Skip to content
އެސްފިޔަ

ހިތުގެ ފުންމިނުން… އަބަދަށްޓަކައި – 1

Listen to this story Audio · 6:56 Powered by Esfiya Voice
0:00 6:56

ރީތި ހިތްފަސޭހަ މާހައުލާއި ރީތި ގޮނޑު ދަށެއް ލިބިފައިވާ މަހިބަދޫއަކީ އެންމެން ގެ މަގުބޫލުކަން ހޯދައިފައިވާ ރަށެކެވެ. މެންދުރު ގެ ހޫނުގަދަ ވަގުތުގައި އެރަށު ސުކޫލު ގެ ހެނދުނު ގެ ދަންފަޅީ ގެ ކިޔެވުން ނިންމާ ގެއަށްދާ ކުދިން ފެނޭ އެވެ. އޭގެ ތެރޭގައި ޒަޔާން އާއި އޭނާ ގެ އެކުވެރިން ވެސް ގެއަށް ދާތަން ފެނެއެވެ. ޒަޔާން އަކީ ގުރޭޑް 8 ގައި ކިޔަވަމުންދާ، މުދައްރިސުން ގެ ލޯބިއާއި އިޙްތިރާމް ލިބިފައިވާ ދަރިވަރެކެވެ. ޒަޔާން އަކީ އޭނާގެ މަންމަ އާއި ބައްޕަ ގެ ހުރި 2 ފިރިހެން ކުދިން ގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ޒަޔާން ގެ ދޮންބެ އަޔާން އެންމެ 17 އަހަރުގައި އެމް އެން ޑީ އެފް ޓްރޭނިންގް ހަދަން ޅ.މާފިލާފުށި ގޮސްފައިވެއެވެ. ޒަޔާން ގެ ބައްޕަ އިބްރާހިމް އަކީ އެރަށު ކައުންސިލުގައި 18 އަހަރު ވާންދެން ހިދުމަތް ކުރެއްވި މީހެކެވެ. ޒަޔާން ގެ މަންމަ އާނިޔާއަކި ހަސްފަތާލުގައި މަސައްކަތް ކުރަމުންދާ ހީވާގި ނަރުހެކެވެ.
ޒަޔާން ބޮޑުވަމުން ދިޔަވަރަކަށް އޭނާގެ މައިންބަފައިން އޭނާގެ ތަޢުލީމާއި މުސްތަޤްބަލާމެދު ވިސްނަން ފެށިއެވެ. އެމީހުން ބޭނުންވީ އޭނާއަށް ތައުލީމީ ގޮތުން ރަނގަޅު ފުރުސަތުތަކެއް ލިބި، އާ ތަޖުރިބާތަކެއް ހޯދައި، ދިރިއުޅުމުގައި މާނަހުރި ކަމެއް ހާސިލް ކުރުމަށެވެ. އެއްދުވަހަކު ހެނދުނު ޒަޔާން ސްކޫލަށް ދާން ތައްޔާރުވަމުން ދަނިކޮށް އޭނާގެ މަންމަ އޭނާއަށް ގޮވިއެވެ.
“ޒަޔާން! ހޭލާތަ؟ ލަސްވެގެން މިއުޅެނީ!” ޒަޔާން ގެ މަންމަ އާނިޔާ ގޮވާލިއެވެ.
“އަޅުގަނޑު ހޭލާ ގެން މިހުރީ މަންމާ! ހަމަ އިތުރު ފަސް މިނެޓް ދީބަލަ!” ޒަޔާން ކޮޓަރިގައި ހުރެފާ ހަޅޭއްލަވައި ގަތެވެ.
“މިހާރު ފަސް މިނެޓް ވެއްޖެ. އާދޭ ނާސްތާ ކާލަން ސުކޫލަށް ދާ ގަޑި ޖެހެނީ!” ފަސް މިނެޓް ފަހުން ވެސް ޒަޔާން ކޮޓަރިން ނުނިކުތުމުން އާނިޔާ އެކޮޓަރި އައް ވަދެފައި ބުންޏެއެވެ.
“މަންމާ، އަހަރެންނަށް ހީވަނީ މުޅި ސްކޫލް ދުވަސް ނިދާލަން ރާވާފައިވާހެން.” ޒަޔާން ގެ ދޮންބެ އަޔާން މަޖާ ވެފާ ހުރެ ބުނެލިއެވެ. އޭނާ ގެ މަގްސަދަކަށްވީ ޒަޔާން ރުޅި އަރުވާލުމެވެ.
“އަޔާން! ދިރިއުޅުމުގަ ކުރާނެއް ކަމެއް ނެތިގެންތަތި އުޅެނީ” ޒަޔާން ރުޅިއައިސްގެން އަޔާންއާއި ދިމާލަށް އެއްޗެހި ކިޔާ ގަތެވެ.
“ތިޔަ އަވަސް ކޮއް ބަލާ،”އަހަރެން ވެސް އެހީތެރިވަނީ އޭ މި ކުޑަ ކޮއް” އެހެން ކިޔާފަ އަޔާން ބާރަތް ހީގަތެވެ.
“ކަލޭގެ އެހީތެރިކަމަށް އެއްވެސް މީހަކު އެދުނީކީ ނޫން!” ޒަޔާން ރުޅިއައިސްގެން އަޔާންއާއި ދިމާލަށް ބުންޏެވެ.
އާނިޔާއަށް ހެވުނެވެ. މީ އަބަދު ވެސް އެދެ ކުދިން ގެ ދުވަހު ގެ ފެށުމެވެ. ދެން ކުރިއަށް އޮންނާ ޒުވާބެއް ލަފާ ކޮއްލާން އަދި ނޭނގެ އެވެ.
ޒަޔާން އެންމެ ފަހުން އޭނާގެ ކޮޓަރިން ނުކުތީ ސްކޫލް ދަބަސް ހިފައިގެންނެވެ. ނާސްތާ ކާގެން ސްކޫލަށް ދާން ނުކުތެވެ.
މަހިބަދޫ ސްކޫލްއަކީ ޒަޔާން ގެ ގިނަ އެކުވެރިކަމެއް ބިނާކޮށް، ކޮންމެ ދުވަހެއްގެ ސްކޫލް ދިރިއުޅުން ފުރިހަމަ ކުރާ ތަނެކެވެ. ކޮންމެ ދުވަހަކު ހެނދުނު ޒަޔާން އުފާވެރި ހިނިތުންވުމަކާއެކު ކުލާހަށް ވަންނަނީ އެކުވެރިންނާ ސަލާމްކޮށް، ކްލާހުގެ ކިޔެވުމަށް ތައްޔާރުވެގެން އެވެ. މުދައްރިސް ކްލާހަށް އަންނާން ވަގުތު އޮތުމުން  ޒަޔާން އޭނާ ގެ އެކުވެރި ނާއިލް އެކު އެކިއެކި ވާހަކައިގާ ތިބިއެވެ.
“ޒަޔާން! އިއްޔެގެ ހޯމްވޯކް ނިންމިންތަ؟” ނާއިލް އެކިއެކި ވާހަކައިގާ ހުރެ އޭނާގެ ފޮތްތައް ނަގަމުން އަހާލިއެވެ.
“އޮފް ކޯޒް! ހީވޭތަ މަ ފިލާވަޅު ނުހަދާ އަންނާނެހެން؟” ޒަޔާން ހެވިފަ އިދެބުނިއެވެ.
” ގުޑް މޮނިން ސުޑެންސ”
ހަމަ އެވަގުތު މުދައްރިސް ކްލާހަށް ވަނުމާ އެކު ހުރިހާ ކުދިން ގެ ސަލާމް ބަލާ ގަތެވެ.
ދުވަހުގެ ކިޔެވުމާ އެކު އެންމެން ވެސް އެމީހަކު ގެ މަސައްކަތްތައް ކުރެއެވެ. ނޯޓްތައް ހިއްސާކުރުމާއި ހޯމްވޯކްއާ ބެހޭގޮތުން މަޝްވަރާކުރުމުން ފެށިގެން އިމްތިހާނުތަކަށް ތައްޔާރުވުމާއި ބްރޭކްތަކުގައި ސަމާސާ ކުރުމާ އެކިއެކި ކަން ކަމުގައި ޒަޔާންނަ އޭނާ ގެ އެކުވެރިން އުޅެއެވެ. ސްކޫލް ގެ މަޖާ ދުވަސް މަތިން އަދި ޒަޔާން ގެ ހިތަށް އަސަރު ކުރާނެ ދުވަހެއް އަންނާނެ ކަން މިހާރު އިހުސާސް ކުރެވޭ ނަމަ އެވެ.
ޒަޔާން ގްރޭޑް 8 ނިމުމާ ގާތްވަމުން ދިޔައިރު އޭނާގެ މައިންބަފައިން އޭނާގެ ތައުލީމާއި މުސްތަގުބަލާ މެދު އިތުރަށް ސީރިއަސްކޮށް ވިސްނަން ފެށިއެވެ. އެމީހުން ގަބޫލުކުރީ މާލޭއަށް ބަދަލުވުމުން ތައުލީމީ އިތުރު ފުރުސަތުތަކާއި ކިޔެވުން ކުރިއަށް ގެންދިއުމަށް ރަނގަޅު މާހައުލެއް ލިބިގެންދާނެ ކަމަށެވެ.
އެއްދުވަހަކު ހަވީރު އިބްރާހިމް އާއި އާނިޔާ ސިޓިންރޫމްގައި ވާހަކައެއްގަ ތިބިއެވެ.
“އަހަރެން މި ވިސްނަނީ ޒަޔާންގެ ތައުލީމާ މެދު. އަހަރެންނަށް ހީވަނީ މާލޭއަށް ބަދަލުވުމަކީ އޭނާއަށް ރަނގަޅު ނިންމުމަކަށް ވާނެހެން. އާނިޔާ ކީކޭ ބުނަނީ މި ކަމާ؟” އިބްރާހިމް ކުއްލި އަކާ އާނިޔާ ކާރި އެހިއެވެ.
“އަހަރެން ވެސް އެކަމާ ވިސްނަމުން އައީ. އެތަނުގައި އޭނާއަށް އިތުރު ފުރުސަތުތަކެއް ލިބޭނެ، ހާއްސަކޮށް މަތީ ގްރޭޑްތަކަށް ދާއިރު.” އާނިޔާ ވެސް އޭނާ ގެ ހިޔާލު އިބްރާހިމަށް ކިޔާދިނެވެ.
“އަހަރެންނެއް ބޭނުމެއް ނޫން އޭނާގެ ހުވަފެންތައް ހާސިލް ކުރުމަށް އެހީތެރިވެދޭނެ ފުރުސަތުތަކެއް ގެއްލިގެންދާކަށް.” އިބްރާހިމް އިތުރު ކޮއްލީއެވެ.
“އެކަމަކު އެނގޭތަ އޭނާ މިތަނައް ގުޅިފައިވާކަން. އޭނާގެ ރައްޓެހިންނާއި ސްކޫލާއި އެހެން ހުރިހާ ކަމެއް މިތާ އެބަހުރި. އަހަނާކަށް ހިޔޭއް ނުވޭ އޭނާ ދާން ބޭނުން ވާނެހެނެއް.” އާނިޔާ އޭނާ ގެ ކަންބޮޑުވުން ކިޔާ ދިނެއެވެ.
“އަހަންނަށް އެނގޭ. އަހަރެމެން އޭނާއަށް ވިސްނޭ ދޭނީ. އަހަރެން ބޭނުންވަނީ އޭނާއަށް އަހަރެމެން މިކަން މިކުރަނީ އޭނާގެ މުސްތަގުބަލަށްޓަކައި ކަން އެނގެން.”
އިބްރާހިމް އޭނާ ބުނަން ބޭނުން އެތި ބުނެއެވެ.
ދެތިން ދުވަސް ފަހުން ޒަޔާން އާއި ވާހަކަ ދައްކަން އެމީހުން ނިންމިއެވެ.
އެއް ދުވަހުގެ ހަވީރު ގެ ވަގުތު ޒަޔާން ސޯފާގައި އިށީނދެގެން އިނދެ ފޯނާއި ކުޅެމުން ދިޔައެވެ. އިރުކޮޅެއެއް ނުވެ އޭނާ ގެ ބައްޕަ ގޮވާލި އަޑާއި އެކު އޭނާ ގެ ހުރިހާ ސަމާލު ކަމެއް ލޯބިވާ މަންމަ އާޢި ބައްޕަ ހުއްޓި ޖެއެވެ.
“ޒަޔާން އާދެބަލަ ބައްޕަމެންނާ އެކު ކުޑައިރުކޮޅަކު ވަހަކަ އެއް ދައްކާލަން.” ބައްޕަ އެހެން ބުނި އަޑު އިވުނެވެ.
“ބައްޕާ ކިހިނެއްވީ؟” ޒަޔާން މަޑުމައިތިރި އަޑަކުން އެހިއެވެ.
“ބައްޕައާ މަންމަ މިތިބީ މުހިންމު ވަހަކަ އެއް ދަރިފުޅު ކަރި ދައްކާން ބޭނުން ވެފަ”
“އޯކޭތަ؟” ވާނުވާ ނޭގި ޒަޔާން އެހިއެވެ. އޭނާ އަށް ނޭނގޭ ކަމަކީ ބައްޕައާ މަންމަ ބުނަން އުޅެނީ އޭނާ ގެ ދިރިއުޅުން ބަދަލު ވާ ކަހަލަ ވަހަކަ އެއް ކަމޭއެވެ.
“ބައްޕަމެން މި ވިސްނަނީ ގްރޭޑް 8 ނިމުމުން މާލެ ބަދަލުވާން. އެތަނުން ގްރޭޑް 9 ފަށާނީ.” ބައްޕަ މިދިން ހަބަރާ އެކު ޒަޔާން ސިހިގެން ދިޔައެވެ.
” ވަޓް؟ މާލެއަށެ؟” ޒަޔާންއަށް އަދި ވެސް ގަބޫލު ކުރަން ދަތިވިއެވެ.
“އާނ ދަރިފުޅާ. މަންމަމެންނަށް ހީވަނީ ދަރިފުޅުގެ ތައުލީމަށް ރަނގަޅުވާނެހެން.” އާނިޔާ ބުނެލިއެވެ.
“އެކަމަކު ކީއްވެ؟ އަހަރެންގެ ސްކޫލާއި ހުރިހާ ރައްޓެހިންވެސް މިތާ އެބަތިބި، ދެން ކީކުރަން ؟” ޒަޔާން ގަބޫލު ކުރާކަށް ބޭނުމެއް ނުވާ ކަހަލައެވެ.
“ބައްޕަމެން އެކަން ވިސްނޭ ދަރިފުޅާ. އެކަމަކު ބައްޕަމެން ބޭނުންވަނީ އިތުރު ފުރުސަތުތަކާއި ރަނގަޅު ތައުލީމެއް ދަރިފުޅަށް ހޯދާދޭން” އިބްރާހިމް ބޭނުންވީ އޭނާ ގެ ދަރިފުޅަށް ވިސްނާދެވޭތޯ އެވެ. ޒަޔާން ގެ މައިންބަފައިން އޭނާއަށް އެންމެ ރަނގަޅު ގޮތް ބޭނުންވާކަން އެނގުނަސް އޭނާއަށް މި ބަދަލުވުން ބަލައިގަނާން އުދަނގޫ  ކަމަކަށް ވި އެވެ. އޭނާ އަދި މި ކަމަކަށް ތައްޔާރެއް ނޫނެވެ.

Comments (1)

  1. AM

    Salaam hurihaa kiyun therin ah !
    mee alhugadhu ge furamatha vhk kamun mi vhk gaa mistakes huhnnane kan alhugadhu vx gaboolu kuran adhi kuri ah oi thaagaa mistakes thr rangalhu kuraanan
    enjoy the story 💕

Comments are closed.