Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 84

Listen to this story Audio · 7:58 Powered by Esfiya Voice
0:00 7:58

“ރުޒައިކް ނޫން… އަހަރެންވެސް މި ވަޅަށް ވަނަ ދީ.. އެލާ އެކަނިވާނެ.. ބިރުގަންނާނެ.. އަނދިިރި ތަންތަނުގައި ހުންނަން ކުޑަ އިރުންސުރެ އެލާ ބިރުގަންނާނެ.. ހެޔޮނުވާނެ އެލާ އެކަނި މިތާ ނުބާއްވާ.. އަހަރެން ދިޔަ ދީ…” ޔައުލާން ޝަކުވާ ކޮށްލީ ކުޑަ ކުއްޖެއް ފަދައިންނެވެ.

(84 ވަނަ ބައި)

ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ބޮސްގެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. އޭނާ ކައިރީ ބިންމަތީގައި ކުޑަ ކަކޫ ޖަހައިގެން އިން އަކިޔަލް ތުންފިއްތާލައިގެން އިނީ އޭނާގެ ފަލަމަސްގަނޑަށް ބޮސް ހަރާލާފައި އިން ތޫނު ވަޅީގެ ސަބަބުން ދިލަ ނަގާތީއެވެ. އެހެން ވިޔަސް އޭނާ ކެތް ކުރަމުން ދިޔައީ އުފްވެސް ލައްވާ ނުލެވޭ ތޯއެވެ.

“ކަލޭ ބުނިން ދޯ އެލާރާ ވިހާނީ އަދި ހަފުތާއެއް ފަހުންނޭ؟؟ ދެން ކީއްވެ މިއަދު އެލާރާ ވިހަންވީ؟؟؟” އަރައިގެންފައި ހުރި ރުޅިން ބޮސް ތުރުތުރުލަމުން ދިޔައެވެ.

“އަސްލު އެލާރާ ވިހަން އިން ދުވަހަށް ވުރެ ކުރިން އެ ވިހެއީ. އެކަމަކުވެސް އެކުއްޖާގެ ހާލަތު ވަރަށް ރަނގަޅުކަމަށް ވަނީ…” ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރަން މަސައްކަތް ކުރަމުން އަކިޔަލް ބުނެލިއެވެ.

“ކިހާ ބޮޑު މުސީބާތެއް މީދެން..!! އެލާރާ ސަލާމަތުން ހުރެފަ އެކުއްޖާ މަރުވި ނަމަވެސް ކޮންފަދަ” އަޅައިގެން ހުރި ހަމައެކަނި ލޮލާއި އަނގަމަތި ފެންނަ މާސްކު ނަގާ ބޮސް ނަގާ ބިންމައްޗަށް ހޫރާލިއެވެ. އަދި ޖީބުގައި އޮތް ސިނގިރޭޓު ފޮށި ނަގާ އޭގެ ކުރީގައި ރޯކޮށްލިއެވެ. ތުމުގައި ބައިންދައިގެން ރޯކޮށްލުމުން އެ ފަނޑު އަލީގެ ތެރެއިންވެސް ރުޅިއައިސް ރަތްވެފައި ހުރި ދިޔާންގެ މޫނު ވަރަށް ރީތިކޮށް ފެނުނެވެ. ސިނގިރޭޓުގެ ދުންތައް ބުރުވާ ލަމުން އޭނާ ގޮސް އަނެއްކާވެސް އަކިޔަލްގެ މޫނުމަތީގައި ކޮޅުފައިން ޖެހިއެވެ. “ރައްކާވޭ މިތަނުން” އަޑަށް ބާރު ލަމުން ދިޔާން ބުންޏެވެ. ވަގުތުން ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން އަކިޔަލް އެތަނުން ނިކުމެގެން ދިޔައެވެ.

ދިޔާން ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އެތަނުގައި އިން ސޯފާގައި އިށީނެވެ. ކައިރީގައި އިން ރާ ފުޅި ނަގައިގެން ވެސް ދެތިން ކޯވަރު ބޯލިއެވެ. އެލާރާ ވިހެއީ އޭނާގެ ކުއްޖެއް ނަމަ…؟ ޔަގީނުންވެސް އޭނާ މި ފަޅާއެރީއެވެ. ޔޫޒާ އޭނާ ދޫކޮށްލާނެއެވެ. ހަގީގަތުގައި ޔޫޒާ ދިޔަސް އޭނާއަށް ވަރިހަމައެވެ. ހާސްވީ ޔޫއާލް ދެން އޭނާއަށް ނުފެނިދާނެތީއެވެ.

“ދާއިޔަލް…!!! މިހުރިހާ ކަމެއްވެސް މިވީ ކަލެއާ ހުރެ” އަތުގައި އިން ބިއްލޫރި ރާފުޅި ހޫރާލަމުން ދިޔާން ހަޅޭލަވައިގަތެވެ. ބިންމަތީގައި ކުޑަކަކޫ ޖަހަމުން އިށީނދެ ވުން އިރު އޭނާއަށް ސިފަ ވަމުން ދިޔައީ މީގެ 25 އަހަރު ކުރީގެ ހަނދާނެވެ…

***25 އަހަރު ކުރިން***

ހަވީރުގެ ވަގުތެވެ. ގަޑިން 5 ޖެހީއެެވެ. އެހެން ވިޔަސް ދުވަހަކީ ވިއްސާރަ ދުވަހެއްކަމުން ހީވަނީ އިރު އޮއްސޭ ވަގުތު ހެންނެވެ. ޓެބްލެޓުން ގޭމު ކުޅެން އޮތް އުމުރުން 4 އަހަރުގެ ދިޔާން އޮތީ ނިދިފައެވެ. ގައިގައި ފޮތިގަނޑެއް ނެތް އިރު އޭސީ ހުރީ 16 ގައެވެ. އޭނާއަށް ހޭލެވުނީ ފިނި ބޮޑު ވެގެންނެވެ.

ދެލޯ ކަހާލަމުން ދިޔާން ތެދުވެ އިށީނެވެ. އާފުރިލަމުން ޓެބްލެޓު ނަގާ އުނގުގައި ބާއްވާލިއެވެ. ކަމަކު ދާކަށް ނެތެވެ. އޭރު ޓެބްލެޓު އޮތީ ނިވިފައެވެ. އަނގަ ކުނި ކޮށްލަމުން އޭނާ އެނދުން ފޭބީ އެއްޗެއް ކާލުމުގެ ނިޔަތުގައެވެ. ދޮރާއި ހަމައަށް ވާސިލު ވެވުން އިރު ބޭރުން އޭނާގެ ބައްޕަ ޖިޒާލްގެ އިތުރުން ކޮންމެވެސް އަންހެނެއްގެ އަޑު އިވެމުން ދިޔައެވެ.

“ކާކު؟” ހިތާ ހިތުން ދިޔާން އަހައިލިއެވެ. ލަސް ލަހުން ދޮރު ހުޅުވާލާފައި އޭނާ ކޮޓަރިން ނިކުތެވެ. އޭރު ސިޓިންރޫމުގައި ޖިޒާލްއާއި ޖެހި ފިތިގެން އަންހެނެއް އިނެވެ. ޖިޒާލްގެ އުނގުގައި ކުޑަ ކުއްޖެއް އޮތެވެ. އެކުއްޖާއަށް ޔަގީނުންވެސް އަދި މަހެއްވެސް ނުވާނެޔެވެ.

“ބައްޕީ؟” ދިޔާން ހުރީ ކޮންމެވެސް ވަރަކަށް ހައިރާން ވެފައެވެ.

“އަންހާ.. ދިޔާން… ހޭލެވުނީ ދޯ؟ އާދޭ އަވަހަށް. އާދެބަލަ..” ދިޔާން ހައިރާންވެފައި ހުރި ޖިޒާލް ގާތުގައި އިށީނެވެ.

“ދަރިފުޅާ… މަންމަ ނިޔާވީ ފަހުންވެސް މިހާރު 3 އަހަރު ވަނީ ނުން ދޯ؟ އެހެންވެ ބައްޕި ދަރިފުޅަށް މަންމިއެއް ހޯދަ ދިނީމި.. މީ ދެން މިހާރު ދަރިފުޅުގެ މަންމި. ދެން މީ، ބައްޕިއާއި މި މަންމިގެ ދަރިފުޅު.. ދަރިފުޅުގެ ކޮއްކޮ، ދާއިޔަލް”

*** ***

“ދަރިފުޅާ؟” ސިޓިންރޫމަށް ނިކުން އަލާން އެޒިކިއެލް އަށް ގޮވައިލިއެވެ. “ނިދާކަށް ނުވޭތަ؟”

“މިކީ ފެންވަރައިގެން ނިކުންނަންދެން މީނީ” އެޒިކިއެލް ބުނެލިއެވެ.

އަލާން ގޮސް އެޒިކިއެލް ގާތުގައި އިށީނެވެ. “ކިހިނެތްވީ ހާދަ ވަރަކަށް ތި ބަލަނީ؟” އަލާން އަހައިލިއެވެ.

“ކޮންމެވެސް މީހަކާ ވައްތަރު ވޭ އެބަ.. ކާކުކަން ޔަގީން ނުވެގެން މިއުޅެނީ..” އެލާރާގެ ތުއްތު ފުރާނަ އުނގުގައި ބާއްވައިގެން އިނދެ އެޒިކިއެލް ބުނެލިއެވެ.

“ބައްޕައަށް ވެސް ހީވި ތިހެން.. އެލާއަކަށް އަސްލު އެހާ ވައްތަރެއް ނޫނެއް ނުން ދޯ…” އަލާން އެކުއްޖާގެ އަތުގައި ހިފާލިއެވެ.

“އާނ… މިކުއްޖާ ވައްތަރީ… އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ބަރުބާދު ކޮށްލި ޖާހިލު މީހާއަށް. ޔަގީން..” އެޒިކިއެލްއަށް އެހެން ބުނެވުން ތަނާހެން މިކްޔާ ކޮޓަރިން ނިކުތެވެ.

އެވަގުތު ވެގެން ދިޔައީ ކޮޓަރި ތައްޔާރު ކޮށްލާފައި ޔައުލާންވެސް ކޮޓަރިން ނިކުން ވަގުތަށެވެ. އެލާރާއަށް އެކަން ކުރި މީހަކު އެދަރިފުޅަށް އަނިޔާއެއް ދޭން އުޅެފާނެ ތީވެ، އެމީހަކު ހައްޔަރު ކުރެވެންދެން ޔައުލާން އެހުރީ އެގެއަށް ބަދަލު ވެގެންނެވެ.

“މި ދަރިފުޅަށް ކޮން ނަމެއްތަ ކިޔާނީ؟ އެލާ ދެއްކިތަ އެކަހަލަ ވާހަކައެއް؟” މިކްޔާއާއި އެޒިކިއެލް ވަނުމުން ޔައުލާން ގާތުގައި އަލާން އަހައިލިއެވެ.

“ލައްބަ.. އަބަދުވެސް ބުނާނެ.. ފުރަތަމަ ލިބޭ އަންހެން ކުއްޖަކަށް ކިޔާނީ އަލައިރާއޭ…” ކުޑަ ކުޑަ އަލައިރާގެ ނިތުގައި ތުން ޖައްސާލަމުން ޔައުލާން ބުނެލިއެވެ. އެއާއި އެކު ޔައުލާންގެ ލޮލުގައި ބޮނޑި ވެފައިވީ ކަރުނަތައް، އަލައިރާގެ ނިއްކުރި މައްޗައް ވެއްޓުނެވެ.

މިކްޔާގެ އަތުގައި ހިފައިގެން އެޒިކިއެލް ކޮޓަރިއަށް ވަނެވެ. ސޯފާއަށް ވެއްޓި ގަނެ ސީލިންގާއި ދިމާލަށް ބަލަން އިން އެޒިކިއެލްގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ފަހަތުން ކޮޓަރިއަށް ވައިން މިކްޔާގެ މޫނުމަތީގައިވެސް ވީ ހަމްދަރުދީއެވެ. އެއާއިލާއަށް އެލިބުނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ކިހާ ބޮޑު އެކަނިވެރިކަމެއް ހެއްޔެވެ؟ މިކްޔާ ވިސްނަން ފެށީ އެޒިކިއެލް ހިތްހަމަ ޖައްސާލުމަށް ކުރެވިދާނެ ކަމަކާއި މެދުއެވެ. އެވަގުތު އެއްލި ކަޅި އަކުން އެނދު ކައިރީ ބަހައްޓާފައި ހުރި ކައިވެނީގެ ހަދިޔާތައް އޭނާގެ ލޮލުގައި އަޅައިގަތެވެ.

“އެއްލޫ.. ދެން ތިހެން ދެރަވެފަ ނީނދެބަ.. ހިނގާބަ. ކައިވެނި ހަދިޔާތައް ހުޅުވަން” މިކްޔާ ގޮސް އެޒިކިއެލް ގާތުގައި ކުޑަ ކަކޫ ޖަހަމުން ބުނެލިއެވެ.

އެޒިކިއެލް އެކަން ކުރަން އެއްބަސް ވީ ބޭނުން ވެގެންނެއް ނޫނެވެ. އޭނާ އެހާ މަޑުމޮޅި ވެފައި އިންދާ މިކްޔާއަށް ދައްކަން ބޭނުން ނޫން ވީމައެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ސިޓީ އުރަ ހުޅުވާލުމާއި އެކު އެމޫނުމަތީގައިވި ވޭން ފިލާ ދިޔަ ތަނެއްވެސް ނޭނގެއެވެ. ދެބުމަ ގޮށް ޖެހި، ކަރުގައި ހުރި ނާރުތައް ފުއް ޕާލީ އިރު، މިހާރު އެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“މިކްޔާ!!!” އަޑަށް ބާރު ލަމުން އެޒިކިއެލް ހަޅޭއްލަވައިގަތެވެ. އަދި ހަމަ އެހިނދުގައި މިކްޔާގެ ކަންކަށިމަތީގައި ވިހެލިއެވެ.

“ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ!!!” ކޮޅަށް ތެދުވި އިރު އެޒިކިއެލްގެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. އޭނާ އެހާ ރުޅި އައިސްފައި ހުއްޓާވެސް މިކްޔާއަށް މިފެނުނީ އަދި އަލަށެވެ.

“ކި… ކިހިނެތްވީ…؟” ބިރުން ހުރެ މިކްޔާ އަހައިލިއެވެ.

“ކޮން ކިހިނެތް ވިއްޔެކޭ ކިޔާކައްތަ އޭނ؟؟؟ މި ކާކު؟” އެޒިކިއެލް ދައްކާލީ އޭނާގެ އަތުގައި އޮތް ފޮޓޯގަނޑެވެ. ސިޓީ އުރައިގައި އޮތް ފޮޓޯ ފެނި މިކްޔާ ލަދުން ބޯފަޅައިގެން ދާ ވަރު ވިޔެވެ. އެކަމަކު ވެސް އެއީ އަސްލެއް ނޫންކަން އޭނާއަށް ހަމަ ޔަގީނެވެ. އެހެން ވިޔަސް އެކަން ސާބިތު ކުރަން އޭނާ ކުރާނީ ކީއް ހެއްޔެވެ؟

(ނުނިމޭ)

އައްޑިހަތިންވަނަބައިގެ ތެރެއިން:

“އިއްޔެ އިނގޭތަ ދާއިޔަލް ހައްޔަރުން ސަލާމަތް ކޮށްދިން ފުލުސް މީހާގެ ކޮއްކޮ ނިޔާވި… ވަރަށް ގުޅިން ޖަނާޒާއަށް ދާން.. ކޮންތާކު އިއްޔެ އުޅުނީ؟” ޔޫޒާ ކޮށްލި ސުވާލުން ދިޔާން ކޮށި އެރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Anonymous

    I knew it from the start of this boss thingy that it was dhiyaan.

    1. shihaamaa ali
      Anonymous

      Well you were totally right hehe😭🩶

  2. sm1

    OMG I JUST HAD A FEELING IT WAS DHIYAN
    ANYWAYS CAN’T WAIT FOR THE NEXT EP
    LYSMM GURL 🫶🏼🫶🏼

    1. shihaamaa ali
      sm1

      Yesss it is Dhiyaan hama 😭😭😭
      In sha allah next also very soon..
      Ilysmm sm1🩶🩶

  3. MaZy

    WTFFFFF????DHIYAAANNNN???? HE’S THE BOSSSS????
    OH NO NO NOOOOOOO
    OMGGGGG

    1. shihaamaa ali
      MaZy

      Yesss it is Dhiyaan 😭😭😭

Comments are closed.