Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނޭހެ ދުނިޔޭގާ (2)

Nuzzi Level 110 Stories
May 19, 2016 5 Mins Read
12 Comments

މާލެއަށް ދަމުން އާސިޔާ ކައިވެނީގެ ވާހަކަ ފެށި ވަރަށް ދުރުންނެވެ. އަވީން ކާރު ތެރޭގައި ވުމުން ހުރީ ވަރަށް މަޑުންނެވެ. އޭނާއަކީ ނުދންނަ މީހުންގެ ކުރިމަތީގައި ވަރަށް ބިރުގަންނަ ކުއްޖެކެވެ. ތިރިއަށް ބަލަހައްޓައިގެން އިންއިރު އެދެލޮލުގައިވަނީ ކަރުނައެވެ. ބުޅި އިސްތަށިގަނޑުން މޫނު ނިވާ ކޮއްލައިގެން ހުރީވެސް އެހެންވެއެވެ. ތުންފަތުގައި ދަތް އަޅައި ބާރު ކޮއްލީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް މައިތިރި ކުރުމަށެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލާ އިނީ ގެއާއި ހަމައަށް ދެވެން ދެނެވެ. މަޑުކޮއްލި ކާރުން ނިކުތް ގޮތަށް އަވީން ދުވެފައި ގެއަށް ވަދެއްޖެއެވެ.

“އަވީން ބަލަ އިންނާނަން ތަ؟ ޔުއާން އެހާ އުމުރުން ބޮޑެއްވެސް ނުވާނެ.. 25 އަހަރޭ..” އާސިޔާ ގެއަށް ވަދެގެން ދިޔަ އަވީންއަށް ގޮވާލިއެވެ. ކޮޓަރިއަށް ވަދެ ދޮރު ޖަހާލި އަވީން ލެގެލީ ދޮރުގައެވެ.

“އަވީ އަބަދުވެސް ވަރަށް ސިފައިންގެ މީހުންނާ ގަޔާވެ އެއްނު… އެއީ ސިފައިންގެ މީހެކޭ” ދޮރުގައި ލެގިލައިގެން އިން އަވީންގެ ކަންފަތުގައި އެ ބަސް ޖެހުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. މިއަދު އެގޭ ތެރެއިން ފެނުނު މީހަކީ އެއީ ހެއްޔެވެ؟ އެފަދަ ރީތިކަމެއް އަވީން ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. ކޮންމެ އަންހެން ކުއްޖަކުވެސް އެފަދަ ރީތި ޒުވާނެއް ބޭނުންވާނެއެވެ. ނަމަވެސް އެޒުވާނަގެ ލޮލުން އަވީންދުށީ އިންތިހާ ދަރަޖައިގެ ނުރައްކާތެރި ކަމެވެ.

“މަންމަ އަޅޭ އަހަރެންދެކެ ލޯބިވޭތަ؟ އަޅެ..” އަވީނަކަށް ވާހަކައެއް ނުދެއްކުނެވެ. ކަރުތެރޭގައި އުފެދުނު ތަދުގެ ސަބަބުން އަވީންގެ އަޑު ބެދޭ ގޮތްވިއެވެ. ލޮލުން ހޯސްލާފައި ފައިބައިގަތް ކަރުނައިން އާސިޔާގެ ހިތްވެސް މަޑުވާން އުޅުނު ކަހަލައެވެ.

“ބުނަން އަވީން މާ ފޮނި ވާނެ ކަމެއް ނެތް.. އަހަރެން އަމިއްލައަށް މަރުވާނީ.. މީނަ ބަލާ ބޮޑު ކުރީމަ މަށަށް ވޯ ކޮން ފައިދާއެއް” އާސިޔާ ރުޅި މޫނު ހަދާލަމުން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައި ގަނެފިއެވެ.

“ނޫން މަންމާ… އަހަންނަށް ތިހެން ނުހަދާ.. މަންމަ ބުނި ކޮންމެ ގޮތަކަށް އަވީ ހަދާނަށް” އާސިޔާގެ ދެފައި ބުޑަށް ވެއްޓެމުން އަވީން ރޮއެ ގަނެފިއެވެ. އެމަންޒަރު ބަލަން ހުރި އާސިޔާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. ނަމަވެސް އަވީނަށް ފެނުމުގެ ކުރިން އެކަރުނަތައް އޭނަ ފޮހެލައިފިއެވެ.

އަވީން ހީކޮއްގެން ހުރީ އޭނާގެ އުފަލަށްޓަކައި އާސިޔާ އެކަން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. ރަންކިޔައި ހުރިހާ ކަމެއް ނިމިގެން ދިއުމުންވެސް އާސިޔާ ފެންނަނީ އުފާވެފައި ހުރި ތަނެވެ. އަވީން ހީކުރީ އެހާ މުއްސަނދި ބަޔަކު ކައިވެނި ކުރާނީ ވަރަށްވެސް ބޮޑު ޕާޓީ އަކާއި އެކުކަމުގައެވެ. ނަމަވެސް އެކަހަލަ ކަމެއްގެވެސް އެއްވެސް ހަބަރެއް ނުލިބެއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހު ޔުސްރިއްޔާއާއި ރުކާޔަތުވެސް އަވީން މެންގެއަށް އައެވެ. އަވީން ހީކުރި ގޮތާއި ހިލާފަށް ރުކާޔަތު ވަރަށް ރަޙުމަތްތެރިއެވެ. އޭނާ ހަމައެކަނި ވާހަކަ ނުދައްކަނީ އާސިޔާއާއި އެކަންޏެވެ.

ޔުއާން ނިކުމެގެން އައީ އޭނާގެ ދެރަހުމަތްތެރިންވެސް ގޮވައިގެންނެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސްކަމުން އޭނާ ހުރީ ވަރަށް ރުޅި ގަދަވެފައެވެ. އާދައިގެ ހެދުމެއްގައި އަވީން މޭޒުކައިރީގައި އިށީނދެގެން އިންތަން ފެނުމުން ޔުއާން މޫނު ހަދާލިއެވެ. ކައިވެނީގެ ކަންތަކުގައި ޔުއާންގެ އަނގައިން ހަމައެކަނި ނިކުތް ބަހަކީ އަނބި ޤަބޫލްކޮއްފިން އެކަންޏެވެ. އާސިޔާވެސް އެކަން ނިމުމުން އަވަހަކާއި ފުރައިގެން ހިނގައްޖެއެވެ. އަވީން ހޯދާ ހޯދާވެސް މަންމައެއް ނުފެނުނެވެ. ޔުސްރިއްޔާ އޭނާ ގޮވައިގެން ދިޔައީ ޔުއާންގެ ކޮޓަރިއަށެވެ. ބިރުންހުރި އަވީން ދޭތެރެއަކުން ޔުއާން އާދޭތޯ ބަލާލައެވެ. ކުރިން ދުވަހުވީ ކަންތައް އަދިވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދެއެވެ.

ކޮޓަރީގައި އެއްވެސް މީހަކު ނެތުމުން އަވީން އަވަހާއި އެއްޗެހިތައް ކޮނޑުގައި އަޅުވާލިއެވެ. އަ އެނދުގައި އިށީނދެލީ މިއަދު ވަރުބަލި ވެފައިވާތީއެވެ. އަވީނަށް އެހެން އޮއްވައި ނިދުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޖހާލި އަޑަށެވެ. އެނދުން ފުނަމާލާފައި ޓީޝާޓް ރީތި ކޮއްލައިގެން އޭނާ ދޮރާއި ދިމާއަށް ހިނގައި ގަނެފިއެވެ.
“މިދޮރު ތަޅުނުލާ އިނދެވިދާނެ ދޯ..” ޔުއާންގެ ރުޅިވެރި މޫނު ފެނުމުން އަވީން ބިރު ގަންނަ ގޮތްވިއެވެ. ފަހަތަށް ޖެހިލަމުން ޔުއާން ކޮޓަރިއަށް ވަންނަން ތަން ދައްކާލި އަވީން ތުރުތުރު އަޅައެވެ. ހީވާގޮތުން ޔުއާން ހުރީ ވަރަށް ނިދި އައިސްފައެވެ. ފެންވެސް ނުވަރާ އޭނަ އެނދަށް ވެއްޓި ގަނެއްޖެއެވެ.

“މިއޮތީ…. މިތާ ނިދާ..” އެނދުމަތިން ދެބާލީހާއި ބެޑްޝީޓެއް ނަގާ އެއްލަމުން ޔުއާން ބުނެލިއެވެ. ފޮނިވެސް ފިރިހެނެކެވެ. އެހެން މީހުންނަށްވުރެ ތިމާ ރީތިވީމައި ހުންނަނީ ފެނިފައެވެ. އަވީންގެ މޫނަށް ގޮތެއް ހަދާލަމުން އެ ހިފައިގެން ތިރީގައި އޮށޯވެއްޖެއެވެ.

ފަހެއް ޖެހިތަނާހެން ޔުއާންއަށް ހޭލެވުނީ ނިދާ ބޮކި ޖެއްސިހެން ހީވެގެންނެވެ.  ދެލޯ އުނގުޅާލުމަށްފަހު ބަލާލިއިރު އަވީން އިނީ ފަތިސް ނަމާދު ކުރާށެވެ. ޔުއާންގެ މުޅި އުމުރުގައުވެސް އެހާ ރީތި މަންޒަރެއް ނުދެކެއެވެ. ނަމެއްގައި އޭނަގެ އަންހެނުންނެވެ. ނަމަވެސް ރަނގަޅު އަޙުލާޤެއް ލިބިފައިވާ ކުއްޖެއެވެ. ހިނދުކޮޅަކަށް އަރާފައިވާ ރުޅިވެސް ހަނދާން ނެތުނެވެ. އޭނާއަކަށްވެސް އެނދުގައި ނިދަން އޮންނާކަށް ނުކެރުނެވެ. އަވީން ނިމުމުން ތެދުގެން އައިސް ނަމާދު ކޮއްފިއެވެ. އެއްވެސް އިރެއްގައި އަވީނަކީ ފަތިސް ނަމާދު ކޮއްގެން ނިދަން އޮންނަ ކުއްޖެއް ނޫނެވެ. ބަދިގެ ފަރާތައް ދިޔައީ ހެނދުނު ސަޔަށް އެއްޗެއް ތައްޔާރު ކޮއްލާށެވެ. ރުކާޔަތު ހޭލައިގެން ބަދިގެ ފަރާތަށް އައީ ދުވާ މީރު ވަހުންނެވެ.

“އަވީއަށް ކައްކަންވެސް އިނގޭތަ؟ ހާދަ މީރުވަސް ދުވައޭ” އެއްޗެހީގެ މަތި ނަގަމުން ރުކާޔަތު ބުނެލިއެވެ.

“ރުކޫއަށް ކިތައް އަހަރުތަ؟” އަވިން ހިނިތުން ވެލަމުން ބުނެލިއެވެ.

“މިއަހަރުވާނި 19… އަވީއަށްވެސް ދޯ… ރޭގަ މަޖާތަ؟” ރުކާޔަތު ދިމާ ކޮއްލާފަދަ ގޮތަކަށް އެހެން ބުނުމުން އަވީންގެ މޫނު ރަތްވެއްޖެއެވެ. އެހާ ދޮން ކުއްޖެއް ނޫން ނަމަވެސް އެމޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ.

“އައްދޭ ހާދަ ލަދެކޭ ތި ގަންނަނީ…” ރުކާޔަތު އެހެން ބުނުމުން އަވީން އަނެއް ފަރާތަށް އެނބުރިލިއެވެ.

“ރުކޫ… އެވަރަށް އަވީއާ ދިމާ ނިކޮށް ފެން ވަރަން ދޭބަލަ” ޔުސްރިއްޔާ ފެނުމުން ރުކާޔަތި ހިމޭން ވެއްޖެއެވެ. އަދި އަވަހަށް އާނއެކޭ ބުނެފައި ސިޑިއާއި ދިމާއަށް ދުއްވައި ގަނެފިއެވެ.

“ދައްތައަށް އިނގޭ އަވީންގެ ހިތުގައި ވަރަށް ބައިވަރު ސުވާލު އޮންނާނެކަން..” ޔުސްރިއްޔާ އެހެން ބުނުމުން އަވީން އިސްޖަހާލީއެވެ. ހީވަނީ ލަދިގަތް ހެންނެވެ.

“އަވީން ސުވާލު ނުކުރާނަންތަ ދައްތައޭ މިބުނި ކަމާނެދު..” ދެންވެސް ވާހަކަ ދެއްކީ ޔުސްރިއްޔާއެވެ. އަވީން ބީ ޖަހާލަމުން ކިޔަދޭށޭ ބުނެލިއެވެ.

” ދައްތައަކީ ޔުއާންގެ ދޮންމަންމަ އެކަމަކު ރުކާޔަތަށް ވުރެ ބޮޑަށް ދައްތަ ލޯބިވޭ ޔުއާން ދެކެ.. ޔުއާން އަބަދުވެސް ދައްތަދެކެ ވަރަށް ރުޅި އަންނާނެ.. މަންމަ ކިޔަސް މަންމައެއްގެ ގޮތުގައެއް ނުދެކޭ..” ޔުސްރިއްޔާގެ އަޑު ކުރެހިގެން ދިޔައެވެ.

“އަޅާ ނުލާ ފަހުން ރަނގަޅުވާނެ..” އަވީން ޔުސްރިއްޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

ޑިއުޓީއަށްދާން އައި ޔުއާންވެސް ބަދިގެއާއި ދިމާލަށް އައީ މީރުވަސް ދުވާތީއެވެ. ބިސްގަނޑު އަޅަންއިން އަވީން ފެނުމުން ޔުއާން ކުޑަކޮށް ގުދުވެލާފައި އެރީތި މޫނަށް ބަލާލިއެވެ. އަވީންގެ އިސްތަށިގަނޑު މައްޗަށް ގޮށެއް ޖަހާލާފައި ވާއިރު އެމޫނުން ދާތިކިތައް ވިދަ ވިދައި ހުއްޓެވެ. ޔުއާން މޭޒުކައިރީގައި އިށީންނަމުން ކަރު ކެހިލައިފިއެވެ. ޔުއާންގެ އަތަށް ބިސްގަނޑެއް ދެމުން އަވީން ހިނިތުންވެލިއެވެ. ނަމަވެސް ޔުއާންގެ މޫނުމަތީގައި އެއްވެސް ހިނިތުން ވުމެއް ނެތެވެ.

“ދޮންބޭ ހާދަ އުފާވެފަހެން ހީވެޔޭ” ރުކާޔަތު އައިސް ދިމާ ކޮއްލުމުން ޔުއާން އޭނާއާއި ދިމާލަށް ލޯ ހަދާލައިފިއެވެ.

“ދެން މިހާ ރީތި ވައިފްއެއް ލިބުނީމަވެސް އޮފީހަށް ދޭތަ މީހުން” ރުކާޔަތުވެސް މޭޒު ކައިރީގައި އިށީންނަމުން ހީލިއެވެ.

“ރުކޫ.. އައި ލައިކް ދޮން ކުދިން.. މިކަހަލަ ކަޅު މީހުންދެކެ އަހަރެން ވަރަށް ފޫހިވޭ” އުނދުން ކައިރީގައި ހުރި އަވީންގެ ކަންފަތުގައި އެޖުމްލަ ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެ ޅަހިތުގައި ޖެހުނުކެއް ބޮޑޫކަމުން މަސައްކަތްވެސް ކުރިއަށް ނުގެންދެވުނެވެ. އުނދުން ނިއްވާލުމަށްފަހު އެއްވެސް މީހަކަށް ބަލާނުލާ އަވީން އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

“ދެން ތިކަހަލަ އެއްޗެހި ބުނަންވޭތަ؟ އަވީންއެއީ ހުތުރު ކުއްޖެއް ނޫން” ރުކާޔަތު އެހެން ބުނެލީ ހިތް ހަމަ ނުޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ.

“ދެން ކަޅު މީހަކާ ދިމާލަށް ކަޅޭ ބުނުން އެއީ މައްސަލަ އެއްތަ؟” ޔުއާން ހިނިތުން ވަމުން ބުނެލިއެވެ.

އާސިޔާ އެނދުގައި އޮށޯވެލައިގެން އޮތީ ބޮލުގައި ރިއްސާވަރުންނެވެ. އަވީން ފޮނުވާލައިގެން މިކުރެވުނީ ރަނގަޅު ކަމެއް ބާވައެވެ. އެކުއްޖާއަށް އެއްވެސް ގެއްލުމެއް ވާކަށް އާސިޔާ ބޭނުމެއް ނުވެއެވެ. އަދިވެސް އޭނާއަށް އަވީންގެ ކުޑަކުޑަ މޫނު ސިފަ ވާކަހަލައެވެ.

 

#     #     #     #     #     #      #    #     #     #     #

 

އެއީ އާސިޔާގެ އެންމެ ޒުވާން ދުވަސްވަރެވެ. ރީތި ހަށިގަނޑެއް ލިބިފައިވާ އާސިޔާ އަބަދުވެސް އުޅެނީ އެހެން ފިރިހެނުން އޭނާގެ ދަލުގައި ޖައްސައިގެނެވެ. އޭނާ އުޅެމުންއައީ މާލޭގެ އެންމެ މުއްސަނދި އެކެއްގެ ގޭގައެވެ. އެއީ އަވީންގެ ބައްޕަގެ ގެއެވެ. ނަމަވެސް ކޮންމެ ރެއަކުވެސް އާސިޔާއަށް އެގޭގެ އެތެރޭގައި ހުންނަ ކޮޓަރިއަކުން އަންހެނެއްގެ ރުއިމުގެ އަޑިއިވެއެވެ. ކިތަންމެ އެނގެން ބޭނުންވިނަމަވެސް އާމިރުގެ ހުންނަ ގޮތަކުން އޭނާއަކަށް އެތަނަށް ވަންނާކަށް ނުކެރެއެވެ. ނަމަވެސް ރޭގައި އެކޮޓަރިން މާބާރަށް އެއަޑު އިވެމުން ދިޔައެވެ.

ޖެހިގެން އައިރޭގައި އެންމެން ނިދުމުން އާސިޔާ މަޑު މަޑުންގޮސް އެކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އަނދިރި އެކޮޓަރި ފެންނަނީ ވަރަށް ބިރުވެރި ކޮންނެވެ. ދޮރު ލައްޕާ ލުމަށްފަހު އަތުގައި އޮތް ބައްތިން އެތާނގެ އެތެރެއަށް އާސިޔާ އަލިކޮއްލިއެވެ. ބޮކި ޖައްސާނެ ބިސްނުމެއްވެސް އޭނާގެ ނެތެވެ. އެއްކަނެއްގައި އޮތް އަންހެން މީހަ ފެނުމުން އާސިޔާގެ މެޔަށް ދިޔައީ ފިނިވެގެންނެވެ. އަވަހާއި އައިސް އެއަންހެން މީހާގެ އަތުގައިވާ ވާތައް މޮހެ ލުމަށްފަހު އޭނާ ހޮޅިބުރި ފެނޭތޯ އުޅެގަތެވެ. އެއްކަނެއްކަނެގައި ނުތެދުވެފައި އޮތްމީހާ ވަރަށްވެސް ރީއްޗެވެ. ދޮންދޮން އެހަށިގަނޑުގައި އެންމެ ފޭރާމެއްވެސް ނެތެވެ. އިސްތަށިގަނޑު ހޭވިފައި ވާގޮތުން ގިނަ މުއްދަތަކަށް ފުނާ އަޅާފައި ނުވާކަން އެނގެއެވެ.

“ސުބްހާނަﷲ.. ކާކު ތީ؟” އާސިޔާގެ ހިތް ހަމްދަރުދީއިން ފުރިގެން ދިޔައެވެ. އެއަންހެން މީހާގެ ބޮލުގައި ފިރުމާލަމުން އާސިޔާއަށްވެސް ރޮވިއްޖެއެވެ. މިގޭގައި މި އަންހެން މީހާއަށް މިހާލު ޖެއްސީ ކާކު ބާވައެވެ.

“އަންޖުމް.. އަޅުގަނޑަކީ އަންޖުމް..” އެމީހާ ކުރެހިފައިވާ އަޑަކުން އެހެން ބުނެލިއިރު އަޑު އިވޭ ކޮންމެ މީހަކުގެވެސް ހިތް ކުދި ކުދި ވެގެން ވާނެއެވެ.

“އާސި ކީއްކުރަން މިތަނަށް ވަނީ..” އާމިރުގެ އަޑު ފަހަތުން އިވިގެން ދިއުމުން އެއަންހެން މީހާ ތެޅި ގަނެއްޖެއެވެ. ހީވަނީ ބިރެއް ފެނުނު ހެންނެވެ. އަންޖުމް ގުދު ވެލުމުން ފަހަތުން އެއްޗެއް ފެނުނުހެން އާސިޔާއަށް ހީވިއެވެ.

“އެއީ ކޯއްޗެއް؟” ހަޅޭ ލަވައި ގަނެފައި ފަހަތަށް ޖެހުނު އާސިޔާ ބުނެލިއެވެ. އަންޖުމް ގެ ފަހަތުން ނިކުތް ކުޑަ ކުޑަ އަންހެން ކުއްޖާ ފެނުމުން އާސިޔާގެ ހިތް ލޯބިން ފުރުނެވެ. އާމިރާއި ދެކޮޅަށް އެކުއްޖާ އުރާލަމުން އަންޖުމްވެސް ގޮވައިގެން އޭނާ އެކޮޓަރިން ނިކުމެއްޖެއެވެ. އަންޖުމް އޭނާގެ ކޮޓަރީގައި ބެހެއްޓުމަށްފަހު އުރުގައި އިން ކުއްޖާ ގޮވައިގެން އާސިޔާ އެނބުރިލީ އާމިރުއާއި ދިމާލަށެވެ.

“އާމިރު ތީ ތިކަހަލަ މީހެއް ކަމަކަށް އަހަރެން އެންމެ ފަހަރކުވެސް ހިއެއް ނުކުރަން” އަރާފައިވާ ރުޅި މައިތިރި ކުރަމުން އާސިޔާ ވާހަކަ ދެއްކިއެވެ.

“އާސި ކަހަލަ ރީތި މީހެއް އަހަންނަށް ލިބޭނެތަ އަންޖުމް ހުރިހާ ހިނދަކު.. އޭނާއާއި ކައިވެނި ކުރިއަށް އުފަލެއް ނުލިބޭ… އަބަދު މިކުއްޖާ ގަނޑު ގޮވައިން” އާމިރުގެ މޫނުމަތިން ފެނިގެން ދިޔައީ ނުބައިކަމެވެ.

“މީ އާމިރުގެ ކުއްޖެއްތަ؟” ޤަބޫލު ނުކުރެވިފައި އާސިޔާ އަހާލިއެވެ.

“އާނ.. ތީ އަހަރެން ތިންވަނަ ދަރިފުޅު އަވީން..” ނުބައި ފާޑަކަށް ހީގަންނަމުން އާމިރު އަވީންނަގައި އުރާލިއެވެ. އަދި އެކުއްޖާގެ ކޮލަށް ދޮނެއް ދިން ގޮތުން ހީވަނީ އެކުއްޖާ ކާލަފާނެ ހެނެވެ. އެމަންޒަރު ބަލަންއިން އާސިޔާ ވަގުތުން އަވީން އަތުލައިފިއެވެ. އަދި އާމިރުއާއި ދިމާލަށް ބަލާލީ ނަޖިހަކަށް ބަލާ ކަހަލަ ގޮތަކަށެވެ.

“އަވީން.. އަވީ” ހިނިތުން ވެލަމުން އާސިޔާ އަވީންގެ ބޮލުގައި ފިރުމާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nuzzi

Level 110 Stories

Other Articles

Previous

ކޮންމެ ވިންދެއްގައި… (3 ވަނަ ބައި)

Next

ހަންޖަރު – 2ވަނަ ބައި

Next
May 19, 2016

ހަންޖަރު – 2ވަނަ ބައި

Previews
May 19, 2016

ކޮންމެ ވިންދެއްގައި… (3 ވަނަ ބައި)

12 Comments!

  1. Fathimath Inaa Yaa says:
    May 19, 2016 at 12:06 pm

    Kyve sitah nnuvadheveny

  2. haazi says:
    May 19, 2016 at 12:16 pm

    wowwww…..vvv nice.nxt part thankolheh dhigu koh dhehchey

  3. Phy says:
    May 19, 2016 at 12:21 pm

    V kiyaa hiyvey mi story…reethi v…nxt part ah waitting

  4. Hooo says:
    May 19, 2016 at 12:52 pm

    Varah reethie. Hope kuran avahaa up kuraaney kamah

  5. aani says:
    May 19, 2016 at 2:32 pm

    Abadhu mi kiya vaahaka thakai v thafaathu adhi kuriah ves thafaathu vaane kamah heekuran. Vv reeth..

  6. naku says:
    May 19, 2016 at 3:20 pm

    Nice v vias

  7. Sha says:
    May 19, 2016 at 5:02 pm

    Alhey mi stry vvv nice next part avaha up kodheythi…

  8. NaAi says:
    May 19, 2016 at 10:51 pm

    Wow v v v v reethi…next part avahah up kohdehchey plx….

  9. zoya says:
    May 20, 2016 at 11:21 am

    Vara reethi
    next parta waiting

    1. zoya says:
      May 20, 2016 at 11:21 am

      Vara reethi
      next parta waiting

  10. Ram says:
    May 20, 2016 at 9:54 pm

    V reethi vaahakaage kuriyya dhiya 2 baa ves.unmeedhujuran dhen nerey baa ves v reethi vaane kamuge unmeedhugai

  11. rai says:
    May 20, 2016 at 10:29 pm

    Koba 3vana bai

Comments are closed.

Next Episodeވާނޭހެ ދުނިޔޭގާ (3)←


All Right Reserved!