީ ހުރި ޔޫޒާއަށް ހިނިތުން ވެލަމުން މިކްޔާ ބުނެލިއެވެ.

“މިކްޔާ ނޫން..” މިކްޔާ ހުއްޓުވީ ޔޫޒާއެވެ. “އެއީ އަހަރެންގެ ފިރިމީހާގެ ލޭ… އަހަރެން ދެކޭނީ ތީ އަހަރެންގެ ވެސް ދަރިއެއްގެ ގޮތުގަ… އަހަރެން ގާތުން އެކުއްޖާ ބަނޑު ފުރާލަ ދިނަ ދީ..” މިކްޔާގެ އަތުގައި ހިފާލަމުން ޔޫޒާ މަޑުމަޑުން ބުނެލިއެވެ.

(ނުނިމޭ)

ނުވަދިހައަށްވަނަބައިގެ ތެރެއިން:

“ތީ އަހަރެން ޒައިކް އަށް ދޭ އަމާނާތެއް… އަހަރެން ދުނިޔޭގައި ހުއްޓާ ތި ނުހުޅުވާތި.. ތި ގަނޑުކޮޅުގައިވެސް އޮންނާނީ އަހަރެންގެ އަމާނާތެއް.. އަހަރެން ކުރާ ވަސިއްޔަތެއް.. އުއްމީދު ކުރަން އެ ވަސިއްޔަތަށް…” ކެއްސައި ގަނެފައި އަޒީންގެ އަނގައި ލޭތައް ނިކުންނަން ފެށިއެވެ. އޭނާގެ ހަށިގަނޑަށް ގުޅުވާފައި ހުރި މެޝިނުތަކުގެ އަޑުވެސް ބާރު ވާން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. MaZy

    What’s happeningg to Azeen😭😭
    Masha’Allah vrh vrh reethii mi ep vs
    Eagerly waiting for the nxt ep🥹🥹

    1. shihaamaa ali
      MaZy

      let’s seeee😭😭😭 next episode ga ingeyne hehe..
      jazaakillah khair MaZy, in sha allah next soon🥹🩶

  2. Exxo

    WOW, this prt definietly ate and left no crumbs
    alheyy Yoozaa n Dhaai haadha dhera vaaneyey, Yau mihaaru ehuree rulhi aisgen raiyvefa dhww Ellu ves
    is Azeen gonna die???????????
    can’t wait for next………
    lysm n pls tc Shihaa

    1. shihaamaa ali
      Exxo

      jazaakillah khair Exxo🥹
      yeaa dhoo dhen ehn thaaa vaanii vess..
      welll,… shihaa akh neynge ahah.. lets see dhww
      stay tuned for next, Exxo, you take care too🥹

  3. Anonymous

    miadhuge part mi kiyaa levuny ves kudakoh lahun. and im so curious about azeen.

    1. shihaamaa ali
      Anonymous

      hehe its okeyy anonymous 🩶
      lets see dhw.. next ep ga ingeynee kyh kan vv.. now it is in contact review

  4. brownbear

    miadhuge part mi kiyaa levuny ves kudakoh lahun. and im so curious about azeen.

    1. shihaamaa ali
      brownbear

      hehe its okeyy brownbear🩶
      lets see dhw.. next ep ga ingeynee kyh kan vv.. now it is in contact review

Comments are closed.