” ޑޮކްޓަރ. ވަރަށް އަވަހަށް.” އީނާޝް ސިއްސައިގެން ދިޔައީ ދޮރުމަތީ ހުއްޓެލައި ނަރުސް ކުއްޖެއް ގޮވައިލުމުންނެވެ. އޭރު ބޭރުން މީހުން ހަޅޭއްލަވާ އަޑު އިވެއެވެ. އީނާޝް ބޭރަށް ނިކުމެލުމާއިއެކު ލެއިން ޗަސް ތެޅިގެން އޮތް އުނޫޝް ފެނުމާއިއެކު އޭނާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ދުވެފައި ގޮސް އުނޫޝް ބޭވިފައި އޮތް ފޮރޮލި އެނދާއި ހަމަޔަށް ނުދެވުނީ ނަޝާޔާގެ ސަބަބުންނެވެ. އެއަށްވުރެ ކުރިން ނަޝާޔާ ގޮސް އުނޫޝްގެ ގައިގާ ބައްދަން ފެށިއެވެ. އީނާޝްއަށް ދުރަށް ޖެހިލެވުނީއެވެ. އަދި ކަރުނަތަށް ފޮހެލައި ތައްޔާރުވެލަމުން އޮޕަރޭޝަން ރޫމަށް ވަނެވެ.
އެރަށު ހޮސްޕިޓަލްގައި އިތުރު ޑޮކްޓަރެއް ނުހުރުމުގެ ސަބަބުން ހުރިހާ ބަލި މީހުންނަށްވެސް ފަރުވާ ދޭން ޖެހެނީ އީނާޝްއަށްށެވެ. އީނާޝް ހުރީ ކުޑަކޮށް ހާސްވެފައެވެ. އުނޫޝް އެހާލުގައި އޮތުމުންނެވެ.
ނަޝާޔާ ބުނިގޮތުގައި އުނޫޝްއަށް އެހާލު ޖެހުނީ އެކްސިޑެންޓެއް ވެގެންނެވެ. އަދި އޭގެ ސަބަބުން އަތްވެސް ބިންދައިގެން ދިޔައެވެ. ހަމަ އެހެންމެ ހެޔެއްވެސް ނެތެވެ. އެންމެ ފުރަތަމަވެސް އުނޫޝްއަށް ފަރުވާ ދޭން ފެށިއިރު ނާޝްއަށް ފެނުނީ ފަޅައިގެން ގޮސްފައިވާ އުނޫޝްގެ ތުންފަތެވެ. އޭނާގެ ހިޔާލަށް އައީ މީގެ 8 އަހަރު ކުރިން ފެންކުޅި ކުޅުނު ދުވަހު އުނޫޝް އޭނާގެ ތުންފަތް ފަޅައިގެން ދިއުމުން އުރާލި ގޮތެވެ. އިސާހިތަކު ނާޝްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހެލިއެވެ. އަދި ޖީބުން ޓިޝޫ ކޮޅެއް ނަގައި ލޭކޮޅު ފޮހެދިނެވެ. ދެން ހުރި ހުރިހާ ކަމެއް ކުރީ ނަޝާޔާއެވެ. އީނާޝް ވައިއަޅާ ލިޔަވެސް ނަޝާޔާ ނުދެއެވެ.
މާގިނައިރެއް ނުވެ އުނޫޝް ވޯޑަށް ގެންދެވުނެވެ. ނަމަވެސް ހެޔެއް ނާރައެވެ. އެހެންކަމުން ފެންވަރާ ހަދައިލާން ނަޝާޔާ ގޮއްސިއެވެ. އީނާޝްއަށް ލިބިގެން ދިޔައީ ރަނުގެ ފުރުސަތެކެވެ. އޭނާ އަވަހަށް ގޮސް ވޯޑަށް ވަތްއިރު ދޮރުމަތީގައި ސާއިމް ހުއްޓެވެ.
ނާޝް މަޑުމަޑުން އުނޫޝްގެ އިސްތަށިކޮޅުގައި ބީހިލިއެވެ. ހޭނެތިފައި އޮންނައިރުވެސް އުނޫޝްގެ މޫނު ކިހައި ހިތްގައިމު ހެއްޔެވެ؟
އޮންނަނީ ހިނިތުންވެލައިގެންނެވެ. ދެން އޭނާ ހިފައިލީ އައިވީ ގުޅިފައިވާ އުނޫޝްގެ އަތަށްށެވެ. އަދި ތުންފަތުގައި އެއަތް ޖައްސައިލާ ވަރަށް ލޯބިން ބޮސްދިން އިރު އެދެލޮލުން ކަރުނަ ނުހިލެއެވެ. ގިސްލެވެން ފަށައިފިއެވެ. އޭރު ސާއިމްގެ ދެލޯވެސް ކަރުނައިން ތެމިއްޖެއެވެ. ސާއިމްއަށް ބަލައިލެވުނީ ފަރިގޮތަކަށް ހިނގާފައި އަންނަމުން ދިޔަ ނަޝާޔާ އާއިދިމާލަށްށެވެ. ނަޝާޔާއަށް ފެނިއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
އުނޫޝްއަށް ހަރަކާތް ކޮށްލެވުނެވެ. ހީވަނީ ހޭ އަރަނީ ހެންނެވެ. ލޯމަރާލައިގެން ހުރި ނާޝްއަކަށް މިކަމެއް ފާހަގައެއް ނުކުރެވެއެވެ. އުނޫޝްއަށް ކުއްލިއަކަށް ފޮރޮޅިލެވުނެވެ. ނާޝްއަށް ހުރެވުނީ އުނޫޝްގެ އަތުގައި ހިފައިގެން ކަމުން އޭނާ ވެއްޓުނީ އުނޫޝްގެ މޭމައްޗަށްށެވެ. އުނޫޝްއަށް ލޯ ހުޅުވާލެވުނީ އެވަގުތުއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. އެތައް އަހަރަކަށްފަހު ދެލޮލެއް އަމިއްލަ އާލަމަށް ދަތުރު ކުރިއެވެ.
ސާއިމް ހުރީ ހާސްވެފައެވެ. އީނާޝްގެ ހަޔާތުގެ އެހައި ހާއްސަ ވަގުތެއް ނަޝާޔާއާއި ހެދި ބޭކާރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ވޯޑުގެ ދޮރާއި ހަމައަށް ނަޝާޔާއަށް އެރުމާއިއެކު ސާއިމަށް ނަޝާޔާގެ އަތުގައި ހިފާލެވުނެވެ. މިފަދަ ކަމަކަށް ތައްޔާރުނުވެ ހުރި ނަޝާޔާ ވެއްޓުނީ ސާއިމްގެ އަތް މައްޗަށްށެވެ. ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ނަޝާޔާގެ ހިތް ކުރިން ދުވަހަކުވެސް ނުތެޅޭ ގޮތަކަށް ތެޅެގަތެވެ. މިއީ އޭނާ މިފަދަ ގޮތަކަށް ފިރިހެނަކާ ކައިރިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިފަދަ އިހްސާސެއް އޭނާޔަށް ކުރެވުނީ އަދި އަލަށްށެވެ.
” އުމްމްމް ނަޝާގެ މަންމަ ގުޅާފަ ބުނީ ނަޝާ ކައިރީ ބުނާށޯ އަންނާށޭ.” ވާހަކަ އޮޅުވައިލަމުން ސާއިމް ބުންޏެވެ. ނަޝާޔާ އޯ އޭ ބުނަމުން ހިނގައްޖެއެވެ. ސާޢިމްއަށް ހަމަނޭވާއެއް ލެވުނީ ދެނެވެ.
އުނޫޝްއަށްވެސް ހަމަހޭވިއެވެ. އެތައް އަހަރުތަކަށްފަހު ނާޝްގެ މޫނު އެހައި ކައިރިން ފެނުމުން ދުރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އީނާޝްއަކީ ބޭވަފާތެރިޔެކޭ ހިތަށް އެރުމުން ދުރުވަން އޭނާގެ ޒަމީރު މަޖްބޫރު ކުރީއެވެ.
” ކީއްކުރާން މިތާނގަ؟” ދުރުވެލަމުން އުނޫޝް ކޮށްލީ ސުވާލެކެވެ.
” އަހަރެންން… އަހަރެންމީ ޑޮކްޓަރެއް. ޕޭޝަންޓުންގެ ހާލު ބެލުމަކީ އަހަރެންގެ ވާޖިބެއް.” އީނާޝް ޖަވާބުދިނެވެ. 8 އަހަރަށްފަހު އުނޫޝްއާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވިއެވެ.
” އެހެންތަ ދެން ކީއްކުރަން އަހަރެންގެ އަތުގަ ހިފީ. މިމަރުކަޒުގެ އެއްވެސް މުވައްޒަފަކަށް އަހަރެންގެ އަތުގަ ހިފުމުގެ ހައްގެއް ނޯންނާނެ. ނަޝާ ފިޔަވާ. ” އުނޫޝް ބުންޏެވެ.
” އެހެންތަ؟ ތިހެން ވީއިރު ކީއްކުރަން އަތް ބިންދާލައިގެން މިމަރުކަޒަށް އައީ.” އުނޫޝްގެ އެނދާއި ވީ ފަރާތުގެ ދޮރު ފޮތިތައް ކަހަމުން ނާޝް އަހައިލިއެވެ. އުނޫޝްއަށް އަމިއްލަ އަތަށް ބަލައިލެވުނީ އަދި ކިރިޔާއެވެ. އޭނާޔަކަށް ބަސް ހުއްޓިފައިވާ ހުރެވުނީއެވެ. އޭނާގެ ނާޝްގެ މިހާ ދޫ ފަސޭހަވީ ކޮން ދުވަހަކު ހެއްޔެވެ؟
” ނޭނގުނު ދޯ ދޭނެ ޖަވާބެއް. އަހަރެން އަތުގަ ހިފީ އައިވީ ގުޅިފަ ހުރީ ރަނގަޅަށްތޯ ބަލަންވެގެން. ކޮންމެހެން މާ ރީތި އަތެއް ފެނިގެންނެއް ނޫން.” ނުވާކަމަކަށް ހަދައިލަމުން އީނާޝް މިހެން ބުނެފައި ނިކުމެގެން ގޮއްސިއެވެ. އުނޫޝްއަށް ހުރެވުނީއެވެ. މިވޭތުވެ ދިޔަ 8 އަހަރު ތެރޭގައި ނާޝް ހާދަ ބަދަލުވެއްޖެއެވެ. ނާޝް އޭނާދެކެ ލޯބިވެޔޭ އެހިތް ބުނަނީ ކީއްވެ ހެއްޔެވެ؟ ނާޝްއަކީ ވަފާތެރިޔެކޭ އެހިތް ބުނަނީ ކީއްވެ ހެއްޔެވެ؟
ޖެހިގެން އައި ހަފްތާގައި ކައިރީ ފަޅު ރަށަކަށް ދެތިން ދުވަހަށް ދިއުމަށް ދަތުރުރޭވުނެވެ. އޭރު އެއް ހަފްތާއަށް އާއްމު ބަލިތަކާއި ގުޅޭ ބިދޭސީ ޑޮކްޓަރެއް އައިސް ހުރުމުން އީނާޝްއަށް ދާން ފުރުސަތު ލިބުނެވެ. އީނާޝް އެހައި ދާހިތެއް ނުވިއެވެ. ދަތުރުގައި އުނޫޝްއާއި ނަޝާޔާ ބައިވެރިވާތީއެވެ. އަނެއްކޮޅުން މަންމަމެންނެއްވެސް ނުދެއެވެ. ދަނީ އުނޫޝްއާއި ނަޝާޔާއާއި ސާއިމްއާއި ފަހުމާމެންގެ ދެމަފިރިންނެވެ. ނަމަވެސް މަންމަމެންގެ އެދުމަށް ފުރަގަސް ދޭކަށް އޭނާޔަކަށް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް ސާއިމްއަކީ އޭނާގެ ވާން އުޅޭ ފިރިމީހާއެވެ. މިހައި އަވަހަށް އެކަން ގަބޫލް ކޮށްފިއްޔާ ފައިދާ ވާނީވެސް އޭނާޔަށްށެވެ.
ދަތުރު ދިއުމަށްޓަކައި ބަނދަރަށް ދިޔައިރު ހުރިހާ އެންމެންވެސް ހަމަޔަށް ތިއްބެވެ. ފަހުމާޔާއި ލާމިއު ދިއުމަށް ހަމަޖެހުނީ ލައިޝަމް ބަހައްޓާފައެވެ. ލައިޝަމް ބަހައްޓާފައި ދާކަށް ފަހުމާ ހިތްހަމައެއް ނުޖެހުނެވެ.
” މަންމާ. ޕްލީޒް. އަހަންނަށް ލައިއާ ނުލާ ދާން ވަރަށް އުނދަގޫ ވާނެ. ލައި ނުގެންދަންޔާ އަހަރެންވެސް ނުދާނަން.” ބަނދަރުގައި ހިޔާ ކޮށްފައިވާ ގަހެއްގެ ދަށުގައި ހުރި ފަހުމާ ޝަކުވާ ކުރަމުން ދިޔައީ ފަހީމާޔާއިއެވެ.
” މަންމަޔަށް އެނގެޔޭ ތިވަރަށް ބޮޑާ ހާކަނީ ކީއްވެކަން. ދަރިފުޅު ކައިވެނި ވަރަށް ކުއްލި ގޮތަކަށް ކުރެވުމުން މަންމަމެންނަށް މާ ފުރިހަމަ ގޮތަކަށް ފާހަގައެއް ނުކުރެވުނު. އެހެންވެޔޭ މިބުނީ ދަރިފުޅުމެން މަޖާ ކޮށްލަން ލައި ބަހައްޓާފަ ދާށޭ.” ފަހީމާވެސް ބުނަމުން ދިޔައެވެ.
” ދެން މަންމާ. ލައި ގޮވައިގެން ދިޔަޔަސް އަހަރެންނަށް މަޖާ ކުރެވިދާނެ ދޯ. އެހެންނޫނަސް އޭނަ ނުލާހިކު އަވަހަށް ނިދާނެ.” ފަހުމާ ގޮތެއް ދުލެއް ނުކުރިއެވެ. އަމިއްލަ ދަރިފުޅާއި ވަކިން އެންމެ ސުކުންތެއްވެސް ހޭދަކުރުމަކީ މަޔަކަށް ހާދަ ދަތިކަމެކެވެ.
” ދެން ފަހޫ ގޮތް ދޫކޮށްބަލަ. އެހާ ގިން ދުވަހަކަށްވެސް ނޫނެއްނު އަހަރެމެން މިދަނީކީވެސް. އެންމެ 3 ޑޭސްއަށް.” ލާމިއުވެސް ބެލީ ފަހުމާޔަށް ވިސްނައިދެވޭތޯއެވެ.
” އޯކޭ. ލައި ގޮވައިގެން ގޮސްބަލަ. އެކަމް ހަނދާންކޮށް ކާފަގެ ކުއްޖާޔަށް ރަނގަޅަށް ބަލާތި. ” ލައިޝަމް އުރާލައިގެން ހުރި ނާޝިދަށް ޖެހުނީ ފަހުމާ ކިޔާވަރުން އެއްބަސް ވާންށެވެ. އޭރު ނާޝްއަށްވެސް ހުރެވުނީ ފަހުމާގެ އަމަލްތައް ހުރިގޮތުން ހެވިފައެވެ. އޭނާޔާއި އުނޫޝްއަށް ކުއްޖެއް ލިބުނީމައިވެސް އުޅެވޭނީ މިހެން ހެއްޔެވެ؟ ނޫނެކެވެ. އޭނާޔަކަށް އުނޫޝްއާއިއެކު ކުއްޖެއް ނުލިބޭނެއެވެ. އޭނާގެ ދަރިފުޅުގެ ބައްޕަޔަކަށް ވާނީ ސާއިމްއެވެ. މިހެން ހިތަށް އެރުމާއިއެކު އީނާޝްގެ ތުންފަތް މަތީ ކުޅެލި ހިނިތުންވުން އެކީގައި ފިލައިގެންދިޔައެވެ. އޭނަޔަށް ބަލައިލެވުނީ ވަކިވަކިން ސާއިމްއާއި އުނޫޝްގެ މޫނަށްށެވެ. އޭރު އުނޫޝްގެ ގައިގާ ތަތްވެގެން ހުރި ނަޝާޔާ ފެނުމުން އޭނާޔަށް ތުން އަނބުރައިލެވުނީއެވެ.
” ހުރިހާ ކުދިން އަވަހަށް އާދޭ.” ކައްޕިތާނަށް ހުރި ލާއިމް ގޮވައިލިއެވެ. ހަމަމިހެން ބުނުމާއިއެކު ހުރިހަ އެންމެން މަންމަމެންނާއި ސަލާމް ކޮށްލަމުން ދޯންޏަށް އެރިއެވެ.
ދޯނި މަތީގައިވެސް އުނޫޝްއާއި ނާޝް ވަގު ކަޅިން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. ލާމިއު ދުއްވާން ހުރިއިރު ފަހުމާ އޮތީ ހޮޑުލައި ދެމިފައެވެ. ލައިޝަމް ގޮވައިގެންވެސް ހުރީ އީނާޝްއެވެ. ނަޝާޔާ ފަހުމާޔާއި މަލާމަތް ކުރަމުން ދިޔައިރު ސާއިމް ހުރީ އީނާޝްއާއި ދާދި ކައިރީގައި ލައިޝަމް އާއި ސަކަރާތް ޖަހާންށެވެ.
ބައި ގަޑީއިރުގެ ދަތުރަކަށްފަހު ދޯނި އޭގެ މަންޒިލަށް ދަތުރު ކުރިއެވެ. ރަށް ހިންގާ މީހާ ބުނިގޮތުގައި އެމީހުންނަށް ދެވެން އޮތީ 3 ކޮޓަރިއެވެ. އެއީ ފަހުމާމެންގެ ދެމަފިރިންނަށް އެއްކޮޓަރީއާއި ސާއިމްއާޢި އުނޫޝްއަށް އެއްކޮޓަރިއާއި އީނާޝްއާއި ނަޝަޔާއަށް އެއްކޮޓަރިއެވެ. ރަށަށް ދެވުމާއި އެކު ހުރިހާ އެންމެންވެސް ކޮޓަރިއަށްވަދެ ފްރެޝް ވެލައިގެން ނިކުތެވެ. ފަހުމާމެން އައީ ލައިޝަމް ނިންދަށްވާފައެވެ.
” އީނޫ. އާދެބަލަ ދަރު ކޮޅެއް ކޮށަން.” ފަހުމާ ގޮވައިލިއެވެ. އެރަށުގައި ރީތި ރީތި ކޮޓަރިތައް ހުއްޓެއްކަމަކު ބަދިގެޔެއް ނުހުރެއެވެ.
***
އުނޫޝްއާއި ސާއިމްއާއި ލާމިއު ކުރުބަލެއް އަޅަން ތިއްބެވެ. 3 މީހުންވެސް އެތައް ވާހަކައެއްގައި ތިއްބައި ލާމިއު ސާއިމްއާއި ދިމާލަށް ބަލަން ހުރެފައި ހޭން ފެށިއެވެ. ހަމައެވަގުތުގައި އުނޫޝްވެސް ހޭންފެށިއެވެ.
” ވަޓް؟” ސާއިމްއަށް އަހައިލެވުނެވެ. އަދި ލާމިއުމެން ބަލަމުން ދިޔައީ އޭނާގެ ޓީޝާޓަށް ކަމުން އަމިއްލަ ޓީޝާޓަށް ބަލައިލެވުނެވެ. އެވަގުތު ޔަކްއޭ ބުނެވެުނީ ހެދުމުގައި ކޭތިފައި ހުރި “ވާ ގުއި” ކޮޅު ފެނިފައެވެ. އަދި ބާރަކަށް ދުއްވައިގަތީ ޓީޝާޓް ބަދަލުކުރުމަށްށެވެ.
***
ދަރުކޮށައިގެން ނޫޑްލިސް ކެއްކުމައިގެން އުޅެމުން ދިޔައީ އީނާޝްއާއި ފަހުމާޔެވެ. ނަޝާޔާވެސް ކައިރީގައި ފޯނާއި ކުޅެލަ ކުޅެލައި ހުއްޓެވެ. އޭނާޔަކަށް އެއްވެސް ކަމެއް ކުރާކަށް ނޭނގެއެވެ. އެހެންކަމުން ކަމެއް ނެތިފައި އިނދެވުނީއެވެ.
” ދޮންތާ. ތިހެން ކަމެއް ނެތިފައި ނީނދެ އާދެބަލަ. އަދި މަ ހޮޑުލާތީވެ މަލާމަތް ކުރިއެއްނު. އެހެން ބުނާއިރު ދޮންތަޔަށް ނޭނގެ ނޫޑްލިސް ކޮޅެއް ކައްކަން ނޭނގެ ” ފަހުމާ މަލާމާތްކުރަމުން ދިޔައީ ކަމެއް ނެތިފައި ހުރި ނަޝާޔާއިއެވެ. އޭނާ ދޯނި މަތީ ހޮޑުލުމުން މަލާމަތްކުރުމުން ބަދަލް ހިފުމުގެ ބޭނުމުގައެވެ.
” ހުމްމް.. އަހަރެންނެއް ނުކުރަމެއްނު ފަހު ކުރާ ކަހަލަ ދިސްކަސްޓިންގ ކަންކަމެއް.” ނަޝާޔާވެސް ރައްދު ދިނެވެ.
” ޔަރައްބީ. އަދި އަހަރެން މިއައީ ލައި އެކަނި ބައްވާފަ. ހޭލެވިއްޖިއްޔާ ރޯލާނެ ވަރަކަށް. ދޮންތާ ޕްލީޒް ދޭބަލަ ބަލައިލަން ހޭލައިފިތޯ.” އެއްޗެއް ހަނދާންވުމުން ފަހުމާ ބުންޏެވެ. ނަޝާޔާވެސް އާނއެކޭ ބުނަމުން ހިނގައިގަތި ފޯނާއި ކުޅެމުންނެވެ. ފަހުމާމެން ކޮޓަރިއަށް ވަދެވުމާއިއެކު ނަޝާޔާއަށް ފާހަނަޔަކަށް ވަންނަން ޖެހިގެން ދޮރުގައި ހިފައިލިއެވެ. އެވަގުތު ވެގެން ދިޔައީ ފާހަނައިގެ އެތެރެއިންވެސް މީހަކު ތަލުގައި ހިފައިލި ވަގުތަކަށްށެވެ. އަދި ހަމައެހެންމެ މިފަދަ ކަމަކަށް ތައްޔާރުނުވެ ހުރި ނަޝާޔާ ގޮސް ޖެހުނީ އެމީހެއްގެ މޭމަތީގައެވެ. އެމީހަކު ހުރީ ޓީޝާޓެއް ފަދަ އެކައްޗެއްވެސް ނުލާކަމުން އެކަސްރަތީ ހަށިގަނޑުގައި ތަތްވެގަނެވުނީއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ސާއިމްއެވެ. ސާއިމްގެ ކަސްރަތީ ހަށިގަނޑުގައި ބީހިލެވުނު އިރު ނަޝާޔާގެ ގަޔަށް ކަރަންޓު އޮއިރެއް ދަތުރު ކޮށްލިފަދައެވެ. އޭނާޔަށް އިސްއުފުލާ ބަލައިލެވުނީ ސާއިމްގެ ޖާދުވީ ލޮލަށްށެވެ. އެޖާދުވީ ލޮލަށް ގެބެން އޭނާ ބޭނުންވިއެވެ. ނަމަވެސް އެއަށްވުރެ ކުރިން ސާއިމް ދުރަށް ޖެހިލާފިއެވެ.
ލައިޝަމްއާއި ދިމާލަށް ބަލައިލާ ނިދާފައި އޮތުމުން ނަޝާޔާ ނިކުމެގެން ދިޔައެވެ. އޭރުވެސް އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ބޮނޑިވެއްޖެއެވެ. ސާއިމްއާއި އެންމެ ފުރަތަމަ ދިމާވި ދުވަހުއްސުރެ އޭނާގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެހިތް އާދަޔާ ހިލާފަށް ތެޅެނީ ކީއްވެ ހެއްޔެވެ؟ އުމުރުން 24 އަހަރު ވީއިރު މިފަދަ އިހްސާސެއް އޭނާޔަކަށް ނުކުރެވެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.




Hey all. last partga hurihaa kudhinvx ekujjegge fav buni from unoosh nd saaim.. Thnxx 4 tht. Nd u guys knows that I cnnt write how u all want.. Cox some wnt Saaim nd others Unoosh. So hope U will under stand.. Luv u all.. Nd hope u will lyk this prt..
Wow Ushee loved it ❤️❤️❤️❤️❤️❤️❤️❤️ Soo saaim and nashaya
Thnkxxx Masw .. May b Saaim nd Nashaya.. Lets C..
❤️❤️❤️❤️ Varah reethie.
Hope kuran den hurie part ves reethie vaaneykamah.
And good job. You have been improving a lot.
Thnxxx.. Insha allah nxt prtvx reethi vaane..
Eyy haadha rangalhey. Saaim and nashaya. Unoosh and Eenaash dhw! finally. Naash haadha molheyy dhw xuvaabu kohlann
Hehehee.. molhu kudhin molhu vaanu zuvaabu kuranvx.. BTW Thnk u zeen…
Woah. Fainally naash & unoosh. Its very nice. And keep uploading. Waiting for the next part. Bt little bit soon. ??
Unoosh aa Naash r together not yet.. Hama saaim aai naash aaivx gulhedhaane.. Read 2 knoww..
Thnkxxxxxxxxx
Alhe thanks. Ushaa. Usha kon irakuntha next part????!!!!! Waiting!’
Neingeu bunaakah.. Sry.. Bt kyp waitin.. ingey zeen..
Masha allah.. Vaahaka v reethii.. Bt erashuga doc akah naash ekani hunna iru 3 days ge chuttyy akah kihinehbaa dhaanee replacement eh nethiii… Ufedhunu suvaaleh v ma hama kollyyy.. Anyways awsome mi partvess… Waitin for the next partt… ?????????
Ya. U made a big question.. I couldnt even think about tht. Bt I am correcting de mistake.. Nd thnkx 4 telling mee…
Really thnk yuh…
Mihaaru ethan kolhu ok thr Yashal?
Vvvvvv reethi mi part vx ebunaavhen kn irakun tha nxt part up kohladheynee waiting for the nxt part n gud luck for the stry
Sry.. Bt vaki dhuvaheh bunaakah neigey.. Cox I must 4cus on my studies 2.. Bt insha allah vrh avahah up kuranan…
Thnk yuh
Wow wow wow. Awesum. Nxt prt avahah up kohla dhehchey… miss nd luv yuh alllt
Thnk yuh…. Nd miss u and luv u too
Unoosh lein thaiy thelhifa ovefa eyge aneh dhuhu dhathuru dhany kihineh..? Baeh sentence thah kudakoh hama nujehy.. u can do better. Saaim kykurun fahuma men kotri fahana ah vannany…. nd eben saaim heynethifa ovba ves reethi vaahaka.. dear u can do better.. t.. story ge haadhisaa varah reethi. Genesdhey goiy kudakoh reethi kohlyma habeys vaane.. ????????❤
Plx tell me de paragraphs which has mistakes..
Thnkxx…
mihaaru ainthu faahaga kurithan kolhu rangalhu koffin..
Saaim fahumaamen kotariyah vai sababuvx nxt partga ingeyne…
Heynethifai onna iru ves saaim ge moonu kihaa hiy gaimu heyyeve??
Ethan kolhuvx rangalhu koffin.. Ainthu.. vvvvvv bodah thnxx mistaketah bunedhinyma…
Love this story.. hope u wudnt mind ? love you ???
Ya. I am thankfull that u told me… Plx ushaa mind koffanethy evvx kujjeh nuvisnaa.. Buneladhinyma Ushaa rangalhu kollanan.. Nd yes. Luv yuh 2 Ainthu
Thnxx….
First paragraph ga enash beyrah nukuthumaaeku lein thaiy lehi oiy unoosh fenunmunenneve.. mi sentence hama eh nujhey.. ibaaraaiy thah kudakoh hama nujeheny..
mihaaru ethnkolhu rangalhu dhw ainthu..
Wow v v v reethi
Thnk u zahy…
Yeah… Nw ok… ????
Thnk 4 telling me…
==Tinkerbell==
Fahumaa men kotari faahana ah saaim vany ehn kotarithah thalhulaafa huryma kanneynge….mi prt vs v salhi….waiting 4 the nxt prt
Nice guess… Let c.. THnkxx…
Mivaahaka eh tha…..ahchydi…mihathanan kiyunu ehme hadi vaahakami aky oey
Asluvx ehaa hadi tha??? Nxt prt reethi kollanan insha allah… Nxt part kiyaalaafa cmmnt kollahchey… Nd Ushaa rangalhu kollan kameh othiyya buneladhehchey.. Eyrunnennu improve vaany dw…
Thnk yuh vvvvvvvvv much….
Nashaya saaim ah dheynyy ushyy….vvvv reethi,,,,
Read ingey.. Eyrunennu ingeyeny.. Thnkxxxx seenu..
Ushaaaaaaaa……. Jst luv it… V v v v v v rythi.. Btw yousuf ah bodah rangalhy saaim n eenaash… V lwbi.. Hehe ekm v beynun unoosh n eenaash vs… Dn neynge bunaakahvs v v salhi… Luv yu????
Thnkxx.. Kyp reading yousuf…