Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ލޯބިވޭ އަނަންތަކަށް… – 3

leafy Level 310 Stories100 Login
September 20, 2026 5 Mins Read
1 Comment

ހީނުކުރާފަދަ ހުށަހެޅުމެއް

ޔުން ހިތަށް އެރިއެވެ. ‘ފިރިއަކު ހޯދުމީ ވެލިގަނޑަށް ވެއްޓުނު ތިނޯހެއް ހޯދުން ފަދަ ކަމެކެވެ.’ “މަޢާފު ކުރޭ އަހަރުން ލަސްވީތީ.” ރީނދޫ ކުލައިގެ ކޯޓެއް ލައިގެންހުރި އެ މީހާ ބުންޏެވެ. ބޮޑު ފުޅާ އައިނެއް އަޅާފައިވުމުން ހީވަނީ މޮޔައެއް ހެންނެވެ. “އަހަރެން މިއީ ކަލާއާއެކު އުޅެން ރަނގަޅު މީހެއްނު؟” އޭނާގެ ވާހަކަވެސް އެހާމެ ނުރަސްމީވެފައި ޔުންގެ ބުރަކަށިން ދާހިއްލާވަރު ކުރުވިއެވެ.

އޭގެ އަނެއް ދުވަހު…

“ނޫން، ނޫން، ނޫން! ކޭކު ފަދަ ހަކުރު ހުރި ބާވަތުގެ އެއްޗެހި ކާނަމަ މާ ބޮޑަށް ފަލަވާނެ.” އިސްތަށިގަނޑު ދިގު ފިރިހެނަކު ބުންޏެވެ. މެއާ ތަންތަން ފުއްޕާލާފައި ހުއްޓެވެ. ސަންޑޯ މަސައްކަތް ކުރާ މީހެއްކަން ދޭހަވެއެވެ. މޫނު ހީވަނީ ބޮޑު މިރުހެއް ހެންނެވެ. ކަށިތައް ވަނީ އަރާފައެވެ. ގަމީހުގެ ގޮށްތައްވެސް ލުއި ދިނުމަށް ހަޅޭއް ލަވަމުން ދިޔައެވެ.

“އެކަމު ދޭތެރެ ދޭތެރެއިން ކެއަކަސް ރަނގަޅުވާނެއެއްނު؟” ޔުން ފެންތަށިނަގަމުން ބުންޏެވެ.

“ހީވަނީ… އެކަމު، އިނގޭތަ އެންމެ ކޭކުގެ ސަމުސަލެއްގައި ވެސް…” ބޭކާރު ވާހަކަގަނޑެއް އެ މީހާ ފެށިއެވެ. ޔުން ފޫހިވެގެން އެތަނުން ނުކުމެވޭތޯ ހިތުން ދުއާ ކޮށްލަކޮށްލާ އިނެވެ. ‘އަހަރެން އަޅެ މަރުވާނަމަ’ ޔުންގެ ހިތުގައި އެނބުރެމުން ދިޔައެވެ.

ދެން ބައްދަލުވީ ފިރިހެން މީހާ މާ ގާތްގޯޅިވެ އުޅުމުން ޔުންއަށް ކަމު ނުދިޔައެވެ. ‘ކީއްވެގެން އުޅޭ މޮޔައެއް މިއީ؟ އާއި.’ ހިތާހިތުން ޔުން ބުނަމުން ދިޔައެވެ.

އޭގެފަހުން ބައްދަލު ކުރި މީހާ ކިޔަންފެށީ ރޫހާނީ އެއްޗެހީގެ ވާހަކައެވެ. “އަހަންނަށް ހީވަނީ ކަލޭގެ ފަހަތުގައި އެއްޗެއް އެބަ ހުރިހެން. އެއީ މައްސަލައެއް ނޫން، ހީވަނީ އެއީ ސަރުދާރުވެރި އެއްޗެއްްހެން.” ޔުންއަށް ފިރިއަކު ހޯދުމުގެ އުނދަގޫ އެނގިގެން ދިޔައެވެ. ‘އެ ކީއްވެތަ އެހާ އުނދަގުލީ..!؟”

ޖެހިގެންއައި ހޮނިހިރު ދުވަސް

ޔުން އިނީ އާދައިގެ މަތިން މިއަދުވެސް މީހެއް ހޯދުމަށެވެ. “އަދި ތިންވަނަ ސެމިސްޓަރުގައި ތިއުޅެނީ؟ އެއީ މައްސަލައެއް ނޫން ކިޔެވުން ކުރިއަށް ގެންދެވިދާނެ ކައިވެނި ކުރިޔަސް.” ފިރިހެން މީހަކު ބުންޏެވެ. “އާނ. އެ ވާހަކައަށް އަދި ދާކަށް ނުވޭ ދޯ؟” މޭށި ކުލައިގެ އިސްތަށިގަނޑެއް ހުރި އެ ފިރިހެނާ ބުންޏެވެ.

“އެއީ މައްސަލައެއް ނޫން. އަހަރެން ހަމަ އަސްލުވެސް ކައިވެނި ކުރުމަށް މި އުޅެނީ.” ޔުން އެއްބަސްވިއެވެ. ރަނގަޅަށް ނުބަލާ އުޅުމުގެ ސަބަބުން ސައިތަށީގައި އަތް ޖެހުނެވެ. ޓައް އަޑު ކިޔާފައި ސައިތަށި މޭޒަށް އެޅިގެން ދިޔައެވެ. ވަގުތުން އެ މީހާ އެހީއަށް ގޮވަން ފެށިއެވެ.

“ރަނގަޅުތަ؟ މި ރުމާކޮޅު ބޭނުންކޮށް އަތުގައި ހުރި ސައިފޮދު ސާފުކޮށްލާ!” އޭނާ ބުންޏެވެ. ޔުން ޝުކުރުވެރިކަމާއެކު އެ ރުމާކޮޅު ގަބޫލުކުރިއެވެ. ‘މިއީ ބާ؟ މިއީ އަހަރެންގެ ފިރިމީހާ ބާ؟”

 

~ހަމަ އެ ގަހުވަޚާނާގެ އަނެއް ފަޅީގައި~

“މަންމާ! މިފަދަ ގުޅުންތައް އަހަރުން ބާއްވާކަށް ބޭނުމެއް ނޫނޭ! އެހެން ނޫނަސް މަޝްވަރާނުކޮށް މިފަދަ ރޭވުންތައް ރޭވުމީ ގޯހެއް.” މީކާއިލު މޭޒެއް ދޮށުގައި އިށީނދެ އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަރެންގެ ރައްޓެއްސެއް ބޭނުންވީ އޭނާގެ ދަރި، ދަރިފުޅާ ބައްދަލު ކުރުވަން. ކުންފުނިވެސް ރަނގަޅަށް ހިނގަމުން ދިޔުމީ އޭނާ ގަޔާވީ ކަމެއް.” ޔުސްރާ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ފޯނު ބޭއްވިހެން އަންހެން ތުއި އަޑެއް އިވިގެން ދިޔައެވެ. އެ އަންހެން ކުއްޖާ ފެނުމުން މީކާއިލުއަށް އެނާގެ މަންމަ ދެއްކި ބައެއް ވާހަކަތައް ހަނދާންވިއެވެ. “ފަހަރުގައި ގަޔާވެދާނެއްނު؟… ކުންފުނި އިތުރަށް ބޮޑުކުރަން ބޭނުމިއްޔާ އިތުރު ބައި ބޭނުންވާނެއްނު؟… އެހެން ނޫނަސް އެ ކުއްޖާގެ އާއިލާއަކީ ސަރުކާރުގެ ކަންތައް އަދި ގާނޫނާއި ގަވާއިދުގެ ދުނިޔޭގައި އަރާހުރި ބައެއް… ވިސްނާ ދަރިފުޅާ!”

މީކާއިލު އިތުރު އެއްވެސް ބަހެއް ނުބުނެ ހަނުހުއްޓެވެ. ނަމަވެސް އެ އަންހެން ކުއްޖާއާ ސުވާލު ކުރިއެވެ. “ފެނުން ހަނދާންވޭ… މީގެ ކުރީގައި ބައްދަލު ވިތަ؟”

“ލައްބަ، ބައްޕަގެ އުފަންދުވަހުގެ ފާހަގަ ކުރުމުގައި މީގެ ދެތިން އަހަރު ކުރިން.” އެ އަންހެން ކުއްޖާ ބުންޏެވެ. “މަންމަގެ ފަރާތުން އަޑުއެހިން މިހާރު ބައްޕަގެ ކުންފުނި ހިންގަމުން އަންނަ ވާހަކަ.”

“ހޫނ. އަހަރެން ބައްޕައަށް ބަރޯސާވާކަށް އަހަރެން ބޭނުމެއް ނޫން.” މީކާއިލު ބުންޏެވެ.

“ހާދަ ވިސްނުން ފުޅަލޭ؟! އަޅެ އަހަރެމެން ކުރިން ބައްދަލުވިނަމަ. އޭރުން އަހަރެންގެ ބައްޕަ ތިޔަ ކުންފުނި ބޮޑު ކުރުމަށް އެހީވީސް.” ދޮންފޫޑު ކަމެއް ހުރި އެ އަންހެން ކުއްޖާ ވާހަކަ ދައްކަމުން ދިޔައެވެ.

“ބައްދަލުވީތީ އުފާކުރަން. އެކަމު ވަރަށް މުހިންމު ބައްދަލުވުމެއް ކުންފުނީގައި އޮންނާތީވެ މިގަޑީ މަޑުކުރެވޭކަށް ނެތް.” މީކާއިލު އެއްވެސް އިތުރު ވަގުތެއް ގަހުވަޚާނާގައި އެ އަންހެން ކުއްޖާއާ އެކު ބޭކާރުކުރާކަށް ބޭނުމެއް ނުވެއެވެ. އެއެއް ނޫނެވެ. އޭނާއަށް މި ކުއްޖާ ކަމުނުދިޔައީއެވެ.

“މިއީ އެހެންވިއްޔާ އެހާ ރަނގަޅު ގަޑިއެއް ނޫން ދޯ. ދެން ދަނީ!” އެހެން ބުނުމަށްފަހު މަޑު ހިނގުމުގައި އަތުދަބަސް ހިފައިގެން އަންހެން ކުއްޖާ އެތަނުން ނުކުތެވެ. ފަހަތް ބަލައިވެސް ނުލައި ދިޔަގޮތަށް ގަހުވަޚާނާއިން ބޭރަށް ނުކުތެވެ.

މީކާއިލު ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ފުން ނޭވާއެއް ލިއެވެ. ދޮގެއް ހެދިނަމަވެސް އެކަމުން ސަލާމަތްވެވުނީތީ އޭނާ ހިތްހަމަޖެހުނެވެ.

 

“ކާފައާއެކު އުޅެނީ؟” ޔުންއާއެކު އިން ފިރިހެން މީހާ ސުވާލު ކުރިއެވެ. “ލައްބަ. މަންމައާއި ބައްޕަ މި ދުނިޔެ… ދޫކުރިފަހުން.” ރަނގަޅަށް ޔުންއަށް ޖުމުލަ ނުބުނެވެއެވެ.

“ކާފައަކީ؟ ވަކީލެއް؟ އަރަބުވެރިޔެއް؟ ނުވަތަ ވިޔަފާރިވެރިއެއް؟” އެ މީހާ ސުވާލު ކުރަން ފެށީ އިދިކީލި ޝައުގެއް ހުރެގެންނެވެ.

“ފަހަރުގައި… ކާފަ އެހާ އުނދަގުލަކުން ނޫން އަހަރެން ބަލައި ބޮޑު ކުރީ.” ޔުން ބުންޏެވެ.

“ކަލެއަށް އިނގޭތަ. އަހަރެން ހޭދަކުރިން ތިން ހާސް ރުފިޔާ އަހަންނާ ކުފޫ ހަމަވާ މިހަކާ ބައްދަލުވުމަށް.” އެ މީހާ އަތުކުރީ ގަޑި ހެޔޮ ކުރަމުން ބުންޏެވެ. “ނޭނގޭތަ؟ ކިހިނެތް މި ގޮތަށް ދިޔުމަށް އެއްބަސް ވީ ދެން؟” ޔުންގެ އަތުގައި އެ މީހާ ބާރަށް ހިފާލިއެވެ. “ކަލޭ އަނެއްކާ މަހެން މަކަރު ހަދަނީތަ؟ އޭނ؟”

“ކީކޭތަ ތި ކިޔަނީ؟” ޔުން ސަލާމަތްވާ އުޅެމުން ސުވާލު ކުރިއެވެ.

“ދޮގުނަހަދާ! އަހަންނަށް އެނގޭ ކަލޭމެން ގަޔާވާ ވައްތަރު. ކަލޭ ހީކުރީ މުއްސަނދި ފިރިއެއް ލިބޭނެކަމަށް؟ ދެން މާ ދިޔުޅި ދިގު ނުކޮށް އަހަންނާއެކު ކޮޓަރިއަކަށް ދާން ހިނގާ! އެހެން ނޫނީ މަ ޕޮލިހަށް ގުޅާނީ!” އެ ފިރިހެން މީހާ ޔުންއާ ގާތްވަމުން ކިޔަމުން ދިޔައެވެ.

“ކޯއްޗެކޭ؟ ކަލެއަށް އަހަންނަކީ ކާކުކަން އަދިވެސް ނޭނގެނީތަ؟” ޔުން ބިރުންހުރެ ސުވާލު ކުރިއެވެ.

“ހެޔޮ ޕޮލިހަށް ގުޅިޔަސް! އަހަރެން ބިރު ގަންނާނެ ކަމަށްތަ ހީކުރީ؟” މި އިބާރާތް ބުނި އަޑު ގަހުވަޚާނާއިން ނުކުތުމަށް ހިނގައިގެން މީކާއިލުއަށް އަޑު އިވުނެވެ.

“ކަލޭ ބޭނުންވަނީ ރުފިޔާ، އެހެންނު؟ މަށަށް އަރާމުކޮށްދީފިއްޔާ ކަލޭ މުއްސަނދި ކޮށްދޭނަން.” ޔުންގެ އަތުގައި ހިފާ ބާރުކުރަމުން ދިޔަ އެ މީހާ ބުންޏެވެ.

“އަހަރެންގެ އަތުން ދޫކުރޭ!” ޔުން ހަޅޭއްލެވިއެވެ. އެ މީހާގެ ގާތަށް ޔުން ހިފައިން ގެންދަން އުޅުނުހެން އޭނާގެ އަތުގައި މީހަކު ވަރަށް ބާރަށް ހިފިއެވެ. ޔުންވެސް ދިޔައީ ސިހިގެންނެވެ. ފަހަތުގައި ހުރީ މީކާއިލުއެވެ. އޭނާ ލޯ އަޅާލިހެން ބިރުން އެ ފިރިހެން މީހާ ބިރުން ފިތް ކަނޑައިގެން ދިޔައެވެ. އަދި ނިކަން އަވަހަށް އެ ތަނުން ނިކުންނަށް ފިލަން ދިޔައެވެ.

ޔުން އަދިވެސް އާގަމަވެފައިވާ ހާލު މީކާއިލު އޭނާގެ އަތުގައި ހިފާފައިވާތީ ދިޔައެވެ. “ޝުކުރިއްޔާ!! އަހަންނަކަށް ނޭނގެ ކަލޭ އެތާ ނެތް ނަމަ އޭނާ މަށަށް ހަދާނެ ގޮތެއްވެސް.” ޔުން އަތަށް ތަދުވާތީވެ ބުންޏެވެ. “މީކާއިލް އަތުން ދޫކޮށްބަލަ…” ވަގުތުން އޭނާ ޔުންގެ އަތް މިނިވަން ކުރިއެވެ.

“މިތަނަށް އައީ ރައްޓެހިވާނެ ފިރިހެނަކު ހޯދަންތަ؟” މީކާއިލު ސުވާލު ކުރިއެވެ.

“ކިހިނެތް؟.. ނޫނޭ އެއީ ކަލެއާ ބެހޭ ކަމެއް ނޫން!” ޔުން އަދިވެސް މީކާއިލުދެކެ ރުޅި އައިސްފައިވާ ކަން ދައްކަމުން ދިޔައެވެ.

“ތިޔަ ހެދުން، އަދި މޫނުމަތީގައި ޖައްސާފައިވާ ކުލަ، އަދި އެ މީހާވެސް…. އެންމެ ފަހަރަކު ބަލައިލިޔަސް އެނގޭނެ.” މީކާއިލު ހެދުމަށް ބަލަމުން ބުންޏެވެ. “އެހެން ނޫނީ އޭނާ އެތާގައިހުރެ ދައްކަމުން ދިޔަ ވާހަކަ އެއި ތެދުކަމަށް ވާނީ.” މީކާއިލު މައްލަވަ ކުރާ ރާގަކަށް ބުންޏެވެ.

“އެއްގޮތަކަށްވެސް ނޫން!!!” ޔުން ވަގުތުން ދެކޮޅުވިއެވެ. އަދި ކައިރީހުރި ސޯފާގައި އިށީނެވެ. އަދި ހަނގުރާމައިން ބަލިވެފައިވާ މީހެއްހެން ވާހަކަދައްކަން ފެށިއެވެ. “އަހަރެންގެ ކާފަ ވަރަށް ބަލި… އަހަރެން ބޭނުންވަނީ ކާފަގެ އެންމެ ފަހުގެ ވަސިއްޔަތް ފުރިހަމަ ކުރުމަށް! އަހަރެންގެ ރައްޓެއްސެއްގެ ބޮޑުދައިތައަކީ މި ވިޔަފާރި ހިންގާ މީހާ.” ޔުން ކިޔައިދެމުން ދިޔައެވެ. ހަގީގަތުގައިވެސް އޭނާ މިހާރު ކޮންމެ މީހަކާވެސް ކައިވެނިކޮށްފާނެއެވެ.

“އެކަމު ލޯބިންނެއްނު، ކައިވެނި ކުރަންޖެހޭނީ؟ އަނެއްކާ ރަނގަޅުވާނެތަ މިގޮތަށް މީހުންނާއެކު ދިޔުމަށް؟” މީކާއިލް ސުވާލު ކުރިއެވެ.

“އެއްވެސް ފަސޭހައެއް ވީކީ ނޫން. އެކަމު ދެތިން ފަހަރު އެގޮތަށް ގޮސްގެންވެސް މި އިނގުނީ އެއީ އެހާ މުހިންމު އެއްޗެއް ނޫންކަން. އަހަރެން ލޯތްބެއް ބޭނުމެއް ނޫން. މިހާރު އަހަރެން ބޭނުމީ ކާފަ އުފާކޮށް ހިތްހަމަޖައްސައިދެން. އަހަރެން ހަމައެކަނި ބޭނުންވަނީ އަނތްބެއްގެ މަގާމު އެކަނި.” ޔުން ސޯފާގައި ހަމަޖެހިލިއެވެ. “އަހަރުން ހީކުރީ ދެންމެ ދިޔަ މީހަކީ ރަނގަޅު މީހެއްކަމަށް. ދެންމެ މިވީ ކަންތައްތައް ނުވިނަމަ އޭނާއަށް އަނއެކޭ ބުނީމުސް.” ޔުން ބުންޏެވެ. މީކާއިލް އެއްޗެކޭވެސް ނުބުނެ ކައިރީގައިހުރި ސޯފާގައި އިށީނެވެ. ‘އެ ކީއްވެ އަހަރެން އޭނާ ގާތު މިވާހަކަތައް މިދެއްކީ؟’ ޔުންގެ ހިތުގައި އަމިއްލައަށް ސުވާލު ކުރެވެމުން ދިޔައެވެ. ‘ޔަގީން މިހާރު މިކާއިލް ވިސްނާނީ އަހަންނަކީ ބޮޑު މޮޔައެއްކަމަށް.’

ކުއްލިއަކަށް މީކާއިލު ޔުންއާ ދިމާއަށް ބުނެދެން ނޭނގޭ ކަހަލަ ނަޒަރަކުން ބަލައިލިއެވެ. “އާއިޝަތު ޔުން… އަހަންނާ ކައިވެނި ކުރަންވީނު؟”

‘އޭނ؟ އަހަންނަށް ރަނގަޅަށްތަ މި އަޑު އިވުނީ؟’ ޔުން އަމިއްލަ ހިތާ ސުވާލު ކުރަމުން ދިޔައެވެ. “ވަރަށް މަޖާ މީކާއިލް. އެކަމު އެއީ ކަލެއަށް ވާކަށް ނުޖެހެއެއްނު.” ޔުން ފެށީ ހޭށެވެ.

“ކިހިނެތްވީ؟ ކަލޭ ބުނީމެއްނު ނޫނެކޭ ނުބުނާނަމޭ އެކަކުވެސް އަހައިފިނަމަ. ކީއްވެ ނުވާންވީ؟ އަހަރެމެން ދެ މީހުންވެސް ޝަރުތުތައް ފުރިހަމަވޭ. މިއީ އެންމެ ގަލަކުން ދެ ދޫނި މަރާލެވޭ ފަދަ ހާލަތެއް. އަހަރެމެން އާއިލާވެސް ވަރަށް ގާތް ވާނެ މިހާރުވެސް. ކަލޭގެ ކާފަވެސް އުފާވާނެ އަދި ހިތްހަމަވެސް ޖެހޭނެ، އަހަންނާ ކައިވެނި ކޮށްފިއްޔާ.”

“ޔުން ސުވާލު ކޮށްލިއެވެ. “ކަލެއަށް ކޮން ފައިދާއެއް ވަނީ މި ކައިވެނިން؟”

“ހަމަ ކަލެއަށް އަނތްބެއްގެ މަގާމު ލިބޭ ފަދައިން މަށަށްވެސް ފިރިމީހާގެ މަގާމު ލިބޭނެ.” މީކާއިލު ބުނެލިއެވެ.

“މިތަނަށް ކަލޭ އައީ…؟” ޔުން ވިސްނާލުމަށްފަހު ބުނަން އުޅުނެވެ. ނަމަވެސް މީކާއިލު ވާހަކައެއް ފެށިއެވެ.

“ލައްބަ. އަހަރެން އެކަމު ބޭނުމެއް ނޫން ސަކަރާތުގައި ވަގުތު ހޭދަކުރާކަށް. އެހެން ނޫނަސްވެސް ކަލެއަށް ކައިވެނި ކުރާނަމަ އިހުސާސްތަކަށް ވިސްނާކަށް ނުޖެހޭނެ.” މީކާއިލް ބުންޏެވެ.

“އެކަމު އަހަންނަށް ސިފަވެސް ޚިޔާލުވެސް ނުކުރެވޭ، ކަލެއާ ކައިވެނި ކުރެވޭތަން…” ޔުން އިސްދޮށަށް ޖަހަމުން ބުންޏެވެ.

“މި ފުރުޞަތު ގެއްލުވާލައިފިއްޔާ ބޭކާރުވަމުންދާނީ އަގުހުރި ވަގުތު.” މީކާއިލް އިތުރުކޮށްލިއެވެ.

“އަހަންނަށް ވިސްނާލަން ވަގުތުކޮޅެއް ދީފާނަންތަ؟” ޔުން އެންމެފަހުން ވިސްނަން އިނދެފައި ބުންޏެވެ.

“މައްސަލައެއް ނެތް! އަހަންނާ ބައްދަލުކުރޭ އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ކާރުތައް ކައިރީގައި.” މީކާއިލު ހިނިތުންވަމުން ބުންޏެވެ. “ނަޔަސް، ނުވަތަ ލަސްވިޔަސް އަހަރެން ބަލާނީ ކަލޭ މި ހުށަހެޅުމަށް ގަބޫލު ނުވާކަމަށް.” މީކާއިލު ޝަރުތު ކުރިއެވެ.

ތިން ދުވަސް ފަހުން…

ކާރުތައް ޕާކުކޮށްފައިވާ ސަރަހައްދެވެ. މީކާއިލު ގަޑިއަށް ބަލަމުން ކާރުނގައި ލެނގިލައިގެން ހުއްޓެވެ. މިނިޓަކަށްފަހު މިނިޓެއް ހިނގަމުން ދިޔައެވެ. ފަހެއް ޖަހާ ބޮޑުވެ ދިހަ މިނިޓު ހިގައި ދިޔައިރުވެސް ޔުންގެ ނިޝާން ފެންނަން ނެތުމުން ކާރުގެ ދޮރު ހުޅުވާލަން އަތް ނެގިއެވެ. ‘އަހަރެން ކޯއްޗެއް މި ވިސްނީ؟ އޭނާ އަންނާނެ ކަމަށް؟”

“މަޑުކުރޭ!! މީކާއީލް!! މީކާ…” ދުވަމުން ގަޑަގަޑަލައިފައި އައި ޔުން ހުރީ ނޭވާ ހާސްވެފައެވެ. “މާފުކުރޭ ކިލާސް ނިމުނީ ތަންކޮޅެއް ލަހުން.”

“ކަލޭ ދިހަ މިނިޓު ލަސް.” މީކާއިލު ބުންޏެވެ.

“އަދި ކަލޭ އެ ދިހަ މިނިޓު މަށަށް ޓަކައި މަޑުވެސް ކުރީމެންނު؟ އޭގެ މާނައީ އަހަރެން ކަލޭގެ ހުށަހެޅުމަށް އެއްބަސްވަމޭ!” ޔުން އަދިވެސް ފުންކޮށް ނޭވާލަމުން ބުންޏެވެ. “އެކަމު އެއް ޝަރުތު މަތިން! އަހަރެން ބޭނުމީ މި ކައިވެނި އެހެން މީހުންނަށް ސިއްރު ކުރަން… އެހެންނޫނީ ދަސްވެނިވެންދެން.” “ކަލެއަކީ މި ކޮލެޖުގައި ވަރަށް މަޝްހޫރު ދާރިސްއެއް. އަހަންނަށް ބޮޑު ކާރިޘާއަކަށް ވާނީ އަހަރެމެންގެ ކައިވެނި އެހެން މީހުންނަށް އިނގިއްޖެއްޔާ. އަހަރެން އަދި ކިޔެވުމަށް ވަގުތުވެސް ބޭނުން.” ޔުން ބޮޑު ވާހަކަގަނޑެއް ދައްކާ ނިންމާލިއެވެ.

“މައްސަލައެއް ނެތް.” މީކާއިލު ބުންޏެވެ. “މި ކަންތަކަށް އެއްބަސްވީތީ ތިބާއަށް ޝުކުރު، އާއިޝަތު ޔުން.” ސަލާން ކުރުމަށް ދިއްކުރި އަތުގައި މީކާއިލް ބާރަށް ހިފައި ދަމާލިއެވެ. އައި ބާރުމިނުގައި މީކާއިލުގެ ދެއަތުގެ ތެރެއަށް ވައްދާ، ޔުން ގައިގަ ބައްދާލިއެވެ. ޔުން ދިޔައީ ލޯ ބޮޑުވެގެންނެވެ. މޫނުގައި ފަނޑު ރަތްކަމެއްވެސް ވެރިވިއެވެ.

“ކާކު ބުނީ މަގޭ ގައިގަ ބައްދާ ހެދޭނެއޭ؟” ޔުން ލަދުރަކި ގޮތަކަށް ބުންޏެވެ.

“އަހަރުމެންނަކީ މިހާރު ލޯބިވެރިންނެއް ނޫންތަ؟ އެހެންވީމާ ލޯބިވެރިން ގޮތަށް ދޯ ތަމުސީލު ކުރަން ވާނީ.” މީކާއިލު ދެ މިޔަކަން ފުޅާ ކުރަމުން ބުންޏެވެ. ދެ މީހުންވެސް އެކަކު އަނެކަކަށް ބެލުމުގައި އިރުތަކެއް ވާންދެން ތިއްބެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 310 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 81

Previews
September 20, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 81

One Comment

  1. Anonymous says:
    September 20, 2026 at 11:58 am

    YUN💗💗

Comments are closed.



All Right Reserved!