Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އާރާ 4

Yoosuf Level 1
September 19, 2026 3 Mins Read
1 Comment

އާރާ އެހެން އިންދާ ފޯނު ރިންގުވާން ފަށާފިއެވެ. އެވަގުތު ގުޅީ އާރާގެ ވަރަށް ދުވަސްވީ އެކުވެރިއެއް ކަމަށްވާ ޒޯޔާއެވެ. މި ފޯނު ކޯލާއިއެކު އާރާ އަށް ލިބުނީ އުފާވެރި ހަބަރެކެވެ. (ކުރީގެ ޕާޓްއާއި ގުޅޭ)

********

ޒޯޔާ މާކިން އަދި ރައިނާ މާދަމާރަށަށް އަންނަ ވާހަކަ ޒޯޔާ ބުންޏެވެ. އެއީ ޅައިރުއްސުރެ އެކީގައި އުޅެ އަދި ސްކޫލުގައި އެއް ކުލާހެއްގައި ކިޔެވި އާރާގެ ވަރަށް ދުވަސްވީ އެކުވެރިންނެވެ.  ސްކޫލް ދައުރު ނިންމުމަށްފަހު ރައިނާއާއި ޒޯޔާގެ ދިރިއުޅުން މާލެއަށް ބަދަލުކުރިއެވެ. މާކިން އުޅެނީ ރިސޯޓު ވަޒީފާއެއްގައެވެ. އެހެން ކަމުން އެމީހުން އެއްކޮށް ބައްދަލުނުވާތާ އެތައް ދުވެހެއް ވެއްޖެއެވެ. އެތިން މީހުންވެސް އަންނަނީ އެއީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށްވެފައި ވަޒީފާއިން ޗުއްޓީ ލިބުމުން އާއިލާއާއި ބައްދަލުކުރުގެ ބޭނުމުގައެވެ.”އާރާ، އަހަރެން ވަރަށް އުފާވޭ ޅައިރުއްސުރެ އަހަންނާއެކީ އުޅުނު އެކުވެރިންނާއި އަނެއްކާވެސް ބައްދަލުކުރެވޭތީ” އުފަލުންހުރެ ޒޯޔާ ބުނެލިއެވެ.”އަހަރެންވެސް…އައިއެމް ރިއަލީ އެކްސައިޓެޑް…ރަށައް އައިސް ހަބަރެއްވާތި”އާރާ މިހެން ބުނުމުން ޒޯޔާ އާނއެކޭ ބުނެލިއެވ.ެ މިއާއިއެކު އާރާ ފޯނު ބާއްވާލިއެވެ. ސިޓިންގ ރޫމުގައި ޓީވީ ބަލަން އިނުމަށްފަހު ދެތިން ގަޑިއިރު ފަހުން އާރާ އުޅުނީ ގޭތެރޭގެ އެކި މަސައްކަތްތަކުގައި އަވަދިނެތިއެވެ.

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ގަދަ ނޫކުލައިގެ ހެދުމެއްލައިގެންި އާރާ ހުރީ ލޯގަނޑު ކައިރީ މޭކަޕް ޖަހާ ރީތިވާންށެެވެ. “ދަރިފުޅު އަވަސްކުރޭ ޓެކްސީ އަންނާނެ މިހާރު” ކޮޓަރި ދޮރު ކައިރީ ހުރެ ހައްވާ އެހެން ބުނުމަށްފަހު ސިޑިން ފޭބިއެވެ. ހައްވާ ހުރީ އާރާ އަންނަންދެން މަގުމަތީ މަޑުކޮއްގެންނެވެ.ތައްޔާރުވެ ނިމުމުން އާރާ ގޭގަ ދޮރުގައި ތަޅުލުމަށްފަހު ޕާރުސަލްކޮށްފައިވާ ހަދިޔާ ހިފައިގެން ނިކުތްއިރު ޓެކްސީ ހުރީ މަޑުކޮށްގެނެވެ.ޓެކްސީގައި އެދެމީހުން ދިޔައީ އާރާގެ ބޮޑުދައިތަގެ ވަރަށް ހާއްސަ  ކައިވެނީގެ ހަފްލާއަކަށެވެ. ކައިވެނި ހަފްލާ ބޭއްވަން ހަމަޖެހިފައި އޮތީ ރަށުގެ އުތުރު ފަރާތުގައިވާ  ޕާކެއްގައެވެ.

އާރާ އޭނާގެ މަންމަ އާއިއެކު ކާރުން ފައިބާ ޕާކުތެރެއަށް ހިނގައިގަތެވެ.ފެއަރީ ލައިޓްތަކާއި އެކު މުޅި ސަރަހައްދު ވަނީ ޒީނަތްތެރިވެފައެވެ. ބިންމަތީގައި ވަނީ ކޮށާއި އެއްވަރުކޮށްފައިވާ ވިނަ ގަނޑެކެވެ.އެތަނުގައިވަނީ ހުދު ކުލައިގެ ފޮތިން ޖަރީކޮށްފައިވާ ވަށް މޭޒުތަކާއި ހުދު ކުލައިގެ ގޮނޑިތަކެއް އަތުރާފައެވެ. ހަދިޔާ ހަވާލުކޮށް ބޮޑުދައިތައާއި އޭނާގެ ފިރިމީހާ އާއިއެކު ފޮޓޯ ނަގެމަށްފަހު ތަފާތު ބާވަތުގެ މީރު ކާތަކެއްޗާއި ބުއިންތަށް އަތުރާފައިވާ މެޭޒުން ކާއެއްޗިއްސާއި ޖޫސް ތައްޓެއް ހިފައިގެން އާރާ ދިޔައީ މޭޒުތަށް ތިބި ހިސާބަށެވެ.ހައްވާ ގޮސް އޭނާގެ ކޮއްކޮ ނިހާއާއި އޭނާ އެކުވެރިޔާ އިން މޭޒުދޮށުގައި އިށީނެވެ. އެވަގުތު ޝައުނާއާއި އައިޝާ އެތާ  އިންދާ ފެނުމުން އެމީހުން ތިބި މޭޒު ދޮށުގައި އާރާ އިށީނެވެ. ެ”އޭއި އާރާ ކޮބާ ކިހިނެއް””ރަގަނޅު”އެވަގުތު ޝައުނާ ސުވާލުކުރުމުން އާރާ ޖަވާބުދިނެވެ. “މި ކާއެއްޗެހި ހާދަ މީރުކަންދޯ މިހާ މީރު ޗިލީ ޗިކެން އެއް މަ ދުވަހަކުވެސް ނުކަން”އައިޝާ ބުނެލިއެވެ. “އޭއި ޔޫގެ އެކްސް އެ އަންނަނީ މިހެންލާފަ އެކޮޅު ނުބަލާ”އާރާ ކުއްލިގޮތަކަށް ބުނެލިއެވެ.”އަޅޭ އަސްލުތަ”ސިއްރުސިއްރުން އާރާ ގާތުު އައިޝާ ބުންޏެވެ.އައިޝާ ފަހަތައް އެބުރިލިތަނާ އޭނާގެ އެކްސް އަންނަ ތަން އެބަ ފެނެއެވެ. “އޭނާ އަށް ފެނިއްޖެ އަހަރެމެން” ޝައުނާ ބުންޏެވެ. ކަންދިމާވިގޮތުން އައިޝާގެ މޫޑު ކަޓާ ގޮތްވިއެވެ.”ހިނގާބަ ޑެޒާޓެއް ނަގަން” ޝައުނާ ބުންޏެވެ.އެތިން މީހުން ކާއެއްޗެހި އަތުރާފަހުރި މޭޒާ ދިމާލަށް ހިނގައްޖެއެވެ. މޭޒުމަތީގައި ހުރި ޕިރިނީ ތަށިތަށްޓަށް އެޅުމަށްފަހު އެމީހުން ހިނގައިގަތީ ކުރިން ތިބި ހިސާބާ ދިމާލަށެވެ.އެހެން ހިނގައިފައިދަނިކޮށް އާރާ އަށް ފެނުނީ އޭނާ ހުރި ހިސާބާ ތަންކޮޅެއް ދުރުގައި ހުރިި ބެންޗެއްގައި ެ މަހުދީ އޭނާގެ އެކުވެރިޔަކާއިއެކު ހުރިތަނެވެ.އޭނާ ހުރީހުދުގަމީހަކާއި ކަޅުޖިންސް އެއް ލައިގެންނެވެ. ބޮލުގެ އިސްތަށިގަނޑުހުރީ ވަރަށް ރީއްޗައް ސްޓައިލްކޮއްގެންނެވެ.

އައިޝާއާއި  ޝައުނާ މޭޒުދޮށަށް ދިޔައިރު  އާރާ ދިޔައީ މަހުދީ ކައިރިއަށެވެ..  އާރާ ހިނގާފާއި ކައިރިއަށް އަންނައިރު އާރާގެ ރީތި ސޫރައަށް ބަލައިގެން މަހުދީ އަށް ހުރެވުނެވެ.އާރާގެ ޗާލު ދެލޮލާއި މޫނު މިރޭ އިތުރަށް ރީތިހެން މަހުދީއަށް ހީވެއެވެ”މަހުދީ އާދޭ އަހަރެންނާއިއެކު”ރުންކުރު ރާގަކަށް އާރާ ބުނެލިއެވެ. “ރުޅިއައިއްސަތަ ތިހިރީ” އާރާގެ މޫނުގެ ކުލަވަރު ދައްކާގޮތުންނާއި ވާހަކަ ދެއްކި ގޮތުން ކޮއްމެވެެސް ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން މަހުދީއަށް ޔަގީންވިއެވެ. “މަހުދީ އާދޭ އަހަރެންނާއި އެކީގައި ވާހަކައެއް ދައްކަން ބޭނުން” އާރާ އެހެން ބުނުމުން މަހުދީ ކަންބޮޑުވެފައިހުރެ ކޮޅައް ތެދުވިއެވެ. އަދި އާރާ އާއިއެކު މީހުން ތިބި ތަނަށްވުރެ ދުރު ހިސާބަކަށް ދިޔައެވެ.”ރޭގަ ކީއްވެ އަންހެން ކުއްޖަކާއެކީގައި އުޅުނީ އެއީ ކޮން ކުއްޖެއް؟އަހަރެންނަށް ފެނުނޭ ޖެޓީކާރީން” ވަރަށް ރުޅިއައިސް ހުރެ އާރާ އަހާލިއެވެ. މަހުދީ ހައިރާންވިއެވެ. “އެއީ އަހަރެންގެ ކަޒިންއެއް، އޭނާ ބަލާ އަހަރެން ދިޔައީ އަހަރެންގެ ބޮޑުބޭބެ ބުނެގެން. ބޮޑުބޭބެ ގޭގަ އޭނަ އުޅެނީ. އަހަރެން އޭނާއާއިއެކު ކާރުން އެގެޔަށް ދިޔައީ ދެން އެގޭ މީހުންނާ ބައްދަލުކުރަން ބޭނުންވެގެން. އެހެންވެތަ ރުޅިއައިސް ތިހިރީ؟” މަހުދީ ވީގޮތް ބުނެދިނެވެ. “ކީއްވެ އަހަރެން ކައިރީ ނުބުނީ އޭނަ އަންނަ ވާހަކަ” އާރާ ބުންޏެވެ. “އަހަރެންނަށް އެނގުނީ ވަރަށް ފަހުން ގާތްގަޑަކަށް އެއްގަޑިއިރު ކުރިން ބޮޑުބޭބެ ގުޅާފަ ބުނީ” މަހުދީ ބުންޏެވެ.”ސޮރީ މަހުދީ” އާރަށް މާފަށް އެދުނެވެ. “މައްސަލައެއް ނެތް އެކަމާ ހާސްނުވޭ” މަހުދީ ބުންޏެވެ. އާރާް މަހުދީ ގައިގައި ބައްދާލިއެވެ”ހާދަ ރީތި ހެދުމެއް ތީ. “ޔޫ މިރޭ ހާދަ ރީއްޗޭ” މަހުދީ އާރާއަށް ތައުރީފު ކޮށްލިއެވެ.”ތެންކިޔު..ޔޫވެސް ހާދަރީީއްޗޭ” އިސްޖަހާލައިގެން ހުރެ އާރާ ހީލާފައި ބުނެލިއެވެ. “އާރާ އާއި މިރޭ ދިމާވުމުން ވަރަށް އުފާވެއްޖެ” އާރާގެ މޫނަށް ބަލާލުމަށްފަހު މަހުދީ ބުންޏެވެ.” އަހަރެންވެސް” އާރާ ބުނެލިއެވެ. މަހުދީ އާރަގެ މޫނައް ބޮސްދިނެވެ. ލަދުރަކިވެފައި އާރާ ހިނިތުންްވެލިއެވެ. އެހެންގޮސް އެދެމީހުން ވާހަކަ ދައްކަން އެތަށް ވަގުތެއް ހޭދަކުރިއެވެ. އެދެމީހުން އެނބުރި ޕާޓީގައި މީހުން އެއްވެފަ ހުރި ހިސާބަށް ދިޔައެވެ. މާ ލަސްތަކެއްނުވެ ހައްވާ އާރާ ކައިރިއަށް އައިސް ގެޔައް ދާން އެދުނެވެ އަދި މަހުދީ ފެނުމުން އޭނައަށް ގޮވާލާ ހާލާއިހުވާލު އަހާލިއެވެ.މަހުދީ އޭނާގެ ހާލު ރަނގަޅުކަމަށްބުނެ ވަރަށް އަދަބުވެރިކަމާއެކީގައި ޖަވާބު ދިނެވެ. ” މަހުދީ އަހަރެން ދަނީއޭ… ގުޑް ނައިޓް” އާރާ މަހުދީގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ.  އާރާ އޭނާގެ މަންމައާއެކު ޓެކްސީގައި ގެއަށް މިސްރާބުޖެހިއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އާރާ އިނީ ސިޓިންގ ރޫމުގައި ޓީވީއިން ނެޓްފްލިކްސް ބަލާށެވެ. އެވަގުތު  ދޮރުގައި މީހަކު ވަރަށް ބާރަށް ޓަކިޖަހާ އަޑުއިވުނެވެ.އާރާ އޭނާ ބަލަމުންދިޔަ ފިލްމު ޕޯޒްކޮއްލުމަށްފަހު ދޮރުކައިރިއަށް ހިނގައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yoosuf

Level 1

Other Articles

Previous

ހިތުގެ ބިންގާ (އެޕިސޯޑް 1 – ފުރަތަމަ ފެނިލުން)

Next

ލޯބިން ބުނާތީ 48

Next
September 19, 2026

ލޯބިން ބުނާތީ 48

Previews
September 19, 2026

ހިތުގެ ބިންގާ (އެޕިސޯޑް 1 – ފުރަތަމަ ފެނިލުން)

One Comment

  1. Yoosuf says:
    September 19, 2026 at 3:32 pm

    Part 5 coming soon

Comments are closed.

Next Episodeއާރާ 4←


All Right Reserved!