Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 59

Listen to this story Audio · 36:02 Powered by Esfiya Voice
0:00 36:02

ގަޑިއެއްހާއިރު ފަހުން މަސައްކަތް ނިންމާލާފައި ކައިލް މޯޅިއަކަށް ދެމިލައިފިއެވެ. ސޯފާގެ ލެނގޭ ބަޔަށް ކަނދުރާގެ ބާރު ދޫކޮށްލަމުން ދެލޯ މަރާލީ ލޮލަށް އަރާމެއް ދިނުމުގެ ގޮތުންނެވެ. އިންތިޒާރުގައި އިން ސިއެރާ އަވަހަށް ތެދުވެއްޖެއެވެ.

“ފައިނަލީ…ތި ސްކްރީން ޖަލުން ސަލާމަތްވެއްޖެ ދޯ…” ސިއެރާ ކައިލްގެ ގާތަށް އަންނަން ހިނގައިގަތެވެ.

“ޓެކްސީއަކަށް އަރުވާފަ ގެޔަށް ނުފޮނުވާލަނީސް އިރުކޮޅަކަށްވެސް އަނގަ މަޑުން ލައިގެން ހުރެފާނަންތަ…؟” ކައިލް އެ އޮތްގޮތަށް އޮވެ ވާހަކަ ދެއްކިއެވެ. ސިއެރާ ރަކިވިކަން ނުދައްކަން ހޭންފެށިއެވެ.

“އަހަރެން ދިޔައިމަ ކައިލް މިސްވާނު…؟” ސިއެރާގެ ހިޔާލުތައް ހުރީ މާ އުހުގައެވެ.

“ނޫނޭ އައި ވުޑް ސެލެބްރޭޓް…!” ކައިލް ރައްދު ދިނެވެ.

އިތުރު އެއްޗެއް ނުބުނެ އުޅެނިކޮށް ބެލް ރިންގްވި އަޑު އިވުނެވެ. ކައިދަން ފުންމައިގެން ތެދުވެފައި ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރު ޕިއްޒާގެ ދެ ފޮށިގަނޑު ހިފައިގެން ޑެލިވަރީ ކުރަން އައިސް ޒުވާނަކު ހުއްޓެވެ. ކައިދަން ލާރި ދީފައި ޓިޕެއްގެ ގޮތުގައި އެ ޒުވާނާއަށް ވިހި ޑޮލަރ ދިނެވެ. އެ ޒުވާނާ އެނބުރި ދިޔައީ ހިތްހަމަޖެހުމާއެކުއެވެ.

“ޕިއްޒާވެސް އޯޑަރ ކުރީއޭ ދޯ…؟” ސިއެރާ ނުގޮސްގެން ބޮލަށް އުނދަގޫވެފައި ހުރި ކައިލްގެ އަޑު ނިކުތީ ފޫހިކަމާއެކުއެވެ. އޭނާ ކައިދަންއަށް އިންޒާރުގެ ނަޒަރެއް ދިނުމުން ކައިދަން ލޯ އަޅާލިއެވެ.

“ޔޫ އަރ ލަކީ އައި ލަވް ޔޫ…ޔޫ މިސެރެބަލް ކްރިއޭޗާރ…!” ކައިލް ގާތުން އަޅާފައި ދަމުން ކައިދަން ބުނެލިއެވެ.

“ދެޓްސް ޑިސްގަސްޓިން ކޭޑެން…! އެނގޭތަ ދެންމެ އެހެން މީހަކަށް ތި އަޑު އިވުނުނަމަ ބުނާނެ އެއްޗެއް…؟” ކައިލް ތެދުވެގެން އައިސް ކާގޭ މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ކައިދަން ޖަހާލީ ހިނިގަނޑެކެވެ. އިރުކޮޅެއް ފަހުން އެންމެން ކެއުމުގައި މަޝްއޫލުވީއިރު ކައިދަން އާއި ސިއެރާގެ ސަކަރާތުގެ އަޑު އިވުނެވެ. ކައިލް އިނދެފައި ދޭތެރެއަކުން ދެމީހުންނަށް އިންޒާރު ދެއެވެ.

“ސޯ……” ކާން އިން ޕިއްޒާފޮތި ހުސްކޮށްލަމުން ސިއެރާ ޓިޝޫއަކުން އަތް ފޮހެލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ކައިލްއަށެވެ. ކައިދަން ހިމޭންކަމާއެކު ކާލަކާލާ އިނީ ސިއެރާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

“ކައިލް ވަރަށް އަވަހަށް ރާއްޖެ ދާނަމޭނު…؟ އަހަންނަކަށް ނޭނގެ ދެން ކައިލް ފެންނާނެ ދުވަހެއްވެސް…”

“އަހަރެން މިކޮޅަށް އެނބުރި އާދެވުނު އިރަކުންވެސް ސިއެރާއަށް ނުފެނި އުޅެވޭތޯ ބަލާނަން…” ކައިލް އިނދެފައި ފަރުވާކުޑަކޮށް ބުނެލިއެވެ. ކައިދަން ކޯކް ބޯން އިނދެފައި ކޮށިނޭރީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން އިން ސިއެރާ ތުން އޫކޮށްލުމާއެކު ދެރަވާގޮތް ދައްކާލިއެވެ.

“އައުޗް…!” ހިތަށް ތަދުވިކަން ނާންގަން ސިއެރާ އަނެއްކާވެސް އަނެއް ޕިއްޒާފޮތި ނެގިއެވެ. އެ ކަމުން އިރުއިރުކޮޅާ ކައިލްގެ މޫނަށް ބަލާލައެވެ. ވާހަކައެއް ބުނަން އުޅެ ނުބުނެވިގެން އުޅޭކަހަލައެވެ. އޭރު އިވެމުން ދިޔަ ހަމައެކަނި އަޑަކީ ޓީވީއިން ކައިދަން އަޅުވާފައި ހުރި ސީރީޒެއްގެ އަޑެވެ.

“ލިސެން…އަހަރެން ޕްލޭން ކޮށްފަ އޮންނާނީ ކައިލް ފުރުމުގެ ކުރިން ބައްޕަގެ އައުރޭލިއާ ސަފާރީއަށް ޕާޓީ ނައިޓްއަކަށް ދާން…ޕްލީޒް ނޫނެކޭ ނުބުނައްޗޭ…ބައްޕަވެސް ބުނި ކައިލް ފުރުމުގެ ކުރިން ސެލެބްރޭޓް ކުރައްޗޭ…ޔޫ ނޯ…އޭޒް އެ ފެއަރވެލް…” ސިއެރާގެ އަޑު ހިމޭންވެފައި ސީރިއަސްއެވެ. ކައިލް ވަކި އެއްޗެއް ނުބުނެ ޕިއްޒާ ކާން އިނީ ހިމޭނުންނެވެ. ކަމަކާ ވިސްނަނީ ކަހަލައެވެ. ސިއެރާއާއި ކައިދަންގެ ދެމެދުގައި ބެލުމެއް ބަދަލުކޮށްލެވުނެވެ.

“ކައިލް ބޭނުމިއްޔާ ލިއަމްއަށް އިންވައިޓް ކުރިޔަސް އޯކޭ…” ސިއެރާ އިނދެފައި ބުނި އެއްޗަކުން ކައިދަން ކުއްލިއަކަށް ކައިލްއަށް ބަލާލިއެވެ. ކައިލްވެސް އަވަސް ނަޒަރެއް ކައިދަންއަށް ދިނެވެ. ކައިދަންގެ މޫނަށް ސީރިއަސްކުލަވަރު ވެރިވުމާއެކު އަތުގައި އޮތް ޕިއްޒާފޮތި ތަށީގައި ބޭއްވިއެވެ.

“އައި ޑޯންޓް ތިންކް އިޓްސް އެ ގުޑް އައިޑިއާ…” ކައިދަން ބުނެލީ ކައިލްއަށް ބަލަން އިނދެފައެވެ.

“ކީއްވެ…؟” ސިއެރާ ލޯ ހަނިކޮށްލިއެވެ.

ކައިދަން ޖަވާބެއް ނުދިނެވެ. އޭނާ ކައިލްއަށް ބަލަން އިނީ ކަމަކާ ވިސްނާފަދަ ގޮތަކަށެވެ. ސިއެރާއަށް އެ ދެބެންގެ މެދުގައި ބަދަލުކޮށްލެވުނު ބެލުން ފާހަގަވިއެވެ. އޭނާގެ ހިތުގައި ސުވާލުތައް އުފެދުނެވެ. އެއްޗެކޭ ނުބުނެވި އުޅެނިކޮށް ކައިދަން ގޮނޑީގައި ލެނގިލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ކައިލްއަށް އެނގޭ ދޯ މިހެން މި ބުނީ ކީއްވެކަން…؟ އަހަރެން ކޮންމެހެން ލިއަމް ދެކެ ހޭޓް ކުރަނީކީ ނޫން…އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އާލިކްވެސް ތިކަމާ އޯކޭ ވާނެހެން…” ކައިދަން ކައިލްއާއި ވާހަކަ ދެއްކިއިރު އެތަނުގައި ތިންވަނަ މީހަކު އިންކަން ނުވިސްނާލާ ކަހަލައެވެ. ކައިލް ބަލާލުމެއް ނެތި ހަމައެކަނި ބުމަ ހިއްލާލީއެވެ.

“ހެލޯ…؟ އަހަރެންވެސް އެބަ އިނީމޭ…އަހަންނަށް އެކަނިތަ ތި ދައްކާ ވާހަކަ ނޭނގެނީ…؟” ސިއެރާ ފަހަރަކު ޒުވާނެއްގެ މޫނަށް ބަލަމުން ދިޔައެވެ.

“ޔެސް…” ކައިލް ބަލާވެސްނުލާ ބުނެލިއެވެ.

“ކުޑް ޔޫ އެޓްލީސްޓް ޕްރެޓެންޑް ޓު ބީ އެ ނޯރމަލް ހިއުމަން ބީއިން…؟” ސިއެރާ ޝަކުވާކޮށްލިއެވެ.

“ނޯ…!” ކައިލްގެ ރައްދު އިވުނެވެ.

ކަރުބުޑުން ނުރުހުމުގެ އަޑެއް ސިއެރާ ލައްވާލިއެވެ. މޫނުމައްޗަށް އެތައް ވައްތަރެއް ޖައްސާފައި ދެން އޭނާގެ ނަޒަރު ހުއްޓުނީ ކައިދަންއަށެވެ. “ކީއްވެތަ ލިއަމްއަށް ނާދެވެންވީ…؟” ސިއެރާ އުއްމީދުކުރީ ކައިދަން އޭނާގެ ސުވާލަށް ޖަވާބު ދޭނެކަމަށެވެ. ނަމަވެސް ކައިދަން އަޅާލުމެއް ނެތި ޕިއްޒާ ކާންފެށިއެވެ. ކައިލްވެސް ފޯނުގެ އެއްކޮޅުން އަނެއްކޮޅަށް އިނގިލި ހިންގަމުން ދިޔަގޮތުން އިތުރު ކަމަކަށް ސަމާލުކަން ނެތްކަން ހާމަވެއެވެ. ސިއެރާ ތުންފަތުގައި ދަތް އަޅާލިއިރު އެ ދޮން މޫނަށް ރަތްކުލަ ވެރިވެއްޖެއެވެ.

“ފައިން…އެކަކުވެސް ޖަވާބެއް ނުދިނީމަ އަހަންނަށް ލިއަމް ގެންނަން އެއްވެސް ހުރަހެއް ނެތް…އަހަންނަކަށް ނޭނގޭ ވިއްޔާ ކީއްވެ ކަމެއް ލިއަމް ގެނައުން ރަނގަޅު ނުވާނީކީ…އެހެން ނޫނަސް އަހަރެން ބޭނުން އެދުވަހު ކައިލްގެ އެންމެ ގާތް ފްރެންޑްސް ކައިލް ގާތު ހުންނަން…ސޯ އައެމް އިންވައިޓިން ހިމް…!” ސިއެރާ ފަހުގެ ނިންމުން އިއްވާލި ކަހަލައެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ ކައިލްއަށެވެ. “ޕްލީޒް ކައިލް…ޖަސްޓް ވަން ލާސްޓް ނައިޓް ވިތް ޔުއަރ ފްރެންޑްސް…!” ސިއެރާގެ އަޑުގައިވި ހިމޭންކަމާއި ސީރިއަސްކަމުން ކައިލް ބަލާލިއެވެ.

“ފައިން…” ކައިލް ބުނެލިއެވެ. ސިއެރާގެ ދެލޯ ފުންމައިގެން ނައީ ކިރިޔާއެވެ.

“ފައިން…؟” ސިއެރާ އެސްފިޔަ ޖަހާލުމެއްވެސް ނެތި ކައިލްއަށް ބަލަން ހުރެ އެހިއެވެ. އެސްފިޔަ ޖަހާލައިފިނަމަ ކައިލް ޖަވާބު ބަދަލުކޮށްފާނެތީ ކަންނޭނގެއެވެ.

“އައިލް ގޯ…ޔޫ ކެން އިންވައިޓް ލިއަމް އޭޒް ވެލް…އެކަމަކު ގޮތެއްގެ މަތިން…!” ކައިލް ސިއެރާއަށް ބަލާލީ ސީރިއަސް ނަޒަރަކުންނެވެ. “އަހަންނަށް އުނދަގޫ ކޮށްގެން ނުވާނެ…!” ކައިލް އިންޒާރުގެ ރާގަކަށް ބުނެލިއެވެ. ސިއެރާ އަވަސްއަވަހަށް އެއްބަސްވިއެވެ. ވީ އުފަލުން އޭނާއަށް އިރުކޮޅަކުވެސް މަޑުން ނީނދެވުނެވެ. އެހާ އަވަހަށް ބައްޕައަށް ގުޅާ ހުރިހާ ކަމެއް ހަމަޖެއްސިއިރު ކައިލް އިނީ އެއްބަސްވެވުނު މޮޔަ ހިތަށް އަރާފައެވެ. ނަމަވެސް ކެތްކޮށްލީ ސިއެރާގެ ކިބައިން ސަލާމަތްވާން މާ ދުވަހެއް ނެތުމުންނެވެ.

ހިމޭން ރޭގަނޑެކެވެ. އުޑުމަތީ އެތައް ހާސް ތަރިތައް ވިދާ ބަބުޅަމުން ދިޔަ ގޮތުން ހީވަނީ ކަޅު ފޮތިގަނޑަކަށް އެތައް ހާސް ރިހި ވިދާ ކުނޑިތަކެއް އުކާލާފައި ވާހެންނެވެ. ހިމޭންވެފައި އޮތް ކަނޑުގެ ލޮނުގަނޑުގައި ހަރަކާތް އުފައްދާލަނީ މަޑުމަޑުން ކުރިޔަށް ދިޔަ ސަފާރީއިންނެވެ. ދުރުދުރުން ސިޓީ ލައިޓްތައް ފެންނަމުން ދިޔައެވެ.

ސަފާރީގެ އެންމެ މަތީ ބައިގެ ރެއިލިން ކައިރި ކައިލް ހުރިއިރު ލައިގެން ހުރި ހުދު ގަމީހާއި ހުދު ޖީންސްގައި ވައި އަޅުވަމުންދިޔައެވެ. ގަމީހުގެ މޭމަތިން ދެ ގޮށް ނައްޓާލެވިފައި ވީއިރު އެ ތަނަވަސް މޭމަތިން ބައެއް ވަނީ ހާމައަށެވެ. ތުނބުޅި ބާލާފައި ވީއިރު އެ ފިރިހެންވަންތަކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިސާބަކަށް އިސްތަށިގަނޑު ކޮށާލާފައި ވުމުން ކައިލް ފެންނަނީ އެންމެ ކުރިންވެސް ކައިލް ފެންނަ އެ ރީތި ސޫރައިގައެވެ. މޫނުމަތީގައިވަނީ ހިމޭންކަމާއި ސީރިއަސްކަމެވެ. އެ ނޫކުލައިގެ ތޫނު ލޯ ހުއްޓިފައި ވަނީ ރިހި އަލިން ވިދަމުން ދިޔަ ކަނޑުގެ ލޮނުގަނޑަށެވެ.

އެތެރޭ ކެބިންގައި މަޖާ ނަގާ އަޑު އިވެމުން ދިޔައެވެ. ނަމަވެސް ކައިލް ފެންނަނީ އެކަމުގައި ބައިވެރިވުމުގެ ޝައުގު ނެތް މީހެއް ފަދައިންނެވެ. ކެބިންގެ ދޮރު ހުޅުވިފައިވީއިރު ސިއެރާ އިރުއިރުކޮޅާ ކައިލްއަށް ނަޒަރެއް ހިންގާލައެވެ. ކައިލް ހުރި ގޮތުން އޭނާއަށް ޖެއްސުންކޮށްލާހިތުން ސިއެރާއަށް ކެތްވަނީއެއް ނޫނެވެ. އޭރު ކައިދަން ދިޔައީ ގާތު ހުރި ލިއަމްއާއި މަޖާ ވާހައެއް ހިއްސާކުރަމުންނެވެ. ލިއަމް ފަނޑުކޮށް ހިނިތުންވެލައިގެން ހުރިއިރު ސިއެރާ އަޑު ވީއްލާ ހެމުން ދިޔައެވެ. ލަކުޑި ކުލައިން ފަރުމާކޮށްފައިވާ މޭޒުމަތީގައި މޮޖީޓޯ ތަށިތައް ހުއްޓެވެ.

“ހީ އިޒް ޑުއިން އިޓް އެގެއިން…” ކައިލްއަށް ބަލާލާފައި ސިއެރާ ބުނެލިއެވެ. ލިއަމް އާއި ކައިދަންގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ.

“ޑުއިން ވަޓް…؟” ލިއަމް އެއްބުމަ ހިއްލާލިއެވެ.

“އެ ހުންނަނީނު ގޮސް އެކަނި…މަޖާކުރުމެއް ވެސް ނޯވޭ…ހީ އިޒް ސޯ ޑްރެމެޓިކް…” ސިއެރާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. ލިއަމް ފަނޑުކޮށް ހިނިތުންވެލިއެވެ.

“އެއީ ކައިލްގެ މިޒާޖު…ވަކި ޑްރެމެޓިކް ވެގެންނެއް ނޫން…” ލިއަމް ބުނެލީ ކައިލްއަށް ބަލަން ހުރެއެވެ.

“އާނ ޔޫ ހުރޭ ކައިލް ދިފާއު ކުރަން…” ސިއެރާ ތުން އަނބުރާލިއެވެ. ލިއަމް ހީލިއެވެ.

“ބިލީވް މީ…އައި ހެވް ސީން ހިމް އެޓް ހިޒް ވޯރސްޓް…” ލިއަމް ބުނެލީ ކަމަކާ ވިސްނާލި ފަދައަކުންނެވެ. ކައިދަންގެ ނަޒަރު ލިއަމްއަށް ހުއްޓުނީ ލިއަމް އެ ބަސްތައް ބުނެލިއިރު އަޑުގައި ހުރި ކުލަވަރުންނެވެ.

“ޔާ…” ކައިދަން ބުނެލީ ދުރު ބަލާލަމުންނެވެ. “ޔޫ ހޭވް…!”

ލިއަމް އިރުކޮޅެއް ވަންދެން ކައިލްއަށް ބަލަން ހުއްޓެވެ. ހިމޭންކަމާއެކު ރެއިލިންގައި އަތް އަޅުވާލައިގެން ކަނޑުގެ ބާނިތަކަށް ބަލަން ކައިލް ހުރިއިރު އެ ހިޔާލުތައް ވަނީ މާދުރުގައިކަން ލިއަމްއަށް ނަގައިގަނެވުނެވެ. މިހާރު ކުރިމަތީ އެހުރި ސީރިއަސް މިޒާޖުގެ ކައިލްއާއި ލިއަމް ދިމާވިފަހުން ފަސް އަހަރު ވީއެވެ. އެ ފިނިކަން އެކުލެވިގެންވި ލޮލާއި އެ ހަރުކަށި މިޒާޖަކީ އެންމެ ފުރަތަމަ ދުވަހުވެސް ކައިލްގެ ކިބައިން ލިއަމްއަށް ފެނިފައިވާ އިހުސާސްތަކެވެ. އެ ދުވަސްތައް ވޭތުވެގެން ދިޔައީ ކައިލްގެ އެ ހަރުކަށި މިޒާޖުގެ ފަހަތުގައިވާ ސިއްރު ހޯދަން ލިއަމް މަސައްކަތް ކުރުމުގައެވެ.

މޭޒުމަތިން މޮޖީޓޯ ތައްޓެއް ލިއަމް ނެގިއެވެ. ކައިލް ގާތަށް ލިއަމް ދިޔަތަން ބަލަން ސިއެރާއާއި ކައިދަން ހުއްޓެވެ.

“ހިއަރ…” މޮޖީޓޯ ތައްޓެއް ކައިލްއަށް ދިއްކޮށްލަމުން ލިއަމް ބުނެލިއެވެ. ކައިލް އެ ތައްޓަށް ނަޒަރު ހިންގާލާފައި ލިއަމް އަތުން ތަށި ނަގަމުން ތޭންކްސްއޭ ބުނެލިއެވެ. ދެ ޒުވާނުންވެސް ތިބީ ހިމޭންކަމާއެކު ކަނޑުގެ ބާނިތަކުން އުފައްދަމުން ދިޔަ މިއުޒިކީ އަޑުގެ ތެރެއަށް ގެއްލިފައެވެ. އިރުކޮޅެއް ވަންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ. ވާހަކަ ނުދެއްކިއެއް ކަމަކު އެ ދެމެދުގައި ވަނީ ބުނެދޭން ނޭނގޭ ގާތް އެކުވެރިކަމުގެ ގުޅުމެކެވެ.

ލިއަމްއަށްޓަކާ ކައިލްގެ ހިތުން އަބަދުވެސް ޝުކުރުވެރިވެވޭ ކަމެއް ވެއެވެ. ކައިލް ލައްވާ މަޖުބޫރުން ވާހަކަ ދެއްކުމަށްވުރެ ހިމޭންކަމުން ދޭހަ ކޮށްދޭ މާނައަށް ލިއަމް އިހުތިރާމް ކުރާކަމެވެ. ލިއަމްއަކީ މިޒާޖުގެ ގޮތުން ކައިލްއަށް އެންމެ ކަމުދިޔަ އެކުވެރިޔާއެވެ.

“މަށަށް ދެން ކައިލް ގެއްލޭނެ ދޯ އަވަހަށް…ރާއްޖެއަށް ދެވުނީމަ އަހަރެން މަތިން ހަނދާން ނައްތާނުލާތި…” ލިއަމް ބުނެލީ ކައިލްގެ މޫނަށް ބަލާލަމުންނެވެ. ދާދި ގާތުގައި ދެ ޒުވާނުން ތިބިއިރު ދެމީހުންގެ އިސްކޮޅު ދާދި އެއްވަރެވެ. ކައިލް ފަދައިން ލިއަމް އަކީވެސް ކަސްރަތީ ހަށިގަނޑެއްގެ ވެރި ބައިމަތި ފުޅާ ޒުވާނެކެވެ. ކައިލްއަށް ވުރެ އެއް އަހަރު ދޮށްޓެވެ.

ކައިލް ލުއި ހިނިތުންވުމެއް ދިނެވެ. ފުން ނޭވާއެއް ދޫކޮށްލި ލިއަމް ހީވީ ބޮޑު ވާހަކައަކަށް ތައްޔާރުވެލިހެންނެވެ. އޭނާ ވާހަކަ ދައްކަން ފެށުމުގެ ކުރިން އެ ނަޒަރު ހުއްޓުނީ ކަނޑުގެ ލޮނުގަނޑަށެވެ.

“ކައިލް ބޮސްޓޮންއަށް އައި ދުވަސްކޮޅު އަހަރެން ދެއްކި ވާހަކަތައް ހަނދާން އެބަހުރިތަ…؟” ލިއަމް އެހީ ބަލަމުންދިޔަ މަންޒަރުން ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ. ކައިލްގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. ލިއަމް އެބުނި ވާހަކައިގެ މާނަ ރަނގަޅަށް އޭނާއަށް ދޭހަވެއްޖެއެވެ. އަތުގައި ހުރި މޮޖީޓޯ ތައްޓަށް ކައިލްއަށް ބާރުކޮށްލެވުނެވެ. އެ މަންޒަރު ފެނުން ލިއަމް ދޫކޮށްލީ ފުން ނޭވާއެކެވެ.

“ޑޯންޓް ގިވް އަޕް…” ލިއަމް ބުނެލިއެވެ. ކައިލްގެ ޖަވާބެއް ނައެވެ. ހިމޭންކަމާއެކު އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ކައިލް ހުރިއިރު އެ މުށިކުލައިގެ ފަން އިސްތަށިގަނޑުގައި ވައި އަޅުވަމުން ދިޔައެވެ.

“މި ބުނާ އެއްޗަކީ ކެލް ބޭނުންވާ ގޮތަށް ކަންތައް ވެފައި ނެތަސް އަދި ގިވް އަޕް ނުކުރައްޗޭ…އެހެން މީހަކު އެހެން ރާސްތާއެއް ހިޔާރުކޮށްފައި ވީނަމަވެސް މާޔޫސް ނުވާށޭ…އަދި ކައިލްގެ ބާރު ނުފޯރާ ކަންތަކާހެދި އަމިއްލަ ނަފްސަށް އަނިޔާ ދިނުން ހުއްޓާލާށޭ…!” ލިއަމް ދެއްކި ވާހަކަތަކުގައި ވަނީ ފުން މާނައެކެވެ.

ކައިލް ހިންދިރުވާލުމާއެކު އިސްޖަހާލިއެވެ. ލިއަމްގެ ބަސްތައް ބޮލުތެރޭ އެނބުރެމުން ދިޔައެވެ. ލިއަމް އެ ދެއްކީ ކޮން ވާހަކައެއްކަން އޭނާއަށް ސާފުވެއެވެ. ލިއަމް އެ އަލިއަޅުވާލީ ކައިލްގެ ވަޒީފާއަކަށް ނޫނެވެ. ބޮސްޓޮންގެ ދިރިއުޅުމަކަށް ނޫނެވެ. ކައިލްގެ އާއިލާއަކަށް ނޫނެވެ. ލިއަމްގެ އެ ވާހަކަތައް ރައްދުވަނީ އެ އަންހެން ކުއްޖާއަށެވެ. ކައިލް ދޫކޮށް އެހެން މީހަކު ހިޔާރުކުރި އަންހެންކުއްޖާއަށެވެ. ހިތުގައި ރިހުމެއް ނުއުފެދޭ ގޮތަށް ނޫނީ މިއަދާ ހަމަޔަށްވެސް އެ އަންހެން ކުއްޖާގެ ނަން ކައިލް އަށް ނީވޭ ނަމެވެ. ކައިލްގެ މޫނަށް އަރާ ފައިބަމުން ދިޔަ ހުރިހާ އަސަރެއް ދިރާސާކުރަން ހުރި ލިއަމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އަހަރެން މި ދެއްކި ވާހަކަ ކައިލްއަށް އެނގޭނު…” ލިއަމް ބުނެލިއެވެ.

“ޔެސް…” ކައިލް ފުން ނޭވާއެއް ދޫކޮށްލަން މަސައްކަތްކުރިއެވެ. މީގެ އިރުކޮޅެއް ކުރިން އޭނާގެ ސަމާލުކަން ހުއްޓިފައިވި މަންޒަރުތައް ހީވަނީ ފުސްވެފައި ވާހެންނެވެ. ރާޅުތަކުގެ މިއުޒިކުގެ އަޑު ފަނޑުވެއްޖެއެވެ. ސަބަބަކީ ކައިލްގެ ހަށިގަނޑު އެ ސަފާރީގައި ވީނަމަވެސް މިހާރު އެ ހިތާއި ނަފްސުވަނީ މުޅިން އެހެން ދިމާލެއްގައެވެ. ކައިލްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ މީގެ އަހަރުތަކެއް ކުރިން ބޮސްޓޮންގައި ހޭދަކުރި ދުވަސްތަކެވެ.

ހަތަރު އަހަރު ކުރި

ކައިލް އިޒީކިއެލް ފެންނަ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ފާހަގަވާނީ އޭނާގެ އެ ހިތްދަމައިގަންނަ ފިރިހެންވަންތަ ސޫރައެވެ. ދެވަނަ ކަމަކަށް އެ އާދަޔާހިލާފު ސީރިއަސް ހިމޭން މިޒާޖެވެ. ތިންވަނަ ކަމަކީ އޭނާގެ އެ މިޒާޖުގެ ސަބަބުން އެކަކަށްވެސް އޭނާއާއި ކައިރިވާން ނުކެރުންކަމެވެ.

ކްލާސްތަކަށް ކައިލް ބަރާބަރަށް ހާޒިރުވެއެވެ. ކޮލެޖުގެ ގޯތިތެރެއިން އާއްމުކޮށް ކައިލް ފެނުމަކީ ނާދިރުކަމެކެވެ. ކޮލެޖްގައި ކައިލް ދާނީ އެއް ކްލާހުން އަނެއް ކްލާހަށެވެ. ކްލާހުގައި ނަން ވިދާ ތަރިއެކެވެ. ކިޔެވުމުގައި ކުރިއަރާފައި ވާވަރުން ލެކްޗަރާއިންގެ ލޯބި ހާސިލުކޮށްފައިވާ ޒުވާނެކެވެ. ބޭކާރު އެއްވެސް ވާހަކައެއް އޭނާ ނުދައްކާނެއެވެ. އެ މޫނުމަތިން އަބަދުމެ ފެންނަނީ ފިނި ކަމާއި ސީރިއަސްކަމެވެ. އެ ލޮލުގައި އެވާ ތޫނުކަމުން އެންމެ ހިތްވަރުގަދަ ކުއްޖާއަށްވެސް ކައިލް އާއި ވާހަކަދެއްކުން އޮންނަނީ ޖެހިލުން ވާވަރު ކަމަކަށްވެފައެވެ. ކައިލްއާއި އެކުވެރިކަން ބާއްވަން ބޭނުންވާ އެތައް ކުދިންނެއް ބައިވަރެވެ. އެހެނަސް ކައިލްގެ ކިބައިން ފެންނަނީ މީހުންގެ ތެރޭގައި އުޅެން އޭނާގެ ނަފްސަށް އުނދަގޫވެފައި ވާކަމެވެ.

ބޮސްޓޮންއަށް ކައިލް އެނބުރި އައީ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ރަނގަޅަށް ކިޔެވުމުގެ ގޮތުންނެވެ. އެންމެންވެސް ހީކުރަނީ އެހެންނެވެ. ނަމަވެސް އެކަކަށްވެސް ނޭނގުނީ ކައިލް މިތަނަށް އައުމުގެ މަގްސަދަކީ އޭނާއަށް ކުރިމަތިލުން ދަތިވެފައިވާ މާޒީއަކަށް ފިލުން ކަމެވެ. ހިތާއި ނަފްސުން އޭނާ ލޯބިވި އަންހެން ކުއްޖެއް އެ މާޒީގައި ވާކަމެވެ. އޭނާގެ ހައްގަކަށް ނުވި އަންހެން ކުއްޖެކެވެ.

ހަވޭލިއެއްފަދަ އަމިއްލަ ބޮޑު ގޭތެރޭގައި އެތައް ރެއަކު ހިމޭންކަމާއެކު ކައިލް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އެތައް އިރަކު އިނދެއެވެ. އަމިއްލަ ނަފްސާ އޭނާ ހަނގުރާމަ ކުރަނީ އެ ފޯނުގައިވާ މެސެޖުތައް ނުބެލުމަށެވެ. ހަގީގަތުގައި އެ މެސެޖުތައް މިހާރު ބެހެއްޓުމުގެ ހައްގެއްވެސް އޭނާއަކަށް ނެތެވެ. އެ މެސެޖުތައް ރައްދުވާ ފަރާތާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. ދުލުން އެ ނަން ކިޔުންވެސް ހުއްޓިއްޖެއެވެ. އެ ފަރާތާ ބެހޭ ގޮތުން އެއްވެސް މީހަކު އޭނާއާއި ސުވާލު ކުރުމުގެ ފުރުސަތު ދިނުންވެސް ހުއްޓާލައިފިއެވެ.

އެހެނަސް އޭނާއަށް ނުހުއްޓުވުނު ކަމަކީ ހިތުގައި އެފަރާތާމެދު އުފެދިފައިވާ ލޯތްބެވެ. ހުރިހާ ރިހުމެއްގެ އަސްލަކީ އެއެވެ. އޭނާއަށް އެތައް ގައުމަކަށް ކިޔަވަން ދެވިދާނެއެވެ. ރާއްޖޭގެ ވަސް ނުޖެހޭ ހިސާބަށްވެސް ދެވިދާނެއެވެ. ކިޔެވުމުގައި މުޅި ދުވަސް ހޭދަކުރެވިދާނެއެވެ. އެހެންނަމަވެސް ހަޔާތުން އެ ލޯބީގެ ބާބު ނިމިއްޖެކަން އެ ބަސްނާހާ ހިތް ގަބޫލުކުރަން ބޭނުން ނުވާކަހަލައެވެ. ކައިލްގެ މިޒާޖަށް އައި ބަދަލުގެ އަސްލަކީ އެ ލޯތްބެވެ. އިހުނަށްވުރެ މުޅި ނަފްސު ހިމޭންވެފައި ސީރިއަސްކަން އެކުލެވިފައި ވެއެވެ. މީހުންނާ ދުރުވެ އެކަނި އުޅުން އާދަކުރިއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ނިމުން އައީ ލިއަމް އާއި ދިމާވި ފަހުންނެވެ.

ކައިލް ބަހައްޓަން މަސައްކަތް ކުރަމުން ދިޔަ ދުރުކަމަށް ސަމާލުކަން ނުދިން ހަމައެކަނި ޒުވާނަކީ ލިއަމްއެވެ. ކައިލްގެ ހަރަކާތްތަކާއި އެ މިޒާޖު ލިއަމް ދިރާސާ ކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ. ކައިލް ވެގެން ދިޔައީ ރަހުމަތްތެރިއަކަށް ހަދަން ލިއަމް އެންމެ ބޭނުންވާކަހަކަ ޒުވާނަކަށެވެ.

އެއްދުވަހުގެ ކޮލެޖް ނިމުން ވަގުތެވެ. ކައިލް ނިކުމެގެން ދަނިކޮށް ލިއަމް އަވަސް އަރުވާލާފައި އައިސް ކައިލްއާއި އެއްވަރުކޮށްފިއެވެ. ކައިލްގެ ސަމާލުކަމެއް ނުލިބުނެވެ. ކޮލެޖްގެ ގޯތިތެރޭގައި އެތަން މިތަނުގައި ތިބި އަންހެންކުދިންގެ ނަޒަރުތައް އެ ފިރިހެންވަންތަ ދެ ޒުވާނުންނަށް ހުއްޓެމުން ދިޔައެވެ.

“ހޭ މޭން…” ލިއަމް ގޮވާލުމުންވެސް ކައިލްގެ ޖަވާބެއް ނައެވެ. ނަމަވެސް ލިއަމްގެ ހިތަށް އެއްޗެއް ނޭރިއެވެ.

“ޑޫ ޔޫ އެވަރ ޓޯކް…؟” ލިއަމް އެހިއެވެ.

“ޔެސް…” ކައިލްގެ ފިނި އަޑު އިވުމުން ލިއަމްގެ ތުންފަތްމައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ.

“އެހެންވީމަ ވާހަކަ ދައްކަން އެނގޭތާ…!” ލިއަމް ބުނެލީ ލާނެއް ގޮތަކަށެވެ. އެވަގުތު ކައިލް ހުއްޓިފައި ލިއަމްއަށް ބަލާލިއިރު ދެބުމަ ގޮށްޖެހިފައި ވެއެވެ.

“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ…؟” ކައިލް އެހިއެވެ.

“ޓު ބީ ޔުއަރ ފްރެންޑް…” ލިއަމް ހަމަޖެހިލާފައި ޖަވާބު ދިނެވެ. ކައިލްއަށް ލޯ ހަނިކޮށްލެވުނެވެ. ލިއަމްގެ ފިރިހެންވަންތަ މޫނުމަތިން ފެންނަނީ ހަރުދަނާ ކަމުގެ ކުލަވަރެވެ. އެ ލޮލުގައި ވަނީ ސާބިތުކަމެވެ.

“ކޮންމެވެސް އެހެން މީހަކު ހޯދާ…” ކައިލް ދާން ހިނގައިގަތެވެ.

“ޓްރައި ކުރީމޭ…ދޭ ވަރ ބޯރިން…” ލިއަމް ވާހަކަ ދެއްކީ ކައިލް ފަހަތުން އަންނަމުންނެވެ. ކައިލް ޖަވާބު ދިނުމެއް ނެތި ގޮސް ކޮލެޖްގެ ގޭޓުން ނިކުމެފައި އޭނާގެ ސައިކަލަށް އެރިއެވެ. ކައިލް ލޯމަތިން ގެއްލެންދެން ބަލަން ހުރި ލިއަމްގެ ތުންފަތްމަތީ ވަނީ ފަނޑު ހިނިތުންވުމެކެވެ. އޭނާ ކުރަން އުޅޭ ކަންތައް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަހަލައެވެ.

ޖެހިގެން އައި ދުވަހުވެސް ލިއަމް ކަންތައް ކުރީ ހަމަ އެފަދައިންނެވެ. ކައިލް ޖަވާބު ނުދިނަސް އޭނާ ދައްކާނެ ވާހަކަ ހުސްނުވެއެވެ. ކްލާސް ގަޑީގައި ލިއަމް އިނީވެސް ކައިލްއާއި ޖެހިގެންނެވެ. އޭނާ އެކިއެކި ވާހަކަތައް ދައްކާ، މަޖާ ޖޯކުތައް ކިޔައެވެ. ކައިލް ވާހަކަ ނުދެއްކިއެއް ކަމަކު ދެމީހުންނާ ވާވަރަށް ލިއަމް ވާހަކަ ދައްކައެވެ. ކައިލްގެ ރައްދު މަދުމަދުން ލިބެއެވެ. ކައިލް ބުނެލާ ހަރުކަށި ޖުމްލަތަކަށް ލިއަމް ސަމާލުކަމެއް ނުދެއެވެ.

ލިއަމްގެ ބުރަ މަސައްކަތުން ކައިލް މަޑުމަޑުން ލިއަމްއާއި ވާހަކަ ދައްކަން ފަށައިފިއެވެ. މިކަން ވީ ގިނަކުދިން ހައިރާންކޮށްލި އަދި ޝައުގުވެރި ކުރުވި ކަމަކަށެވެ. މިޒާޖުގެ ގޮތުން ކައިލްއާއި ލިއަމްއަކީ އެއްކަހަލަ ދެމީހުންނެވެ. ކައިލްގެ އެކުވެރިކަން ހޯދުމަށްޓަކައި ލިއަމް އޭނާގެ އާއްމު މިޒާޖާ ހިލާފަށް ކުރި މަސައްކަތް ކާމިޔާބު ވެއްޖެއެވެ. ލިއަމް އާއި އެކު ކައިލް މަދުމަދުން ކޮލެޖް ގޯތިތެރެއިން ފެންނަން ފެށިއެވެ. ކެންޓީނުން ދެ ޒުވާނުން އެކުގައި ފެނުން އާއްމުވިއެވެ. ލިއަމް ވަރަށް ކެތްތެރިއެވެ. ކައިލްގެ ހިމޭން މިޒާޖުގައި ފޮރުވިފައިވާ ސިއްރުތައް ހޯދަން ލިއަމް ބާރެއް ނާޅައެވެ. ކައިލް ހާމަނުކުރިޔަސް ކައިލްއަށް މިވަގުތު ބޭނުންވަނީ ރަނގަޅު ރަހުމަތްތެރިއެއްކަން ލިއަމްއަށް ނަގައިގަނެވުނެވެ.

އެއް ރެއެއްގެ ވަގުތު ލިއަމް ކައިލްގާތު އެދުނީ އޭނާއާއި އެކު ބޭރަށް ދިއުމަށެވެ. ކައިލް އޭރު ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިނީ ހިމޭންވެފައެވެ. ތަރުތީބެއް ނެތް އިސްތަށިގަނޑު ހޭވިފައިވެއެވެ. ލިއަމް ކައިލް ނެގީ ގަދަކަމުންނެވެ. އެހެން ރެއެއް ނަމަ ބޭރަށް ދާން އެއްބަސް ނުވާން ކައިލް ގަދަހެދީހެވެ. މިރޭ އެހާ ހިތްވަރު ނެތީ ކަންނޭނގެއެވެ.

އިރުކޮޅެއް ފަހުން ކައިލް އިނީ ލިއަމް އާއި އެކު ބާރއެއްގެ ތެރޭގައެވެ. މާހައުލުން ފެންނަނީ އަގުބޮޑު ކުލަވަރެކެވެ. އެންމެ އެކަހެރިކޮށް ހުރި މޭޒުގައި ދެ ޒުވާނުން އިން އިރު ކައިލްގެ މޫނުމަތިން ފެންނަނީ އެ މާހައުލާމެދު ވިސްނަމުން ދާ ކަމުގެ ކުލަވަރެވެ. އެވަގުތު ތަށީގައި ދެ ބުއިން ހިފައިގެން ވޭޓަރަކު އައެވެ. ވޭޓަރު ދިއުމާއެކު މޭޒުމަތީ ބެހެއްޓި ތަށިތަކަށް ބަލާފައި ކައިލް ލިއަމްއަށް ނަޒަރު ހުއްޓާލިއެވެ.

“ސީރިއަސްލީ…؟” ކައިލް ލޯ ހަނިކޮށްލަމުން ބުނެލިއެވެ. ލިއަމް ފަނޑު ހިނިތުންވުމެއް ދިނެވެ.

“ޖަސްޓް ފޯރ ޓުނައިޓް…” ކުރިމަތީ ހުރި ޝެމްޕޭން ތަށި ގާތްކޮށްލާފައި ލިއަމް ކޯވަރެއް ބޯލީ ފަރިތަކަމާއެކުއެވެ. ކައިލް ބަލަން އިނީ ހުއްޓުން އަރާފައެވެ.

“ޔޫ ނޯ ވީ ޝުޑުންޓް…!” ކައިލް ބުނެލީ ލިއަމްއަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ.

“އައި ނޯ…” ލިއަމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިމޭންކަމެވެ. ބުނެދޭން ނޭނގޭ ބޮޑު ސިއްރެއް އެ މިޒާޖުގެ ފަހަތުގައި ފަރުދާކޮށްފައި ވާކަހަލައެވެ. ލިއަމްއަށްވެސް އޭނާއަށް އުޅެވޭގޮތް އެނގެއެވެ. އޭނާއަކީ މުސްލިމެކެވެ. ރާ ބުއިމަކީ ދީނުގައި ކިހާ ހަރާމްކަމެއްކަންވެސް އެނގެއެވެ. އެހެންވިޔަސް ދިރިއުޅުމުގައި ކުރިމަތިލާންޖެހުނު ކަންތަކާހުރެ ހެޔޮމަގުން ކާއްސާލީއެވެ.

ލިއަމްއަށް ބަލަން އިން ކައިލްގެ ހިޔާލުތައް އެތައް ގޮތަކަށް އެނބުރެމުން ދިޔައެވެ. މި ހިތާމަގައިގައި އޭނާ ކެތްކުރަންވީ ކިހާ ދުވަހެއް ވަންދެންހެއްޔެވެ؟ ކައިލް ހުރީ ސިކުނޑިއަށް އަރާމެއް ދޭން ބޭނުންވެފައެވެ. އެތައް އިރެއް ވަންދެން އިނދެފައި އެންމެފަހުން ކައިލް ކުރިމަތީ ހުރި ތަށި ނެގިއެވެ. ކޯވަރެއް ބޯލުމާއެކު އެ މޫނުމައްޗަށް ޖެއްސި ވައްތަރުން އެ ރަހައާއި އޭނާ ގަޔާނުވިކަން ހާމަވިއެވެ. އެހެންނަމަވެސް ކައިލް ދެވަނަ ކޯވަރުވެސް ބޯލައިފިއެވެ.

ގަޑިއެއް ހާއިރު ފާއިތުވެދިޔައިރު ކައިލް އިނީ ގޮނޑީގައި ލެނގިލައިގެންނެވެ. ކަނދުރާގެ ބާރު ދޫކޮށްލައިގެން އިންއިރު މުޅި ނަފްސު ވަނީ ހިމޭންކަމެއްގައެވެ. ކައިލްއަށް ބަލަން ލިއަމް އިންނަތާ އިރުކޮޅެއް ވެއްޖެއެވެ. އޭރު ދެތަށީގެ ތެރެއިން އެންމެ މަދު ބުއިން ހުރީ ކައިލްގެ ތަށީގައެވެ.

“ސޯ…” ލިއަމް ގޮނޑީގައި ހަމަޖެހިލަމުން ވާހަކަ ދައްކަން ތައްޔާރުވިއެވެ. “ޓެލް މީ އެބައުޓް ހާރ…!”

“ނޯ…!” އެ އޮތްގޮތަށް އޮވެ ކައިލް ބުނެލިއެވެ. ލިއަމް ކެތްތެރިވިއެވެ. އޭނާ އިތުރު ސުވާލެއް ނުކުރިއެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވިއެވެ. ކައިލް މަޑުމަޑުން މޫނު ހިއްލާލިއެވެ. މި ހުރިހާ ދުވަހު އޭނާ ފިލަން މަސައްކަތްކުރަމުން ދިޔަ މާޒީގެ ސުވާލެއް ކުރިމަތިވުމުން ހިތުގެ ތެޅުން ބާރުވެއްޖެއެވެ. ލިއަމް އިނީ ފަރުވާތެރިކަމާއެކު ކައިލްއަށް ބަލާށެވެ.

“ޝީ ޗޫޒް ހިމް…” އެންމެފަހުން ކައިލްގެ އަނގައިން އިވުނެވެ. ލިއަމްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ކައިލްގެ އަޑު މަޑުވެފައި ވީއިރު އެ ނަޒަރު ހުއްޓިފައިވަނީ ބިއްލޫރި މޭޒުމައްޗަށެވެ.

“އަހަރެން ކޮށްދިން ހުރިހާ ކަމަކަށް ފަހު، ކުރި ހުރިހާ އިންތިޒާރަކަށްފަހު، އޭނާއަށް އަހަރެން މުހިއްމުވާނޭ ހީކޮށް ހުއްޓާ……” ވާހަކަ ދައްކަމުން ގޮސް ކައިލް ހިންދިރުވާލިއެވެ. މޭގައި ގަދަ ރިހުމެއް އުފެދިފައިވީއިރު ކައިލް ބޭނުންވެފައިވީ އެ ވޭނަށް ހައްލެއް ހޯދުމަށެވެ.

“…ޝީ ޗޫޒް ހިމް…!” ޖުމްލަ ފުރިހަމަކޮށްލިއިރު ކައިލްގެ ލޮލަށް ރަތްކަން ވެރިވެފައި ވެއެވެ. ލިއަމް ކެތްތެރިކަމާއެކު އަޑުއަހަން އިނީ އެއްވެސް ސުވާލެއް ކުރުމެއް ނެތިއެވެ. ކައިލް ހިތި ގޮތަކަށް ހީލުމާއެކު ދެފަރާތަށް ބޯ ހޫރާލިއެވެ. “އެންޑް ދަ ވޯރސްޓް ޕާރޓް…؟ އައި ކާންޓް އީވެން ހޭޓް ހާރ ފޯރ ދެޓް…!” ކައިލް ބުނެލިއިރު ލޮލުން ކަރުނައެއް ފައިބެގެން ގޮސްފިއެވެ. އަޑު އައީ ކުރެހިގެންނެވެ.

“އަހަރެން މަސައްކަތް ކުރިން ލިއަމް…ވަރަށް މަސައްކަތް ކުރިން…އަމިއްލަ ނަފްސަށް ވިސްނައިދިނިން އަހަންނަށް އޭނާ މަތިން ހަނދާން ނައްތާލެވިދާނެކަން…އަހަރެން ގަބޫލުކުރަން ބޭނުންވީ އޭނާއާއި ދުރަށް ގޮސްގެން އަހަންނަށް އޭނާ މަތިން ހަނދާން ނައްތާލަން ފަސޭހަވާނެކަން…” ވާހަކަ ދައްކަމުން ގޮސް ކައިލްގެ ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. އިހަކަށް ދުވަހު ދިމާވި ޒުވާނަކަށް މިހާ އިތުބާރު ކޮށްފައި މި ވާހަކަތައް ކިޔައިދެވެނީ ކީއްވެކަމެއް ކައިލްއަކަށް ނޭނގެއެވެ. ހަށިގަނޑުގެ ކޮންމެ ނާރެއްގައި އޭނާ ބުއި ބުއިމުގެ ޖާދޫގެ އަސަރު ދައުރުވާ ކަހަލައެވެ.

“އައެމް ނޮޓް ފައިން ލިއަމް…” ކައިލްއަށް ރޮވިއްޖެއެވެ. ލިއަމްއާއި ދިމާވި ފަހުން ފުރަތަމަ ފަހަރަށް ކައިލްގެ އިހުސާސްތައް ފޮރުވުން ހުއްޓާލައިފިއެވެ. އެ ސީރިއަސް މިޒާޖުގެ ފަހަތުގައި މިރޭ ފިލާކަށް ކައިލް ބޭނުމެއް ނޫނެވެ. ހިތުގައިވި ހުރިހާ އުދާހެއް ކައިލް ދިޔައީ ބޭރުކުރަމުންނެވެ. ލިއަމް އަށް މިހާރު ފެންނަމުން ދިޔައީ އެތައް ދުވަހެއް ވަންދެން ފުން ހިތާމައެއް އުފުލަމުން ދިޔަ ޒުވާނަކު އެންމެ ފަހުން އެ ހިތާމަތަކާމެދު ހަދާނެ ގޮތް ހުސްވެފައި ވަނިކޮށެވެ.

“އައި ލަވްޑް ހާރ…އަހަރެން ހާދަ ލޯބިވެޔޭ…” ކައިލް ކުރެހިފައިވާ އަޑަކުން ބުނެވުނެވެ.

“އައި ނޯ…” ލިއަމް ބޯ ޖަހާލިއިރު އެ މޫނުމަތިން ފެނުނީ ކައިލްއަށްޓަކާ އޯގާތެރިކަމެވެ.

“ނޯ ޔޫ ޑޯންޓް…!” ކައިލް ދެފަރާތަށް ބޯހޫރާލިއެވެ. “ޔޫ ޑޯންޓް އަންޑަރސްޓޭންޑް…އަހަރެން ހީކުރީ އަހަރެންގެ ފިއުޗާއަށް އޭނާ ވާނެޔޭ…އައި ތޯޓް……” ކައިލްގެ އަޑު ބެދިއްޖެއެވެ. އިސްޖަހާލުމާއެކު އޭނާ ރޮމުން ދިޔައެވެ.

“ޝީ ވޯޒް ސަޕޯސްޑް ޓު ބީ ވިތް މީ…ހަމައެކަނި އަހަރެންގެ ހައްގެއް…” ކައިލްގެ ބޯ ފަޅައިގެން ގޮސްފާނެ ކަހަލައެވެ.

ލިއަމް އެންމެފަހުން ހަށިގަނޑު ސީދާކޮށްލަމުން މޭޒުމަތީ ދެއަތް ބާއްވާލާ އިނގިލިތައް ގުޅުވާލިއެވެ. އޭނާގެ ފުން ނަޒަރު ކައިލްއަށް ހުއްޓުނެވެ.

“ޔޫ އަރ ނޮޓް ދަ އޮންލީ ވަން ހޫ ލޮސްޓް ދަ ގާލް…ޔޫ ނޯ…!” ލިއަމް ބުނެލިއެވެ. ކައިލް ކުއްލިއަކަށް އިސްއުފުލާ ލިއަމްއަށް ބަލާލިއެވެ. ލިއަމްގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލި ފެންނަމުންދަނީ ހިތާމައިގެ ކުލަވަރެވެ.

“އަހަރެންވެސް ވަރަށް ލޯބިވިން…” ލިއަމް ބުނެލިއެވެ. ކައިލް ބަލަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މޫނުމަތީގައިވި އާވާރާކަންވެސް ފިލާފައި ވާކަހަލައެވެ.

“އަހަރެން ވަރަށް ލޯބިވިން…ހީކުރިން އޭނާވެސް އަހަރެން ދެކެ އެހާ ލޯބިވާނޭ…އެކަމަކު ބައެއްގެ ރޭވުމާ ހެދި އޭނާ އަހަރެން ދޫކޮށްލީ…އޭނާ އަހަންނަކަށް އިތުބާރެއް ނުކުރި…” ލިއަމް ވާހަކަ ދެއްކިއިރު ހިތާމައާއި ރުޅި އެކުވެ އެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ނޭނގޭ އަސަރެކެވެ.

“އައި ތޯޓް އެވްރިތިންގް ވޯޒް އޯވަރ ފޯ މީ…” ލިއަމް ބުނެލިއެވެ. ކައިލް އިނީ ހިމޭންކަމާއެކު ލިއަމްއަށް ބަލާށެވެ.

“ބަޓް އިޓް ޑަޒަންޓް…” ލިއަމް ކުރިޔަށް ގެންދިޔައެވެ. “ހަޔާތުން މީހަކު ގެއްލިގެން ދިއުމަކީ ތިމާއަށް ތިމާގެ ނަފްސުވެސް ގެއްލިގެން ދިއުމެއް ނޫން…” ލިއަމް ބުނެލީ ހަރުދަނާ ވާހަކައެކެވެ. ކައިލްއަށް ދުރު ބަލާލެވުނެވެ.

“އީޒީ ފޯރ ޔޫ ޓު ސޭ…” ކައިލްގެ އަޑުގައިވީ ހިމޭންކަމެވެ.

“ޔޫ އަރ ރައިޓް…އިޓް އިޒް…!” ލިއަމް ބޯ ޖަހާލިއެވެ. ދެން އަޑު އިހުނަށްވުރެ ސީރިއަސްވެއްޖެއެވެ.

“ލިސެން ޓު މީ…! ކައިލް…! އައެމް ނޮޓް ގިވިން އަޕް އޮން މައި ގާލް…!” ލިއަމްގެ އަޑުގައިވަނީ ޔަގީންކަމެވެ. ކައިލްގެ ނަޒަރު ލިއަމްއަށް ހުއްޓުނީ އެ އަޑުގައިވި ސާބިތުކަމުންނެވެ.

“އަހަންނަކަށް ނޭނގެ ފިއުޗާގަ ވާނެ ގޮތެއް…އޭނާ އެނބުރި އަންނާނެ ކަމުގެ ޔަގީންކަމެއްވެސް ނެތް…އަހަންނަށް މިހާތަނަށް ބުނުމުގެ ފުރުސަތު ލިބިފައި ނެތް ވާހަކަތައް އޭނާ ގާތު ބުނެވޭނެ ފުރުސަތެއް ލިބޭނެ ކަމެއްވެސް ނޭނގެ…ބަޓް އައެމް ނޮޓް ގޮއިން ޓު ސިޓް ހިއަރ އެންޑް ޑިސައިޑް ދެޓް މައި ލައިފް އިޒް އޯވަރ ބިކޯޒް ތިންގްސް ޑިޑިންޓް ގޯ އިން މައި ވޭ…” ވާހަކަ ދައްކަމުން ލިއަމް އިހުނަށްވުރެ ކައިލްއާއި ގާތަށް ޖެހުނެވެ. “އެންޑް ނެއިދަރ ޝުޑް ޔޫ…!”

ކައިލްއަށް ލިއަމްއަށް ބަލަން އިނދެވުނެވެ. ލިއަމްގެ ވާހަކަތަކުން ކައިލްގެ ހިތަށް ނޭނގޭ ހިތްވަރެއް ލިބިގެން ގޮސްފިއެވެ. އެތެރެހަށީގައި މިހުރިހާ ދުވަހު ނިދާފައިވި ބާރެއް ހޭލިކަހަލައެވެ. ސިކުނޑީގައި އުފެދިގެން ދިޔައީ ނުރައްކާތެރި ހިޔާލުތަކެވެ.

ދުވަސްގަނޑަކަށް ފަހު ކައިލް އެކަނިމާއެކަނި ހިތާމަތަކާ ކުރިމަތިލަމުން އަންނަ އައުން ނިމުމަކަށް އައިސްފިއެވެ. ބޮސްޓޮންއަށް އައިފަހުން ކައިލްގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބިގެން އައީ އެރެއެވެ. އޭނާގެ މިޒާޖާއި ގުޅޭ ފަދަ އެކުވެރިއަކު އޭނާއަށް ލިބިއްޖެއެވެ. ހާމަކުރުމުގެ ކުރިންވެސް އޭނާގެ ގިނަ ކަންކަން އެ އެކުވެރިޔާ ވަނީ ދެނެގަނެފައެވެ. ދެ ޒުވާނުންވެސް ކުރަމުން ދިޔައީ އެއް ހިތާމައެކެވެ. ލޯބިވާ ކުއްޖާ ނުލިބުމުގެ ހިތާމައެވެ. އެރެއަށްފަހު އެ ދެމެދުގައިވި ރަހުމަތްތެރިކަމުގެ ގުޅުން އިހުނަށްވުރެ ގާތްވިއެވެ.

ދުވަސްތައް ފާއިތުވެ ދިޔައިރު އަކީލްގެ ކަންފަތާ ހަމަޔަށް ކައިލްގެ ހަބަރު ފޯރައިފިއެވެ. އޭރު ކައިލް ހުރީ ކިރިޔާ އަތުނުވާ ހިސާބަށް ގޮސްފައެވެ. ވަކި މިންގަނޑެއްގެ ތެރޭ، ހަރުދަނާ ކަމާއެކު އޭނާ ބަލާބޮޑުކުރި ދަރިފުޅު ފެންނަނީ މަގުގެއްލިފައި ވަނިކޮށެވެ. އޭރު ކައިލް ދިޔައީ މަދުމަދުން ގެއަށްވެސް ރާފުޅި ގެންނަމުންނެވެ. އަކީލްއާއި ހަމަޔަށް އެ ހަބަރު ދިޔައީ ކިހިނެއް ކަމެއް ނޭނގެއެވެ.

އަކީލް އެ ހަބަރު ނެގީ އާދައިގެ ހަބަރެއް ގޮތުގައެއް ނޫނެވެ. ހޮސްޕިޓަލުގެ ހާލަތުގެ ގޮތުން އަކީލްއަށް މިވަގުތު އެމެރިކާއަށް ދެވޭކަށް ނެތެވެ. ވުމާއެކު އަކީލް ގުޅީ ކައިދަންއަށެވެ. އޭނާ އެހީއަކަށް އެދުނީ ކައިދަންގެ ފަރާތުންނެވެ.

ކިޔަވާނިމި ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ ކައިދަން ކައިލްގެ ޒިންމާ ނެގީ ސީރިއަސްކަމާއެކުއެވެ. ދުވަސްކޮޅަކަށް ހޮސްޕިޓަލުން ޗުއްޓީ ނެގުމާއެކު އޭނާ އެގެޔަށް ބަދަލުވިއެވެ. އާލިކްވެސް ކައިދަންއަށް ގުޅާ ކައިލްގެ ހާލު އޮޅުންފިލުވައެވެ. އާލިކް ކައިދަންގެ ގާތުން ކައިލްއަށް ރަނގަޅަށް ބެލުމަށް އެދުނެވެ. ކޮއްކޮއާމެދު ކަންބޮޑުވެފައިވާ އާލިކްއަށް މާ ދުވަހަކު ދުރުގައެއް ނުހުރެވުނެވެ. ހަގީގަތްވެސް އެނގޭތީ އާއި އެކު ވީ އެންމެ އަވަހަކަށް އާލިކް އެމެރިކާއަށް އައެވެ.

އާލިކް އާއި ކައިދަން އެހީވާން މަސައްކަތްކުރީ ހަމައެކަނި ކައިލްއަކަށް ނޫނެވެ. ލިއަމްއަށްވެސް މެއެވެ. ހަރުދަނާ ދެ ޒުވާނުން ފަދައިން އެ ދެމީހުން ކައިލް އާއި ލިއަމްއަށް ވިސްނަދޭން މަސައްކަތްކުރެއެވެ. އާލިކް އާއި ކައިދަންގެ އެތައް މަސައްކަތަކުން އެ ދެމީހުން ބާރތަކަށް ދާ ދިއުން ހުއްޓުވުނެވެ. އާލިކް އުޅޭތީ ގެއަށް ރާފުޅިއާއި ބިޔަރު ދަޅުތައް ގެނައުމަށް ކައިލްއަށް ދަތިވިއެވެ. އޭނާ ވަނީ ނުހަނު ބޮޑަށް އެ އެއްޗެއްސަށް އާދަވެފައެވެ. އިރުކޮޅަކަށްވެސް ހިތާމަތަކާ އޭނާ ދުރުކުރުމަށް އެހީތެރިކަން ލިބެނީ އެ ތަކެތީގެ ފަރާތުންނެވެ.

ބޭނުން ނުވިޔަސް ކައިލްގެ މިޒާޖު މުޅިން ބަދަލުވެ އަބަދުމެ ރުންކުރުވެ ރުޅި ގަދަވާންފެށިއެވެ. ކައިލް ހަލާކުވެގެން ދިއުމަކީ ހުދު ލިއަމްވެސް ބޭނުންވާގޮތެއް ނޫނެވެ. ވުމާއެކު އޭނާވެސް ދެން މަސައްކަތް ކުރީ ކައިލް އެކަމާއި ދުރުކުރުވުމަށެވެ. ނަމަވެސް އާލިކް އާއި ކައިދަން ނެތް ތަންތަނުގައި ކައިލް ލިއަމް ގާތުން އާދޭސްކުރަނީ އެ ތަކެތި ހޯދައިދިނުމަށެވެ. އިތުރު ގޮތެއް ނެތިގެން ލިއަމް ދުވަސްކޮޅަކަށް ކައިލް ގާތަށް އައުން ހުއްޓާލިއެވެ. އެކަމާވެސް ކައިލް ރުޅިގަދަވިއެވެ. އާލިކް އާއި ކައިދަންއަށް ވަރަށް ކެތްތެރިވާން ޖެހުނެވެ. ކައިލް އާއި އެކު ހުރިހާ ވަގުތެއްގައިވެސް އެ ދެ ޒުވާނުން ވިއެވެ. މަހެއް ވަންދެން ކައިލް އެފަދަ އެއްޗަކާ ގާތްވިޔަ ނުދީ ހިފަހައްޓާލުމާއެކު މަޑުމަޑުން ނަތީޖާ ފެންނަން ފެށިއެވެ. ނަމަވެސް އޭރު ކައިލް ހުރީ ވޭޕް ބުއިމަށް ދެވި ހިފާފައެވެ.

އެއްދުވަހެއްގެ ހަވީރު ވަގުތު ލައިގެން ހުރި ދިގު ސޯޓާއެކު ކައިލް ހުރީ ބެލްކަނީގައި ވޭޕް ހިފައިގެންނެވެ. ހަލަބޮލިވެފައިވާ މަގަށް ނަޒަރު ހުއްޓިފައިވީއިރު ސިކުނޑީގައިވި ހިޔާލުތައްވެސް ހަލަބޮލިވެފައި ވާކަހަލައެވެ. އާލިކްއާއި ކައިދަން ތިބީ ސިޓިންރޫމް ސޯފާގައި އެކްޝަން ސީރީޒެއް ބަލާށެވެ. އެހެން އިނދެފައިވެސް ދެ ޒުވާނުންގެ ނަޒަރު އިރުއިރުކޮޅާ ކައިލްއަށް ހުއްޓެއެވެ.

ދޮރު ހުޅުވުނު އަޑު އިވުމާއެކު އާލިކްގެ ނަޒަރު ދޮރަށް ހުއްޓުނެވެ. ދެވަނަ ސިކުންތުގައި ހައިރާންވެގެން ކޮޅަށް ތެދުވެވުނެވެ.

“ބައްޕާ…؟ ނުވެސް ބުނެލާ…!” އާލިކް ބުނެލިއެވެ.

މިއަޑު ޖެހުން ކައިލް ހީވީ އެލާރޓަށް އައިހެންނެވެ. ލައިގެން ހުރި ދިގު ސޯޓުގެ ޖީބަށް ވޭޕް ކޮއްޕާލުމާއެކު ހަލުވިކަމާއެކު ފަޒާތެރޭ ބޮނޑިވެފައި ހުރި ދުންތަކުގައި އަތް ހިންގާލާ ފޮޅާލިއެެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ލިވިންރޫމަށް ވަންނަން އައުމާއެކު ހުއްޓުން އެރީ އަކީލްގެ ފަހަތުގައި ތިބި ބަޔަކު ފެނުމުންނެވެ.

އަކީލްއާއި ދާދި އެއް އުމުރެއްގެ ފިރިހެނެއް ހުރި އިރު އޭނާ ގާތުގައި ހުރި އަންހެން ކުއްޖާގެ ނަޒަރު ކައިލްއަށް ހުއްޓުނު ގޮތަށް އެހެން ދިމާލަކަށް ބަލާނުލިއެވެ. ކައިދަން އަވަހަށް ސޯފާގެ އަތްގަނޑު މަތީ އޮތް ކައިލްގެ އަޅިކުލައިގެ ޓީޝާޓު ނަގާ އެއްލިއެވެ. ކައިލް އަވަސް ހަރަކާތާއެކު ބޮލުން އެ މަހަމުން އައިސް އަކީލް ގާތަށް ހުއްޓުނެވެ. ދަރިފުޅަށް އަކީލް ބަލާލީ ފުން ނަޒަރަކުންނެވެ. އެ ލޮލުން ކަންބޮޑުވުމުގެ އިތުރުން ހިތްހަމަނުޖެހުންވެސް ފެންނަމުން ދިޔައެވެ. ނަމަވެސް އަކީލް ކެތްތެރިވީ ގޭގައި މެހެމާނުން ތިބުމުންނެވެ.

“ކައިލް…މީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް…މީޓް އަލީމް އެންޑް ހިޒް ޑޯޓަރ ސިއެރާ…” އަކީލް ކައިލްއަށް އެމީހުން ތައާރަފުކޮށްދިނެވެ. އޭރުވެސް ސިއެރާ ހުރީ ކަޅި ޖަހާނުލާ ކައިލްއަށް ބަލާށެވެ. ކައިލް އަލީމްއާއި ސަލާމްކޮށްލާފައި ސިއެރާއަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ދަރިފުޅުގެ މިޒާޖު އެނގޭތީ އަކީލް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

އަލީމްއާއި ބެހޭ ގިނަ ތައާރަފުތަކެއް އަކީލް ދިނެވެ. އަލީމްއާއި ކައިލް ބައްދަލުކުރުވުމުގެ މަގްސަދު ކައިލްއަށް ނަގައިގަނެވުނީ މާ ފަހުންނެވެ. އަކީލް ބޭނުންވަނީ ކައިލް ކިޔަވަމުން ޕާޓްޓައިމް ގޮތުގައި އަލީމްގެ ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށެވެ. ދަރިފުޅު އުޅެމުންދިޔަ ނޭދެވޭ އަމަލުތަކާއި ދުރުކުރުވަން މި ނޫންގޮތެއް އަކީލްއަށް ނުފެނުނީއެވެ. އިއްތިފާގުން ކައިދަންއަކީވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ. ކައިލް އެއްބަސްވިއެވެ. ސިއެރާއާއި ކައިލް ރަހުމަތްތެރިވީ އެ ހޮސްޕިޓަލަށް ވަޒީފާއަށް ދާން ފެށިފަހުންނެވެ.

މިހާރު

“ކައިލް…؟” ހިޔާލުތަކުން ކައިލްއަށް ބޭރުވެވުނީ ސިއެރާ ގޮވާލި އަޑު އިވުމުންނެވެ. އޭނާއަށް މަޑުމަޑުން އެސްފިޔަ ޖަހާލެވުނު ހިނދު ލޯމަތިން ފަރުދާއެއް ކެހިގެން ދިޔަކަހަލައެވެ. މިހާރު ސާފު ކަމާއެކު ދިމާ ކުރިމަތީ އޮތް ރިހިއަލިން ވިދަމުންދިޔަ ކަނޑު ފެންނަމުން ދިޔައެވެ. ސަފާރީގެ ލައިޓުތަކާއި އެތެރެއިން އިވެމުން ދިޔަ މިއުޒިކްގެ އަޑުވެސް ސާފުކޮށް އިވުނެވެ. އަދި އޭނާއަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ހުރި ލިއަމްއާއިވެސް ނަޒަރު ސީދާވިއެވެ. ކައިލްއަށް އަތުގައި ހުރި މޮޖީޓޯ ތައްޓަށް ބަލާލެވުނެވެ. ހިޔާލުތަކުތެރެއަށް އޭނާއަށް ގެއްލިފައި ހުރެވުނުތާ ވީ އިރެއް ނޭނގެއެވެ.

“ހޭ…” ލިއަމް ކައިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ވަޓްއެވަރ ހެޕެންސް، ވެން ޔޫ ގޯ ބެކް، ޑޯންޓް ލޫޒް ޔުއަރސެލްފް އެގެއިން…” ލިއަމް ބުނެލިއެވެ. ކައިލް ދޫކޮށްލީ ފުން ނޭވާއެކެވެ. އިރުކޮޅެއް ފަހުން ފަނޑު ގޮތަކަށް ކައިލްގެ އަޑު އިވުނެވެ. “އައިލް ޓްރައި…”

ލިއަމް ކައިލްގެ ކޮނޑުގައި ފިރުމާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭނާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ފަހަތުން ސިއެރާގެ އަޑު އިވުނެވެ.

“ކަ…އި…ލް…!! ލި…އަ…މް…!! އަހަރެން ނުލާ ކޮން އެމޯޝަނަލް ކޮންވަޒޭޝަނެއްތަ ތި ކުރިޔަށް ގެންދަނީ…؟” ސިއެރާގެ ބާރު ހިމަ ތޫލި އަޑުން ކަންފަތުގެ އިވުން ގެއްލިދާނެ ކަހަލައެވެ. ލިއަމް ލޯ މަރާލާ ނިތްކުރިއަށް ވާން އަރުވާލީ ބޮލަށް ތުރާވެފައި ހުރި ފަދައަކުންނެވެ. “ހިއާރ ވީ ގޯ…”

ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. “ކެން ވީ ތްރޯ ހާރ އޯވަރ ބޯރޑް…؟” ކައިލްގެ ޖުމްލައިން ލިއަމްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް އޭނާ ކަރުކެހިލަމުން އަނގަމަތީ އަތް ހިންގާލިއެވެ.

“ނޫނޭ…އައި ވުޑް ހޭވް ޓު އެކްސްޕްލެއިން އިޓް ޓު ކައިދަން…” ލިއަމް ބުނެލިއެވެ. ދުރު ބަލަން ހުރެ ކައިލް ބޯ ޖަހާލިއެވެ.

ސިއެރާ ވައިސޫރިއެއްހެން އެ ދެމީހުން ގާތަށް އައިސް ޖާގައެއް ހޯދާލާފައި ކައިލްއާއި ލިއަމްގެ ދެމެދަށް ވަދެ ކައިލްގެ މޫނަށް ބަލަން ފެށިއެވެ. ލިއަމް ހުރީ ހެވިދާނެތީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ.

“ލިއަމް ދެން އަހަންނަށްވެސް ކައިލްއާއި އެކު އެކަނި ޓައިމްކޮޅެއް ދީބާ…އައެމް ގޮނަ މިސް ދިސް ފޭސް ސޯ މަޗް ވެން ހީ ލީވްސް…” ފަހު ޖުމްލަ ސިއެރާ ބުނެލީ ކައިލްގެ މޫނަށް ފުން ނަޒަރަކުން ބަލާލަމުންނެވެ.

“ޔޫ ވިލް ސަވައިވް…” ކައިލް ބަލާލުމެއްވެސް ނެތި ބުންޏެވެ. ލިއަމް ހީގަތުމުން ސިއެރާ ލޯ އަޅާލުމުން ކަރުކެހިލާފައި ލިއަމްގޮސް އެތެރެއަށް ވަނެވެ.

ކައިލްއާއި އެކު އެކަނިވުމުން ސިއެރާގެ މޫނުމަތީގައިވި ސީރިއަސްކުލަވަރު ފިލައިފިއެވެ. އޭނާ ކައިލްއަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުގައިވަނީ ބަޔާންކުރަން ނޭނގޭ ކުލަވަރެކެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު ހަލަބޮލި މިޒާޖު ދިޔަތަނެއްވެސް ނޭނގެއެވެ. ސިއެރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައިރު ވާހަކައެއް ބުނަން އުޅެ ނުބުނެވިގެން އުޅޭ ކަހަލައެވެ. އެންމެފަހުން ހިތްވަރު ކޮށްލާފައި އޭނާ ކައިލްއަށް ގޮވާލިއެވެ.

ކައިލް ބަލާލުމާއެކު ސިއެރާގެ މޫނުމަތީގެ އަސަރުތައް ފެނި ހައިރާންވިއެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔަ ގޮތުން އޭނާ އެ އުޅެނީ ވާހަކައެއް ދައްކަންކަން ކައިލްއަށް އެނގުނެވެ. ކައިލް ދުރަށް ބަލާލި ވަގުތު ސިއެރާވެސް މަޑުމަޑުން ރެއިލިންގައި އަތް އަޅުވާލަމުން ކަނޑުގެ ބާނިތަކަށް ނަޒަރު ހުއްޓާލިއެވެ. އެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ.

“އަހަރެން…އަހަންނަށް އެނގޭ ކައިލް އަހަރެން ގާތު މި ވާހަކަ އިތުރަށް ނުދައްކަން އެދުންކަންވެސް…ބަޓް މައި ހާރޓް ކާންޓް ޓޭކް އިޓް އެނީ މޯރ…” ސިއެރާގެ އަޑު އާދަޔާހިލާފަށް މަޑުމައިތިރިއިރު އެ އަޑުގައިވަނީ ބޭގަރާރުކަމެވެ. ކައިލް ހިމޭންކަމާއެކު އަޑުއަހަން ހުއްޓެވެ.

“އަހަންނަކަށް ނޭނގެ ކައިލް އެނބުރި އަންނާނެ ދުވަހެއް…” ސިއެރާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ކައިލް އެނބުރި އަންނާނެ ކަމެއްވެސް އަހަންނަކަށް ޔަގީނެއް ނޫން…އަހަރެން ވަރަށް ވިސްނައިފިން…ކައިލް…! އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދީދީ ވަރުބަލިވެއްޖެ…” ސިއެރާގެ އަޑު ކުރެހެން ފެށިއެވެ. ކައިލް އެއްޗެކޭ ނުބުންޏެވެ.

“އައި ވޯންޓް ޓު އާސްކް ޔޫ ސަމްތިން…” ސިއެރާ ބުނެލިއެވެ. ކައިލްގެ ނަޒަރު ސިއެރާއަށް ހުއްޓިފައި ވަގުތު މަޑުޖެހުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ސިއެރާގެ ލޮލުގައި ވިދަ ވިދާ ހުރި ކަރުނަތައް އޭނާގެ އިޒުނައެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.

“އަމް…މީ…ޔޫ ނޯ…އަހަރެމެންގެ…ކައިވެނި…” ސިއެރާ އެންމެފަހުން ބުނެލިއެވެ. އޭނާގެ ދުލުން އެ ބަސްތައް ނިކުތްހާއިރުން ކައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Anonymous

    Pleaseee avahah liaa AA mail AA gulhuvabaaaaa please

    1. Lavender
      Anonymous

      GIRLLLL 😭 patienceee, let’s see what fate has planned for them 💗🤭

  2. Strawberry

    Omg gurlllll, why a twist…like urgh Kyle n sierra?? Pls noo…I have a feeling sierra is gonna say she ain’t gonna marry cuz he lives Leah…but urgh this is getting interesting…keep it upp

    1. Lavender
      Strawberry

      Not you making theories now hehe 😭🤭 I swear this part has everyone going through all kinds of emotions 😂 And about sierra and Kyle…… 👀🤐 I’m just gonna stay quiet before I accidentally spoil something 😭 Thank you so much for reading and supporting the story 💗💗🥹

  3. Mariyam Reem

    whatttttt!!!! siera and kail??? marriage??? NOOOO let liaa get divorce from rihaan and get them back together plzzzzzzzzzzz. come onn. he’s going ehnun tha raajje ah very soon.. nuuu plx let it be a happy ending..
    anyways, episode v reethi ingey. and to think that Kail had to go for drugs to bring peace to his heart, at least temporarily – it js breaks my heart too.. very emotional.. love the sifa kurun thah ingey.. keep it up! lysmmm <3

    1. Lavender
      Mariyam Reem

      You’re Panicking so badddd ahaha 😭😂💗 I can’t even blame you because these people are giving us too much to handle rn 😭💔
      And Kyle dhoooo…that boy has been through so much, it hurts my heart too 🥹💔 I’m so happy you noticed and loved the descriptions, it means a lot to meee 🥹💗
      About that happy ending…👀🤭 I’m not saying anythingggg hehe 😭💗 LYSM MORE, THANK YOU FOR ALWAYS SUPPORTING MY STORYYY 🫶🏻💗

  4. Anonymous

    I loveeeeeeee thisssssss paarrttttttt soooo muchhhhhhhhhh
    when is nexttttttttttt????
    Curiously waitingggggggg

    1. Lavender
      Anonymous

      I’m so happy you loved it that muchhhh 🥹💗 Next part coming soon 🤭💗 Thank you for waiting so patientlyyy 💗

  5. pumpkin🎃

    omg kail and sierra ?are they really getting married
    mi part ves vrh reethi
    wait for nxt ep
    curious to know what happen nxt

    1. Lavender
      pumpkin🎃

      Are we really ready for this Kyle and Sierra situation?? 🤭👀
      Hehe I’m staying quiet before I accidentally spoil anythinggg 😭😂 So happy you loved the part 🥹💗 Thank you for reading and waiting for the next episode 🥰💗

  6. laishyy_.

    Seriously…? 😭 Don’t tell me Kyle and Sierra ge kaiveni hamajessee ey.. no no.. I object.. lavender.. Kyle sierra ah nudheythi ingeyy.. mi part vx hama vrh reethi Masha Allah

    1. Lavender
      laishyy_.

      Ahahaha OBJECTION NOTEDDD 😂🤭 I’m staying quiet before I spoil anythinggg 👀💗so happy you loved the part 💗🥹

Comments are closed.