Skip to content
އެސްފިޔަ

ވާނޭހެ ގުނިޔޭގާ (4)

ވިނަގަނޑު މަތިން ތެދުވެވުމާއެކު އަވީން ދުއްވައިގައީ ގެއާއި ދިމާލަށެވެ. އޭރުވެސް ޔުއާން ދެއަތް ދަމާލައިގެން އެއޮތް ގޮތަށް އޮތެވެ. އެދުވަހުގައި ދެމީހުންވެސް އުޅުނީ ވަރަށް ދުރުންނެވެ. ހާއްސަކޮށް އަވީނެވެ. ޔުއާން ފެންނަން ތަނަށް އުޅެނީ ބިރުންނެވެ. ރޭގަނޑުގައި އެންމެން ކާން ތިބިއިރު ދޭތެރެއަކުން އަވީން ޔުއާނަށް ބަލާލައެވެ. މިއަދު ޔުއާން ގައިން ދުވި މީރުވަސް މިހާރުވެސް އެބަ ދުވައެވެ. އެންމެނަށް ވުރެ ކުރިން އަވީން ކައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.  އެނދުން ބާލީސް ނަގައިގެން ތިރީގައި ތަންމަތި އަޅާލައިގެން އަވީން އޮށޯވެއްޖެއެވެ. ޔުއާންވެސް އަނގައިން ބަހެއް ނުބުނެ ކޮޓަރިއަށް ވަދެ އޮތްގޮތައް ނިދީއެވެ. ގޭތެރެ ހިމޭން ވުމުން ޔުސްރިއްޔާ ލައިބްރަރީއަށް ވަދެ އެތަނުގެ ބޮކި ދިއްލާލައިފިއެވެ. އެތަނަށްވަދެ ފަހަރަކު ފޮތެއް ހާވަމުން ދިޔަ ވަރަކަށް ޔުސްރިއްޔާގެ މޫނަށް ގޮތް ތަކެއް ވަމުން ދިޔައެވެ. ތިރީގައި ހުރި ކަބަޑުތައްވެސް ޔުސްރިއްޔާ ބަލަން ފަށައިފިއެވެ. އޭރު މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ.

“އަން..” ޔުސްރިއްޔާ ސިއްސައިގެން ދިޔައީ އޭނާގެ ފައިބުޑުގައި އައިސް ޖެހުނު ފޮތް ފެނިފައެވެ. އޭރު ލައިބްރަރީ ދޮރު މަތީގައި ޔުއާން ހުއްޓި ލައިގެން ހުއްޓެވެ.

“ތިއެއްނު ތި ހޯދަނީ؟..” އެހެން ބުނުމަށްފަހު ޔުއާން އެތަނުން ނިކުންނަން ހިނގައިގަނެފިއެވެ.

“އާނު.. ބަލަ ތި ހީކުރަނީ ރަނގަޅަކަށް ނޫނޭ..” ޔުސްރިއްޔާ އުޅުނީ ޔުއާންއަށް ވިސްނައި ދެވޭތޯއެވެ.

“ދެން ކޯއްޗެއް؟ ތީ ކޮން އަންޖުމްއެއް.. ކޮން އަވީނެއްގެ ވާހަކަ ތީގަ ލިޔެފަ އެއޮތީ؟” ޔުއާން ބޭނުންވީ އޭނާއަށް ހީވަމުން ގޮތްތައް ސީދާ ކުރާށެވެ.

“އާނު…” ޔުސްރިއްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އާނު ބުނަން މީގެ އެއް ވާހަކައަކީ މަންމަ ލިއެފައިވާ އެއްޗެއް ނޫނޭ.. އާނު ހެޔޮ ނުވާނެ” ޔުސްރިއްޔާ މިފަހަރު ރޮއެގަނެފައި ޔުއާންގެ އަތުގައި ހިފަހައްޓާލައިފިއެވެ.

“މަންމާ.. ޕްލީޒް”  ޔުއާން އެތަނުން ނިކުމެގެން ދިޔައީ ގޮނޑިއެއްވެސް ވައްޓާލާފައެވެ. ޔުސްރިއްޔާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. ޔުސްރިއްޔާ އޭނާގެ ދުވަސްވީ ޑައިރީގެ ބިންމަތިން ނެގުމަށްފަހު އޭތި ނަގައި މޭގައި ޖައްސާލިއެވެ. އަނެއްކާ ޔުއާން މި ކީހެއްޔެވެ؟

“ޔުއާން… ޔުއާން.. ބަލް ދަރިފުޅާ..” ހިތައް އަރައިގެންދިޔަ އެއްޗެއްގެ ސަބަބުން ޔުސްރިއްޔާ ޔުއާންގެ ފަހަތުން ދުއްވައި ގަނެފިއެވެ.

“މަންމަ ކައިރީގައި އަހަރެން އަބަދުވެސް އެންމެ ވާހަކައެއް އަހަނީ؟؟ އަހަރެންގެ މަންމައަށް ވީ ކިހިނެއް ހޭ؟” އެހެން ބުނުމަށްފަހު ޖަވާބެއް ނުލިބުމުން ޔުއާން އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

އެތަނުން ނިކުމެގެން އައު ޔުއާން ހީވަނީ އަނދައިގެން ގޮސްފާނެ ހެނެވެ. އޭނާގެ މމޫނުމަތި ވަނީ އެހާވެސް ބޮޑަށް ރަތް ވެފައެވެ. އެނދުގައި އޮށޯވެގެން އޮވެއޮވެ ނިންޖެއްޖެއްވެސް ނައެވެ. އެނދުގެ އަރިމައްޗަށް ގުދުވެ ތިރީގައި ނިދިފައި އޮތް އަވީނަށް ބަލާލަމުން ޔުއާން ލޯ މަރާލައިފިއެވެ. އަވީންގެ ބުޅި އިސްތަށިގަނޑުވަނީ މޫނާއިއެކު އެޅިފައެވެ. ކައިރީގައި އޮތް ވާހަކަ ފޮތް ފެނިފައި ޔުއާންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރު ވެގެން ހިނގައްޖެއެވެ.

އަވީނަށް ހެނދުނު ހޭލެވުނީ ފޯނު ރިންގް ވާއަޑަށެވެ. ނުދަންނަ ނަންބަރަކަށް ވުމުން އަވީން އެހާ ވަރަކުން ނަގާކަށް ނޫލެއެވެ. ދެން އޭނާ ބަލާލީ އެނދުގައި ޔުއާން އޮތްތޯއެވެ. ޔުއާންވެސް ފެންނަން ނެތުމުން އަވީން ފާހާނާއަށް ވަދެލާފައި ބަދިގެއަށް ހިނގައްޖެއެވެ. މެންދުރު ވެގެން އައިއިރުވެސް އެ ނަންބަރުން ގުޅައެވެ. ގޭގެ ކަންތައްތަކުގައި އުޅުންއިރު މިއަދު ރުކާޔަތުވެސް އަދި ޔުއްރިއްޔާވެސް ނުފެނެއެވެ. އަވީން އެކަނިމާއެކަނި ހުރިހާ ކަމެއް ނިންމާލުމަށްފަހު މިއްރާބުޖެހީ ޓެރެހަށެވެ. މިއަދު މައްޗަށް ދާހިތް މާ ވަރަކަށް އެބަވެއެވެ. މަތީގައި އިށީނދެގެންއިން ޔުސްރިއްޔާ ފެނުމުން އަވީންގެ ފިޔަވަޅަށް މަޑު ޖެހުމެއް އަތު ވެއްޖެއެވެ. އޭނާ ކިޔަމުން ދިޔައީ ފޮތެކެވެ. ނަމަވެސް އެހެންނާ މީހުން ފޮތް ކިޔާ ވަރަށްވުރެ ބާރަށެވެ.

“ދައްތާ… ކީކޭ ތިކިޔަނީ..” ފަހަތުން އަވީންގެ އަޑު އިވުމުން ޔުސްރިއްޔާ ތެޅިގަނެފައި ފަހަތަށް ބަލާލައިފިއެވެ.

“އެއްޗެއް ނޫން.. އަވީ މިތާ ކީއްކުރަނީ؟؟” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޔުސްރިއްޔާ އަހާލިއެވެ. އަވީނަށް އޭނަގެ ލޮލުގައިވި ކަރުނަތައް ސިއްރެއް ނުވިއެވެ.

“ދައްތަ އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟” އަވީން މަޑުމަޑުން ޔުސްރިއްޔާ ކިޔަމުން ދިޔަ ފޮތައް ބަލާލިއެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން އޭނާ ލައިބްރަރީއިން ދެކުނު ފޮތެވެ. އެފޮތުގައި އަތް ލުމުން ޔުއާންވަނީ އޭނާ ކޮއްޕާވެސް ލައިފައެވެ.

“އާނު ރޭގަ ދައްތައާއި ދިމާލަށް ވަރަށް އެއްޗެހި ކި.. އަވީއަށް އިނގޭތަ މި ފޮތްމީ ކާކުގެ ފޮތެއްކަން..” ޔުސްރިއްޔާ ލޮލުގައިވާ ކަރުނަތައް ފޮހެލަމުން އަވީން ކައިރީގައި އިށީނުމަށް ބުނެލިއެވެ.

“ނޫން.. އެކަމް ކުރިން ތި ފޮތުގަ އަޅުގަނޑު އަތް ލީމަ ޔުއާން ވަރަށް ރުޅިއައި” އަވީން އެފޮތުގެ މަތީގައި އަތް ހާކާލަމުން ބުނެލިއެވެ.

“މީ އާނު މަންމަގެ ފޮތެއް.. އާނު މަންމައަކީ ދައްތަގެ ދޮންތަ..އޭރުަގައި އަވީގެ މަންމައާއި (އާސިޔާ) ދައްތައާއި ދޮންތަ އުޅެނީ ވަރަށް އެއްކޮށް ” ޔުސްރިއްޔާ އެވާހަކަ ފެއްޓުމުން އަވީން ކުޑަކޮށް ނުތަނަވަސްވިއެވެ. ކުއްލިއަކަށް އެފަދަ ވާހަކައެއް އޭނާއާއި ހިއްސާ ކުރަންވީ ކީއްވެ ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި އިނުމަށްފަހު އެންމެ ފަހުން އަވިން ބޯ ޖަހާލިއެވެ. އެތައް ދުވަހެއްގެ ވާހަކަތައް ޔުސްރިއްޔާ އަވީނާއި ހިއްސާ ކުރަމުން ގެންދިޔައެވެ. ހީވަނީ އެހިތުގެ އުދާސްތައް ބޭރު ކުރަމުން ދިޔަހެންނެވެ.

“ޔުއާންއާއި ޔަމީން ލިބުނު ފަހުން ދައްތަގެ  ދޮންތައަށް އިނގުނީ އަދި އެކުދިންގެ ބައްޕަދެކެ އެއް ނޫންކަން ލޯބި ވެވުނީ… ޔުއާންއަށް އެންމެ ތިން އަހަރު ދޮންތަ އެކުދިން ދޫކޮއްލާފަ ދިޔައިރު ދެން އެކުދިން ބަލައޭ ކިޔާފައި އައި އާނުއަށް 6 އަހަރުގަ… ދައްތަވެސް ނުދިނިން ކުދިންނެއް.. އެދެކުދިންގެ ހައްޤުގައި ދައްތަ އެކުދިންގެ ބައްޕައާއި ކައިވެނިކުރީ.. އެކުދިން ނުދޭނަމޭ ބުނި އަޑު ޔުއާންއަށް އިވުނީ އޭގެ ފަހުން އޭނާ ދައްތަ ދެކެ އެހާ ރުޅި އަންނަނީ… ޔަމީނަށް އިނގޭ ދައްތަ އެހެން ކަންތައް ކުރީ ކީއްވެކަން..” ލޮލުގައިވި ކަރުނަތައް ފުހެލަމުން ޔުސްރިއްޔާ ކިޔަމުން ދިޔަ ޕޭޖުން ތަންކޮޅެއް އޭނާ ދައްކާލިއެވެ. އޭގާއިވަނީ ކުދިން މަތިންނާއި ފިރިމީހާދެކެ ފޫހިވާ ވާހަކަ ލިއެފައެވެ. ކޮން ކަހަލަ މައެއް ހެއްޔެވެ. ޔުއާން ހީކޮއްގެން ހުންނަނީ އެއީ ޔުސްރިއްޔާ ލިޔެފައިވާ އެއްޗެއް ކަމަށެވެ.

ގޭގެ މަސައްކަތް ކޮއްލުމަށްފަހު އަވީންއިނީ ސޮފާގައި ލެޕްޓޮޕް ހިފައިގެންނެވެ. ކުރާނޭ އިތުރު ކަމެއް ނެތުމުން އޭނާވަނީ ވަރަށް ފޫހި ވެފައެވެ. މަންމަގެ ހަބަރެއްވެސް ވަނީއެއް ނޫން ވިއްޔާއެވެ. އެހެން އޮއްވައި ލޮލަށް ނިދި ޖެހެން ފެށުމުން އަވީން ލެޕްޓޮޕް ނިއްވާލައިފިއެވެ. މީހަކު ނެތުމުން އޭނާ ލައިގެން ހުރީ ކުރު ސޯޓު ކޯޅެކެވެ. ޑިއުޓީ ނިންމާލާފައި އައި ޔުއާން ހުރީ މޫޑު ސަކަރާތްވެފައެވެ. އެންމެ ފުރަތަމަވެސް ގޭތެރެއިން ހޯދާލީ އަވީނެވެ. ކައިރީގައި ހުރި ޝާމިން ބޭނުންވީ ވަރުބަލި ފިލުވާލާށެވެ. އެހެން ކަމުން އޭނާ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. ޝާމިންއަށްހީވީ ޝޮކެއް ލިބުނު ހެންނެވެ. އެމަންޒަރު ފެނި ޔުއާންވެސް އެދިމލާލަށް ހިނގައިގަނެފިއެވެ. އަވީން ސޯޓު ކޮޅުގައި ނިދާލާފައި އޮތްތަން ފެނުމުން ޔުއާންގެ ލޭކެކި ގަތެވެ. ނަމަވެސް އެވަގުތުގައި  އަވީނަށް ގޮވާކަށް ބޭނުމެއް ނުވިއެވެ. އޭނާ ލައިގެން ހުރި ޓީޝާޓް ރީތި ކޮއްލުމަށްފަހު ގައިމަތީގައި ރަޖާ ގަނޑެއް އެޅުމަށްފަހު ޝާމިން ގޮވައިގެން މައްޗަށް ދިޔައީއެވެ.

ޝާމިން ދިއުމުން އަވީންވެސް ތެދުވެގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ފާހާނައަށް ވަދެ ފެން ވަރާލައިގެން އައިސް އަލަމާރި ހުޅުވާލައިފިއެވެ. ތިރިންލާ އެއްޗެހިތައް ފެންނަން ނެތުމުން އަވީން އަލަމާރި ހާވަން ފަށައިފިއެވެ. ނަމަވެސް އެއްވެސް ތާކު ފެންނާކަށް ނެތެވެ. ލޮލުގެ ހަނިކޮޅުން ބަލާލީ ޔުއާންއާއި ދިމާލަށެވެ.

“ހޭވް ޔު ސީން..”

“ނޯ..” އަވީންއަށް ރަނގަޅަށް ނުބުނެވެނިސް ޔުއާން އެހެން ބުނެލައިފިއެވެ. ޔުއާން އެހެން ބުނިގޮތުންވެސް އޭނާގެ ކަމެއްކަން އަވީނަށް އެނގުން ވެއްޖެއެވެ.

“ޕްލީޒް އަހަރެންގެ ލާ އެއްޗެހި ދީފާނަންތަ؟ ” ހިތްހަމަ ނުޖެހިފައި ހުރި ގޮތަކަށް އަވީން ބުނެލިއެވެ.

“ސޯޓު ލައިގެން ދޭ ބޭރަށް… އެއީ އެވަރުގެ މައްސަލައެއް ނޫނެއްނު..” ޔުއާން އެހެން ބުނުމުން މިއަދު ސޯޓު ލައިގެން އުޅުނީމަ ޔުއާން ހިތްހަމަ ނުޖެހިފައި ހުރިކަން އަވީނަށް އެނގުނެވެ.

“އާނު.. ގިވްމީ މައި ތިންގްސް..” ޔުއާންގެ ސިފައިގެންގެ ޔުނިފޯމްތައް ހާވަމުން އަވީން ބުނެލިއެވެ.

“އެންޑް މީހަކު ގުޅީމަ އަވީންގެ ފޯނުވެސް ނެގިދާނެ.. އަހަރެން ގުޅީ އަހަރެންގެ އެއްޗެއް ނުލާ އާދެވުނީމަ.. އަވީންއާ ލޯބި ކުރާކަށް ނޫން..” ޔުއާން އެހެން ބުނެލުމުން އަވީން ލަދު ގަންނަ ގޮތް ވިއެވެ. އޭރުގައި އެހާ ވަރަށް އެގުޅީ ޔުއާން ހެއްޔެވެ.

ކޮޓަރިން ނިކުމެގެން އައިސް އެކި ތަންތަން ހޯދަނިކޮށް އަވީނަށް އޭނާގެ އެއްޗެހި ފެނުނީ ލައިބްރަރީ ތެރެއިންނެވެ. ވަރުގަދަ ފިރިހެނެކެވެ. އެވަރުގެ ކަމަކާއިވެސް މީހުން ރުޅި އާދޭ ހެއްޔެވެ؟ އަވީނަސް ނުވިސްނުނީ ޔުއާންގެ ރަނަގަޅު ކަމެވެ. އަންހެން ކުދިންނަކީ މީހުންގެ ތެރޭގައި އޮރިޔާމާއި އުޅެން އަންގާފައިވާ ބައެއް ނޫނެވެ. އެކުދިން އުޅެން ޖެހޭނީ ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާ ކޮއްގެނެވެ.

 

#    #     #    #    #   #

 

ޔޫ.ކޭގެ  އިޒާންގެ އުޅެމުން އަންނަތާ  ފަނަރަ އަހަރު ވެއްޖެއެވެ. އޭނާގެ އުޅުމަށްވެސް ވަނީ ބަދަލު ތަކެއް އަތުވެފައެވެ. އޭނާގެ ރީތިކަންވެސް ވަނީ ދެގުނައަށް ގޮސްފައެވެ. މިއަދު އޭނާއަކީ ރީތި އަދި މޮޅަށް ކިޔަވައިގެންވެސް ހުރި މީހެކެވެ. ހޮސްޕިޓަލްގައި ދެއަހަރު ހޭދަކޮއްފައި އޭނާ އެހުރީ އެއްކޮށް ރަނގަޅު ވެގެންނެވެ. ޔޫ.ކޭގައި އިތުރަށް މަޑުކުރަން ގަސްތުކުރީ ކިޔަޥާށެވެ. ކިޔަވައިގެން ދިއުމުން މީހުންގެ ނަޒަރިއްޔާތުވެސް ބަދަލު ވެދާނެއެވެ. ހާއްސަކޮށް އާސިޔާއެވެ. އޭނާ މިހާރު ބޭނުންވަނީ އަވީނާއި ލޯބީގެ ގޮތުން ގުޅޭށެވެ. އަވީންވެސް މިހާރު ހުންނާނީ ފުރާ ފުރިހަމަ ވެފައެވެ. އަންޖުމް ފަދައިންނެވެ. އެރީތިކަން އެހާ ކުޑައިރުވެސް އަވީން ގައިން އޭނާ ދުއްޓެވެ.

އިޒާން ހިނގަމުން ގޮސްވަނީ ސައިކޮލޮޖީ ޑިޕާޓްމެންޓާށެވެ. އެތަނުގައި މަސައްކަތް ކުރަމުން ގެންދިޔަ އެންމެންހެން އިޒާންއާއި ވަރަށް ގަޔާވެއެވެ. ރީތި މޫނެއްގެ ފުރަގަހުގައިވާ ޝައިތޯނެއް އެއްވެސް މީހަކަށް ނޭނގެއެވެ.

“އިޒާން ހަމަ ރަނގަޅަށްވެސް ދަނީތަ؟” އެތަނުން ކުއްޖަކު ހިނިތުން ވެލާފައި ބުނެލިއެވެ. ސަމާއަކީ ޔޫ،ކޭއިން އިޒާންއާއި ރަހުމައްތެރިވި ހަމައެކި ދިވެހި މީހާއެވެ.

“އަހަރެން ސަމާ ބަލައި އަންނާނަމޭ އަދި.. ވެއިޓް ފޯ މީ..” ސަމާގެ ކޮލުގައި އަތް ހާކާލަމުން އިޒާން ބުނެލިއެވެ. އަދި ސަމާގެ އުނަގަނޑުގައި ހިފާ އޭނާއާއި ދިމާލަށް ދަމައުގަނެފިއެވެ. ސަމާ ދައުވަތު ގަބޫލުކޮށް އިޒާންއާއި ކައިރި ވެލިއެވެ.

“އިޒާން.. ލެޓްސް ގެޓް މެރީޑް..” ސަމާ އެހެން ބުނުމުން އިޒާން ސަމާގެ ކޮނޑުމަތީގައި ބޮސްދީފިއެވެ. އަދި ސަމާ ދުރު ކޮއްލަމުން ނުބައި ފާޑަކަށް ހީގަނެފިއެވެ.

” އަހަރެން ރާއްޖެއަށް ގޮސްފަ އައިސް ދޯ” އިޒާން ސަމާގެ ދޮން ދޮން ކަނދުރާގައި ހިފަހައްޓާލިއެވެ. ދެން އިޒާން އެ ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އިޒާންގެ ބޭނުން ފުދުމުން ދަބަހަކށް ފޮތްތެއް އަޅާއިގެން ސަމާގެ ކެބިންއިން ނިކުމެގެން ހިނގައްޖެއެވެ. މީހުން ބުނަނީ ތެދަށެވެ. މީހަކު ނުބައި ވިއްޔާ އޭނާ ކިޔެވުމާއި އަދި އެހެން ކަންތައްތަކަށްވެސް ވަރަށް މޮޅު ވާނެއެވެ. އިޒާންއަށްވެސްވީ އެހެންނެވެ. ދަބަސް ކޮނޑުގައި އަޅު ވާލައިގެން އިޒާން ނިކުމެގެން ދިޔައީ އެތަނުގެ ލައިޓް ވެސް ޖައްސާނުލައެވެ.

މަސައްކަތު މީހާ ހުރިހާ ކެބިން ތަކެއް ސާފު ކުރަމުން އައިސް ސަމާގެ ކެބިންއަށް ވަދެއްޖެއެވެ. ޢައްމުކޮށް  ރޭގަނޑު އަށެއް ޖެހުމުން އެއްވެސް މީހަކު އޮފީހުގައި ނޫޅޭނެއެވެ. އެތަން އަނދިރި ކަމުން އެމީހާ ލައިޓް ޖައްސާލިއެވެ. އެއާއެކު އަޑުގެ ކޮޅަށް ހަޅޭލަވައިގަނެފިއެވެ. އެއްވެސް ހެދުމެއްނެތި ކެބިންގެ އެތެރޭގައި ލެޔާއި ތަތްތެޅިފައިވާ ސަމާ ފެނުމުން އެމީހާ އެތަނުން ބޭރަށް ދުއްވައި ގަތީއެވެ. ކަނދުރާގައި ތޫނު އެއްޗެއް އަޅުވާފައި ހުރިއިރު ކުރިމަތި ފަރާތުގައިވެސް ވަނީ އެއްޗެއް އަޅު ވާފައެވެ. މޭނަތިވެސް ވަޅީން ކޮށާ ކޮށާ ކުދި ކޮއްލާފައެވެ. އިންސާނަކު އެހައި ރަހުމް ކުޑަ ވެދާނެ ހެއްޔެވެ؟ މަސައްކަތުމީހާ އަވަށް ވެގަތީ ޕޮލިހުންނށް ގުޅާށެވެ.

އިޒާން ހުރީ ރާއްޖެ އަންނަށް ފްލައިޓަށް އަރައެވެ.  ކާން އިނދެފައި އިނދިލި ކައިރިން ލޭ ފެނުމުން އަވަހަށް އެތަން ފުހެލައިފިއެވެ. އަދި ފާޑަކަށް ބޯ އަރި ކޮއްލަމުން ނޭފަތް ދަމާލައިފިއެވެ. ހީވަނީ ކަމަކާ ރުޅި އައިސްފައި ހުރި ހެންނެވެ.

“އަވީން.. އަމް ކަމިން ބޭބީ..” އިޒާންގެ މޫނު މައްޗަށް ވެރި ވެގެން ދިޔައީ ޝައިތޯނީ ހިނިތުން ވުމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Nuzzi

    sorry guys las veema.. alhugandu vrh bali koh ulhunyma edhuvas kolhu.. miadhuge part kuru vedhaane but in shaa allah dhen dhigu vaane

    1. Kudu
      Nuzzi

      Dear vaahaka ge name ga ebain kusheh

    2. Nuzzi
      Nuzzi

      yeah.. sorry

  2. Shaai

    Vvvvvvvvvv rythi. Alhe haadha kurey. V kiyaahihve mihiry… avahah up kohladybala next part. Plz…

  3. meesha

    OMG!!!! Izzz haada gohey… Bibai vexvarah reethi… Waitin fo da nxt prt…:)

  4. rosy

    vvvvvv reethi

  5. haazi

    Wowww….vvv nice..ekam v kuru. and haadha lahun thi up kuri

  6. pinky

    Vv reethi. I love this story. Ekam Izaan haadha goahey. I wish he willget somthing bad
    And Yuan aa aveen divorce vejjeyyaamu e goasIzaanAveen ah gotheh hadhaalafaane. Anyways this str is icv nice congra Nuzzi

  7. Aimsithu

    Varah reethi

  8. someone

    ??? v rythi

  9. vilna

    Story dhw v v v v varasheyyyyyy…..! Rythy nuzzi haadha molhey.

  10. Anonymous

    Plx avahah up kohdhyba! Story varah reethi! keep it up

  11. Ram

    Story v reethi.ekamaku .up kuraale laskamun v foohi.

  12. Nuzzi

    Guys abadhuves one dayge break akah fahu mi story up kurany.. miadhu ga up vaane 5th vana part
    Thank you all

Comments are closed.