މަހުދީ އާރާ އިން ޖޯއްޔާ އަރާ ހަމަވެއްޖެއެވެ. މަހުދީގެ މަޑު މުށިކުލައިގެ މޫނައް ބަލައިގެން އާރާ އަށް ހުރެވުނެވެ. ލޯބީގެ ބިޔަ ރާޅުތައް އެދެމީހުންގެ ހިތްތަކުގަވެސް ބިންވަޅު ނެގިގެންދިޔައެވެ. މަހުދީ އެދުނީ އާރާއާއިއެކު ގޮޑުދޮށައް ދާށެވެ. އާރާ މަހުދީއާއިއެކު ދިއުމައް އެއްބަސްވިއެވެ. ހަނދުވަރުގެ އަލިކަން ފެތުރިފައިވާ އެ ހިތްގައިމު މާހައުލިން ހިމުން ރީތި ހުދު ދޮންވެލިގަނޑު މަތިން އެދެމީހުން މަޑުމަޑުން ހިނގާފަ ގޮސް ދޮނެވެލިގަނޑު މަތީ އިށީނެވެ ”ކީއްވެ އަހަރެން ގޮވައިގެން މިތަނަށް އަށްނަން ބޭނުންވީ މިރޭ” […]
އެރެއަކީ އުޑުމަތި ބަނަވުމާ އެކު ގަދަ ވަޔާއެކު ބޯކޮށް ވިއްސާރަކުރާ ރެޔެކެވެ. ރަށުގެ ދެކުނު ފަރާތުގައިވާ ބޯޖަންގައްޔެއް ފަދައިން ފެހިކަންގަދަ ބިޔަ ގަސްތަށްހެދި މަދު މީހަކު ނޫނީ އާބާދުނުވާ މިސަރަހައްދުގައި ދެފަންގިފިލާ އަށް ހެދިފައިވާ ފިނިފެންމާގޭގެ ބެލްކަނީ ކައިރީގައި ޒުވާން ދެ އަންހެން ކުދިން ރާޒުވާކުޅެން ތިއްބެވެ.”އޭއި މަމިއަދު ވޮލީމެޗު ބަލަން އިންދާ އެއްކަލަ މަރިޔަމް އައިސް މަށާ ދިމާކުރަންފެށީ މަ ވަރަށް ފޫހިވޭ އޭނަދެކެ.“ ވަރަށް ހިތްހަމަ ނުޖެހި ހުރެ އައިޝާ ބުންޏެވެ. ކީކޭ އޭނަ […]