
ހިތުގެ ފުންމިނުން… އަބަދަށްޓަކައި – 2

ޒަޔާން ގެ މައިންބަފައިން އޭނާއަށް އެންމެ ރަނގަޅު ގޮތް ބޭނުންވާކަން އެނގުނަސް އޭނާއަށް މި ބަދަލުވުން ބަލައިގަނާން އުދަނގޫ ކަމަކަށް ވި އެވެ. އޭނާ އަދި މި ކަމަކަށް ތައްޔާރެއް ނޫނެވެ.
part 2
ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެ އާއިލާއިން ވަނީ އެމީހުންގެ ބަދަލުވުމަށް ތައްޔާރުވާން ފަށާފައެވެ. ޒަޔާން ގެ ބައްޕަ މަސައްކަތުގެ ބަދަލު މާލޭ ސިޓީ ކައުންސިލަށް ހަމަޖެއްސިއިރު، މަންމަ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލުވުމަށް ތައްޔާރުވެފަ އެވެ. އަނެއް ކޮޅުން އަޔާން އެމްއެންޑީއެފްގައި އުޅޭތީ އިބްރާހިމް ހުންނަނީ އުފަލުންނެވެ. މަޑުމަޑުން މާލެ ބަދަލުވާ ކަން ޒަޔާން ވެސް ގަބޫލު ކޮއްފި އެވެ. ޒަޔާން އޭނާގެ އެންމެ ގާތް އެކުވެރިންނަށް އެ ޚަބަރު ދިނެއެވެ. ޒަޔާންއަށް ކުރި އިހުސާސް އޭނާ ގެ އެކުވެރިންނަށް ވެސް ކުރި އެވެ. ޒަޔާން އުޅެބޮޑުވި މާހައުލުން ވަކި ވާން ޖެހުމުން ދެރަވި އެވެ.
“މަޑުކޮށްބަލަ، އަސްލު ވެސް މާލޭއަށް ބަދަލުވަނީތަ؟” ޒަޔާން ގެ އެކުވެރި ސާޒިލް ހީކުރީ ޒަޔާން ސަމާސާ ކުރަނީ ކަމުގަ އެވެ.
“އާނ. ފަހަރެއްގައި ގްރޭޑް 9 ފެށުމުގެ ކުރިން.” ޒަޔާން ސީރިޔަސް ކަމާ އެކު ބުނެލި އެވެ.
“ބްރޯ، މިހާރު އަހަރެމެންނާއެކު ފުޓްބޯޅަ ކުޅެން އުޅެނީ ކާކު؟” ނާއިލް ދެރަވެފަ ހުރެ ބުނެލި އެވެ.
“އެހެން މީހަކު ހޯދާނެ އަދި.” ޒަޔާން ބުނެލި އެވެ.
“ބޮޑު ސިޓީ ކުއްޖާ އަހަރެމެންގެ މަތިން ހަނދާން ނައްތާނުލާތި އިނގޭ!” ނާއިލް ބުނެލި އެވެ.
“ހަހަ ހަހަ. އެސް އައި ކުޑް ފޯގްރެޓް ޔޫ އިޑިއަޓްސް.” ޒަޔާން އެތާގެ މޫޑް ރަނގަޅު ކުރެވޭތޯ ބެލިޔެ، ނަމަވެސް އެކަކުވެސް އެއް ކަމެއް ކުރާ ހިތެއް ނުވެފާ ހުއްޓޭ. އެ އެންމެން ހީގަތް ނަމަވެސް ހިތުގެ އަޑިން ޒަޔާންއަށް އެދެމީހުންގެ މަތިން ހަނދާންވާނެކަން އެނގުނެވެ. އޭނާ ވައުދުވީ ގުޅުން ބަދަހިކޮށް، ކުރެވެން އޮތް ކޮންމެ ވަގުތެއްގައި ޒިޔާރަތް ކުރުމަށެވެ. މަހިބަދޫގައި ހޭދަކުރި އެންމެ ފަހު ދުވަސްތަކުގައި ވީހާވެސް ގިނަ ވަގުތު އެކުވެރިންނާއެކު ހޭދަކުރިއެވެ. ފުޓްބޯޅަ ކުޅެ، ރަށުތެރޭގަ ވަށައިގެން ހިނގާބިނގާވެ އުޅުމާއި އަދިވެސް އޭނާ ހުރިނަމަ އެކުގައި ކުރާނެ ހުރިހާ ކަމެއްގެ ވާހަކަ ދެއްކާއި ސަމާސާ ކޮއް އުޅުނެވެ.
މާގިނައިރުތަކެއް ނުވެ، އެމީހުން ފުރައި ދުވަސް އަތުވެއްޖެއެވެ. ޒަޔާން އޭނަގެ ގެއިން ބޭރުގައި ހުއްޓިފައި ނިކުތުމުގެ ކުރިން އެންމެ ފަހު ފަހަރަށް ދަންނަ މަގުތަކަށް ބަލަން ހުއްޓެވެ. އޭނާގެ މަންމަ އޭނާއަށް ގޮވާލިއެވެ.
“ޒަޔާން، ދަރިފުޅާ. ރެޑީތަ؟” އާނިޔާ ޒަޔާން އައް ބުނެއެވެ.
“ލައްބަ މަންމާ. މި ދަނީ.” ޒަޔާން ފުން ނޭވާއެއް ލާފަ ބުނެލިއެވެ.
އޭނާ ވަށައިގެން އެންމެ ފަހުގެ އެއް ނަޒަރު ހިންގާލިއެވެ. މާލޭގައި އޭނާއަށް އިންތިޒާރު ކުރަމުން ދިޔައީ ކޮންކަމެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާގެ އާ އެކުވެރިންނަކީ ކޮންބައެއްކަން އަދި އޭނާގެ އާ ސްކޫލް ވާނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އެނގުނުހާވެސް އެއްޗަކީ އޭނާގެ ދިރިއުޅުން ބަދަލުވާން އުޅޭކަމެވެ. ދަބަސްތަކާއި ހަނދާންތަކުން ފުރިފައިވާ ހިތެއް ހިފައިގެން އޭނާ އާއިލާއާ ދިމާއަށް ހިނގައިގަތެވެ. މާލޭއަށް ބަދަލުވުމުން އެންމެ ފަހުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލާނެ މީހަކު ދުވަހަކުވެސް ހީވެސް ނުކުރާ ގޮތަށް ބަދަލުވާނެކަން އޭނާއަށް އެނގޭ ނަމައެވެ. ބައެއް ފަހަރު، އެންމެ ކުދިކުދި ނިންމުންތަކުން ވެސް ދިރިއުޅުން ރަނގަޅު ގޮތުގާ ބަދަލު ވެގެން ދެއެވެ.
މަހިބަދޫ ދޫކޮށް މާލޭ އައް ޒަޔާނާއި އޭނާގެ އާއިލާ ގެ ދިރިއުޅުން ބަދަލު ކުރިއެވެ. ޒަޔާން އާދަވެފައި ހުރި ގޮތާ ހުރިހާ ކަމެއްވެސް ތަފާތެވެ. މަހިބަދޫގެ ހަމަހިމޭން މަގުތަކުގެ ބަދަލުގައި ބިޒީ މަގުތަކާއި ތޮއްޖެހިފައިވާ ފިހާރަތަކާއި އުސް އިމާރާތްތަކާއި މެދުނުކެނޑި ވެހިކަލްތަކުގެ އަޑު އިވެއެވެ. އެމީހުންގެ ކުރީގެ ގެ ވަރުގެ ތަނަވަސް ތަނެއް ނޫން ނަމަވެސް އާއިލާއަށް ފުދޭވަރަކަށް އަރާމު ތަނެއް ގައި އެމީހުން ދިރިއުޅެން ފެށިއެވެ.
ޒަޔާންގެ ބައްޕަ އިބްރާހިމް މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރަން ފެށިއިރު، މަންމަ އާނިޔާ އައިޖީއެމްއެޗަށް ބަދަލުވީ ނަރުހެއްގެ ގޮތުގައެވެ. އެމީހުންގެ ދޮށީ ދަރިފުޅު އަޔާން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އޭނާގެ ކެރިއަރު ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ހަފްތާ ތަކަކީ ބިޒީ ހަފްތާ ތަކެކެވެ.
އަނެއްކޮޅުން ޒަޔާން އަދިވެސް އުޅުނީ ހުރިހާ ކަމަކަށް ހޭނެން ދަސްކުރާށެވެ.
އެއްދުވަހަކު ހަވީރު އޭނާ ބެލްކަނީގައި އިށީނދެގެން އިން ވަގުތު އަޔާން ބޭރަށް ނުކުތެވެ.
” ޒޭ ! ކިހިނެއް ވެފަ ތިހުރީ؟ ” އަޔާން ބެލްކަނި އައް ނިކުމެފައި އެހިއެވެ.
“އެއްވެސް ކަމެއް ނުވެއެވެ.” މޮޅިވެރި އަޑަކުން ޒަޔާން ބުންޏެއެވެ.
“ރަށް މަތިން ހަނދާން ވަނީތަ؟” އަޔާން އަހާލިއެވެ.
“ކުޑަކޮށް.” ފާޑަކަށް ހުރެފައި ޒަޔާން ބުންޏެއެވެ.
“އަޑުއަހާބަލަ ޒޭ، އާ ސްކޫލެއް، އާ ރައްޓެހިން ވެސް ލިބޭނެ. އެ ފުރުސަތުތައް ބޭކާރު ނުކުރާތި، އޯކޭތަ؟” އަޔާން ނަސޭހަތް ދޭ ފަދައިން ބުންޏެއެވެ.
“އޯކޭ މުސްކުޅިޔާ.” ޒަޔާން މަޖާވެފާ ހުރެ ބުންޏެއެވެ.
“މުސްކުޅިޔާ؟ އަހަރެން ކަލެއަށް ވުރެ އެންމެ ހަތަރު އަހަރު ދޮށީ!” އަޔާން ރުޅިއަންނަ ކަމަށް ހެދިފައި ބުނެލިއެވެ.
ޒަޔާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކުރީގެ ދިރިއުޅުން ގެއްލިގެން ދިޔަ ނަމަވެސް މަޑުމަޑުން އާ މާހައުލުން އުފާކުރަން ފެށިއެވެ.
ޒަޔާން އަކީ ގުދުރަތީ ގޮތުން ރީތި ކުއްޖެއް ކަމުން އޭނާ މަސައްކަތް ކުރުމެއްވެސް ނެތި ވަކިން ފާހަގަ ކުރެވޭ ފަދަ ހިތްގައިމު ސިފައެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ ނިތްކުރި މައްޗަށް ކުޑަކޮށް ވެއްޓޭ ބޯ ކަޅު އިސްތަށިގަނޑެއް ހުންނައިރު، މަޑު ރާޅުތަކެއް ހުރުމުން ގުދުރަތީ ގޮތުން ގޯސް ނަމަވެސް ސްޓައިލިޝް ލޫކެއް ލިބެ އެވެ. އޭނާގެ ގަދަ މުށިކުލައިގެ ދެލޮލަކީ އެކްސްޕްރެސިވް އަދި ދިރިއުޅުމުން ފުރިފައިވާ ދެލޮލެއް ކަމުން ގިނަ ފަހަރަށް ސީރިއަސްކޮށް ފެންނަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ކުޅޭކުޅޭ ޝަޚުސިއްޔަތު ހާމަވެގެންދެއެވެ. ރަނގަޅަށް ކަނޑައެޅިފައިވާ ބުމަތަކާއި، ސީދާ ނޭފަތާއި، ހޫނު ކުލައާއި، މުޅި މޫނު އަލިކޮށްދޭ ލޯބި ހިނިތުންވުމެކެވެ. ހާއްސަކޮށް އޭނާގެ އަމިއްލަ ސަމާސާތަކަށް ހޭން އުޅޭއިރު އޭނާގެ ހިނިތުންވުމަކީ އޭނާގެ އެންމެ ފާހަގަ ކުރެވޭ އެއް ސިފަ އެވެ. ބައެއް ފަހަރު، ދުރަށް ބަލާލައިގެން ނުވަތަ ސީރިއަސް ކަމަށް ހަދައިގެން އެކަން ފޮރުވަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ރައްޓެހިންނަށް އޭނާ މާ ރަނގަޅަށް އެނގެނެއެވެ.
އޭނާގެ ސްޓައިލަކީ ސާދާ ނަމަވެސް މަސައްކަތެއް ނެތި ފެޝަން ސްޓައިލެކެވެ. ސްކޫލުން ބޭރުގައި އާންމުކޮށް ލައިގެން ހުންނަނީ އޯވަސައިޒް ޓީޝާޓާއި އަރާމު ޖީންސާއި ސާފު ސްނީކަރާއި ދޭތެރެ ދޭތެރެއިން ގަޑިއެކެވެ. އޭނާގެ ސިފައާ މެދު ކަންބޮޑުވާން މާ ގިނަ ވަގުތު ހޭދަ ނުކުރާ ނަމަވެސް އަބަދުވެސް ރީތިކޮށް ފެންނަން މެނޭޖް ކުރެ އެވެ. ވަކިން ހާއްސަކޮށް ޒަޔާން ޝައުގުވެރިވާ ކަމަކީ އޭނާގެ އިތުބާރު ހުރި ގޮތާއި ކުޅޭކުޅޭ އިބާރާތްތަކާއި ސިއްރު ސަމާސާތަކާއި ހީވެސް ނުކުރާހާ ފޮނި ޠަބީޢަތެވެ. އާދައިގެ ވަގުތުތައް ހަނދާން އާކޮށްދޭ ގޮތެއް އޭނާގެ ހުންނައިރު، އޭނާގެ އެކުވެރި ޝަޚުސިއްޔަތުގެ ސަބަބުން އޭނާއާ ގާތްވާން ފަސޭހަވެ، ހަނދާން ނައްތާލަން އުނދަގޫވެއެވެ.
ނަމަވެސް އޭނާއަކީ ހަރުކަށި އަދި ވާދަވެރި ވެސް މީހެކެވެ. ޖަދަލުތަކުން ބަލިވުން އޭނާއަށް ކަމުނުދާއިރު، ޚާއްޞަކޮށް މީހަކު އޭނާއަށް ގޮންޖަހާއިރު ކަމު ނުދެއެވެ. އަދި ހިތާމައަކީ ހަމަ އެކަން ކުރަން އުފާވާ އަންހެން ކުއްޖަކާ ބައްދަލުވާން އުޅޭތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.