Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް.. 19 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
May 26, 2016 9 Mins Read
23 Comments

“ޖައިޝް.. ޖައިޝް ތިއުޅެނީ މަރުވާނެ ފަސޭހަ ގޮތެއް ހޯދަންތަ.. އެހެންވީއްޔާ އަހަރެން ބުނާ ގޮތެއް ހަދާ.. އަހަރެން ވާގަޑެއް ދިނީމަ ދަންޖެހޭ.. އެވެސް މިއަށް ވުރެއް ފަސޭހަ ވާނެ ގޮތެއް” ފައިލް މޭޒުމައްޗަށް އެއްލަމުން އަހްޝަމް ބުނެލިއެވެ. “އެނގޭދޯ މިއީ މަރުގެ އެތިފަހަރެއްކަން” އަހްޝަމް އަހަރުމެން ދެމީހުންނާއި ދިމާލަށް ބަލާލިއެވެ.

“ކީކޭތަ ތިބުނީ” އަހަރެން އަހާލީމެވެ. “ކަލޭމެން ތިއީ ކުޑަ ދެ ކުދިންތަ.. މިއީ ކިހާ ބޮޑު ކަމެއްކަން ނޭނގެނީތަ ކަލޭމެންނަށް.. ޖައިޝް.. އޭނައަށް ނޭނގިދާނެ ކަން އަހަރެން ގަބޫލު ކުރަން.. އެކަމަކު ކަލޭ.. މިއީ ކިހާ ބޮޑު ކަމެއްކަން އެނގި ހުރެ” އަހްޝަމްގެ އަޑުގައި އެކުލެވިގެންވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. ޖައިޝް ހުރީ އަހްޝަމްއާއި ދިމާލަށް ހިތްހަމަނުޖެހިފައި ބަލަހައްޓައިގެންނެވެ. އޭނަ ބުނެގެންނުވާނެ އެއްޗެއް އޭނަގެ އަގައިން ނިކުންކަހަލަ އެވެ. “ޖައިޝް.. އަހްޝަމް ކީކޭތަ އެކިޔަނީ..” އަހަރެން ޖައިޝްއާއި ސުވާލު ކުރީމެވެ. ޖައިޝް ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެމޫނުމަތިން ކޮންމެވެސް އެއްޗެއް ބުނަން އުޅޭ ކަހަލައެވެ. “އާސީން އޭ ދޯ ބުނީ.. ” އަހްޝަމް އަހާލިއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. “ލުކް އާސީން.. ހުމާމް ގެ ބައްޕައަކީ ކާކުކަން އާސީންއަށް ރަނގަޅަށް އެނގޭނެ.. ނޫންތަ.. އެއީ މި ސަރުކާރުގައި ކިހާ ނުފޫޒް ބޮޑު މީހެއްކަންވެސް އާސީންއަށް އެނގޭނެ.. އަދި އޭނގެ އިތުރަށް މި މަޖްލީސް މެންބަރަކީ ވެސް ސަރުކާރުގެ ޕާޓީ މީހެއް..” އަހްޝަމް އަހަރެންނަށް އެނގޭ ގޮތަށް ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ. އެއީ އަހަރެންނަށް ނޭނގޭ އެއްޗެއް ނޫނެކެވެ. އެވާހަކައަކީ އަހަރެންނަށް އެނގި ބާވެފައިވާ ވާހަކައެވެ. ” ސޯ.. ކޮބާތަ މައްސަލައަކީ.. އެންޑް ކީއްވެތަ ތިބުނީ ޖައިޝްއަށް މިކަން އެނގި ހުރެއޭ.. އަހަރެންނަށް ކޮންކަމެއްތަ ޖައިޝް ތި ފޮރުވަނީ” އަހަރެން އަނެއްކާވެސް ޖައިޝްއާއި ސުވާލު ކުރީމެވެ.

އަހްޝަމް ޖައިޝްގެ މޫނަށް ބަލާލިއެވެ. “ޖައިޝް ނުބުނަންތަ އާސީން ކައިރީގައެއް” އަހްޝަމް އަހާލިއެވެ. ޖައިޝް އަހްޝަމްއަށް ބަލާލީ އިތުރަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެއޭ ބުނެލާފަދަ ބެލުމަކުންނެވެ. “އާސީން ދޯ މީގެ ކުރިން ނާސިރު އާއި ބެހޭގޮތުން ރިޕޯޓެއް ލިޔުނީ.. އެނގޭތަ އޭނގެ ފަހުން ކަންތައް ވީ ގޮތް” އަހްޝަމް އެހާ ހިސާބަށް ބުނުމާއި އެކު ޖައިޝް އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ. “ޖައިޝް ބުނި ކޮންމެވެސް މިނިސްޓަރއެއް ޖައިޝްއާއި ވާހަކަ ދެއްކި ވާހަކަ” އަހަރެން ވާނުވާ ނޭނގި ހުރެ ބުނެލީމެވެ. “ކޮންމެވެސް މިނިސްޓަރ އެއް ނޫނޭ އެއީ.. އެއީ ހެލްތް މިނިސްޓަރ.. އޭނަ ވާހަކަ ދައްކާފަ ދިޔަތަނުން.. ބަޔަކު ޖައިޝްއަށް އަނިޔާ ކުރީ.. ކިޑްނެޕް ކޮށްގެން. އެއީވެސް މިކަންތަކާ.. އަދިވެސް މިކަމުގެ ބިރުވެރި ވާހަކަ ކިޔައިދޭންވީތަ” އަހްޝަމްގެ އަޑު ބާރުވަމުން ދިޔައެވެ. “އިނަފް.. އިޓްސް އިނަފް އިނގޭ އަހްޝަމް.. އަހަރެން މިތަނަށް މިއައީ ތީނަގެ ލެކްޗަރ އަޑުއަހާކަށް ނޫން.. މިކަމުގައި އަހަރުމެންނަށް އެއްވެސް ކަހަލަ އެހީއެއް ވެދޭނެތޯ އަހަން.. ނުވާ ކަމަށްވާނަމަ ބުނޭ..” ޖައިޝްވެސް ހިތްހަމަނުޖެހިފައި އަޑަށް ބާރުލަމުން ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. ކުރިން އެވަރު އަހަރެންނަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ. އެވާހަކައާއި މިނިސްޓަރ އެކޭ ބުނީމަ ޖައިޝްއާއި ވާހަކަ ދައްކާނީ އޭނާކަން އަހަރެންނަށް ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ.

“ޖައިޝް.. މިއީ ބޮޑު ކަމެއް.. އަހަރުމެން މި ކޭސް ރީ އޯޕެން ކޮށްފިނަމަ.. އަހަރުމެންނަށް މި ނިކުމެވެނީ.. މި މީހުނާ ދެކޮޅަށް.. އަދި އަމުދުން މިހާރު މިކަމުގައި ބައިވެރިވި އެންމެން ވަނީ މަރުވެފައި.. ދެން ކީއްކުރަން އަހަރުމެން މި ކޭސް ރީއޯޕެން ކުރަންވީކީ” އަހްޝަމް އަޑު މަޑުކޮށްލަމުން ވާހަކަ ދެއްކިއެވެ. “މީހުން މަރުވިޔަސް.. އަދި އެހެން ކަމެއްވިޔަސް.. މިކަމުގައި ނަޝްފާއަށް އިންސާފްއެއް ނުލިބެއޭ.. ކަމުގެ ހަގީގަތް އެނގިތިބެ އަހަރުމެން ތިބެންވީތަ.. މިކަމުގެ ފަހަތުގައި ތިބި ބައެއް އެނގޭ އިރުވެސް.. ނޫން.. އަހަރެން ނުހުންނާނަށް” ޖައިޝް ބުނެލިއެވެ. އަހަރެން އިސްޖަހާލީމެވެ. “ތިއީ ދައްކަން ވަރަށް ފަސޭހަ ވާހަކައެއް.. އަޑުއަހަންވެސް އެހާ ރީތި.. އެކަމަކު ކަމުގެ ހަގީގަތް އެނގިހުރެވެސް ބައެއް ފަހަރު ހަނު ހުންނަން ޖެހޭނެ.. އެކަހަލަ ހާލަތްތައް އަންނާނެ.. އަހަރުމެންނަކީ އާދައިގެ މީސްމީހުން.. މި މީސްމީހުން މިއީ ތަންތަނުގެ ބޮޑުން.. އަހަރެން މިއީ އާދައިގެ ވަކީލެއް.. ޖައިޝް ތިއީ އާދައިގެ ނޫހެއް ހިންގާ މީހެއް.. އާސީންއަކީ އާދައިގެ ޖާނަލިސްޓެއް.. ވިސްނަބަލަ.. މިކަމުގައި އަހަރުމެން ނިކުމެއްޖެނަމަ ގެއްލުންވާނީ އަހަރުމެންނަށް އެކަންޏެއް ނޫނޭ.. އަހަރެން ނިކުމެއްޖެނަމަ އަހަރެންގެ ވަޒީފާ.. ޖައިޝް ނިކުމެއްޖެނަމަ ޖައިޝްގެ ނޫސް.. އެތަނުގައި މަސައްކަތް ކުރާ އެންމެން.. ޕްލީޒް.. ވިސްނަބަލަ..” އަހްޝަމް ބުނެލިއެވެ.

“އަހަރުމެން އާދައިގެ މީހުނަށްވީމަ ހަނު ހުންނަންވީތަ.. ތީތި އަހަރެންނަށް ގަބޫލެއް ނުކުރެވޭ.. އަހަރުމެން ހަނު ތިބޭނީ ކިހާ ދުވަހެއް ވަންދެންތަ.. މިކަހަލަ ކިތައް މީހުން ކިތައް ކަންތައް ކުރަންދެންތަ.. އަހަރެން ގަބޫލު ކުރަން އަހަރެންނަކީ އާދައިގެ ޖާނަލިސްޓެއްކަން.. ކަމެއް ކުރާކަށް.. މީހަކަށް އިންސާފް ހޯދައިދޭކަށް.. ތަނަކަށް އަމާންކަން ހޯދައިދޭކަށް.. ތަނެއްގައި އޮންނަ ފިތުނަ ފަސާދައެއް ފިލުވާލާކަށް.. ބޮޑު މީހަކަށް ވާންޖެހޭތަ.. ނޫނީ ފުލުހަކަށް ވާންޖެހޭތަ.. ކީއްވެ އަހަރުމެން އަމިއްލައަށް އަހަރުމެންގެ ޒިންމާ ނުނަގަނީ.. އާދައިގެ މީހަކަށް ކުރެވޭނެ ކިތައްމެ ކަންތައްތަކެއް ހުންނާނެ.. އަހަރުމެން އަހަރުމެންގެ ޒިންމާ ނަގާނަމަ.. މިރާއްޖެއިން ނައްތާލެވޭނެ ކިތައްމެ ކަމެއް އޮންނާނެ.. މީހަކުގައި ތަޅާ މަރާލާއިރު އަހަރުމެން ބަލަން މިތިބެނީ.. އެމީހުން ދުރުކުރުވަން މަސައްކަތް ނުކުރަނީ.. ކީއްވެ.. އެއީ ހަމައެކަނި ފުލުހުން ކުރަންޖެހޭ މަސައްކަތަކީތަ.. މަސްތުވާތަކެތި ގަނެ ވިއްކާކަން އަހަރުމެންނަށް ރަނގަޅަށް އެބަ އެނގޭ.. އެކަމަކު އެއާއި މެދު ފިޔަވަޅެއް ނާޅަނީ.. ކީއްވެ.. އެއީވެސް ފުލުހުން ކުރަންޖެހޭ ކަމަކަށް ވާތީ.. އާއްމުން އުޅޭ ތަންތަނުގައި ސިނގިރޭޓް ބުއިމަކީ މަނާކަމެއްކަން ކޮންމެ މީހަކަށްވެސް އެނގޭ.. އެކަމަކު އެކަން ކުރާ ބަޔަކު އެކަން ކުރާއިރު އަހަރުމެން މަޑުން ތިބެނީ… ކީއްވެ.. އެއީވެސް ފުލުހުން އައިސް އެކަން ހުއްޓުވާތޯ.. އަޅެ އެއްމެ ފަހަރަކުވެސް އަހަރުމެން ކުރަންޖެހޭ ކަންތައް ކުރަން ބިރު ނުގަނެ ކުރިމަތިލާނަމަ” އަހަރެން ހުރިހާ އެއްޗެއް ކީއިރު އަހްޝަމްއާއި ޖައިޝް ތިބީ ފާޑަކަށް ބަލަހައްޓައިގެންނެވެ.

“އާދައިގެ މީހަކާއި ވަކީލަކާއި ފުލުހަކާއި ހުރި ތަފާތަކީ ކޮބާ.. ވަޒީފާ ގޮތުން ފިޔަވާ.. ގަބޫލު ކުރަން އަހަރެން މިއީ އާދައިގެ ޖާނަލިސްޓެއް ކަން.. އެކަމަކު އަހަރެންނަށް ހުރިހާ ކަމެއް އެނގި ހުރެ ނޭނގޭ ކަމަށް ހަދައިގެންނެއް ނުހުރެވޭނެ.. އާދައިގެ ވިޔަސް.. އަދި އިސްވެރިއަކަށްވިޔަސް.. ކަމެއް ކުރެވޭނީ ކެރިގެން..” އަހަރެން ބުނެލީމެވެ. “ރަނގަޅު ވާހަކައެއް އާސީން ތި ދެއްކީ.. މުޅިންވެސް ހަމަޖެހޭ ވާހަކަ.. އަހަރުމެން އެންމެން ޒިންމާ ނަގާނަމަ.. މިގައުމުން އެތައް ކްރައިމް އެއް ނައްތާލެވޭނެ.. އަދި އެންމެ ބޮޑު ވާހަކައަކީ ކަމެއް ކުރެވޭނީ ކެރިގެންކަން.. އާސީން.. ވިސްނާލަބަލަ.. އެމީހުންނަކީ ކެރޭ މީހުން.. އެމީހުންނަށް ކެރިދާނެ.. އާސީން ދުއްވާލުމައްޓަކައި އާސީންގެ އާއިލާއާއި ދިމާ ކުރަން.. އާސީންއަށް އަނިޔާ ކުރަން.. އާސީން ހިފަހައްޓާ ތަނެއްގައި ފޮރުވާފައި ބަހައްޓަން.. ތަނެއްގައި ރޯކުރަން.. އެމީހުންނަށް ކެރިދާނެ ބަޔަކަށް ލާރިދީގެން ދެބަޔަކު ނެރިގެން. އެދެބައި މީހުން ތަޅާ ފޮޅުވަންވެސް.. އެކަމަކު އާސީން.. އެއީ އަހަރުމެންނަށް ކެރޭނެ ކަންތަކެއް ނޫނޭ.. އަހަރެންނަށް ގެއްލުމެއް ލިބިއްޖެނަމަ ދެރަވާނެ.. އާއިލާއެއް އެބަ އޮތް.. ޖައިޝްއަށް ގެއްލުމެއް ލިބިއްޖެނަމަ ހާސްވާނެ ބަޔަކު އެބަތިބި.. ހަމަ އެގޮތައް އާސީންއަށްވެސް.. އާސީން.. އެމީހުން އަބަދުވެސް ބަލާލީ އެހެން މިހުންގެ ވީކް ޕޮއިންޓްއަށް އެޓޭކް ކުރެވޭތޯ.. މި ކޭސް ރީ އޯޕެން ކޮށްފިނަމަ.. އެތައް ބަޔަކަށް ގެއްލުންވާނެ..” އަހްޝަމް އަހަރެންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަހަރެން އިސްޖަހާލީމެވެ. އަހްޝަމް އެބުނަނީވެސް ދޮގެއް ނޫނެކެވެ. މިކަމުގައި އުޅޭނަމަ ގެއްލުންވެސް ލިބިދާނެއެވެ. އަނިޔާވެސް ވެދާނެއެވެ. އާއެކެވެ. މިކަމުގައި އަހަރެންގެ ސަބަބުން އަނިޔާއެއް އެހެން މީހަކަށް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެކެވެ.

އަހަރެން އިސްއުފުލާ އަހްޝަމްއާއި ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “ޔުއަރ ރައިޓް.. އަސްލު ތެދެއް ތި ބުނީ.. އެހެންވީމަ ދެން އަޅާނުލަމާ.. މިވާހަކައަކީ ނުދެއްކޭ ވާހަކައަކަށް ހަދަމާ ދޯ.. ތެންކްސް ވަރަށް ބޮޑަށް ތި ދިން ޓައިމްއަށް” މޭޒުމަތީގައި އޮތް ފައިލް ނަގަމުން އަހަރެން ހިނިތުންވެލީމެވެ. “އާސީން” ޖައިޝް އަހަރެންނަށް ގޮވާލީ އެފައިލް ނަގައިގެން ބޭރަށް ނިކުންނަން ފެށުމުންނެވެ. “އިޓްސް އޯކޭ.. ރިޔަލީ ޖައިޝް.. އަހްޝަމް އެބުނީ ތެދެއް.، މިކަމުގައި އުޅޭނަމަ އެތައް ވަރަށް ގެއްލުން ވާނެ.. އެންޑް އަހަރެން ބޭނުމެއް ނޫން. އަހަރެންނާއި ހެދި އެއްވެސް މީހަކަށް ގެއްލުމެއް ވާކަށް.. އަހަރެންގެ އާއިލާ.. އަހަރެންގެ އެކުވެރިން.. އެންމެންވެސް އަހަރެންނަށް ވަރަށް މުހިއްމު.. ޖައިޝްވެސް.. ސޯ އިޓްސް ރިޔަލީ އޯކޭ” އަހަރެން ޖައިޝްއަށް ހިނިތުންވުމެއް ދިނީމެވެ. އަދި އަވަސްކަމާއި އެކު ބޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ ދެލޯ ހުރީ ކަރުނުން ފުރިފައެވެ. އެއީ އަހްޝަމް އަހަރެންނަށް އެހީ ނުވީމައެއް ނޫނެކެވެ. އެކަމަކު އަހަރެން މީހެއް ކައިރީގައި ކޮށްދޭނަމޭ ބުނެފައިވާ ކަމެއް ކޮށްދޭނެ އެއްވެސް މަގެއް ނުފެނުނީމައެވެ. ކަމެއް ކޮށްދޭނަމޭ ބުނާއިރު އެބުނެވޭނީ ކިހާ ބޮޑު އެއްޗެއްކަން ނުވިސްނެނީ ކީއްވެ ހެއްޔެވެ. އެއަޑު އަހަން ހުންނަ މީހާ ކިހާ އުއްމީދެއް ކުރާނެކަން ނުވިސްނެނީ ކީއްވެ ހެއްޔެވެ. އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ކުރަން ބުނި އިރުވެސް ބުނީ ކޮންކަމެއްގެ ވާހަކައެއް ހެއްޔެވެ. މީހަކަށް އިންސާފް ހޯދައިދޭ ވާހަކައެވެ. އަޅެ ފަހެ މަގުމަތީގައި އޮންނަ ގަލެއް އެއްފަރާތް ކުރާނަމޭ ބުނި ނަމަ އަހަރެންގެ އަގު ވެއްޓޭނެ ހެއްޔެވެ. މީހަކަށް އިންސާފެއް ހޯދައިދިނުމަކީ ކިހާ ބޮޑު ކަމެއްކަން މިއަދު ވިސްނިއްޖެއެވެ. މިކަހަލަ ކަންތައްތަކުގެ ފުލުހުން ކުރާނެ މަސައްކަތް އަހަރެންނަށް ވަޒަން ކުރެވިއްޖެއެވެ. ސައިކަލާއި ހަމައަށް ގޮސްފައި އަހަރެންނަށް އަތުން ސައިކަލުގައި ޖަހާލެވުނެވެ. އަމިއްލަ ނަފްސާއި ދިމާލަށް ސިކުނޑިން ކިޔަމުން ދިޔަ އެއްޗެހި ހުއްޓުވުމުގެ ބޭނުމުގައެވެ.

“އާސީން” އަހަރެން ޖައިޝްގެ އަޑު އިވުމާއި އެކު އަތުގެ ނުފުށުން ދެލޯ ފުހެލީމެވެ. އަދި ހިނިތުންވުމަކާއި އެކު ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. ޖައިޝް ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކައިރީގައި ހުއްޓުނެވެ. “އައި އޭމް ސޯ ސޮރީ.. އަހަރެން ހީކުރީ އަހްޝަމް އަހަރުމެންނަށް އެހީވާނެ ކަމަށް.. ސޯ ސޮރީ” ޖައިޝްގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. “އެއީ މައްސަލައެއް ނޫނޭ.. އަސްލައްވެސް.. ޖައިޝް މަސައްކަތް ކޮށްދީފީމެއްނުން.. ސޯ އިޓްސް އިނަފް.. އެހެން ނޫނަސް އަހްޝަމް ހޭޒް އަ ޕޮއިންޓް” އަހަރެން ހަށަން ބަދެލަމުން ބުނެލީމެވެ. “އެކަމަކު އަހަރެން އަސްލަށްވެސް އާސީންއަށް ވަރަށް އެހީވާން ބޭނުން.. އެހެންވެ މިތަނަށް މިއައީވެސް.. އަހަރެން ވަރަށް ދެރަ ވެއްޖެ އަހަރެންނަށް އެއްވެސް އެހީއެއް ނުވެވުނީމަ” ޖައިޝް އިސްޖަހާލިއެވެ. “އާ ޔޫ ކިޑިންމީ.. ޖައިޝްއަށް އެނގޭތަ ޖައިޝް އަހަރެންނަށް ކިހާ ބޮޑު ކަމެއް ކޮށްދެވިއްޖެކަން.. އަހަރެންގެ ލޯ ހުޅުވާދިނީ.. ހަގީގަތަކީ ކޮބާކަން ބުނެދިނީ.. އަހަރެން ހީކުރީ އަހަރެންނަށް ހުރިހާ އެއްޗެއް ވަރަށް ސާފުކޮށް ފެންނަމުން ދިޔަކަން.. އެކަމަކު.. ޖައިޝް މިއަދު އަހަރެން މިތަނަށް ނުގެންނަމަ އަހަރެންނަށް ނޭނގޭނެ ދޯ އަހަރެން ރޯންގް ކަމެއް.. މީގެ ކުރިއަކުން” ޖައިޝްގެ އަތުގައި ހިފާލަމުން އަހަރެން ބުނެލީމެވެ. އެވަގުތު ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދިމާވެގެން ދިޔައެވެ. އެވަގުތު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ޖައިޝްގެ ލޮލުން އަހަރެންނަށް ފެނުނީ ބުނަން ނޭނގޭ ކަހަލަ އިހްސާސްއެކެވެ. އެދެލޮލުން ސާފުކޮށް އަހަރެން ކައިރީގައި ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ކަހަލައެވެ.

“ޖައިޝް” އަހަރުމެން ދެމީހުން ސިހިގެން އަހްޝަމްގެ އަޑު އިވުމުންނެވެ. އެވަގުތު އަހަރެން ޖައިޝްގެ އަތުން ދޫކޮށްލަމުން ކުޑަކޮށް ޖައިޝްއާއި ދުރަށް ޖެހިލީމެވެ. އަމިއްލަ ތުންފަތުގައި ދަތްއަޅާލެވުނީ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. އައިރް ފެނުމުންވެސް އެވަރުވެއެވެ. ޖައިޝް ފެނުމުންވެސް އެވަރުވެއެވެ. އަނެއްކާ އަހްޝަމް ފެނުމުން އެވަރުވާނެބާއެވެ. އަމިއްލައަށް ނަފްސާއި މަލާމާތް ކޮށްލީމެވެ. އެވަގުތު އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް އައުމުން ވަގުތުން އެކަން ފޮރުވީމެވެ. “އޯކޭ.. އައި ވިލް ހެލްޕް” އަހްޝަމް އަހަރުމެން ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. އަހަރެން އެއްފަހަރު ޖައިޝްގެ މޫނަށް އަނެއް ފަހަރު އަހްޝަމްގެ މޫނަށް ބަލާލީމެވެ. ޖައިޝްވެސް އަހްޝަމްއާއި ދިމާލަށް ބަލާލީ އެބުނި އެއްޗެއް ޔަގީން ނުވާ ކަހަލަ ގޮތަކަށެވެ. “އާ.. ޖައިޝްއަށް އަޑު ތިއިވުނީ ރަނގަޅަށް.. އަހަރެން އެހީވާނަން..” އަހްޝަމް އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ޖައިޝް އުފަލުން އަހްޝަމްގެ ގައިގައި އޮޅުލައިގަތެވެ. އަހަރެންނަށްވެސް އުފަލުން ހުރެވުނު ތަން ނޭނގުނެވެ. ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ. ހުރިހާ ހާލަތެއްގައިވެސް އަހަރެންނަށް އެހީވާ ފަރާތަކީ އެއީއެވެ.

“އެހެންވީމަ ކިހިނެއް ދެން ހަދަންވީ” ޖައިޝް އެހެން ބުނެލީ އެގޭތެރެއަށް ވަދެ ގޮޑީގައި އިށީނަމުންނެވެ. އަހްޝަމް އެގޭގައި އުޅޭ މީހާ ކައިރީގައި އަހަރުމެންނަށް ކޮފީ ގެނައުމަށް ބުންޏެވެ. “އަސްލު ވާންވި ގޮތަކީ… ތި ހުރިހާ ހެކިތަކެއް އަހަރުމެން ގާޒީއަކަށް ދައްކަންވީ.. އެކަމަކު ބައިވަރު މައްސަލަތަކެއް ދިމާވާނެ.. ފުރަތަމަ ކަމަކީ.. ތިހުރިހާ ހެކިތަކެއް މީގެ ކުރިން ހުރީ ކޮންތާކުތޯ ކުރެވޭ ސުވާލު.. ކުއްލިއަކަށް މިއަދަކު ތި ހެކިތައް ފެންމަތިވެގެން ތިއުޅެނީ ކީއްވެތޯ ކުރެވޭ ކުރެވޭ ސުވާލު.. ގާޒީ އެސުވާލުތައް ކުރުމުގެ ކުރިން އަހަރެން އެސުވާލު ތަކުގެ ޖަވާބު ބޭނުން.. މިކަމުގައި އަހަރެންނަށް އުޅެވެނީ އަހަރެންނަށް ހުރިހާ އެއްޗެއް އެނގިގެން..” އަހްޝަމް ބުނެލިއެވެ. ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ހަދަންވީ ކިހިނެއްހޭ އަހާލާ ފަދަ ގޮތަކަށެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް.. އަހަރުމެންނަށް އެހީވަން ނިއްމިތީ.. އެކަމަކު ސުވާލެއް ކޮށްލަން ބޭނުން.. ކީއްވެ ހިޔާލު ބަދަލުވީ” އަހްޝަމްގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަހަރެންގެ ސުވާލަށް ޖަވާބު ހޯދުން އަހަރެންނަށް މާ މުހިއްމެވެ.

“ނޭނގޭ.. ފާޑެއްގެ އަންހެނަކު.. ލެކްޗަރ އެއް ދިނީ.. އާދައިގެ މީހަކަށް ވިޔަސް ކުރެވޭނެ ކަންތައް ހުންނާނެއޭ ކިޔައިގެން” އަހްޝަމް އޭނަގެ ބޮޑު ގޮޑީގައި އިށީދެލަމުން ހިނިތުންވެލިއެވެ. “އަސްލުވެސް.. އާސީން ދެއްކީ ރަނގަޅު ވާހަކައެއްކަން އަހަރެންނަށް ވިސްނުނީ.. އަނެއްކާ.. ޖައިޝްއަކީ އަހަރެންގެ ގާތް އެކުވެރިއެއް.. އޭނަ ކަމަކު ބުނީމަ ނޫނެކޭ ނުބުނެވޭތާ” މަޖާކަން ކަނޑުވާލަމުން ސީރިއަސް ވެލަމުން އަހްޝަމް ބުނެލިއެވެ. “އެކަމަކު… އޭރުން .. އަހްޝަމްގެ ވަޒީފާ.. އާއިލާ” އަހަރެން އަނެއްކާވެސް ބުނެލީމެވެ. “އަހަރެން ވަޒީފާގެ ކޮބާ ބޭނުމަކީ މީހަކަށް އިންސާފެއް ނުހޯދައިދެވޭނަމަ.. އާއިލާގެ މީހުންނަށް އަހަރެން މާދަން ދައްކާނީ ކޮން މޫނެއް. މިއަދު އަހަރެން މިކަމަށް ފުރަގަސް ދޭނަމަ” އަހްޝަމް ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. އަހްޝަމްއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީ ހެއްޔެވެ. އެކަމަކު އޭނައަށް އިތުބާރު ކުރެވޭނެ ހެއްޔެވެ. އޭނަ އަހަރުމެންނަށް އެހީވާނަމަ، އޭނައަށް ހަގީގަތް އެނގުން މުހިއްމެވެ. ޖައިޝްއަށް ބަލާލަމުން އަހަރެން ބޯޖަހާލީމެވެ. ޖައިޝް އަހްޝަމްއަށް ވާހަކަތައް ކިޔައދޭން ފެށިއެވެ. ނާސިރު އާއި އަހަރެންގެ ވާހަކައެވެ. އައިރްގެ ވާހަކައެވެ. ބަންޝީލްގެ ވާހަކައެވެ. އައިރް އެފައިލް ހޯދި ގޮތުގެ ވާހަކައެވެ. ހުރިހާ ވާހަކައެއް ދައްކާ ނިމުމުން އަހްޝަމް ފުންނޭވާއެއް ބޭރުކޮށްލިއެވެ.

“އަހަރެންނަށް ޖައިޝް ރަނގަޅަށް ނޭނގޭނަމަ.. ދެންމެ ތި ދެއްކި އެއްވެސް ވާހަކައެއް އަހަރެން ގަބޫލެއް ނުކުރީމުސް.. އެކަމަކު.. އެނީވޭ.. އަސްލު ތި ކިޔައިދިން ގޮތުން މި ކޭސް ރީޕެން ކުރަންވެސް ހަމަ އަސްލަށްވެސް އަހަރެން ބިރު ގަނެއްޖެ.. މިކަން ކުރާނަމަ ވަރަށް ގިނަ ކޮންސިކުއެންސް ތަކާއި އަހަރުމެން ކުރިމަތިލާންޖެހޭނެ.. ފުރަތަމަ ކަމަކީ.. ތި ފައިލް އައިރްއަށް ދީގެން ފުލުހުންގެ އެއްޗެހިތައް ހުންނަ ތަނަށް ގެންދަންވީ” އަހްޝަމް ބުނެލިއެވެ. “އެކަމަކު އޭރުން.. އަހަރުމެންނަށް ދެއްކޭނެ ހެއްކެއް ނުއޮންނާނެ” ޖައިޝް ބުނެލިއެވެ. “އަހަރުމެން ތި ހުރިހާ ލިޔެ ކިޔުމެއް ބޭނުމެއް ނުވޭ.. ތީގެން ދެތިން ލިޔުމެއްގެ ކޮޕީ ހައްދާނީ.. އަދި ތި ފައިލް ގެންދަން ބުނާނީ.. އެހެން ނޫނިއްޔާ ތި ފައިލް ހިފައިގެން އަހަރުމެން ގޮސްފިނަމަ އައިރްގެ ވަޒީފާ ގެއްލޭނެ ކަމާއި މެދު ޝައްކެއްނެތް.. އެކަމަކު އަހަރެން މިބުނާ ގޮތަށް ހަދައިފިނަމަ.. އައިރްގެ ވަޒީފާވެސް ސަލާމަތް ކުރެވޭނެ.. އަދި މިކޭސްވެސް ރީއޯޕެން ވާނެ..” އަހްޝަމް ބުނެލިއެވެ. “މައްސަލައެއް ނެތް.. އަހަރެންނަށް ހާދަ ހީވެއޭ.. އަހްޝަމްގެ ވާހަކައަށް އެކަމަކު އަންނަން އުޅޭހެން” އަހަރެން އަހްޝަމްގެ މޫނަށް ބަލާލަމުން ބުނެލީމެވެ. އަހްޝަމް ހިނިތުންވެލިއެވެ. “އެކަމަކު.. އަހަރުމެން ބޭނުންވޭ އަސްލު ޕްރޫފް.. މިކަމުގެ އަޑީގައި މިނިސްޓަރ އުޅޭކަމުގެ.. އޭނަ ލާރި ދިންކަމުގެ ހެކި.. އޭނަގެ އަނގައިން އަމިއްލައަށް އެއްބަސްވާން އެބަ ޖެހޭ.. އެހެން ނޫނީ.. މި ކޭސް އަނެއްކާވެސް ކްލޯޒް ވާނެ” އަހްޝަމް ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. “ތިކަމާއި ނުވިސްނާ.. ފުރަތަމަ މި ކޭސް ރީއޯޕެން ކުރެވޭތޯ ބަލާ.. އޭގެ ފަހުން އަހަރެން ހެލްތް މިނިސްޓަރ އައި ދެކޮޅަށް ހެކި ހޯދާނަން” އަހަރެން ބުނެލީމެވެ.

އެގޭގައި އަހަރެންނާއި ޖައިޝް ވަރަށް ގިނަ އިރު ކޭސް އާއި ބެހޭގޮތުން ވާހަކަ ދައްކަން މަޑުކުރީމެވެ. ވަރަށް ގިނަ ވާހަކަ ދައްކާފައި އަހަރެންނާއި ޖައިޝް ގެއަށް އަންނަން ނިކުތީ ހަވިރު ވީ ފަހުންނެވެ. ޖައިޝް ގެއަށް ދިޔައީ އަހަރެން ގެއަށް ގެންގޮސް ދޮންބެއާއި ހަވާލުކޮށްފައެވެ. ޖައިޝްގެ ފަރާތުން ކުރިން ނުފެންނަ އެތައް ކަމެއް މިހާރު އަހަރެންނަށް ފާހަގަ ކުރެވެއެވެ. އެ އަޅާލުމާއި އޯގާތެރިކަން އެއީ މީގެ ކުރިން އޭނަގެ ފަރާތުން ފެންނަ ކަންތައްތަކެއް ނޫނެކެވެ. ހެވިފައި ހުރެ އަހަރެންނާއި ވާހަކަ ދެއްކުމާއި އަހަރެން ނުބަލާ ގަޑީގައި އަހަރެންނާއި ދިމާލަށް ބެލުމަކީ މީގެ ކުރިން އަހަރެންނަށް ފާހަގަ ކުރެވިފައި ހުރި ކަންތައްތަކެއް ނޫނެކެވެ. ނަމަވެސް މިހާރު ވަރަށް ގިނައިން އަހަރެންނަށް އެކަންތައްތައް ފާހަގަ ކުރެވެއެވެ. ޖައިޝް ދިއުމުން ދޮންބެއަށް ހުރިހާ ކަމެއް އަހަރެން ކިޔައިދިނީމެވެ. އަހްޝަމް އަހަރުމެންނަށް އެހީވާން އެއްބަސްވި ވާހަކައާއި އެފައިލް ފުލުސް އޮފީހަށް ގެންދިއުމާއި ބެހޭގޮތުން ވާހަކަ ދެއްކެވުނެވެ. އަހަރެން ދޮންބެއާއި އެކު އެވާހަކަ ދައްކަން އެތައް އިރަކު އިނީމެވެ. ބަންގި ގޮވުމުން އަހަރެން ކޮޓަރިއަށް ދިޔައީ ނަމާދުކޮށް ގުރުއާން ކިޔަވާލާށެވެ.

ހުރިހާ ކަމެއްކޮށް ނިމިގެން އަހަރެން ސިޓިންރޫމްއަށް ނިކުތީ ރޭގަނޑު އަށެއްޖެހި ފަހުންނެވެ. އޭރު ސިޓިންރޫމްގައި ދޮންބެ، މަންމަ ބައްޕައިގެ އިތުރަށް އައިރް އަދި އެހެން މީހަކު އިނެވެ. އެމީހުން ތިބީ އޮލަ ވާހަކައެއް ދައްކާށެވެ. ނަމަވެސް އަހަރެން ފެނުމާއި އެކު އެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ. އެމީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެއީ އައިރްއަށް ވުރެއް ދޮށި މީހެއްހެން ބަލާލާފައި ހީވެއެވެ. ބަލާބެލުމަށް ޒުވާން ވައްތަރު ޖެހި ނަމަވެސް ކޮންމެވެސް ވަރަކަށް ބަލި ވައްތަރު މޫނުމަތިން ޖަހައެވެ. “އާސީން” އަހަރެން އެމީހުން ކައިރިއަށް ހުއްޓިލުމުން ބައްޕަ ގޮވާލިއެވެ. “މިއީ އައިރްގެ އެކުވެރިއެއް.. ރީހާން.. ރީހާން މިއީ އާސީން..” ބައްޕަ އަހަރުމެން ދެމީހުން ތައާރަފް ކޮށްދިނެވެ. އަހަރެން ރީހާންއަށް ހިނިތުންވުމެއް ރައްދުކޮށްލީމެވެ. ރީހާން އަހަރެންނާއި ދިމާލަށް ބަލާލި ފާޑަކަށެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލާލިގޮތުން އަހަރެންގެ ފުލް ބޮޑި އެކްސް ރޭ އެއް ނެނގި ކަހަލައެވެ. “އަޅުގަނޑު ޖެހޭނީ ވަރަށް ރަނގަޅަށް ބަލަން.. މިރޭގައި ގޮސް ފޮތްތައް ބަލާލާލަން.. މާދަން އަޅުގަނޑު ތިބޭފުޅާއަށް ކުރަންވީ ކަމަކާއި ބެހޭގޮތުން ވާހަކަ ދައްކާލާނަން.. މިގަޑީގައި ދެން އަޅުގަނޑު ދިއުމުގެ ހުއްދަދެއްވާ” ރީހާން އަހަރެންނަށް ހިނިތުންވުމެއްވެސް ރައްދުކޮށްލުމެއް ނެތި ބައްޕައާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އެކަމަކު.. އެއްޗެއް ކައިގެން ދާންވީނުން.. އަދި ކުޑަކޮށް” “ނޫން ނޫން.. މިހާރު އަޅުގަނޑު ބޭނުންވާ މައުލޫމާތު މިވަގުތައް ލިބިއްޖެ.. މިއަދު ދަތުރު ކޮށްފައި އައީމަ ކުޑަކޮށް ވަރުބަލި.. މާދަން އައިރް މެދުވެރިކޮށް އަޅުގަނޑު ތިބޭއްފުޅުންނާއި ވާހަކަ ދައްކާލާނަން.. މިގަޑީގައި އަޅުގަނޑު ދާން ބޭނުން” އަހަރެން އެތަނަށް ހުއްޓުމުން ރީހާންއަށް ހީވީ ބޮޑު އުދަގުލެއް ކުރިމަތީގައި ހުރި ހެންނެވެ.

“މައްސަލައެއް ނެތް.. ޝުކުރިއްޔާ” ބައްޕަ ތެދުވެލަމުން ރީހާންއާއި ސަލާމް ކޮށްލިއެވެ. ރީހާން އެތަނުގައި ތިބި އެންމެންނަށް ހިނިތުންވުން ރައްދުކުރި އިރުވެސް އަހަރެންނާއި ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެންނާއި ދިމާލަށް ބަލަންވެސް އޭނައަށް އުދަގޫ ކަހަލައެވެ. އަވަސްކަމާއި އެކު ބޭރަށް ނިކުންނަށް ހިގައިގަތް އިރު އައިރްވެސް އޭނަގެ ފަހަތުން ދިޔައެވެ. އެމީހުން ދިއުމުން ބައްޕަ އެމީހުން ދެއްކި ވާހަކަ ކުޑަ ގޮތަކަށް ކިޔައިދިނެވެ. ބައްޕަ ދިއުމުން ދޮންބެ ކައިރީގައި އަހާލީމަވެސް ދޮންބެ ޖަވާބު ދިނީ ހަމަ ބައްޕަ ޖަވާބު ދިން ގޮތަށެވެ. އަހަރެން ބޭނުންވީ އައިރްއަށް ގުޅާފައި ރީހާންއަށް ވީ ކިހިނެއްތޯ އަހާށެވެ. މިރޭވެސް އޭނަ އަންނާނެކަން އެނގޭތީ އަހަރެން އަވަހަށް ގޮސްވަނީ ކޮޓަރިއަށެވެ. ގަޑި ހިގަމުން ދިޔައެވެ. އެގާރަ ޖެހިއިރުވެސް އައިރް ނައުމުން އަހަރެން އެންމެ ފަހުން ފޯނު ކޮށްލީމެވެ. އެވަގުތު ފޯނު ބިޒީކޮށްލިއެވެ. ދެވަނަ ސިކުންތުގައި އައިރް ގުޅިއެވެ. “ކީކޭ ލޯބީ” ފޯނު ކަންފަތުގައި ޖެހުމުން އައިރް ބުނެލިއެވެ. “ކީއްވެ މިރޭ ނައީ.. އެނގޭތަ އަހަރެން މިހުރީ އިންތިޒާރުގައި ކަން” އަހަރެން ޝަކުވާ ކޮށްލީމެވެ. “އޯހް.. އަސްލުތަ.. އަހަންނަކަށް ނޭނގޭ އަހަރެން މިއީ އެހާ މުހިއްމު މީހެއް ކަމަކަށް” އައިރް ހިނިތުންވެލަމުން ބުނެލިއެވެ. “ނޭނގޭތަ.. އަދިވެސް” އަހަރެން ބުނެލީމެވެ. “ނޫނޭ.. ސޮރީ އާސީން.. މިރޭ.. އެގެއެއް ނުން.. ރީހާން.. އައިސްގެން އުޅޭތީ.. އޭނަ ބައިވަރު އެއްޗެހި ތަނެއް ހޯދަން ބުނެގެން މިއުޅެނީ.. އެކަންތަކު.. މިރޭ ނުދެވޭނެ އިނގޭ. ފަހުން ދިމާވާނީދޯ” އައިރް ބުނެލިއެވެ. އަހަރެން ވަގުތުން ފޫހިވިއެވެ. ނަމަވެސް މިއަދު އަހްޝަމްއާއި ބައްދަލު ވެގެން ވީ ކަންތައް ކުރު ގޮތަކަށް ކިޔައިދިނީމެވެ. “ތިވާހަކަ ދައްކާނީ ފަހުން ދޯ.. އަހަރެން ދާނަން އިނގޭ.. ފަހުން.. މިގަޑިގައި ބިޒީ.. މިރޭ ދެން އާސީން ނިދާލާ.. ގުޑް ނައިޓް.” އައިރް އެހެން ބުނެލީ އަހަރެން ފައިލް އޭ ކިޔާފައި ވާހަކަ ފެށުމުންނެވެ. އަދި އިތުރު އެއްޗެއް އަހަރެންނަށް ނުބުނެވެނީސް ފޯނު ކަނޑާލިއެވެ.

އަހަރެން ހިންހަމަ ނުޖެހުނެވެ. އޭނަ އަހަރެންނާއި ވާހަކަ ނުދެއްކާހާވެސް ބިޒީ ވީ ހެއްޔެވެ. މީހަކު އެއްޗެހި ތަކެއް ހޯދާށޭ ބުންޏަސް އަދި އެވަރު ވާންޖެހޭ ހެއްޔެވެ. މަށަށް ކީން ހެއްޔެވެ. އޭނަ އަންނަން ބޭނުން ނުވާ ކަމަށްވާނަމަ ހުންނާށެވެ. އަހަރެންނަށްވެސް ހުރެވޭނެއެވެ. އޭނަކައިރީގައި އާދޭސް ކުރާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އެނދުމައްޗަށް ފޯނު އެއްލާލަމުން އެނދުމައްޗަށް ވެއްޓިގަތީމެވެ. އެއްފަރާތެއްގައި އޮތް ބާލީސް ނަގާ ބައްދާލަމުން ލޯމަރާލީ ނިދާލުމުގެ ބޭނުމުގައެވެ.

ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ދެލޯ ނުހުޅުވާ ކައިރީގައި އޮތް ގައިމަތީގައި އަޅާ ފޮތިގަނޑު އަތުޖެހޭތޯ ދެފަހަރު އަތުން އެނދުގައި ކާތާލީމެވެ. އެވަގުތު އަތުގައި ޖެހުނީ އެނދުގެ ފޮތިގަނޑެއް ނޫނެކެވެ. ފާޑެއްގެ ކުޑިތަކެވެ. ވެލިތަކެއް ކަހަލަ އެއްޗެހި ތަކެވެ. އެކަމަކު އަހަރެންގެ އެނދަށް ވެލި އަޅާނީ ކާކު ހެއްޔެވެ. ކުޑަކޮށް ފުރޮޅިލަމުން ކައިރީގައި އަތް ދެވަނަ ބާލިސް އަތުޖެހޭތޯ ބަލާލިމެވެ، ނަމަވެސް މިފަހަރުވެސް އަތުގައި ޖެހުނީ ވެލިތަކެކެވެ. ވަރަށް އުދަގުލުން ދެލޯ ހުޅުވާލީމެވެ. މުޅިތަނުގައިވަނީ އަދިރިކަމެވެ. އަހަރެން ނިދީ ކޮޓަރީގެ ބޮކި ދިއްލައިގެންކަން އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެހެން ވެއްޖެނަމަ މިހާ އަދިރިވާންވީ ކީއްވެ ހެއްޔެވެ، އޭރު އަހަރެންނަށް އޮވެވުނީ ހުއްޑުންނެވެ. ދެލޯ ހުޅުވާލި ވަގުތު ފާޑެއްގެ ކުޑިތަނެއް ކަހަލަ އެއްޗެހި ތަނެއް ފެނިގެން ދިޔައެވެ. ކޮޓަރީގެ ސީލިންގްގައި ކުޑިތަނެއް ހުންނަންވީ ކީއްވެ ހެއްޔެވެ. ދެލޯ ބޮޑުކޮށްލުމުން އެއީ ކުޑިތަކެއް ނޫންކަން އެނގިގެން ދިޔައެވެ. ފެންނަމުން ދިޔައީ ތަރިތަކުން ޖަރީކުރެވިފައިވާ ސާފު އުޑެވެ. އެންމެ ވިލާ ކޮޅެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އަހަރެންނަށް ތެޅިގެންފައި ތެދުވެވުނެވެ. އަހަރެން މިއޮތީ ކޮޓަރީގައެއް ނޫނެކެވެ. އަދި ކީންހެއްޔެވެ. ގެއަކުވެސް ނޫނެކެވެ. އަހަރެން މިއޮތީ ބޭރުގައެވެ. ވެލިގަނޑެއް މަތީގައެވެ. ކޮޅަށް ތެދުވެ ހުރެ އަހަރެންނަށް ވަށައިގެން ބަލާލެވުނެވެ. އޭރު ރީތި މިއުޒިކެއް ހެން ރާޅު ގޮނޑުދޮށަށް ބީއްސަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ހުރިހާ ފަރާތަކަށް އަހަރެން ބަލާލިމެވެ. އެއްފަރާތުން ފެންނަން އޮތީ މޫދެވެ. އަނެއް ފަރާތުން ފެންނަން ހުރީ ގަސްތަކެވެ. އަހަރެން ބިރު ގަންނަ ގޮތްވާން ފެށިއެވެ. މީހާ ހާސްވެ ދާހިއްލަން ފެށިއެވެ.

“އާސީން” ކުއްލިއަކަށް އިވުނީ މީހަކު އަހަރެންނަށް ގޮވާލި އަޑެވެ. ދަންނަ އަޑެކެވެ. ބަލާލިއިރު އެއަދިރި ތަނުގައި ހިޔައްޏެއްހެން މީހަކު ހުއްޓިލައިގެން ހުރިތަން ފެނުނެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ބޭނުންވަނީ ކަލާ ( ތިންވަނަ ބައި)

Next

ކުއްޅައްފާ

Next
May 26, 2016

ކުއްޅައްފާ

Previews
May 25, 2016

ބޭނުންވަނީ ކަލާ ( ތިންވަނަ ބައި)

23 Comments!

  1. Fantasy says:
    May 26, 2016 at 1:41 am

    mi baivesq hurihaa kudinah kamudhaane kamah heekuran.. hurihaa kudinge hiyaal thakah maruhaba 🙂

  2. Husha says:
    May 26, 2016 at 2:18 am

    Salhi story eh mii…

    1. Fantasy says:
      May 29, 2016 at 8:04 am

      thnks husha 🙂

  3. # says:
    May 26, 2016 at 6:04 am

    Vaahaka varah salhi vaanehen hyvany. Adhi nukiya comment mi kurany.varah salhi fantasy ge vaahaka. Fantasy ge aslu nan bunelevi dhaanebha………

    1. Fantasy says:
      May 29, 2016 at 8:04 am

      # ok vaane sofy kiyas fantasy ah 🙂 thnks v bodah 🙂

  4. Aimsithu says:
    May 26, 2016 at 6:51 am

    Reethi adhi varah thafaathu vaahaka eh

    1. Fantasy says:
      May 29, 2016 at 8:09 am

      thnks Aimsithu 🙂

  5. shue says:
    May 26, 2016 at 6:54 am

    Wow.
    Fantasy…. vaahaka v habeys….
    Next episode avahah up kurahchey….. tgc

    1. Fantasy says:
      May 29, 2016 at 8:10 am

      thnks shue 🙂 vaahaka kuda koh las vedhaane igey 🙂

  6. Akyan says:
    May 26, 2016 at 7:23 am

    Vvvv reethi…. Avahah up kohdeythi ingey.
    . Pls

    1. Fantasy says:
      May 29, 2016 at 8:44 am

      Akyan thnks bodu koh 🙂

  7. Aisha says:
    May 26, 2016 at 7:36 am

    Bansheel dhw e ulheny… Aslu aishu akah hiyeh nuvey bansheel aee gos jinni eh hn eh.. Ehvx jinni eh vx insaaneh vx beynumeh nuvaane dhw e myhaku loabi vaa myhakah gehlumeh dheykah… Bansheel beynun vany hama ekani aasin haasil kuran.. So he is jus trying.. By the way everything is fair in love and war nah???? I think bansheel also get a chance to prove his love aasin… Anyway vaahaka v reethi… Avhah next part up koh dheythi v inthizaaru kuran eba next part ah ????❤️❤️❤️

    1. Fantasy says:
      May 29, 2016 at 8:48 am

      Aisha.. fantasy v massaki kuran eba avahah up kureveytho .. ekam v bixy midhuvas kolhu anekka ves.. ekam try kuraanan avahah up veytho igey aisha 🙂 thnks v bodah 🙂
      Alu ves dhooo lobyga hurihaa kameh ves kureveyne dhoo 😛

  8. Sandy says:
    May 26, 2016 at 8:14 am

    Story avahah up kohbaa….vvv reethi…masha Allah

    1. Fantasy says:
      May 29, 2016 at 8:50 am

      sandy fantasy anekka ves bixy vejje dear.. try kuraanan v avahah up kureveytho 🙂

  9. ken? says:
    May 26, 2016 at 10:48 am

    is this real jaish or wat….? feeling confuse abt his behaviour towards aaseen..? dn neynge v curious vey ? heheh…?
    this part is full of social msgs..like it v much…? ✌ ? ? ?
    waiting for next part hope u ll upload it ASAP…☺?❤

  10. nunnu says:
    May 26, 2016 at 11:40 am

    Vaahaka reethi…. Ekam rangalhu kohllan jehey thankolheh bunelaanan…. Maa ginain NOONEKE beynun kohffa huhnnany….. Aslu liaa iru egothah use eh nukuraane……

  11. ny says:
    May 26, 2016 at 5:41 pm

    V v reethi

  12. ? says:
    May 26, 2016 at 9:24 pm

    Fantasyyy….hageegai kiyaa vaahaja eh neren feshyy mehnu kyyve e nuliyaniiii???

  13. Faxoo says:
    May 27, 2016 at 9:17 am

    Yah Fantasy keeve evahaka kuriah nugendhiyaee :/ mibai ves vrh reethi ingey Fantasy 🙂 waiting waiting fr the nxt part, and sry lahun comment kurevunyma 🙁 when’s the next prt?? 😀

  14. aalaa says:
    May 28, 2016 at 4:21 pm

    varah keiimadhuvey eba.. plx if ur not bxy v v avahah up kohdhyba.. plx………

  15. Shaa says:
    May 29, 2016 at 7:59 am

    Fentasy kobaa story/ avahah up kohdhyba plx plx plx

  16. Fazoo says:
    May 30, 2016 at 11:00 am

    Fantasy mivaahakaah varah inthizaaru abkuravy haathalahay thihaa bura kudhin ragalhu vaany mikamug noolhuneema heevany fantasy ah nidhaalan lan ves vagu thannuvaanahan sifavany masanakaa thihaaburakon vx up kohdaydhay thanks bodu kon??

Comments are closed.

Next Episodeއިންސާފް .. 20 ވަނަ ބައި←


All Right Reserved!