
ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 36

ދާނިޝްގެ ބަސްތައް ފުރިހަމަ ނުވަނީސް އިޒިކިއަލްގެ މުށްކެވިފައިވީ އަތުގެ ހޫނު ހަމަލާ އަރައިގެން ދިޔައީ ދާނިޝްގެ ކޯކަށިގަނޑަށެވެ.
=========================
ދާނިޝް ފަހަތަށް އެއްލިގެން ދިޔައެވެ. ނަމަވެސް އިޒިކިއަލް ދެންވެސް ދާނިޝްގެ ކަރުވަޅަކުން ދުލެއް ނުކުރެއެވެ. “ވަޓްސް.. ރޯންގް ވިތު ޔޫ؟!!” ދާނިޝް ހަޅޭލަވައިގަތެވެ. އޭރު އޭނާގެ އަނގައިން ލޭގަނޑު ހޯސްލާފައި ފައިބަމުން ދިޔައެވެ. އެއާއެކު އިޒިކިއަލްގެ ދެވަނަ ހަމަލާ ދާނިޝްގެ ނޭފަތަށް އަރައިގެން ދިޔައެވެ. އެހިސާބު ގަނޑުގައި ދާނިޝްގެ ވޭނީ ހަޅޭކުގެ އަޑު ގުގުމާލިއެވެ.
“ދި ރޯޒެސް.” އިޒިކިއަލް އަނެއްކާވެސް ދާނިޝްގެ މޫނުމަތީގައި އަތްމުށްކަވާފައި ޖެހިއެވެ. “ކަލޭ އޭނާ އެތަނަށް އެއްލާލީ!”
ދާނިޝްގެ ދެލޯ ބޮޑުވިއެވެ. “އިޒިކިއަލް ކީކޭތަ ތިކިޔަނީ؟!”
“ޔޫ ލެފްޓް ހާ ދެއާ!! ޔޫ ފަ*ން ސައިކޯ!!!” އިޒިކިއަލް ދާނިޝްގެ ގައިގައި އަޅާ ބިންމައްޗަށް ކޮށްޕާލިއެވެ. އަދި ދާނިޝްގެ ބަނޑުމަތީގައި އިށީނދެ ހަމަލާ އަކަށް ފަހު ހަމަލާއެއް ދެމުން ގެންދިޔައެވެ. އޭރު އެތަނަށް ކުދިންތައް އޮތީ އެއްވެފައެވެ. އެއްބަޔަކު ހަޅޭލަވަނީއެވެ.
ކޮންމެވެސް މީހަކު އިޒިކިއަލް ދާނިޝާއި ދުރުކުރަން އުޅުނެވެ. ނަމަވެސް އިޒިކިއަލް އެމީހަކު ވެސް ކޮށްޕާލުމަށްފަހު ދާނިޝްގެ ގިރުވާނުގައި އަނެއްކާވެސް ހިފައިގަތެވެ. “ޔޫ ބާސްޓާޑް! އައި ފައުންޑް ހާ…” އިޒިކިއަލްގެ އަޑު ކުރުހުނެވެ. “…. އައި ފައުންޑް ހާ އަންކޮންޝިއަސް.. ޝީ ކުޑްންޓް އީވެން..” އިޒިކިއަލްގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. “ކަލޭ!!! ގޮތްކުޑަކަން! ހަޔާތްކުޑަ ޖަނަވާރުގަނޑު!”
“އައި ޑިޑްންޓް-” ދާނިޝް ބުނަން އުޅުނެވެ.
“ދޮގު ނުހަދާ! އެހެންނޫނީ އުމުރު ދުވަހަށް ތި މުޑުދާރު ދެއަތް ބޭނުން ނުކުރެވޭ ވަރުކޮށްލަފާނަން!” އިޒިކިއަލެކޭ ވަލު ޖަނަވާރެކޭ ތަފާތެއް ނެތެވެ. އޭނާ ދާނިޝަށް ހަމަލާއަކަށް ފަހު ހަމަލާއެއް ދެމުން ދިޔައެވެ. “އަހަންނަށް އެނގޭ އެއީ ކަލޭކަން މިހާރު!”
“އިޒިކިއަ-”
“އަނގަމަޑުންލާ.”
“އައި ޑިޑްންޓް ޓަޗް ހާ!” ދާނިޝް ހަޅޭލަވައިގަތެވެ. ވަރަށް އަވަސް އަވަހަށެވެ. ހީވީ ކަމެއް ސިއްރު ކުރަން އުޅުން ހެނެވެ.
އިޒިކިއަލްގެ ހަޅޭކުގެ އަޑު އިވިގެން ދުވެފައި އެދިމާއަށް ޒިވްޔާ އައެވެ. ފުރަތަމަ އޭނާ ހީކުރީ އިޒިކިއަލާއި އައިކަން އަނެއްކާވެސް މޮޔަވެގެން ތަޅާފޮޅަނީ ކަމަށެވެ. ނަމަވެސް އެވަގުތު ޒިވްޔާއަށް އަޑު އިވުނު ބަސްތަކުން އޭނާ ހުއްޓުން އެރިއެވެ.
“އައި ފައުންޑް ހާ.” އިޒިކިއަލްގެ އަޑުގައިވީ އިންތިހާ ރުޅިވެރިކަމާއި ވޭނެވެ.
ޒިވްޔާ މީހުންގަނޑު ކޮށްޕަން ފެށިއެވެ. އަވަސް އަވަހަށް އިޒިކިއަލާއި ހަމައަށް ފޯރޭތޯއެވެ. އޭނާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ. އިޒިކިއަލް ހަމަލާ ދެމުން ދިޔައީ އައިކަނަކަށް ނޫނެވެ. ދާނިޝަށެވެ. ޒިވްޔާއަށް ވާނުވާ ރޭކާލީ އެހިސާބުންނެވެ.
“އިޒިކިއަލް..” ޒިވްޔާ ހާސްވީވަރުން ގޮވާލިއެވެ. ނަމަވެސް އިޒިކިއަލަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އިޒިކިއަލް އޭނާގެ އަތް މުށްކަވާލާފައި އަތްމަޅާލީ އަނެއްކާވެސް ދާނިޝްގެ މޫނުމަތީގައި އެތިފަހަރެއް އަޅަންށެވެ.
“އިޒިކިއަލް!!!” ޒިވްޔާ ބާރަށް ގޮވާލިއެވެ.
އިޒިކިއަލްގެ އަތް މަޑުޖެހުނެވެ. އޭނާ ފަސްއެނބުރި ޒިވްޔާއަށް ބަލާލިއެވެ. އެހިނދު އޭނާގެ އަތްފައި ފިނިވެގެން ދިޔައެވެ. އަރުގައި ނޭވާ ތާށި ވެގެން ދިޔައެވެ. މަޑުމަޑުން އޭނާގެ އަތް ތިރިކޮށްލެވުނެވެ. ދާނިޝް ވަގުތުން އިޒިކިއަލްގެ ގައިގައި އަޅައި ކޮށްޕާލައި ދެމި ގަތެވެ. ސަލާމަތް ވުމަށެވެ. ބާސްކެޓްބޯޅަ ޓިމުގެ ކުޅުންތެރިންތައް އެތަނަށް ޖަމާވެފައި ހުރި މީހުންތައް ފައްސަން ފެށިއެވެ.
އަރިމައްޗަކަށް ވެއްޓުމާއެކު އިޒިކިއަލަށް އަނެއްކާވެސް ބަލާލެވުނީ ޒިވްޔާ އާއި ދިމާއަށެވެ. “ޒިވް-ޔާ..”
“ޔޫ…” ޒިވްޔާގެ އަޑު މަޑުކަމުން އިވުނީ ކިރިޔާއެވެ. “ޔޫ ފައުންޑް މީ…؟” ޒިވްޔާއަށް އަހާލެވުނެވެ. އިޒިކިއަލް އޭނާގެ ދެލޯ މަރާލިއެވެ. ޒިވްޔައަށް ވީގޮތް އޭނާއަށް އެނގޭކަން އަންގަން ބޭނުންވީ އެހެނެއް ނޫނެވެ. “ޑެމްން އިޓް..” ދަނޑިވަޅު ބަލާފައި ދާނިޝް ފިލީކަން އެނގުމުން އިޒިކިއަލް ގޮށްމުށް ކަވާފައި ބިންމަތީގައި ޖަހާލިއެވެ.
ޒިވްޔާ އަކަށް ހަނދަން ވީ ގޮތެއް ނޭނގުނެވެ. އޭނާ ހިނދުކޮޅަކަށް އައިކަނާއި ދިމާއަށް ބަލަހައްތައިގެން ހުއްޓެވެ. އެއަށްފަހު ދަތްކުނޑި ވިކާލަމުން އޭނާ ފަސް އެނބުރި ހިނގައިގަތެވެ. ގައި ހުރި ބާރެއްލާފައި ވީ އެންމެ އަވަސް އަވަހަކަށެވެ.
ޒިވްޔާ ދާތަން ފެނުމުން އިޒިކިއަލަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް އޮތްތަނުން ތެދުވެ ޒިވްޔާ ފަހަތުން ދުއްވައިގަނެވުނެވެ. ބޭއިޚްތިޔާރުގައެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. “ޒިވްޔާ..” އައިކަން މާނޭވާލަމުން ގޮވާލިއެވެ. އޭނާ ދުވުން މަޑުކޮށްލީ ޒިވްޔާއަށް ވުރެ ކުޑަ ތަންކޮޅެއް ފަހަތުގައެވެ. ނަމަވެސް އޭނާ ހިނގަމުން ދިޔައެވެ. “ޒިވްޔާ ޕްލީޒް..” އާދޭސް ކުރާ ރާގަކަށް އިޒިކިއަލަށް ބުނެވުނެވެ.
ޒިވްޔާ އޭނާގެ ހިނގުން އިތުރަށް އަވަސްކޮށްލިއެވެ. އިޒިކިއަލް އިތުރަށް ހާސްވިއެވެ. “ޕްލީޒް. ލެޓް މީ އެކްސްޕްލެއިން. ޖަސްޓް.. ޖަސްޓް ގިވް މީ 5 މިނަޓްސް. އުހުން. ހަމަ އެންމެ ދެ މިނަޓް.” އިޒިކިއަލް ވާހަކަ ދައްކަމުން ދިޔައީ އަވަސް އަރުވާލާފައެވެ.
އެންމެފަހުން ޒިވްޔާ ހުއްޓުނެވެ. އެއާއެކު އިޒިކިއަލް ވެސް ހުއްޓުނެވެ. އަދި ހިންދިރުވާލިއެވެ. ޒިވްޔާ ފަސް އެނބުރި އިޒިކިއަލަށް ބަލާލިއިރު ޒިވްޔާގެ ރީތި ދެލޮލުގައި ވަނީ އިންތިހާ ވޭނެވެ. އިޒިކިއަލަށް ހީވީ މީހަކު އޭނާގެ ބަނޑުގައި އިތިފަހަރެއް އަޅާލި ހެނެވެ. ޒިވްޔާގެ ދެލޮލުގައި އެވާ ވޭނާއި ޝަކުވާ ފެނިފައި އޭނާގެ ހިތް ވެސް ކުދިކުދިވި ކަހަލައެވެ. ވަގުތުން ޒިވްޔާ ގެނެސް މޭގައި ބޮނޑިކޮށްލަން ބޭނުންވިއެވެ. ބޮލުގައި ލޯބިން ފިރުމާލަން ބޭނުންވިއެވެ. އެތަކެއް ވަޢުދަކާއި ހުވައެއް ކުރަން ބޭނުންވިއެވެ. އުމުރަށް ޒިވްޔާއަށް ރައްކާތެރިކަން ދޭނެ ކަމަށެވެ. ޒިވްޔާގެ އައްޑަނައަކަށް ވުމަށެވެ.
ޒިވްޔާގެ ތިރީ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. ކިތަންމެ ވަރަކަށް އަމިއްލަ އިހުސާސްތައް ހަމައަކަށް އަޅުވަން އުޅުން ނަމަވެސް ޒިވްޔާ އަކަށް އެކަމެއް ނުވިއެވެ. “ޔޫ ނިއު..” ޒިވްޔާގެ އަޑު އިޒިކިއަލްގެ ކަންފަތާއި ހަމައަށް ފޯރީ ހަމަ ކިރިޔާއެވެ. އޭނާގެ އަޑު އެހާ ވެސް މަޑެވެ.
އިޒިކިއަލްގެ އަތް ތުރުތުރު އަޅަންފެށިއެވެ. އޭނާގެ އަތުން ޒިވްޔާ ބީވަނީއޭ ހިތަށް އެރިއެވެ. “ޔެއަ..” އިޒިކިއަލްގެ އަޑު ވެސް ހަމަ އެހާމެ މަޑެވެ.
“އޯލް ދިސް ޓައިމް.. ޔޫ.. ނިއު..؟” ޒިވްޔާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެއާއެކު އިޒިކިއަލަށް މަޖުބޫރުވީ ހިނދުކޮޅަކަށް ލޯ މަރާލާށެވެ. އޭނާގެ ހިއްސުތަކަށް ވިސްނާދޭށެވެ. ޒިވްޔާ ގެނެސް އޭނާގެ އަތުތެރޭގައި ފޮރުވާލަން ކިތަންމެ ބޭނުންވިޔަސް، ޒިވްޔާ އަކީ އޭނާގެ ހައްޤެއް ނޫނެވެ. ޒިވްޔާގެ ހިތް ވަނީ އައިކަން މިލްކު ކޮށްފިއެވެ. އެހެންނޫނަސް މިވަގުތު އެންމެ މުހިންމީ ޒިވްޔާގެ ނަފްސާނީ ހާލަތެވެ. އޭނާގެ އަމިއްލަ އެދުންވެރިކަމެއް ނޫނެވެ. “އާން..” އިޒިކިއަލް ޖަވާބު ދިނެވެ. އަދި އަމިއްލަ ނަފްސަށް އަޑުލަމުން ހަމއަކަށް އަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ.
“ކިހިނެއް…؟” ޒިވްޔާ އެއްސެވެ.
“އަހަރެން ހުރިން އެތާ..” އިޒިކިއަލް ހިންދިރުވާލިއެވެ.
“އެތާ ކޮންތާކު؟” ޒިވްޔާ ހުރީ ކަޅި ޖަހާނުލައި އިޒިކިއަލްގެ މޫނަށް ބަލަހައްޓައިގެނެވެ.
“އެރޭ.. އެތާގަ..” އިޒިކިއަލް ތެދު ދެތަށް ބުންޏެވެ.
ޒިވްޔާގެ ނޭވާ ކުރުވިއެވެ. އިޒިކިއަލްގެ ބަސްތައް ނަގައިގަންނަން އޭނާއަށް އިރުކޮޅެއް ބޭނުންވިއެވެ. އެހެންވީމާ މިއޮށް ހުރިހާ ދުވަހު އިޒިކިއަލަށް ހަޤީގަތް އެނގޭތާއެވެ. ފުރަތަމަ ޒިވްޔާއަށް އިހުސާސް ކުރެވުނީ އިޒިކިއަލް އޭނާއަށް އޮޅުވާލީ ކަމަށެވެ. ދޮގު ހެދީ ކަމަށެވެ. އެހެންނަމަވެސް ދެން އޭނާގެ ހަނދާނަށް އައެވެ. ނޫނެކެވެ. އިޒިކިއަލް އެހެނެއް ނުހަދާނެއެވެ. އިޒިކިއަލް އޭނާ އާއި ދޭތެރޭ ކަންތައް ކުރީ ވަރަށް ވެސް ރަނގަޅަށެވެ. އެހެންމީހުން އޭނާ އާއި މެދު ބަލި މީހެއްގެ ގޮތުގައި ކަންތައް ކުރިއިރު.. އިޒިކިއަލް.. އިޒިކިއަލް ކަންތައް ކުރީ އެހެނެއް ނޫނެވެ. އެހެން މީހުންގެ އަމަކު ތަކުން އޭނާއަށް އެކަނިވެރިކަން އިހުސާސް ކުރެވުން އިރު އިޒިކިއަލް އޭނާ އާއި ވާހަކަ ދެއްކީ ކުރިއެކޭ އެއްފަދައިނެވެ. އެއްވެސް ފަހަރަކު ‘އާ ޔޫ އޯކޭ..؟ ބީ ކެއަފުލް..’ އެކޭ ނުބުނެއެވެ.
“ޒިވީ އަކަށް…” ޒިވްޔާގެ އަޑު ކުރުހުނެވެ. އޭނާ ނޭފަތް ދަމާލިއެވެ. “..އެއްވެސް އެއްޗެއް ހަނދާނެއް ނުވޭ..”
އިޒިކިއަލްގެ ހިތުގައި ރިއްސާލިއެވެ. “އެނގޭ އެކަން..”
“އެއީ..؟”
“ޕޮލިސް ކިޔާދިން.”
ޒިވްޔާ އިތުރަށް އެނގެން ބޭނުންވިއެވެ. އޭނާގެ ހިތަށް ކިތަންމެ ތަދު ވިޔަހެވެ. ކިތަންމެ ބިރު ގަތަސް ވެހެވެ. އޭނާ އިތުރަށް ފިލާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް ހަޤީގަތް އެނގެން އެބަ ޖެހެއެވެ. ހަޤީގަތުން ފިލައިގެން އޭނާއަށް ލިބޭނެ އެއްވެސް ފައިދާއެއް ދެން ނެތެވެ. ޒިވްޔާ އިޒިކިއަލާއި ދިމާއަށް ފިޔަވަޅެއް އެޅިއެވެ. އޭރު އެދެލޮލުގައި ތަފާޓު ވިދުވަރެއް ވިޔެވެ. “ޓެލް މީ ވަޓް ހެޕެންޑް.” ޒިވްޔާގެ އަޑުގައިވަނީ ސާބިތު ކަމެވެ.
އިޒިކިއަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ދުރަށް ބަލާލިއެވެ. އޭނާގެ ދެލޯ ކުރިމަތީގައި އެރޭ ޒިވްޔާ އޮތްގޮތް ފެނުން ކަހަލައެވެ. އެއާއެކު އޭނާއަށް ދަތްކުނޑި ވިކާލެވުނެވެ. އޭނާ އެހުރިހާ އެއްޗެއް ޒިވްޔާއަށް ކިޔާދޭނީ ވަކި ކިހިނަކުން ހެއްޔެވެ؟ އޭނާގެ މުޅި ދިރިއުޅުމުގައި ހިނގާދިޔަ އެންމެ ބިރުވެރި ހާދިސާ އަކީ އެއީއެވެ. މިހާރު ވެސް އޭނާގެ ހުވަފެންތަކުގައި އެމަންޒަރު ފެނެއެވެ. އޭނާއަށް ނުވެސް ނިދެއެވެ. ނިދޭ އިރަށް ހޭލެވެނީ ބިރުންގޮހެވެ.
“ޓެލް މީ.” ޒިވްޔާ އިތުރު ފިޔަވަޅެއް އިޒިކިއަލާއި ކައިރިއަށް އަޅާލިއެވެ. އޭނާ އެހާދިސާއަށް ފަހު އިޒިކިއަލާއި ދެމެދު ބަހައްޓާ ދުރުމުން ފަހަނަ އަޅައި ދިޔައެވެ. ނަމަވެސް މިއަދު ޒިވްޔާ ހުރީކީ ގޮތް ދޫކުރާކަށް ނޫނެވެ. ޒިވްޔާ ހުރީ އޭނާގެ އެންމެ ބޮޑު ބިރާއި ކުރިމަތިލާން ޖެހިއްޖެނަމަ އެޔާއި ވެސް ކުރިމަތިލާށެވެ. އޭނާ ތައްޔާރުވީތީކީ ނޫނެވެ. ނަމަވެސް އޭނާ މިހާރު އަނދިރީގައި އެތައް ދުވަހެއް ހޭދަ ކުރެވިއްޖެއެވެ. އިތުރަށް އެ އަނދިރި ކިއްލާގައި އެންމެ ހިނދުކޮޅެއް ވެސް ހޭދަކުރުމަކީ އޭނާއަށް ވާނެ ކަމެއް ނޫނެވެ.
“ޒިވްޔާ.. ވީ ވާ ޓޯލްޑް ޓު ނޮޓް ފޯސް ޔޫ ޓު ރިމެމްބާ.” އިޒިކިއަލް ޒިވްޔާއަށް ބަލާލިއެވެ. އާދޭސް ކުރާ ފަދަ ގޮތަކަށެވެ.
“ލާސްޓް ޗާންސް. އިޒިކިއަލް.” ޒިވްޔާ އިތުރަށް ކައިރިއަށް ޖެހިލިއެވެ. އެއާއެކު އިޒިކިއަލަށް މަޖުބޫރުވީ ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު ހިފަހައްޓާލާށެވެ. މިދިޔަ ހަފްތާ ތަކުގެ ތެރޭގައި އިޒިކިއަލަކާއި ޒިވްޔާ މިހާ ކައިރިވެސް ނުވެއެވެ. އެހެންކަމުން ހަޤީގަތް އެނގެން ޒިވްޔާ ބޭނުންވެފައި ހުރި ވަރެ އިޒިކިއަލަށް އެނގިގެން ދިޔައެވެ. އިޒިކިއަލް ދެފަރާތަށް ބޯހޫރާލަމުން އަމިއްލަ ނަފްސަށް އަޑުލިޔެވެ.
“ޔޫ.. ޑިސެޕެއަރްޑް.” އެންމެފަހުން އިޒިކިއަލް ބުނެލިއެވެ. އެއާއެކު ޒިވްޔާ ހުރިތާގައި ހުއްޓުނެވެ. ޒިވްޔާ ބަލަހައްޓައިގެން ހުރި ގޮތުން އިތުރަށް އެނގެން ބޭނުންވެފައި ހުރިކަން ހާމަ ވެގެން ދިޔައެވެ. އިޒިކިއަލް ބޯ ހޫރާލީ އޭނާއަށް އިތުރު ގޮތެއް ނެތްކަން އެނގުމުންނެވެ.
“ވިޝާލް ޕްރޭންކް ކުރީ.. އެން އައި ޑޯންޓް ނޯ ވަޓް އެގްޒެކްޓްލީ ދޭ ޑިޑް. އެކަމް ހަޔާލާއި، ޔަޝްމީ ހޯދުން އިރު ވެސް ޒިވްޔާއެއް ނުފެނުން. އަހަރެމެން ޒިވީ ހޯދަން ފެށީ އެހިސާބުން.”
“ހޫ އެލްސް ވާ ދެއަ؟”
“އަހަރެން، ޔަޝްމީ، ހަޔާލް، ވިޝާލް، ޝަޔާލް، ހިޝާމް… ދެން…” އިޒިކިއަލް ދަތްކުނޑި ވިކާލިއެވެ. ޒިވްޔާގެ ކުރިމަތީގައި އެނަން ކިޔަންވެސް އޭނާގެ ގާތަށް ރުޅިއައެވެ. “.. ދާނިޝް.” ދާނިޝްގެ ނަމާއެކު އޭނާގެ ދުލުގައި ހިތިރަހަ ލީހެން ހީވިއެވެ.
ޒިވްޔާ ހިންދިރުވާލިއެވެ.
“އަހަރެމެން ބެހިލައިގެން ޒިވްޔާ ހޯދަންފެށީ.. ދެން..” އިޒިކިއަލްގެ ދެލޯ ކުރިމަތީގައި އަނެއްކާވެސް ޒިވްޔާ އިތްގޮތް ސިފަވެގެން ދިޔައެވެ. “ހަޔާލް ހަޅޭލަވައިގަތް އަޑު އިވުނީ.. ދެން…” އިޒިކިއަލަށް ހީވީ އޭނާގެ ކަރުތެރޭގައި ވެލި ކަރުދާސް ހުރިހެނެވެ. “..ވީ ފައުންޑް ޔޫ..”
“ކަންތާކު..؟” ހިތްވަރުކޮށްފައި ޒިވްޔާ އަހާލިއެވެ. އޭރު އޭނާގެ އަތްފައި ތުރުތުރު އަޅަމުން ދިޔައެވެ. “ޔަޝްމީމެން ގޭ.. ރޯޒް ބުޝް ތެރޭގައި..” އިޒިކިއަލަށް މަޖުބޫރުވީ އެބަސްތައް ގަދަކަމުން ބޭރު ކުރާށެވެ. އޭނާގެ ކަރުތެރެ އެއްކޮށް ބެދުނު ކަހަލައެވެ.
ޒިވްޔާގެ އަތް އޭނާގެ ދަށްބަނޑުގައި ހިންގާލެވުނީ ބޭއިޅްތިޔާރުގައެވެ. “ހޭނެތިފަ..؟”
“އާން..”
“އިންޖަރޑް..؟”
“ހުމް.”
“ހައު ބޭޑްލީ..؟” ޒިވްޔާގެ ލޮލުން ކަރުނައިގެ އާރެއް ނީރާލިއެވެ. އެއާއެކު އިޒިކިއަލްގެ އޭނާގެ ދެއަތް މުށް ކަވާލިއެވެ. ޒިވްޔާގެ ލޮލުން އެކަރުނަތައް ފޮހެލަން އެދެވުމުންނެވެ.
“ޔޫ ހޭޑް.. ކަޓްސް… ބްރޫޒެސް… އެން…” އިޒިކިއަލް ބޯ ހޫރާލިއެވެ. އޭނާގެ ސިކުނޑީގައި ސިފަވި މަންޒަރު ފޮހެލާށެވެ. “އަހަރެމެން އެމްބިއުލާންސަކަށް ގުޅީ… ހޮސްޕިޓަލަށް ގެންގޮސް.. ޕޮލިހުން ހަރަކާތްތެރި ވާން ފެށީ. ޔޫ ވާ ދެއާ ފޯ އެ ފިއު ޑޭސް.”
ޒިވްޔާ ފުން ނޭވާއެއްލިއެވެ. އަދި އޭނާގެ ލޮލުން ބޭރުވި ކަރުނަތިކި ފޮހެލިއެވެ. ހަމައެއާއެކު އިތުރަށް ކަރުނަތައް އޭނާގެ ލޮލުން ފައިބައިގަތެވެ. ދެންވެސް ޒިވްޔާ އެކަރުނަތައް ވެސް ފޮހެލިއެވެ. ނަމަވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މަޑުޖެހުމަކަށް ހިޔާލު ކުރާހެނެއް ހިޔެއް ނުވެއެވެ.
“ކީއްވެތަ އެއްވެސް މީހަކު ޒިވީ ކާރީ ނުބުނީ..؟”
“ދޭ ވާ ވެއިޓިން ފޯ ޔޫ.”
“ފޯ ވަޓް؟”
“ފޯ ޔޫ..”
==========================
އުއްމީދު ކުރަން މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
Damn Izekial. He makes it harder to choose aikan everyday. Btw this prt is epic. I hope that bastard Dhaanish gets his punishment
😭
it make me cry, i feel bad for her
when next i want to read the next part so badly
🩷