
ލޯބިން ބުނާތީ – 61

ކޮޓަރިއަށް ވަދެފައި އެނދުގައި އޮތް ރިހާނަށް ލިއާ ނަޒަރު ހިންގާލިއެވެ. މިއަދު ޑިއުޓީ ގަޑި ޖެހުމުންވެސް ރިހާން ނުތެދުވާތީ ލިއާ ގޮވިއެވެ. ރިހާން ބުނީ މިއަދު ނުދާނެ ކަމުގައެވެ. އިތުރު އެއްޗެއް ނުބުނެ ލިއާ އެވަގުތު ކުރަން ހުރި މަސައްކަތައިގެން ކުރިޔަށް ދިޔައީއެވެ. އެކަމަކު އޭގެ ފަހުންވެސް މިހާރު އެތައް އިރެއް ވީއެވެ. ދެ ހިޔާލެއްގައި ހުރެފައި ލިއާ ރިހާން ގާތަށް އައެވެ.
“ރިހާން…” ކުޑަކޮށް ތިރިވެލަމުން ލިއާ ގޮވާލިއެވެ. ރިހާން ހމމ އަޅުވާލިއިރު ހީވީ ކުކުރާލިހެންނެވެ. ލިއާއަށް މަޑުމަޑުން ލޯ ހަނިކޮށްލެވުނެވެ. އެހެން ދުވަސްދުވަހާ މިއަދާ ރިހާން ތަފާތެވެ. އޭނާއަށް ހީވި ކަމަކުން ރިހާންގެ ނިތުގައި އަތް ޖައްސާލިއެވެ. ރިހާން އޮތީ ހުން އައިސްފައެވެ. ލިއާގެ ހިތަށް ހާސްކަން ވެރިވިއެވެ.
“ހުން އައިސްފައޭނު ތިއޮތީ…؟” ލިއާ ބުނެލިއެވެ. ރިހާން އެ އޮތްގޮތަށް އޮވެ އަނެއްކާވެސް ހމމ ލައްވާލިއެވެ. ލިއާއަށް ފާހަގަވީ ރިހާން ވަރުދެރަވެފައި އޮތްކަމެވެ.
“އެއްޗެއް ކާލަން ތެދުވަންވީނު…؟ ކުޑަކޮށް ފެންވަރާލީމަވެސް ހުން ތިރިވެދާނެ…” ލިއާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ރިހާން މަޑުމަޑުން ބޯ ޖަހާލި ނަމަވެސް އެ އޮތްގޮތަށް އޮތީއެވެ. ލިއާ އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ރިހާން ގައިގަ އަޅާފައި އޮތް ރަޖާގަނޑު ތިރިކޮށްލިއެވެ. އެވަގުތު އޭސީގެ ފިނިކަން އިހުސާސްވެ ރިހާން ހީކަރުވައިގަތެވެ. އޭނާ ތެދުވަން މަސައްކަތް ކުރުމުން ލިއާއަށް އަވަސް ހަރަކާތާއެކު ރިހާންގެ އަތު މުލައްދަނޑީގައި ހިފެހެއްޓުނެވެ. ލިއާއަށް އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮށް ރިހާން މަޑުމަޑުން ލިއާގެ ހިމަހިމަ އުނަގަނޑާ ދިމާލުގައި އަތްއަޅުވާލާ ބައްދާލަމުން ލިއާގެ ބަނޑާއި ދިމާލުން މޫނު ފޮރުވާލައިފިއެވެ. އަދި އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސައޭ ބުންޏެވެ. ލިއާ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ.
“ރިހާން ކޮޅަށް ތެދުވަން ޓްރައި ކޮށްލަބަލަ… އަހަންނަށް ރިހާން ނުނެގޭނެކަން އެނގޭނު…؟” ލިއާ ދެ ހިޔާލެއްގައި ހުރެފަވެސް ރިހާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެކަމުން ރިހާނަށް އަރާމުވިހެން ހީވީ ލޯމަރާލި ގޮތުންނެވެ. ބަލިވެފައި ހުރިވަރުން މީހާ އެއްކޮށް ފިނޑިވެފައި ވާކަހަލައެވެ.
ރިހާން މަޑުމަޑުން ކޮޅަށް ތެދުވުމާއެކު ލިއާއަށް ރިހާންގެ މެދުހަށީގައި ހިފެހެއްޓުނެވެ. ޓީޝާޓް ނުލާ ހުރިއިރު ލިއާއަށް ރިހާންގެ ގައިން އަރަމުން ދިޔަ ހުމުގެ އާވި އިހުސާސްވިއެވެ. ރިހާން މިހާ ހުންގަދަވުމުން ލިއާ ކަންބޮޑުވިއެވެ.
ރިހާން ގައި ދޮވުމުގައި ލިއާ އެހީވިއެވެ. ފާހަނައިން ނިކުމެފައި ހަމައެކަނި ސޯޓެއް ލައިގެން ރިހާން ގޮސް އެނދުގައި އޮށޯވެލުމާއެކު ލިއާ ކޮޓަރިން ނިކުތެވެ. އިރުކޮޅެއް ތެރޭ ރިހާނަށް ކެވޭނެ ފަދައިން އެއްޗެއް ތައްޔާރުކޮށްލުމާއެކު އެ ހިފައިގެން ލިއާ ކޮޓަރިއަށް ވަނެވެ. ރިހާންގެ ބުރަކައްޓާއި އެނދުގެ ހެޑްބޯޑާއި ދެމެދު ބާލީހެއް ލައްވާލަދިނުމުން ރިހާން މަޑުމަޑުން އޭގައި ލެނގިލައިގެން އިށީނެވެ. ރިހާން ހަމަޖެހިލުމުން ލިއާ ތައްޔާރުކުރި ކުކުޅު ސޫޕްއިން ރިހާނަށް ކާންދޭންފެށިއެވެ. އަދި ގެނެސްފައި ހުރި ތާޒާ އޮރެންޖް ފަނިތަށިން އިރުއިރުކޮޅާ އެތިފޮދު ދެމުން ދިޔައެވެ.
“ހޮސްޕިޓަލަށް ދާންވީނު…؟” ވަކިވަރަކަށް ކެއުމަށްފަހު ރިހާން އޮށޯތުމުން ލިއާ ތަށި ބަހައްޓަމުން ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް ރިހާނާމެދު ކަންބޮޑުވެފައި ހުރިވަރުން އެކަން އިހުސާސް ނުވާކަހަލައެވެ. ރިހާން ބުނީ ހޮސްޕިޓަލަށް ދާން ބޭނުން ނުވާކަމުގައެވެ.
ކުޑަ ތުވާލިކޮޅެއް ތެންމާލާފައި ލިއާ ރިހާންގެ ގައިގަ ފެން ހާކައިދީފައި ނިތްކުރިމަތީ ތެތްފޮތިކޮޅެއް ބާއްވާލިއެވެ. ތަށިތައް ގެންގޮސް ދޮވެލާފައި ކޮޓަރިއަށް އައިސް އަވަހަށް ފެންވަރައިގެން ނިކުމެ ނަމާދުކުރިއެވެ. އެހުރިހާއިރު ރިހާން އޮތީ ލޯ މަރާލައިގެންނެވެ.
ލިއާ އެނދަށް އެރުމުން ރިހާން ލޯ ހުޅުވާލިއެވެ. ގާތުގައި އިން ލިއާގެ އަތުގައި ހިފާ ގެނެސް ރިހާންގެ ނިތްކުރިމަތީ ބާއްވާލިއެވެ. އެބުނީ ކީކޭކަން އެނގުމުން ލިއާ މަޑުމަޑުން ރިހާންގެ ބޯ މަސާޖުކޮށްދެން ފެށިއެވެ. އެހެން ދުވަސްދުވަހު ގަދަކޮށްލައިގެން އުޅޭ މީހާއަށް މިއަދު ވެފައި އޮތް ވަރުން ލިއާއަށްވެސް އުނދަގޫވިއެވެ. ރިހާނަށް ލުޔެއް ހޯދަދިނުމަށް ހިމޭންކަމާއެކު އޭނާއަށް ކުރެވެން އޮތް ކަމެއް ލިއާ ކޮށްދެމުން ދިޔައެވެ. ރިހާން ކޮންމެ ގޮތަކަށް އޭނާއާއި މެދު ކަންތައް ކޮށްފައި ވީނަމަވެސް އެއީ އަދިވެސް އޭނާގެ ފިރިމީހާއެވެ.
ރިހާނަށް ނިދުމުން ލިއާ ރިހާންގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އޭނާގެ މަސައްކަތުން ފުދޭވަރަކަށް ހުން ތިރިވެފައި ވީނަމަވެސް ރިހާން ފެންނަނީ ވަރުދެރަކޮށެވެ. ރިހާން ހޭލަންވާއިރަށް ލިއާ ބޭނުންވީ ރިހާނަށް ބޮވޭނެހެން ތާޒާ ޖޫސް ކަހަލަ އެއްޗެއް ތައްޔާރު ކޮށްފައި ބެހެއްޓުމަށެވެ. މަޑުމަޑުން ރިހާން ހިފާލައިގެން އޮތް އޭނާގެ އަތް ރިހާންގެ އަތުތެރެއިން ދަމައިގަނެވޭތޯ އުޅުނެވެ. އެހެނަސް އެ ހަރަކާތާއެކު ރިހާން ލޯ ހުޅުވާލައިފިއެވެ.
“ނުދޭބާ…” ވަރުދެރަ ގޮތަކަށް އޭނާ ވާހަކަ ދެއްކިއެވެ.
“އެބަ އަންނަން ރިހާނަށް އެއްޗެއް ތައްޔާރު ކޮށްލައިގެން…ހޮސްޕިޓަލަށް ދާން އެއްބަސް ނުވަންޏާ ދެން ގިނަގިނައިން ދިޔާ އެއްޗެހި ބުއީމަ ރަނގަޅުވާނީ…” ލިއާ ވާހަކަ ދެއްކިއެވެ.
“ކީއްވެތަ މިހާރު ރެން ނުކިޔަނީ…؟ ލިއާ ވަރަށް ފޫހިވޭދޯ އަހަރެން ދެކެ…؟” ކުއްލިއަކަށް ރިހާން ދައްކަން ފެށި ވާހަކައަކުން ލިއާއަށް ލޯ ހަނިކޮށްލެވުނެވެ. ރިހާނަކީ އެފަދަ ޝަކުވާއެއް ކުރާވަރަށްވުރެ ފަހުރުވެރިކަން ބޮޑު އިންސާނެކެވެ. ވުމާއެކު އޭނާ ކިޔާ އެއްޗެއް އެކިޔަނީ ހުމުގެ ބުރާންތީގައިކަން ލިއާއަށް އެނގުނެވެ. ލިއާ ވިސްނަން ބޭނުން ނުވީ ގިނަފަހަރު އެގޮތަށް ބުނާ ވާހަކައަކީ މީހާގެ ހަގީގީ އިހުސާސްތައް ކަމެވެ. ލިއާގެ ދުރުކަމުން ރިހާނަށް ކޮންމެވެސް ގޮތަކުން އަސަރުކޮށްފައިވާކަން ގަބޫލުކުރާކަށް ލިއާ ބޭނުމެއް ނޫނެވެ.
“މި އަންނަނީ…” ރިހާން ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތި ލިއާ ނިކުންނަން ދިޔައެވެ. އޭރު ރިހާން އޮތީ ލޯ މަރާލައިގެންނެވެ.
“ރިހާން ކޮބާ މިއަދު…؟ ޑިއުޓީއަށް ނުދަނީތަ…؟” ސިޓިން ރޫމް ހުރަސްކޮށް ބަދިގެއަށް ދާން އުޅުނު ލިއާ ސިހުނީ ފަހަތުން ވާހަކަ ދެއްކި އަޑު އިވުމުންނެވެ. އަވަސް އަރުވާލާފައި ހުރިވަރުން ސޯފާގައި ރިހާންގެ މަންމައާއި ބައްޕަ ތިބިކަން ނޭނގުނީއެވެ. އޭނާއާއި ވާހަކަ ދެއްކީ ރިހާންގެ ބައްޕަ ރާފިއުއެވެ. އޭރު ހުޅުވާލާފައިވާ ޓީވީއިން ހިންދީ ފިލްމެއް ދައްކަމުން ދިޔައެވެ.
“ރިހާން ހުންއައިސްގެން އުޅެނީ…” މަޑުމައިތިރި ކަމާއެކު ލިއާ ބުނެލިއެވެ. ޓީވީއަށް ހުއްޓިފައި ހުރި ރާޝިދާގެ ނަޒަރު ލިއާއާއި އަމާޒުވިއެވެ. ދެން އޭނާ ބަލާލީ ރާފިއުއަށެވެ. ލިއާ ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ އެ ދެމީހުން ތެދުވެ ރިހާންގެ ކޮޓަރިއަށް ވަންނަން އައެވެ. ލިއާ ދެހިޔާލެއްގައި ހުރެފައި އެ ދެމީހުން ފަހަތުން އައެވެ.
ރާޝިދާ ކޮޓަރިއަށް ވަދެފައި ރިހާން އޮތް ގޮތް ފެނުމުން މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އޭނާ ގޮސް އެނދުގެ އެއްކައިރިއަށް ވާގޮތަށް ހުއްޓެމުން ރިހާންގެ ނިތުގައި އަތް ޖައްސާލިއިރު ރާފިއު ހުރީ ފަހަތުގައެވެ. ލިއާ ހުރީ އެނދާއި ކުރިމަތިވާގޮތަށް ހުއްޓިގެންނެވެ.
“މިހާވަރު ވެފައި އޮތް އިރުވެސް އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދާން ނޭނގުނު ދޯ…؟” ރާޝިދާ ނުރުހުމާއެކު ބަލާލީ ލިއާއަށެވެ. ލިއާއަށް ހީވީ މޫނުމަތީ އެތިފަހަރެއް ޖެހިހެންނެވެ. އެހެންވިޔަސް އޭނާ ހުރީ ހިމޭނުންނެވެ. އެވަގުތު އޭނާއަށް ބަލަން އޮތް ރިހާން ފެނި ލިއާގެ ހިތުގައި ޝަކުވާތައް ފުނިޖެހުނެވެ. ރިހާނަށް އޭނާ ދިފާއު ނުކުރެވޭނެހެއްޔެވެ؟ ރިހާން ހޮސްޕިޓަލަށް ގެންދަން އޭނާ މަސައްކަތް ނުކުރޭހެއްޔެވެ؟ މިހުރިހާއިރުވެސް ރިހާންގެ ހިދުމަތުގައި ހުރީ އޭނާއެވެ. އެންމެ ކުޑަމިނުން އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން އަމިއްލަ މައިންބަފައިން ގާތު އޭނާ ދިފާއު ކޮށްދިނިއްޔާ ވާނީ ކީއްހެއްޔެވެ؟ ދެން އަނެއްކާ ރިހާން ފަރާތުން އޭނާ މިފަދަ ކަމަކަށް އުއްމީދު ކުރަންވީވެސް ކީއްވެގެންހޭ ސިކުނޑިން ގޮވާލި ކަހަލައެވެ. ހިމޭންކަމާއެކު ލިއާ ރިހާނަށް ބަލަން ހުރީއެވެ. ރިހާނަށް ލިއާއާއި ނަޒަރު ސީދާކޮށްލަން ދަތިވެގެން އުޅޭކަން ލިއާއަށް ފާހަގަވިއެވެ.
ރާފިއު އެއްޗެއް ނުބުނެ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ވާހަކަ ދެއްކި ގޮތުން އެގުޅީ ޓެކްސީއަކަށް ކަން އެނގުނެވެ. ފޯނު ބާއްވާފައި ދެން އޭނާ ގޮވީ ރިހާންގެ ހަގަށް ހުންނަ ރިމާހުއަށެވެ. ރިމާހު އައުމުން ރިމާހުއާއި ދެމީހުންވެގެން ރިހާން ނަގާފައި ޓީޝާޓް ލެއްވިއެވެ.
“އޭނާއަށް ކާއެއްޗެއްވެސް ނުދެންތަ…؟ ބަލާބަލަ ވަރުދެރަކަން…” ރާޝިދާ ބުނެލީ ލިއާއާއި ދިމާލަށެވެ. ލިއާ މަޑުމަޑުން ހުރެފައި ކާންދިނީމޭ ބުނެލިއެވެ. ރިހާނަށް ލުޔެއް ހޯދައިދެން އޭނާ ކުރިހާ މަސައްކަތުގެ ވާހަކަ ދައްކާކަށް ލިއާ ބޭނުމެއް ނުވިއެވެ. ބޭނުމަކީވެސް ކޮބައިހެއްޔެވެ؟ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭ މީހާވެސް އެހުރީ ހިމޭނުންވިއްޔާއެވެ.
“ދެން މިއެއް ނޫނޭނު ޒުވާބު ކުރަންވީ ގަޑިއަކީ…؟ ރިހާން ގޮވައިގެން ހޮސްޕިޓަލަށް ދާން ތައްޔާރުވޭ…” ކޮޅަށްހުރި ރިހާންގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރި ރާފިއު ބުނެލީ ރާޝިދާއަށެވެ.
“އާން ދެން ތީ ވިއްޔާ ކުރަން ޖެހޭނެ ކަމަކީ…އަންބަކު މިހުރީ ނަމެއްގައި…ބަލިވީމަ ފިރިމީހާއަށް އަޅާލެވެނީކީ ނޫން…” ރާޝިދާ ކުދިކިޔަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ރާފިއު އާއި ރިމާހުވެސް ހުއްޓާ ރާޝިދާ މި ކިޔާލި އެއްޗެހިން ލިއާގެ މުޅި ނަފްސަށް ލަދުވެތިކަން ވެރިވިއެވެ. ދެ ތުންފަތް ބައްދާލަމުން ފުން ނޭވާއެއް ދޫކޮށްލީ އަތުގެ އިނގިލިތައް ތުރުތުރު އަޅަން ފެށުމުންނެވެ. ގަތް ލަދުންނާއި ހާސްވެގެން ގޮސް އޭނާ އަނބުރައިގަނެފާނޭ ހީވިއެވެ. އެވަގުތުވެސް ރިހާން އޭނާއަށް ބަލަން ހުރިކަން އެނގުނު ނަމަވެސް ދެން ލިއާ އިސްއުފުލާނުލިއެވެ. އެއަށްވުރެ އެހިތަށް ވަނީ އަސަރުކޮށްފައެވެ.
އެމީހުން ދިޔަތާ އިރުކޮޅެއް ވީފަހުން ލިއާ ގޮސް ތައްޔާރުވާންފެށިއިރު ހުރެވުނީ ހިމޭންވެފައެވެ. ފޯނަށް ކޯލެއް އައުމުން ނެގިއިރު އެ ވީ ކޭކު ބަލާ އައި ކުއްޖާއަށެވެ. ކޭކް ހަވާލުކޮށްފައި ކޮޓަރިއަށް ގޮސް ރިހާނަށް ބޭނުންވާ ބައެއް އެއްޗެހި ހިފައިގެން ނިކުމެ ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ. ލިއާ ދެކެ އެމީހުން ކިތައްމެ ނުރުހިފައި ހުއްޓަސް ރިހާންގެ ކަންތައް ކުރުމަކީ ލިއާގެ ޒިންމާއެއްކަން ލިއާ ގަބޫލުކުރެއެވެ.
ލިއާ ފެނުމުން މޫނު ހަދާލާފައިވެސް ރާޝިދާ އެއްޗެއް ނުބުންޏެވެ. ހޮސްޕިޓަލު ތެރޭގައި ވީމަ ކަންނޭނގެއެވެ. އޭރު ނަރުހަކު ރިހާންގެ ގައިން ލޭ ނެގުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ލިއާ ހިމޭންކަމާއެކު ހުއްޓި ހުރިއިރު ރިހާންގެ ނަޒަރު ލިއާއާއި އަމާޒުވެ ހިތަށް އުނދަގޫވިއެވެ. ލިއާގެ ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވާ ޝަކުވާތައް އޭނާއަށް އިހުސާސްވިއެވެ. އޭނާ ބުނެލަން ޖެހޭނީ އެންމެ ބަހެކެވެ. ހޮސްޕިޓަލަށް ދާން ބޭނުން ނުވީ އޭނާކަމެވެ. އޭރުންވެސް މަންމަމެން ލިއާއާއި ދޭތެރޭ ކޮންމެސް ވަރަކަށް ހިތް ސާފުވާނެއެވެ. ގަބޫލުކުރަން ކިތައްމެ ބޭނުން ނުވިޔަސް އަމިއްލައަށްވެސް ތިމާގެ ފިނޑިކަން އިހުސާސްވިއެވެ.
މަންމަމެން ދިއުމާއެކު ރިހާން ބަލަމުން ދިޔައީ ހިމޭންކަމާއެކު އިށީނދެލައިގެން އިން ލިއާއަށެވެ. އެތަކެއް ހިޔާލުތަކެއް ސިކުނޑީގައި ތޮއްޖެހެމުން ދިޔައެވެ. އޭނާ ކުރި ހުރިހާ ކަމަކަށްފަހުވެސް ލިއާ އޭނާގެ ހިދުމަތުގައި ދެމިހުރި ކަމަކު އޭގެ މާނައަކީ އެ ހިތުގައި ވޭން ނާޅާނެއެކޭ ނޫނެވެ. ލިއާ ހިޔާރުކޮށްފައި އެވަނީ އެންމެ ހިތްދަތި ގޮތެވެ. ލިއާގެ އިހުސާސްތަކާމެދު އެންމެ ފަހުން ވާހަކަ ދެއްކި ދުވަހެއް ހުދު ރިހާންވެސް ހަނދާނެއް ނެތެވެ. އިންސާނަކު މިހާ ކެތްތެރިވާނެހެއްޔެވެ؟
3 ދުވަސް ފާއިތުވެދިޔައިރު ރިހާން ގާތު ގިނަ ވަގުތު ހޭދަކުރީ ލިއާއެވެ. ރިހާނަށްޓަކާ ރޭގަނޑުގެ ނިދި ލިއާ ގުރުބާން ކުރިއެވެ. ޑޮކްޓަރު ޓެސްޓު ހަދާފައި ބުނީ ޑެންގީ ހުން ކަމަށެވެ. މި ތިން ދުވަހުވެސް އެއް އިރަށް ނަމަވެސް ލިއާ ގޭގައި ކައްކައެވެ. ރާޝިދާ މޫނު ހަދާފައި ހުއްޓަސް އެއްޗެއް ނުބުނެއެވެ. ގޭގެ މީހުންނަށް ކައްކާފައި ލިއާ ވަކިން ރިހާނަށް ކެވޭ ކަހަލަ އެއްޗެހި ކައްކައެވެ. ހައްޓަށް އަރާމެއް ދިނުމެއް ނެތި ފިރިމީހާގެ ހިދުމަތުގައި ދެމިހުއްޓެވެ. ހީވަނީ އަމިއްލަ ނަފްސަށް އަޒާބެއް ދޭން ނިންމާފައި ވާހެންނެވެ. ރިހާންގެ ރައްޓެހިން އޭނާއަށް ޒިޔާރަތްކުރުމުން އިރުކޮޅަކަށް ލިއާ ބޭރަށް ނިކުތީ އެމީހުންނާ ކުރިމަތިލާނެ ހިތްވަރު ނެތުމުންނެވެ. އެމީހުން ފެނުމުން ލިއާއަށް އޭނާގެ މުޅި ދިރިއުޅުން އަނދިރިވެގެން ދިޔަ ރޭގެ ހަނދާންތައް އާކޮށްދެއެވެ.
ހަތަރުވަނައަށް ވީދުވަހު ރިހާން ދޫކޮށްލީ މުޅިން ރަނގަޅުވެފައި ވުމުންނެވެ. ރާޝިދާ ހުރީ ލިއާ ނުފެނިގެންނެވެ. ލިއާ ކޮޓަރިއަށް ދަނިކޮށް އެދުވަހަށް ކައްކަން ހުރި އެއްޗެހީގެ ލިސްޓު ކިޔަން ފެށިއެވެ. ސޯފާގައި އޭނާއާއި ޖެހިގެން އިން ރިއާނާ ގާތު ރިއާނާ ޑިއުޓީއަށް ދިޔައީމަ ރާޝިދާއަށް އަތްގާތްކޮށްދެން ހުންނާނެ މީހެއް މިއަދު ނުހުންނާނޭ ބުނެލިއިރު ލިއާއަށް އެ ބަސްތަކުގައި ފޮރުވިފައިވި މަގުސަދު ނަގައިގަނެވުނެވެ. ރިހާނަށްވެސް އެކަން ފާހަގަވެ ލިއާއަށް ނަޒަރެއް ދެވުނެވެ. ދުލުން ހާމަ ނުކުރިޔަސް ލިއާ ވަރުބަލިވެފައި ހުންނާނެ ވަރު ރިހާނަށް ނަގައިގަނެވެއެވެ.
ކޮޓަރިތެރޭ އެއްޗެހި ބަހައްޓާފައި ލިއާ ނިކުމެ ބަދިގެއަށް މިސްރާބު ޖެހިއެވެ. ސިޓިން ރޫމްގައި އިން ރާޝިދާއާއި ރިއާނާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. އެމީހުންގެ މަގުސަދު ކާމިޔާބުވިކަހަލައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (12)
Comments are closed.
Mae nama thawaain raashida moonu mathyy jahaany eyrun huhnaane Kevifaa haadha rulhi eh aadhay huvaa mibuni 😡
Ahahaha you’re so funny 😭🤣 Yeah Rihan’s mother is testing everyone’s patience at this point 😭🤦🏻♀️
Mi part ves nice🩵ur story is best as always👏
Ey rihaangandu ves lia defend kuraakah noolhe hurihaa eche igeyiru ves but her husband oo eyy ekamaku vrh foohiveyy🙄😒😡
Adhi eolhee rashidaa ves hageegah nubalaa ehikiyanee eyy hama if I were lia I will make her regret for saying things which are not true but lia is so soft she cant bring her self to defend her poor gurl🥺
Waiting for nxt part
Curious to know what happen nxt🤔hope to be able to read nxt part soon
Lymm and tc💗
Our Leah is going through rn and Rihan’s family making it worse 🥲
Thank you darl 💗
alhe heyo nuvaane insaanaku ehaa hih haru vaan…. rihan haadha goahey dhw.. idc kithmme loabiviyas, e varu vaan vaane wife ah takai..
riaan ge family vx dhw.. Leah haadha tired vaane ey…
istg Leah dont even think abt going back the day Rihan comes back crawling for her love. istg! if tht happens dhw adhi.. i hope it does
ughhhh i feel so badd.. as a girl i feel so so bad for Leah… she rlly doesnt desrve all that bs…
anyways, luv the story ingeyyy. keep it up!!
when’s nexttt <3 can't waiiitttt
Ikr 😭💔 Poor Leah deserves so much better. Rihan and his family are really testing our patience 😭 Thank you for understanding Leah’s pain 🥹💗
Mi revi theyo rihaanu kihineh vegentha miulhenee alhe. Leah ekey cindrella ekey netheynu thafaathu. Kyle prince avahah eyna rescue ah gendhebala dho
NOT CINDERELLA AHAHAHA 💀💗 Kyle your princess needs youuu 🤭💗
can anyone help me find a book….idk the name of the book its a pretty old one i think theres teo of them its a dhivehi one romantic….a girl from an island stays w some rich people to study the house son falls in love w her or smtn likw tht and idk the dad gets rhe boy marry his cousin to help w the bond w his sister…tht girl grew up abroad has long hair too and idk….the main character tht boy will even sing an ali rameez somg i think it was like udun tharithah vidhaa babulhaa smtn smtn bumps into the girl and blah blah…they all even goes to the girl’s island and the guy who married his cousin and they will have a yk and aaaaaa idkkkk can anyone help at least w the name or where i can get it from ive been looking for it for years now…this is my last hope
Sorry I’m not familiar with that story…but I hope you find it ☺️💗
Oh my god.. ba eh faharu hama beynunvani rihaan gaiga jahan.. like what the hell.. Leah aki wifey eyy… 😭.. Kyle please save Leah.. also kon hisaabakun tha Leah and rihaan divorce vaani.. mi rihaan ge family meehun vx haadha kanthah bodey.. insaaniyyathu Kan vx neii hen heevani ba eh faharu.. 😭😭.. mi part vxx vrh vrhh reethi gurll.. waiting for next..🫶🫶🫶
Ikr 😭 Rihan and his family are too muchh 💀 let’s see what happens with Leah and Kyle 🤭💗 So glad you liked the part 💗☺️