
ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 39

އެއީ ފުރަތަމަ ފަހަރަށް އިޒިކިއަލް ނެތަސް ޒިވްޔާއަށް އަޅާލާނެ ފަރާތެއް ވެއްޖެއެވެ. ޒިވްޔާގެ އަށްޑަނަ އަކަށް ވާން ފަސް ނުޖެހޭނޭ މީހެކެވެ. އެވަރުން އިޒިކިއަލަށް ފުދެއެވެ. އެއީ އޭނާގެ ނުކިޔަމަންތެރި ހިތަށް ދެވޭ ކިތަންމެ ބޮޑު އަނިޔަލެއް ކަމުގައި ވިޔަހެވެ. އޭނާގެ ޝަކުވާއެއް ނެތެވެ. އޭނާގެ ހަމައެކަނި އެދުމަކީ ޒިވްޔާ އުފަލުގައި ހުރުމެވެ. ރައްކާތެރިކަމާއެކުގައެވެ.
==============================
އިރުއޮއްސޭ އަތަށް އެޅިއިރު ކޮލެޖުގައި އުޅުނު ކުދިން ބައިގަނޑު މަދު ވެއްޖެއެވެ. ދާނިޝް ކުލާހުން ނުކުމެގެން ހިނގައިގަތެވެ. އެހެން މީހުނާއި ދުރުންނެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް މެދސެޖެއް އައި އަޑު އިވުނެވެ. އޭނާ ފޯނު ނަގައި ބަލާލިއެވެ. ނުދަންނަ ނަންބަރެކެވެ. އެހެނަސް އެއީ ކާކު ކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އެމެސެޖަކަށް ޖަވާބެއް ނުދިނެވެ. ހަމަ އިރުކޮޅެއް ނުވަނީސް އަނެއްކާވެސް މެސެޖެއް އައި އަޑު އިވުނެވެ.
‘އެކަނި އާދޭ.’ އެ މެސެޖުގައި ބުނެފައިވަނީ އެހެނެވެ. ހިނދުކޮޅެއް ތެރޭގައި އެ މެސެޖު ގެއްލުނެވެ. އަނެއްކާވެސް މެސެޖެއް އައެވެ. މިފަހަރު ލޮކޭޝަނެކެވެ.
ދާނިޝްގެ ނޭވާ ތާށިވިހެން ހީވިއެވެ. އޭނާ ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އެ މެސެޖު ގެއްލުން އިރު ވެހެވެ. އޭނާ ފޯނު ޖީބަށް ލަމުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އޭނާއަށް ސަމާލުކަން ދީގެން ހުރި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަގުމަތިން ހިނގާފައި ދިޔަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ އެމީހުންގެ އަމިއްލަ މަންޒިލަށް ދެވޭތޯއެވެ. އެމީހުނަށް ދާނިޝްގެ އުޅުމެއް މުހިންމެއް ނޫނެވެ.
ދާނިޝް އޭނާ ހިނގަމުން ދިޔަ މަގު ބަދަލު ކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ހާސްކަމެވެ.
…………………………
އެރޭ 8 ޖެހިއިރު ދާނިޝް ހުއްޓިލައިގެން ހުރީ ފަޅުވެ ވީރާނާވާން ކައިރިވެފައިވާ އިމާރާތެއްގެ ކުރިމަތީގައެވެ. އެ އިމާރާތުގެ ތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. އޭނާ ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އެތެރެއަށް ވަނެވެ. އަދި ފަހަރަކު ސިޑިއަކުން އަރަން ފެށިއެވެ. ހީވާ ކަހަލައެވެ. އެއީ އޭނާ އެތަނަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ހަތްވަނަ ފަންގިފިލާއަށް އަރައި ޓެރަހަށް ނުކުމެލިއެވެ. ޓެރަހުގެ ތެރެއަށް އެއްކޮށް ނުކުތުމަށްފަހު ވަށައިގެން ބަލާލިއެވެ.
“އެންމެ ފަހުން އާދެވިއްޖެ ދޯ.” އެމީހާގެ އަޑު އައީ ދާނިޝްގެ ފަހަތުންނެވެ. ދާނިޝް ފަސް އެނބުރި ބަލާލިއެވެ. އޭނާގެ ކުރިމަތީގައި ނަމަވެސް ކުޑަކޮށް ދުރުގައި ހުރި މީހާއެކޭ ހިޔަންޏެކޭ ތަފާތެއް ނޫނެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ހޫޑީ އަކާއި ޖިންސެކެވެ. މޫނުމަތީގައި ހުޑް އަޅާފައި ހުރި ގޮތުން އެމޫނު ފެންނާކަށް ނެތެވެ.
ދާނިޝްގެ ދަތްކުނޑި ވިކިގެން ދިޔައެވެ. “ކަލޭ.”
އެމީހާ ހުރި ތާކުން ގުޑިވެސް ނުލިއެވެ. “ޔޫ ޝުޑްންޓް ހޭވް ގޯން އާފްޓާ ހާ.” އެމީހާގެ އަޑު އަނެއްކާވެސް އިވިގެން ދިޔައެވެ.
“އައި ވޮޒްންޓް ގޮއިން އާފްޓާ ހާ.” ދާނިޝް އަމިއްލަ ހަށިގަނޑު ސީދާކޮށްލަމުން ރައްދުގައި ބުންޏެވެ.
“އެކަމަކު އޭނަ އާ ކުރިމަތިލީ މެންނު.” އެމީހާ އެހީކީ ސުވާލެއް ނޫނެވެ.
“އައި ވޯޒް ޓްރައިން ޓު އެކްސްޕްލެއިން.”
“ކޯއްޗެއް އެކްސްޕްލެއިން ކުރާކަށް ތަ؟”
ދާނިޝް އެއްވެސް ޖަވާބެއް ނުދިނުމުން އެމީހާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ކަލޭ އޭނަ ކައިރި ކިޔާދީފިއްޔާ ވާނެ ގޮތް އެނގެއެއްނު.” އެމީހާގެ ބަސްތައް އިވިފައި ދާނިޝްގެ ކަތުރުކަށިގަނޑު ވާން ވެގެން ދިޔައެވެ.
“ޔޫ ޝުޑް ހޭވް ސްޓެއިޑް ކުވައިޓް.” އެމީހާ ބޯ އަރިކޮށްލަމުން ބުނެލިއެވެ. އެ އަޑުގައި ވަނީ ނުރައްކާތެރި ކަމެވެ.
“އައި ޓްރައިޑް..” ދާނިޝްގެ އަޑު ކުރުހުނެވެ. “އައި ޓްރައިޑް ޓު ސްޓޭ އައުޓް އޮފް އިޓް.”
“އެކަމަކު އެކަމެއް ވެސް ނުވިއެއްނު.”
ދާނިޝްގެ ދެއަތް މުށްކެވިގެން ދިޔައެވެ. “އޭނަގެ އެއްވެސް ހަނދާނެއް ނެތް.”
“އެހެނޭ.”
ދާނިޝް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. “ބަޓް ޝީ ވިލް.”
އެއާއެކު އެމީހާގެ ލުއި ހުނުމުގެ އަޑު އިވުނެވެ. “ނޫނޭ. ޝީ ވޯންޓް.”
“ޝީ އޯލްރެޑީ އިޒް.” ދާނިޝް އޭނާގެ ދެބުމަގޮށް ޖަހާލިއެވެ.
ހިނދުކޮޅަކަށް އެމީހާ ވެސް އެއްޗެކޭ ނުބުނެއެވެ. އެދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ދާނިޝް ހިންދިރުވާލަމުން އޭނާގެ ބަސްތައް އަމުނާލިއެވެ. “އެހެންވެ.. އައި ހޭޑް ޓު ޓެލް ހާ..”
“ކަލޭގެ މޮޔަކަން.” އެމީހާ އަނެއްކާވެސް ހޭންފެށިއެވެ.
“އަހަރެން ބޭނުމެއް ނޫން އަހަރެން ކުރިކަމެއް ކަމަށް އޭނައަށް ވިސްނޭކަށް.”
އެބަސްތައް އިވިފައި އެމީހާ ހުއްޓުން އެރިއެވެ. “ކީކޭ؟” އެއަޑު ވަރަށް ވެސް މަޑެވެ. އެހެންނަމަވެސް އެއަޑުގައި އެކުލެވިފައިވީ ރުޅި ވެރިކަން އެތައް ގުނައަކަށް ނަގައި ގަނެވުނެވެ.
“އަހަންނަށް އެނގޭ އޭނާއަށް ވިސްނެނީ އެއީ އަހަރެން ކަމަށް ކަން.” ދާނިޝް ބަލާލީ ސީދާ އެމީހާގެ ފޮރުވެފައިވާ މޫނަށެވެ. “އެއީ އަހަރެންގެ ކުށެއް ނޫން.” ދާނިޝް އެމީހާ އާއި ދިމާއަށް ފިޔަވަޅެއް އެޅިއެވެ. “އައި ނޯ ޔޫ އާ ސްކެއަރޑް.”
“އައިމް ނޮޓް ސްކެއަރޑް.” އެމީހާގެ އަޑުގައިވީ ހަރުކަށި ކަމެވެ.
“ވެލް.. ޔޫ ޝުޑް ބީ.” ދާނިޝް އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ވޮޗް ޔުއަ މައުތު.” ފުރަތަމަ ފަހަރަށް އެމީހާގެ އަޑުގައި ވީ އިންތިހާ ރުޅިވެރިކަމެވެ. ހާސްކަމެވެ. އެހެނަސް ދާނިޝް ހުރި ތާކުން ގުޑިއެއް ނުލައެވެ. ފަހަތަށް ނުޖެހުން ތާގައި ކުރިއަށް ވެސް ފިޔަވަޅެއް ނޭޅިއެވެ. “އަހަރެން ހުރިހާ އެއްޗެއް ލިޔުނިން. ހުރިހާ އެއްޗެއް.”
“ކީކޭ؟”
“ތެދު. ހަޤީގަތް.” ދާނިޝްގެ ދެލޮލުގައި ވިދުވަރެއް އުފެދުނެވެ. “އަހަރެންނަށް ހަނދާންވާ.. ފެނުނު ހުރިހާ އެއްޗެއް……. އަހަރެންނަށް ކަމެއް ވެއްޖެއްޔާ، ހުރިހާ ހަޤީގަތެއް ބޭޒާރު ވާނެ.”
އެމީހާ ހިނދުކޮޅަކަށް ދާނިޝަށް ބަލަހައްޓައިގެން ހުރީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެނަސް އިރުކޮޅެއް ފަހުން އެމީހާގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. މަޑުމަޑުންނެވެ. އެހިނިތުންވުން ފުޅާވެގެން ދިޔައިރު އެމީހާގެ ހޫޑްގެ ސަބަބުން ދާނިޝަކަށް އެމަންޒަރެއް ނުފެނުނެވެ.
“ކަލޭ ހަމަ ރަނގަޅަށް ވެސް ހީކުރީ ކަލެއަށް ކާންދިން އަތުގައި ދައިގެންފަ ފިލޭނެ ކަމަށްތަ؟” އެމީހާ ހިނިގަނޑެއް ޖަހާލިއެވެ.
އެއާއެކު ދާނިޝް ހުއްޓުން އެރިއެވެ. އޭނާއަށް ރޭކާލީ އެހިސާބުންނެވެ. ވަގުތުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ އެހެންވެއެވެ. ހަމަ އެ ފިޔަވަޅާއި އެއްވަރަށް އެމީހާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ދާނިޝާއި ދިމާއަށެވެ.
“ދާނިޝް~” އެމީހާ ހެމުން ދާނިޝަށް ގޮވާލިއެވެ. ދާނިޝް އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު އެމީހާގެ ހުނުން އިތުރަށް ގަދަވިއެވެ. “ޔޫ ޝުޑް ހޭވް ކެޕްޓް ޔުއަ ޕެތެޓިކް ލިޓްލް މައުތު ޝަޓް.”
ދާނިޝްގެ މުޅި ހަށިގަނޑު އެއްކޮށް ގަނޑުވި ކަހަލައެވެ. އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ. އޭނާ ބަލާކަށް ނުހުރެ އެނބުރި އެމީހާއަށް ފުރަގަސްދިނެވެ. އެހެނަސް އޭނާ ދުއްވައި ގަންނަން އަޅާލި ފުރަތަމަ ފިޔަވަޅާ އެކު އެމީހާގެ ވަރުގަދަ އަތް ދާނިޝްގެ މުލަށްދަނޑީގައި ހިފެހެއްޓިއެވެ. ދާނިޝް ތެޅިގަތެވެ. ސަލާމަތްވެވޭތޯއެވެ. “ވެއި-” އޭނާއަށް އެބަސް ފުރިހަމަ ވެސް ނުކުރެވުނެވެ. އެމީހާގެ ހުނުމުގެ އަޑު އިވުނެވެ. އެއާއެކު ދެން ފެނުނީ އެމީހާ ދާނިޝްގެ ގައިގައި އަޅާ ކޮށްޕާލި މަންޒަރެވެ. ވަރަށް ވެސް ބާރަށެވެ.
ދާނިޝް އަރިއަޅާލިއެވެ. ތިރިކޮށްހުރި ރެއިލިންގައި ފައި އަޅައިގަތެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑޫ ވެގެން ދިޔައެވެ. ފަޅި ސިކުންތުކޮޅަކަށް ވަގުތު ވެސް ހުއްޓުން ކަހަލައެވެ. ނަމަވެސް ދެން ފެނުނީ ރެއިލިންގެ އަނެއް ފަރާތަށް ދާނިޝް ވެއްޓެން ދިޔަ މަންޒަރެވެ. އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާއިނެވެ.
ދާނިޝް ވެއްޓެން ދިޔައިރު އެމީހާ ހުރީ މަތިން ރެއިލިންގައި އަތް އަޅުވާލައިގެން ތިރިއަށް ބަލަހައްޓައިގެނެވެ. މާނޭވާ ލަމުންނެވެ. ދާނިޝް ގޮސް ޖެހުނީ މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށެވެ. އެއާއެކު އެކާރުގެ އެލާމުގެ އަޑު މުޅި ހިސާބުގައި ގުގުމާލިއެވެ. މީހުންގެ ހަޅޭކުގެ އަޑާއި އެކުގައެވެ.
ދާނިޝްގެ ހަރަކާތެއް ނެތް ހަށިގަނޑުން ހޯސްލާފައި ލޭގަނޑު ފައިބަމުން ދިޔައެވެ.
މަތިން އެމަންޒަރަށް ބަލަހައްޓައިގެން އެއްކަލަ މީހާ އިރުކޮޅަކަށް ހުރީއެވެ. އެއަށްފަހު ދެން ފެނުނީ އޭނާ ވެސް ފަސް އެނބުރި ހިނގައިގަތް މަންޒަރެވެ.
…………………………
އެތައް ގަނޑިއިރެއް ފަސް
__________________
ދާނިޝްގެ ކޮޓަރީގައި ފަތްޖަހާފައިވާ ގަނޑުކޮޅެއް އޮތެވެ. އޭގައި ވަނީ ދާނިޝްގެ އަތު ލިޔުމެވެ. އޭނާ ދުނިޔެއަށް ހާމަ ކުރަން ބޭނުންވި ހަޤީގަތެވެ. އޭނާއަށް ފެނުނު ހުރިހާ މަންޒަރެކެވެ. އޭނާއަށް އިވުނު ހުރިހާ އަޑެކެވެ. އޭނާގެ ހަނދާނުގައި ހުރި ހުރިހާ ކަމެކެވެ. އޭނާ ސިއްރުކޮށްފައި ވާ ބޮޑު ސިއްރެވެ. އޭނާ ޒިވްޔާއަށް ކިޔާދޭން ބޭނުންވި ހުރިހާ އެއްޗެކެވެ.
އެހެންނަމަވެސް އެ ގަނޑު އޮތީ އެއްކޮށެއް ނޫނެވެ. އޭގައި ހަޤީގަތް ލިޔެވިފައިވާ ބައި ވަނީ ވީދާލާފައެވެ. އޭގައި ބާކީ އޮތީ ހަމަ އެންމެ ޕެރެގުރާފެކެވެ.
ހުރިހާ އެއްޗެއް އޮޅުވާލެވޭނެ ވަރަށެވެ. އެހެންމީހުންގެ ނަޒަރުގައި އެއީ ދާނިޝް މަޢާފަށް އެދިފައި ލިޔެފައިވާ ނޯޓެކެވެ. ކުރެވުނު ކުށަކަށް ވެފައިވާ އިއުތިރާފެކެވެ. އިއުތިރާފަކަށް ނުވާ އިއުތިރާފެކެވެ. އެ ގަނޑުގެ ތިރީގައި ލިޔެފައި ވަނީ އެންމެ ނަމެކެވެ.
“ޒިވްޔާ.” އެވެ.
=================================
މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (8)
Comments are closed.
What the hellyyyyyy???? Ommmggggg 😭😭
😭😅
I’m thr girl who comment u as mal… Waiting for thr next episode
Aw 🩷
It’s published now. Hope you like it🫶🏻
vrh salhi
thanks 🩷
What what WHAAAATTTTTT. SO IT’S NOT DHAANISH BY SOMEONE ELSE? WHAT MIND MIND FREAK GAME IS THIS MAN PLAYING WITH OUR ZIVYA😭💔
A psychopath dho. Dayumn. Hithah araa story ah vadhefa eyna strangle kkohlafaanamey ves. Izikial please kill this guy for us🥺