Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 93

Listen to this story Audio · 7:06 Powered by Esfiya Voice
0:00 7:06

އެ ފަނޑު ނޫކުލައިގެ ކޮޓަރީގައި އޮތް ‘ކުއީން ސައިޒް’ އެނދުގައި ނިދާފައި އޮތް އޭނާއާއި ދިމާލަށް ދާއިޔަލް ބަލައިލީ ރުޅިއާއި އެއްވަރަށް ހިތާމަޔާއި ވެސް އެކުއެވެ. އެކީގައި ބޮޑުވި، އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ދުން މީހާއަކީ އެހާ އަނިޔާވެރި އެއްކަން އެނގުމުން ހިތުގައި ރިއްސާ ނުލާ ހުންނާނެ ހެއްޔެވެ؟

(93 ވަނަ ބައި)

ބޭރުގައި އުޅެފައި އެޒިކިއެލް އެނބުރި ގެއަށް އައީ 30 2 ވާން އުޅެނިކޮށެވެ. ފަލަކުގެ ވެސް އެތަށް ގިނަ މިސްކޯލު ތަކެއް ވީ ނަމަވެސް އެރޭ އޭނާ ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކާ ކަހަލަ ހާލެއްގައެއް ނޫނެވެ. ހިތުގެ ކަނަކުން މިކްޔާއާއި ދޭތެރޭގައި ތި ކަންކުރަނީ ގޯސްކޮށް ކަމަށް ބުނަމުން ދިޔައެވެ. އެހެން ވިޔަސް އަނެއްކާ ސިކުނޑި ހަނދާން ކޮށްދެނީ މިކްޔާގެ ސަބަބުން އެ ހިތުގައި އެޅި ވޭނެވެ.

ފޫހިވެފައި ހުރެ ކޮޓަރި ދޮރު ހުޅުވާލި އެޒިކިއެލްގެ މޫނުމަތީގައިވީ ފޫހިކަން ފިލާ، މޫނަށް ބިރުވެރިކަން ވެރިވީ ފަންކާގައި ދަންޖެހިފައި ހުރި މިކްޔާ ފެނިފައެވެ. “މިކީ!”

***

“މިކީ!!” ސޯފާގައި ނިދިފައި އޮތް އެޒިކިއެލް ކުއްލިއަކަށް ކޮޅަށް ޖެހުނެވެ. އޭރު އެދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ގަޑިން އޭރު 5 ޖަހަނީއެވެ. “ނޫން، ނޫން” ދެލޯ ފުހެލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުގައި ލޯބިކޮށް ނިދިފައި އޮތް މިކްޔާ ފެނި އޭނާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އެޒިކިއެލް ގޮސް މިކްޔާ ގާތުގައި އިށީނެވެ. އަދި މަތީގައި އިން ފަންކާއާއި ދިމާލަށް ބަލައިލިއެވެ.

ފަތިސް ނަމާދަށް ބަންގި ގޮވީ ޝަރަފް ސީލިންގާއި ދިމާލަށް ބަލަން އޮށްވައެވެ. އަދިވެސް އޭނާއަށް ވިސްނެމުން ދިޔައީ އޭރު މަޒީނާއާއި އެކުގައި ދެކެވުނު ވާހަކައާއި މެދުއެވެ.

***

“އަހަ… އަހަރެންގެ ފިރިމީހާ… އޭނަ ހައްޔަރު ކުރަން އަހަރެން ބޭނުމީ…” މަޒީނާ ލަސް ލަހުން ބުނެލިއެވެ. ޝަރަފް ދިޔައީ ސިއްސައިގެންނެވެ. އެހެން ހަމަ ބޭނުންހާ މީހަކު ހައްޔަރު ކުރެވޭނެ ހެއްޔެވެ؟

“އެކަމަކު… އެހެން ހައްޔަރު ކުރެވޭނެތަ-؟”

“އާން. ހައްޔަރު ކުރެވޭނެ.. އެއީ ގާތިލެއް. އަހަރެންގެ ބަނޑުގައި މިއޮތް މައުސޫމް ފުރާނަ ނައްތާލީ އޭނަ… އޭނަ މަސްތުވާތަކެތިވެސް ބޭނުން ކުރޭ.. އެކަމުގެ ހެކިވެސް އެބައޮތް.. އަހަރެންނަށް އެނގޭ އޭނާ އެ ބަހައްޓާ ތަންވެސް.. މަށަށް އޭނަ ނުހަނު އަނިޔާވެސް ކުރޭ..” މަޒީނާއަށް ވާހަކައިގެ ތެރެއިންވެސް ރޮއެގަނެވުނެވެ. އަދި ހެދުމުގެ އަތު ކުރި އޮޅަން ފެށިއެވެ.

“ނޫން ނޫން.. ޔާ ރައްބީ ނޫން.. އަހަރެން މީ މަޒީއަށް ހިލޭ ފިރިހެނެއް. އަހަރެންގެ ކުރިމަތީގައި މަޒީގެ އައުރަ ކަޝްފު ނުކުރޭ..” ދުރު ބަލައިލަމުން ޝަރަފް ދެލޯ މަރާ ބާރު ކޮށްލިއެވެ.

ޝަރަފްގެ އެކުޑަކުޑަ އަމަލުންވެސް މަޒީނާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. އެހެން ފިރިހެނުން ހުންނާނީ އެކަހަލަ ފުރުސަތެއް ނުލިބިފައެވެ. އެކަމަކު ޝަރަފް ޔަގީނުންވެސް ތަފާތެވެ.

“އަހަރެންނަށް އެހީވެ ދޭނަންތަ؟” ލަސް ލަހުން މަޒީނާ އަހައިލިއެވެ.

***

“ޔެސް… މަޒީ… އަހަރެން މަޒީއަށް އެހީވެ ދޭނަން” އަޒުމާއި އެކު ޝަރަފް ބުނެލިއެވެ. އަޒީންގެ ގާތް އެކުވެރިއެއް ފުލުހުގައި އުޅޭ ވާހަކަ ކުރިންވެސް އަޒީން ބުނެފައި ވިއެވެ. މިއަދު އޭނާއާއި ވާހަކަ ދައްކަން އަޒުމު ކަނޑައަޅައިގެން ޝަރަފް ތެދުވީ މިސްކިތައް ދާށެވެ.

ނިދިފައި އޮތް މިކްޔާއަށް ހޭލެވުނީ ބާރު އަޑުފައްގަނޑެއް އިވިގެންނެވެ. ކުއްލިއަކަށް އޭނާއަށް ކޮޅަށް ޖެހެވުނީ އެހެން ވެގެންނެވެ. ދެލޯ ކަހާލަމުން ރަނގަޅަށް ބަލައިލީ މީ ހުވަފެނެއް ބާއޭ ހިތާއެވެ.

“އެއްލޫ…؟ ކީއްތަ ތި ކުރަނީ…؟” ހަރުގަނޑަށް އަރައިގެން ފަންކާ ނައްޓާލަން މަސައްކަތް ކުރަމުން ދިޔަ އެޒިކިއެލް ފެނި މިކްޔާ ހުރީ ހައިރާންވެފައެވެ. ފޯނު ނަގާ ގަޑި ބަލައިލީ އިރު ކިރިޔާ ފަހެއް ޖެހީއެވެ. މިއޮށް ފަތިހާ މިހާރު މީނަ މިކުރަނީ ކީއް ހެއްޔެވެ؟

“ތިހިރީ އޭސީއެއް ނުން. ދެން ކީއްކުރާ ފަންކާ އެއްތަ؟ މި އެއްލާލަން މިއުޅެނީ؟ ކިހިނެއްވީ؟” ފަހަތަށް އެނބުރިލަމުން އެޒިކިއެލް އަހައިލިއެވެ.

މިކްޔާ އިތުރަށް އެއްޗެއް ނުބުނެ ކަރާއި ހަމައަށް ފޮތިގަނޑު ހިއްލާލީ ވުޟޫ ކުރަން ވަނުމުގެ ކުރިން ހީ ފިލުވާލާށެވެ. އެހެން ވިޔަސް މި މަންޒަރު ފެނި އެޒިކިއެލް ގައިގައި ހީވީ ކަރަންޓު ޖެހުން ހެންނެވެ. އަވަސް އަރުވާލާފައި ހަރުގަނޑުން ފައިބަން އުޅުން އެޒިކިއެލް ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ.

“އެއްލޫ؟” މިކްޔާ އަވަސް އަވަހަށް އެނދުން ތެދުވިއެވެ. “ތަދުވިތަ؟”

“ކީއްކުރަން ކަރާ ދިމާލުގަ ފޮތިގަނޑު އަޅަނީ ތި؟” ކަރަންޓު ދީފައި ހުރި ބުދެއްހެން ކުއްލިއަކަށް ކޮޅަށް ތެދުވަމުން އެޒިކިއެލް އެހިއެވެ.

“މީ.. މީ… ހީ ފިލުވާލަން…؟” މިކްޔާ ހުރީ ވާނުވާގައެވެ. މިއޮށް ފަތިހާ އެޒިކިއެލް މިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟

“ހީކަރުވަންޏާ ތިހެންވެސް ބުނީމަ ވީނުން؟” މިހެން ބުނެ އެޒިކިއެލް ގޮސް އޭސީ މަޑު ކުރިއެވެ. އަދި މިކްޔާ އެނދުގައި ބާއްވާލާފައި އޭނާގެ މޭގެ ތެރޭގައި މިކްޔާ ބޮނޑިކޮށްލިއެވެ.

“ދެން ހިޔެއް ނުކަރުވާނެ” މިކްޔާގެ ޖާދުވީ ދެލޮލަށް ބަލައިލަމުން އެޒިކިއެލް ބުނެލިއެވެ. މައުސޫމް ކަމުން ފުރިފައިވީ ދެލޮލުން، މިކްޔާ އެޒިކިއެލްގެ ކަނޑެއްފަދަ ފުން ދެލޮލަށް ބަލައިލިއެވެ. ހޯދާ ހޯދާވެސް އެދެލޮލުން ނުރުހުމެއް މިކްޔާއަކަށް ނުފެނުނެވެ. ފެނުނީ ލޯތްބެވެ. ފުން، ލޯތްބެވެ.

މިކްޔާގެ އެ މައުސޫމް ދެލޮލަށް ބަލަން ގަބުވެފައި އެޒިކިއެލް އަށްވެސް އޮވެވުނެވެ. ކުޑަވެސް އަނިޔާއެއް މިކްޔާގެ ހަށިގަނޑަށް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. ލޯބިވާ ކޮއްކޮ ނިޔާވިތާ އަދި މަހެއް ނުވެއެވެ. ދެން މިކްޔާގެ ފުރާނަ ނެތް މަސްގަނޑު ފެންނަން ވެއްޖެއްޔާ އޭނާ ދުނިޔެއިން މޮޔަވެދާނެއެވެ.

މިކްޔާގެ އެލޮލުގެ ޖާދުލުގައި ޖެހިފައި އޮވެފައި ދެން އެޒިކިއެލްގެ ދެލޯ ދައުރު ވެލީ މިކްޔާގެ ކުޑަ ތުންފަތަށެވެ. ހިކިފައި ހުރި އެ ތުންފަތް ފެނިފައި ބަލަން އިރުކޮޅަކު އޭނާއަށް އޮވެވުނެވެ. މިކްޔާގެ ހަށިގަނޑު އޭނާގެ ހަށިގަނޑާއި ބޮޑަށް ކައިރި ކޮށްލަމުން، ދެލޯ މަރާލާފައި މަޑުމަޑުން އެތުންފަތަށް ލޯބި ކޮށްލިއެވެ.

ދެލޯ މަރާލައިގެން އޮތް މިކްޔާގެ ލޮލުގެ ކަނަކުން ކަރުނަތިއްކެއް ވެއްޓުނެވެ. އެޒިކިއެލްގެ އެ ލޯބި ބީހިލުން އިހުސާސް ކުރެވުމުން ހިތުގައި ތާޒާ ކަންމަތީގައި ހުރި ހުރިހާ ލަކުނެއް ރަނގަޅުވީ ފަދައެވެ. މަޑުމަޑުން އަތް ހިއްލާލަމުން މިކްޔާ އެޒިކިއެލްގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ.

އެ ފިނިފިނި އަތް ތިލައިގެ އިހުސާސް ކުރެވުމުން އެޒިކިއެލް ދެލޯ ހުޅުވާލިއެވެ. އެދެލޮލުގައި އޭރު ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ކަރުނައިން ފުރިފައި، ރަތްވެފައި ހުރި އެޒިކިއެލްގެ ދެލޯ ފެނި މިކްޔާގެ ހިތުގައި ރިއްސާލިއެވެ. މަޑުމަޑުން އެޒިކިއެލްގެ ދެލޯ ފުހެލީ ލޯބިންނެވެ. އަދި އެޒިކިއެލްގެ ދެލޮލުގައި މަޑުމަޑުން ތުން ޖައްސާލިއެވެ.

އެޒިކިއެލް އެއްވެސް އެއްޗެއް ނުބުނެ މިކްޔާގެ މޭގެ ތެރޭގައި ބޮނޑި ވެލީ ކުޑަ ކުއްޖެއް ފަދައިންނެވެ. މިކްޔާގެ ކަރުގައި އޮތް ރަންފަށުގެ ފުލުގައި އިން ހިތް ނަގާ އަނގައަށް ލަމުން އޭނާގެ ހިތާއި ދިމާލުގައި ތުން ޖައްސާލިއެވެ. އެޒިކިއެލްގެ މޫނު، މިކްޔާގެ މެއާއި ގާތް ކޮށްލުމުން އަވަސްވެފައިވި މިކްޔާގެ ހިތުގެ ތެޅުމުގެ އަޑު އިވިފައި އެޒިކިއެލްއަށް ހިނިތުންވެވުނެވެ. އެރީތި ރާގު އިވިފައި އެހިތަށް ތަސައްލީއެއް ލިބުންފަދައެވެ.

(ނުނިމޭ)

ނުވަދިހަހަތަރުވަނަބައިގެ ތެރެއިން:

“ހެޔޮނުވާނެ… އެލާއަށްޓަކައިވެސް އަހަރެންނަށް މިކަމުގައި އެހީވެދީ…” ކުޑަކަކޫ ޖަހަމުން ދެއަތް ގުޅުވާލީ އާދޭސް ކުރާ ހާލުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Maxy

    Mi bai vx vrh reethi❤️🥰
    Masha Allah 💗
    When’s next???can’t wait waittt 🥹

    1. shihaamaa ali
      Maxy

      Jazaakillah khair maxyy🩶🩶
      Out noww🫶🏻

  2. Exxo

    Nadhaa Allah vrh Furihama🧡

    1. Exxo
      Exxo

      it’s Maashaa Allah. my mistake sorrrryyy..
      Anyways is it Yau who wanna help smone for Ellaa????

    2. shihaamaa ali
      Exxo

      Hehe yes jazaakallah khair Exxo 🩶🩶

Comments are closed.