އާރާ 3
އެދެމީހުން ފިޔަވައި ހުރިހާ މީހުން ތިބީ ބޯޓުގެ ކޮޓަރިޔަށް ވަދެ ނިދާފައެވެ. “ހާދަ ހީނުކުރާ ކަހަލަ މޫސުމެއްދޯ މި ލައްވާލީ. މިވަރަށް ސީރިޔަސް އިރު މެޓް އޮފީސް އެލާޓެއްވެސް ނުނެރޭ” ޝިމާލް ބުންޏެވެ.. ޝައްފާން އާނއެކޭ ބުނިއެވެ. ޝައްފާން ޝިމާލް އާއިއެކު ވާހަކަ ދައްކަން ހުރެފައި ނިދަން ހިނގައްޖެއެވެ. ފަތިސްވަންދެން ހުންގާނާއި ހަވާލުވެ ހުރީ ޝިމާލެވެ. ފަތިހު ނައިލް ހޭލައިގެން ހުންގާނާއި ހަވާލުވިއެވެ. ނައިލް އައުމުން ޝިމާލް ނިދަން ވަނެވ.ެ(ކުރީގެ ޕާޓްއާއި ގުޅޭ)
***************************************************************************
ޖެހިގެން އައި ދުވަހުގެ ރޭގަނޑެވެ. އާރާ ފެންވަރާގެން ރީތިވެ ނިމުނުތަނުން، ހައްވާ ބޭރު ދޮރު ކައިރީހުރެ ޓަކިޖަހާލިއެވެ. އާރާ ދޮރު ހުޅުވާލިއެވެ. “ދަރިފުޅާ އާދޭ ކާން” ހައްވާ ބުންޏެވެ. ހައްވާ އާރާއާއި އެކު ވަރުނީސް ލާފަ ހުރި ލަކުޑި އެސިޑިން ތިރިއަށް ފައިބައި ކައިމޭޒު ދޮށްްާށް ދިޔަްއެވެ. އާރާގެ ބައްޕަ ހުރީ އާދައިގެ މަތިން މަސްބާނަން ގޮއްސަ ކަމަށްވުމުން ގޭގައި ތިބީ އެދެމީހުން އެކަންޏެވެ. ކައިި ނިންމާ ޓީވީ ބަލަން ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު އާރާ މަހުދީއަށް ފޯނުކޯލެއް ކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. މިއަދު އެއްވެސް ގޮތަކަށް މަހުދީގެ ހިލަމެއް ނުވެއެވެ. އާރާ ހުރީ މަހުދީ އާއި ދިމާވާނެ އިރަކަށް އިންތިޒާރުކޮށްގެނެވެ. ގާތްގަޑަކައް ހަތަރުވަރަކަށް ގަޑިއިރުވީއިރުވެސް މަހުދީ އެއް ނުގުޅައެވެ. އާރާގެ ހިތުގައި މަހުދީއަށް އޮތް ލޯބީގެ ބޮޑުކަމުންނާއި އޭނާ އާއިއެކު ވަގުތު ހޭދަ ކޮއްލާހިތްވާތީ އާރާ ބޭނުންވީ ކޮންމެހެން ހަދާފައިވެސް މިރޭ މަހުދީއާއި ބައްދަލުކުރާށެވެ.
ގެއިން ނިކުމެ އާރާ ހިނގައިގަތީ މަހުދީގެ ގެއަށް ދާށެވެ. ކަނުއަދިރިކަން ވެރިވެފައިވާ ހިމޭން މަގުތަކުން ހިނގާފަ ގޮސް މަހުދީ ގޭގެ މަގަށް އަރާ ގާތްގަޑަކަށް 150 މީޓަރުގެ ދުރުގައި ހުއްޓާ އާރާ އަށް ފެނުނީ މަހުދީި ި އެގެއިން ނިކުމެގެން ހިނގާފާ އެމަގުން ކުރިއަށްދާތަނެވެ. މަހުދީގެ ފަހަތުން އާރާ އެމަގުން ހިނގާފާ ދާއިރު މަހުދީ އެދަނީ ކޮންތާކައްހޭ ހިތައްއަރާ ސުވާލު އުފެދެން ފަށާފިއެވެ .ާއާރާ ބާރުބާރަށް އެމަގު ހުރި ސީދަލަށް ދަނީއެވެ. ނަމަވެސް މަހުދީއަކަށް އާރާ އަންނަ ކަމެއް ނޭނގެއެވެ. އާރާ މަހުދީއާއި އަރާ ހަމަވުމުގެ ކުރިން މަގުގެ އެއްފަރާތުން ހަނި ގޯޅިއަކަށް އަރާ އެގޯޅިން ހުރި ސީދަލަށް މަހުދީ ހިނގައްޖެއެވެ. އާރާ ހުރީ މަހުދީއާއި އަރާ ހަމަކުރެވޭނެ ވަރަށްވުރެ މާ ދުރުގައެވެ. އެހެންކަމުން އާރާ އަށް އެގޯޅިއަާް ހަމައަށް އާދެވުނީ މާ ފަހުންނެވެ. އާރާއަށް އެގޯޅިން ހުރި ސީދަލަށް ހިނގާފާ ގޮސް ނިކުމެވުނީ ބޭރުމަގަށެވެ. ބާރު ހިނގުމެއްގައި ފުދޭވަރަކަށް ދުރަށް ހިނގާލުމުން އާރާ ހުރި ވަރުބަލިވެފައެވެ. ބޭރުމަގަށް ނިކުުމެވުނުއިރު މަހުދީ ޖެޓީ ކާއިރީ މަޑުކޮއްލައިގެން ހުއްޓެވެ. އެވަގުތު ހުދު ކުލައިގެ ު ލޯންޗެއް ރަށުގެ ފަޅުތެތެރެއަށް ވަދެގެން އައިސް ޖެޓީއަށް ކައިރިކުރަނީއެވެ. އާރާއަށް އެސަރަހައްދުގައި ހުރި މަގޫގަހެއްގެ ފަހަތުގައި މަހުދީއައް ފާރަލާގެން ފިލައިގެން ހުރެވެނެވެ. އެވަގުތު ފަން އިސްތަށިގަނޑެއް ހުރި ހަމުގެ ކުލަ ދޮން ޒުވާން އަންހެން ކުއްޖެއް ލޯންޗުން ފޭބިއެވެ. އެވަގުތު އެތަނަށ ްޓެކްސީ ކާރެއްކައިރިކޮއްފިއެވެ. މަހުދީ އެ ކުއްޖާއަށް އައުމުން ހިނިތުންވެހުރެ އެކުއްޖާ އާއި ސަލާންކޮށްފިއެވެ. އެއަށްފަހު ފޮށިތަށް ކާރަށް އަރުވަން ފަށާފިއެވެ. އެކާރުގެ ފަހަތު ސީޓަށް މަހުދީ އެކުއްޖާ އާއާއިއެކު އެރުމުން ޓެކްސީ ދުއްވާފައި އެމަގުން ހިނގައްޖެއެވެ. މިމަންޒަރު ބަލަން އިނ ްއާރާ އަށް ނުތަނަވަސްކަމާއި ރުޅިވެރިކަން އިހުސާސް ކުރެވެން ފަށާފިއެވެ.ހިލޭ އަންހެނަކާއެކު އެފަދައިން އޭނާގެ ލޯބިވެރިޔާ ވަގުތު ހޭދަކުރުމަކީ އޭނާ ވަރަށް ނުރުހޭނެ ކަމެކެވެ. އެއީ އެއްވެސް ގޮތަކަށް މަހުދީގެ ފަރާތުން އޭނާ ފެންނަން ބޭނުންވި މަންޒަރެއް ނޫނެވެ. ފިކުރުކުރުމުގައި އެތަނުގައި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު އޭނާ މިސްރާބުޖެހީ ގެއަށެވެ.
ޖެހިގެން އައި ދުވަހުގެ ހެދުނުގެ ވަގުތެވެ އިރުގެ އަލިގަދަ ރަންދޯދިތަކާއިއެކު އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ. އާރާ ހުރީ ސިޓިންރޫމުގައި ކޮފީއެއް ބޯންށެވެ. ސަރުކާރު ބަންދު ދުވަހެއްކަމުން އޭނާ މިއަދު އޮފީހަކަށް ނުދެއެވެ. އާރާގެ މަންމަ ހައްވާ އެވަގުތު ހުރީ ގޭގެ ގޯތިތެރެ ކުނިކަހަންށެވެ. އާރާ އެހެން އިންދާ ފޯނު ރިންގުވާން ފަށާފިއެވެ. އެވަގުތު ގުޅީ އާރާގެ ވަރަށް ދުވަސްވީ އެކުވެރިއެއް ކަމަށްވާ ޒޯޔާއެވެ. މިފޯނު ކޯލާއިއެކު އާރާ އަށް ލިބުނީ އުފާވެރި ހަބަރެކެވެ.
(ނުނިމޭ)
One Comment
Comments are closed.

Dear Readers , This is my first story.
If you give me any feedback I will really appreciate it.
Part 4 coming soon