Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ ފަސްދޮޅަސްފަސްވަނަބައި ( ވޭނާއި ރިހުންދިން ލޯބި)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
September 12, 2026 5 Mins Read
0 Comments

“މަލާހާ: ކޮއްކޮ! ދޮންތައާއެކު ދާން އާދޭ މިތާކު ސަލާމަތެއްނެތް!” އެތާ އެހުރީ މަލާހާ ނޫން ދެވަނަ މީހެއް ނޫނެވެ. އަޒީލު ހުރިތަނަށް ހޭނެތުނެވެ. މަލާއަކީ އޭނާގެ އަލަތު ދަރިއެވެ. ޒާއިނާ އާއި އޭނާގެ ލޯބި ބަހާރަށް ފޮޅުނު ވަސްމީރު މަލެކެވެ.

 

އެއާއެކު، ގޭގެ ފާރުތަކުގައި ރެދުލައި، މުށިތައް މައްޗަށް އުފުލެން އުޅުން ކަހަލައެވެ. ޒާއިނާއާއި ސިހުމާ ނެރުނެވެ. އެހެން ކޮޓަރިއަކަށް ވައްދައި ތަޅުލިއެވެ.

 

” އަލިފުޅުބޭ: أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ!” އަލިފުޅުބޭ ޢައޫޒު ކިޔާލިއެވެ.

 

ތެދުވެ، ބޭބެ އަތުގައި އޮތް އަސާ ބިންމަތީގައި ޖަހާލިއެވެ. އަދި ސޫރަތުލް ޖިންނި ބާރު އަޑުން ކިޔަވަން ފެށިއެވެ. އޭނާގެ ކިޔެވުމުގެ އަޑާއެކު، އެ ކަޅު ދުންގަނޑެއް އަނެއްކާ ފާޅުވިއެވެ. އެ ދުމުގެ ތެރެއިން އަލިފާންގަނޑެއް ފަދަ ދެލޮލެއް ފާޅުވިއެވެ. ބިރުވެރި ސޫރައެއް ކުރިއަށް އެރިއެވެ. އެއައީ އަޅެ ކާކު ބާއެވެ؟ މިލީހަމް އާއި އަވަލައިގެން އުޅޭ ޖިންނި ފާޅު ވަނީ ބާއެވެ؟ ވާން މިއުޅެނީ ކީއްބާއެވެ؟

**************************************************************************************

ދުއްރާސް ޖެހިޔަސް ކުރިމަތީގައި އެހެރީ އެ ޖިންނިއެވެ. މިލީހަމްއާ އަވަލައިގެން އެއުޅޭ އިފުރީތު އަލްމުތަޚަޔިލު އަހެވެ. ލީނިޔާ ފޮރުވައިގެންވެސް އެއުޅެނީ އޭނާއެވެ. ދިރިހުރި ލިނީގެ ފިރިމީހާވެސް ވަނީ އަލްމުތަޚަޔިލުގެ ޖަލެއްގެ ތެރޭގައި ހިލިހިލާ ޖަހާފައެވެ. އަހަކަށް ބަދަލުވުމުގެ ބާރު ލިބިފައިވާ މިއީ އެންމެ އޯގާތެރި، އަދި އެހާމެ ރުންކުރު މިޒާޖުގެ ޖިންނިއެކެވެ. ބާރުގަދަކަމުގެ ވާހަކަ ނުދައްކާށެވެ.

 

ބަނޑުގައި ރިއްސައިގަނެގެން މިލީހަމް ހަޅޭއްލަވައިގަތެވެ. އެނދުމަތީގައި ފުރުޅެން ފެށިއެވެ. ޚުބާބަކަށް ދުރަކު ނުހުރެވުނެވެ. ކައިރިވެލެވުނެވެ.

 

“އަލިފުޅުބޭ: ކައިރިނުވާތި ޚުބާބު!” ބާރުބާރަށް އަލިފުޅުބޭ ބުނެލިއެވެ. ޚުބާބު ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މީހާ ފަސްޖެހިއްޖެއެވެ. އެހެނަސް، ދާން ބޭނުމެވެ. ނުރުހެންޏާ ދެވޭނެ ހެއްޔެވެ؟

 

ޚުބާބުގެ ހިތް ހީވަނީ ހަށިގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ. ދެލޯ ދިޔައީ ފެންކަޅިވަމުންނެވެ. މިލީ ތެޅިފޮޅެނީއެވެ. އަލިފުޅުބޭ ކިޔެވެލި ކިޔަވަނީއެވެ. އިތުރު ދެ ޖިންނިއަކުވެސް މާލަމަށް އަތުވެއްޖެއެވެ. ހަމަލާތައް ދިޔައީ ހޫނުވަމުންނެވެ. މިލީހަމްގެ ހަށިގަނޑު މައްޗަށް އުފުލިގެންވެސް ދެއެވެ. މަތިން ތިރިއަށް ވެއްޓޭއިރު އިވޭ ބާރު އަޑު ހީވާނީ ފަޒާގައި ބޮމެއް ގޮވާހެންނެވެ.

 

މިހުރިހާ މަންޒަރެއް ބަލަންހުރި މިލީގެ ފިރިމީހާ ޚުބާބުގެ ބަނޑިފަޅައިގެން ދިޔައެވެ. އޭނާއަށް ރޮއެގަނެވުނެވެ. “ތިހެން ނަހަދާށޭ” ކިޔައި ހަޅޭއްލަވައިގަތެވެ. ޚަބީބާއި އަޒީލު އައިސް ޚުބާބު ހުއްޓުވިއެވެ. ހިތްވަރުދީ ހަމަޔަކަށް އެޅުވިއެވެ.

 

އަލިފާން ކޮޅުކޮޅަށް އުކަމުންދިޔައިރު، އޭގެ ކަނިތައް ކޮޓަރީގައި ޖެހެމުންދިޔައެވެ. ދޮރުފޮތިގަނޑުންވެސް ބޮޑު ބައެއް އަނދައިފިއެވެ. ފާޚާނާ ދޮރު ފޫގޮއްސިއެވެ.

 

ދެނަމާދު ދޭތެރޭ ގަޑީގައި ފެށި މި މަސައްކަތް މިވަނީ ބިޔަވެފައެވެ. ރޭގަނޑު ދެބައިވަނީއެވެ. ގަޑިން ނުވައެއް ޖެހީއެވެ. ހަނގުރާމައާއެކު ގެވެސް ހީވަނީ އެރޭ އަނދާ އަޅިއަށް ހަދާލަފާނެހެންނެވެ. ހަމަލާތަކުގެ ވާހަކަ ބާއްވަމާހެވެ. ތީރުތަކާއި ފިންޔާއި ހޫނު އެދަނީ ލޯކުރިމަތީގައި އެންބުރެމުންނެވެ.

 

ގަޑިން 12:30 ވީއިރު މިލީހަމް ނިންދަވައިފިއެވެ. ކޮޓަރީގައި ތިބި ބައްޕަމެން މުށިތަކުގައި އިށީނދެ ހަމަޖެހިލިއެވެ. ޚުބާބު ހިންދިރުވާލިއެވެ. ދެން އޮތީ ސުވާލުތަކުގެ ބުރެވެ. ޖިންނިއަށް މިލީ ފެނުނީ ކޮންތާކުންކަމާއި ކިހިނެއްކަން އެނގޭނެއެވެ. އެވެސް ތެދު ބުނެފިނަމައެވެ.

 

އަލިފުޅުބޭ އޭނާގެ ސުވާލުފޮށި ހުޅުވާލިއެވެ. “އަލިފުޅުބޭ: ތީކާކު؟ ތެދަށް ބުނޭ!” ނުރުހުންތެރިކަން އެ މޫނުގައިވިއެވެ.

 

“ޖިންނި: އަހަންނަކީ އަލްމުތަޚަޔިރު! ދޮންއަހަކަށް ވުމުގެ ބާރު ލިބިގެންވާ އިފުރީތެއް.” ނުތަނަވަސްކަން އެ މޫނުމަތީގައިވިއެވެ.

 

“އަލިފުޅުބޭ: ކަލޭގެ ބޭނުމަކީ ކޮބާ؟ މިލީހަމްއާ އަޅައިގަތީ ކިހިނެއް؟” އަލިފުޅުބޭ ދެލޯ އަޅާލިއެވެ.

 

“ޖިންނި: ހައް، ހައް، ހައް!” ޖިންނި ޖަހާލީ ބާރު ހިނިގަނޑެކެވެ.

“ހަމަ މިއަދު ކިޔައިދޭށޭ!” އަލިފުޅުބޭގެ އަޑު މުޅި ޖައްވުގައި ގުގުމައިގެން ދިޔަ ކަހަލައެވެ. އެއީ އަނގުރު ކުލައިގެ ދެލޮލާއެކުގައެވެ.

 

ޖިންނި ކިޔައިދޭން ފެށިއެވެ. “އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އާއިލީ ބޮޑު މަސްފިހުމެއް ހަދައިގެން އުޅުނު ރެއެކެވެ. އޭނާ ގެންދިޔައީ މިލީހަމެވެ. ރާއްޖެ ބަލާލަން އަހަރެން ކުރި ދަތުރުގައި ދާން އޮތް ރެއެވެ. އެއްވެސް ހާލެއްގައި އަހަރެން އައީ ލޯބިވެރިޔަކު ހޯދާކަށްވެސް ނޫނެވެ. އެކަމަކު އެރޭ މިހިތް ބަދަލުވީއެވެ. މިލީހަމްގެ ރީތިކަމުގައި ޖެހި މިހިތް ދޫވީއެވެ. ޚިޔާލު ބަދަލުވީއެވެ. އެނބުރި ދިއުމުގެ ވިސްނުން އެއްކޮށް ދޫކޮށްލީއެވެ.”

 

މާލޭގައި މިވީހާ ދުވަހު ޖިންނި ހޭދަކުރީ ބާސިލުގެ ސޫރައިގައެވެ. އެރޭވެސް ހުރެވުނީ އެސޫރައިގައެވެ. މިލީހަމް އޭނާ ގެންދިޔައީ ބާސިލުކަމަށް ހީކޮށެވެ. އޭރު މިލީ އުޅުނީ ބާސިލާއެކު ލޯބީގެ ގޮތުން ގުޅިގެންނެވެ.

 

“މިލީހަމް: ހާދަ ވަރަކަށް ގުޅައިފީމޭ ފޯނެއް ނުނަގާތީ. އެނގޭތީދޯ ތިއައީ؟” ޖިންނިގެ އަތުގައި ހިފާލައިގެން މިލީހަމް ގޭމީހުން ކައިރިއަށް ގެންދިޔައެވެ. ގޭގެ އެކަކަށްވެސް ބާސިލެއް ނުފެނެއެވެ. ދެތަށްޓަށް ކާއެއްޗެހި އެޅުމުން އާއިލާ ކުދިން ދިމާވެސް ކުރިއެވެ. “ތިވަރަށް ކެވޭނެހޭ” ކިޔައި ހެދިއެވެ. ހުސްތަށި ހިފައިގެން އައުމުން ސުވާލު އުފެއްދިއެވެ. ނުކައި އުކާލީތޯ އެހިއެވެ.

 

ހެވިފައި މިލީހަމް، ބާސިލު ކެއީއޭ ބުނެލިއެވެ. “މުލްހަމް: ތި ބާސިލެއް ނެތެއްނޫން؟ ކޮބާތަ؟    ” ދޮންބެ: ތި ބާސިލެއް ނެތޭ ކޮބައިހޭ” ބުނެލިއެވެ. މިލީހަމް ބަލާލިއެވެ. ތެދެކެވެ. ބާސިލެއް ނެތެވެ. ދިޔަ އިރެއްވެސް ނޭނގެއެވެ.

 

ދިމާވި ގޮތަކީ އެއީ ކަމަށް ޖިންނި ބުންޏެވެ. އޭގެ ފަހުން ވަރަށް ގިނައިން މިލީއާ ރަސްފަނުން ދިމާވި ކަމަށް ބުންޏެވެ. މިލީހަމްގެ ހަށިގަނޑުގައި ބީހުނީ ކައިވެންޏަށް އެދި މިލީ އާބަސްދިނުމުން ކަމަށް ފާޅުކުރިއެވެ. ޚުބާބުގެ ދުލުގައި ގޮށެއް ޖެހުނު ކަހަލައެވެ.

 

ބޯކޮށް ވާރޭވެހުނު ރެއަކު ޖިންނި މިލީހަމްގެ ކުރެން ކައިވެންޏަށް އެދުނެވެ. ޝައްކެއްވެސް މިލީއެއް ނުކުރެއެވެ. “އާއެކޭ” ބުނެލީއެވެ. ޖިންނިން ކައިވެންޏަށް ބޭނުންވާނީ ހަމައެކަނި ހުއްދައެކެވެ.

 

“ޖިންނި: މި ކިޔައިދެވުނީ މީގެ އެއްއަހަރު ކުރިން މިލީހަމްއާ ދިމާވި ގޮތުގެ ވާހަކައެވެ. އަހަރެން މިލީހަމް ދެކެ ފުރާނަ ފަދައިން ލޯބިވީމެވެ. އެހިތުގައި ކޫރުމެއް ކިއެއްތަ، ޒަޚަމެއް ލެވުނަސް މިހިތް ހާސްމަރުން މަރުވާނެއެވެ.”

 

ބާސިލު ރުޅިވުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މިލީ ބަލިކަށިވިއެވެ. ހިތާމަކޮށް ރޮއެހެދިއެވެ. ބާސިލުގެ އުޅުމުން މިލީހަމް ނުރޯ އެންމެ ދުވަހެއްވެސް ނުދެއެވެ. އެހެންކަމުން އަހަރެން ބޭނުންވީ ލޯބިވާތީ އުފަލެއް ދޭށެވެ. މިލީހަމް ބަނޑުބޮޑުވީ އެދުވަސްވަރުއެވެ.

 

ޒުވާން އުމުރުގައި ކައިވެނިން ބޭރުން ލަނދެއް ބޮލުއަޅަން ޖެހުނީއެވެ. ދެން މިލީ ހިތާމަކުރީ މިކަމާއެވެ. ކައިވެނި ކުރެވުނުކަން މިއީ އޭނާއަށް ނޭނގޭ ކަމެއް ނޫންހެއްޔެވެ؟ އަނދިރީގައި އުޅޭ މީހަކަށް ވާންޖެހުނެވެ. ކޮލެޖަށް ދިއުން ހުއްޓާލިއެވެ. ކޮޓަރީގައި ވަގުތުތައް އެކަނި ހޭދަކުރަން ފެށިއެވެ. ގޭގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުނެވެ.

 

ހުރިހާ ވާހަކައެއް އަޑުއަހާފައި އަލިފުޅުބޭ ގޮތް ނިންމިއެވެ. ދުރަށް ދިއުމަށް އެތައް ފަހަރަކު އެންގިއެވެ. އެކަމަކު ޖިންނި ހަމަހިލާ އެއްބަހެއް ނުވިއެވެ. އެންމެފަހުން އަލިފުޅުބޭ ފަހުގެ އެތިފަހަރު ޖެހިއެވެ. ޖިންނި އަންދާލިއެވެ. އަލްމުތަޚަޔިރުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެންދިޔައެވެ. އަޒީލުމެންގެ ދެލޯ ކުރިމަތީގައި ކަޅު ދުމެއްހެން އަނދައިގެން ދިޔައީއެވެ.

 

އެވަގުތު ނިދިފައި އޮތް މިލީ ހޭއެރިއެވެ. ޚުބާބު ކައިރިއަށް ދިޔައެވެ. އެނދުގައި އިށީނދެ އޭނާގެ މޭމަތީގައި މިލީހަމް ބާއްވާލިއެވެ. ނުހަނު އަސަރާއި ލޯތްބާއެކު އަހާލިއެވެ. “ލޯބިވޭ ހެއްޔެވެ؟”   “މިލީހަމް: އާއެކޭ… ލޯބިވޭ…”

 

އަލިފުޅުބޭގެ ފަންޑިތައިގައި ޅައެއްޗެއް އެޅުނީއެވެ. އަލިފުޅުބޭވެސް އަނދައިގެން ދިޔައީއެވެ. ސަލާމަތްކުރަން އުޅުނު މީހުންވެސް ސަލާމަތެއް ނުކުރެވުނެވެ. އެހެނަސް، އެ ޖިންނި އަންދާލެވުނެވެ.

 

އެކުވެރި ލީނިޔާގެ ހާލަކީ ތޯއެވެ؟ ލިނީ ވީ ދުނިޔެއިން މޮޔައެވެ. ބަލާލާނެ މީހަކު ހުރީކީ ނޫނެވެ. ފިރިމީހާ އެރޭގެ ހޫނުގައި މަރުވީއެވެ. ގުރައިދޫގެ މޮޔައިންގެ މަރުކަޒުގައި އޭނާގެ ދުވަސްތައް އެކަނިވެރިކަމުގައި ވޭތުކުރަމުން ދިޔައެވެ. އުފަލެއް ހިތާމައެއް މިއަދު ލީނިޔާއަކަށް ވަކިކުރާކަށް ނޭނގެއެވެ.

 

މިލީހަމަކީ ރޭގަނޑު ރަސްފަނުން ބައްދަލުވި ޖިންނިއެއްގެ ސަބަބުން ދުނިޔެއާ ވަކިވެގެންދިޔަ އަންހެންކުއްޖެކެވެ. ޒުވާންފުރާ ގެއްލި، ކޮޓަރިއެއްގެ ތެރޭގައި ބަންދުގައި އޭނާ އަހަރެއްވަރު ހޭދަކުރިއެވެ. މޮޔަގޮވިއެވެ. މިލީ މަރުވެގެން ދިޔައީ ޚުބާބުގެ އަތްދަނޑިމަތީގައި އޮވެއެވެ. އެ މޭމަތީގައި ބޯއަޅާލައިގެން އޮވެއެވެ. އެ ދުވަހަކަށް، އެ ބަހަކަށް އެންމެ އިންތިޒާރުކުރި ބަސް “އާއެކޭ ލޯބިވޭ” އިއްވާލާފައެވެ. ހުދު މިލީވެސް ލޯބިވިކަން ހާމަކުރީއެވެ. އެކަމަކު، ޚުބާބަކަށް އުފަލެއް ނުލިބުނެވެ. އެ މައުސޫމު މޫނުމަތިން އެތައް ދުވަހެއްގެ ވޭން ކަޝްފުވީއެވެ. ހަމަހިމޭން ނިންޖަކުން އުމުރަށް ނިދާލީއެވެ. ނިމުނީ

 

އަޝްބާ ލިޔަމުންދިޔަ އޭނާގެ ހުވަފެނީ ރަސްތަރި ލިޔެ ނިމުނީއެވެ. އުންމީދާއި އަޒުމާއެކު ލިޔުނު އޭނާގެ ފުރަތަމަ ފޮތް “އާއެކޭ ލޯބިވޭ” ނިންމާލެވުނީއެވެ. ބަހުގެ ހަމަބަލައި ފޮތް ފާސްކުރަންވީއެވެ.

 

ލިޔެ ނިންމާފައި އަޝްބާ ބޭރަށް ނިކުމެލިއެވެ. ނަޒާނުގެ ޚަބަރެއް ނުވެގެންނެވެ. ދާކަށް ނެތެވެ. މުޅި ތަނުގައި އޮތީ ފިނިފެންމަލުގެ ފިޔައާއި ފުއްޕާހަންތަކެވެ. ބޮޑުކޮށް ފާރުގައި “މަރުޙަބާ” އިނގިރޭސިން ޖަހާފައި އޮތެވެ. މެދުގައި ހުރި ގޮޅި މޭޒުމަތީގައި ކޭކެއް ބަހައްޓާފައި އޮތެވެ.

 

“ފޮތުގެ ފުރިހަމަ ނިމުމުގެ އުފާތަކުގައެވެ. ތި މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ. އަދަށްވުރެ ފެހި މާދަމާއަކަށް އެދެމެވެ. އެންމެ ރީތި، އަހަރެންގެ އެންމެ ލޯބިވާ ބުލްބުލް ޗަބާއެވެ. ފަރިފަރި ނަރުހާއެވެ. މިހިތުގެ ތިއީ ފަރުވާއެވެ. ބަލިތަކަށް ޝިފާދޭ ޑޮކްޓަރެވެ.” ކައިރީގައި އޮތް ނޯޓު އަޝްބާ ކިޔާލިއެވެ.

 

“ނަޒާން: އައްދޭ! މާދުރުގައި ތިހިރީ. ދެން މިކޮޅަށް އައިސްބަލަ!” ނަޒާން ބޭނުންވީ އަޝްބާ ލަދުގަންނަވާލާށެވެ. އެކަން އޭނާއަށް ކާމިޔާބުވި ފަދައެވެ. އަޝްބާ އިސްޖަހާލިއެވެ. ކުރިއަށް ފިޔަވަޅު އެޅީވެސް ލަދުވެތިކަމާއެކުގައެވެ. އެއީ ޒާން އެންމެ ގަޔާވާ އެއް ސިފައެވެ.

 

ކައިރީގައި ހުއްޓާލުމުން މެޔާލައި ބޮޑިކޮށްލީ ދެން ނުދެވޭނޭ ބުނާ ބީދައަކުންނެވެ. ވަރަށް ލޯތްބާއެކު އެ ނިތުގައި ނަޒާން ބޮސްދިނެވެ. ދެއަތުގައި ފިރުމާލިއެވެ.

 

“ނަޒާން: ތިއީ ހަމަ މަގޭ ޖަވާހިރު. މިހާ ފަޚުރުވެރިވެވޭނެކަމެއްވެސް ނޭނގެ. އަސްލުވެސް ތިއީ މަގޭ އަންހެނުން، ވަރަށް ފަޚުރުވެރިވޭ!” ނަޒާން ބޭނުންވީ ވަގުތުގެ ބޭނުން ހިފަން ކަހަލައެވެ.

 

“ނަޒާން: ކުރަން ނޭނގޭ ހަމަ އެއްކަމެއްވެސް ނެތް. ހަމައެކަނި ބަލިމީހުންނަށް ޚިދުމަތްކުރާ ނަރުހެއް ނޫން، މޮޅު ލިޔުންތެރިއެއްވެސްމެ. އަދި ކޮބާ، އެހާ ކުޅަދާނަ ކުރެހުންތެރިއެއް، ފެހުންތެރިއެއް. އެހެރަ މޭކަޕްކުރުމެއްދޯ؟ ހާދަ މީރު ކާއެއްޗެހި ކައްކައޭ. ޅެންވެރިއެއް ނޫން، ޝާޢިރެއް! އޯ… ނެށުންތެރިއެއް!”

އެ މޫނުމަތިން އުފާވެފައިވާވަރު ހާމަވެގެންދެއެވެ. އަޝްބާ އެ ފޮތަކަށްޓަކައި ކުރި ބުރަ މަސައްކަތް އޭނާއަށް ފެނިފަވެއެވެ. ނުނިދާވެސް ލިޔުމުގައި އުޅޭނެއެވެ. ކާނީވެސް އެދުވަހަކު ލިޔަން އިންނަ ބައެއް ނިމުމުންނެވެ.

“އަޝްބާ: ދެން… ދެން ޒާން…” އަޝްބާއަކަށް ކެތެއް ނުވިއެވެ. ލަދުންގޮސް އޭނާ ރަތް ޓޮމާޓޯއަކަށް ވެއްޖެއެވެ.

ކޭކު ފެޅީ ދެމަފިރިން އެކުގައެވެ. ތަނުގެ ތަސްވީރުތައް އަޝްބާގެ ފޯނުގައި ރައްކާކުރިއެވެ. “ޓިކްޓޮކް”އަށް ވީޑިއޯ ލިއެވެ. “އިންސްޓަގްރާމް”ގައި ޖެހިއެވެ. “ފޭސްބުކް”ގައި “ޕޯސްޓް” ކުރިއެވެ. ލިބޭ އުފާތަކާއި ހިތާމަތައް ހިއްސާކުރުމަކީ މިއަދު އޭނާއަށް ލިބޭ އުފަލެކެވެ. މި މަންޒަރުތައް ފެނި ހަސަދަލާނެ މީހަކު ހުރިބާއެވެ؟ ނަފުރަތުގެ ލޯއަޅާނެ މީހުން ތިބެދާނެބާއެވެ؟ މި އުފަލުގައި ކުނި ނުޖެހި ދާނެބާއެވެ؟

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދައިގައެވެ. ވާހަކަ މިވަނީ ގާތްގަނޑަކަށް ނިމިގެން ގޮސްފައެވެ. ކިޔުންތެރިންނަަށް ކަމުދިޔަ ކަމަށް އުންމީދުކުރަމެވެ. ވާހަކަ ޝާއިރުވާނީ ޕެންޑިންގައި ހޭދަވެފައެވެ. އެހެންކަމުން ގިނަދުވަސްތަކެއް ވެސް ނަގާފާނެއެވެ. ތިދޭ ލޯތްބާއި ތަރުޚީބަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

🫶♥️🥰🥀😊

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ޒާރާ ސީޒަން 2 (7)

Next

ތަޤްދީރު-25

Next
September 12, 2026

ތަޤްދީރު-25

Previews
September 12, 2026

ޒާރާ ސީޒަން 2 (7)



All Right Reserved!