Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 30

Listen to this story Audio · 16:13 Powered by Esfiya Voice
0:00 16:13

“ކީއްވެ…” އޭނާއަށް އެހެން ބުނެވުނީ ކީއްވެ ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އޭނާއަށް އެ އެހެވެނީ ކޮން ކަމަކާ ކަމެއް ވެސް ހަމަހިލާ ނޭނގުނެވެ.

އެއަޑު އިވިފައި އޭނާ އެހާ ބިރުގަތީ ކީއްވެ ހެއްޔެވެ؟

އެއަޑު އިވިފައި އެހާ ބޮޑަށް މުޅި ގައިގައި އާއި ހިތުގައި ވޭން އަޅަން އެ ފެށީ ކީއްވެ ހެއްޔެވެ؟

އޭނާއަށް އެއްވެސް ކަމެއް ހަނދާން ނުވަނީ ކީއްވެ ހެއްޔެވެ؟

ކުއްލިއަކަށް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އަޑު އައި ގޮތުން އެމީހަކު ހިނގާފައި އެއަންނަނީ ވަރަށް އަވަސް އަވަހަށްކަން ފާހަގަ ކުރެވުނެވެ. ޒިވްޔާ އަވަސް އަވަހަށް ދެލޯ މަރާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލައި މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ޒިވްޔާ ދެލޯ ހުޅުވާލީ އެމީހަކު އޭނާގެ ކުރިމައްޗަށް އައިސް މަޑު ކުރިހެން ހީވުމުންނެވެ. ޒިވްޔާ ދެލޯ ހުޅުވާލީ އެމީހަކު އޭނާގެ ކުރިމައްޗަށް އައިސް މަޑު ކުރިހެން ހީވުމުންނެވެ.

============================

 

ކުރިމަތީގައި ހުއްޓިލައިގެން ހުރީ ދެވަނަ ދެމީހެއް ނޫނެވެ. އިޒިކިއަލެވެ. ހިނދުކޮޅަކަށް އިޒިކިއަލްގެ މޫނުމަތިން ހަމްދަރުދީގެ ކުލަވަރެއް ދަތުރުކޮށްލިހެން ހީވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ކުލަވަރު ފަރުދާކޮށްލީ އިޒިކިއަލްގެ ލާނެތް ހިނިތުންވުމުންނެވެ. “ވެލް،”

ޒިވްޔާ އިޒިކިއަލަށް ބަލާލިއެވެ.

“ޒިވްސް މިހާރު ފިލަން ވެސް ހާދަ ވަރަކަށޭ ދޯ މޮޅީ. ނިއު ޓެލެންޓެއްތަ؟” އިޒިކިއަލް އޭނާގެ ޖީބަށް އަތް ޖަހާލަމުން އަހާލިއެވެ. އޭނާ ހުއްޓިލައިގެން ހުރީ ޒިވްޔާގެ ކުރިމަތީގައި ނަމަވެސް ފުދޭވަރަކަށް ދުރުމިން ބަހައްޓައިގެނެވެ.

އިޒިކިއަލް ވަށައިގެން ބަލާލިއެވެ. އެ ހޯލު ތެރޭގައި އެއްވެސް މީހަކު ނެތް ކަން އެނގުނީ އަދި އެހާ ހިސާބުންނެވެ. ޒިވްޔާ އެތަނަށް އެއައީ އެހެންމީހުނާއި ދުރަށް ދިޔުމަށް ކަން އިޒިކިއަލަށް ރޭކާލިއެވެ. އިޒިކިއަލް އަނބުރާ ޒިވްޔާއަށް ބަލާލިއެވެ. އޭރުވެސް ޒިވްޔާ ހުރީ އިޒިކިއަލާއި ދިމާއަށް ބަލަހައްޓައިގެނެވެ.

“ޝުޑް އައި.. ޕްރެޓެންޑް އައި ޑިޑްންޓް ސީ ޔޫ؟” އިޒިކިއަލް ދުރަށް ފިޔަވަޅެއް އަޅާލަމުން އަހާލިއެވެ. އޭނާ ހީކުރީ ޒިވްޔާ ބުނާނީ އާއެކޭ ކަމަށެވެ. ނަމަވެސް އޭނާ ހައިރާންވީ ޒިވްޔާ ދެފަރާތަށް ބޯހޫރާ ލަމުން ވަރަށް މަޑުމަޑުން ނޫނެކޭ ބުނެލިއެވެ. ހުދު ޒިވްޔާ އަށް ވެސް އޭނާއަށް އެހެން އެދެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާއަށް އެނގުނުހާ ވެސް ކަމަކީ އެހެން އެންމެން އޭނާ އާއި ދޭތެރޭ ކަންތައް ކުރާ ގޮތާއި އިޒިކިއަލް ކަންތައް ކުރާ ގޮތް ތަފާތު ކަމެވެ. ފަހަކަށް އައިސް އިޒިކިއަލް ފެނުމުން އޭނާއަށް ކޮންމެވެސް ވަރަކަށް ހިތްހަމަޖެހެވޭ ކަމެވެ.

އިޒިކިއަލް އޭނާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. ޒިވްޔާގެ ޖަވާބުން އޭނާ ކިތަންމެހާ ވެސް ހައިރާންވިއެވެ. ޒިވްޔާ އެހެން ބުނާނެ ކަމަށް އޭނާ އުންމީދު ވެސް ނުކުރެއެވެ. ނަމަވެސް އެހިނދު އެކަޅު އަނދިރި ކިއްލާގެ ތެރެއިން އަލީގެ ހުޅުކޮޅެއް ރޯވާން އުޅޭކަމުގެ އަލިފާނުގެ ކަންޏެއް އިޒިކިއަލަށް ފެނިގެން ދިޔަހެން ހީވިއެވެ. ކޮންމެއަކަސް އެ ކަނި ނިވުނަ ދެވިގެން ނުވާނެއެވެ. އެއީ އެ އަލިފާން ކަނި ވައިން ރައްކާ ކުރަން އޭނާގެ އަތް ފިހުނަސް ވެހެވެ.

“ގުޑް.” އިޒިކިއަލް އެހެން ބުނަމުން ޒިވްޔާ ލެނގިލައިގެން ހުރި ފާރާއި ކުރިމައްޗަށް ވީ ފާރުގައި ލެނގިލިއެވެ. އިޒިކިއަލް ވަރަށް ރަނގަޅަށް ޒިވްޔާގެ މޫނަށް ބަލާލިއެވެ. ކޮންމެވެސް ގޯހެއް އުޅޭކަން އޭނާގެ ހިތް އޭނާއަށް ސިގުނަލް ދޭން ފެށިއެވެ. ނަމަވެސް ވެގެން އުޅެނީ ކިހިނެއް ކަމާމެދު އޭނާ ޒިވްޔާ އަކާއި ސުވާލެއް ނުކުރެއެވެ. ޒިވްޔާ ހަށިގަނޑު ތުރުތުރު އަޅަނީ އެއީ ކީއްވެ ކަމެއް ވެސް ނާހައެވެ.

 

އިޒިކިއަލް ވަރަށް ޑްރެމެޓިކްކޮށް ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެންގެ ވަރަށް ބޮޑު މައްސަލައެއް އޮބެން.”

ޒިވްޔާ އެސްފިޔަ ޖަހާލަމުން އިޒިކިއަލަށް ބަލާލިއެވެ. ވާނުވާ ނޭނގިފައެވެ. “ކޯއްޗެއް؟”

“މައި މަދާ ތިންކްސް އައިމް ކެޕޭބަލް އޮފް ބިކަމިން އެ ރެސްޕޮންސިބަލް އެޑަލްޓް.”

ޒިވްޔާއަށް ބުނަންވީ އެއްޗެއް ހަމަ އެއްވެސް ވަރަކަށް ނޭނގުނެވެ. އޭނާ އިޒިކިއަލަށް ބަލަހައްޓައިގެން އިރުކޮޅަކަށް އިނުމަށްފަހު މަޑުމަޑުން ބުނެލިއެވެ. “ޝީ އިޒް ރޯންގް ދެން.”

އިޒިކިއަލްގެ ދެލޯ ބޮޑު ވެގެން ދިޔައިރު އަނގަ ތަންމިނަށް ހުޅުވެގެން ދިޔައެވެ. ޒިވްޔާގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމަށް ހީނުކޮށް ހުއްޓާ އެބުނެލި އެއްޗަކުންނެވެ. އެއީ ކުރީގެ ޒިވްޔާ ބުނާނެ ކަހަލަ އެއްޗެކެވެ. “ދެޓްސް އިންކްރެޑިބްލީ ރޫޑް، ޒިވްސް. ޔޫ ވޫންޑް މީ.” އަމިއްލަ މޭގައި އަތް އަޅާލަމުން އިޒިކިއަލް އެހެން ބުނެލި ނަމަވެސް އެހިނދު އޭނާގެ ތުންފަތްމަތީގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ. އެހިނދު ޒިވްޔާގެ ތުންފަތްމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ދެއާ.” އިޒިކިއަލް ޒިވްޔާ އާއި ދިމާއަށް އޭނާގެ ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ.

“ކޯއްޗެއް؟”

“ދެޓް.”

ޒިވްޔާގެ ދެބުމަ ކުޑަކޮށް ގެއްޖެހުނެވެ. “ކޯއްޗެއްތަ؟”

“ދެންމެ.. ޔޫ އޯލްމޮސްޓް ސްމައިލްޑް.” އިޒިކިއަލްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.

“އައި ޑިޑްންޓް.”

“ޔޫ ޑިޑް.”

“ނޯ.”

“މަ ދުށީމޭ.”

“ޔޫ އާ ބްލައިންޑް.”

“އައި ހޭވް އެކްސެލެންޓް އައިސައިޓް.”

“ޔޫ ވެއަ ގްލާސެސް އިންޑޯސް.”

އިޒިކިއަލް އަނެއްކާވެސް ދެލޯ ބޮޑުކޮށްލިއެވެ. މިފަހަރު ޒިވްޔާގެ ބަސްތަކުން ހަމަރަނގަޅަށް ވެސް އޭނާ ކަޑަވިއެވެ. “އެއީ ފެޝަނޭ.” އަމިއްލަ ނަފްސުގެ ދިފާޢުގައި އިޒިކިއަލް ބޭނުންވީ ޖަދަލު ކުރާށެވެ.

 

ބޭއިޚްތިޔާރުގައި ޒިވްޔާއަށް ހެވުނެވެ. އެއަޑު ކިތަންމެ މަޑުވެފައި، އެއީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އިޒިކިއަލްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ޒިވްޔާގެ ހުނުމުގެ އަޑު ވެގެން ދިޔައީ އޭނާގެ ހިތަށް ހެރުނު ތީރަކަށެވެ. އެއަޑުން އޭނާގެ ގައިގެ އެންމެ ހިމަ ނާރާއި ހަމައަށް އަސަރުކޮށްލިއެވެ. ނަމަވެސް އެކަން އިޒިކިއަލް ސިއްރުކުރިއެވެ. ޒިވްޔާއަށް އެކަން އެންގުމަށް ވުރެ ރަނގަޅު ވާނީ ނޭނގިއްޔާއެވެ. އޭނާއަށް ޒިވްޔާގެ ހާލަތު  އަމިއްލަ ހާލަށް ވުރެ މާ މުހިންމެވެ. އިޒިކިއަލް ހިނިތުންވެލިއެވެ. އަދި ދުރަށް ބަލާލީ ޒިވްޔާގެ އެ ހިނިތުންވުމުން އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރުގެ ބޮޑު ކަމުންނެވެ. އޭނާއަށް ހީވި ކަހަލައެވެ. އޭނާގެ މޭފަޅާފައި އޭނާގެ ހިތް ނުކުންނަން އުޅެނީއެވެ.

“ވެލް.. ކޮންމެގޮތެއް ވިޔަސް، މަގޭ މުސްތަގުބަލު ބަގުރޫޓު ވެއްޖެ.” އިޒިކިއަލް ބުނެލިއެވެ.

“އެއީ؟” ޒިވްޔާ އަހާލިއެވެ.

“އެސައިންމެންޓެއް ސަބްމިޓް ކުރަނެ ޖެހޭ އެބަ.”

“އެއީ އާދައިގެ ކަމެއްނު؟” ޒިވްޔާ އެވާހަކަ ކުރިއަށް ގެންދިޔައީ މީގެ އިރުކޮޅެއް ކުރިން ކެންޓީނުގައި ހިނގައި ދިޔަ ކަންތައް ހަނދާން ނައްތާލާށެވެ.

“ނޮޓް ފޯ މީ.” އިޒިކިއަލް ޖަވާބު ދިނެވެ. ތެދެކެވެ. އޭނާއަކީ ކޮލެޖުގައި މާ ސިޔާސަ ވެގެން އުޅޭ މީހެކެވެ.

ޒިވްޔާ އޭނާހެ ދެލޯ އަނބުރާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއަށްފަހު ދެމީހުން ކުރެން އެކަކު ވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒިވްޔާގެ ނޭވާލުން ވެސް ހަމައަކަށް އެޅުނެވެ. އޭނާގެ ހިތުގައި އަދިވެސް އެބިރުވިއެވެ. ނަމަވެސް ކުރިއަށްވުރެ އެބިރު އޭނާގެ މައްޗަށް އޮތް ބާރު ވަނީ ކުޑަވެފައެވެ.

 

އިޒިކިއަލް އޭނާގެ ހަށިގަނޑު ތެދުކޮށްލުމަށްފަހު ފާރުން ދުރަށް ޖެހިލިއެވެ. “އައިމް ގޮއިން ޓު ގެޓް ސަމްތިން.”

ޒިވްޔާ އިޒިކިއަލަށް ބަލާލިއެވެ. “ކޯންތާކަށް ތިދަނީ؟”

“ކާނެ އެއްޗެއް ވިއްކާނެ ތާކަށް. ޑަހް.”

“ދެންމެ އެއްނު ކެއީ.”

“އެއީ މީގެ 3 ގަނޑި އިރު ކުރިންނެއްނު.” އިޒިކިއަލް އޭނާގެ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.

“20 މިނަޓްސް. 3 ގަނޑި އިރެއް ނޫން.”

އިޒިކިއަލް ބޯ އަރިކޮށްލާފައި ޒިވްޔާއަށް ބަލާލިއެވެ. އެހިނދު އޭނާގެ ތުންފަތްމަތީގައި އަންހެން ކުދިންގެ ހިތްތައް ލޭކޮށާލާނޭ ފަދަ ފިރިހެންވަންތަ ހިނިތުންވުމެއް ކުޅެލިއެވެ. “ޔޫ ހޭވް ބީން ކީޕިން ޓްރެކް؟” ޒިވްޔާ ވަގުތުން އޭނާގެ ދެލޯ އަނބުރާލިއެވެ.

“ދެއަ ޝީ އިޒް..” އެހެން ބުނެލުމަށްފަހު އިޒިކިއަލް ދުރަށް ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް ފަސް އެނބުރި ޒިވްޔާއަށް ބަލައިލިއެވެ. އެހިނދު އޭނާގެ ދެލޮލުން ފެނިގެން ދިޔައީ އިންތިހާ ލޯތްބެވެ. ނަމަވެސް އެކަމެއް ޒިވްޔާ އަކަށް ފާހަގައެއް ނުވިއެވެ. “އެއްވެސް އެއްޗެއް ބޭނުންތަ، ޒިވްސް؟”

“ނޫން.” ޒިވްޔާ ބޯ ހޫރާލިއެވެ.

“އޯކޭ.” އިތުރަށް އެއްޗެއް ބުނުމެއްނެތި އިޒިކިއަލް އެތަނުން ނުކުމެގެން ދިޔައެވެ. އިތުރަށް އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތިއެވެ.

އިޒިކިއަލް އިތުރަށް ސުވާލެއް ނުކޮށް ދިޔަގޮތުން ޒިވްޔާއަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބުނެވެ. އިޒިކިއަލް ދިޔައީތީކީ ނޫނެވެ. އޭނާ އަނބުރާ އައި ފަހުން ފުރަތަމަ ފަހަރަށް މީހަކަށް އޭނާގެ ހާލު ރަނގަޅު ނޫންކަން އެނގި ހުރެ، އިތުރަށް އެނގެން އޭނާ އާއި ސުވާލުތައް ނުކުރީމައެވެ. ކޮންމެވެސް ސަބަބަކާ ހުރެ އިޒިކިއަލްގެ އެއަމަލުން އޭނާއަށް ރައްކާތެރިކަން އިހުސާސް ކުރެވުންހެން ވެސް އޭނާއަށް ހީވިއެވެ.

 

އޭގެ އިރުކޮޅެއް ފަހުން އިޒިކިއަލް އަނބުރާ އައެވެ. އެއް އަތުން ޗޮކުލެޓް މިލްކްޝޭކަކާއި، އަނެއް އަތުން ބާގާއެއް ހިފައިގެނެވެ. “ޓަޑަ!” އިޒިކިއަލް ޒިވްޔާ އާއި މާ ކައިރި ނުވާ ހިސާބު މަޑުކޮށްލުމަށް ފަހު ޒިވްޔާއަށް މިލްކްޝޭކް ތަށި ދިއްކޮށްލިއެވެ. ޒިވްޔާގެ ނިތްކުރިއަށް ރޫ އަރައިގެން ދިޔައެވެ.

“ޒިވީ ބުނީ ބޭނުމެއް ނޫނޭ ނޫންތަ؟”

އިޒިކިއަލް އެއްމިޔަކަނުން ހީލިއެވެ. “އެނގެޔޭ އެކަން. މަށެއް ނުބުނަމެއްނު ޒިވްސް ނޫނެކޭ ނުބުނެޔެކޭ.”

“ދެން ކީއްކުރަންތަ ގަތީ؟”

“ކަޒް.. ޔޫ ލުކްޑް ލައިކް ޔޫ ވާ ގޮނާ ސޭ ނޯ.”

 

ޒިވްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންކަމުން ޒިވްޔާ އޭނާގެ މޫނު ކުނިކޮށްލިއެވެ. “ތިކިޔާ އެއްޗެއް ހަމައެއް ވެސް ނުޖެހެ.”

“އިޓް މޭކްސް ޕާފެކްޓް ސެންސް ޓު މީ.” އިޒިކިއަލް އަނެއްކާ ވެސް ޒިވްޔާއަށް މިލްކްޝޭކް ދިއްކޮށްލިއެވެ. “ލެޓްސް ޖަސްޓް ސޭ އައި ހޭޓް އީޓިން އެލޯން.” އިޒިކިއަލް އޭނާގެ ބާގާ ޒިވްޔާއަށް ދައްކާލިއެވެ. އެންމެފަހުން އިޒިކިއަލާއި ދިމާއަށް ލޯ އަޅާލަމުން ޒިވްޔާ އެ މިލްކްޝޭކް ތަށި ނެގިއެވެ. ހަމައެކަނި އިޒިކިއަލް އެހެންބުނީތީކީއެއް ނޫނެވެ. ލަންޗް ގަނޑީގައި ނުކެވުމުން އޭނާ ބަނޑުހައި ވެފައި ހުރި ވަރުން ވެސްމެއެވެ.

އިޒިކިއަލް ޒިވްޔާ އާއި އިދިކޮޅަށްވީ ފަރާތު ފާރު ކައިރިއަށް އަނެއްކާވެސް ޖެހިލަމުން ބިންމަތީގައި އިށީނދެލިއެވެ. “ސީރިއަސްލީ؟ ބިންމަތީގަ؟” ޒިވްޔާ އެއްބުމަ އަރުވާލިއެވެ. “ދެން ކޮންތާކުތަ އިންނަންވީ؟ ސީލިން މަތީގަ؟” އިޒިކިއަލް ހިނިގަނޑެއް ޖަހާލިއެވެ. “ރިލޭކްސް، އެންގްރީ. ސިޓް ޑައުން.”

“އެންގްރީ؟ ޑިޑް ޔޫ ރަން އައުޓް އޮފް ނިކްނޭމްސް؟”

“އުހުން. ޝުޑް އައި ކޯލް ޔޫ، ހެޕިނެސް ދެން؟ އޮރް ސޭސީ؟” އިޒިކިއަލް އޭނާގެ ބާގާގައި ދަތް އަޅާލަމުން ޒިވްޔާއަށް އެއްލޯމަރާލިއެވެ. ޒިވްޔާ ވަގުތުން މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. އަދި އިތުރުގޮތެއް ނެތުމުން ބިންމަތީގައި އިށީނދެ ދެފައިވަށް ކޮށްލަމުން މިލްކްޝޭކް ބޯންފެށިއެވެ.

 

ޒިވްޔާ އެ މިލްކްޝޭކްތަށި ބޯންފެށިތަން ފެނުމުން އިޒިކިއަލަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ސަބަބަކީ ޒިވްޔާ ހުރީ ނުކައިކަން އޭނާއަށް އެނގޭތީއެވެ. ހަޤީގަތުގައި ކެފެޓީރިއާ ތެރޭގައި ޒިވްޔާއަށް ވީގޮތް އޭނާއަށް ރަނގަޅަށް ފެނުނެވެ. އެއީ ކީއްވެ ކަމެއް ކަން ނޭނގުނު ނަމަވެސް، އޭނާ ޒިވްޔާގެ ފަހަތުން އައީ އެހެންވެއެވެ. އޮޅުމަކުން ވިޔަސް ޒިވްޔާ އަތުންފައިން ގޯހެއް ހަދާފާނެތީވެ އެކަމުގެ ބިރުންނެވެ. ވާނީވެސް އެހެންތާއެވެ. އެވަގުތު ޒިވްޔާއަށް ރަނގަޅަށް ބަލަހައްޓައިގެން ހުރި މީހަކަށްނަމަ އެކުއްޖާއަށް ކުރި އަސަރު ވަރަށް ރަނގަޅަށް ފެންނާނެއެވެ. އެހިނދު އެމީހަކަށް ވީ އިޒިކިއަލެވެ.

ދެމީހުން ވެސް ހަމަޖެހިލައިގެން ބިންމަތީގައި އިށީނދެލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. އެއްވެސް ހިނދެއްގައި ޒިވްޔާގެ ހާލާއި މެދެއް ނޫނެވެ. އޭގެ ބަދަލުގައި ކުދިކުދި ކޫސަނި ކަންތަކާއެވެ. އިޒިކިއަލް އޭނާގެ ކްލާސްތަކާ މެދު ޝަކުވާ ކުރިއިރު ޒިވްޔާ އެކަމާ ޖޯކު ޖެހިއެވެ.

އެހިނދު ޒިވްޔާއަށް ކަމެއް ފާހަގަ ކުރެވުނެވެ. އިޒިކިއަލް އެތަނަށް އައިސް ވާހަކަ ދައްކަން ފެށި ހިސާބުން، އޭނާގެ ސިކުނޑީގައި ވީ ބިރު ވެސް ހިނދުކޮޅަކަށް ފިލައިގެން ގޮސްފައިވި ކަމެވެ. އޭގެ އިތުރުން އޭނާއަށް ހިނިތުންވެވެން ފެށުނު ކަމެވެ. އޭނާ މިހާރު އަބަދު ބޭނުން ކުރާ މަސްނޫޢީ ހިނިތުންވުމެއް ނޫނެވެ. އޭނާގެ އަމިއްލަ ހިނިތުން ވުމުގައި ވީ ފުންކަމެވެ. އެއީ އުފާވެރި ހިނިތުން ވުމެއް ނޫނަސް، އެއީ އޭނާ ގަދަ ކަމުން ވީ ހިނިތުންވުމެއް ނޫނެވެ.

——————-

 

ދުވަސްތައް ފާއިތުވަމުން ގޮސް ޒިވްޔާއަށް އިޒިކިއަލާއި ވާހަކަ ދައްކައި ހަދަން ފަސޭހަ ވާން ފެށިއެވެ. އޭނާ އެކަން ފާޅުގައި ހާމަ ނުކުރި ނަމަވެސް، އޭނާގެ ހިތާ ހިތުން އިޒިކިއަލަށް ރަޙުމަތްތެރިއެއްގެ މަގާމު މިހާރު ވަނީ ދެވިފައެވެ. އިޒިކިއަލާއި އެކުގައި ހޭދަ ކުރެވޭ ވަގުތު ތަކުގައި އޭނާއަށް ރައްކާތެރިކަން އިހުސާސް ކުރެވެން ފެށިއެވެ. ހިތްހަމަ ޖެހުން އިހުސާސް ކުރެވެން ފެށިއެވެ. އަދި ހަމައެއާއެކު އެވަގުތު ތަކުގައި އޭނާގެ ދިރިއުޅުމުގެ ހިތިކަން މަތިންވެސް ހަނދާން ނެތޭ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެން ފެށިއެވެ.

ޒިވްޔާ އޭނާގެ ކޯހުގެ މަސައްކަތެއް ކޮށްލަން ހަމަޖެހިލައިގެން އިށީނދެގެން އިނެވެ. އެވަގުތު އެ ކްލާސްރޫމް ބޭރުން ހިނގާފައި ދިޔަ އިޒިކިއަލަށް އެމަންޒަރު ފެނުމުން ކްލާސްރޫމް ތެރެއަށް ބޯދިއްކޮށްލައި ހުޅުވިފައި ހުރި ދޮރުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ.

“ބިޒީތަ؟” ޒިވްޔާ އިސްއުފުލައި ބަލާލުމުން އިޒިކިއަލް އަހާލިއެވެ.

“އާން.” ޒިވްޔާ އަނބުރާ އޭނާގެ ލެޕްޓޮޕަށް ބަލާލަމުން ޖަވާބު ދިނެވެ.

“އޯކޭ.” އިތުރަށް އެއްޗެއް ބުނުމެއްނެތި އިޒިކިއަލް ފަސްއެނބުރި ހިނގައިގަތެވެ. އެއަޑު އިވިފައި ޒިވްޔާ އިސްއުފުލައި އަނެއްކާވެސް ބަލާލިއެވެ. އިޒިކިއަލާއި ދިމާއަށެވެ. އޭނާ ހައިރާންވިއެވެ. އިޒިކިއަލް ހާދަހައި ތަފާތެވެ. އެހެންމީހުން ޒިވްޔާ ވާހަކަ ދެއްކުމަށް އިންކާރު ކުރިޔަސް ހުއްޓާނުލާނެއެވެ. ނަމަވެސް އިޒިކިއަލް ޒިވްޔާއަށް އިތުރަށް އުނދަގޫ ނުކޮށް އެއުޅެނީ ދާށެވެ. އަޖައިބެކެވެ. މިއީ ހަމަ ކުރީގެ އިޒިކިއަލް ބާވައެވެ؟

 

“އިޒިކިއަލް.” ޒިވްޔާއަށް ގޮވާލެވުނެވެ. އެއީ މިހާތަނަށް އެދެމީހުން ދެމެދު ދެކެވުނު ވާހަކަތަކުގަ އާއި ބައްދަލުވުން ތަކުގައި ވެސް ޒިވްޔާ އިސްވެ ގޮވާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިސްވެ ގޮވައި، ވާހަކަ ދައްކައި ހަދަނީ އިޒިކިއަލެވެ.

އިޒިކިއަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. ޒިވްޔާ އިސްވެ ގޮވާލި އަޑު އިވުމުންނެވެ. އޭނާގެ ހިތަށް ހަމަ ރަނގަޅަށް ވެސް އެނގުންވެލައިފިއެވެ. ޒިވްޔާ އިޒިކިއަލްގެ ނަން ގޮވާލި ގޮތުން ވެސްމެއެވެ. އޭނާގެ ގައިން ހީބިހި ނަގައިގަތެވެ. އޭނާގެ ހިތް އާދޭސް ކުރަންފެށީ އަދި އެއްފަހަރު ޒިވްޔާ އިޒިކިއަލަށް އޭނާގެ ނަމުން ގޮވާލާތޯއެވެ.

“އިޒިކިއަލް…؟” އިޒިކިއަލް ފަސްދީގެން ހުއްޓިލައިގެން ހުރި ގޮތުން ޒިވްޔާ އަނެއްކާވެސް ގޮވާލިއެވެ.

އިޒިކިއަލަށް ހީވީ ޒިވްޔާއަށް އިޒިކިއަލްގެ ހިތުގެ އަޑު އިވިގެން އިޖާބަދިން ހެނެވެ. ދެވަނަ ފަހަރަށް ޒިވްޔާ އެނަލަނަލަ އަޑުން އިޒިކިއަލްގެ ނަމުން ގޮވާލުމުންނެވެ. އިޒިކިއަލް އޭނާގެ ދެލޯ މަރާލީ ހިތަށް ހަމަ ކުޅަދާނަ ނުވެގެންނެވެ. އޭނާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އޭނާ ބޭނުންވީ ޒިވްޔާ ގެނެސް އޭނާގެ އަތު ތެރޭގައި ބޮނޑިކޮށްލާށެވެ. ދުނިޔޭގައި ވީހާ ނުބައި ކަމަކުން އެ މައުސޫމް ކުއްޖާ ފޮރުވާލާށެވެ. ރައްކާތެރިކޮށްދޭށެވެ. އުމުރަށް ޒިވްޔާގެ ފާރަވެރިޔާއަށް ވާށެވެ.

ނަމަވެސް އިޒިކިއަލް އޭނާގެ ހިއްސުތަށް ހަމަޖައްސާލަން މަސައްކަތް ކުރިއެވެ. ދެތިން ފަހަރު ފުންނޭވާއެއް ލަމުން އިޒިކިއަލް ފަސް އެނބުރި ޒިވްޔާއަށް ބަލާލިއެވެ. އޭރުވެސް ޒިވްޔާ އިނީ ބަލަހައްޓައިގެނެވެ. އެދެލޮލުގައިވީ ތޫނުކަން ފެނިފައި އިޒިކިއަލަށް ހީވީ ބިންގަނޑު އޭނާ ގަންބާލަން އުޅުނު ހެނެވެ. އެހެންކަމުން އޭނާ އޭނާގެ ދެއަތް ޖީންސުގެ ޖީބަށް ޖަހާލިއެވެ. އެދެއަތުގައިވީ ތުރުތުރު އެޅުން ނުދައްކާށެވެ. ޒިވްޔާގެ ދުލުން އިޒިކިއަލްގެ ނަން ބުނެލުމުންނާއި، އެދެލޮލުގައި އެވާ ބެލުމުގެ ސަބަބުން އެކަނިން އޭނާއަށް އެހާވަރު ކޮށްލައިފިއެވެ. ޒިވްޔާ ހަމަ ރަނގަޅަށް ވެސް އޭނާ މޮޔަކޮށްލައިފިއެވެ. ނަމަވެސް އޭނާއަށް އެކަމާ މެދު އެއްވެސް މައްސަލައެއް ނެތެވެ. “ޔެއަ؟”

“ވަޓް ޑިޑް ޔޫ ވޯންޓް؟ އެގަނޑީ ބިޒީތޯ އަހާލީމަ.” ޒިވްޔާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އިޒިކިއަލަށް މަޖުބޫރުވީ އޭނާގެ އަނގައިގެ ކޮލުގައި ދަތް އަޅާލާށެވެ. ޒިވްޔާ އިސްވެ ވާހަކަ ދެއްކުމުން އޭނާއަށް ކުރި އަސަރާއި، އެހިނދު ތުންފަތްމައްޗަށް ވެރިވާން އުޅުނު ހިނިތުންވުން ފޮރުވާލާށެވެ.

“ކަމެއްވީކީ ނޫން. ޒިވްސް ލެޕްޓޮޕަށް ގެއްލިފަ އިން ގޮތުން ހަމަ އަހާލީ.” އިޒިކިއަލް ދޮރުގައި ލެނގިލިއެވެ.

==========================

Hope you all enjoyed this episode as well. Please let me know how you feel about the story so far. We have officially reached 30 episodes.

I certainly couldn’t have come this far without my dear readers. Thank you so much. Love u all.

އުންމީދު ކުރަން މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.

ޝައިމްސް

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. GURLY....

    not gonna lie this story is fire
    vrh reeeethi
    when next
    love u so much take care

    1. Shyyyms
      GURLY....

      Thank you so much🩷

  2. shav

    OMGGGGG SISSS. I LOVEE THIS EPISODEE. ESPECIALLY IZIKIEL 😭💗
    Pleasee make him the end game 😭🙏
    I really want him to be the one zivy end up with. Not aikan. Now I’m officially team izikiel 😭😭

    1. Shyyyms
      shav

      Changing the sides ehaa avahah? 😂
      Thanks😂🩷

  3. Rivers

    I bet 1000 rufiya Izikial is the end game. If not then I am gonna cry my eyes out. AUTHOR I BEGGG YOU🥺🙏🏻

    1. Shyyyms
      Rivers

      😂😂😂
      (Let’s see if u r winning or losing by the end of the story dhw)🤭

  4. ދިނާ

    ވަރަށް އަސަރުގަދަ ވާހަކައެއް. ކިޔާލާއިރު މަންޒަރުތައް ލޯބކުރިމަތީ ސިފަވޭ. ޝަހުސިއްޔަތުތަކުގެ އިހުސާސްތައް ވެސް ކިޔުންތެރިންނަށް އިހުސާސްވޭ. ވަރަށް ފުރިހަމަ.

    1. Shyyyms
      ދިނާ

      Thank u🩷

  5. El

    Started this story friend eh bunegen 3 days ago. And can’t believe I binge read 30 episodes straight during my exam. It’s tooo good. I have no words to describe this story. But it’s hama vrh reethi.
    You are Annandhen Hunnaanan Loabin story ge author right? Are you going to continue Aaliya ge story? I really enjoyed it kurin.

    1. Shyyyms
      El

      Binge read in 3 days?!! Ok damn.😂
      Thanks truly,🩷

      Yes I am annandhen hunnananloabin ge author. N I’m not sure I will be continuing loabi eyge aslugai 🥲

  6. Anonymous

    Sorry Aikan. I am choosing Izikial now. It’s not betrayal ok? But Izikial has been testing my loyalty. Man knows what he is doing a little too well ❤️‍🔥

    1. Shyyyms
      Anonymous

      😂

  7. A loyal reader since you first started writing

    You are the author of writing trauma hama. Seriously. First there was thaara, then Aaliya, then a short story. And now Zivya. All about trauma. The way you describe the trauma they face. It’s so realistic. And the way you described the love. The feelings of love. The banters, the hidden feelings, the enemies to lovers plot, the chaos. Pure talent. There’s something I love varah bodah about your stories adhi. You always have some hidden agenda, a grand reveal. I can already sense it in this story also.

    The real main character.
    The bad guy.
    Hayal.
    What exactly happened that night.
    Aikans backstory.
    What exactly happened between Aikan and Izikiel.
    And there’s nothing about Izikials back story. So I’m assuming we will get that too.

    In other words, I’m saying. This story is a masterpiece. Every story you wrote. But this one is different. It feels so realistic. Don’t get me wrong. Thaaras stiry. Was also realistic. But this one. The trauma is so intense.

    1. Shyyyms
      A loyal reader since you first started writing

      Thank you so much for your comments. It means a lot to me😭🩷

Comments are closed.