Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ފުރަތަމަ ބައި)

Mishal Level 110 Stories100 Comments
May 26, 2016 4 Mins Read
67 Comments

ކޮފީޝޮޕަށް އަންނަ ކަސްޓަމަރުން މާ ގިނަދުވަހެއްކަމުން މެންދުރުވާން ކައިރިވިއިރު ޔަލަކް ހުރީ ވަރުބަލިވާގޮތްވެފައެވެ. އެހެން ސްޓާފުން އުޅުނަސް ގިނަ މޭޒުތަކަށް ހިނގަނީ އޭނައެވެ. ދެންމެ ވަދެގެން އައި ގްރޫޕަށް ކޮފީ ގެންގޮސްދިނުމަށްފަހު ޔަލަކް އައިސް ކައުންޓަރުދޮށުގައި އިށީނދެލީ ދެފަޔަށް ލުޔެއްދިނުމުގެ ނިޔަތުގައެވެ. އެހެން އިންނަތާ އިރުކޮޅެއްނުވެ ކައިރީގައި އިން އީރާ ޔަލަކްގެ ގައިގާ ސިއްރުން ކޮއްޓާލީ ދޮރުން ވަދެގެން އަންނަ ޒުވާނާ ދެއްކުމަށެވެ. ޔަލަކް އިސް އުފުލާ ޝައުގުވެރިކަމެއް ނެތްގޮތަކަށް ބަލާލުމަށްފަހު ތެދުވެ ހިނގައިގަތީ އެހެންމީހުންނާ ވަކިން ދުރުގައި ހުރި މޭޒެއްގައި އިށީންނަން ދިޔަ އެ ޒުވާނާއާއި ދިމާއަށެވެ.

ކައިރިޔަށް މީހަކުހުއްޓުނުހެން ހީވެގެން އިސްއުފުލާބަލާލަން އުޅެފައި އެއަށްވުރެ އަވަހަށް ޒެކަން އިސްޖަހާލައިފިއެވެ. އެއަށްފަހު އެއްވެސް އަސަރެއް ނެތްގޮތަކަށް ކޮފީއެކޭ ބުނެލީ ޖީބުގައި އޮތް ފޯނުނަގައި އެއަށް ސަމާލުކަން ދެމުންނެވެ. މިތަފާތު މިޒާޖުން ހައިރާންވެފަހުރި ޔަލަކް އެނބުރި އައިސް ބަދިގެފަރާތުގައި އުޅުނު ރިޔާއަށް ގޮވާލުމަށްފަހު ކޮފީ ހަދަން ބުނެލިއެވެ. އެހެނަސް ދެން އަލުން ހިޔާލުބަދަލުވެގެން ބަދިގެއަށްވަނުމަށްފަހު ދެންއެންމެރަނގަޅޭ ބުނެ އަމިއްލަޔަށް ކޮފީ ހަދަން ފެށިއެވެ. އެކޮފީ ތަފާތުކޮށްލަން ބޭނުންވީ ކީއްވެކަން ނޭނގުނަސް ޔަލަކް ކޮފީގައި ރީތި އާޓެއްހަދާލުމަށްފަހު ހަމަޖެހިލަމުން ކޮފީ ހިފައިގެން ނިކުމެ ޒެކަންއިން މޭޒާއި ދިމާއަށް ހިނގައިގަތެވެ.

މޭޒުމަތީގައި ކޮފީތަށި ބެހެއްޓުމުން ޒެކަން މިފަހަރުވެސް ބަލާލަންއުޅެފައި ފޯނުން ވަކިވި ސަމާލުކަން އަލުން ހޯދަން އުޅުނެވެ. ކުރިޔަށްވުރެ ބޮޑަށް ހައިރާންވެހުރެ ޔަލަކް އައިސް އަނެއްކާވެސް ކައުންޓަރުދޮށުގައި އިށީނދެ ވިސްނާލިއެވެ. ދުވަހަކުވެސް ކަސްޓަމަރެއްގެ އަމަލުތައް ނުހުންނަ ގޮތެކެވެ. އޯޑަރ ނަގަން ދިޔަޔަސް އެހެން މީހުން ހީވާނީ ލޮލުން ކާލަފާނެހެންނެވެ. ޒުވާން ގްރޫޕްތައް ވަދެފިއްޔާ އެވަރަށް ގޮވާ ނަން އަހާ ހަދާނެއެވެ. އެހެނަސް މި ޒުވާނާ މުޅިން ތަފާތެވެ. ވިސްނާލެވުނީ އެހެންވެއެވެ.

ވިސްނުމަށްގެއްލިފައި އިންދާ ކުއްލިޔަކަށް ހަނދާންވެގެން ގަޑި ބަލާލިއިރު 12 ޖަހައިފިއެވެ. ޔަލަކްގެ ޑިއުޓީ މިއަދަށް ނިމުނީއެވެ. މާދަން ޑިއުޓީ އޮތީ މެންދުރުފަހުގައި ކަމަށްވުމުން ހަމަޖެހުމުގެ ނޭވާއެއްލަމުން އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ނިކުންނަށް ދަމުން އެޒުވާނާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. މަޑުމައިތިރިކަމާއެކުގައި ކޮފީ ބޮމުން ދިޔައީ އަތުގައި އޮތް ފޯނަށް ނަޒަރުހުއްޓާލައިގެން އިނދެއެވެ.

ގެޔަށް ވަދެވުމާއެކު ޔަލަކްއަށް މަންމަގެ އަޑުއިވުނެވެ. އެއުޅެނީ ކޮއްކޮގެ ކަމަކާ ހިތްހަމަނުޖެހިގެންކަން ޔަލަކްއަށް އިނގުނީ ހުޅުވާފައި ހުރި ކޮއްކޮގެ ކޮޓަރީގެ ދޮރުގައި އެއްއަތް ވިދެލައިގެން އަނެއްއަތް އުކުޅުގައި އަޅުވާލައިގެން ހުރި މަންމަ ފެނުމުންނެވެ. ޔަލަކް ގޮސް ކައިރިވެލީ ވެގެންއުޅޭ ގޮތެއް ބަލާލުމަށެވެ. ޔަލަކް ފެނުމާއެކު މަންމަ ޔަލަކްއަށް ލޮލުގެ އިޝާރާތުން ކޮއްކޮ ދައްކާލިއެވެ. ޔަލަކް ބަލާލިއިރު އީލަކް އެނދުގައި ރީތިކޮށް އިށީނދެލައިގެން އިނދެ އުނގުގައި އޮތްބާލީސް މަތީގައި ލެޕްޓޮޕް ބަހައްޓައިގެން ފިލްމުބަލަނީއެވެ. ” މާދަން މިއޮތީ ޓެސްޓު. އަދިވެސް އީލަކް ފޮތެއްހިފައިގެން އިންނަތަނެއް މަންމައަކަށް ނުފެނޭ. އަބަދު އެ ލެޕްޓޮޕެއްހިފައިގެން ފިލްމުބަލަން ނޫނީ ކޮންމެސް އެހެންކަމެއްކުރަން އެޔަށް ގެއްލިފަ އިންނަނީ. މިއަހަރު އޯލެވެލް ހަދާއިރު އެހެން އުޅެގެން ރަނގަޅު ނަތީޖާއެއްލިބޭނެތަ؟ ދަރިފުޅާ ޔަލަކް ކޮއްކޮއަށް ނިކަން ވިސްނަދީބަލަ. މަންމަ ވަރަށް ދެރަވާނެ އީލަކް އެހެންއުޅެގެން އޯލެވެލްގަ ރަނގަޅު ނަތީޖާއެއް ނުލިބުނިއްޔާ” މަޑުމައިތިރި ރާގެއްގައި މަންމަ ޔަލަކްއަށް ބަލާލާފައި އެހެންބުނެލިއިރު އެލޮލުގައިވި އާދޭސް ޔަލަކްގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވައިފިއެވެ. ވަރަށް ލޯބިން މަންމަ ގައިގަ ބައްދާލުމަށްފަހު ކޮއްކޮއަށް ވިސްނަދޭނެކަމަށްބުނެ ޔަލަކް އެތެރެއަށްވަނެވެ.

” ތިއްތާ އަހަރެން އެވަރަކުން އެހާ ގިނައިން ފޮތްނުކިޔަކަސް އަހަރެން ކޮންމެ ފަހަރަކުވެސް ރަނގަޅަށް ފާސްވެއެއްނު.” އީލަކް އެހެންބުނެލިރާގުން ޔަލަކް ހިނިވެސްއައެވެ. އެހެނަސް އެއީ ތެދެކެވެ. ޔަލަކް ކިޔެވިއިރު ނުނިދާއިނދެ ފޮތްކިޔައި މަސައްކަތްކޮށްގެން ލިބުނު ނަތީޖާ ކޮއްކޮ އެއްގޮތަކަށްވެސް ފޮތްނުކިޔާ ކްލާހުގައި ކިޔައިދޭ ފިލާވަޅު އަޑުއަހައިގެން އެބަހޯދައެވެ. ވިސްނުންތޫނު ހިތްއަލިކުއްޖެއްކަމުގެ ފުރިހަމަ ހެއްކެކެވެ.

” ކޮއްކޯ އެހެންވިޔަސް މިއީ ފަހުއަހަރު. ކޮއްކޮގެ އޯލެވެލް އަހަރު. ކޮއްކޮ ޖެހޭނެއެއްނު މިހާރު ތި ގެންނަ ނަތީޖާއަށްވުރެވެސް މާ ރަނގަޅު ނަތީޖާއެއް ހޯދަން. މަންމަ އެ ބިރުގަންނަނީ އެހެންވެ. ކޮއްކޮގެ ނަތީޖާ އެންމެ ފުރިހަމަވާން މަންމަވެސް އަދި ބައްޕަވެސް މުޅި ފެމެލީ ވެސް ބޭނުންވާނީ. ތިއްތަޔަށް ޔަގީން ކޮއްކޮ ޖެހޭނީ ކުޑަކުޑަ މަސައްކަތެއްކަން ކޮށްލަން. ކޮއްކޮގެ ތިހުރި ވިސްނުންތޫނުކަމާ ހިތައަލިކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގަ ބޭނުންކުރަންވާނެ. މިއަހަރު ކޮއްކޮ ހަދަންތިއުޅެނީ އެންމެ މުހިންމު އިމްތިހާނު. އެހެންވީމަ ކޮއްކޮވެސް އެންމެންގެ ބަސްއަހައިގެން އެގޮތައް މަސައްކަތްކޮށްބަލަ. ތިއްތަގެ ބެސްޓް ކޮއްކޮ ތިއްތަގެ ބަސް އަހާނަމެއްނު ދޯ” ޔަލަކް ވަރަށް ލޯތްބާއެކު އީލަކްގެ ބޮލުގައި ފިރުމައިލިއެވެ. “ތީ އެންމެ ބެސްޓް ތިއްތަ” ޔަލަކް ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތުމުން އީލަކް ބުނެލިއެވެ. އެނބުރި އީލަކް އަށް ބަލާލުމަށްފަހު ހުރިހާދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން ޔަލަކް ނިކުމެ އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ.

ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ ޔަލަކް ގެ އާއިލާގައި ތިބެނީ މަންމަ ޝެހެނާޒްއާއި ބައްޕަ ޝަރީފްގެ އިތުރުން ތިން ކުދިންނެވެ. އެންމެ ދޮއްޓަށް ހުންނަ ކިޔާލް އާއި ދެން ޔަލަކް ގެ ހަގަށްހުންނަ އީލަކް އެވެ. ކިޔާލް އަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދާ ހުނަރުވެރި ޑޮކްޓަރެކެވެ. ޔަލަކް އޯލެވެލް ނިންމުމަށްފަހު ވަރަށް ހިތްވަރުން އޭލެވެލްނިންމިކަމުގަވިޔަސް ވަކި ދާއިރާއަކުން ނުކިޔަވައެވެ. ޔަލަކް އެފަދަ މަގާމުތަކަށް ޝައުގުވެރިކަން ނުހުންނަނީއެވެ. އީލަކް އެއަންނަނީ އޯލެވެލްއާއި ކުރިމަތިލަމުންނެވެ. ލިބިފައިވާ ތިންކުދިންދެކެ އިންތިހާޔަށް ޝެހެނާޒްއާއި ޝަރީފް ލޯބިވެއެވެ. އެއްވެސް ކުއްޖެއްގެ އެދުމަކާ ދެކޮޅު ހަދާ އެކުދިންގެ ހިތުގައި ދުވަހަކުވެސް ޖައްސާފައެއް ނުވެއެވެ. ރަނެއް މަލެއް ފަދައިން ތިންކުދިން ބަލާ ބޮޑުކުރީ އެއްވެސް ތަފާތުކުރުމެއްނެތި އިންތިހާޔަށް ލޯބިދީގެންނެވެ. އެހެނަސް އެކުދިންގެ މުސްތަގުބަލަށްޓަކައި ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެކުދިންވެސްވީ ރަނގަޅު ތަރުބިއްޔަތެއްލިބިގެންތިބި އަޚްލާގު ރަނގަޅު ބަސްއަހާ ކުދިބަޔަކަށެވެ. ބައެއްފަހަރު ކުޑަކުޑަކޮށް އީލަކްއަށް ކަންކަން ހަނދާންކޮށްދޭން ޖެހުނަސް އެއީވެސް އެހެން ކުދިން ފަދައިން ރަނގަޅު އަޚްލާގެއް ލިބިފައިހުރި ކުއްޖެކެވެ.

ކޮޓަރިއަށްވަދެ ފެންވަރާލައިގެން ނަމާދުކޮށްލުމަށްފަހު ޔަލަކް ނުކުތީ ބަނޑުހައިވެފަހުރުމުން އެއްޗެއްކާލަން ހިތައް އަރުވައިގެންނެވެ. ބަދިގެޔަށް ވަންއިރު މެންދުރުގެ ކެއުން ސުފުރާ މައްޗަށް ނެގުމުގައި މަންމަ އަވަދިނެތި އުޅެއެވެ. ޔަލަކްވެސް މަންމައާއި ބައިވެރިވެގެން މޭޒުމަތި ތައްޔާރުކޮށްލައިފިއެވެ. ބަނޑުހައިވެފައި ހުއްޓަސް ކެއުމުގެ ބަދަލުގައި އެކެއްޖަހަން މަދުވަގުތުކޮޅަކަށްވެފައި ހުރުމުން ޔަލަކް ސިޓިންރޫމަށް ނިކުމެ ޓީވީ ހުޅުވާލަމުން ސޯފާގައި ހަށިގަނޑު ދަމާލީ ދޮންބެއަށް އިންތިޒާރުކުރަމުންނެވެ. ބައްޕަ އޮފީހުން އަންނާނީ 2 ޖަހާއިރުކަމަށްވުމުން މަންމަ ކޮންމެ ދުވަހަކުވެސް މެންދުރުކަނީ ބައްޕައާއެކީގައެވެ.

ޔަލަކް ޓީވީއަށް ނަޒަރު ހުއްޓާލައިގެން އެހެންއޮއްވައި ސިހުނީ ސިޓިންރޫމުގެ ދޮރުހުޅުވާލުމުންނެވެ. އެދިމާއަށް ބަލާލިއިރު ދޮންބެ ވަންނަނީއެވެ. އަވަހަށްނޫންކަމަށް ހަދާލުމަށްފަހު ކިޔާލް ބަލާލުމުގެ ކުރީގައި ދެލޯ މަރާލަމުން ސޯފާގައި ހަމަޖެހިލިއެވެ. ނަމަވެސް އެތެރެއެތެރެއިން ޔަލަކް ހެމުން ދިޔައީ ދޮންބެ ހަދާލާނެ ގޮތެއް ނޭނގޭތީއެވެ.

ޔަލަކްއަށް ހަޅޭއްލަވައިގަނެވުނީ ކިޔާލް ކުޝަންއެއް ނަގައި ޔަލަކް ގެ މޫނުމަތީގައި ޖެހުމުންނެވެ. ތެދުވެ ކިޔާލްއަށް ހަމަލާއެއްދޭން އުޅެގެން ކާމިޔާބުނުވީ ކިޔާލް އެއްލޯ މަރާލާފައި ބާރަށްގޮސް ކޮޓަރިއަށްވަދެ ދޮރުޖެހުމުންނެވެ. ޔަލަކް އެހާ ބާރަށްދިޔުމުން ހަށިގަނޑު ކޮންޓަރޯލް ނުވެގެން ގޮސް ދޮރުފަތުގައި ޖެހިގަނެވިފައި ފަހަތައްވެއްޓުނީއެވެ. އެއަޑަށް ކިޔާލް ކުޑަކޮށް ދޮރުހުޅުވާލަމުން ޔަލަކް އަށްބަލާލަމުން ހީގެންފައި އަނެއްކާވެސް ދޮރުޖަހައިފިއެވެ. ޔަލަކް ކުޑަކުއްޖެއް ފަދައިން ބިމުގައި ދެފައި ތަޅާލިއެވެ.

“އަހަރެންގެ ޔަލަކް އާއި ކިޔާލް ދުވަހަކުވެސް ބޮޑެއްނުވާނެ. މިއަދުވެސް ފެށީ އެއްނު. މަންމަ އަބަދު ބުނަމެއްނު އެވަރަށް ސަކަރާތްނުޖަހާށޭ.” މަންމަ އައިސް ކުދިކިޔައިގަތެވެ. ޔަލަކް ތެދުވެ މަންމަ ގައިގަ ކުޑަކޮށް ބައްދާލީމެވެ. ” މިއަދުވެސް ދޮންބެ ފުރަތަމަ އަޅުގަނޑު ގައިގަ ކުޝަންއިން ޖެހީ. އެކަމަކު ކޮންމެ ދުވަހަކު ލަނޑު ލިބެނީ އަޅުގަނޑަށް.” ތުން އޫކޮށްލަމުން ޔަލަކް އެހެންބުނެލިއިރު ހީވަނީ ހަމަ ރަނގަޅަށްވެސް ކުޑަކުއްޖެއްހެންނެވެ. ޝެހެނާޒް ހިނި އައިއްސަހުރެ ދެން ވެސް އަވަހަށް ކާން އަންނާށޭ ބުނެ ކާގެޔަށްވަންނަން ދިޔުމުން ޔަލަކްވެސް މަންމަ ފަހަތުން ހިނގައިގަތެވެ.

ޔަލަކް އާއި ކިޔާލް ގެ އަބަދުގެވެސް ހާލަކީ އެއީއެވެ. އެދެކުދިންގެ އުމުރުގައިވެސް 3 އަހަރުގެ ތަފާތުހުރެއެވެ. އީލަކް އާއި އެހާސަކަރާތްނުޖެހިޔަސް ޔަލަކްއާއި ޖެއްސުންކުރަން ކިޔާލް މަރުދޭނެއެވެ. ޔަލަކް އާއި ބަލާފައި އީލަކް މާ މަޑުމައިތިރިވިޔަސް ކިޔާލް އީލަކްދެކެވެސް އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ހިތްހަމަޖެހެނީ ޔަލަކް ރުޅިއަރުވާލެވުމުންނެވެ.

ތިންކުދިން އެކީގައި މެންދުރުގެ ކެއުން ނިންމާލުމަށްފަހު ސިޓިންރޫމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ކޮޓަރިޔަށް ވަނީ އަރާމުކޮށްލާށެވެ. ޔަލަކް އެނދުގައި އޮށޯވެލަމުން ފުން ނޭވާއެއް ދޫކޮށްލީ އެވަގުތުކޮޅު ނައިސްގެން ހުރި މީހަކު ފަދައިންނެވެ. އެހެނަސް ބަރުކަން ވެރިވި ދެލޮލުން ފެނުނީ ތަފާތު ތަސްވީރެކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mishal

Level 110 Stories100 Comments

Other Articles

Previous

ކުއްޅައްފާ

Next

ވާނޭހެ ގުނިޔޭގާ (4)

Next
May 26, 2016

ވާނޭހެ ގުނިޔޭގާ (4)

Previews
May 26, 2016

ކުއްޅައްފާ

67 Comments!

  1. Mishal says:
    May 26, 2016 at 8:20 am

    Here comes my new story,, hurihaa kudhinnah vx kamudhaane kamah hykuran,, thankyu all for supporting me,, and a very special thnkx to my loving besty mimmi who is helping me so much in my story world,, thnkyu swyt mimmi,, 🙂

    1. Mishal says:
      May 26, 2016 at 8:33 am

      Alhugandu ge mi story upload kuraany konme week ehge ves thursdayga. Im swrii for that,, cox midhuvaskolhaky varah bxy dhuvaskolhakahwefa alhugandu ge varah gina works thakeh othyma,, hope thi hurihaa kudhin understand vaane kamah,, swrii once again

  2. Dhonthy says:
    May 26, 2016 at 8:24 am

    It’s a good start…i hope it is going to be good…good luck

    1. Mishal says:
      May 26, 2016 at 8:33 am

      Thnkx Dhonthy

  3. thoo says:
    May 26, 2016 at 8:40 am

    Good luck

    1. Mishal says:
      May 26, 2016 at 9:05 am

      Thnkyu thoo,, 🙂

  4. phy says:
    May 26, 2016 at 8:49 am

    V thafaathu nan thakeh dhw…v nice feshumeh… kuree story hen v reethi vaane kamah unmmeedhu kuran… Nxt part ah waitting…

    1. Mishal says:
      May 26, 2016 at 9:07 am

      Name thah kamu nudhany tha phy? Btw,, thnkyu so much,, 🙂

  5. Shaph says:
    May 26, 2016 at 9:11 am

    Vaahaka v reethi..
    Waiting for the nxt part

    1. Mishal says:
      May 26, 2016 at 10:22 am

      Thnkx Shaph,, 🙂

  6. Phy says:
    May 26, 2016 at 9:21 am

    Hehe….hama thafaathu nan thakeh veema bunelee…bt nice..

    1. Mishal says:
      May 26, 2016 at 10:22 am

      Ehendhw,, thnkyu Phy,, 🙂

  7. Saamidh says:
    May 26, 2016 at 9:40 am

    Wow… V salhi feshumeh… Next part ah eba v inthizaaru kurevey…

    1. Mishal says:
      May 26, 2016 at 10:24 am

      Thnkyu so much Saamidh,, 🙂

  8. meesha says:
    May 26, 2016 at 10:03 am

    Vv pretty

    1. Mishal says:
      May 26, 2016 at 10:24 am

      Thnkx meesha,, 🙂

  9. rosy says:
    May 26, 2016 at 10:15 am

    VVVV REETHI

    1. Mishal says:
      May 26, 2016 at 10:25 am

      Thnkyu rosy 🙂

  10. liu lew says:
    May 26, 2016 at 10:16 am

    V v salhi ingey mishkko mi bai vs..

    1. Mishal says:
      May 26, 2016 at 10:25 am

      Thnkx thuhtha,, 🙂

  11. aff says:
    May 26, 2016 at 10:30 am

    reethi … mishal varah molhu story liyan…. nice starting.. keep going… all the best.. Anyways MISHAL mi name varah vex reethi.. ☺☺☺☺

  12. aff says:
    May 26, 2016 at 10:32 am

    kOnme Thursday aku upvanyaa mi story ah varah inthixaarkuran jeheyne thaa!!!!Dhw.. hehhe??

    1. Mishal says:
      May 26, 2016 at 10:55 am

      Thnkyu aff,, hehe,, aff ah hama ehaa rythy tha mi name? Anyway, swrii v bodah lahun up kuran jeheythy,, eyah wure bodah aff thihaa inthixaaru kuruwan jehunyma v dhera wehje,, alhugandu next 2 weeks ge fahun In Sha Allah awahah up kohdheyn fashaanan inge,, happy ehnu dhw aff,, :-):-)

  13. aff says:
    May 26, 2016 at 11:05 am

    hehe.. Aslu ey thi name varah reethi.. hama varah vex obi ingey….. happy ☺☺☺

    1. Mishal says:
      May 26, 2016 at 12:20 pm

      Hehe,, aff abadhu kiyaane ehen,, thnkx alot inge,, 🙂

  14. laimaan says:
    May 26, 2016 at 11:42 am

    V reethi starting eh. N v v thafaathu reethi nanthakehme. Mi story ah v inthizaarukuran

    1. Mishal says:
      May 26, 2016 at 12:22 pm

      Thnkyu alot laimaan,, keep waiting inge,, 🙂 🙂

  15. ken? says:
    May 26, 2016 at 12:31 pm

    as if m nt wrong zecan will look for de gal who made de coffee..? may b hama vedhaane dhw..☺ nyways i jux hope ur story will b superb…n dnt letdown de readers..☺ good luck with it?

    1. Mishal says:
      May 26, 2016 at 2:36 pm

      Hehe,, thnkx alot ken,, 🙂

  16. shahoo says:
    May 26, 2016 at 12:36 pm

    Oh! Mylovely kokko haadhamolhey story liyan… v reethi feshun…

    1. Mishal says:
      May 26, 2016 at 2:37 pm

      Thnkyu my swyt dhonthy,, 🙂

  17. naaf says:
    May 26, 2016 at 1:09 pm

    v reeti feshun..?

    1. Mishal says:
      May 26, 2016 at 2:37 pm

      Thnkyu naaf,, 🙂

  18. mimmi says:
    May 26, 2016 at 3:26 pm

    Ur welcome darling.. ???
    Mi part vx hama ehaa rythi… Best of luck ingey.. ☺

    1. Mishal says:
      May 26, 2016 at 3:43 pm

      Thnkyu so much mimmi,, ??❤❤

  19. Zai says:
    May 26, 2016 at 3:46 pm

    Nice v nice n I love U Mishal

    1. Mishal says:
      May 26, 2016 at 5:14 pm

      Thnkyu so much Zai,, 🙂 🙂

  20. rafa says:
    May 26, 2016 at 5:05 pm

    Startin v nice…looking forward to next part ?

    1. Mishal says:
      May 26, 2016 at 5:15 pm

      Thnkyu rafa,, 🙂

  21. Mutha/ S.Hithadhoo says:
    May 26, 2016 at 5:30 pm

    feshun reethi, kuriah huri baithakah inthizaaru kuran, and good luck Mishal, Wish you all the success in this field 🙂 Mutha kin Mishal enme fahun liyunu story, e story ves varah reethi 🙂

    1. Mishal says:
      May 26, 2016 at 5:57 pm

      Thnkx thnkx n thnkx alot Mutha,, v v happy wehje Mutha ge comment eh alhugandah libunyma,, i will really really work hard in this,, thnkx alot for wishing me success,, thnkyu,, :-):-)

  22. ny says:
    May 26, 2016 at 5:38 pm

    Heevany v reethi vaanehen. ….Thnx

    1. Mishal says:
      May 26, 2016 at 5:58 pm

      Thnkx ny,, 🙂

  23. vilna says:
    May 26, 2016 at 8:26 pm

    Furathama ahaalan beynumy mishal thy boy or girl eh hey story v vv reethi.! Hafthaage konme dhuvahakuves genes dheynveenu dhw!

    1. Mishal says:
      May 26, 2016 at 8:43 pm

      vilna alhugandu mi girl eh,, 🙂 thnkx inge,, alhugandu bxy dhuwaskolhakaa dhimaa wefa othyma lahun up kureweny,, bt next 2 weeks ah fahu awahah up kohdheyn fashaanan inge vilna,, 🙂

  24. Yana says:
    May 26, 2016 at 8:43 pm

    Liked ur story….waitig for the second part….hope kuran feshunhaa nice vaane kamah…keep it up…

    1. Mishal says:
      May 26, 2016 at 8:44 pm

      Thnkx yana,, 🙂

  25. Yana says:
    May 26, 2016 at 8:45 pm

    Ur welcome…ehn story eh write kurintha???

    1. Mishal says:
      May 26, 2016 at 10:12 pm

      Labba Yana,, konme windheh gai eii alhugandu ge waahaka eh,,

  26. Shoo says:
    May 26, 2016 at 10:08 pm

    Waah!! Obi kamaaeyy
    Hehe Warah nice story ei ingey… Anyways GOOD LUCK:)

    1. Mishal says:
      May 26, 2016 at 10:13 pm

      Thnkyu so much Shoo,, 🙂

  27. Appy says:
    May 26, 2016 at 10:28 pm

    Nice starting. .gud luck

    1. Mishal says:
      May 26, 2016 at 10:42 pm

      Thnkyu Appy,, 🙂

  28. ria says:
    May 26, 2016 at 10:40 pm

    Warah nice story ingey

    1. Mishal says:
      May 26, 2016 at 10:43 pm

      Thnkyu ria,, 🙂

  29. Akyan says:
    May 26, 2016 at 11:00 pm

    Nice

    1. Mishal says:
      May 28, 2016 at 10:20 am

      Thnkx Akyan,,

  30. Lyn says:
    May 28, 2016 at 1:13 pm

    Haadha hadi ey

    1. liu lew says:
      May 29, 2016 at 12:34 pm

      Alhe hadi vaahaka kihkuran kuyany… Aslu j v dhw

  31. Emy says:
    May 28, 2016 at 4:04 pm

    Vvvvvvv salhi…??. Waiting for the next part… ? Hope next part ves mihaa salhivan ekamh.. Guuud luckkk..??

    1. Mishal says:
      May 28, 2016 at 7:01 pm

      Thnkyu so much Emy,, 🙂

  32. someone says:
    May 28, 2016 at 6:22 pm

    Woooh…..next part vrh kiyr hiyyvejje

    1. Mishal says:
      May 28, 2016 at 7:01 pm

      Thnkyu someone,, 🙂

  33. Zaalif says:
    June 1, 2016 at 7:54 pm

    wow vrh reethi .next ves vrh reethiwaane henhiwany

    1. Mishal says:
      June 2, 2016 at 8:25 am

      Thnkx alot Zaalif,, 🙂

  34. Kaileen says:
    June 14, 2016 at 1:17 pm

    Just a Cpoy Of THE GIRL HE NEVER NOTICED from Wattpad.. Most Popular Storie on Wattpad Site and this a published book.. Same To Same Mishal You Just Translated English Story in Dhivegi..This is not ur Own Idea.. Just Write ur own storie Not Others Work..

  35. niuma says:
    June 25, 2016 at 10:42 pm

    Varah rythi story

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ދެވަނަ ބައި)←


All Right Reserved!