
ހިތުގެ ފުންމިނުން… އަބަދަށްޓަކައި – 3

އާދައިގެ ވަގުތުތައް ހަނދާން އާކޮށްދޭ ގޮތެއް އޭނާގެ ހުންނައިރު، އޭނާގެ އެކުވެރި ޝަޚުސިއްޔަތުގެ ސަބަބުން އޭނާއާ ގާތްވާން ފަސޭހަވެ، ހަނދާން ނައްތާލަން އުނދަގޫވެއެވެ.
ނަމަވެސް އޭނާއަކީ ހަރުކަށި އަދި ވާދަވެރި ވެސް މީހެކެވެ. ޖަދަލުތަކުން ބަލިވުން އޭނާއަށް ކަމުނުދާއިރު، ޚާއްޞަކޮށް މީހަކު އޭނާއަށް ގޮންޖަހާއިރު ކަމު ނުދެއެވެ. އަދި ހިތާމައަކީ ހަމަ އެކަން ކުރަން އުފާވާ އަންހެން ކުއްޖަކާ ބައްދަލުވާން އުޅޭތީއެވެ.
part 3
އެންމެ ފަހުން ބަންދު ދުވަސްތައް ނިމުމަކަށް އައިސް، ދިރާސީ އާ އަހަރު ފަށަންގައި ކޮއްފިއެވެ. ޒަޔާން މިހާރު ތައްޔާރުވަމުން ދިޔައީ ތާޖުއްދީން ސްކޫލުގައި ގްރޭޑް 9 ފެށުމަށެވެ. އޭނާ ކުރިން މާލޭގައި ކިޔަވާފައި ނެތް ނަމަވެސް މި އަހަރު ތަފާތުވާނެއެވެ. އޭނާ ހުންނާ އާ ކްލާހަކީ އޭނާ އިސްކަންދޭ އެކަޑަމިކް ސްޓްރީމް ގެ ދަށުން ނެގި ސްޓްރީމްގަ އެވެ. އޭނާގެ ޝައުގުވެރިކަމާއި ކުރިއަށް އޮތް ތަނުގައި ކުރާނެ ޝައުގުވެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އޭނާ ނިންމީ ސައިންސް އެންޑް އިކޮނޮމިކްސް ނެގުމަށެވެ. ދިރާސީ އާ އަހަރާ މެދު ފޯރިގަދަވި ނަމަވެސް އޭނާއަށް އިންތިޒާރު ކުރަމުން ދިޔައީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެއެވެ.
ދިރާސީ އާ އަހަރު ގެ ފުރަތަމަ ދުވަހު ގެ ހެނދުނެވެ. ޒަޔާން އޮތީ އަރާމު ނިންޖަކުން ނިދާފައެވެ.
“ޒާޔާން! ހޭލާ!” އާނިޔާ ގޮވާލިއެވެ.
ޒަޔާން އޭނާގެ ބޮލުގެ މައްޗަށް ބްލެންކެޓް ދަމައިގަތެވެ. “މަންމާ މާ އަވަސް.” ޒަޔާން ބުންޏެއެވެ.
“މާ އަވަހޭ؟ މިހާރު ސުކޫލަށްދާ ވަގުތު ކައިރިވެއްޖެއޭ!” އާނިޔާ ބުނެލިއެވެ.
ޒަޔާން ވަގުތުން ތެދުވެ އިށީނެވެ. “ވާޓް؟ ކީއްވެތަ ކުރިން އަހަރެން ހޭލައްވާނުލީ؟” އިރުކޮޅަކު އިނދެފާއި ބުންޏެއެވެ.
“މިދިޔަ ފަނަރަ މިނެޓް ވާންދެން މަންމަ ގޮވީމެ!” އާނިޔާ ޖަވާބުގައި ބުންޏެއެވެ.
ކާމޭޒު ކަރިގައި އިން އަޔާން ހޭންފެށިއެވެ. ” ފުރަތަމަ ދުވަހު ވެސް އޭނާ ދާނީ ގަޑި ޖެހިގެން.” އަޔާން ހެމުން ބުންޏެއެވެ.
“ކެން ޔޫ ޕްލީޒް ޝަޓް އަޕް؟” ޒަޔާން ރުޅިއައިސްގެން ޖަވާބު ދިނެވެ.
ހެނދުނުގެ ނާސްތާ ކޮށްލުމަށްފަހު ޒަޔާން ސުކޫލް ޔުނީފޯމް ލާގެން ފޮތްތައް ޕެކްކޮށްލުމަށްފަހު ސްކޫލް ދަބަސް ޗެކްކޮށްލިއެވެ. ސާފު ސްކޫލް ޔުނީފޯމް ލައިގެން ދަބަސް އެޖެސްޓްކޮށްލުމަށްފަހު ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލިއެވެ. އިރުކޮޅަކު އެގޮތުގައި ހުރެފައި ކޮޓަރީން ނިކުތެވެ. ޒަޔާން އޭނާގެ އާއިލާއާއި އަލްވަދާއު ކިޔާފައި ނިކުމެގެން ދިޔައެވެ. މި ދިރާސީ އާ އަހަރު ގެ ފުރަތަމަ ދުވަހު އޭނާގެ ހަޔާތުގެ އެންމެ ހަނދާން ނައްތާނުލެވޭނެ އެއް ދުވަހަކަށް ވާނެ ކަމުގެ އެއްވެސް ޚިޔާލު ޒަޔާން ގެއިން ނިކުމެ ސުކޫލަށް ދާން ހިނގާގަތެވެ.
ޒަޔާން ތާޖުއްދީން ސްކޫލަށް އާދެވުނީ ތަންކޮޅެއް ކުރިންނެވެ. ސްކޫލް އެންޓްރެންސް ތެރެއިން ހިނގައިގަނެ، އޭނާއަށް ދެނެގަނެވުނު މަދު ދަރިވަރުންތަކަކާ ސަލާމްކޮށްލަމުން އޭނާގެ އާ ކްލާސްރޫމާ ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ވަދެގެން އައިއިރު ކުރިންވެސް އެތައް ދަރިވަރުންނެއް ތިއްބެވެ. އެއްބަޔަކު ރައްޓެހިންނާ ވާހަކަ ދައްކަމުން ދިޔައިރު، އަނެއް ބަޔަކު ފޮތްތައް ތަރުތީބު ކުރަމުން ދިޔައިރު، މަދު ބަޔަކު އާ މައުޟޫޢުތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން ދިޔައެވެ. ޒަޔާން ވަށައިގެން ބަލާލިއިރު މެދު ސަފު ކައިރީގައި ހުސް ގޮނޑިއެއް އިންކަން ފާހަގަ ކުރެވުނެވެ. އެދިމާއަށް ހިނގައިގަނެގެން ގޮސް އޭނާގެ ދަބަސް ގޮނޑީގައި ބަހައްޓާފަ އޭނާ ގޮނޑީގައި އިށީނެވެ. ހަމަ އެވަގުތު އަންހެން ކުއްޖަކު ކުލާހަށް ވަދެގެން އައެވެ.
އެއަންހެން ކުއްޖާއަކީ ޤުދުރަތީ ގޮތުން ފޮނި އަދި ހިތްގައިމު ސިފައެއް ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. ބުރަކަށީގެ ތިރިއަށް ރީތިކޮށް ވެއްޓޭ ދިގު، ސިލްކި ގަދަ މުށިކުލައިގެ އިސްތަށިގަނޑެއް ހުންނައިރު، ދޭތެރެ ދޭތެރެއިން މޫނު ފްރޭމްކޮށްފައި ހުންނަނީ މަދު މަޑު ފަށަލަތަކެކެވެ. އޭނާގެ ރީތި މުށިކުލައިގެ ދެލޮލަކީ ހޫނު އަދި ފާޅުކަން ބޮޑު ދެލޮލެއް ކަމުން ގިނަ ފަހަރަށް އޭނާގެ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރި ނަމަވެސް އޭނާ ވިސްނާ ގޮތް ސީދާ ހާމަވެގެންދެއެވެ. މޫނުގެ ނާޒުކު ސިފަތަކާއި، ގުދުރަތީ ގޮތުން ލޯބި ބުމަތަކާއި، މަޑު ހިނިތުންވުމަކާއި، ހޫނު، ދިއްލާފައިވާ ކުލައެއް ހުރެއެވެ. އޭނާގެ ހިނިތުންވުމަކީ އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ. ހޭން އުޅޭ ކޮންމެ ފަހަރަކު ދެލޯ އަލިވެ، އޭނާގެ އުފާވެރިކަން ފޮރުވަން ކިރިޔާވެސް މުސްތަޙީލުވެއެވެ. އޭނާގެ ކިބައިގައި މައުސޫމް، ހިތްހަމަޖެހޭ މޫނުމަތިން ފެންނަނީ ގާތްކުރެވޭ އަދި މަރުހަބާ ކިޔާ ކަހަލަ ގޮތަކަށެވެ. ނަމަވެސް އޭނާ ހަޤީޤަތުގައި ޚާއްޞަ ކަމަކީ ހަމައެކަނި އޭނާގެ ސިފައެއް ނޫން ކަމަށާއި އޭނާގެ މަޑުމައިތިރި ހިތާއި ދިރުމެއް ހުރި ޝަޚުޞިއްޔަތެވެ. މީހުންނާ ބެހޭ ކުދިކުދި ތަފްސީލުތައް ހަނދާންކޮށް، މީހަކު ދޫކޮށްލާފައިވާ ކަމުގެ އިހުސާސް ކުރެވޭ ވަގުތު ފާހަގަކޮށް، ރައްޓެހިން ހިނިތުންވުމުގައި ދުވަހަކުވެސް ފަސްނުޖެހޭ ކަހަލަ އަންހެން ކުއްޖެކެވެ. އޭނާގެ ކުޅޭކުޅޭ ޠަބީޢަތާއި، ފަތުރުވެރި ހެއްވާ ގޮތާއި، އަޅާލާ ނަޒަރިއްޔާތުން އޭނާއަކީ ގުދުރަތީ ގޮތުން މީހުން ވަށައިގެން އުޅެން އުފާކުރާ މީހެކެވެ. އެއީ އެންމެން ލޯބިކުރާ އައިޒާއެވެ.
ކްލާސްރޫމް ވަށައިގެން ބަލާލުމުން ހުސް ގޮނޑިއެއް ފާހަގަ ކުރެވުނެވެ. ހިތާމައަކީ އެއީ ޒަޔާން ދެންމެ ދަޢުވާކުރި ގޮނޑިއެވެ.
“އެކްސްކިއުޒް މީ، މިތާ ކުއްޖަކު އިދޭތަ؟” އައިޒާ ގެ މަޑުމައިތިރި އަޑުން ބުނެލިއެވެ.
ޒަޔާން ގޮނޑިއަށް ބަލާލިއެވެ. “އާނ.” އެއަށްފަހު ބުނެލިއެވެ.
“ކޮބާ އެމީހަކު؟” ވާނުވާގަ ހުރި އައިޒާ ބުނެލިއެވެ.
“އަހަރެން.” ހަމަޖެހިގެން ހުރެ ޒަޔާން ބުންޏެވެ.
އައިޒާ އޭނާއަށް ބަލާލިއެވެ. “ތި އިންނަނީ ތި ގޮނޑިގައި އެއް ނޫންތަ؟” އައިޒާ ބުންޏެވެ.
“ސީދާ. ރަނގަޅު އޮބްޒަރވޭޝަނެއް.” ޒަޔާން ބުނެލިއެވެ.
އައިޒާ އޭނާއަށް ރުޅިވެރި ނަޒަރެއް ދިނެވެ. “ދަބަސް ބަދަލު ކުރެވޭނެތަ؟ އަހަރެން ބޭނުން އިށީންނަން.” އައިޒާ އަނެއްކާ ވެސް އެހިއެވެ.
“އެހެން ގޮނޑިތައް ވަރަށް ގިނަ.” ހަމަޖެހިގެން ހުރެ ޒަޔާން އަނެއްކާ ވެސް ބުނެލިއެވެ.
“އެކަމަކު އަހަރެން ބޭނުންވަނީ މި ގޮނޑި.” އައިޒާ ގޮތްދޫނުކުރާ ރާގެއްގަ ބުންޏެވެ.
“އަހަރެން ފުރަތަމަ މިތަނަށް އާދެވުނީ.” ޒަޔާން ވެސް ގޮތްދޫކުރާކަށް ވަކި ބޭނުމެއް ނުވެއެވެ.
އައިޒާ ދެފަރާތައް ބޯ ހޫރާލިއެވެ. “ކޮންމެ ގޮތެއް ވިޔަސް. ތީނަގެ އަގުހުރި ގޮނޑި ބަހައްޓާ މަށެއް ބޭނުމެއްނޫން .” މިހެން ބުނެފަ އައިޒާ އެހެން ދިމާލަކަށް ހިނގައިގަތެވެ.
އަދި އެއީ އެމީހުންގެ ފުރަތަމަ ބައްދަލުވުމެވެ. ސީދާ އެންމެ ރަނގަޅު ފެށުމެއް ވެސް ނޫނެވެ.
އޭގެ ދެތިން މިނެޓް ފަހުން އެމީހުންގެ ޓީޗަރު ކުލާހަށް ވަނެވެ. މުދައްރިސް ތައާރަފްވެ ގްރޭޑް 9 އަށް ދަރިވަރުންނަށް މަރުހަބާ ކިޔައިފިއެވެ. އެއަށްފަހު އެންމެން ތަޢާރަފްކޮށްދިނުމަށް އެދުނެވެ.
ޒަޔާންގެ ނަންބުނުމާ އެކު އޭނާ ތެދުވިއެވެ. “ގުޑް މޯނިން. އަހަރެންގެ ނަމަކީ އިބްރާހިމް ޒަޔާން. އަހަރެންގެ އުމުރުން 15 އަހަރު. މަހިބަދޫއިން މާލޭއަށް ބަދަލުވީ ރަނގަޅު ތަޢުލީމެއް ހޯދަން އަދި ސިރީމެއް ގެ ގޮތުގައި ސައިންސް އެންޑް އިކޮނޮމިކްސް ނެގީ. ފުޓްބޯޅަ ކުޅުމާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ވަރަށް ކަމުދޭ. ” ޒަޔާން އޭނާ ގެ ތަޢާރަފެއް ދިނެވެ.
“މަރުހަބާ ޒަޔާން. އުއްމީދު ކުރަން ރަނގަޅު އަހަރެއް ލިބޭނެ ކަމަށް.” މުދައްރިސް ހިނިތުންވެލިއެވެ.
ތަންކޮޅެއް ފަހުން އައިޒާ ގެެ ވަގުތު އައެވެ. “ގުޑް މޯނިން! އަހަރެންގެ ނަމަކީ ފާތިމަތު އައިޒާ ސަމީރު. އަހަރެންގެ އުމުރަކީ ވެސް 15 އަހަރު. އަހަރެން ނެގީ ސައިންސް އެންޑް އިކޮނޮމިކްސް، އަދި ކިޔެވުމާއި ސްކޫލް ހަރަކާތްތަކުގައި ބައިވެރިވުން ވަރަށް ކަމުދޭ.” އައިޒާ އޭނާ ގެ ތަޢާރަފެއް ދިނެވެ.
ތަޢާރަފުކުރުމައްފަހު މުދައްރިސް ވަނީ ކްލާސްރޫމްގައި ކުރު ހަރަކާތެއް ޙަވާލުކޮށްފައެވެ. ދަރިވަރުންނަށް ޖެހުނީ ޖޯޑުޖޯޑަށް މަސައްކަތްކޮށް، ކުރިއަށް އޮތް ތަނުގައި ކުރާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. ކަން ދިމާކުރި ގޮތުން ޒަޔާން އާއި އައިޒާ ދެމީހުން ޖެހުނީ އެއްކޮށް މަސައްކަތް ކުރާށެވެ.
” މިދެން ބޮޑު ކަމެއްނުން ” އައިޒާ ފޫހި ރާގެއްގަ ބުންޏެވެ.
“ޓްރަސްޓް މީ، އަހަރެން ވިސްނަމުން ދިޔައީ ހަމަ އެގޮތަށް.” ޒަޔާން އައިޒާއާއި އެއްބާއި ވެލަމުން ބުންޏެވެ.
“ކަމެއް ކުރަން ފަށާާބަލަ .” އައިޒާ ބުނެލިއެވެ.
“އޯކޭ މިސް ޕާފެކްޓް. ކޮބާ ތަ ހުވަފެނަކީ؟” އައިޒާއަށް ޖެއްސުން ކުރާ ގޮތަކައް އެހިއެވެ.
“އަހަރެން ބޭނުން ޑޮކްޓަރަކަށް ވާން.” އައިޒާ ސަޢުގެވެރި ގޮތަކަށް ބުންޏެވެ.
” ގުޑް ލަކް ވިތް ޔުއަރ ޑިރީމސް ” ޒަޔާން މަޑުމާތިރި ގޮތަކައް ބުނެލިއެވެ.
އެންމެ ފަހުން އެ ހަރަކާތް ފުރިހަމަކޮށް ޖަވާބު ހުށަހެޅި އެވެ. އެމީހުންގެ މުދައްރިސް އެމީހުންގެ މަސައްކަތަށް ބަލާލިއެވެ. “ރަނގަޅު ވަޒީފާއެއް، ދެމީހުންވެސް. ހީވަނީ އެކުގައި ރަނގަޅަށް މަސައްކަތް ކުރިހެން.” މުދައްރިސް ބުންޏެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ.
“އަސްލު މުދައްރިސް، އަހަރެން ގިނަ ކަންތައް ކުރީ.” އައިޒާ ބުންޏެވެ.
“ކޮންކަމެއް؟ އަހަރެން ވެސް ކުރިން!” ޒަޔާން އައިޒާ އަށް ބަލާފަ މުދައްރިސް ކާރި ބުނެލިއެވެ.
މުދައްރިސް ދެކުދިންނަށް ބަލާފަ ހީގަތެވެ. “މުދައްރިސް އުންމީދު ކުރަން ތިޔަ ދެމީހުން މުޅި އަހަރު ދުވަހު އެކުގައި މަސައްކަތް ކުރަނެކަމަށް ކަމަށް.” މުދައްރިސް އިތުރު ކޮއްލިއެވެ.
ދެން އެބަސްތައް އަޑުއިވޭނީ ކިތައް ފަހަރު ކަމެއް ދެމީހުންނަށްވެސް ނޭނގެއެވެ.
ފުރަތަމަ ހަފްތާގެ ތެރޭގައި ޒަޔާން އާއި އައިޒާ މަޑުމަޑުން އެކަކު އަނެކަކަށް އަހުލުވެރިވަމުން ދިޔައެވެ. ނަމަވެސް އެދެމީހުން ތިބީ އެކުވެރިވުމާ ދުރުގައެވެ. އެކަކު އަނެކަކު ރުޅިއަރުވަން ޖެހޭ ހުރިހާ ސަބަބެއް ހޯދިއެވެ.
އެއްދުވަހަކު އައިޒާ ކްލާހަށް އައުމުން އޭނާގެ ނޯޓްފޮތުގައި މީހަކު އެއްޗެއް ލިޔެފައި އޮތްކަން ފާހަގަ ކުރެވުނެވެ.
“ކްލާހުގައި އެންމެ އުނދަގޫ އަންހެން ކުއްޖާ ” މިހެން އައިޒާ ގެ ފޮތުގައި ޖަހާފަ އިނޭއެވެ. ވަގުތުން އައިޒާއަށް ކާކު ކަން އިނގުނެވެ. “ޒަޔާން!”
ޒަޔާންގެ ފޮތުން އިސްއުފުލާ ބަލާލިއެވެ.
“މި ލިޔުނިންތަ؟” އައިޒާ އަހާލިއެވެ.
ޒަޔާން ނޯޓްފޮތަށް ބަލާލަމުން އޭނާ މަސައްކަތްކުރީ ނުހޭން އިނުމަށެވެ.
“އެއީ އަސްލު އައިޒާ ސިފަ ކުރަން ރީތި ގޮތެއް.” ޒަޔާން މިހެން ބުނެފާ ބާރަށް ހީގަތެވެ. އައިޒާ ރުޅިއައިސްގެން ޒަޔާނާއި ދިމާލަށް އަދި މިކަމުގެ ބަދަލު ދޭނެކަމައް ބުނިއެވެ.
އޭގެ ދެތިން ދުވަސް ފަހުން ޒަޔާން ސްކޫލް ދަބަސް ހުޅުވާލިއިރު އެތެރޭގައި މީހަކު ފިޔާތޮށި ކުލައިގެ ކުޑަ ސްޓިކީ ނޯޓެއް ބަހައްޓާފައި ހުއްޓާ ފެނުނެވެ. އޭގައި ބުނެފައި އޮތީ ” ސިކުނޑިއަކީ ވެސް ސްކޫލް ސާމާނުގެ ބައެއްކަން ހަނދާން ކުރާށެވެ. ބޭނުން ކުރަން މަސައްކަތް ކުރާށެވެ. ” މިހެންނެވެ. އެކަމުގެ ޒިންމާ ނަގަންޖެހެނީ ކާކުކަން އޭނާއަށް ވަގުތުން އެނގުނެވެ. އޭނާ އައިޒާ އާއި ދިމާލަށް އެނބުރިލިއެވެ. “ފާތިމަތު އައިޒާ!” ޒަޔާން އައިޒާ އައް ގޮވާލިއެވެ. ދެން މުޅި ކުލާހުގާ އޮތީ މި ދެމީހުން ގެ ޒުވާބެވެ. އެމީހުންގެ ކުލާސް ކުދިން ހުއްޓާނުލާ ހޭން ތިބީއެވެ.
މާގިނައިރުތަކެއް ނުވެ އެމީހުންގެ ކުލާސް ކުދިން އެމީހުންނަށް ކްލާސްރޫމްގެ ދުޝްމަނުން އޭ ކިޔަން ފެށިއެވެ. އެއިން އެކަކު ވާހަކަ ދައްކަން ފެށާ ކޮންމެ ފަހަރަކު އަނެއް މީހާ އަބަދުވެސް ކޮންމެ ވެސް އެއްޗެއް ބުނަން އޮވެއެވެ. އެމީހުންގެ ޒުވާބު އަޑުއަހަން އެކުވެރިންވެސް ތިބީ މަޖާވެފައެވެ.
“ބްރޯ، ކޮންމެ ދުވަހަކު ތި ދެމީހުން ޒުވާބު ކުރަނީ ކީއްވެގެން ތަ އަޅެ؟” ޒަޔާން ގެ އެކުވެރި އަމާން އެހިއެވެ.
“އަހާބަލަ އޭނަ ކާރި!” ޒަޔާން ގޮނޑީގައި ހަމަޖެހިގެން އިންދެ ޖަވާބު ދިނެވެ.
“އޭނާއަށް އުޅެން ނޭނގޭތީ.” އައިޒާ އޭނާ ގެ ޖަވާބު އިއްވާލިއެވެ.
އެންމެން ހީގަތެވެ. އަދި މެދުނުކެނޑި އެކަކު އަނެކަކަށް ރުޅިއަރުވާލި ނަމަވެސް، މަޑުމަޑުން އެކަކު އަނެކެއްގެ އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެގެން ދިޔަކަން ދެމީހުންނަށް ވެސް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.