
ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 40

އެހެންނަމަވެސް އެ ގަނޑު އޮތީ އެއްކޮށެއް ނޫނެވެ. އޭގައި ހަޤީގަތް ލިޔެވިފައިވާ ބައި ވަނީ ވީދާލާފައެވެ. އޭގައި ބާކީ އޮތީ ހަމަ އެންމެ ޕެރެގުރާފެކެވެ.
ހުރިހާ އެއްޗެއް އޮޅުވާލެވޭނެ ވަރަށެވެ. އެހެންމީހުންގެ ނަޒަރުގައި އެއީ ދާނިޝް މަޢާފަށް އެދިފައި ލިޔެފައިވާ ނޯޓެކެވެ. ކުރެވުނު ކުށަކަށް ވެފައިވާ އިއުތިރާފެކެވެ. އިއުތިރާފަކަށް ނުވާ އިއުތިރާފެކެވެ. އެ ގަނޑުގެ ތިރީގައި ލިޔެފައި ވަނީ އެންމެ ނަމެކެވެ.
“ޒިވްޔާ.” އެވެ.
========================
ހޮސްޕިޓަލުގެ ތެރޭގައި ވަނީ ހިމޭންކަމެވެ. އޮޕެރޭޝަން ތިއޭޓަރުގެ ބޭރުގައި އެއްވެފައި ތިބި މީހުންގެ އަދަދަށް ބަލާފައި އެއީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ. ދާނިޝްގެ އާއިލާ ބޭރުގައި މަޑުކޮށްގެން ތިބި އިރު އެއްވެސް މީހަކު ބަހެއް ކުރެ ބަހެއް ވެސް ނުބުނެއެވެ. ދާނިޝްގެ މަންމަ ދިޔައީ މަޑުމަޑުން ގިސްލަ ގިސްލާފައި ރޮމުންނެވެ. ދާނިޝްގެ ބައްޕަ ހުރީ ފާރުގައި އަތްވިއްދާލައިގެނެވެ. އޭނާގެ ލޯ އަމާޒުވެފައިވަނީ އޮޕެރޭޝަން ތިއޭޓަރުގެ ދޮރަށެވެ. އޭނާއަށް ހީވާ ކަހަލައެވެ. އޭނާ ގައި ހުރި ބާރެއް ލާފައި ހިތްވަރު އެލުވާ ނުލައި އެދޮރަށް ބަލަހައްޓައިގެން ހުރެއްޖެނަމަ ކޮންމެވެސް ގޮތަކުން އެދޮރު ހުޅުވޭނެއެވެ.
ކުއްލިއަކަށް އެދޮރު ހުޅުވުނެވެ. އަދި ޑޮކްޓަރެއް ނުކުތެވެ. އެއާއެކު އެންމެން ވަގުތުން ކޮޅަށް ތެދުވިއެވެ. އެންމެން އެކުގައި ނޭވާ ހިފަހައްޓާލީ ޑޮކްޓަރުގެ ދުލުން ދެން އިވޭނެ ލަފްޒުތަކުގެ އިންތިޒާރުގައެވެ.
“ހީ އިޒް އެލައިވް.”
ދާނިޝްގެ މަންމައަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދި ރޮއެގަނެވުނެވެ.
“ބަޓް ހީ އިޒް އިން އެ ކޯމާ.”
އެބަސްތައް އިވިފައި ދާނިޝްގެ ބައްޕައަށްވެސް ހުރިތަނަށް ތިރި ވެވުނެވެ.
“ވީ ޑޯންޓް ނޯ ވެން ހީ ވިލް ވޭކްއަޕް. ރައިޓް ނައު ވީ ނީޑް ޓު މޮނިޓާ ހިމް ކްލޯޒްލީ.”
ދާނިޝްގެ މަންމަ ކަރުނައިގެ ތެރެއިން ބޯ ޖަހާލިއެވެ. އިތުރު ސުވާލެއް ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
އެމީހުނާއި ކުޑަ ތަންކޮޅެއް ދުރުގައި ޝަހުދާއި އޭނާގެ އާއިލާ ވެސް ހުއްޓެވެ. އޭނާ ހުރީ ވަރަށް ވެސް ހިމެނުންނެވެ. އިސްދަށަށް ޖަހައިގެން ހުރިއިރު އޭނާގެ ދެލޮލަށް ކަރުނަތައްވަނީ އެއްވެފައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައެވެ. ވޭނެވެ. ރުޅިވެރި ކަމެވެ. އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ އޮތް ހާލުންނެވެ. އެއްވެސް މީހަކު އޭނާ ކައިރީ ވީގޮތެއް އަހައިފިނަމަ އޭނާ ބުނަމުން ދިޔައީ ދާނިޝްގެ އާއިލާއިން ވެސް ބުނަމުން ދިޔަ ބަސްތަކެވެ. އެމީހުނަށް އެނގޭ ހަޤީގަތެވެ. “ދާނިޝް ފެނުނީ ވަރަށް ބޮޑަށް އަނިޔާވެފައި ވަނިކޮށެވެ.”
އެއްވެސް މީހަކަށް ސަބަބެއް ނޭނގުނެވެ. އެކަން ކުރީ ކާކު ކަމެއްވެސް ނޭނގެއެވެ. ދާނިޝް ވެއްޓުމުގެ ކުރިން ހާމަ ކުރަން އުޅުން ހަޤީގަތް އެނގުނު މީހެއް ވެސް ނެތެވެ. އެރޭ އެތާގައި ހުރި މީހާ ފިޔަވާއެވެ.
………………………………..
ޖެހިގެން އައި ދުވަހު ޒިވްޔާއަށް ހޭލެވުނީ އޭނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށެވެ. އިރުކޮޅަކުން ދޮރުހުޅުވާލުމަށްފަހު އޭނާގެ މަންމަ ދުމްޔާ ބޯދިއްކޮށްލިއެވެ. “ޒިވީ؟ ދަރިފުޅާ؟”
ޒިވްޔާ ބާލީހުން ބޯ އުފުއްލާލާފައި އޭނާގެ މަންމައަށް ބަލާލިއެވެ.
“ދަރިފުޅާ ދެ ފުލުހުން އެބަހުރި އައިސް.” ދުމްޔާ ބުނި ބަސްތަކާއެކު ޒިވްޔާގެ ނިދި އެއްކޮށް ފިލައިގެން ދިޔައެވެ. އޭނާއަށް ހީވީ މީހަކު އޭނާގެ ބަނޑުގެ ތެރެއަށް ބޮޑު ބަރެއް ވައްޓާލިހެނެވެ. “ފުލުހުނޭ؟”
“އާން. އެމީހުން ބޭނުމޯ ދަރިފުޅާ ވާހަކަ ދައްކާލަން.” ދުމްޔާ ބޯޖަހާލިއެވެ. ޒިވްޔާ މަޑުމަޑުން އޮތް ތަނުން ތެދުވެލިއެވެ. ފުލުހުން އޭނާ ހޯދަން އައީ ކީއްވެ ބާވައެވެ؟ އޭނާގެ މޭ ނުބައި ގޮތަކަށް ތެޅިލިއެވެ.
……………………….
ސިޓިންރޫމުގައި ހުރި ސޯފާގައި ޒިވްޔާ އިށީނދެގެން އިން އިރު ކުރިމަތީގައި ދެ ފުލުސް އޮފިސަރުން އިށީނދެގެން އިނެވެ. ޒިވްޔާގެ އެއްފަރާތުގައި އަޒްހިރް އިށީނދެގެން އިން އިރު އަނެއް ފަރާރުގައި ދުމްޔާ ވެސް އިށީނދެގެން އިނެވެ.
އެތަނުން އެއް ފުލުހަކު އޭނާގެ އަތުގައި އޮތް ފައިލެއް ހުޅުވާލިއެވެ. “މިހާ ހެނދުނާ އުދަނގޫ ކުރެވުނީތީ މަޢާފަށް އެދެން.” އެމީހާ ބުނެލިއެބެ. ޒިވްޔާ އެއްވެސް އެއްޗެއް ނުބުނިއެވެ. “ރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގީމަ އެކަމާ ގުޅިގެން އަސްލު މި އަންނަން ޖެހުނީ.”
ޒިވްޔާގެ އިނގިލިތައް އޭނާގެ ހެދުމުގެ އަތުކުރީގައި ހިފާ ބާރުކޮށްލެވުނެވެ.
“ދާނިޝް..” ފުލުސް މީހާ ޒިވްޔާއަށް ބަލާލިއެވެ. “…ހީ ވޯޒް ފައުންޑް ސީރިއަސްލީ އިންޖަރޑް.”
ސިހިފައި ޒިވްޔާއަށް ބަލާލެވުނީ އެ ފުލުސްމީހާ އާއި ދިމާއަށެވެ. އޭނާއަށް އެއިވުނީ ހަމަ ރަނގަޅަށް ބާވައެވެ؟ ނޫނީ އޭނާގެ ކަންފަތް އޭނާއަށް ސަމާސާ ކުރަނީކީ ނޫންބާވައެވެ؟ “ކީކޭ؟” ބޭއިޚްތިޔާރުގައި ޒިވްޔާއަށް އަހާލެވުނެވެ.
“އޭނަ މިހާރު އޮތީ ކޯމާގައި.”
ޒިވްޔާއަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. ކުއްލިއަކަށް އެ ސިޓިންރޫމް އޭނާގެ ވަށައިގެން ކުޑަވިހެން ހީވިއެވެ. އޭނާގެ ހަނދާނަށް އައީ އެއްކަލަ ހޯލުތެރެއެވެ. ދާނިޝްގެ އަޑެވެ، ‘އައި ޖަސްޓް ނީޑް ޓު އެކްސްޕްލެއިން…’. ޒިވްޔާގެ ނޭވާ ލުމަށް ބަދަލު އައެވެ، އެއާއެކު ދުމްޔާއަށް އެކަން ނަގައިގަނެވުނެވެ.
“ޒިވީ..”
“އައިމް އޯކޭ.” ޒިވްޔާ އަވަސް އަވަހަށް ބުނެލިއެވެ. މިވަގުތު އޭނާގެ މަންމަ ‘އާ ޔޫ އޯކޭ’ އޭ ބުނާ އަޑު އަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއީ އޭނާ މިހާރު އެންމެ ފޫހިވާ ތިން ލަފްޒެވެ. އެ ބަސްތައް އަބަދު އިވިއިވިގޮސް، ތަކުރާރު ވެވެ ގޮސް މިހާރު އޭނާގެ ހިތުގައި އެބަސްތަކާ މެދު ވަނީ އިންތިހާ ނަފްރަތެވެ.
އެ ފުލުސްއޮފިސަރު މަޑުކުރީ ޒިވްޔާ އޭނާ އާއި ދިމާއަށް ބަލަން ދެކަށެވެ. އެއަށްފަހު އޭނާ ބުނެލިއެވެ. “ދާނިޝްގެ ކޮޓަރިން ފެނިފައިވާ އެއްޗެއް މީ.” އޭނާ އަތުގައި އޮތް ފޮޓޯގަނޑު މޭޒުމަތީގައި ބާއްވާލިއެވެ. ޒިވްޔާ އާއި ދިމާވާ ގޮތަށެވެ. “ގަބޫލު ކުރެވޭ ގޮތުގައި މީ ދާނިޝް ލިޔެފައި އޮތް އެއްޗެއް.”
ޒިވްޔާ އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ލޯ ހަރަކާތް ކުރަމުން ދިޔަ ވަރަކަށް އޭނާ އޭގައި ލިޔެފައިވާ ލިޔުން ކިޔަމުން ދިޔައެވެ. އެންމެ ތިރީގައި ލިޔެފައިވާ އޭނާގެ ނަން ފެނިފައި ޒިވްޔާއަށް ހީވީ އޭނާގެ ބަނޑު ތެރޭގައި ގޮށެއް ޖެހުނު ހެނެވެ.
ފުލުސް އޮފިސަރު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީ ވަރަށް ވެސް ބަލައިގެނެވެ. “ބެލެވޭ ގޮތުގައި މަޢާފަށް އެދިފައި އޮތީ މި ނޯޓުގައި. އެރޭ ހިނގައި ދިޔަ ކަންތަކަށް.”
ޒިވްޔާގެ މޫނު އެއްކޮށް ހުދުވެގެން ދިޔައެވެ. “އޭނަ…” ޒިވްޔާ ހިންދިރުވާލިއެވެ. “އޭނަ.. ދާނިޝް ލިޔެފަ ތީ..؟”
“އެހެން ކަމަށް ބެލެވެނީ.” ދެން އިން ފުލުސް އޮފިސަރު ޖަވާބު ދިނެވެ.
އަޒްހިރް ކުރިއަށް ޖެހިލިއެވެ. “ކީކޭ އޭގަ ލިޔެފަ އޮތީ؟” އޭނާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.
ދެވަނަ ފުލުސްއޮފިސަރު ބުނަން ނުބުނަން ހުރެފައި އެންމެ ފަހުން ބުނެލިއެވެ. “ދާނިޝް ބުނެފައި އޮތީ.. ހީ އިޒް ސޮރީ. ދެޓް ހީ ޝުޑް ހޭވް ސްޓޮޕްޑް ވަޓް ހެޕެންޑް ދެޓް ނައިޓް. ދެޓް ހީ ކުޑްންޓް ޓެލް ޔޫ.” އެ ފުލުސް އޮފިސަރު ބަލާލީ ޒިވްޔާ އާއި ދިމާއަށެވެ.
ޒިވްޔާގެ ނޭވާ އަވަސް ވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބުނެވުނެވެ. “އައި ނިއު އިޓް.” ޒިވްޔާ ބަލަހައްތައިގެން އިނީ އޭނާގެ އަމިއްލަ އަތަށެވެ. “އައި ނިއު އިޓް ވޯޒް ހިމް.” އޭނާ ތަކުރާރުކޮށްލިއެވެ.
ދުމްޔާ މަޑުމަޑުން ޒިވްޔާގެ އަތުގައި ހިފަހައްޓާލިއެވެ. އޭނާގެ ލޮލުގެ ނޫރު ފަދަ ދަރިފުޅުގެ އަތް ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނުމުން ކެތް ނުވެގެނެވެ. ޒިވްޔާ އޭނާގެ އަތް ދުރުކުރާކަށް ނޫޅުނެވެ. “އައި ކީޕް ސީއިން ހިމް..” ޒިވްޔާ ކުރިއަށް ގެންދިޔައެވެ. އެއާއެކު ދެ ފުލުސް އޮފިސަރުންގެ މޫނުގެ ކުކަވަރު ބަދަލު ވެގެން ދިޔައެވެ.
“ތިބުނީ؟ ކޮންތާކުން ފެނުނީ؟” ފުރަތަމަ އޮފިސަރު އަވަސް އަވަހަށް އަހާލިއެވެ.
“ބޮލު ތެރޭގަ.” ޒިވްޔާގެ އަޑުގައި ވެސް ތުރުތުރު ލާން ފެށިއެވެ. “ބައެއް ފަހަރު.. ބައެއް ފަހަރު.. ޒިވީއަށް ފެނޭ އޭނާގެ މޫނު ވެސް..”
“އިތުރު އެއްޗެއް ހަނދާން ވޭތަ؟” ދެވަނަ ފުލުސް އޮފިސަރު ނޯޓު ފޮތެއް ނަގަމުން ސުވާލު ކުރިއެވެ.
ޒިވްޔާ އޭނާގެ ދެލޯ މަރާލިއެވެ. ފުރަތަމަ ފާއިތު ވެގެން ދިޔަ ސިކުންތުކޮޅުގައި އޭނާއަށް އެއްވެސް އެއްޗެއް ނުފެނުނެވެ. ހަނދާނެއް ވެސް ނުވިއެވެ.
ދެން… ކުއްލިއަކަށް އޭނާގެ ސިކުނޑި ތެރޭގައި އަޑެއް އިވުނެވެ. ދާނިޝްގެ ފޯނުގެ ރިންގުޓޯނެވެ. އެލަވަ އެވެ. ޒިވްޔާގެ ދެލޯ ހުޅުވިގެން ދިޔައެވެ. “އޭނަގެ ފޯނު.”
“ވަޓް އެބައުޓް އިޓް؟”
“ޒިވީ އެ އަޑު އިވުން ހަނދާންވޭ. އޭނަގެ ފޯނުގެ ރިންގްޓޯނު.”
“ކޮން އިރަކު؟”
“ނޭނގެ..” ޒިވްޔާ އަށް ފުރަތަމަ ބުނެވުނީ އެހެނެވެ. އެހެނަސް ދެން އިތުރު ކޮށްލިއެވެ. “އެ ރޭ.. އެހާ ބޮޑަކަށް ހުރިހާ އެއްޗެއް ހަނދާނެއް ނުވޭ. އޭނަގެ މޫނުވެސް ރަނގަޅަށް ހަނދާންނުވޭ. ވަރަށް ނުސާފުކޮށް ހަނދާންވަނީ.” ޒިވްޔާ އިސްދަށަށް ޖަހާލިއެވެ. “އެކަމަކު.. އިހަށް ދުވަހު އަހަރެނަށް އޭނަގެ އަޑު އިވުނު.. އެ މޫނު ވެސް.. އައި ވޯޒް ސްކެއަރޑް.” ޒިވްޔާގެ އަރު ތެރެ ބެދޭހެން ހީވިއެވެ. އެއާއެކު ދުމްޔާ ޒިވްޔާގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ. ހިތްވަރު ދޭށެވެ.
ދެވަނަ އޮފިސަރު އަވަސް އަވަހަށް ފޮތުގައި ލިޔަމުން ދިޔައެވެ. “ޒިވްޔާ ގަބޫލު ކުރަނީ އެމީހަކީ ދާނިޝް ކަމަށް؟” ފުރަޔަމަ އޮފިސަރު އަހާލިއެވެ.
ޒިވްޔާ އަނެއްވެސް އެ ފޮޓޯގަނޑަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. “އައި ތިންކް…” ޒިވްޔާ ހިންދިރުވާލިއެވެ. އަދި ޖަވާބު ދިނެވެ. “ޔެސް.”
======================
އުއްމީދު ކުރަން މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.
Comments (4)
Comments are closed.
Girl- no. No it’s not dhaanisheyyy. He is also at fault but NOT DHAANISHHH😓
Episode varah short😭 kiyaahithun keiy nuvany☹️
She doesn’t knw yet🥲
At this point I can’t trust anyone. I think I can trust Izikial and aikan and vishaal since we got their pov. And we all know what shayaal was doing when it happened. Yashmy also. I don’t trust hayaal. And since dhaanish is out of question that means that leaves the other guy. Husham or hisham. Ahhh this story is driving me insane. But I can’t help reading ey😭🤦🏻♀️
Adhi exam dhuvaskolhu. This is pure torture at this point💔
I mean driving readers IS basically the point ryt? 😅