Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 53

ޕާޓީ ނިމުންފަހުން ލިއާއަށް ގެއަށް އަންނަން ޖެހުނީ ކާރެއްގައެވެ. ރިހާންގެ އެކުވެރިން އޭނާއާއި ހިފައިގަނެގެން އުޅުމުން އެންމެފަހުން ލިއާއަށް ޖެހުނީ އެކަނި އަންނާށެވެ. ގެޔާއި ހަމަޔަށް ދެވުމުން ކާރުން ފައިބާފައި ކުރިމަތީ ހުރި ގެޔަށް ބަލަން ލިއާއަށް އިރުކޮޅަކު ހުރެވުނެވެ. ކްރީމްކުލައެއްގެ ވަށާފާރު ރާނާފައި ހުރިއިރު ގޭތެރެ ފެންނަނީ ވަރަށް ފެންވަރު ރަނގަޅުކޮށެވެ. ރިހާން ބުނި ގޮތުން މީ އެމީހުންގެ ގެވަޅުގައި އަލަށް ރާނާފައިވާ ގެއެވެ. އެންމެ މިޒަމާނުގެ ފެންވަރު ރަނގަޅު ގެއެކެވެ.

ޖެހިލުންވެފައި ހުރެ ލިއާ ގޭތެރެއަށް ވަންނަން ދިޔައެވެ. ރިހާންގެ އާއިލާ މީހުން ވާހަކަ ނުދައްކާތީ ލިއާ ހުރީ ނުތަނަވަސްވާގޮތްވެފައެވެ. ޕާޓީ ނިމުންފަހުންވެސް އެމީހުން ވީ ނުވީއެއް ނޭނގުނުވިއްޔާއެވެ. ގެއަށް ވަންނަ ދޮރު ކައިރި ހަތަރު ޖޯލި ލީ ޖޯލިފައްޗެއް ހުއްޓެވެ. ގެޔާއި އެއްފަރާތެއްގައި ހުރީ ބަދިގެ ކަންނޭނގެއެވެ. ލިއާ މަޑުމަޑުން ގޭތެރެއަށް ބޯދިއްކޮށްލިއެވެ. އޭރު ސޯފާގައި އިނީ ރިހާންގެ އަންހެން ކޮއްކޮއެވެ. އޭނާ އިނީ މަޖާވެލާފައި ފޯނުން ޗެޓު ކުރުމުގައެވެ. ނަމަވެސް ލިއާ ފެނުމުން އޭނާގެ މޫނުން ސީރިއަސް ކުލަވަރު ފެނުނެވެ.

“ތިއްތިބޭ ނާދޭތަ…؟ ތިއްތިބޭ ރޫމް އެހުރީ މިހެން ލައިގެން ދާއިރު އެންމެ އެކޮޅަށް ލެފްޓަށް…” ރިހާންގެ ކޮއްކޮ ރިއާނާ އިޝާރަތްކުރީ ގޭތެރެއަށް ވަދެގެން ދާއިރު ފުރަތަމަ އެ އޮންނަ ހަނި ގޯޅިއަށެވެ. އަތްފައި ފިނިވެފައި ހުރެ ލިއާ ބޯ ޖަހާލީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ.

“ތިއްތިބޭ މި އައީނު…” ކުއްލިއަކަށް ރިހާން އައިސް ވަނުމުން ލިއާ އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރިއާނާ ރިހާނަށް ނިތް އަރުވާލުމާއެކު އަނެއްކާވެސް ފޯނަށް ސަމާލުކަން ހުއްޓާލިއެވެ. އޭނާގެ އެ ސަމާލުކަން ކުޑަކަމުން ލިއާގެ ހިތަށް އުނދަގޫވިއެވެ. ނަމަވެސް އެކަމާ ވިސްނާލާނެ ފުރުސަތެއް ނުލިބުނީ ރިހާން އޭނާގެ ކޮނޑުގައި އަތް ވަށާލަމުން ހިނގައިގަތުމުންނެވެ.

ހިތް ފިނިވެފައިހުރެ ލިއާ ރިހާންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. ދެތިން ފިޔަވަޅު އެޅުމާއެކު ލިއާއަށް ކޮޓަރިތެރެއަށް ބަލަން ހުރެވުނެވެ. ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. ދިމާ ކުރިމަތީ ހުރި ކުއީންސައިޒްގެ އެނދު ޒީނަތްތެރިކުރެވިފައިވަނީ ރަތް ފިނިފެންމާ ފިޔަތަކުންނެވެ. އެއީ ރިހާންގެ އެކުވެރިންގެ މަސައްކަތެވެ. ލިއާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިރެއަކީ އޭނާ އުފާކުރަން ޖެހޭ ރެއެވެ. އަލަތު ލޯބި ލިއާއަށް ހާސިލުވީއެވެ. މިދުވަހުގެ ފޮނި ހުވަފެން އޭނާ ކިހާވަރަކަށް ދެކުނު ހެއްޔެވެ؟ ލިއާ ހުރީ އުފަލުންނެވެ. އެހެންނަމަވެސް ހިތުގެ ކަނެއްގައި ރިހުމެއް ވިއެވެ. މިފަދަ ވަގުތެއްގައިވެސް ލިއާގެ ސިކުނޑިން ކައިލްގެ ހިޔާލުތައް ކޮންމެސް ގޮތަކުން ޖާގަ ހޯދައިފިއެވެ. އޭނާ ކައިވެނިކުރި ހަބަރު ލިބުމުން ކައިލްއަށް ވާނީ ކިހިނެއްބާއެވެ. ލިއާ އަމިއްލަ ހިތަށް ވިސްނައިދެން މަސައްކަތްކުރިއެވެ. މިހާރު އޭނާއަކީ މީހެއްގެ އަންބެއްކަމެވެ. އަދި ލިއާ އެ ކަންތައް ކުރީ ރަނގަޅަށްކަމަށް ސިކުނޑިން ހިތަށް ވިސްނައިދިނެވެ.

ރިހާންއަށް ލިއާގެ ހަމަހިމޭންކަން ފާހަގަވިއެވެ. އޭނާ ފަހަތް ބަލާލީ ލިއާ ނާންނަހެން ހީވުމުންނެވެ. ލިއާ ގާތަށް ރިހާން ފިޔަވަޅު އަޅަން ފެށިއެވެ.

“ބޭބް…” މަސްތީ ގޮތަކަށް ރިހާން ގޮވާލިއެވެ. ލިއާއަށް ރިހާންއަށް ބަލާލެވުނެވެ. މިހާރުވެސް ރިހާންގެ މޫނުން ފެންނަމުންދަނީ ކެތްތެރިކަން ކުޑަވެފައިވާކަމުގެ އަސަރެވެ. އެ ކުލަވަރު ފެނިފައި އިތުރަށް ލިއާ ނުތަނަވަސްވިއެވެ. ރިހާންއާއި ކައިވެނި ކުރެވުމުން ހިތް އުފަލުން ފުރިފައިވިޔަސް މިރޭ ކުރިޔަށް ހިނގާފާނެ ކަންތަކާމެދު ލިއާގެ ހިތްވަނީ ބިރުވެރިކަމެއްގައެވެ. އެކުވެރިންނާ ދެކެވިފައި ހުރި ވާހަކަތައްމަތިން ހަނދާންވިއެވެ. ރިހާން ގާތްވެފައި ލިއާގެ ދެއަތުގައި ހިފާލީ އެ މޫނަށް ބަލަން ހުރެއެވެ. ވެގެން ވާނަމަ މިހާރު އެ ލޮލުން އެކަނިވެސް ލިއާ ދިރުވާލައިފިހެވެ.

“ރެން…އަހަރެން ބިރުގަނޭ…” ލިއާ އިސްއުފުލާ ރިހާނަށް ބަލާލިއެވެ. ރިހާންއަށް ލޯ ހަނިކޮށްލެވުނެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަންހެންކުދިން އަލަތު ކައިވެނީގެ ރޭ ބިރުން އުޅޭކަން އެއީ އޭނާއަށްވެސް އެނގިފައި ވާކަމެކެވެ. ނަމަވެސް ލިއާ ބިރުގަނެފައި ހުއްޓަސް މިރެއަކު އޭނާގެ އިހުސާސްތަކެއް ނުހިފޭއްޓޭނެއެވެ. އަމުދުން ލިއާއަކީ މިހާރު އޭނާގެ ހައްގެކެވެ. ބިނދެނުލާ އިން އެ ތާޒާ މަލުގެ ފޮނިކަން ހާސިލުކުރުމަށް އޭނާއަށް އެއްވެސް ހުރަހެއް ނެތެވެ. މިހާރުވެސް ރިހާންގެ ކެތްތެރިކަން ކޮޅުންލަނީއެވެ.

“ލިއާ…ޔޫ ޑޯންޓް ހޭވް ޓު ބީ ސްކެއަރޑް އޮފް މީ…” ރިހާން މަޑުމަޑުން ލިއާގެ އަތުގައި ބީހެމުން މައްޗަށް ގެންގޮސް ލިއާގެ ކޮނޑުގައި ހިފާލިއެވެ. އެ ލުއި ބީހުމުންވެސް ލިއާގެ ގައިން ހީބިހި ހަލުވާލިއެވެ. ރިހާންއަކީ މިހާރު އޭނާގެ ފިރިމީހާކަން ހަނދާންވާ ކޮންމެފަހަރަކު ހިތުގައި ހީލިކެރުވުމެއް އުފެދެއެވެ.

“އެނގޭ…އެކަމަކު……” ލިއާ ވާހަކަ ދައްކަމުން ގޮސް މަޑުޖެހިލާ ރިހާންގެ މޫނަށް ބަލާލިއެވެ. “ޔޫ ނޯ އައި ހެވް ނެވަރ ޑަން ދިސް ބިފޯރ…ދިސް އިޒް މައި ފަރސްޓް ޓައިމް…”

“އައި ނޯ…” ރިހާން ބުނެލިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލާފައި ވަނީވެސް އެ ސަބަބާހުރެއެވެ. މީހަކު ބީހިލާފައި ނުވާ ތާޒާ މަލެއް ބޭނުންނުވާނީ ކާކުހެއްޔެވެ؟ ލިއާގެ ޖެހިލުންވުން ރިހާންއަށް ފާހަގަވިއެވެ. އޭނާގެ އަމަލުތައް އަވަސްއަރުވާލާކަށް ރިހާން ބޭނުންނުވީ ލިއާގެ އެއްބާރުލުން ބޭނުންވާތީއެވެ.

ލިއާގެ މޫނުގައި ހިފަހައްޓާލަމުން ރިހާން ގާތްވެލިއެވެ. ލިއާގެ އިޒުނައަކަށް ބޭނުން ނުވާފަދައިން ކައިރިވެލުމާއެކު ލިއާގެ ދެތުންފަތް ގައިދުކޮށްލައިފިއެވެ. ލިއާގެ މުޅި ހަށިގަނޑު ފިނިވެގެން އައެވެ. ދެމަފިރިންގެ ގޮތުގައި ހުރެ ރިހާން ގާތްވި ފުރަތަމަ ފަހަރުކަމުން ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. އެ ފޮނިކަމުގެ ތެރެއަށް ގެނބިގެން ދިއުމަށް ލިއާއަށް ލޯ މަރާލެވުނެވެ. އެއާއެކު ރިހާންގެ ތުންފަތުގެ ލުއި ބީހުންތައް ފުންވެގެން އައެވެ. ފަހަތުން ލިއާގެ އިސްތަށިގަނޑުތެރެއަށް ރިހާނަށް އަތް މަހާލެވުނެވެ.

ފަހަތަށް ޖެހެމުންގޮސް އެނދުގައި ޖެހުނު ވަގުތު ލިއާއަށް އެނދުގައި އިށީނދެވުނެވެ. ރިހާންގެ ނޭވާ ފުންވެފައިވެއެވެ. ލިއާގެ މޫނަށް ބަލަން ހުރެ ރިހާން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުންދިޔައެވެ. ލިއާގެ ހިތްތެޅެމުން ދިޔަވަރުން ރިހާންއަށް އަޑު އިވޭނެކަން ގައިމެވެ. ރިހާންގެ ސިކްސްޕެކް ހަށިގަނޑު ހާމަވުމާއެކު ލިއާއަށް އަވަސްއަވަހަށް އިސްޖަހާލެވުނީ ގަތް ލަދުންނެވެ. ވަގުތު ކުޑަތަންވަމުން ދާވަރަކަށް ލިއާގެ ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ. ރިހާން ލިއާގެ މޫނާއި ދިމާލަށް ތިރިވެލަމުން އަނެއްކާވެސް ތުންފަތަށް ބޮސްދިނެވެ. ނަމަވެސް އޭރު ލިއާ ހުރީ ނޭވާ ހާސްވާގޮތްވެފައެވެ. އެނދުގައި ބުރަކަށި ޖެހުނުކަން އެނގުނެވެ. މޫނު ދުރުކޮށްލުމެއް ނެތި ރިހާން ލިއާގެ ދެއަތުގެ ކުޑަހުޅުގައި ހިފާލުމާއެކު ލިއާއަށް ތެޅިގަނެވުނެވެ.

“ވަޓް…؟” ރިހާން ދުރުވެލާފައި ލިއާގެ މޫނަށް ބަލާލިއެވެ. މޫނުގައިވި ނުރުހުމުގެ ކުލަވަރާއެކުވެސް އެ ލޮލުގައިވި މަސްތުކަން ސިއްރެއް ނުވެއެވެ. ލިއާއަށް ބިރުން އޮވެ ހިންދިރުވާލެވުނެވެ. ރިހާންގެ މަގުސަދު ހާސިލުވުމަށް ހުރަސް އެޅޭތީ ރުޅިއާދެވުނެވެ.

“އަހަރެން ވަރަށް ބަލައިގެންނޭ އުޅޭނި…ވައި އާރ ޔޫ ސްކެއަރޑް…؟ ޓްރައި ކުރަންވެސް ބޭނުން ނުވަނީތަ…؟ ތިހާ ބިރު ނުގަނެބަލަ…ޔޫ އަރ ހާރޓިން މައި ފީލިންގްސް…އައި ޑޫ ހެވް އެކްސްޕީރިއެންސް ސޯ އައެމް ނޮޓް ގޮނަ ހާރޓް ޔޫ…” ރުޅީގައި ރިހާންއަށް ކިޔާލެވުނު އެއްޗެއްސާ މެދު ވިސްނާލެވުނީ ލިއާގެ ދެލޯ ބޮޑުވެގެން އައި މަންޒަރު ފެނުމުންނެވެ. އޭނާ އަނގަ ސަކަރާތްވެ ޝޮކުޖެހިފައި އިން ވަގުތު ލިއާ އަވަހަށް ދެއަތް ފޮޅުވާލަމުން ތެދުވެ އެނދުން ފައިބެގެން ދުރަށް ޖެހުނެވެ. އޭރު ލިއާގެ ލޯ ވަނީ ފެންކަޅިވެފައެވެ.

“ޔޫ…ޔޫ ހެވް އެކްސްޕީރިއެންސް އޭ…؟” ލިއާ އަޑު ކުރެހިފައިވާ ގޮތަކަށް އެހިއެވެ.

“ލިއާ…”

“އަހަންނަށް ޗީޓް ކުރީތަ…؟” ރިހާންގެ ޖުމްލަ ފުރިހަމަވުމުގެ ކުރިން ލިއާ ރޮވިފައި އެހިއެވެ. ރިހާނަށް އެނދުން ފޭބުނު ގޮތްވެސް ނޭނގުނެވެ.

“ނޯ ނޯ…އެބްސޮލިއުޓްލީ ނޮޓް…!” ރިހާނަށް ލިއާ ގާތަށް އާދެވުނެވެ. ލިއާ ޖެހުނީ ފަހަތަށެވެ.

“ދެން…؟” ޝަކުވާގެ ރާގަކަށް ލިއާއަށް އެހުނެވެ.

ރިހާނަށް ހިންދިރުވާލެވުނެވެ. ހާސްވެގެން ގޮސް ބޮލުގެ އިސްތަށިގަނޑުގައިވެސް އަތް ހާކާލެވުނެވެ. ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނަމުން އޭނާ ވާހަކަ ދެއްކިއެވެ. “އެއީ އަހަރެމެން ރުޅިވިފަހުން ހިނގި ކަމެއް…ލިއާ އޭރު ވަރަށް ގުޅަމޭނު…އަހަރެން ބުނީމޭނު ރިލޭޝަންޝިޕެއްގައި އުޅޭ ވާހަކަ…އިޓް ވޯޒް ހާރ…އޭގެ ފަހުންވެސް ރައްޓެހިވި ކުއްޖާއާއި އެކު އައި ޑިޑް…” ރިހާން ވިސްނަމުން ވާހަކަ ދެއްކިއެވެ. ލިއާއަށް ރިހާނަށް ބަލަން ހުރެވުނީއެވެ.

“ސޯ ޔޫ ވަރ ވިތް ސަމްވަން އެލްސް…” ލިއާއަށް ބުނެވުނެވެ.

“އަހަރެމެން ބްރޭކަޕްވި ފަހުންނޭ…!” ރިހާނަށް ތަކުރާރުކޮށް ބުނެވުނެވެ. ލިއާއަށް ކަމެއް ޔަގީންކޮށްދެން އުޅޭ ކަހަލައެވެ. “ޔޫ ވާރންޓް ވިތް މީ އެންޑް ޔޫ ވޯން’ޓް ލެޓް މީ ޑޫ ދެޓް އަހަރެމެން ރައްޓެހިވެގެން އުޅުނު އިރު…އެކަން ހިނގީވެސް އަހަރެމެން ރުޅިވިފަހުން…ހުވާކޮށްފަ މިބުނީ ލިއާއާއި އަލުން ރައްޓެހިވިފަހުން އަހަރެން އެފަދަ އެއްވެސް ގުޅުމެއް ހިންގާފައި ނުވާނެ…” ރިހާން ވާހަކަ ދެއްކިއެވެ. ލިއާ އާއި ގާތްވާން ބޭނުންވެ އޭނާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ.

ލިއާއަށް ވާހަކައެއް ނުދެއްކުނެވެ. އިރުކޮޅެއް ކުރިން އިހުސާސްވި އުފާވެރިކަން ގެއްލިގެން ގޮސްފިއެވެ. ލިއާއަށް އިނގިލީގައި އޮތް އަނގޮޓިއަށް ބަލާލެވުނެވެ. އޭނާ މިރެއަށްޓަކާ ފޮނި ހުވަފެންތައް ދެކުނެވެ. ހީކުރީ އޭނާ ފަދައިން ރިހާންގެވެސް ފުރަތަމަ ފަހަރަށް ވާނެ ކަމުގައެވެ.

“ކުރިން ނުބުނީ ކީއްވެ…؟” ލިއާ އިސްޖަހައިގެން ހުރެ ވާހަކަ ދެއްކިއެވެ.

“އައި ޑިޑިންޓް ތިންކް މެޓާރޑް…” ރިހާން ބުނެލިއެވެ.

“އިޓް މެޓާރސް ޓު މީ…” ރިހާނަށް ބަލަން ހުރެ ލިއާއަށް ބުނެވުނެވެ. ރިހާނަށް އަތްތިލަ މުއްކަވާލެވުނެވެ.

“ލިއާ ޕްލީޒް…” ރިހާނަށް ލިއާ ގާތަށް ޖެހެވުނެވެ. “ޑޯންޓް ލެޓް ދިސް ރުއިން ޓުނައިޓް…އަހަރެން ބޭނުންވެފައިހުރިކަން ނޭނގޭތަ…؟” ރިހާން އެ ގުޅުން ކުރިޔަށް ގެންދަން ބޭނުންވިއެވެ. ލިއާ ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތްކުރަން އުޅުނެވެ. ލިއާ ހުރީ ހިމޭނުންނެވެ. ލިއާއަށް ކުރެވެމުންދިޔަ އިހުސާސްތަކުގެ ސްވިޗު ނިއްވާނީ އޭނާގެ އިހުތިޔާރުގައި ވާ ކަމެއް ނަމަ ނޫންހެއްޔެވެ؟ ލިއާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. “އަހަރެން ބޭނުމެއް ނޫން…” ލިއާ ބުނެލީ ރިހާން ރުޅި އަޔަސް ހެޔޮކަމަށެވެ.

“ލިއާ…” ރިހާނަށް ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ.

“އައި ސެޑް ނޯ…” ލިއާ ބުނެލިއެވެ.

ރިހާންގެ މޫނުން ފާޅުވި ރުޅިވެރިކަން ސިއްރެއް ނުކުރެވުނެވެ. ނަމަވެސް ލިއާ ހުރީ ގޮތުގައެވެ. ރިހާން އޭނާގެ ހިތަށް އެ ދިން އަނިޔާ ހަނދާން ނައްތާނުލެވޭނެއެވެ.

“ތީ މިހާރު އަހަރެންގެ އަންހެނުން…!” ރުޅިވެރިކަން ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން ލިއާއަށް ރިހާން ބުނެލިއެވެ. ލިއާ އިސްޖަހާލިއެވެ. “އޭގެ މާނައަކީ ރިހާންއަށް އަހަރެންނަށް މި ގުޅުން ހިންގަން މަޖުބޫރު ކުރެވޭނެއެކޭ ނޫން…!” ލިއާ ހިތްދަތިވެފައި ހުރެ ވާހަކަ ދެއްކިއެވެ. ލިއާގެ ވާހަކައަށް ސަމާލުކަން ދިނުމެއް ނެތި ރިހާން ކުރިޔަށް ފިޔަވަޅު އެޅިއެވެ.

“ޑޯންޓް…” ލިއާ ސިހިފައި ފަހަތަށް ފިޔަވަޅު އެޅިއެވެ. އޭނާއަށް ރިހާން ސިފަވަމުންދިޔައީ ބަނޑުހައިވެފައި ހުރި ސިންގާއެއް ފަދައިންނެވެ. ލިއާގެ އަޑު އިވުންނަމަވެސް ރިހާން ދެންވެސް ފިޔަވަޅު އެޅީ ލިއާގެ ގާތަށެވެ.

“ސްޓޮޕް އެކްޓިން ލައިކް އައެމް އެ ސްޓްރޭންޖަރ…އައެމް ޔުއަރ ހަޒްބެންޑް…” ރިހާން ލިއާއާއި ނުހަނު ގާތަށް މަޑުކޮށްލިއެވެ. ލިއާ ދެކޮޅު ހަދަމުން ދިޔައިރުވެސް ލިއާގެ ދެކޮނޑުގައި ހިފާއްޓާލިއެވެ. “އައި ހެވް ވެއިޓެޑް ލޯންގް އިނަފް ފޯރ ދިސް ލިއާ…” ރިހާންގެ އަޑުން ކެތްތެރިކަން ކޮޅުންލައިގެން ދަނީކަން ހާމަވެއެވެ.

“އަހަރެން ރެޑީއެއް ނޫނޭ…!” ލިއާ ރިހާންގެ އަތް ނައްޓަން މަސައްކަތް ކުރިއެވެ.

“މަށަށް އަޑު އިވިއްޖޭ…” ރިހާންއަށް ބާރަކަށް ބުނެވުނެވެ. ލިއާއަށް ލިބުނީ ސިހުމެކެވެ. “ބަޓް ޔޫ އަރ މައި ވައިފް…” ލިއާގެ މޫނުމަތީގައިވި ސިހުމުގެ ކުލަވަރަށް ސަމާލުކަމެއް ނުދީ ރިހާން ދެންވެސް ވާހަކަ ދެއްކިއެވެ. ލިއާގެ މައްޗަށް އޭނާގެ ހައްގު އޮތްކަން ހަނދާންކޮށްދެން އުޅޭކަހަލައެވެ. ކޮޓަރީގައިވި އޭސީގެ ފިނިންވެސް ރިހާންގެ އެތެރެހަށީގައިވި ހޫނުކަމަށް ހައްލެއް ހޯދައިދިނުން ދަތިވިއެވެ. އެ އަލިފާންގަނޑު ފިނިކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ލިއާގެ ދެކޮޅު ހެދުންތަކުން ރިހާން މޮޔަވާވަރުވިއެވެ.

“ޔޫ އޯލްވޭސް ޑޫ ދިސް…! ރައްޓެހިވެގެން އުޅުނު އިރުވެސް އަހަރެން ގާތްވިޔަކަ ނުދޭނެ…އަމުދުން މިހާރު އަހަރެން ގާތްވާން އެއްވެސް ހުރަހެއް ނެތް އިރު ހުއްޓުވަން ތި އުޅެނީ ކީއްވެތަ…؟ އަހަރެން ލައްވާ އާދޭސް ކުރުވަން ބޭނުންވަނީތަ…؟” ރިހާން ވާހަކަ ދެއްކިއެވެ. ލިއާ އިތުރު އެއްޗެކޭ ބުނާކަށް ގަސްތެއް ނުކުރިއެވެ. ރިހާން ގޮތް ދޫ ނުކުރާނެކަން އޭނާއަށް ޔަގީންވީއެވެ. މިއީ ރިހާންގެ ފުށުން އޭނާ އުއްމީދު ކުރި ގޮތެއް ނޫނެވެ. ހީކުރެވުނީ ލިއާގެ އިހުސާސްތަކަށް ރިހާން އިހުތިރާމް ކުރާނެ ކަމުގައެވެ. އެވަގުތު ސިކުނޑިން ހަނދާންކޮށްދިނީ ހަނދާންކުރަން ނުޖެހޭ މީހެއްގެ މަތިންނެވެ. ބޭނުން ނުވިޔަސް ލިއާގެ ހިތް ކުށްވެރިކަމުގެ އިހުސާސުން ފުރިއްޖެއެވެ. އޭނާއަށް ކައިލްގެ ހަޔާތަށް ދެވުނު ނަމަ ކޮންފަދަހޭ ހިތަށް އެރީ ކެތްތެރިކަން ކޮޅުންލައިގެން ދާގޮތް ވުމުންނެވެ. އޭރުން ވާނީ އޭނާގެވެސް އަދި ކައިލްގެވެސް ފުރަތަމަ ތަޖުރިބާއަށެވެ.

ލިއާގެ ސިކުނޑީގައި ހިނގަމުން ދިޔަ ހިޔާލުތަކުގެ ހިލަމެއް ނުވާ ހާލު ލިއާގެ ދަތްދޮޅިދަށަށް އިނގިލި ލައްވާލަމުން ރިހާން ލިއާގެ އިސްއުފުލުވާލި ވަގުތު ރިހާންއާއި ހަތަރުކަޅި ހަމަވިއެވެ. އެ ލޮލުން ލިއާއަށް ފެނުނީ ކަރުހިއްކައިގަނެފައި ވާކަމުގެ އަސަރެވެ. ހިތުގައި ކޮންމެފަދަ ޝަކުވާއެއް އޮތަސް އިތުރަށް ލިއާ ދެކޮޅެއް ނުހެދިއެވެ. އެހެނަސް ރިހާނާއި ބައިވެރި ވުމުގެ ވިސްނުމެއްވެސް ލިއާގެ ނެތެވެ. ލިއާގެ ފަރާތުން ދެކޮޅު ހެދުމެއް ނުފެނުމުން ރިހާން އެންމެ ސިކުންތެއްވެސް މަޑު ނުކުރިއެވެ. ކެތްތެރިކަމެއް ނެތި ލިއާގެ ތުންފަތް ގައިދުކޮށްލަމުން ބޮސްދިނެވެ.

އިރުކޮޅެއް ފަހުން ރިހާން ދުރުވެލިއިރު ލިއާގެ ތުންފަތް ރަތްކަމުން ލޭ އޮހިގަތްފާނެކަހަލައެވެ. ލިއާއަށް ބަލަން ހުރެ ރިހާން ލައިގެން ހުރި ޖިންސްގެ ބެލްޓް ނައްޓަން ފެށިއެވެ. ލިއާއަށް ވީ ގޮތެއް ނޭނގުނެވެ. ހަލުވިކޮށް ގޮސް ކޮޓަރީގައި ދިއްލާފައިވާ ހުދު ލައިޓްގެ ސްވިޗަށް ފިތާލިއެވެ. ނަމަވެސް ދެން ކޮޓަރިއަށް ވެރިވެގެން ދިޔައީ އޮރެންޖްކުލައިގެ ފަނޑު އައްޔެކެވެ. ލިއާއަށް ވީގޮތުން ރިހާން ހިނި އައި ނަމަވެސް އެކަން ފޮރުވާލިއެވެ.

 ލިއާއަށް އިތުރު ކަމެއް ކުރެވުމުގެ ކުރިން ފަހަތުން ރިހާން އައިސް ގާތްވެލިކަން އެނގުނެވެ. ލިއާ ގަނޑުވެގެން އައީ ރިހާންގެ ހަށިގަނޑަށް އައިސްފައިހުރި ބަދަލުތައް އިހުސާސްވުމުންނެވެ. ކަނދުރާ މަތިން ލިއާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލުމާއެކު ރިހާން އެ ކަނދުރާގައި ބޮސްދެމުން ލިއާގެ ހެދުމުގައި ވި ޒިޕް ކަހާލިއެވެ. ލިއާ ސިހިގެން އައި ނަމަވެސް އެކަން ހުއްޓުވާކަށް ނުކެރުނެވެ. ރިހާން މިހާރު ހުރި ހާލަތުން ރިހާން ގާތްވުން ހުއްޓުވައިފިނަމަ އެއީ ރިހާނަށް ދެވޭ އަނިޔާއެކެވެ.

ހެދުން ވެއްޓެން އުޅެނިކޮށް ލިއާއަށް މެޔާއި ދިމާލުން ހެދުން ބޮނޑިކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. އޭރު ލިއާގެ އޮމާން ބުރަކަށިން ބޮޑުބައެއް ވަނީ ހާމައަށެވެ. ރިހާންގެ ކޮންމެ ބޮސްދިނުމަކުން ލިއާގެ ބަނޑުގައި ކޮކާތަކެއް އުދުހިގަންނަ ކަހަލައެވެ. ބުރަކަށީގައި ރިހާންގެ އިނގިލިތައް ހިންގާލުމާއެކު ލިއާގެ ހަށިގަނޑަށް ކުދިކުދި ކަށިތަކެއް ހެރުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ހީވީ ހަމުގައި ކަރަންޓުގެ ރާޅުބާނިތަކެއް ދަތުރުކޮށްލިހެންނެވެ. މެޔާއި ދިމާލުން ހެދުން ބޮނޑިކޮށްލައިގެން ހުރި ލިއާގެ ދެއަތުގައި ރިހާން ހިފާލިއެވެ. ރިހާން ކޮށްލި ކަމަކުން ހެދުން ދޫވެގެން ބިންމަތީ ޖެހުނު ވަގުތު ލިއާއަށް ފުރަގަސްދީގެން ހުރެވެސް އަވަސް ހަރަކާތާއެކު މޭމަތީ ދެއަތް ހުރަސްކޮށްލެވުނެވެ.

ރިހާނާއި ވީ ފަރާތަށް ލިއާ އަނބުރާލުމާއެކު ރިހާން ގާތްވެލީ ވައިރޯޅިއަކަށްވެސް އެ ދެމެދުން ނުދެވޭނެހާ މިންވަރަށެވެ. މިހުރިހާދުވަހު ގަޔަށް ދޫ ހެދުންތަކުގައި ލިއާ ފޮރުވައިގެން އުޅުނު ރީތިކަން ހާމަވެގެން ދިޔަ ހިނދު ރިހާންގެ ވިސްނުމުގެ ބާރު ކެނޑުން ކަހަލައެވެ. ލިއާގެ ހިމަ އުނަގަނޑުގައި ހިފާ ރިހާން ލިއާ އުރާލުމާއެކު ލިއާ ސިހިގެން ގޮސް ރިހާންގެ އުނަގަނޑާ ދިމާލުގައި ފައިން ލޮކް އެޅުވުނެވެ. އެގޮތަށް ރިހާން އޭނާ އުރާލުމުން ލިއާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

އެނދުމައްޗަށް ލިއާ ވެއްޓުނު ވަގުތު ލިއާގެ ގައިމައްޗަށް ފިނިފެންމަލުގެ ފިޔަތައް އެޅުނެވެ. އެ ހުރިހާ ފިޔަތަކެއް ރިހާން ދުރުކޮށްލީ އެ ތުންފަތުންނެވެ. ރިހާންގެ ތުންފަތް ޖެހޭ ކޮންމެ ދިމާލަކުން ލިއާއަށް ކަރަންޓު ޝޮކެއް ލިބޭ ކަހަލައެވެ. ރިހާންގެ ނޭވާ އަވަސްވެފައި ވާއިރު ހަރަކާތްތައްވެސް އަވަސްވެފައި ވެއެވެ. ލިއާގެ ސިކުނޑި މަސްތުކަމުގެ ތެރެއަށް ގަންބާލުމުގައި ރިހާން ކާމިޔާބުކޮށްފިއެވެ.

ކޮޓަރިތެރޭވަނީ އިޝްގީ އާވި ހިފާލާފައެވެ. ލިއާގެ ދެފަރާތުން އެނދުގައި ދެއަތް ވިއްދާލައިގެން ރިހާން ތިރިވެލަމުން ތުންފަތުގައި ބޮސްދީފައި ވާހަކައެއް ބުނެލިއެވެ. ލިއާގެ ލޮލުން ބިރުވެރިކަން ފެނުނެވެ. ރިހާނަށް އެކަން ފާހަގަކުރެވުނެވެ. ލިއާ ހަމަޖެއްސުމަށް ރިހާން އެކި ވާހަކަ ދެއްކިއެވެ. ބަހެއް ބުނުމެއް ނެތި ލިއާ އޮތް އިރު ހިތް ތެޅެމުންދިޔަ ގޮތުން ދެންމެ ދެންމެ މޭފަޅާ ނިކުމެދާނެ ކަހަލައެވެ. ރިހާން ގާތްވާން އުޅުނު ވަގުތު ލިއާއަށް ރިހާންގެ މޭގައި ދެއަތް ވިއްދާލެވުނެވެ.

“ވެއިޓް…އައެމް ސްކެއަރޑް…” ލިއާ ހިތްބިރުގަނެފައި އޮވެ ބުނެލިއެވެ. އެ ލޮލުންވެސް ހިތުގައިވި ބިރުވެރިކަން ހުރީ ފާޅުވާށެވެ. ރިހާން އޭނާގެ މެޔާއި ދިމާލުގައި ވިއްދާލެވިފައިވާ ލިއާގެ ދެއަތުގައި ހިފާލަމުން ލިއާގެ ބޮލާއި ދިމާލަށް އުފުލާ ހިފަހައްޓާލިއެވެ. މިހާ ދުރަށް އައިސްފައި ލިއާ އޭނާ ހުއްޓުވާކަށް ރިހާން ބޭނުމެއް ނުވިއެވެ.

“ޑޯންޓް ބީ…އައެމް ނޮޓް ގޮނަ ހާރޓް ޔޫ…” ރިހާން ބުނެލިއެވެ. ލިއާ އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ރިހާން ނުދިނެވެ. ތިރިވެލާފައި ތުންފަތް ގައިދުކޮށްލި ގޮތުން ލިއާގެ ސިކުނޑިން ބާރު ދޫވިކަހަލައެވެ. ވާރޭ ވެހިގަތް އަޑާއެކު ލިއާއަށް ރިހާންގެ މޭގައި މޫނު ފޮރުވާލެވުނެވެ. ލިއާގެ އަތުން ރިހާން ދޫކޮށްލީ މަގުސަދު ހާސިލުވުމުންނެވެ. ލިއާއަށް ރިހާންގެ ބުރަކަށީގައި ބާރަކަށް ބައްދާލެވުނެވެ. އޭރު ދެ ޒުވާނުންގެ ނޭވާވެސް އަވަސްވެފައިވެއެވެ. ހިތް އެދެމުން ދިޔަ ފޮނި މީރުކަން ހާސިލުވުމުން ފެންނާނެ ފަދަ ހިތްހަމަޖެހުމުގެ ކުލަވަރެއް ރިހާންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ވާރޭ ވެހެމުންދިޔަ އަޑު ވެގެން ދިޔައީ އެ ވަގުތަށް އިވުނު މިއުޒިކަކަށެވެ. ބޭރުގެ ފިންޏާއި އެކުވެ ކޮޓަރިތެރޭ ވާ ގަނޑުވާހާ ފިނިންވެސް ދެ ޒުވާނުންނަށް އަސަރު ކުރާހެން ހީނުވެއެވެ. ރިހާންގެ ފިރިހެންވަންތަ ހަށިގަނޑުގައި މުތީތަކެއް ފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ.

އެނދުމައްޗަށް އެއްލާލާފައިވާ ބުދެއް ފަދައިން ކައިރާ އޮތީ ހަރަކާތެއް ނެތިފައެވެ. ނިދާފައި ނޫންކަން އެނގެނީ އިރުއިރުކޮޅާ އެސްފިޔަ ޖަހާލާ ގޮތުންނެވެ. ފުން ވިސްނުމެއްގައި ވީއިރު އޭނާގެ ޒަމީރު ކަމަކަށް މަޖުބޫރު ކުރަމުން ދިޔައެވެ. ނަމަވެސް އެކަމަށް އަމަލު ކުރުމަށް ހުރަސް އަޅަމުންދިޔައީ ވަގުތުގެ ގޮތުންނެވެ. އެތައް އިރެއް ވަންދެން ވިސްނަން އޮވެފައި އެންމެފަހުން ފޯނު ނަގާ ބަލާލައިފިއެވެ. ދަންވަރު ދޭއް ޖެހީއެވެ. ކައިރާ ގޮތެއް ނިންމިއެވެ.

އެނދުން ތެދުވެފައި ލައިގެން ހުރި ހެދުމަށް ކައިރާ ދަމާލިއެވެ. އޭރުވެސް އޭނާ ހުރީ ލިއާގެ ކައިވެންޏަށް ދިއުމަށްޓަކާ ލައިގެން ހުރި ކަޅު ހެދުމުގައެވެ. ހޭންޑްބޭގް ނެގުމާއެކު އޭގެތެރެއަށް ފޯނު ލަމުން ކައިރާ ކޮޓަރިން ނިކުތީ ސިއްރު ފިޔަވަޅުތަކެއްގައެވެ. ނަސީބަކުން ގޭޓު ކައިރި އިން ގާޑު އިނީ ނިދިޖެހިފައެވެ. ވަގުތުގެ ގޮތުން ޑްރައިވަރަށްވެސް ގުޅޭކަށް ނެތެވެ.

ޓެކްސީއެއް ލިބުނީ ވަރަށް އިރުންނެވެ. ކައިލްގެ ގެޔާއި ހަމަޔަށް އާދެވުމާއެކު ޑްރައިވަރަށް ލާރި ދީފައި ކައިރާ ކާރުން ފޭބިއެވެ. އަވަސް ހިނގުމެއްގައި އޭނާ ގޮސް ގޭޓު ކައިރިއަށް ހުއްޓުނެވެ. ތަޅުލާފައި ހުރި ގޭޓު ފެނުމުން އޭނާ މާޔޫސްވާގޮތްވިއެވެ. ރުޅި އަންނަ ގޮތްވެ އޭނާއަށް ގޭޓުގައި ޖަހާލެވުނީ ބާރަކަށެވެ. ހަމަ އެހާ އަވަހަށް އޫއި އޭ ކިޔަމުން އަތަށް ފުމެން ފަށައިފިއެވެ. ބޭނުންވާ ކަންތައް ވާ ގޮތް ނުވެ، އިތުރަށް އޭނާ ހާސްވެފައިވަނީ ކައިލްގެ ފޯނު ނިއްވާލާފައި ވުމުންނެވެ.

ތިން ވަރަކަށް ފަހަރު ގުޅުމުން އާލިކް ފޯނު ނަގައިފިއެވެ. ކައިރާ އެންމެ މިނެޓެއްވެސް ބޭކާރު ނުކޮށް ގޭޓު ހުޅުވަން އެދުނެވެ.

“މިއޮއް ދަންވަރު އަނެއްކާ ކޮންކަމެއް ލައިގަތީތަ ގޭގަ ނޯވެވިގެން ތިއައީ…؟” އާލިކްގެ އަޑުގައި ހުރީ ނިދީގެ އަސަރެވެ. ނަމަވެސް ކައިރާގެ އަޑުގައި ހުރި ސީރިއަސްކަމުން އޭނާގެ ނިދިފިލިއެވެ.

ނިދަން ލައިގެން ހުރި ސޯޓުކޮޅުމަތިން ބޮލަށް ޓީޝާޓު މަހަމުން އާލިކް ސިޑިން ފައިބެގެން އައެވެ. އޭނާ އައިއިރު ކައިރާ ހުރީ ލަސްވެފައެވެ. ގޭޓު ހުޅުވުމާއެކު ކައިރާ އެތެރެއަށް ދެމިގަތީ ވިދާލި ވިދުވަރެއް ފަދައިންނެވެ.

“ވެއިޓް…ކިހިނެއް ވެގެން ތިއުޅެނީ…؟” ކައިރާ ބާރު ހިނގުމެއްގައި ގެއަށް ވަންނަން ދިއުމުން އާލިކް ދުވެފައި އައިސް ކުރިމައްޗަށް އެރިއެވެ.

“އިޓްސް ސަމްތިން އާޖެންޓް އެބައުޓް ކެލް…ތަން ދައްކަބަލަ…” އާލިކްގެ ކޮނޑުމަތިން ފެންނަމުން ދިޔަ ދޮރަށް ބަލަމުން ކައިރާ ލަސްވެފައި ހުރި މީހަކު ފަދައިން ވާހަކަ ދެއްކިއެވެ.

“ކެލްއަށް ކިހިނެއް ވީ…؟” އާލިކްގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ.

“ސީރިއަސްލީ އާލިކް…؟ މިގަޑީ ހަމަ ތިއެއް ބެލުން މުހިއްމުތަ…؟ އަހަރެން ދާން ތަން ދައްކަބަލަ…” ކައިރާ އާލިކްގެ ކޮނޑިގައި އަތް އަޅުވާލާ ދުރަށް ލާން އުޅުނެވެ. އާލިކްގެ މޫނުމަތިން ހިތްހަމަނުޖެހުން ފެނުނެވެ.

“ހީޒް މައި ބްދާދަރ…ކެލްއަށް ކަމެއް ވިއްޔާ އައި ހެވް އެވްރީ ރައިޓް ޓު ނޯ…ވެއިޓް…….! އިޒް ދިސް ސަމްތިން ދެޓް އިންވޯލްވްސް ލިއާ…؟ އާލިކްގެ ދުލުން ލިއާގެ ނަން އިވުމުން ކައިރާއަށް ހައިރާންކަން ލިބުނެވެ. އެހެންވީމަ އާލިކްއަށްވެސް މިކަން އެނގެނީތާއޭ ހިތަށް އެރިއެވެ.

“ޔެސް…ނައު ޕްލީޒް ކެން އައި ކަމް އިންސައިޑް…މިގަޑީ ހުރިހާ ވާހަކައެއް ނުދެއްކޭނެ ޕްލީޒް އަންޑަސްޓޭންޑް…އަހަރެން މިހުރީ ކެލް ކަޑަކަމެއް ކޮށްފާނެތީ ވަރަށް ބިރުން…މިހާރު ކެލްގެ ފޯނަކަށްވެސް ނުގުޅޭ…” ކައިރާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އާލިކް ކައިރާއަށްވުރެ ކުރިން ދުއްވައިގަނެއްޖެއެވެ.

ދުވެލާފައި ސިޑިން އަރައިގެން އައި އާލިކް ކައިލްގެ ކޮޓަރި ތަޅުގައި ހިފާ ތަޅުވާލިއެވެ. ޓަކި ޖަހަމުން އޭނާ ކައިލްއަށް ގޮވިއެވެ. ކައިލްގެ ހަބަރެއް ނުވިއެވެ. އޭރު އެތަނާއި އަރާ ހަމަވި ކައިރާ ހުރީ މާނޭވާލެވިފައެވެ. އާލިކް ވަގުތު ބޭކާރު ނުކޮށް ދިޔައީ ޑަބަލް ތަޅުދަނޑި ނަގާށެވެ.

ދޮރު ހުޅުވާލުމާއެކު އާލިކް ހުއްޓުން އެރިއެވެ. ފަހަތުގައި ހުރި ކައިރާ ފެންކަޅިވެގެން އައެވެ. އާލިކް އަށް ވުރެ ކުރިން ކައިރާ ދުވެލާފައި ކޮޓަރިތެރެއަށް ވަދެގެން އައިސް، މުށިތައްމަތީ އިށީނދެ އެނދަށް ކަނދުރާގެ ބާރު ދޫކޮށްލައިގެން އިން ކައިލްގެ ގައިގަ އޮޅުލައިގަތެވެ. ކައިލްގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ. ލޯ މަރާލައިގެން އިންއިރު އެ ފިރިހެންވަންތަ މޫނުމަތިން ފެންނަނީ ހިތް ފަޅައިގެން ދާފަދަ އަސަރެކެވެ.

އެތެރެއަށް ވަދެގެން އައި އާލިކްގެ މޫނުމަތީގައިވަނީ ސުވާލުމާކުތަކެވެ. ކައިލް އިންގޮތުން އާލިކްގެ ހާސްކަން އިންތިހާއަށް ދިޔައެވެ. އޭނާ ދުވަހަކުވެސް ކައިލް މިހާ ނިކަމެތި ހާލެއްގައި ވަނިކޮށް ނުދެކެއެވެ. ވަރަށް ބޮޑު ކަމެއް ހިނގައިފިކަމަށް އޭނާގެ ހަވަނަ ހިއްސު އަންގަދީފިއެވެ.

“ކެލް…” އާލިކް އައިސް ކައިލްގެ ގާތަށް ހުއްޓި ކޮނޑުގައި އަތް ބާއްވާލިއެވެ. އެވަގުތު ކައިލް މަޑުމަޑުން ލޯ ހުޅުވާލިއެވެ. އާލިކްގެ ދެލޯ ބޮޑުވެގެން އައީ ރަތްކަން ވެރިވެފައިވާ ކައިލްގެ ދެލޯ ފެނުމުންނެވެ. ކައިރާވެސް ދުރުވެލަމުން ކައިލްގެ އަތުގައި ހިފާއްޓާލިއިރު ކައިރާގެ ލޮލުގައިވަނީ ކަރުނައެވެ.

ކައިލްގެ މޫނުމަތިން އިހު ހުރި ހިތާމައިގެ އަސަރު ފިލާ ނުރައްކާތެރި ކުލަވަރެއް ފާޅުވިއެވެ. ކައިރާގެ އަތް ފޮޅުވާލުމާއެކު އާލިކްގެ އަތްވެސް ދުރުކޮށްލަމުން ކައިލް ހަމަ އިސްކޮޅަށް ތެދުވިއެވެ. ކައިރާ ޖެހިލުންވިއެއް ކަމަކު ދުރަކަށް ނުދިޔައެވެ.

“ކެލް…ވެގެން އުޅޭ ގޮތެއް ދޮންބެ ގާތުވެސް ބުނީމަ ހެލްޕް ވާން އެނގޭނީ…” އާލިކް މަދު ފަހަރަކު ނޫނީ ދޮންބެއޭ ކިޔާ ކައިލްއާ މުހާތަބު ނުކުރެއެވެ. އަދި ކައިލްވެސް އާއްމުކޮށް އާލިކްއަށް ގޮވަނީ ބްރޯ ކިޔާފައެވެ. މިވަގުތު އެހެން މީހުންގެ ހަމްދަރުދީ ލިބުމުން ކައިލްއަށް އާދެވުނީ ރުޅިއެވެ.

“ލީވް މީ އެލޯން…!” ކައިލް މިސްރާބު ޖެހީ ބެލްކަންޏަށް ނިކުންނަން ދާށެވެ. އާލިކް އަވަސްއަވަހަށް ކައިލްގެ ކުރިމައްޗަށް އެރިއެވެ. ފަހަތުން އައިސް ކައިރާ ކައިލްގެ އަތު މުލައްދަނޑީގައި ހިފެހެއްޓީ ކައިލް ކޮށްފާނެ ކަމަކާ ބިރުން ހުރެއެވެ. ކައިލްގެ ނަޒަރު ކައިރާއަށް ހުއްޓުނެވެ. އެ މޫނުމަތީގައިވި ނުރައްކާތެރި ކުލަވަރާއެކުވެސް އެ ލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ.

“ކައިވެސް ތިއައީ އެ އުފަލުގައި ބައިވެރިވެފައެއް ނޫންތަ…؟ އަހަރެން ބުނި އެންމެ ކަމެއް ކައިރާއަށް ނުކޮށްދެވުން…އައި ނޯ ޝީ އިޒް ސަމްވަންސް ވައިފް ނައު…އެހެންވިޔަސް……” ކައިލް ވާހަކަ ދައްކަމުން ގޮސް ތުންފަތުގައި ދަތް އަޅާލިއެވެ. އިތުރަށް އޭނާގެ އިހުސާސްތައް ހާމަކުރުމުގެ މާނައެއް ނެތެވެ.

“ކޮންމެހެން އަހަންނާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް…ލީވް…!” ކައިލް މިފަހަރުވެސް ކައިރާގެ އަތުތެރެއިން އަތް ދަމައިގަތެވެ. ކައިލްގެ ވާހަކަ އިވިފައި މި ވާނުވާ ނަގައިގަނެވުމުން އާލިކްގެ މޫނުމަތިން ފެނުނީ ހަމްދަރުދީއެވެ. އެހެންވިޔަސް އެންމެ އަންހެންކުއްޖަކާ ހުރެ އާލިކްއަށް ކައިލް ހަލާކުވާން ދޫކޮށެއްނުލެވޭނެއެވެ.

“ކެލް ޓޯކް ޓު މީ…” އާލިކް ކައިލްގެ ފަހަތުން އައެވެ. “ދެއަރ އިޒް ނަތިން ޓު ޓޯކް އެބައުޓް…” ކައިލް ބެލްކަންޏަށް ނިކުމެފައި ހުއްޓުނީ ތިރި ފާރުގައި ރާނާފައިވާ ދަގަނޑު ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. އެވަގުތު އެ ތަނަވަސް މޭމަތީ ބީހިލި ފިނި ވައިރޯޅިންވެސް ކައިލްގެ އުދާސްތަކަށް ލުޔެއް ނުގެނެސްދެވުނެވެ. އާލިކް ބަލާލީ ބެލްކަނި ދޮރުމަތީ ހުއްޓިގެން ހުރި ކައިރާއަށެވެ. ކައިރާގެ މޫނުމަތިން ފެންނަނީ ކައިލްއާއި މެދު ކަންބޮޑުވެ، އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައިވާ ކަމުގެ އަސަރެވެ.

ހިތުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ކައިލްއަށް ކެތްކުރަން ދަތިވަމުން ދިޔައެވެ. ހިފައްޓާލައިގެން ހުރި ދަގަނޑުގަނޑަށް ބާރުކުރެވެމުން ދިޔަ ގޮތުން ފުރާނަ ހުރި އެއްޗެއް ނަމަ ވަގުތުން ދުނިޔެ ދޫކުރީހެވެ. ކުރިމަތީވި އަނދިރިގަނޑަށް ނަޒަރު ހުއްޓިފައިވީއިރު ކައިލްގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ ލިއާއެވެ. އެ ލަދުވެތި ހިނިތުންވުންތަކާއި ބެލުންތަކެވެ. ލިއާއާއި އެކު ހޭދަވީ ކޮންމެ ސިކުންތެއް ލޯމަތީ ސިފަވާން ފެށުމުން ކައިލްއަށް ބާރަކަށް ރެއިލިންގައި ޖަހާލެވިއްޖެއެވެ.

“ކައިލް…!” އާލިކް ކައިލްގެ އަތުގައި ހިފާ ދުރުކޮށްލުމާއެކު ކައިލް އާލިކްއާއި ދުރަށް ޖެހުނެވެ.

“އައި ސެޑް، ލީވް މީ އެލޯން…!” ކައިލް ހަޅޭއްލަވައިގަތްއިރު ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އެކަމާވެސް ކައިލް އަށް ރުޅި އާދެވުނެވެ. ދޮރުމަތީހުރި ކައިރާ ހުރީ ޖެހިލުންވެފައެވެ. ކައިލްގެ އިންޒާރަކަށް އާލިކް ނުސިހުނެވެ. އެ ރުޅި ބޭރުކޮށްލައިގެންވެސް ކައިލްގެ ހިތަށް ހަމަޖެހުން ލިބެން އާލިކް ބޭނުމެވެ.

“ހިތަށް އަރާ އެދުވަހު ލައިބްރަރީ ސްޓޯރ ރޫމް ތެރޭ ރޭޕްކޮށްލެވުނު ނަމައޭ…!” ރެއިލިންގައި އަތް އަޅުވާލައިގެން ދުރު ބަލަހައްޓައިގެން ހުރެ ކައިލް ރުޅީގައި ބުނެލީ އެ ދެމީހުން ހީވެސް ނުކުރާފަދަ އެއްޗެކެވެ. އާލިކްގެ ލޯ ހަނިވެގެން އައުމާއެކު ކައިރާ ބާރު ހިނގުމެއްގައި އައިސް ކައިލްގެ ކުރިމައްޗަށް ހުއްޓުނެވެ.

“ދެން…؟ އޭރުން ވަކި ކައިލްއަށް ލިއާ ލިބޭނެތަ…؟ ކައިލް ބޭނުންވަނީ އުމުރަށް ލިއާ ކައިލްއަށް ނަފްރަތު ކުރަންތަ…؟ އެކަން އެގޮތަށް ކުރިނަމަ ކައިލްއަށް ލިއާގެ ހަށިގަނޑު މިލްކުވިޔަސް އެ ހިތް މިލްކުވާނެތަ…؟” ކައިރާ މިފަހަރު ވާހަކަ ދެއްކީ ނުރުހުމުގެ ރާގަކަށެވެ.

“ރަނގަޅުވެގެން ވަކި ކޮންއެއްޗެއްތަ މަށަށް ލިބުނީ…؟” ކައިލް ކައިރާއަށް ބަލާލީ އެ ނުރައްކާތެރި ނަޒަރުންނެވެ. ކައިރާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކައިލްގެ މޫނުމަތިން ބަލާ މީހަކު ޖެހިލުންވާހާ ރުޅިވެރިކަން ފެނުނަސް ކައިރާއަށް އެއްވެސް ފޮރުވުމެއް ނެތި ޒަހަމްވެފައިވާ އެ ހިތް ފެންނަމުންދިޔައެވެ.

“އޯލްރައިޓް…! ކައި…އަހަންނަށް މިވަގުތު ކެލް އެކަނި ދޫކޮށްލާފަ ކައި ގެޔަށް ލައިދޭކަށް ނުދެވޭނެ…ކައި އެކަނި ގެޔަށް ފޮނުވާކަށްވެސް ބޭނުމެއް ނޫން…ސޯ ކެން ޔޫ ސްޓޭ އެޓް ގެސްޓް ރޫމް…؟ އައި ނީޑް ޓު ޓޯކް ޓު ކެލް…” އާލިކްއަށް މިވަގުތު ފެނުނު އެންމެ ރަނގަޅު ގޮތަކީ ކައިރާ ކައިލްގެ ކުރިމަތިން ދުރަށް ގެންދިޔުމެވެ. ކައިރާ ފެނުމުން ކައިލް އިތުރަށް ރުޅި ގަދަވާހެން އާލިކްއަށް ހީވިއެވެ. ހާލަތުގެ ގޮތުން މިވަގުތު ކައިލް އެކަނި ދޫކޮށްލާކަށް އާލިކް ބޭނުމެއް ނޫނެވެ. އޭރު ބޭރަށް ނަޒަރު ހުއްޓާލައިގެން ކައިލް ހުރީ ހިމޭންވެފައެވެ. އާލިކްގެ ބަސް ގަބޫލުކޮށްގެން ކައިރާ އެކޮޓަރިން ނިކުންނަން ދިޔައެވެ.

ނުނިމޭ

Comments (16)

  1. strawberrry

    urghh…js speechlessss…..this is soooo good levenderrrr….the way ur sifa kurun is js wow…..feels like im also a part of the story….this is one of the best storys i have ever read, like gurlll maasha allah ur soo much telentedddd…..im sooo proud of uuuuu…keep it uppppp
    n pls have some mercy on kyle,

    1. Lavender
      strawberrry

      Thank youuu so much for these sweetest words 🥹💗 I’m so happy u feel like you’re a part of the storyyy 😭 I’ll try to have mercy on Kyle no promises tho hehe 🤭

  2. Futtaki

    Noooo… Kaillll…. 😭😭😭💔💔💔💔💔😭😭😭😭😭😭😭😭😭😭😭😭😭😭💔💔💔💔💔💔💔💔💔💔😭😭😭😭😭💔💔😭💔😭💔😭😭💔😭😭💔💔💔

    1. Lavender
      Futtaki

      My poor Kyle and poor you 😮‍💨💔 someone give Kyle a breakkk 😭

  3. Its just me

    Leah dhn keekurann Kyle mathin handhaan kuranee 🙄🙄 aaahhh my Kyleee 😭😭😭 this part is too gud as usual keep it up fav 🫶 waiting for the next part ♥️

    1. Lavender
      Its just me

      Free Kyle from this suffering pls 😭💔😂 thank youuu for the love 💗

  4. Anonymous

    ehn nuhadhaa liyaa ah 💔💔

    1. Lavender
      Anonymous

      Hehe I know 😭 But you know this story isn’t going to be an easy ride for Leah 👀 Just wait and see what happens next 💗

  5. hihhh

    this isn’t fair
    why does it always end with the bad guy winning in life and this Rihaan is making us burn with anger….Alhe Kail ah liaa dheeba dhw

    1. Lavender
      hihhh

      Hehe I feel your anger 😂 Rihan really knows how to test us 😭 But let’s see what happens 👀💗

  6. pumpkin🎃

    this part is so emotional😭🥺💔
    one of the best storys i read 🧡🧡🧡
    hope kail can heal soon❤️‍🩹❤️‍🩹
    me wondering if leah and kail can be together after i heard rihaan said [anbi gabool kohfin’🤔?
    mi part describing was 10/10👍👍👍👍👌
    waiting for nxt part curiously and patiently🤔🙃
    hope to be able to see nxt part soon…….
    lysm and tc🩷💗

    1. Lavender
      pumpkin🎃

      Thank you so much for reading and feeling every emotion with them 💗💗 I’m glad you loved the part…let’s see what happens with Leah and Kyle 👀🤭 Stay tuned for the next oneee 💗

  7. Anonymous

    I get kyle is hurt and mad but he shouldn’t have said that

    1. Lavender
      Anonymous

      I know and I’m not saying what he said was right and you can see that from Kaira’s lines…stories aren’t always meant to go smoothly…There’ll be a lot of unexpected twists and turns ☺️

  8. Anonymous

    DON’T LET LEAH GET KYLE. SHE’S BEING SO AHH NOW IT’S PMO.

  9. Anonymous

    Whn nxt

Comments are closed.