Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ލޯބިވޭ އަނަންތަކަށް… – 4

leafy Level 310 Stories100 Login
September 22, 2026 6 Mins Read
4 Comments

ފަރިތަކުރިއްޔާ ކޮންމެ ކަމެއް ވެސް ފުރިހަމަވާނެ!

ރޭގަނޑުގެ ފިނިކަން މުޅި މާހައުލަށް ވެރިވެފައިވެއެވެ. ގަހުގެ ފަތްތައް އިރުކޮޅުކޮޅާ ހެލިލައެވެ. ހޫނުކަން ފިލައިގެން ދިޔަހެން ޖެހެމުން ދިޔަ މަޑު ވައިރޯޅިތައްވެސް ފިނިވަމުން ދިޔައެވެ. މީކާއިލުމެން އުޅެމުންދިޔަ ގެ ހުރީ ހުރިހާ ފަރާތަކުންވެސް ދިއްލާލާފައެވެ. ނަމަވެސް އާއިލާގެ ހުރިހާ އެންމެން އުޅުނީ ރޭގަނޑުގެ ކެއުން އިންސާފު ކުރުމަށް ކާ ކޮޓަރީގައެވެ. އެކި ބާވަތުގެ ކާ ތަކެތި ސުފުރާގައި ހިމެނިފައިވެއެވެ. މީރު ‘ސެލެޑު’ތަކާއި، ފިހުނު ގެރިމަހާއި، ދެ ބާވަތުގެ ސުރުވާއެވެ. ޔުސްރާއާއި ތަހުސީން ދޭދޭ ވާހަކަތައް ދައްކަމުން ދިޔައެވެ. ޔަމީން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަންނުދީ ކަމުން ގެންދިޔައެވެ.

މީކާއިލު ފެން އަޅާފައިހުރި ތަށި ނަގަމުން ބާރަށް ބުންޏެވެ. “މަންމާ! ބައްޕާ!”

ޔުސްރާއާއި ތަހުސީން އެއްފަހަރާހެން އަހާލިއެވެ. “ކީކޭ ދަރިފުޅާ؟” ޔަމީންވެސް ދެ ލޯ ބޮޑުކޮށްލުމަށްފަހު ކާން އިން ގެރިމަސްކޮޅު އަނގައަށްލަމުން ބަލައިލިއެވެ.

“އަހަރެން ބޭނުން ވާހަކައެއް ބުނެލަން… އެއީ… އަހަންނާއި އާއިޝަތު ޔުން ކައިވެނި ކުރާނެ ވާހަކަ.” މީކާއިލުގެ މޫނުގައި އެއްވެސް ޖަޒުބާތެއް ފެންނާކަށް ނެތެވެ. ނަމަވެސް، ކުޑަ ހިނިތުންވުމެއް ވެރިވެފައި ވެއެވެ.

“ޔުން އޭ؟ ތިބުނީ ޖަމީލުބޭގެ؟” ތަހުސީން ދެމިޔަކަން ލޮލާ ހަމަވެގެން ދިޔައެވެ. ދެ ލޯ ކާށްޓަކަށް ހަދައިގެން ދެންމެ އިވުނު ބަސްތައް ގަބޫލުކުރަން ވެސް ދަަތިވިއެވެ. ނަމަވެސް ޔުސްރާ އިނީ ފާޑަކަށް ގަބުވެފައެވެ. އޭނާގެެ މޫނުން އުފާވެރިކަމުގެ ކުލަވަރު ފެންނާކަށް ނެތެވެ.

“އާނ. ކޮބާ! އޭރުވެސް އަހަންނަށް ހީވިޔޭ ކުރިން ދުވަހު ކަލޭމެން ދެ މީހުން އުޅުނު ގޮތުން.” ޔަމީންވެސް ގެރިމަސްކޮޅު ހަފަމުން ބުންޏެވެ. އުފަލުންގޮސް ލޮލުގެ ކަޅިވެސް ހީވަނީ ދިއްލިފައިވާ ހެންނެވެ.

“ދަރިފުޅާ! ހަމަ އަސްލުވެސް، ޔުންއާ ކައިވެނި ކުރަނީތަ؟ ބައްޕަ ވަރަށް އުފާ ވެއްޖައިން! ތި ވާހަކަ ބައްޕަ ގާތު ތަންކޮޅެއް ކުރިން ދެއްކިނަމަ! ހަހަހަހަހާ.” ތަހުސީން މީކާއިލުގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ.

“މާފުކުރޭ ބައްޕާ، އަސްލު ވީގޮތަކީ… އަހަރެމެން ދެ މީހުން، ފުދޭވަރަކަށް ދުވަސްވެއްޖެ ރައްޓެހިވެގެން އުޅޭތާ. އަހަރުން ހިޔެއް ނުކުރަން ބައްޕައަށް ޔުން އެނގޭނެކަމަކަށް. އެހެންވެ އެ ވާހަކަ ނަން ނުގަނެ މިހުރީ.” މީކާއިލު ކުޑަކޮށް އާގަމަވެފައި ހުރެ އޭނާގެ ބައްޕައަށް ބަލަމުން ބުންޏެވެ.

“ކިހާ ދުވަހެއް ވެއްޖެ ރައްޓެހިވިތާ؟ އަދި އެންމެ ދެ ހަފުތާ ވާނީ ޔުންގެ ކިލާހަށް ކިޔަވައިދެން ފެށިތާ…” ޔުސްރާގެ މޫނުގައި އުފާވެރިކަން އަދިވެސް ފެންނާކަށް ނެތެވެ. ހީވަނީ މިހާރުވެސް ޔުންއާ ބޮޑު މައްސަލައެއް ޖެހިފައިވީ ހެންނެވެ. “އެކަމު ދަރިފުޅާ ތިހާ އަވަހަށް ކައިވެނި ކުރަން ރަނގަޅުވާނެތަ؟ މީކާއިލު؟”

“އަހަރެމެން ބައްދަލުވެ ރައްޓެހިވެގެން އުޅޭތާ ދުވަސްވެއްޖެ. ކިޔަވައިދިނުމުގެ ކުރިންވެސް އުޅުނީ ރައްޓެހިވެގެން. އަހަންނަށް އަދި މި ވާހަކަ ހިއްސާ ނުކުރެވިގެން މިއުޅުނީ.” މީކާއިލު އޭނާގެ މަންމައާ ދިމާއަށް ބަލަމުން ބުންޏެވެ. ކުޑަކޮށް ހިތްހަމަ ނުޖެހިފައިވާ ކަމުގެ ކުލަވަރެއް މީކާއިލުގެ މޫނުގައި އަށަގަތެވެ. “އެހެންވެ، އަހަރެން އެހާ ރުޅި އަންނަނީ އެހެން އަންހެން ކުދިންނާ ދެވަން އުޅޭ އިރު.” މީކާއިލު ހަތަރު ކަޅި ހަމަކުރަމުން ޔުސްރާއާ ދިމާއަށް ބުންޏެވެ. “ހާސްނުވޭ، މަންމާ! އަހަރުން ކައިވެނި ކުރަން މިއުޅެނީ ޖަމީލުބެ ވެދިން އެހީގެ ސަބަބުންނެއް ނޫން… އެކަމު އަހަރެމެން ދެ މީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާތީވެ.” މީކާއިލު ފަނޑު ހިނިތުންވުމެއް ފާޅު ކުރަމުން ބުންޏެވެ.

ޔުސްރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެކި ޚިޔާލުތަކެވެ. ‘މީކާއިލު… މީހެއްދެކެ ލޯބިވެއޭ؟ އެއީ ހަމަ އަސްލުވެސް ލޯބިބާ؟’ މައެއްގެ ހައިސިއްޔަތުން މީކާއިލުއަށްޓަކައި ޔުސްރާ ހާސްވިއެވެ. ފެންތައްޓަށް ބަލަހައްޓައިގެން އިން މީކާއިލުއާ ދިމާއަށް ޔުސްރާ ހުއްޓުމެއްނެތި ބަލަމުން ދިޔައެވެ. އަދި އެ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ ބަލަމުން ދިޔައެވެ. ހިފަހައްޓައިގެން އިން އޫ މުއްކަރުވާފައިވެސް ޔުސްރާ ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. “މީކާއިލު؟ ކިހިނެތް ވާނީ އަނެއްކާވެސް ޔުން މިކޮޅަށް ގެންނަން؟ މަންމަ ބޭނުން ވާހަކަ ދައްކާލަން.” ޔުސްރާ މޫނު އިސް އުފުލާލަމުން ބުންޏެވެ.

 

“ކީކޭ؟؟!!!” މާދަމާއޭ؟؟!!! އާތް!!! އަހަންނާ ކޮން ވާހަކައެއް ދައްކަން އެ އުޅެނީ؟” ޔުން މީކާއިލުއާ ގުޅައިގެން އޮވެ ހަޅޭއް ލަވަމުން ދިޔައެވެ. ހީވަނީ މުޅި ދަނާލަށްވެސް އޭނާގެ އަޑު ފެތުރުނު ހެންނެވެ. “އަހަރެން ހިއެއް ނުކުރަން މިހެން ވާނެކަމަކަށް. ޔުސްރާއްތައަށް އަހަރުމެންގެ އަމަލުތައް ފަޅާއެރީބާ؟” ޔުން ސިކުންތަކަށްފަހު ސިކުންތެއް ހާސްވަމުން ދިޔައެވެ.

“ހާސްނުވެބަލަ… އަހަރެމެން ހެދި ރޭވުމާ އެއްގޮތަށް އަމަލުކުރޭ! އަހަރެން މަޑުކުރާނަން އާންމުކޮށް ބައްދަލު ކުރާ ތަނުގައި. ލަސްނުވާތި!” މީކާއިލު އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.

‘ހުވާ މިބުނީ! މި ފިރިހެނާ!’ ޔުން ހިތަށް އަރަމުން ދިޔައެވެ. އެނދުގެ ކަނަކަށް ވެޑުވި ބަނާތު ގައިގެ ވަށައިގެން އޮޅާލުމަށްފަހު ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ‘ކިހިނެތް އަހަރެން އަޅެ ހާސްކަން ފިލުވާނީ؟” ޔުން ދެ ފަރާތަށް ފުރޮޅެމުންވެސް ނުނިދިގެން އުޅުނެވެ.

 

އާ ދުވަހަކަށް އިރު އަރައިގެން އައެވެ. ނަމަވެސް އުދަރެހުގައި އުފެދިފައިވާ ވިލާތަކުގެ ސަބަބުން އިރުގެ އަލިކަން ފުސްވެފައި ވެއެވެ. ޔުސްރާ ދިޔައީ އޭނާގެ ބަދިގެތެރެ ރަމަތަ ކުރަމުންނެވެ. ތަށިތައް ތަރުތީބުކޮށް، އެޅި ކޭކު މޭޒުމައްޗަށް ނެގިއެވެ. އޭރު ޔުންވެސް ކާ މޭޒުގެ އެއް އަރީގައި އިށީނދެގެން އިނެވެ. “އެކަމު މީކާއިލު މިގަޑީގައި ނައިސް، ޔުން އަމިއްލައަށް އައީމައި މިހުރީ ކުޑަކޮށް…” ޔުސްރާ ކޭކުގެ ފޮއްޗެއް ކަފާލަމުން ބުންޏެވެ.

ޔުންގެ މޫނުމަތިން ދާހިއްލަމުން ދިޔައެވެ. އެހާވެސް ބިރުން އޭނާ އެ ގޮނޑީގައި އިށީނދެ އިނެވެ. އޭނާ ގައިގައި އަޅާހާ ތުރުތުރު ގޮނޑިވެސް ތެޅެމުން ދިޔަ ކަހަލައެވެ.

“އޭނާއާ ދިމާއަށް ބުނާތި ޔުން ހިތްހަމަނުޖެހޭ ކަމެއް އޮތީވިއްޔާ! ޔުން…” ޔުސްރާ ޔުންއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. ސީނުތަށީގައިވާ ކޭކު ފޮތި ޔުންއާ ވީ ދިމާލުގައި މޭޒުގައި ބެހެއްޓިހެން ޔުން ސިއްސައިގެން ދިޔައެވެ. ޔުން އިނީ ޚިޔާލަށް ގޮސް ގެއްލިފައެވެ.

“އާނ. ޝުކުރިއްޔާ! އެއީ އެހައި ބޮޑު މައްސަލައެއް ނޫން. މީކާއިލު މިއަދު މުހިންމު ބައްދަލުވުމެއް އޮތީމައި، އަހަރުން މިއައީ ފުރަތަމަ.” ޔުން ލޯ މަރާލަމުން ދެންމެ އޭނާ ސިއްސައިގެން ދިޔަކަން ޔުސްރާއަށް ނޭނގޭ ގޮތަށް ފޮރުވަން މަސައްކަތް ކުރިއެވެ. އުލުން ކޭކު ފޮތީގެ އެއްފަޅި ވަކިން ނަގަމުން ޔުސްރާއާ ދިމާއަށް ޔުން ބަލައިލިއެވެ. އެވަގުތުވެސް މުޅި ގައި ގަނޑުވެގެން ދިޔަހެން ހީވިއެވެ. އެހާވެސް ފުންކޮށް ޔުސްރާ ޔުންއާ ބަލަން ހުއްޓެވެ.

“މީކާއިލު ބުނެފި ދެމީހުންވެސް ކައިވެނި ކުރާ ވާހަކަ… ޔުން، އަދި ކިޔެވުންވެސް ނުނިމި ތިޔަ އުޅެނީ… ހަމަ ޔަގީންތަ މިހާ ޅަ އުމުރުގައި ކައިވެނި ކުރުމަށް؟” ޔުސްރާ ޔުންގެ ކައިރީގައިވާ ގޮނޑީގައި އިށީންނަމުން ސުވާލު ކޮށްލިއެވެ.

“އަހަރެމެން ދެ މީހުންވެސް އެއްބަސްވީ އަހަރެން ކިޔަވާ ނިމެންދެން މި ކައިވެނި ސިއްރުކުރަން. އެހެންވީމާ މި ކައިވެނި އެހާ ބޮޑަށް ކިޔެވުމަށް އަސަރު ކުރާނެހެން ހިއެއް ނުވޭ.” ޔުން އެ ސުވާލަށް ޖަވާބު ދިނުމަށް މަސައްކަތް ކުރިއެވެ.

“ކޮންތާކުން ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ؟ ކީއްވެ ދެ މީހުން ރައްޓެހި ވެގެން އުޅޭ ވާހަކަ ނުބުނީ؟” ޔުސްރާ ޔުންގެ މޫނާ ދިމާއަށް ގާތްވަމުން ސުވާލު ކުރިއެވެ. “އަނެއްކާ މީކާއިލުއާ-؟” އެހެން ބުނުމަށްފަހު ޔުންގެ ބަނޑާ ދިމާއަށް ނަޒަރު ހިންގާލިއެވެ.

“ނޫން. ނޫން.” ހާސްވެ ހިތް އަވަސްވެފައިވާ ޔުން ބުންޏެވެ. “އަހަރެމެން އެހާ ބޮޑަކަށް ނޫން.” ޔުން ލަދުރަކި ގޮތަކަށް ބުންޏެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ޔުސްރާ ބުންޏެވެ. “އަހަރެން ޔުން މިތަނަށް ގެނުވީ، ޔުން ދެކެ ރުޅި އަރާތީކީއެއް ނޫން… އެކަމު އަހަރެން ކުރަން ބޭނުންވީ ދެތިން ސުވާލެއް އޮތީމާ…” ޔުސްރާ މޭޒާ ދިމާއަށް ބޯ ތިރިކޮށްލަމުން ބުންޏެވެ.

ޔުން އަދިވެސް ބަނޑުގައި އަތް އަޅައިގެން އިނެވެ. ކޭކުފޮތިވެސް އޮތްގޮތަށް ތަށީގައި އޮތެވެ.

“ކަލޭ ހަމަ އަސްލަށްވެސް މީކާއިލު ދެކެ ލޯބިވޭތަ؟” ޔުސްރާ ކުއްލިއަކަށް ސުވާލުގެ ބޮމެއް އެއްލިއެވެ.

“ލައްބަ. ލައްބަ. އަހަރެންގެ މުޅި ހިތް އޭނާއަށް ޓަކައި ދީފިން.” ޔުން ތުރުތުރު އަޅާ ހާލު ބުންޏެވެ. ނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ހަދަމުން ދިޔަ ދޮގު ތެދުގެ ގޮތުގައި ދެއްކުވޭތޯއެވެ.

“ދެން… މީކާއިލު ކަލޭ ދެކެ ލޯބިވޭތަ؟” ޔުސްރާ ކޮޅަށް ތެދުވަމުން ސުުވާލު ކުރިއެވެ.

ކާ ކޮޓަރީގެ ފަޅިއަށް ބޫޓުގެ ‘ޓޮއް’ އަޑު ގޮއްވަމުން ވަދެގެން އައި މީކާއިލު ބުންޏެވެ. “އާނއެކޭ މަންމާ… އަހަރެން ލޯބިވަމޭ. ތިއީ އަހަންނާ ކުރާންޖެހޭ ސުވާލެއް ނޫންތަ؟” މީކާއިލު އައި ގޮތަށް އައިސް ޔުންގެ ގައިގަ ފަހަތުން ބައްދާލިއެވެ. ބައްދާލިހެން ޔުން ދިޔައީ ތަޅުއްވައިގެންނެވެ. މީކާއިލު އުޅަނބުށިން ޔުންގެ މުޅި ދެ ކޮނޑު ވަށައިގެން ބައްދާލިއެވެ. އަދި ޔުންގެ ވާއަތުގައި ހިފައިލިއެވެ. “އަހަރުން މި ބުނީއެއްނު މަންމާ… އަހަރެމެން ލޯބިވަމޭ. ދެން ކޮން ކަމެއްތަ ލޯބިވާކަން ދެއްކުމަށް ކޮށްދެންވީ؟” މީކާއިލު ޔުންގެ މޫނަށް ބަލަމުން ބުންޏެވެ. “މަންމަ ނާހާ ދޯ ތާކުންތާކު ނުޖެހޭ ސުވާލެއް. އޭނ ލޯބީ؟!”

ޔުންގެ ހިތުން ސުވާލު އުފެދުނެވެ. ‘ލޯބީއޭ؟’ “އެހެން ނުހަދާ ދެން. ކަލޭގެ މަންމަވެސް ދަރިފުޅަށް ޓަކައި ކޮށްދޭ ކަންތައްތައް އެއީ.” ޔުން ބުނަމުން ދިޔައެވެ.

ދުރުގައި އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ޔުސްރާ އަދިވެސް ހުރީ ގުޑާލަން ނުކެރިފައެވެ. އޭނާއަށް ކަމެއް ފާހަގަވެއެވެ. ނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް ނޭނގުނެވެ.

 

މަގުތަކުގައި ކާރުތައް އެކައްޗަށް ފަހު އަނެކަތި ދުއްވަމުން ދިޔައެވެ. ރޭގަނޑުގެ ވަގުތުކަމުން މަގުތަކުގެއި އެހާ ކާރުބާރު ބޮޑެއް ނޫނެވެ. މަޑު ދުވެއްޔެއްގައި މީކާއިލު އޭނާގެ ކާރު ދުއްވަމުން ދިޔައެވެ. ޔުން އޭނާގެ ގެއަށް ރައްކާތެރިކަމާއެކު ރައްދުކޮށްދިނުން އެއީ އޭނާގެ މަޤުސަދެވެ.

“ކަލޭ އައިސް މަ ގައިގައި ބައްދަން ޖެހޭތަ؟” ޔުން ކާރުގެ ލޯގަނޑާވީ ދިމާލަށް އެނބުރި އިނދެ ބާރަށް ބުންޏެވެ. ދެ ބުމަވެސް ގޮށްޖަހާލެވުމާއެކު، ދެ އަތްވެސް އުރާލާފައިވެއެވެ. އެހާވެސް އޭނާ ހިތް ހަމަނުޖެހިފައި އިނެވެ.

“އަހަރެމެން މިއީ އަސްލަށްވެސް ލޯބިން އުޅޭ ދެ މީހުންކަން ދައްކުވައިދޭންވެގެން…” މީކާއިލު ޔުންއާ ދިމާއަށް ބަލައިވެސް ނުލާ ބުންޏެވެ.

“އަހަންނަށް ޔަގީން، ޔުސްރާއްތަ ގަބޫލުކޮށްފިކަން އަހަރެންގެ ޖަވާބު ދިންހެން.” ޔުން އަދިވެސް ދެ ބުމަ ގޮށްޖަހާ އިނދެ މީކާއިލުއަށް ލޯ އަޅަމުން ބުންޏެވެ.

“ކަލެއަށް އެނގޭތަ ކަލޭ ހުރި ވައްތަރު އަހަރެންގެ އިހުސާސްތަކުގެ ވާހަކަ އެހި އިރު؟ އަދި އޭރަށްވުރެ މާ ގޯސް އަހަރެން ކަލެއާ ގާތްވިހެން.” މީކާއިލު ޔުންއާ ދިމާއަށް އިރުކޮޅުކޮޅާ ލޯ އުކަމުން ބުންޏެވެ. “ހަމައެކަނި ބަހަކުން ނޫނޭ ލޯބި ދައްކުވާނީ. އަމަލުންނާއި ހަރަކާތްތަކުންވެސް ލޯބިވާކަން ދައްކަން ޖެހޭނެ. އަސްލުވެސް ޔުން އާދައިގެ ގޮތަށް އަމަލު ކުރިނަމަ…”

“އޫން. މަށަށް އުނދަގޫ ވާނެއްނު! އަދި އަހަރެމެން ދެ މީހުން އަސްލަށް ބައްދަލުވިތާ ދެތިން ހަފުތާވެސް ނުވޭ! އެހެންނޫނަސް އަހަރުން ކައިރީ ކުރިން އެ ވާހަކަ ބުނިނަމަ!” ޔުން މީކާއިލުއާ ދިމާއަށް ބަލަމުން ބުންޏެވެ. “އަހަރުން ގެއަށް ލައިދިނީތީވެ، ޝުކުރިއްޔާ!” ކާރުގެ ދޮރުފަތުގައި އަތް އަޅުވާލަމުން ޔުން ބުނެލިއެވެ.

އެ ވަގުތު މީކާއިލު ޔުންގެ ވާއަތުގައި ހިފާލިއެވެ. “އަހަންނަށް ހީވަނީ އަހަރެމެން ފަރިތަކުރަން އެބަ ޖެހޭހެން.” މީކާއިލު ޔުންގެ އަތުގެ ނުފުށުގައި އޭނާގެ ތުންފަތުން ބޮސްދެމުން ބުންޏެވެ.

އާގަމަވެފައި އިން ޔުން މޫނުގައި ފަނޑު ރަތްކަމެއްވެސް ވެރިވެފައި ވެއެވެ. “ފަރިތަކުރުން؟؟” ޔުން އަމިއްލައަށް އަޑު އިވޭ ވަރަށް ބުންޏެވެ.

“އަހަރެމެން އުޅެން ޖެހޭނީ ވަރަށް ލޯބިން އުޅޭ ދެ ލޯބިވެރިންހެން. އެހެންވީމާ ޖެހޭނެ ފުރުސަތެއް ލިބޭ އިރަށް ފަރިތަކުރަން.” މީކާއިލު ޔުންގެ އަތުގެ އިންގިލިތައް އޭނާގެ އިނގިލިތަކުގައި ހިފަމުން ބުންޏެވެ.

“ފުރުސަތު ލިބޭ އިރައް ކޯއްޗެކޭ؟؟ ކޮންތާކު! ކަލެއާއެކު ނުޖެހޭނެ. އަހަރެން މިހާރުވެސް މިހުރީ ރަނގަޅަށް.” ޔުން މީކާއިލުގެ އަތް ފޮޅުވާލަމުން ބުންޏެވެ.

“އެހެންތަ؟ އަދި އަހަރެން ނުވެސް ފަށަމެންނު، އެކަމު ތިޔަ ހުރީ މިހާރުވެސް ލަދުގެންފައި.” މީކާއިލު ބުނަމުން ދިޔައެވެ. “ކިހިނެތް ވާނީ އަހަރެން…؟” އެހެން ބުނިހެން ކުއްލިއަކަށް މީކާއިލު ޔުން އިށީންދެގެން އިން ފަޅިއަށް ލެނގިލިއެވެ.

ޔުން ދިޔައީ ސިހިގެންނެވެ. ނަމަވެސް ލޯ ބޮޑުކޮށްގެން އޭނާ މީކާއިލުގެ މޫނަށް ބަލަން އިނެވެ. ޔުންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މީކާއިލު ކައިރިވަމުން ދިޔައެވެ. ހަމަ އެ ހިނދުކޮޅު ޔުންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މޫނު ރަތްވެގެން ދިޔައެވެ. ތަބައީ ގޮތުން އޭނާއަށް ހަރަކާތެއް ގެނެވުނެވެ. މީކާއިލުގެ މޭމަތީގައި އަތް އަޅާ ފަހަތަށް ކޮށްޕާލިއެވެ. “އަހަރެން ބުނެފީމެއްނު އަހަންނަށް އެހެން ނެހެދިޔަސް އެންމެ ރަނގަޅޭ!” އެހެން ބުނިހެން މީކާއިލުގެ ބޯ ފަހަތުގައިވާ ހުނގާނު ސަރަކައިގަ ޖެހުނެވެ. ނަމަވެސް ކަމެއް ނުވާކަމަށް ހެދިގެން އިނެވެ. މީކާއިލުއަށް ވީ ގޮތެއް ނުބަލާ ކާރު ދޮރު ހުޅުވާ ޔުން ނުކުމެގެން ދިޔައެވެ.

“ހޫނ. އަހަރެން ހީވެސް ކުރި ގޮތް އެއީ.” މީކާއިލު ހިތާހިތުން ކިޔާލިއެވެ. ކާރުން ނިކުމެގެން ގެއާ ދިމާއަށް ހިނގާފައި ދިޔަ ޔުންގެ ފުރަމަލައަށް ބަލަން މީކާއިލު ކާރުގެ ލޯގަނޑުން ބަލަން އިނެވެ.

“މީކާއިލު ހުށަހެޅި ހުށަހެޅުމާ ދެކޮޅުވުމަށް މިހާރު މާ ލަސްވެއްޖެބާ؟” ޔުން ހިތާހިތުން ސުވާލުތައް ކުރަމުން ދިޔައެވެ. ޔުން ސިހިގެން ދިޔައީ އަތުގައި އޮތް ފޯނު ސޯނާވާން ފެށުމުންނެވެ. “ކާފާ؟ ކީކޭ؟” ޔުން ސުވާލުކޮށްލިއެވެ.

“ޔުން! މީކާއިލުއާ ކައިވެނި ކުރަންތަ ތިއުޅެނީ ދަރިފުޅާ؟ ކާފަ ވަރަށް އުފާވެއްޖެ! މި ޚަބަރު ތަންކޮޅެއް ކުރިން ކާފަގާތު ބުނިނަމަ! ކާފަ އެއްބަސްވީމުހޭ!” ޖަމީލު ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން ދިޔައެވެ.

“ޔުން. މަރުހަބާ! ކަލޭގެ ކާފަ ވަރަށް ހިތްހަމަޖެހިފައި ހުރީ! ދެން ކާފަ ނުޖެހޭނެ ޔުން އަމިއްލައަށް އުޅޭތީވެ ހާސްވާކަށް!” ބޮޑުދައިތައާއި ބޮޑުބޭބެ އެހެން ބުނި އަޑު ފޯނުން ޔުންއަށް އިވުނެވެ.

“ޝުކުރިއްޔާ ބޮޑުބޭބެއަށް އަދި ބޮޑުދައިތައަށްވެސް.” ޔުން ނިކަން އަވަހަށް ޖަވާބު ދިނެވެ.

“ޔުން! ހިނގާ ކައިވެނި ހަފުލާ އަހަރުމެން ރަށުގައި ބާއްވަން؟ ކާފަ ހުރިހާ ތައްޔާރީތައް ބަލަހައްޓައިދޭނަން. ވަރަށް ރީތި ތަންތަން ކާފަމެން މި އުޅޭ ރަށުގައި ހުންނާނެ!” ސީމާ ފޯނުން ވާހަކަ ދެއްކިއެވެ.

“މީކާއިލު ގާތު އަހަރެން އެވާހަކަ ބުނާނަން، ބޮޑުދައިތާ…” ޔުން ވިސްނުމަކަށް ގެއްލި ހުރެ ބުންޏެވެ. ‘ އަހަންނަށް ހީވަނީ މިހާރު މީކާއިލުގެ ހުށަހެޅުމާ ދެކޮޅުވުމަށް މާ ލަސްވެއްޖެހެން.’ އަދި އެ ފިޔަވަޅުމަތީ ހުރެ މީކާއިލުގެ ކާރާ ދިމާއަށް ފަހަތަށް އެނބުރުނެވެ. އަދި ބާރު ހިނގުމުގައި ގޮސް ބުންޏެވެ. “އާނ ހެޔޮ! ހިނގާ ފަރިތަކުރަން!” އެހެން ބުނުމަށްފަހު ޔުން ކާރުގެ ގޮނޑީގައި އިށީނެވެ.

 

“ބޮސްދިނުމަށްވެސް ފަރިތަކުރަން ޖެހޭނެތަ؟” ޔުން މީކާއިލުގެ ކޮނޑުގައި ލެނގިލަމުން ބުންޏެވެ.

“ކިހިނެތް ޔުންއަށް ހީވަނީ؟” މީކާއިލު އެހެން ބުނުމަށްފަހު ޔުންގެ ކަރުގެ ފަހަތުގައި ހިފާ އޭނާގެ މޫނާ ގާތްވިއެވެ. އަދި ވަރަށް ވެގެން ބޮސްދޭން ފެށިއެވެ. އިރުކޮޅަކުން އިތުރަށް ފުންކުރަމުން ދިޔައެވެ. ކަރާއި ދިމާއިން ފިރުމަމުން ދިޔައެވެ. “މިއީ ކައިވެނީގެ ބޮސްދިނުން.” މީކާއިލު ޔުންގެ މޫނާ ދުރުވަމުން ބުންޏެވެ. “އަހަރެމެން ވަރަށް އަވަހަށް ކައިވެނި ކުރާނެއެއްނު، އެހެންވެ ކައިވެނިވުމަށްފަހު ވެސް ބޮސްދިނުމަށް ފަރިތަކުރަން ވާނެއެއްނު، ދޯ؟” މީކާއިލު ޔުންގެ ތުންފަތުގެ މިޔައިގައި ހިފައިގެން އިނދެ ބުންޏެވެ.

އެ ވަގުތު ޔުން ބަލަން އިންލެއް މައުސޫމުކަމުން މީކާއިލުއަށް އަސަރެއް ކުރުވިއެވެ. ކަރުގެ ފަހަތް ކަހާ ކަމަށްހެދި ގޮނޑީގައި ހަމަޖެހިލިއެވެ. މިއީ އޭނާ ދުވަހަކުވެސް ކޮށްފައިވާ އިހުސާސެއް ނޫނެވެ. އަނގަމަތީގައި އަތް އަޅައިގެން އިނެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 310 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ތަޤްދީރު-27

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 28

Next
September 22, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 28

Previews
September 22, 2026

ތަޤްދީރު-27

4 Comments!

  1. Cer says:
    September 22, 2026 at 3:08 pm

    MA ❤️ this part gives additional support to an wonderful author like u!! 🙂 Juss Damn..Are they in love now? Meekail ‘s expression huri like that dhw… anyway when’s next??❤️
    Lyyy Tc ✨

    1. leafy says:
      September 22, 2026 at 6:01 pm

      well they agreed that they don’t have feelings and they only want the title of being a spouse. so let’s see what happens! thanks for reading, and giving the comment!

  2. BADDIEGIRL says:
    September 22, 2026 at 5:09 pm

    vrh reeethi girl i did not believe that they did that
    omggggg
    LYYY TC

    1. leafy says:
      September 22, 2026 at 6:02 pm

      I guess… they need practice?! thanks for reading and giving comment!

Comments are closed.



All Right Reserved!