“އާސީން.. އަހަރެން އާސީންދެކެ ލޯބިވޭ.. ވަރަށް ބޮޑަށް.. އަހަރެން ބޭނުންވަނީ އާސީންއާއި އެކު ދެން ދުވަސްތައް ގުނަން.. އާސީން އަހަރެންގެ ހުރިހާ އުފަލެއް އަދި ހިތާމައެއްގައި ބައިވެރިވެގެން.. ހުރިހާ ހާލަތެއްގައި.. އަހަރެންގެ ދިރިއުޅުމުގެ ހިއްސާއަކަށް އާސީން ވާނަންތަ” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން މާ ދިއްކޮށްލިއެވެ.
އަހަރެންނަށް އުފަލުން ގޮސް ރޮވުނެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރެވުނީ އައިރްގެ ޖުމްލަ ނިމެންދެންނެވެ. “ޔެސް.. ޔެސް.. ޔޭސް..” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަދި އަވަސް އަވަހަށް މަލުގައި ހިފީމެވެ. އައިރް ހިނިތުންވެލަމުން ކޮޅަށް ތެދުވިތަނާ އަހަރެންނަށް އައިރްގެ ގައިގައި ބައްދައިގަނެވުނެވެ. ލިބިފައި ހުރީ ބަޔާންކުރަންވެސް ނޭނގޭ ކަހަލަ އުފަލެވެ. އައިރް އަހަރެންނަށް ޕްރޮޕޯސް އެގޮތަށް ކޮށްފާނެއެކޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އައިރް ލޯތްބާއި އެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. ކުޑަ އިރުކޮޅު އެހެން ހުރުމަސްފަހު އައިރް އަހަރެން އޭނައާއި ދުރުކޮށްލިއެވެ. އަހަރެންނަށް އައިރްއާއި ދިމާލަށް ބަލާލެވުނެވެ. އައިރް އަހަރެން ދުރުކޮށްލުމަށްފަހު އެނދުކައިރިއަށް ގޮސް އެތަނުގައި އޮތް ތަވީދު އޭނަގެ ރުމަލުގެ އެހީގައި ނެގިއެވެ. އަދި އެހިފައިގެން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. “ދެން މިވެސް އަޅާ” އަހަރެންނަށް ތަވީދު ދެމުން އައިރް ބުނެލިއެވެ. އަހަރެން އައިރްގެ މޫނަށް ބަލާލީމެވެ. އަހަރެން އެއަޅައިފިނަމަ އައިރްއަށް އަހަރެންނާއި އެކު އުޅެން އުދަގޫވެދާނެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ލުކް.. އާސީން.. މިއީ ހަމައެކަނި އެއްޗަކީ.. އާސީންއާއި ބަންޝީލްއާއި ދެމެދުގައިވާ.. ސޯ ޕްލީޒް.. މީތި އަޅައިގެން އުޅޭ” އަހަރެންގެ އަތައް ތަވީދު ލައިދެމުން އައިރް ބުނެލިއެވެ.
އަހަރެންގެ ތަވީދު މުށުތެރެއަށްލާ ބާރުކޮށްލީމެވެ. އަދި އައިރްގެ މޫނަށް ބަލާލީމެވެ. “ޑޯންޓް ވޮރީ.. ތީގެން އަހަރެންނަށް އެއްވެސް އަސަރެއް ނުކުރާނެ” އައިރް ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ. “ޔޫ ހޭވްޓް ސްޓޮޕް ޑުއިން ދެޓް.. އަހަރެންގެ ސިކުނޑީގައިވާ ހުރިހާ އެއްޗެއް އަޑުއަހާކަށް ނުވާނެ” އަހަރެން އައިރްގެ މޭމަތީގައި ކުޑަކޮށް ޖަހާލީމެވެ. “ނާހަނަމޭ.. ސުވާލު ކުރާނަމަ.. ތި ހިތައް އަންނަ ހުރިހާ އެއްޗެއް ބުނާނަމަކަ.. އޭރަކުން އެހެނެއް ނަހަދާނަން” އައިރް ބުނެލިއެވެ. “އެކަމަކު އެއްވެސް މީހެއްގެ ސިކުނޑީގައި ހުންނަ އެއްޗެހި އަޑުއަހާކަށް ނުވާނެ.. އޭރުން އަރައިގަނެވެނީ ހައްގަށް” އަހަރެން ކުޑަކޮށް އައިރްއާއި ދުރައްޖެހިލީމެވެ. “ތިއީ އަހަރެންގެ ހައްގެއް.. ސޯ ކޮބާ މައްސަލައަކީ” އައިރް ފަހަތުން އައިސް އަހަރެންގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އައިރް އެހެން ބުނުމާއި އެކު އަހަރެން ލަދުގަތެވެ. މީހާގެ މޫނު ވަގުތުން ރަތްވެގެން ދިޔަކަން އަހަރެންނަށް އެނގުނެވެ. އެހެންކަމުން އެމަންޒަރު އައިރްއަށް ނުދައްކަންވެގެން އަހަރެން އެބުރުނީ ފާރުގައި ހުރި ބޯޑާއި ދިމާލަށެވެ.
“ދެން އެހެން ވީމަ މިހާރު އަހަރުމެން ކިހިނެއް ހަނދާނީ.. ނަޝްފާގެ ކޭސްގައި” އަހަރެން އެބޯޑާއި ކައިރިވެލަމުން އައިރްއާއި ސުވާލު ކުރީމެވެ. “އަހަރެން ބަލާނަން.. ނާސިރު ބުނި ތަނަށް ގޮސް ފައިލް ފެނޭތޯ.. އެފެނިއްޖެނަމަ.. އަދި ނާސިރު އެބުނި ގޮތަށް އޭގައި ހެކި ހުރެއްޖެނަމަ.. އަހަރުމެންނަށް އަލުން އެކޭސް ރީއޯޕެން ކުރެވިދާނެ..” އައިރް ވާހަކަ ދެއްކިއެވެ. “އެކަމަކު ކިހިނެއް އަހަރުމެން ލޯޔަރެއް ހޯދަނީ.. އަހަރެންގެ އެކުވެރިއެއްވެސް ނޫޅޭނެ.. އަނެއްކާ މިހުރިހާ އެއްޗެއް އަޑުއަހާނީވެސް ކާކު” އަހަރެން އަހާލީމެވެ. “ފުރަތަމަ އެފައިލް ފެނޭތޯ ބަލަމާ.. ލޯޔަރުގެ ކަންތައް ފަހުންވެސް ހަމަޖެއްސިދާނެ.. އަހަރެން މަސައްކަތް ކުރާނަން މީހަކު ލިބޭތޯ.. އެކަމަކު ހެކި ހުރެއްޖެ ކަމަށްވާނަމަ..” އައިރް ބުނެލިއެވެ. “ބަންޝީލް އެ ހުރިހާ އެންމެންވެސް މެރި.. އެކަން ޔަގީން.. މިރޭ އޭނަ އަހަރެންނަށް ދެއްކި..” އަހަރެން ބޯޑާއި ދިމާލަށް ބަލަން ހުރެ ވާހަކަ ދައްކަމުން ދިޔައީމެވެ. “ވަޓް.. އޭނަ ކޮން އެއްޗެއް ދެއްކީ” އައިރް އަހަރެންގެ އަތުގައި ހިފާ އޭނައާއި ދިމާލަށް އަބުރާލިއެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. “ނޭނގެ.. އަހަރެން ސުވާލު ކުރީ އެމީހުން މަރާލީ ކިހިނެއްހޭ.. ބުނީމަ ބުނީ ދައްކަފާނަމޯ.. ކިޔާފަ ލޯ މަރާށޭ ކިޔާފަ… ގެންދިޔައީ ހުމާމް މަރާލި ތަނަށް.. ދެން ގާޒީ މަރާލިތަނަށް” އަހަރެންގެ ކުރިމަތިން އެމަންޒަރުތައް ސިފަވި ކަހަލައެވެ.
“އާ ޔޫ ކްރޭޒީ.. ބަންޝީލްއާއި އެކު ދިޔައީއޭ.. އެހެންވެ ދޯ އަހަރެންނަށް އާސީންގެ އެއްވެސް ކަހަލަ ނިޝާނެެއް އެވަގުތު ކޮޅުގައި ނުފެނުނީ.. އަހަރެން ހާސްވި ވަރު އެނގޭތަ.. އެނގޭތަ ތި ކުރެވުނީ ކިހާ ބޮޑު ކަމެއްކަން” އައިރް ވާހަކަ ދެއްކި ގޮތުން އޭނަ ހުރީ ހިތްހަމަނުޖެހިފައިކަން އަހަރެންނަށް އެނގުނެވެ. “ތިގޮތަށް.. އޭނައަށް އާސީންއާއި ކައިރިވާން ދެވޭ ފުރުސަތު ތަކަކީ ދައުވަތުތަކެއް.. އޭނަ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ” އައިރް އަހަރެންގެ އަތުން ދޫކޮށްލިއެވެ. “ތިގޮތަށް ކަންތައް ކުރުމުގެ ކުރިން އަހަރެންނާއި އެއްވެސް ވަރަކަށް އާސީން ވާހަކަ ދެއްކިނަމަ.. އޭރުވެސް އެނގުނޭ.. އާސީން ކަމެއް ކުރަން އުޅޭކަން.. އެކަމަކު ތިކަހަލަ ކަމެއް.. އަހަރެން ދޮންބެ ފޮނުވައިގެންވެސް ހުއްޓުވަން އުޅުނީ އާސީން ތިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ނޫން.. އެކަމަކު ދޯ” އައިރް ބުނެލިއެވެ. “އަހަރެން ބޭނުންވީ އަހަރެންގެ ސުވާލު ތަކަށް ޖަވާބު ލިބޭނެ ގޮތެއް.. އައިރްވެސް އަހަރެންނަށް ޖަވާބު ދިނީކީ ނޫން.. އެހެންވީމަ” “އެހެންވީމަ ބަންޝީލް ކައިރިއަށް ދިޔައީ.. އާސީން.. ތި ކުރީ ވަރަށް ދެރަކަމެއް.. އޭނައަކީ ދުވަހަކުވެސް ތެދު ހަދާނެ މީހެއް ނޫން.. އޭނަ އާސީން ހޯދުމައްޓަކައި ކިތައްމެ ދޮގެއްވެސް ހަދާފާނެ.. އަހަރެން މިހާރު މިބުނަނީ.. އަހަރެންނަށް އާސީން ކައިރީގައި ބުނެވޭ ވަރުގެ އެއްޗެއް ވިއްޔާ ބުނެދޭނަން.. ނުބުނެވޭ ވަރުގެ އެއްޗެއް ނަމަ އެކަމަށް ދުވަސްކޮޅެއްދީ.. އޭރުން ދުވަސްކޮޅަކުން އެވާހަކައެއް ބުނެވޭނެ.. އެކަމަކު ތިކަހަލަ ކަމެއް ދެން ނުކުރާތި” އަހަރެންގެ އަތުގައި ހިފާލަމުން އައިރް ބުނެލިއެވެ.
އައިރްގެ މޫނުމަތިން އަހަރެންނަށް ފެނުނީ އަހަރެންނަށްޓަކައި އޭނަގެ ހިތުގައި އުފެދިފައިވާ ހާސްކަމެވެ. ކަންބޮޑުވުމެވެ. “ޕްލީޒް.. ދެން މީގެ ފަހުން އާސީން ތި ތަވީދު ނަގައިގެން ނުވާނެ.. ޕްރޮމިސް މީ” އައިރް އެދުނެވެ. އަހަރެން އާއެކޭ ބުނީމެވެ. އައިރް ލޯތްބާއި އެކު އަހަރެންގެ ނިއްކުރިއަށް ދޮނެއް ދިނެވެ. “ދެން ބުނެބަލަ.. އަދްލީ މަރާލީ ކާކު” އައިރް އަހަރެން ދުރުކޮށްލުމުން އައިރްގެ މޫނަށް ބަލާލަމުން ހިނިތުންވުމެއް ރައްދުކޮށްލަމުން އަހަރެން އަހާލީމެވެ. އައިރް ހިނިތުންވެލިއެވެ. އަދި ބޯޑާއި ދިމާލަށް ބަލާލިއެވެ. އެތަނުގައި އެކި މީހުންގެ ފޮޓޯތައް ހަރުކުރެވިފައި ހުއްޓެވެ. އައިރް މަޑުމަޑުން ގޮޮސް އަދްލީގެ ފޮޓޯ ނައްޓާލިއެވެ. “އާސީންގެ މަސައްކަތަކީ.. ނަޝްފާއަށް އިންސާފް ހޯދައިދިނުމެއްނުން.. ކީއްކުރަން އަދްލީގެ މައްސަލަ ބަލަނީ” އައިރް ބުނެލިއެވެ. އަހަރެންވެސް މަޑުމަޑުން ގޮސް އައިރް ކައިރިއަށް ހުއްޓެލީމެވެ. އަދި އައިރްގެ އަތުން އެފޮޓޯގަނޑު ނެގީމެވެ. “އެއީ އަދްލީއަކީ އަހަރެންގެ އެކުވެރިއަކަށްވާތީ.. އެޓް ލީސް.. އަހަރެންނަށް ކޮށްދެވޭނެ ކަމަކީ އޭނަގެ މަރުގެ އަސްލު ހަގީގަތް ހޯދުން.. ނޫންތަ” އަހަރެން ބުނެލީމެވެ. “ކީއްކުރަންތަ ހަގީގަތް ހޯދަނީ.. މިދުނިޔޭގައި ކާކު ހަގީގަތް ބަލަނީ.. ކާކަށްތަ ތެދު އެހާ މުހިއްމީ.. ތެދެއް މިހާރު ނޯވޭ.. ކޮންމެ މީހަކުވެސް އެމީހަކު ހިތައް އެރި އެއްޗެއް ކިޔަނީ” އައިރް ބުނެލިއެވެ. “ތިކަން އޮތީ ތިހެން.. އެކަމަކު އެހެނޭ ކިޔާފަ.. އަހަރެންވެސް ހަދަންވީ އެހެންތަ.. އެކަކު ތެދު ހޯދަން މަސައްކަތް ކުރިއަސް އެއީ ބޮޑު ވަރެއް.. އެޓް ލީސް މީހުންނަށް އެނގޭނެތާ” އަހަރެން ވާހަކަ ދެއްކީމެވެ.
“ކޮންއެއްޗެއް.. ކޮންބަޔަކަށް.. އަންގަން އާސީން ތި މަސައްކަތް ކުރަނީ.. ހަނދާން އެބަހުރިތަ.. ނާސިރުއާއި އާސީންއޭ ކިޔައިގެން މީޑީއާ ތަކުގައި ލިޔުނު އެއްޗެހި.. އެމީހުން ނުބަލާ ތެދެއް.. އެމީހުން ލިޔުނީ ހިތައް އެރި އެއްޗެއް.. އެމީހުން އާސީންއާއި ދޭތެރެއަކު ނުވިސްނި.. ދެން ކީއްކުރަން އާސީން އެމީހުންނާއި ދޭތެރޭގައި ވިސްނަންވީ” އައިރް އަހަރެންގެ މޫނަށް ބަލާލިއެވެ. “ކޮންމެހެން މީހަކު މިނެދޭ ނާޅިއަކުން މިނެދޭން ޖެހޭތަ.. މިރާއްޖޭގެ އޮނަންޖެހޭ އަމަންއަމާންކަން ގެއްލިދަނީ އެގޮތަށް މީހުން ކަންތައް ކުރާތީ.. އަހަރެންނަށް އެނގޭ އަހަރެންނޭ ކިޔައިގެން އެމީހުން ލިޔުނީ ރަނގަޅު ވާހަކައެއް ނޫންކަން.. އެކަމަކު އެޓް ލީސް.. އަހަރެންގެ އެހީތެރިކަމާއި އެކު ނަޝްފާމެން ކަހަލަ ކުދިންނަށް އިންސާފް ލިބިއްޖެނަމަ.. އެކުދިންގެ ނަން ރީތި ކުރެވިއްޖެނަމަ.. އިޓްސް ބިގް ތިން.. އެހެން މީހުންނަކަށް ނޫން.. އަހަރެންގެ އަމިއްލަ ނަފްސަށްވެސް” އަހަރެން ބުނެލީމެވެ. އަހަރެން އަދްލީގެ ފޮޓޯ ބޯޑުގައި ހަރުކޮށްލީމެވެ. ކޮންމެ ގޮތެއް ހަދާފަވިޔަސް އަހަރެން އަދްލީގެ މަރުގެ ހަގީގަތް ހޯދާނަމެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީ އޭނަގެ އަޑެއް ނީވުނީމައެވެ. އޭރު އޭނަ ހުރީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. “އައިރް” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ނަމަވެސް އޭނައަށް އަހަރެންގެ އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އެއަށް ވުރެއް ބޮޑަށް އޭނަ ހުރީ އެހެން ކަމަކަށް ވިސްނާށެވެ. “ކިހިނެއްވީ އައިރް” އަހަރެން އައިސް އަައިރްގެ އަތުގައި ހިފިވަގުތު އައިރް ސިއްސައިގެން ދިޔަކަން އަހަރެންނަށް އެނގުނެވެ. “ކަމެއް ނުވޭ.. މިހާރު ވަރަށް ލަސްވެއްޖެއެއްނުން.. އާސީން ނިދާލާ ދެން.. އަހަރެން މާދަން އާސީންއާއި ވާހަކަ ދައްކާނަން.. ބައި އިނގޭ..” އައިރް ލޯތްބާއި އެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “ކަމެއްވީތަ..” އަހަރެން ހައިރާންވީ ކުއްލިއަކަށް އައިރް ދާން އުޅުމުންނެވެ. “ނޭނގެ.. ބަލަންޖެހޭނީ.. ވިލް ލެޓް ޔޫ ނޯ އޯކޭ” އެހެން ބުނަމުން އައިރް ކުޑަދޮރާއި ކައިރިއަށް ޖެހިލިއެވެ. އަދި އަހަރެން ބަލަން ހުއްޓަ ކުޑަދޮރުން ބޭރަށް ފުއްމާލިއެވެ. އަހަރެން އަވަސް އަވަހަށް އައިސް ބަލާލިއިރު އައިރްގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ.
ކުއްލިއަކަށް އައިރްއަށް ކިހިނެއްވީ ހެއްޔެވެ. އެހާ އަވަހަށް އޭނަ އެދިޔައީ ކޮންތާކަށް ހެއްޔެވެ. އެމޫނުމަތިން ހާސްކަމާއި ރުޅިވެރިކަން އަހަރެންނަށް ފެނުނީ ކީއްވެހެއްޔެވެ. އަހަރެން މަޑުމަޑުން އެނދުމަތީގައި އޮށޯވެލީމެވެ. އެވަގުތު ކުރިމަތީގައި އައިރްގެ ޕްރޮޕޯސަލް ސިފަވެގެން ދިޔައެވެ. ވަގުތުން އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެނދުން ތެދުވެ ބޯޑު ކައިރީގައި ބަހައްޓާފައި ހުރި މޭޒުމަތީގައި އޮތް ފިނިފެންމާ ނެގީމެވެ. އަދި އެމާ މޭގައި ޖައްސާލީމެވެ. އެމާ ހިފައިގެން އައިސް އެނދުމަތީގައި އޮށޯވެ ދެލޯ މަރާލީމެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނީ ކިހާއިރަކުން ކަމެއް އަހަރެންނަށް ނަގަށް ނޭނގެއެވެ.
އާއްމުކޮށް ހެނދުނު ހޭލާ ގަޑިއަށް މިއަދުވެސް ހޭލެވުނެވެ. އެކަމަކު ތެދުވާ ހިތެއް ނުވިއެވެ. ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ހުރީ ފާޑަކަށް ރިއްސާލާފައެވެ. އެހެންކަމުން މިއަދު އޮފީހަށް ދާކަށް ބޭނުމެއް ނުވިއެވެ. ޖައިޝްއަށް މިއަދު ސަލާމްއޭ ކިޔާފައި މެސެޖްކޮށް ޖައިޝްގެ ސެކެޓްރީއަށްވެސް މެސެޖްކޮށްލީމެވެ. އަދި އަނެއްކާވެސް ނިދޭތޯ މަސައްކަތް ފެށިމެވެ.
ދެން އަހަރެންނަށް ހޭލެވުނީ ދިހައެއް ޖަހަން އުޅެނިކޮށެވެ. އެހެންކަމުން އަވަހަށް ތެދުވެ ރީތިވެލީމެވެ. އެވަގުތު ކައިރީގައި އޮތް ފޯނު ރިންގް ވާންފެށިއެވެ. “ކޮބާ ހޭނުލެވޭތަ” ދޮންބެ އަހާލިއެވެ. “ނޫނޭ.. މި ނިކުއްނަނީ” އަހަރެން ބުނެލީމެވެ. “ކޮއްކޮ ހޯދަން ކުއްޖަކު އައިސްގެން” އެހާ ހިސާބަށް ދޮންބެ ބުނިތަނާ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. އެވަގުތު ދޮންބެ ފޯނު ކަނޑާލިއެވެ. އަހަރެން ހީކުރީ އެއީ ދޮންބެ ކަމަށެވެ. އެހެންކަމުން އަހަރެން ދިޔަ ގޮތަށް ދޮރުހުޅުވާލީމެވެ. “ޖައިޝް” ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތީގައި ހުރި ޖައިޝް ފެނުމުންނެވެ. “އާސީންގެ ދޮންބެ ބުނީ ދޮރުގައި ޓަކިޖަހާލާށޯ” ޖައިޝް ބުނެލިއެވެ. އަހަރެން ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލަމުން ސިޓިންރޫމްއަށް ބަލާލީމެވެ. އެވަގުތު ދޮންބެގެ ނުލަފާ ހިނިތުންވުން ފެނިގެންދިޔައެވެ. “މިއަދު ސަލާމޭ ކިޔާފަ މެސެޖް ކުރީމަ.. ހީކުރީ ބަލީކަމަށް” ޖައިޝް ވާހަކަ ދެއްކިއެވެ. “އާ.. ބޮލުގައި ރިއްސާތީ..” އަހަރެންނަށް ބުނެވުނެވެ. “އެހެންވެއޭ މިއައީ.. ކޮބާ ކޭސް ކިހާ ހިސާބަކަށް ގޮސްފި” ޖައިޝް ކޮޓަރި ތެރެއަށް ބަލާލިއެވެ. ސިޓިންރޫމްގައި މަންމައާއި ބައްޕަވެސް ތިއްބެވެ. ތެދަށް ބުނާނަމަ އަހަރެން އެގަޑީގައި ޖައިޝް ކޮޓަރިއަށް ވައްދާކަށް ބޭނުމެއް ނޫނެކެވެ. އެކަމަކު އަހަރެން އެއްފަރާތަކަށް ޖެހިލީމެވެ. އެވަގުތު ޖައިޝް ކޮޓަރިއަށް ވަނެވެ. އަހަރެން ދޮރުނުޖަހާ ޖައިޝްއާއި އެކު ބޯޑާއި ދިމާލަށް ޖެހިލީމެވެ.
އިރުކޮޅެއްނުވެ ދޮންބެވެސް އެތެރެއަށް ވަނެވެ. “ސޯ ރޭގައި ޖަވާބެއް ލިބުނިތަ” ދޮންބެ ފުރަތަމަވެސް އަހާލީ އެސުވާލެވެ. “ޖަވާބެކޭ.. ކޮން ޖަވާބެއް” ޖައިޝް ނޭނގިހުރެ އަހާލިއެވެ. “އާ ރޭގައި. ކޮއްކޮ ދަންވަރު ބަންޝީލްއާއި ބައްދަލު ކުރަން ދިޔައީ.. އޭނަގެ ފަރާތުން ޖަވާބު ހޯދަށޯ ކިޔާފައި” ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ލޯ އަޅާލީމެވެ. “ވަޓް.. އާސީން އެނުލަފާ އެއްޗާއި ބައްދަލު ކުރީތަ.. ކީކޭ ކުރަންތަ.. އަހަރުމެންނަށް ޖަވާބު ލިބޭނެ އެހެން ގޮތް ގޮތް ވެސް ހުންނާނެ ނޫންތަ.. ކޮންމެހެން.. އަނެއްކާ އޭނަ ކަމެއް ކުރިތަ.. އޭނަ އެއްވެސް އާސީންއަށް ކޮށްފިއްޔާ ހަމަތެދެއް މިބުނީ” “އޭނަ އެއްވެސް ކަމެއް ނުކުރެއޭ އަހަރެންނަކަށް.. ކަމޯން ގައިސް.. އޭނަ ނުކުރާނެއޭ އެއްވެސް ކަމެއް އަހަރެންނަކަށް” ޖައިޝްގެ ޖުމްލަ މެދުކަނޑާލަމުން އަހަރެން ބުނެލީމެވެ. “އާސީންއަކަށް ނޭނގޭނެ.. އޭނަގެ ބާރު އަހަރެންނަށް ވަނީ ފެނިފަ.. އަސްލު އޭނައަކީ ވަރަށް ބާރުގަދަ އެއްޗެއް.. އާސީން ޕްލީޒް.. ދެން އެކަހަލަ ކަމެއް ނުކުރާތި..” ޖައިޝް އެދުނެވެ. އަހަރެން ހައިރާންވިއެވެ. ޖައިޝްގެ މޫނުމަތިން އަހަރެންނަށްޓަކައި ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އޭނަ އެހާ ކަންބޮޑުވަނީ ކީއްވެ ހެއްޔެވެ. “އޭނަ ބުނި އަދްލީ މަރާލީ ތިމަންނައެއް ނޫނެކޯ.. އެކަމަކު ހުމާމް އަދި ގާޒީ މަރާލި ގޮތް އަހަރެންނަށް ދެއްކި” އަހަރެން ބުނެލީމެވެ. “ދެއްކީއޭ.. ކިހިނެއް” ދޮންބެ އަހާލިއެވެ. އެވަގުތު ދޮންބެގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ބަލާލުމަށްފަހު ބައްޕައޭ ބުނެފައި ދޮންބެ ނިކުތީ ބޭރަށެވެ.
“އޭނަ އެއްބަސްވިތަ އޭނަކަމަށް އެމީހުން މަރާލީ” ޖައިޝް އަހާލިއެވެ. “އާ.. ނަޝްފާގެ ކޭސްއާއި ގުޅުން ހުރި މީހުން މެރީ އޭނަކަމަށް ބުނީ..” އަހަރެން ބުނެލީމެވެ. “ސޯ ކިހިނެއް ހަދަނީ ދެން” ޖައިޝް އަހާލިއެވެ. އަހަރެން ޖައިޝްއަށް ނާސިރުއާއި ބައްދަލުވި ވާހަކައާއި އޭނަ ކިޔައިދިން ވާހަކަތައް ކިޔައިދިނީމެވެ. އަދި ފައިލް ހޯދަން އައިރް އުޅޭކަމަށްވެސް ބުނީމެވެ. “އާސީންއަށް ހީވޭތަ ނާސިރު އެހަދަނީ ތެދޭ” ޖައިޝް އަހާލިއެވެ. “ނޭނގެ.. ހިތެއް ނުބުނޭ އަމިއްލަ ދަރިއޭ ކިޔާފައި އެއްވެސް ބައްޕައަކު ދޮގެއް ހަދާފާނެއެކޭ.. އަދި އަމުދުން އެވަރުގެ ދޮގެއް.. ދެން އައިރް ފައިލް ގެންނައީމަ އެނގޭނީ އަސްލު އެއްޗެކޭ ބުނަން” އެހާ ހިސާބަށް ދިޔަތަނާ ދޮންބެ އައިސް ކޮޓަރިއަށް ވަނެވެ. އޭރު ދޮންގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ކޮންމެވެސް ބޮޑު ކަމެއްވެއްޖެކަން އަހަރެންނަށް އެގުނެވެ. “ދޮންބެ ކިހިނެއްވީ” އަހަރެން އަވަސްކަމާއި އެކު ބުނެލީމެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ބައްޕަ ދެންމެ ގުޅީ.. ބުނީ” އެހާ ހިސާބަށް ގޮސްފައި ދޮންބެ ހުއްޓާލިއެވެ. “ބުނީ ކީކޭތަ.. އަނެއްކާ ބައްޕައަށް ކަމެއްވީތަ.. ކިހިނެއްތަވީ ދޮންބޭ” އަހަރެންވެސް ހާސްވާން ފެށިއެވެ. “ބައްޕައަކަށް ކަމެއް ނުވޭ.. އެކަމަކު މުހައްމަދުފުޅުބެ.. މިއަދު ހެނދުނު.. މަރާލާފައި އޮއްވާ ފެނިއްޖެއޯ” ދޮންބެ ބުނެލިއެވެ. “ވަޓް” އަހަރެންނާއި ޖައިޝްއާއި ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.
“މުހައްމަދުފުޅުބެ ހެނދުނު ސައިބޯން ނައިސްގެން އޭނަގެ ދަރިފުޅު.. ގޮސް ބެލި އިރު.. ގޭގެ އަނެއް ފަރާތުގައި ކަމަށްވަނީ އޮތީ.. ވަރަށް އަނިޔާ ވެރިކޮށް.. މަރާލާފައި އޮތީ.. ބައްޕަ ބުނީ އެއީ އިންސާނެއްގެ ކަމެއް ނޫނެކޯ” ދޮންބެ އެހާ ހިސާބަށް ބުނިއިރު އަހަރެންނަށް އެނދުމަތީގައި އިށީދެވިއްޖެއެވެ. “ދޮންބެ މިދަނީ އެދިމާލަށް ދާން.. ކޮއްކޮ ގޭގައި މަޑުކުރޭ އިނގޭ” ދޮންބެ ބުނެލިއެވެ. “އަހަރެންވެސް ދާނަން” ޖައިޝްވެސް ދޮންބެއާއި އެކު ދިއުމަށް ނިކުތެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަންޝީލް މުހައްމަދުފުޅު މަރާލީ ހެއްޔެވެ. އެކަމަކު ކީއްވެ ހެއްޔެވެ. ކިހިނެއް ހެއްޔެވެ. މުހައްމަދުފުޅު އޭނަގެ ރަށްކަލައް އެއްވެސް ކަމެއް ނުކުރަނީ ހެއްޔެވެ.
ދޮންބެއާއި ބައްޕަގެއަށް އައީ ބާރަ ޖަހަނިކޮށެވެ. އަހަރެންނާއި މަންމަ ސިޓިންރޫމްގައި ތިބީމެވެ. “ކިހިނެއް އޮތީ.. ކިހާއިރަކާ ވަޅުލަނީ” ބައްޕަ އައިސް ސޯފާގައި އިށީނުމުން މަންމަ އަހާލިއެވެ. “އަސުރަށްފަހު ވަޅުލާގޮތަށް އޮތީ.. މުހައްމަދުފުޅުގެ ރަށުން ބަޔަކު އަންނާތީ” ބައްޕަ ބުނެލިއެވެ. އަހަރެން އިނީ އިސްޖަހާލައިގެންނެވެ. “ދަރިފުޅާ” ބައްޕަ ގޮވާލިއެވެ. އަހަރެން ބަލާލީމެވެ. “މުހައްމަދުފުޅަކީ ބައްޕަ ހަމައެކަނި ދަންނަ މީހަކީ އެކަހަލަ ކަންތައް ކުރާ.. އޭނަ ނެތުން އެއީ އެ އެއްޗަށް ލިބުނު ރަނުގެ ފުރުސަތެއް.. ބަލާނެ ދަރިފުޅާ ކައިރިވާނެ އެއްވެސް ކަހަލަ ގޮތެއް ހޯދޭތޯ.. ނަމަނަމަ ތަވީދު ނުނަގާތި.. މީހަކު ހޯދެންދެން.. ދަރިފުޅުވާނެ ބަލައިގެން އުޅެން” ބައްޕަ ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. އަހަރެން ބިރުގަންނަނީ އޭނަ އަހަރެންނަށް ކަމެއް ކޮށްފާނެތީއެއް ނޫނެކެވެ. އެކަމަކު އަހަރެންނަށް މިދުނިޔެއިންވެސް އެންމެ މުހިއްމު މީހުންނަށް ކަމެއް ކޮށްފާނެތީއެވެ. އެވަގުތު މަންމަގެ ފޯނު ރިންގްވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާ ވާހަކަ ދެއްކުމަށްފަހު އަވަހަށް ތެދުވިއެވެ.
“އީޝަން.. ހޮސްޕިޓަލްއަށް ގެންގޮސްފިއޯ..” މަންމަ ހާސްކަމާއި އެކު ބުނެލިއެވެ. “ކޮއްކޮއަށް ކިހިނެއްވީ” އަހަރެން އަހާލީމެވެ. “ނޭނގެ ސްކޫލްގައި އިންދަ ހޭނެތިގެން ވެއްޓުނީއޯ.. ވަރަށް ހުންވެސް ގަދައޯ.. އާމިރު ހިގާބަލަ.. އަވަހަށް އެދިމާލަށް ދަމާ” މަންމަ ހާސްކަމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެންނާއި ދޮންބެ މަންމައާއި ބައްޕަ ގެއިން ނިކުމެ އަވަހަށް ހޮސްޕިޓަލްއާއި ދިމަލަށް ދިޔައީމެވެ. އޭރު އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ހުރިހާ ކަމެއް ގޯހުން ގޯހަށް ދާން އުޅޭކަމަށް އަހަރެންގެ ހަވަނަ ހިއްސު ބުނަން ފެށިއެވެ. ހޮސްޕިޓަލްއަށް ގޮސް އެމެޖެންސީއަށް ވަތް އިރު ކޮއްކޮ އެތަނުގެ އެނދެއްގައި ބާއްވާފައި އޮތެވެ. ޑޮކްޓަރ އައިސް ބަލާފައި ބޮޑުކަމެއް ވެފައި ނެތްކަމަށާއި ހުމުގެ ސަބަބުން ހަބަރު ހުސްވަން މެދުވެރިވީ ކަމަށް ޑޮކްޓަރު ބުންޏެވެ. އަހަރެން ހައިރާންވިއެވެ. މީގެ ކުރިން ކޮއްކޮގެ އެކަހަލަ އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ. ބައްޕަ މަޑުމަޑުން އެންމެންނަށް ސިއްރުން ކޮއްކޮގެ އުނަގަނޑުގައި ތަވީދު އޮތްތޯ ބަލާލިއެވެ. ކޮއްކޮގެ ގައިގައި އެތަވީދެއް ނެތެވެ. އެވަގުތު ހުރިހާ ކަމެއް ސާފުވެގެން ދިޔައެވެ. ބަންޝީލްގެ އުދަގޫ ކޮއްކޮއަށް ފޯރަނީއެވެ. އެހާ އަވަހަށެވެ. އަދި މިއުޅެނީ މުހައްމަދުފުޅު މަރުވިތާ އެހާ ގިނަ ވަގުތެއް ނުވެގެންނެވެ.
ކޮއްކޮ ގެއަށް ދޫކޮށްލީ ހުންގަނޑު ފިލީމައެވެ. ބައްޕަ ކޮއްކޮ ކައިރީގައި ތަވީދު ކޮބާހޭ އެހުމުން ބުނީ ފެންވަރަށްވެގެން ނަގާފައި އަޅަން ހަނދާން ނެތުނީކަމަށެވެ. ދޮންބެ އާއި އަހަރެންނާއި ގޮސް ކޮޓަރި ތެރެ އެފުން މިފުށަށް ޖެހި އިރުވެސް އެތަވީދެއް ނުފެނުނެވެ. މުހައްމަދުފުޅުގެ މޫނު ބަލަން ބައްޕައާއި ދޮންބެ ދިޔައެވެ. އަހަރެންނާއި މަންމަ މަޑުކުރީ ކޮއްކޮ ކައިރީގައެވެ. އިރުކޮޅަކަށްވެސް ކޮއްކޮއާއި ދުރަށް ނުދިއުމަށް ބައްޕަ ދިޔައީ ބުނެފައެވެ. ކޮއްކޮގެ ހާލު މުޅިއަކުން ރަނގަޅެއް ނުވެއެވެ. ހުމުގެ އިތުރަށް ކޮއްކޮއަށް ހޮޑުވެސް ލެވެން ފެށިއެވެ.
އެރޭގެ ވަގުތެވެ. އަހަރެންނާއި ޖައިޝް އަދި އައިރްގެ އިތުރުން ދޮންބެ ތިބީ އަހަރެންގެ ކޮޓަރީގައެވެ. ޖެހިގެން އޮތް ކޮޓަރީގައި ކޮއްކޮއަށް އެހީވުމުގައި މަންމަ އުޅެއެވެ. ކޮއްކޮގެ ހާލު އަންނަނީ ދަށަށް ދަމުންނެވެ. “ކިހިނެއް ހެދޭނީ.. މިހާރު އަހަރުމެންނަށް އެބަ އެނގޭ އީޝަންއަށް ދިމާވެގެން މިއުޅެނީ ކޮންކަހަލަ ކަމެއްކަން” ޖައިޝް ވާހަކަ ދެއްކިއެވެ. އަހަރެން ހުރީ ހަނދާނެގޮތެއް ނޭނގިފައެވެ. އައިރް ހުރީ ފާރުގައި ބުރަކަށި ޖައްސާލައިގެން އެއްފައި ފާރުގައި ޖައްސާ ހަށަން ބަދެލައިގެންނެވެ. ޖައިޝް އިނީ ގޮޑީގައި އިށީދެގެންނެވެ. ދޮންބެ އިނީ އަހަރެންގެ ކައިރީގައި އެނދުގައެވެ. “އެނގޭހާވެސް ކަމަކީ.. ކޮއްކޮއަށް އެހީއެއް ނުލިބިއްޖެނަމަ.. ބައްޕަ ވަރަށް މަސައްކަތް އެބަކުރޭ.. އެކަމަކު” ދޮންބެ އެހާ ހިސާބަށް ގޮސްފައި ހުއްޓާލިއެވެ. “އަހަރެންގެ ހިޔާލެއް އެބަ އޮތް..” އައިރް ބުނެލިއެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. “އަހަރެން ދަންނަ މީހަކު ހުންނާނެ.. ތިކަހަލަ މަސައްކަތް ކުރާ.. އެކަމަކު އޭނަ ހުރީ އައްޑޫގައި.. އެމީހާއާއި އަހަރެން ވާހަކަ ދައްކާލަ ފާނަން.. އާމިރު ބޭނުން ކަމަށްވާނަމަ” އައިރް ބުނެލިއެވެ. “ކޮންމެ ކޮންމެ މީހަކު ލައްވާ ކަންތަކެއް ނުކުރެވޭނެ ނޫންތަ” ދޮންބެ މާޔޫސް ކަމާއި އެކު ވާހަކަ ދެއްކިއެވެ. “ތެދެއްތިއީ.. އެކަމަކު މި މީހަކީ އަހަރެން ވަރަށް އިތުބާރު ކުރާ މީހެއް.. އަހަރެން އަމިއްލަ ނަފްސަށް ވުރެއް ބޮޑަށް މި މީހާއަށް އިތުބާރު ކުރަން.. އެމީހާއާއި ވާހަކަ ދައްކާލަން ވީނުން.. ލިބޭނެ ގެއްލުމަކީ ކޮބާ ވާހަކަ ދައްކާލައިގެން” އައިރް ބުނެލިއެވެ.
ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޖެހޭނީ ބައްޕައާއި ވާހަކަ ދައްކާލަން.” ދޮންބެ ބުނެލިއެވެ. “މައްސަލައެއް ނެތް.. އަހަރެން އެމީހާއާއި ވާހަކަ ދައްކާލާނަން.. މިވަގުތު ތިބުނީ ބަންޝީލްގެ އުދަގޫ އީޝަންއަށް ފޯރަނީ ތަވީދު ނެތީމައޭ ދޯ.. އަހަރެން ދީފާނަން އަހަރެންނަށް ދިން ތަވީދު.. އޭރުން އޭތި އެޅިދާނެ އެއްނުން އީޝަންގެ ގައިގައި” އައިރް ބުނެލިއެވެ. “ތިއީ ކިހިނެއް ވާނެކަމެއް.. އައިރްވެސް އެ ބޭނުންވާނެ އެއްނުން.. އަހަރުމެން ދެން އިތުރު ގޮތެއް ހޯދޭތޯ ބަލާނީ” ދޮންބެ ބުނެލިއެވެ. އެއަޑުގައިވަނީ މާޔޫސްކަމެވެ. “އެހެންވީއިރު އިތުރު ގޮތެއް ލިބެންދެން.. މިތަވީދު އަޅާ.. އަހަރެން މިބުނީނުން އަހަރެން ދަންނަ މީހެއްގެ ވާހަކަ.. އޭނަ އަހަރެންނަށް އޮތީ މާ ކުރިްނ ތަވީދެއް ހަދާދީފައި.. އެކަހަލަ ޝައިތާނީ ބާރުން ސަލާމަތްވާނެ.. އެހެންވީމަ މިހިފާ” ކަރުދާސްކޮޅެއް ދޮންބެ އަތައް ދެމުން އައިރް އެހެން ބުނެލީ އެނދުކައިރިއަށް ހުއްޓެމުންނެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލުމުން އަހަރެން ބޯޖަހާލީމެވެ. އައިރްއަށް އެތަވީދު ބޭނުމެއް ނޫނެކެވެ. އެހެންވީމަ ކޮއްކޮ އެ އެޅުމުން ވާނެ ގެއްލުމެއް ނެތެވެ.
ދޮންބެ އެހިފައިގެން ބޭރަށް ނިކުތެވެ. ޖައިޝްވެސް އިރުކޮޅަކު އިނުމަށްފަހު ގެއަށް ދިޔައެވެ. އައިރް އަހަރެންގެ ކައިރީގައި އިށީދެލިއެވެ. އަހަރެން މަޑުމަޑުން އައިރްގެ ކޮނޑުގައި ބޯއަޅާލީމެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




mi baives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge hiyaal thakah maruhabaa 🙂
Vvv loabi vaahaka asluvs vvv reethi thnk u fantasy
Waawaa… v v salhi. Next partves awahah up kohdhehche… love it …
Haadha reechey… Avaha upload kohlaba cant wait
V nics pls pls pls pls Avahan up kohlaa thi waiting for next part. V nics??????
keevebaa airu ehaa varakun adhlee ge maruge sirru mi foruvaneee…..smthn is fishy ? dn aneikkaa muhammadhufulhu maruvee…? btw egadyga aslu airu ah feel vee kanneynge muhammadhufulhah knmes kamei vanee kan…ehenve kannneynge aaseen kairyga hurefa kulli akah ethanun dhiyaee…de expression on his face tells us dat smthn bad is gonna happen…???
ohhhhh fantasy….vaahaka v reethi…btw tnkz thihaa bxxy koh ulhemunves avahaa up kohdheythyve…???❤?✌??
yey!!! love it!
Ohh wow wow awesome vvv reethi
vaahaka varah obi keke..
Fantasy vaahaka nimuny ma fothege sifaaga neren feney. Because i want this story to buy and keep it with me. Your awsome man…….
Kobhabha hoody??? Hoody vaahaka nuliyanybha mihaaru???….
Hithah araa eba airu akee ey aslu villain mithaaga. Maybe bansheel isnt. Oh maybe its both their plan. Very intrstng keep goin on. Gluck 😉
V reeethiii… 17 episodes ekkoh mi kiyaalaaaafa comment eh kollaaa hiyvy.. alah fantasy ge vaahaka eh mikiyaaly… v furihama… and waiting for the next episode… thankzz…
މިވާހަކަ ވަރަށް ޝައުޤުވެރި، އެކަމަކު ބައެއްކުށްބަސް ހުންނާތީ މައްސލަޔަކީ…. މިސާލަކަށް ”
އަވަސްކަމާއެކު” އެއިގެ ބަދަލުގަ ބޭނުން ކުރެވިދަނެ ” އަވަހަށް” ހަލުވިކޮށް” “އަވަސްކޮށްލާފައި
. . މީގެ ރަނގަޅުގޮތަކީ އައިރް ބޭނުމެއް ނޫނެވެ. ނުވަތަ އައިރް ބޭނުމެއް ނޫނޯއެވެ.
” ފަދަ ބަހެއް. އަދި “އައިރް ބޭނުމެއްނޫނެކެވެ
airu beynumeh noonekeve wewige badaluga airu beynumeh noonoa nuvatha airu beynumeh nooneve
Fantasyy! mibaives vrrrahh reethi 😀 test ah dhiyumuge kurin mikahala vaahaka eh kiyaalevunyma vrh ufavey ^_^ ? mibai ves vrh salhi 😀 waiting fr the nxt prt 😀 😀 😀 😀 😀 😀 😀 😀 😀 🙂 🙂 🙂 😉 😉 😉
V v reethi v v duvaskolaafa mi story mikiyaalevunyyy
Next part avahah up kolla dheeba….plx
KON IRAKUTHA NEXT PART…HAADHA LAHEY..MIHAARU MI KIYAA HITHUN HUREVENEEKEENOON
Fantasy mihaaru miby hithudhas vajja avhahup koh dheebila. mi storyga aime reethi hisaabah gangoss avarh hinnu thalhu vaabila kaikohkoh mihaaru maruvany Aadhs kohfa mibunany dhan inthizaaru ithurh nukuravyna haaadha saldhiay busy vius dhan avas avas avaskohdhebila varahdhigu kon ingay varahdhiigu digooooooookon ingay.
konme kujjeh ge comment ah vaki vakin reply nukoh levunu kamugai viyas theegen konme kujjehge comment eh fenunyma ves fantasy v bodah ufaa vey igey 🙂 thi hurihaa kudinge faraathun libey ehbaarulumah v bodah shukuriyya 🙂 v v v v v v v bodah thnks thihaa lobi comment kohlaathee hurihaa kudin nah ves 🙂