Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 37

Listen to this story Audio · 13:53 Powered by Esfiya Voice
0:00 13:53

ޒިވްޔާ ފުން ނޭވާއެއްލިއެވެ. އަދި އޭނާގެ ލޮލުން ބޭރުވި ކަރުނަތިކި ފޮހެލިއެވެ. ހަމައެއާއެކު އިތުރަށް ކަރުނަތައް އޭނާގެ ލޮލުން ފައިބައިގަތެވެ. ދެންވެސް ޒިވްޔާ އެކަރުނަތައް ވެސް ފޮހެލިއެވެ. ނަމަވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މަޑުޖެހުމަކަށް ހިޔާލު ކުރާހެނެއް ހިޔެއް ނުވެއެވެ.

“ކީއްވެތަ އެއްވެސް މީހަކު ޒިވީ ކާރީ ނުބުނީ..؟”

“ދޭ ވާ ވެއިޓިން ފޯ ޔޫ.”

“ފޯ ވަޓް؟”

“ފޯ ޔޫ..”

======================

އިޒިކިއަލް ޒިވްޔާގެ މޫނަށް ބަލާލި ގޮތުން އެބަސްތަކުގައިވީ މާނަ ޒިވްޔާއަށް ނަގައިގަނެވުނެވެ. “އެކަމަކު… އެކަމަކު ޒިވީއަށް އެއްވެސް އެއްޗެއް ހަނދާން ނުވިނަމަޔޯ؟” ޒިވްޔާއަށް އަހާލެވުނެވެ. “ވަޓް އިފް ދެޓްސް އޯލް ދެއަ އިޒް؟” ޒިވްޔާއަށް ހެވުނެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ހުނުމެއް ނޫނެވެ. އެހުނުމުގައިވީ ދިލަ ވޭނެވެ. “އައި ޑޯންޓް އީވެން ނޯ ވަޓް ހެޕެންޑް ޓު މީ.” ޒިވްޔާގެ ނޭވާ އަވަސް ވާން ފެށިއެވެ. އިޒިކިއަލް ވަގުތުން އެއްފިޔަވަޅު ފަހަތަށް ޖެހިލިއެވެ. ޒިވްޔާ އާއި ދުރަށެވެ. ޒިވްޔާއަށް ބޭނުންވާ ޖާގަ ދިނުމަށެވެ.

“އައި ވިލް ސްޓޭ ހިޔާ..” އިޒިކިއަލް މަޑުމަޑުން ބުނެލިއެވެ. “ޔޫ ޑޯންޓް ހޭވް ޓު ކަމް ކްލޯޒާ.”

ޒިވްޔާ އިޒިކިއަލާއި ދިމާއަށް ބަލާލިއެވެ. އެހިނދު އޭނާއަށް އެނގިގެން ދިޔައެވެ. އިޒިކިއަލް އޭނާ އަކާއި ގަދަކަމުން ކައިރި ވާކަށް ނޫޅެއެވެ. އަދި ދުރުވާކަށް ވެސް ނޫޅެއެވެ. އޭނާ ދުރަށް ޖެހިލީ ޒިވްޔާއަށް ނޭވާލާން ޖާގަ ދޭށެވެ. އެއާއެކު އޭނާގެ ހާސްކަން ކުޑަކޮށް ފަސޭހަވެލިއެވެ. އެހިނދު އޭނާ އިޒިކިއަލަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އޭނާ އިޒިކިއަލަށް މުޅި އެކު އިތުބާރު ކުރާތީއެއް ނޫނެވެ. އޭނާ ނޫނެކޭ ބުނި ކޮންމެ ފަހަރަކު ވެސް އިޒިކިއަލް އެކަން ބަލައިގަތެވެ. ޒިވްޔާ ނޭވާލާން ޖާގަ ބޭނުންވާއިރަށް އެޖާގަ ވެސް ދިނެވެ. އެންމެ ފަހަރަކު ވެސް ސުވާލެއް ނުކުރެއެވެ. އޭނާއަށް ހަޤީގަތް އެނގިހުރެވެހެވެ. އޭނާ އެންމެ ފަހަރަކުވެސް ޒިވްޔާ އަކީ މާޒީގެ ތެރެއަށް ގެއްލިފައިވާ މީހަކަށް ނުހަދައެވެ. އެފަދައިން އިހުސާސް ވިޔަވެސް ނުދިނެވެ.

“އަހަރެން.. ހީކުރީ… އެންމެން އަހަރެނަށް ތަފާތުކޮށް ކަންތައް ކުރަނީ ޕިޓީ ވާތީ ކަމަށް..” ޒިވްޔާއަށް ބުނެވުނެވެ.

އިޒިކިއަލް ދެފަރާތަށް ބޯހޫރާލިއެވެ. “އައި ނެވާ ޕިޓީޑް ޔޫ، ޒިވްޔާ. ނެވާ..”

“ދެން ކީއްވެ؟” ޒިވްޔާގެ އާދޭސް ކުރާ ފަދަ ރާގަކަށް އަހާލިއެވެ.

އިޒިކިއަލަށް ޖަވާބު ދެވެން ފެށުނީ ވިސްނާވެސް ނުލެވެނީހެވެ. “ބިކޯޒް އައި ޕްރޮމިސްޑް މައިސެލްފް..” އޭނާ ބުނަން އުޅުނި ބަސްތައް ކުއްލިއަކަށް ހުއްޓާލިއެވެ. އެއާއެކު ޒިވްޔާ އިޒިކިއަލަށް ފުން ނަޒަރަކުން ބަލާލިއެވެ. އިޒިކިއަލް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

“ދެޓް އިފް އައި އެވާ ސޯ ޔޫ ސްމައިލް އެގެއިން..” އިޒިކިއަލްގެ އަޑު މަޑުވިއެވެ. “އައި ވޮޒްންޓް ގޮއިން ޓު ބީ ދި ރީޒަން އިޓް ޑިސަޕެއަރޑް.”

އިޒިކިއަލްގެ ބަސްތައް އިވިފައި ޒިވްޔާ ވެސް މަޑުޖެހުނެވެ. އެހިނދު އޭނާގެ ހިތުގައި އިޒިކިއަލަށް ޓަކައި ހާއްސަ މަގާމެއް ދެވުނެވެ.

——————

އެނދުގައި އޮށޯވެލައިގެން އޮތް ދާނިޝް އޮތީ ސީލިނަށް ބަލަހައްޓައިގެނެވެ. އޭނާ އެފުށް މިފުށަށް ޖެހި ފުރޮޅި ފުރޮޅިލައި އޮންނަތާ މިހާރު އެތައް ގަނޑި އިރެއް ވެއްޖެއެވެ. ގަނޑިން ދަންވަރު 3 ވެސް ޖަހައިފިއެވެ. ނަމަވެސް މިރޭ ނިންޖަކީ އޭނާއަށް ބީރައްޓެއްސެކެވެ.

އޭނާގެ ފަޅައިގެންފައިވާ ތުންފަތް މިހާރު ރަނގަޅުވާން ފަށައިފައިވާއިރު އޭނާގެ ލޮލުގެ ދަށުގައިވާ ލަކުނުވަނީ ރީނދޫކުލައަކަށް އަރާފައެވެ. އޭނާ ލޯގަނޑަކަށް ބަލާލި ކޮންމެ ފަހަރަކު އެ ލަކުނުތައް ފެނިފައި ހަނދާނަށް އައީ އިޒިކިއަލްގެ ހަމަލާތަކެވެ.

ދާނިޝްގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެއީ ކާކު ކަން ނުބެލިޔަސް އެ މެސެޖު ފޮނުވީ ކާކު ކަން ދާނިޝަށް ވަރަށް ރަނގަޚަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އަޅާނުލި ތާނގައި ފޯނާއި ދިމާއަށް ބަލާވެސް ނުލިއެވެ.

ދެވަނަ ފަހަރަށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ދެންވެސް ދާނިޝަށް އެއަޑު އިވުނު ކަމަކަށް ހަދާ ވެސް ނުލިއެވެ. ތިން ވަނަ ފަހަރަށް މެސެޖެއް އައި އަޑު އިވުމާއެކު އޭނާ ފޯނު ނަގައި މެސެޖު ބަލާލުމެއް ވެސް ނެތި ފޯނު ޖީބަށް ލިޔެވެ. “އައޮ ހޭވް ޓު ޓެލް ހާ..” ދާނިޝް އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން މޫނުމަތީގައި އަތް ހިންގާލިއެވެ.  “އައި ހޭވް ޓު.”

………………………….

އެދުވަހު ކްލާސްތައް ނިމުނީ އެހެން ދުވަސްތަކަށް ވުރެ ލަހުންނެވެ. ކުދިންތައް ކޮރިޑޯތައް ފުރާލި އިރުވެސް ޒިވްޔާ ކުލާހުގައި އިށީނދެލައިގެން އިނީ ކުދިންތައް މަދުވަންދެކަށެވެ. އަޑުތައް މަޑުވާން ފެށުމާއެކު ޒިވްޔާ ކުލާހުން ނުކުމެލިއެވެ. އޭރު އެހިސާބުގައި ފެންނަން ހުރީ ހަމަ އެންމެ ދެތިން ކުއްޖެކެވެ. ޒިވްޔާ ލިފްޓަށް މަޑުކޮށްކޮށް ލަސްވާން ފެށުމުން ހިނގައިގަތީ ސިޑިން ފައިބާށެވެ. އޭނާ އެދިމާއަށް ހިނގައިގަތެވެ.

“ޒިވްޔާ.”

އިވުނު އަޑުން ޒިވްޔާއަށް ހީވީ އޭނާގެ ފައިގައި ކަސްތަޅު އެޅުވުނު ހެނެވެ. އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ދެން ވެސް އެމީހަކު ޒިވްޔާގެ ނަމުން ގޮވާލިއެވެ. އެއަޑު ކުރިން އިވުނު ފަހަރަށް ވުރެ މިފަހަރު ކައިރިއެވެ. ޒިވްޔާ ތެޅިތެޅި އޮތް ހިތަކާއެކު ފަސް އެނބުރި ބަލާލިއެވެ. ފެނުނު މީހާގެ ސަބަބުން ޒިވްޔާގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ. އޭނާގެ އަތުގެ ހޯލިތައް ކޮޅަށް ޖެހުނެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ. އާއެކެވެ، އޭނާގެ ކުރިމަތީގައި އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ފަނާކޮށްލި މީހާއެވެ. އޭނާގެ މުޅި ހަޔާތުގެ އުފާވެރިކަން ނިގުޅައިގަތް ނުބައި ނުލަފާ އަނިޔާވެރިޔާއެވެ. ދާނިޝެވެ.

“ހަމަ އެންމެ މިނަޓެއް ދީބަ.” ދާނިޝް ޒިވްޔާ އާއި ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

ޒިވްޔާ ފަހަތަށް ދެ ފިޔަވަޅު އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ދާނިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “ޕްލީޒް..” ދާނިޝް އޭނާގެ ދެއަތް މައްޗަށް ނެގިއެވެ. އޭނާގެ ބޮލާއި ހަމައަށެވެ. ޒިވްޔާއަށް ފެންނާނެ ގޮތަށެވެ. “މިއަށް ވުރެ ކައިރިއެއް ނުވާނަން. ހަމައެކަނި އަހަރެން ކިޔާ އެއްޗެއް އަޑުއަހާބަ. ހަމަ އެންމެ ފަހަރަކު.”

ޒިވްޔާގެ ނޭވާ ތާށިވާހެން ހީވާން ފެށިއެވެ. އޭނާގެ އަތްފައި ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ދެލޯ ކުރިމަތީގައި އޭނާގެ ނުނިމި އިން ކުރެހުން ސިފަވެގެން ދިޔައެވެ. ދާނިޝްގެ މޫނެވެ. ދުރުދުރުން އެއްކަލަ ރިންގްޓޯނުގެ އަޑުވެސް އިވޭހެން ހީވިއެވެ. ޒިވްޔާއަށް ހީވީ މީހަކު އޭނާގެ މޭ ފަޅާފައި ހިތުގައި ހިފާ ދަމައިގަތް ހެނެވެ. އަދި އަތު ތެރޭގައި ފިއްތާލައި ޗިސްޗިސް ކޮށްލި ހެނެވެ. އާއެކެވެ. އޭނާގެ ހިތުގައި އެހިނދު އަޅަމުން ދިޔައީ ދިލަ ވޭނެވެ. އޭނާގެ ހިތް ދިޔައީ ލޭކަރުނަ އަޅަމުންނެވެ. އެ މައުސޫމް ކުށެއް ނެތް ޒިވްޔާއަށް ޓަކައެވެ.

“އައި ޑިޑްންޓް-”

ދާނިޝްގެ ބަސްތައް ނުވެސް ނިމެއެވެ. ޒިވްޔާ ވަށާލީ ކަޅު އަނދިރި ކަމުންނެވެ. އޭނާއަށް ދުރުދުރުން މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ޒުވާބު ކުރާ އަޑެވެ. ނުބައި ގޮތަކަށް ހޭ އަޑެވެ. މީހެއްގެ ފުން ނޭވާގެ އަޑެވެ……… ޒިވްޔާގެ ގައިގައި ހޭކެމުން ދިޔަ އަތްތިލައެވެ. އޭނާގެ މުޅި ހަށިގަނޑުގައެވެ. އޭނާގެ-

ޒިވްޔާއަށް ހީވީ އޭނާގެ ގައިގައި އަޅާ މީހަކު ކޮށްޕާލީ ހެނެވެ. އެ ނުބައި ހަނދާންތަކުގެ ތެރެއިނެވެ. އޭރު އޭނާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. ދެލޮލަށް ކަރުނަގަނޑު ޖަމާވެފައިވީއިރު އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ކުރިއަށް ވުރެ ވެސް ބޮޑަށެވެ.

ޒިވްޔާއަށް އައި ކުއްލި ބަދަލު ދާނިޝަށް ވަގުތުން ފާހަގަ ކުރެވުނެވެ. “އިޓްސް އޯކޭ.. މިއަށް ވުރެ ކައިރިއެއް ނުވާނަމޭ.” ދާނިޝްގެ އަޑު ހެވާކޮޅެއް ހައި ވެސް މަޑެވެ. އޭނާ އަދިވެސް އަތްމައްޗަށް ނަގައިގެން ހުރެ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ.

ޒިވްޔާއަށް އަދިވެސް އޭނާގެ ގައިގައި އެ ހަޑިމުޑުދާރު އަތް ހޭކޭހެން ހީވިއެވެ. މިހާރު އޭނާއަށް ވަރަށް ރަނގަޅަށް އެރޭ އޭނާއަށް ވީގޮތް އެނގިއްޖެއެވެ. ހަނދާން ނުވިޔަސް ވެހެވެ. “ނޯ..” ޒިވްޔާގެ އަޑު ބޭރު ވެގެން އައީ ގިސްލުމާއެކުއެވެ. އޭނާ ބޯ ހޫރާލިއެވެ.

“ޒިވްޔާ ޕްލީޒް..” ދާނިޝް ހާސްވިއެވެ. އޭނާ ވަށައިގެން ބަލާލީ އެއްވެސް މީހަކު އެތާގައި ހުރިތޯއެވެ. “ޖަސްޓް ލެޓް މީ އެކްސްޕްލެއިން..”

ޒިވްޔާގެ މުޅި ދުނިޔެ ވެއްޔާ މޮޑެވިގެން ހަފުސް ވެގެން ދިޔައީ އެހިނދުއެވެ. އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅާހާލު އޭނާ ސިޑިއާއި ދިމާއަށް އެނބުރި ދުއްވައިގަތީއެވެ. ގައި ހުރި ބާރެއް ލާފައެވެ. އޭނާގެ ހިތާއި، ސިކުނޑިއާއި، ހަށިގަނޑުގައި ވިއްޔާ ވީހާ ގުނަވަނަކާއި، ނާރެއްވެސް އޭނާގާތު ރޮއެގަތީ ފިލާށެވެ. ނޫންނަމަ މީހުން ހުރި ހިސާބަކަށް ގޮސް ހިމާޔަތްކަން ހޯދާށެވެ.

ދާނިޝްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. އިސާހިތަކު އޭނާވެސް ޒިވްޔާގެ ފަހަތުން ފަހައި ގަތެވެ.

ޒިވްޔާ އަކަށް ދާނިޝް ގޮވާ އަޑު ނުވެސް އިވޭ ކަހަލައެވެ. ފަހަތުން ދާނިޝްގެ ފިޔަވަޅުތައް ވެސް ނީވޭ ކަހަލައެވެ. އޭނާ އެންމެ ފަހަރަކު ވެސް ފަސް އެނބުރި ބަލައެއް ނުލައެވެ. އޭނާއަށް އެނގުނީ އެންމެ ކަމެކެވެ. މިއޮށް ހުރިހާ ދުވަހު އޭނާ ނޯޓު ފޮތްތަކުގައި ކުރަހަމުން ދިޔަ މޫނު އެންމެފަހުން އޭނާއާއި ކުރިމަތިލީ ކަމެވެ. އޭނާގެ މާޒީގެ ކަޅު އަނދިރި ވިލާގަނޑު އައިސް ބޯމަތި ވެއްޖެ ކަމެވެ.

ގިސްލަމުން ރޮމުން ދިޔަ ޒިވްޔާ ސިޑިން ޖެހިގެން އިން ފްލޯއަށް ފައިބައި ދުއްވައިގަތީ ހޯލު ތެރެއަށެވެ. އޭނާއަށް އެއްވެސް އެއްޗެއް ރަނގަޅަކަށް ނުފެނެއެވެ. ފުސްކޮށް ހުދުކުލައިގެ ފާރުތަކާއި، ހުޅުވިފައި ހުރި ކުލާސްތަކުގެ ދޮރުތަކެވެ. ހައިރާންވެފައި ތިބި މީހުނެވެ. ފުސްކޮށެވެ.

ޒިވްޔާ އަކަށް ނުވެ ވިސްނުނެވެ. އޭނާގެ ފައި އެޅެނީ ކޮންތާކު ކަމެއް ވެސް އޭނާ އަކަށް ނޭނގުނެވެ. ބައެއް ފަހަރު މީހުންގެ ގައިގައި ޖެހިގަންނަމުން ކޮށްޕަމުން ޒިވްޔާ ދުވަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ވަނީ ހަމަ އެންމެ ލަނޑުދަނޑިއެކެވެ. ވީ އެންމެ ދުރަކަށް ދާށެވެ. ސަލާމަތްވާށެވެ.

ފަހަތުން ދާނިޝް ވެސް ދުވަމުން އައެވެ. ޒިވްޔާއަށް ގޮވަމުންނެވެ. “ޒިވްޔާ! އަހަރެން އެކްސްޕްލެއިން ކޮށްދިނަ ދީބަލަ!”

އެއަޑު އިވިފައި ޒިވްޔާ ގަތީ އިތުރަށް ބިރެވެ. އޭނާގެ ސިކުނޑީގައި އެއަޑު ތަކުރާރު ވަމުން ދިޔައެވެ. ދުރުދުރުން އޭނާގެ ހަނދާނުގެ ތެރެއަށް އިތުރު އަޑެއް ވެސް ފޭދެން ފެށިއެވެ. ނަމަވެސް އެ ކިޔާ އެއްޗެއް އޭނާ އަކަށް ނުވިސްނުނެވެ. ޒިވްޔާގެ މޭގައި ރިއްސަން ފެށިއެވެ. ނޭވާ ލާން އުނދަގޫ ވާން ފެށިއެވެ. ޒިވްޔާ އާއި ދާނިޝް ދާތަން ފެނިފައި ހޯލުގައި ތިބި އެންމެން އެދިމާއަށް އެނބުރި ބަލަން ފެށިއެވެ. ހާއްސަކޮށް ޒިވްޔާ ރޮމުން، ގިސްލަމުން ދިޔަ ގޮތުންނެވެ. އަދި ދާނިޝް ފަހަތުން ދުވަމުން ދިޔަ ގޮތުންނެވެ.

ޒިވްޔާއަށް މީހަކު ގޮވާހެން ހީވިއެވެ. ނަމަވެސް ޒިވްޔާ މަޑެއް ނުކުރިއެވެ. އެހެންނަމަވެސް ޒިވްޔާ ކަނަކުން އަޅާލަން އުޅުނު ވަގުތު ކުރިމަތިން އައި މީހާގެ ގައިގައި ވަރަށް ބާރަށް ޖެހުނެވެ. ނުވިސްނާ ހުރުމުން އެމީހެއްގެ އަތުގައި ހުރި ގަނޑުތައް ވެސް މުޅި ތަނަށް ބުރައިގެން ދިޔައެވެ. ޒިވްޔާ ފަހަތަށް ވެއްޓެން ދިޔައީ އެވަގުތެވެ. ތޫލި ހަޅޭކަކާއި އެކުގައެވެ.

“ވޮއަ!!” ހުށިޔާރު ކަމާއެކު ވަރުގަދަ ދެއަތުން ޒިވްޔާގެ އުނަގަނޑުގައި ހިފައި ކައިރިއަށް ދަމައިގަތެވެ. އެމީހަކު ޒިވްޔާ ހަމައަކަށް އަޅުވާލި ވަގުތު އެމީހަކަށް ޒިވްޔާގެ މޫނު ރަނގަޅަށް ފެނުނެވެ. ހިނދުކޮޅަކަށް އައިކަންގެ ދެއަތް ޒިވްޔާގެ އުނަގަނޑުގައި ބާރުކޮށްލެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެއަތް ދޫވެގެން ދިޔައީ ޒިވްޔާ ސިހިފައި ދުރަށް ޖެހިލިގޮތުންނެވެ. އަލިފާނުގައި ޖެހިގެން ފަދަ ގޮތަކަށެވެ. އައިކަނަށް ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ފާހަގަ ކުރެވުނީ އެހިސާބުންނެވެ. އޭނާ ވަގުތުން ޒިވްޔާގެ އުނަގަނޑުން އަތް ދުރުކޮށްލިއެވެ.

ޒިވްޔާގެ މަޑުމުށި ކުލައިގެ ރީތި ދެލޯ ވަނީ ރަތް ވެފައެވެ. އޭރުވެސް އެދެލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިަމުން ދިޔައެވެ. އޭނާގެ ނޭފަތް ވެސް ރަތްވެފައިވާ އިރު ތުންފަތް ދިޔައީ ތުރުތުރުއަޅަމުންނެވެ.

“ޒިވްޔާ..؟” ދެލޯ ބޮޑުކޮށްލާފައި އައިކަނަށް ގޮވާލެވުނެވެ. އޭނާގެ ހިތުގެ ކަނަކުން ކޮންމެވެސް ކަމެއް ވަރަށް ވެސް ގޯސް ވެއްޖެ ކަމުގެ އިންޒާރު ދޭން ފެށިއެވެ. ޒިވްޔާ އައިކަންގެ މޫނަށް ބަލާވެސް ނުލިއެވެ. އޭގެ ގަދަލުގައި އޭނާ ފަސް އެނބުރި ފުރަތަމަ ފަހަރަށް ބަލާލިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ.

އައިކަން ވެސް ޒިވްޔާގެ ދެލޯ ދަތުރުކުރި ދިމާއަށް ބަލާލިއެވެ. ދުރުގައި އެތަކެއް ފޫޓު ދުރުގައި މާނޭވާ ލަމުން ހުއްޓިގެން ހުރި ދާނިޝް އައިކަންގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހުއްޓިގެން ހުރީއެވެ. ދާނިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރަށް ވެސް ތަފާތު އިހުސާސްތަކެކެވެ. ވާނުވާ ނޭނގިފައި ހުރި ކަމެވެ. ހާސް ކަމެވެ. ކޮންމެވެސް ވަރަކަށް ކުށް ވެރިއެއްގެ މޫނުމަތިން ފެންނާނެ އަސަރު ވެސް ފެނިގެން ދިޔައެވެ.

އައިކަން އަނބުރާ ޒިވްޔާގެ މޫނަށް ބަލާލިއެވެ. ޒިވްޔާ އޭރުވެސް މާނޭވާ ލަނީއެވެ. އޭނާގެ އަތުގެ އިނގިލިތައް ވެސް ތުރުތުރު ލަނީއެވެ. ޒިވްޔާގެ މޫނުމަތިން ފެނިގެން ދިޔައީ ބިރެވެ. އިންތިހާއަށް ބިރެވެ. އެއާއެކު އައިކަން ދަތްކުނޑި ވިކިގެން ދިޔައެވެ. އޭނާ އޭނާގެ އަތުން ވެރުނު ގަނޑުތައް ނަގާކަށް ނުވެސް އުޅުނެވެ.

“ޒިވްޔާ.” އައިކަން ގޮވާލިއެވެ. ޒިވްޔާޣެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ޒިވްޔާގެ ދެލޯ އަމާޒުވެފައި ވަނީ ދާނިޝަށެވެ. އޭނާ ގަނޑުވެފައި ހުރި ކަހަލައެވެ.

“ހޭ..” އައިކަންގެ އަޑުގައި ވީ މަޑުމައިތިރި ކަމެވެ. އޯގާތެރި ކަމެވެ. “ލުކް އެޓް މީ، ޑަރލިން.”

ޒިވްޔާ އައިކަނާއި ދިމާއަށް އެނބުރެލިއެވެ. ވަރަށް ވެސް ހާލުންނެވެ. އޭނާގެ މަޑުމުށި ކުލައިގެ ދެލޯ އައިކަންގެ އަޅިކުލައިގެ ފުން ދެލޮލާއި ބައްދަލު ވެގެން ދިޔައެވެ. ވަގުތުން ޒިވްޔާ ދުރަށް ބަލާލިއެވެ. މީހުންގެ ލޮލަށް ބަލަން އޭނާއަށް ކެތްނުވާ ފަދައިނެވެ.

އައިކަން ހިންދިރުވާލިއެވެ. މިއީ ޒިވްޔާއަށް އުނދަގޫ ކުރަންވީ ވަގުތު ނޫންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. “ވަޓް ހެޕެންޑް؟”

ޒިވްޔާ ޖަވާބެއް ނުދިނެވެ. އައިކަން އަނެއްކާވެސް ދާނިޝް ހުރި ދިމާއަށް ބަލާލިއެވެ. ނަމަވެސް އޭރު ދާނިޝްގެ ހިލަމެއް ވެސް ނެތެވެ. ދާނިޝް ފިލީއެވެ. އައިކަންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ ޒިވްޔާގެ ކުރިމައްޗަށް ޖެހިލިއެވެ. އެމަންޒަރު ބަލަމުން ތިބި މީހުންގެ ލޯތަކުން ޒިވްޔާ ފޮރުވާލެވޭނެ ފަދަ ގޮތަކަށެވެ. “ދި ޝޯވް އިޒް ފަ*ން އޯވާ. ގެޓް ދި ފަ* އައުޓް އޮފް ހިޔާ ބިފޯ އައި މޭކް ޔޫ ޑޫ އިޓް މައިސެލްފް.” އައިކަން އެމީހުނަށް އިންޒާރުގެ ނަޒަރެއް ދިނެވެ. އެއާއެކު އެންމެން އެކި ދިމަދިމާއަށް ހިނގައިގަތެވެ.

=================================

މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Lol

    Aikan or Izikial. Dhekolhu dhekolhah meehaa mihaaru dhany

    1. Shyyyms
      Lol

      Same😭

  2. Mal

    Whn is thr next part coming… Vrh reethi vhk eh…… Waiting for thr next part.

    1. Shyyyms
      Mal

      Thank u🩷

  3. QUEEN-BEE

    vrh reeethi

Comments are closed.