Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބޭވަފާތެރި ނުވަމޭ ޔާރާއޭ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ… ( 8 ވަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
May 17, 2016 5 Mins Read
55 Comments

” ސާއިމް. އޭނަ އަހަރެން ދޫކޮށްފަ އެހެން މީހަކާއިއެކު އުޅެން ނިންމައިފި. އަހަރެންގެ ހިތް ފުނޑު ފުނޑު ކޮށްލައިފި. އަހަރެންގެ ދިރިއުޅުން ޖަހަންނަމަޔަކަށް ހަދައިފި. އެހެން މީހެއްގެ ހައްގަކަށް ވެއްޖެ. އަހަރެން ކިހިނެއް ހަދާނީ؟ އޭނަ.. އޭނަ.. އޭނަ.” އީނާޝްގެ ގަޔަކު އިތުރު އެއްޗެއް ބުނާނެހާ ވަރެއް ނެތެވެ. އޭނާޔަށް ބާރަކަށް ގޮސް ސާއިމްގެ ގައިގާ އޮޅުލައިގަނެވުނެވެ.

ސާއިމްއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އީނާޝްގެ އެންމެ އަމަލެއް އޭނާގެ ހިތުގެ އެންމެ އަޑިއަށް އަސަރުކުރުވައެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އަދި އޭނާވެސް އީނާޝް ގައިގާ ބާރަކަށް ބައްދައިގަތެވެ. އެދެމުދަށް ވައިރޯޅިއަކަށްވެސް ނުވަދޭވޭނެއެވެ.

އީނާޝްގެ ހިތްވެސް އާދަޔާ ހިލާފަށް ތެޅެން ފެށިއެވެ. މިއީ އޭނާ ފިރިހެނަކާއި މިފަދަ ގުޅުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ހިނދުކޮޅެއްގެ ތެރޭގައި އީނާޝްއަށް ހަމަހޭވިއެވެ. އޭނަޔަށް އޮވެވުނީ ސާއިމްގެ ކޮނޑު މަތީގައިކަން އެނގުމާއިއެކު އޭނަޔަށް އަމިއްލަ ނަފްސުދެކެ ނަފްރަތު އުފެދުނެވެ. އޭނާ ދެކޭ ގޮތުގައި އޭނާޔަކީ ހަމައެކަނި އުނޫޝްގެ ހައްގެކެވެ. އެހެން މީހަކު ވައިއަޅާލެނެހާ ހައްގެއްވެސް އެހެން މީހަކަށް އޭނާޔެއް މިއަދާއި ހަމަޔަށް ނުދެއެވެ.

ނަމަވެސް އެވަގުތުކީ ސާއިމްގެ ހިތުގައި ބިންވަޅުގައި ނެގިގެން ދިޔަ ހަނދާނެކެވެ. ނުލާހިކު އަގު ބޮޑު ވަގުތަކަކެވެ.

އީނާޝް ސާއިމްއާއި ދުރުވެލައި ބާރަށް ދުއްވައިގަތެވެ. އޭރުވެސް އެހުރިތާގައި  ސާއިމް ހުރީ ހުއްޓުން އަރާފައެވެ. އޭނާ އަމިއްލަ ހިތުގައި އަތް އަޅާލިއެވެ. އީނާޝްގެ އެކުޑަކުޑަ ހަރަކާތް ހިތުގައި ފޮރުވާލުމަށްޓަކައެވެ.

****

އީނާޝްގެޔަށް ދިޔަ ގޮތަށް ގުޅާލީ ފަހުމާޔަށްށެވެ. މިރޭ ވެގެން ދިޔަ ކަންތައް ހިއްސާކޮށްލާންށެވެ. އޭރުން ހިތަށް ފިނިކަމެއް ލިބޭނެ ކަމަށްށެވެ.

” އީނޫ ވަޓް؟ އަޅެ ކިހިނެއްތަ އީނޫއަށް މިހާރަކަށް އައިސް ވަނީ؟ ” އީނާޝް ހުރިހާ ވާހަކައެއް ކިޔައިދިނުމާއިއެކު ފަހުމާ ބުންޏެވެ.

” ފަހޫ އަދިވެސް އަހަރެން ދައްކާ ވާހަކައެއް ގަބޫލް ނުކުރަންތަ؟” ގިސްލަމުން އީނާޝްވެސް ކޮށްލީ ސުވާލެކެވެ. ވެގެން އުޅޭ ގޮތެއް އޭނާޔަކަށްވެސް ނޭނގެއެވެ.

” އީނޫ. އަޅެ އަމީނާ ދައްތަ ގާތު ހުރިހާ ވާހަކައެއް ބުނީ ސާއިމްއެއް ނޫނޭ. އަހަރެންނޭ ބުނީ.” ކުއްވެރިއެއް ފަދައިން ފަހުމާ ބުންޏެވެ. އީނާޝްގެ ބަސް ހުއްޓުނެވެ. ފަހުމާ އެހުރިހާ ވާހައެއް ދެއްކުމުގެ ބޭނުމެއް އޭނާޔަކަށް ނުވިސްނުނެވެ.

” އީނޫ. އައި އެމް ސޮރީ އީނޫ ގާތު ނުބުނެ އެހެން ކަންތައް ކުރެވުނީމަ. ޕްލީޒް ރުޅި ނާންނައްޗޭ. އަހަރެން ހިތަށް އެރީ އީނޫ ގާތު އަހައިފިނަމަ ދުވަހަކުވެސް އެއްބަހެއް ނުވާނޭ. އެހެންވެ އަހަންނަށް މަޖްބޫރު ވީ. ވިސްނަބަލަ. ސާއިމްއަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަޔަށް ވުރެ އީނޫދެކެ ލޯބިވާ ކުއްޖެއް ނުލިބޭނެ. ޕްލީޒް ޓްރައި ޓު…” ފަހުމާގެ ވާހަކަ ފުރިހަމަ ނުވީ އީނާޝް ފޯނު ކަނޑައިލީމައެވެ.

އީނާޝް ފޯނު ކަނޑައިލީ ފަހުމާދެކެ ހިތްހަމަ ނުޖެހިގެންނެއް ނޫނެވެ. ސާއިމްއާއި މެދު ވިސްނައިލެވުމުންނެވެ. ސާއިމް ކިހައި ރަނގަޅު ހެއްޔެވެ؟ އޭނާ ސާއިމްއޭ ކިޔައިގެން އެތައް އެއްޗެއް ކީއިރުވެސް ދެކޮޅަށް “ޗުއްޕު”ވެސް ނުބުނެއެވެ. ބަދަލުގައި އަނގަ މަޑުލައިގެން ހުރީއެވެ. ކީއްވެ ހެއްޔެވެ؟ އީނާޝްގެ ހިތަށް ތަދުވެދާނެތީ ހެއްޔެވެ؟ ނަމަވެސް އޭނާއަކަށް ސާއިމްދެކެ އެއް ކުޑަކޮށްވެސް ނުވެވެނީ ކީއްވެ ހެއްޔެވެ؟ އެހިތުގައި އުނޫޝް ފިޔަވައި އެހެން މީހެއްގެ ނަން ނުލިޔެވެނީ ކީއްވެ ހެއްޔެވެ؟ އެދުވަހުން ފެށިގެން އީނާޝްގެ ހިތުގައި އާ އަޒުމެއް އާވިއެވެ. ސާއިމްއާއިއެކު އާ ދިރި އުޅުމެއް ފެށުމަށްށެވެ. އުނޫޝްދެކެ ކިތަންމެ ލޯއްބެއް ވިޔަސް އޭނާ ޖެހޭނީ އެލޯބި ގުރުބާން ކުރާންށެވެ.

***

ޖެހިގެން އައީ ހުކުރު ދުވަހެކެވެ. ކޮންމެހެން ބަލި މީހެއް ނާންނަނަމަ އީނާޝްއަކަށް މަރުކަޒަށް ދާކަށް ނުޖެހެއެވެ. އެއީ އޭނާޔަށް ލިބޭ ހަމައެކަނި ބަންދު ދުވަހެވެ. އެހެންކަމުން ވަޒީފާ ލިބުމުގެ އުފަލުގައި މުޅި އާއިލާއާއި މަރުކަޒުގެ އެންމެހާ މުވައްޒަފުންނަށް މެންދުރު ކެއުމަކަށް  ދައުވަތެއް ދެވުނެވެ.

އީނާޝްގެ އުންމީދުގައިވަނީ ހަމަ އެންމެ ކަމެކެވެ. ނަޝާޔާއާއިއެކު އުނޫޝް އައުމެވެ. އާދަޔާ ހިލާފަށް ރީތިވީވެސް އެހެން ވެގެންނެވެ. 8 އަހަރު ފަހު އުނޫޝްއަށް އޭނަ ފެންނައިރު  އޭނާ ބޭނުންވީ ވަރަށްވެސް ރީތިވެގެން ހުންނާންށެވެ. އެދުވަހު އުމުރުން ފުރަތަމަ ފުރަތަމަ ފަހަރަށް މޭކަޕްވެސް ކުރިއެވެ. ކުރިން ނުލާހާ ރީތި ހެދުންވެސް ލިއެވެ. އުނޫޝްގެ ލޮލުގައި އޭނާ އަޅައިގަންނާނެކަމަށްށެވެ.

ހުރިހާ ކަމެއްވެސް ތައްޔާރު ކޮށްފައި ނާޝް އިންތިޒާރު ކޮށްގެން ހުރީ އުނޫޝްއަށްށެވެ.އޭރު އަމީނާމެންވެސް ތިބީ  ކޮންމެ މީހެއް އީނާޝްއަށް ކޮށްލާ ތައުރީފުން އުފަލުން ގޮސް ފޮޅިފައެވެ. ނަމަވެސް އީނާޝް އެހާ އުފަލެއް ނުވެއެވެ. އޭނާގެ ތުންފަތުގެ ހިނިތުންވުން ގެނެވޭނީ ހަމައެކަނި އުނޫޝްއަށްށެވެ.

” ދަރިފުޅާ ދޭބަލަ ބޭރުން މީހަކު ފެނޭތޯ ބަލާލަން. ކާން ގޮވައިލާން.” އީނާޝް ކައިރީ މިފްޒަލް ބުންޏެވެ.  އީނާޝް އާނއެކޭ ބުނަމުން ބޭރަށް ނިކުތެވެ. އޭނާޔަށް ބޭރަށް ނިކުމެވުމާއިއެކު ފެނުނު މަންޒަރުން  އުފަލުންގޮސް މޮޔަ ނުވީ ކިރިޔާއެވެ. އަދި ދޮރު ދޮށަށް ވަދެ ނިވާވެލިއެވެ. ނަޝާޔާއާއި އެކު  އުނޫޝް ހިނގާލާފައި އަންނަމުން ދިޔަ މަންޒަރެވެ. އުނޫޝްގެ އަޑު ނީވެނުއެއް ކަމަކު އޭނާޔަށް  ކިތަންމެ ސާފެއް ކޮށްވެސް އުނޫޝް ފެނެއެވެ.

” ކަމް އޯން އުނޫ. ޓޯކް ކޮއްބަ. މިއަދު ކިހިނެއްވެފަތަ ތިހުރީ؟ މިއަދު އަހަރެން ރީތިތަ؟” އުނޫޝްއާއި ދިމާލަށް ނަޝާޔާ ބުންޏެވެ.

” ވަރަށް ރީތި.” ފޯނާޢި ކުޅެމުން އުނޫޝް ޖަވާބު ދިނީ ފަރުވާ ކުޑަ ގޮތަކަށްށެވެ.

” އުނޫ. ޔޫ އަރ ޓޯޓަލީ ޗޭންޖްޑް. ކީއްވެތަ ތިހެން ތިހަދަނީ؟ މިހާރު މޮޔަ ހީވޭ މިރަށަށް އާދެވުނީމަ. އީނާޝް މަތިން ނުވިސްނަބަލަ. އެއީ ބޮޑު ބޭވަފާތެރިއެކޭ.” ހިތްހަމަ ނުޖެހި ހުރެ ނަޝާޔާ ބުންޏެވެ.

” ސޮރީ. އައި މީން މިއަދު ވަރަށް ވަރަށް ރީތި.” ހިނިތުންވެލަމުން އުނޫޝް ބުންޏެވެ.

” ގަބޫލެއް ނުކުރާނަން. ގަބޫލް ކުރާނީ އުނޫ އަހަރެންގެ ކޮލަށް ކިސްއެއް ދިނީމަ.” ތުން އަނބުރާލަމުން ނަޝާޔާ ބުންޏެވެ.

” ވަޓް؟ މިތާގަ؟ މީ މަގު މައްޗޭ. ” އުނޫޝް ބުންޏެވެ.

” މަގުމަތިވީމަ ކިހިނެއްތަ ވީ؟ މިތާކު ނެތޭ އެއްވެސް މީހެއް. ފާސްޓް. ” ކޯ ދިއްކޮށްލަމުން ނަޝާޔާ ބުންޏެވެ.

އުނޫޝްގެ ތުންފަތް ލަސް ލަހުން ނަޝާޔާގެ  ކޮލުގައި ބީހިލިއެވެ. އީނާޝްއަށް ފަހަތަށް ބަލައިލެވުނީ އެވަގުތުއެވެ. އޭނާގެ ހިތް ފުނޑު ފުނޑު ވިކަހަލައެވެ. ދިރިހުއްޓާ މަރުވި ފަދައެވެ.

” ވަރަށް ވަރަށް ރީތި. ތީ އަހަރެންގެ ރާނީ. އައި ލަވް ޔޫ ސޯ މަޗް.” މިފަހަރު އުނޫޝް ނަޝާޔާއާއި ދިމާލަށް ބުނެލި ޖުމްލަ ނާޝްއަށް އަޑު އިވުނެވެ. އޭނާޔަކަށް އެންމެ ހިނދު ކޮޅަކުވެސް މަޑެއް ނުކުރެވުނެވެ. ވަގުގުތުން ދުއްވައިގަތެވެ. އޭނާޔަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ކޮޓަރިއަށް ވަދެ ގޮނދަޑީގައި ބޯކޮޅު ވަތަށް އޮށޯވެލައި ބާރަކަށް ރޯންފެށިއެވެ.

ހިމޭން ވެދަނީ ހިތޭ، އަލުން ދިރުމެއް ނެތޭ

ފުނޑުވެ އުންމީދުތައް، ލިބުން އުފަލެއް ނެތޭ

އެދުއް ހުވަފެން ތަކާ، އެދުއް ހުވަފެންތައް

ޒަހަރުކަމުގާ ހިތަށްވެ އަދު އުފަލެއް ނެތޭ

އެހާމެ އަނދިރި ފަރާތް ބަނަވެ ދިޔައީ ހަޔާތް

ދުނިޔޭން ވީ.. ބާކީ.

އީނާޝްގެ ހިތް ގޮވަމުން ދިޔައެވެ. އޭނާ އެނދުން ތެދުވެ ލޯގަނޑު ކުރިމަތީ ހުއްޓެލިއެވެ. އަދި ބާރަކަށް މޫނުގައި އަތް ހާކައި މޭކަޕްތައް ފިލުވަން ފެށިއެވެ.

އެފުރަތަމަ ފެނިލުމާ، އެހިނދުހިތް ތެޅި ލުމާ

ކުރުވި އިހްސާސަކުން އެވީ ބޭނުން ވުމާ

ދެހިތް ގުޅި ކޮށް ހުވާ ގޮތުގައޭ ވަކިނުވާން

ހަޔާތެއް ފެއްޓުމަށް އުފާ ލިބި ރޭދުވާ

އީނާޝްއަށް މަޑު ޖެހިލެވުނީ އަތުގައި ހިފާލި ސާއިމްގެ ހަރަކާތުންނެވެ. އޭރު ސާއިމްގެ ލޮލުގައިވެސް ކަރުނަ ބަބުޅަމުން ދިޔައެވެ.

” އީނޫ. ސްޓޮޕް ދެޓް.” އީނާޝްގެ ކޮނޑުގައި ހިފަހައްޓަލަމުން ސާއިމް ބުންޏެވެ.

” ސާއިމްއަކަށް އެކައްޗެއްވެސް ނޭނގޭނެ. އުނޫނޫ…..” އީނާޝް ބުންޏެވެ.

” އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގޭ. ބަޓް ޕްލީޒް. ތިހެން ނުރޯބަލަ. އަހަރެންނަށް ކޮއްދޭ ކަމަކަށް ވިޔަސް. އިންޝާ ﷲ އީނޫ ބޭނުންވާ ގޮތަށް އަހަރެން ހުރިހާ ކަމެއްވެސް ކޮށްދޭނަން.”

” ޕްރޮމިޒް” އަތް ދިއްކޮށްލަމުން އީނާޝް ވައުދުވުމަށް އެދުނެވެ.

” އަހަރެން އީނޫ ދެކެ ވާ ލޯބި ހެކިކޮށް ވައުދުވަން.” ސާއިމް ވައުދުވިއެވެ. ނަމަވެސް ވައުދުވާން ބުނެލި ބަސް ވެގެންދިޔައީ އީނާޝް ނުތަނަވަސް ކޮށްލި ބަހަކަށްށެވެ. ސާއިމް އޭނާދެކެ އެހައި ލޯބިވަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހާއްސަ ކަމަކީ ކޮބާ ހެއްޔެވެ؟

” ނައު ހިނގާބަ ބޭރަށް. މަންމަމެންނަށް ޝައްކުވެދާނެ.” ސާއިމް ބުންޏެވެ. އީނާޝް އަވަހަށް ފާހަޔަށް ވަދެ މޫނު ދޮވެލައި ބުރުގާ ހަދާލައިގެން ނިކުތެވެ.

***

އުނޫޝްގެ ލޯ ދަތުރު ކުރަމުން ދިޔައީ ނާޝް ފެނޭތޯއެވެ. އޭނާ މިއަދު މިކެއުމަށް އައި ބޭނުމަކީވެސް އީނާޝް ފެނިލުމެވެ. ނަމަވެސް އީނާޝް ފެންނަން ނެތުމުން އޭނާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އީނާޝް ދުނިޔޭގައި ހުރިކަމެއްވެސް އޭނާޔަކަށް ނޭނގެއެވެ.

” އުނޫ. އާދެ ބަލަ.” އަތުގައި ހިފާ އީނާޝްމެން ގޭ ތެރެއަށް ވައްދަމުން ނަޝާޔާ ބުންޏެވެ. އޭރު ކެއުމަށް އިންސާފު ކުރުމަށްފަހު ގިނަ މީހުންތަކެއް ބޭރަށް ދަނީއެވެ. މާހައުލުގައި މާގިނަ މީހުންނެއް ނެތެވެ.

ނަޝާޔާ ގޮސް އުނޫޝް ބޭންދީ އީނާޝްމެންގޭ ސިޓިން ރޫމްގައި ބޭންދިފައިވާ ސޯފާގައެވެ. އޭރު މިފްޒަލްގެ ދެމަފިރިންނާއި ނަޝާޔާގެ މަންމަ ފަހީމާގެ ދެމަފިރިންވެސް ތިއްބެވެ. ހީވަނީ އާއިލީ ބައްދަލުވުމެއް ހެންނެވެ.

” ކީއް    ކުރަން މިތަނަށް؟” ކައިރީގައި އިށީނދެގެން ހުރި ނަޝާޔާއާއި ދިމާލަށް ވައި އަޑުން އުނޫޝް އަހައިލިއެވެ.

” މަޑުން ހުރީމަ އެނގޭނީ. ” ޖަވާބުގައި ނަޝާޔާ ބުންޏެވެ.

ސިޑިން ފައިބައިގެން ސާއިމްއާއިއެކު އަންނަމުން ދިޔަ އީނާޝް މަޑު ޖެހިލީ އުނޫޝް ފެނުމުންނެވެ. ނަމަވެސް ސާއިމް އޭނާގެ އަތުގައި ހިފާ ” އަންނާށޭ” ބުނުމުން އޭނާޔަށް ދާން މަޖްބޫރު ވިއެވެ.

އުނޫޝްއަށްވެސް ވީ ނާޝްއަށް ވީގޮތެވެ. އެތައް އަހަރެއްފަހުން ނާޝް ފެނުމުން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް އަޖައިބެއް ފަދައިން ބަލަން ހުރެވުނީއެވެ. އަދިވެސް އޭނާގެ ނާޝްއަކަށް އެއްވެސް ބަދަލެއް އައިހެނެއް އޭނާޔަކަށް އިހްސާސެއް ނުކުރެވެއެވެ. އަދިވެސް ހަމަ ކުރެވެނީ އެއިހްސާސެވެ.

” ބައްޕާ. ކީއްކުރަން ބައްދަލުކުރަން އެދުނީ؟” ސޯފާގައި އިށީނދެލަމުން އީނާޝް އަހައިލިއެވެ.

” ކީއްކުރަންހޭ؟ ދަރިފުޅުމެންގެ ކައިވެނި ކުރުވާކައްނު. ސާއިމްގެ މަންމަމެންވެސް މިކައިވެންޏަށް ގަބޫލް. އެހެންވެ ބައްޕަމެން ބޭނުންވަނީ ދަރިފުޅުމެންގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރުވަން.” މިފްޒަލް ވާހަކަ ފުރިހަމަ ކުރިއިރު އުނޫޝްގެ ސިކުނޑީގައި ބޮމެއް ގޮވިފަދައެވެ. އަދި ސާއިމްއާއި ދިމާލަށް ބަލައިލީ ނަފްރަތުން ފުރިގެންނެވެ.

” ދެން ބައްޕަމެން ހިތަށް އެރީ ކިހިނެއްހޭ ވާނީ ނަޝާ ޔާ އީނޫގެ ކައިވެނި އެކީގައި ކުރުވަން. އެހެންވެ ދަރިފުޅުމެންގެ ހިޔާލެއް ހޯދާލަން. ” މިފަހަރު ވާހަކަ ދެއްކީ ނަޝާޔާ ބައްޕަ ނާޝިދުއެވެ.

” ހަމަ ބެސްޓް ވާނެ.” ނަޝާޔާ ބުންޏެވެ

މިނޫންވެސް އެތައް ވާހަކައެއްގައި ތިބެ އާއިލާ ބައްދަލުވުން ނިންމާލިއިރު ކައިވެނީގެ ހުރިހާ ނިންމުމެއް ނިމެއްޖެއެވެ. ހަނީ މޫނަށް ދާނެ ތަނެއްވެސް ކަނޑަ އެޅިއްޖެއެވެ. ނާޝް ހުރީ ވަރަށްވެސް ކަންބޮޑުވެފައެވެ. އޭނާގެ ކުރިމަތީގައި އުނޫޝް އެހެން މީހެއްގެ ހައްގަކަށް ވުމުން އޭނާޔަށް ކެއްކުރެވޭނެ ހެއްޔެވެ؟

ސުކުންތުތައް މިނެޓަށްވެ މިނެޓްތައް ގަޑީއިރަށްވެ އަދި ގަޑިތައް ދުވަސްތަކަށްވެ 3 ދުވަސް ފާއިތުވެއްޖެއެވެ. ނަޝާޔާއަކީ ނަރުހަކަށް ވުމުން ކޮންމެ ދުވަހަކުވެސް އުނޫޝްއާޢި ނަޝާޔާގެ ކޮންމެސް “ރޮމޭންޓިކް ސީން” އެއް ނާޝްއަށް ފެނެއެވެ. އަދި ހަމަ އެތައް ފަހަރަކު ރޮވެއެވެ. މިހުރިހާ ވަގުތެއްގައިވެސް އޭނާގެ ހިތުގެ ޝިފާއަކީ ސާއިމް ނޫން އެހެން މީހެއް ނޫނެވެ. ސާއިމްގެ އޯގާތެރި ބަސްތަށް ދިޔައީ އީނާޝްއަށް އެހިތެރި ވަމުންނެވެ.

އާދައިގެ މަތިން ދުވަހެކެވެ. އީނާޝް އޭނާގެ ރޫމްގައި އިށީންދެލައިގެން އިނީ އިތުރު މަސައްކަތެއް ނެތިފައެވެ. އަމިއްލަ ދިރިއުޅުމާއިމެދު ވިސްނާންށެވެ. މިއަދު ލަންޗް ބްރޭކަށް ދާއިހިތެއްވެސް އޭނާ ނުވެއެވެ. އުނޫޝް ނަޝާޔާ ގޮވައިގެން އުޅޭގޮތުން އޭނާއަށް ކެތްކުރަން ދަތި ވަނީއެވެ.

” ޑޮކްޓަރ. ވަރަށް އަވަހަށް.” އީނާޝް ސިއްސައިގެން ދިޔައީ ދޮރުމަތީ ހުއްޓެލައި ނަރުސް ކުއްޖެއް ގޮވައިލުމުންނެވެ. އޭރު ބޭރުން މީހުން ހަޅޭއްލަވާ އަޑު އިވެއެވެ. އީނާޝް ބޭރަށް ނިކުމެލުމާއިއެކު ލެއިން ޗަސް ތެޅިގެން އޮތް……

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ކޮންމެ ވިންދެއްގައި… (1 ވަނަ ބައި)

Next

އިންސާފް… 17 ވަނަ ބައި

Next
May 18, 2016

އިންސާފް… 17 ވަނަ ބައި

Previews
May 17, 2016

ކޮންމެ ވިންދެއްގައި… (1 ވަނަ ބައި)

55 Comments!

  1. Ushaa says:
    May 17, 2016 at 2:09 pm

    Guyss. Plx tell me who yuh wnt with naash..
    Unoosh or Saaim..
    Nd Hp yuh will lyk this prt too..

  2. aishoo says:
    May 17, 2016 at 2:26 pm

    we want unoosh

    1. Ushaa says:
      May 17, 2016 at 2:29 pm

      Thnxx.. Lt c dhw who gets majority..

  3. Xoa says:
    May 17, 2016 at 2:28 pm

    Unooosh…. Let’s

    1. Ushaa says:
      May 17, 2016 at 2:32 pm

      Thnk yuh.. Lts c dhw..

  4. Beauty says:
    May 17, 2016 at 2:31 pm

    Saaim.. unoosh enaash ah nuli bihjehyaa kada ehnu… BTW mi partt vex hama habeysss… wish u all the bst… kn irakun nxt prt?? Avas kohladheh chey…

    1. Ushaa says:
      May 17, 2016 at 2:36 pm

      Thnkxx. let c dhw.. Nd up kuevey emme avahakah up kuraanan insha allah

  5. me says:
    May 17, 2016 at 2:40 pm

    unoosh plxx inaash dheyny unoosh ah

    1. Ushaa says:
      May 17, 2016 at 2:42 pm

      Insha allah.. Let c dhw..

  6. Aisha says:
    May 17, 2016 at 2:49 pm

    Saaim kanneyge naash Deserve kurany…, he is wit her al sad time nd alone time to help her.. So its saaim

    1. Ushaa says:
      May 17, 2016 at 2:51 pm

      Ya. Ur also right.. Bt lets c dhw..
      Thnk uu alot..

  7. shew says:
    May 17, 2016 at 2:53 pm

    unoosh… thankolheh kuru dhw vahaka… v reethi adhi thankolheh vahaka dhigu kohlyma ok vaane…. 🙂

    1. Ushaa says:
      May 17, 2016 at 2:54 pm

      Ya… Ushaa examthah adhivx nunimeytheeve dhigukoh up nuvany.. Bt nxt prt kudhakoh dhigu koh leveytho balaanan. THNXX

  8. aish says:
    May 17, 2016 at 3:10 pm

    Naash aa unoosh gulhuvaa lan feney. Ey haa dhigu inthixaarege nimun vaan jeheyhee foni eycha nu

    1. Ushaa says:
      May 17, 2016 at 3:13 pm

      Lt c dhw.. Thnk yuh..

  9. Zoaya* says:
    May 17, 2016 at 3:12 pm

    Alhe unoosh ah kameh v tha? Ehn nahadhahcheyyy…

    1. Ushaa says:
      May 17, 2016 at 3:14 pm

      Kyp reading 2 knw wht hppnss..
      Thnxxx………

  10. Soabi says:
    May 17, 2016 at 3:14 pm

    V salhi story unoosh ah libinjehya salhi vaane keep it up

    1. Ushaa says:
      May 17, 2016 at 3:15 pm

      thnkxxx.. Lts c..

  11. Masw says:
    May 17, 2016 at 3:38 pm

    Unoosh and waiting waiting keep it upp usheee missed yu

    1. Ushaa says:
      May 17, 2016 at 3:42 pm

      Thnk yuh.. Missed u 2.. Nd its u who called me ushee 4 first time in my life.. hehehehe.. Luv de name nd Thnkx 4 de new name..

    2. Masw says:
      May 17, 2016 at 7:47 pm

      Ehen viyaa dhyn masw kiyaanee UShEE

    3. Ushaa says:
      May 17, 2016 at 9:07 pm

      Hama ok ehn kiyas.

  12. seenu says:
    May 17, 2016 at 4:23 pm

    Plx naash saaim ah dheyny….vvvv reethi mivaahaka….keep it up..next part ah waiting. ……

    1. Ushaa says:
      May 17, 2016 at 4:35 pm

      Lets c seenu.. Kyp waitin.. Thnk u…

  13. ? says:
    May 17, 2016 at 5:48 pm

    Unoosh n naash….. btw the story varah varah salhi

    1. Ushaa says:
      May 17, 2016 at 6:08 pm

      Thnk yuh….

  14. Faathun says:
    May 17, 2016 at 6:42 pm

    Unoosh and eenash gulheneee… nashayaa shud suffer dhw ewarah dhogu hedheema… enaash deserves unoosh ge loabi.

    1. Ushaa says:
      May 17, 2016 at 7:26 pm

      Thnkss.. Let c..

  15. Anonymous says:
    May 17, 2016 at 6:57 pm

    Enash and unoosh gulheny

    1. Ushaa says:
      May 17, 2016 at 7:25 pm

      Lets c.. thnk u

  16. aathi says:
    May 17, 2016 at 7:16 pm

    Saaim ah inaash liben vaani..saaim ah libihjeyaa ushaa vaane aathi ah kaan dheyn :p.. nice story :*

    1. Ushaa says:
      May 17, 2016 at 7:25 pm

      Aan. Saaimah nilbunas aadhey kaan.. hehehe..
      Thnxx..

  17. Sha says:
    May 17, 2016 at 7:42 pm

    Naash n unoosh☺story vara salhi.

    1. Ushaa says:
      May 17, 2016 at 8:09 pm

      Thnk yuh..

  18. Hh says:
    May 17, 2016 at 7:46 pm

    Unoosh

    1. Ushaa says:
      May 17, 2016 at 8:10 pm

      Thnk yuh..

  19. Phy says:
    May 17, 2016 at 8:05 pm

    Saaim ah liben vaanee…coz eyna maa loabivey hehehe…v nice story…kn days thakehggatha up kuranee

    1. Ushaa says:
      May 17, 2016 at 8:11 pm

      Thnxxx. Ehn nubuneveyne up kurevey dhuvasthkeh cos adhivx exm nilibey

  20. Aimsithu says:
    May 17, 2016 at 8:14 pm

    Unoosh ves aslu loabo vey dho adhives.. ehen veema unoosh ah naash libun rangalhy…

    1. Ushaa says:
      May 17, 2016 at 8:49 pm

      Thnk u

  21. nahu says:
    May 17, 2016 at 8:21 pm

    Nice story
    Unoosh

    1. Ushaa says:
      May 17, 2016 at 8:49 pm

      THnkxx

  22. aff says:
    May 17, 2016 at 8:41 pm

    enme fahun unoosh n eenaash vaany dhebennah.. balan hunnahchey..hehhe???naash saaim ah libun rangalhu vaany..thankolheh kury.. dhen prt dhigukohlahcehyy ushaaaaa ..☺☺☺

    1. Ushaa says:
      May 17, 2016 at 8:50 pm

      Lets c dhw.. Ya will try to up a long prt.
      Thnxxx..

  23. Nikki says:
    May 17, 2016 at 11:03 pm

    saaim shuld get naash…. cox he is better than unoosh….

    1. Ushaa says:
      May 18, 2016 at 4:45 am

      Thnxxx…

  24. Anonymous says:
    May 17, 2016 at 11:28 pm

    ==Konmes Kuhjeh==
    Eenaash beyrah nikumelumaa eku lein chas thelhign oiy……………

    Alhey…Lein chas thelhign othy kaakubaaaa!!
    Anehkaa ey Unoosh baa!!

    1. Ushaa says:
      May 18, 2016 at 4:46 am

      Vaa goi balama dhw..

  25. Anonymous says:
    May 17, 2016 at 11:34 pm

    == Konmes Kuhjeh==
    Eenaash ah Unoosh libeyne nama….
    Mi bai vs v reethi….

    1. Ushaa says:
      May 18, 2016 at 4:46 am

      Thnk yuh….

  26. kamana says:
    May 18, 2016 at 8:21 am

    saaim ah libenvaany naash

    1. Ushaa says:
      May 18, 2016 at 9:38 am

      Thnkxx kamana…

  27. swyt says:
    May 19, 2016 at 9:44 pm

    alhey eynaash aa unoosh gulhuvachey
    btw story varah reethi

    1. Ushaa says:
      May 20, 2016 at 11:14 am

      Read to know swyt..
      Thnk yu..

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ…( 9 ވަނަ ބައި)←


All Right Reserved!