އާއެކޭ ލޯބިވޭ… ފަސްދޮޅަސްހަތަރުވަނަބައި (ހޫނު ދިޔަވަރުގެ ނާމާން ރޭ)
މިލީހަމް: މަންމާ… ބައްޕާ…” ވަރުބަލިކަމާއެކު މިލީ ގޮވާލިއެވެ. އެހެނަސް، އެއަޑެއް ނުނިކުތެވެ.
މައިންބަފައިން ނުފެންނަތާވެސް ހަމަސް ހަތްމަސް ވަނީއެވެ. އަސަރުވެސް ކުރާނެތާއެވެ. ދެރަވެ ހިތުގައި ވެސް ޖެހޭނެއެވެ. ލޯބިން ބައްދާލައި ހިތް ނުވެ ދާނެ ހެއްޔެވެ؟
“އަލިފުޅުބޭ: ދެން ދާންވަނީ އިނގޭ. ދަންވަރު ވުމުގެ ކުރިން ގެއަށް ފޯރާތޯ ބަލަން ޖެހޭނެ. އޭގެ ހަމަލާއެއް އައުމަކީ އެކަށޭނަ ކަމެއް. އިންސިއެއްގެ ސިފައިގަވެސް އަތުވެދާނެ. އެހާ ނުރައްކާވެފައި މިއޮތީ މިކަންތައްގަނޑު މިހާރު.” ދާން ބޭބެ އެނބުރިލިއެވެ.
އަލިފުޅުބޭއަށް ރަށަށް ދެވިދާނެބާއެވެ؟ މަގުމަތިން ހަމަލާއެއް އަތުވެދާނެ ހެއްޔެވެ؟ ސަލާމަތް އަލިފުޅުބޭ މިރޭ ވާނެ ހެއްޔެވެ؟ ************************************************************************************** ކާރަކަށް ގުޅައިގެން އަލިފުޅުބޭ މަޑުކޮށްލިއެވެ. ދެތިން މިނެޓު ތެރޭ ކާރުކޮޅު އައެވެ. އެއަށް އަރާފައި ބަންލާފައި އަލިފުޅުބޭ ދޮރު ލައްޕާލިއެވެ. ހީވީ މެދު އުޑުން ހޯނު އެޅިހެންނެވެ.
ދިޔަ މަގުމަތީގައި ބޭބެ އަނގަހުއްޓައި ނުލައެވެ. ހެޔޮ އެއްޗެއް ކިޔޭތޯ ބަލަމުން ދިޔައެވެ. ހަމަލާއެއް އައުމުގެ ކުރިން ސަލާމާތީ ފިޔަވަޅެއް އެޅޭނީ އޭރުން ކަމަށް ވާތީއެވެ.
ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލު ނުކުރެވޭނެ ހެއްޔެވެ؟ މާދަމާއަކީ ބޮޑު ހަނގުރާމައިގެ ދުވަހެވެ. ސާދަވިލޭރެ ހޫނު ފެންނާނެއެވެ.
ނުރައްކާތެރި ހަމަލާތައް ސިފަކޮށްދޭން ދުލަށް ވެސް ދަތިވާނެއެވެ. މިސާލެއް ޖަހާނެ ގޮތެއްވެސް ނޭނގޭނެއެވެ. ނަމާންކާމާއެކު މަރުވެދާނީ ކިތައް މީހުން ކަމެއްވެސް އެނގެނީ އެއް ނޫނެވެ.
ބޭރުން ވެހެމުންދިޔަ ބޯވާރޭގެ ތިކިތައް ކާރުގެ ބިއްލޫރިގަނޑުގައި ޖެހެމުންދިޔައީ ގަނޑުގަނޑުހެންނެވެ. ބާރު ގުގުރިއެއް ޖަހާފަދައެވެ. މަގުމަތީ ބައްތިތަކުގެ އަލި ފަނޑުކަމުން، މާހައުލަށް ވެރިވެފައިވަނީ ސިއްރު ހަސާރަތެކެވެ.
އޭނާގެ ކަޅު ދަބަސް އަލިފުޅުބޭ ހުޅުވާލިއެވެ. ފެން ފުޅިއެއް ނަގައި ބިސްމިން ކިޔާފައި ކޯވަރެއް ބޯލިއެވެ. ޑުރައިވަރު ބޭބެގެ ހަރަކާތްތައް ފާހަގަކުރަމުން ދިޔައެވެ. ދެވަނަ ސިކުންތު އަތަށް ފެންފޮދެއް އަޅައިގެން ނިއްކުރިއާއި ދެއަތުގައި އުނގުޅާލިއެވެ. ކިޔަވާފައި ހުރި ފެންފުޅިއެއް ފާޑުވެސް ޖަހައެވެ. މަޑުމަޑުން ދެތުންފެންވެސް ދިޔައީ ހަރަކާތް ކުރަމުން ވިއްޔާއެވެ.
އަސްލަކީ ކާރު ދުއްވަން އޭނީ އިންސާނެއް ނޫނެވެ. ކައިިރި ނުވެވިގެން އުޅެނީ ބޭބޭ ނަމާދުކޮށް ހަދާތީއެވެ. އޭތި ވަރަށް މަސައްކަތް ކޮށްފިއެވެ. އަލިފުޅޫބޭއަށްވެސް އެނގެއެވެ.
” ޖިންނި: ބޭބޭ… މި ރޭގެ މޫސުން ގޯސްކަމުން ކާރު ދުއްވަންވެސް ވަރަށް އުނދަގޫވޭ. މަގުތަކުގައި ފެންބޮޑުވެގެން މިހާ ލަސްމިވަނީ،” ކާރު ދުއްވަން އިން ޒުވާން އިފްރީތު މާޔޫސްކަމާއެކު ބުނެލިއެވެ.
“އަލިފުޅުބޭ: ދަރިފުޅާ، ޖިންނި ސޮރާ މަޑުން ނުދުއްވާ އަވަހަށް ކުރިއަށް ދޭ. މިއީ ވާރޭގެ ސަބަބުން ވާ ލަސްވުމެއްނޫނޭ. މަށަށް އިނގޭ ތީ ކާކުކަން. މިކާރު ނުދުވާނެ ބާރަކަށް.” އަލިފުޅުބޭ ބޭރަށް ބަލާލިއެވެ.
ބްރިޖާ ދިމާލަށް ކަރުބާރަށް މިސްރާބުޖެހިއެވެ. ބިންގަނޑު ފަޅާލާފައި އަޑިއަށް އިމާރާތްތައް ގޮސް ދާނެ ހެންވެސް ހީވެއެވެ. ވަކި ހަމާލާއަކުން ކުއްލިއަކަށް ކުރީގެ ބޮކިތައް ނިވިގެންދިޔައެވެ. އިންޖީނު އެކީ ހުއްޓިއްޖެއެވެ. ވަށައިގެންވީ ކަޅު ކަމެވެ. އެޔެއް މިޔެއް ވަކި ނުވެއެވެ. ކަނޑު ގެ ބިޔަ ރާޅުތައް ތަނބުތަކުގައި ޖެހިލާފައި ދާއިރު ބިރުވެރި ރާގެއް ކުޅެލައެވެ.
، ކުއްލިއަކަށް ކާރުގެ ކުރީގެ ބައްތިތައް އެކީގައި ނިވިގެންދިޔައެވެ. އަދި ކާރުގެ އިންޖީނު ހުއްޓި، ކާރު މަގުމެދަށް ހުއްޓުނެވެ. ވަށައިގެންވީ އަނދިރިކަމާއި، ކަނޑުގެ ބާރު ރާޅުތައް ބްރިޖުގެ ތަނބުތަކުގައި ޖެހޭ ބިރުވެރި އަޑެވެ.
“އަލިފުޅުބޭ: ކިހިނެއް މިވަނީ؟ ދަންނާތި މަށަކާއި ކައިރިއެއް ނުވެވޭނެ!” އަލިފުޅުބޭގެ ރުޅި ފަޅައިގެން ދިޔައެވެ. ބާރަ ޖަހަން ވަގުތު ކުޑަތަންވަނީީ ވިއްޔާއެވެ. އާދުވަހެއް ފެށެނީއެވެ.
“ޖިންނި: އަލިފުޅާ ބުނަށް ތިޔަ ކުރާ ކަންތައް ހުއްޓާލާ! ހަމަ މިހާރު ހުއްޓާ! މިލީހަމްގެ ބަނޑުގައި އެވަނީ އަހަރުމެންގެ ހައްގެއް! އަހަރުމެންގެ ނަސްލުގެ ލޭ.” ކާރުގެ ތެރޭގައި ޖިންނީގެ އަޑު ގުގުމާލިއެވެ.
ޖިންނި ބަލާކަށް ނުހުރެ ހަޅޭތްލަވައިގަތެވެ. ނަމަވެސް އަލިފުޅުބޭ ސާބިތުކަމާއެކު ހުއްޓުވިއެވެ. އޭނާ ބިރެއް ނުގަނެއެވެ. ކަމެއް ނުކުރެވޭނެކަން އެނގޭތީ ފަދަ އެވެ. އެފެން ފުޅިން އެތިފޮދެއް ކާރަށް ބުރުވާލިއެވެ. އިސާހިތަކު ހުރިހާ ކަމެއް ރަނގަޅު ވެގެން ދިޔައެވެ. ކާރުގެ ބައްތިތައް އަމިއްލައަށް ދިއްލި، އިންޖީނު އަޑު ކިޔާފައި ހިނގައިގަތެވެ. “ޑްރައިވަރު” ނޭވާނުލެވިފައި އަލިފުޅުބޭއަށް ބަލާލިއެވެ.
ކާރު އެގެ ހުންނަށް މަގަށް މަޑުކޮށްލިއެވެ. ބަލާކަށް ނުހުރެ ބޭބޭ ގޮތް ނިންމިއެވެ.
“އަލިފުޅުބޭ: ބިސްމިއްލާހިއް ރަޚުމާނިއްރަހީމު!” އަލިފުޅުބޭ ފައިބައިގެން ގެއައި ދިމާލަށް ހިނގައިގަތެވެ. ބާރަގަޑި ބައިވާން ވާއިރު ވަދެވޭތޯއެވެ.
ދުންއަރާފައި އެ ކާރު މައްޗަށް ގެއްލިގެން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އޭގައި ރޯވީ ފަދައެވެ.
” ޖިންނި: އާ ހޫ!” ބިރުހުރި ހަޅޭކުގެ އަޑާކާއެކު އެ ޖިންނި ވެސް ގޮވީއެވެ.
” އަލިފުޅުބޭ: އަލްޙަމްދުލިއް ﷲ” ދޮރުމަތީގައި ހުރެފައި އަލިފުޅުބޭ ޙަމްދު އަޅާލިއެވެ. މޭގައި ފިރުމާލިއެވެ.
” އަލިފުޅުބޭ: މި ފެނުނީވެސް ކާމިޔާބެއްގެ ކޮޅު މަތި އެ ފަނާވީވެސް އެމީހުންގެ އަންޑާއެއް. މިކަމަށް ހުރަސް އަޅަން ފޮނުވި ޒުވާނެއް! އެކަން ވާ ނިންމާ މި ލެވުނީ. ދެން އޮތީ ބުރަ ބޮޑު ކަންތައްގަނޑު އަދި.” އަލިފުޅުބޭ އަވަސް އަރުވާލާފައި ނިދަން އެރިއެވެ.
ނިދާތަން ބަދަލުވުމުން ސިހުމާގެ ލޮލަށް ނިއްޖެއެއް ނައެވެ. ނޫރިޔާ އެއްފަޅީގައި ނިދާލާފައި އޮތެވެ. ކުޑަ އެނދުގައި ޔަރީން ހިޔާލެއް ފިކުރެއްނެތި އޮތެވެ. އޭނާއަށް ނުނިދޭންވީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ގެ ނޫންވީމަ ބާއެވެ؟ ފިިރިމީހާ ކައިރީ ނެތީމައި ބާއެވެ؟ ސިހުމާއަށް ހިތާއި ސުވާލުކުރެވެމުން ދިޔައެވެ. ޖަވާބެއް ލިބޭތޯއެވެ.
” ނޫރިޔާ: މަންމާ… ނުނިދޭތަ… ފިނި ބާރީތަ ހީކަރުވަނީތަ! ނޫނީ ފިނި ނުވަނީތަ!” ނޫރިޔާ މަންމަ ކުރެން އަހާލިއެވެ.
ބަހެއް ނުކިޔައި ވިސްނުމަކަށް ގެއްލިފައި މަންމަ އޮތީއެވެ. އިތުރަށް ނޫރިޔާ ހާސްވީއެެވެ. އޭސީގެ ފިނިވެސް އޭނާ ވާދަކުރި އެވެ. މަންމަގެ ބަހެއް ނައެވެ. އޮތްގޮތަށް އޮތީއެވެ.
ދެލޯ މެރޭ އިރު ހުއްބާ ދަނީ ސިއްސަ ސިއްސައިގެންނެވެ. އޭނާއަށް އެހެން ނެތް ނޯއެވުނެވެ. ތެދުވެ ބުރަކަށީގެ އެނދުގެ ދާރަމަތީ ޖައްސާލިއެވެ. ދެފައި ރީތިކޮށް ދަމާލިއެވެ. ހުއްބާއަކަށް ނީދެވުނެވެ. އެ ހިތަށް އުނދަގޫވަނީއެވެ. އެނދުން ތެދުވެ ދުވެފައި ދަރިންގެ ކޮޓަރިއަށް ވަނެއެވެ. ހަމަޖެހުމެއް ލިބުނީ ނިދާލާފައި ތިބި ދެ ކުދިން ފެނިފައެވެ. ލޯބިކޮން ނިދިފައި ތިބިއިރު ހީވާނީ މުލްހަމްގެ ތަސްވީރެއް ހެންނެވެ. ބަލާކަށް ނުހުރެ ހުއްބާއަށް ހީލެވުނެވެ.
އަޖައިބުކުރަނިވި ހެނދުނަކަށް ހާ ގޮވާލީއެވެ. ނިދުނު އެކަކުވެސް ނެތެވެ. ޚަބީބުގެ ދެލޯވެސް އެހެރީއެވެ. ދުޅަވެގެން އަރާފައެވެ. ބޮޑު ރޭ މިރޭ ވާނީ ކިހިނެއް ހެއްޔެވެ؟ ލަސްކުރާނެ ކަމެއް ކޮބާ ހެއްޔެވެ؟ ހިތް ނުތެޅޭ އެކަކުވެސް އެބަހުރި ހެއްޔެވެ؟ އެ މިލީހަމް ރޮއެ ހޭރެނީއެވެ. ލަވަކިޔައި ނަށަނީއެވެ. ދުވާއިރުވެސް ހީވަނީ އެހެން ކަހަލަ ރޯޅިއެއް އަރައިގެން ތެޅޭހެންނެވެ.
ވާރޭގެ އަސަރު ފިލައި އަވިދީލާފައި މަގުތައް އޮތީ ސާފުވެފައެވެ. ފެންތައް ހިނދިގެން ދިޔަ ދިމާލެއްވެސް ނޭނގެއެވެ. ރޭގައި އެހާ ބޯކޮށް ވެހުން ކަމުގެ ހިލަމެއް ކިޔެއްތަ ނިޝާނެއްވެސް ފެންނާކަށްނެތެވެ.
ފަތިސް ނަމާދުކޮށް ހަދައިގެން ސައި ބޮއެގެން އަލިފުޅުބޭ ފަށައިގަތެވެ. ދުންދަނޑިތައް ވަކި ތަރުތީބަކުން އަތުރާލިއެވެ. މެދުގައި ބޮޑު ތަރިއެއް ވެލިން ކުރެއްސިއެވެ.
****
ވެލިން ކުރި ތަރީގެ މެދުގައި ވަށް ފެހި ލުބޮއެއް ބޭބެ ބެއްވިއެވެ. ކުޑަކޮން ކިޔަވާލަފައި ފަސްފަޅިއަށް ފަޅާލިއެވެ. ތަރީގެ ކޮންމެ ކަނަކަށް ފަޅިއެކެވެ.
މެންދުރު ނަމާދު ބަންޤިއަށް ބައެއް މުހިންމު ކަންކަން ނިންމާލެވުނީ ކިރިޔާއެވެ. ފެށުނީންސުރެ ވެސް އަލިފުޅުބޭ އަކީ މިކަމުގައި އުޅުނަސް ނަމާދު ކުރާ މީހެކެވެ. ގިނަފަހަރު މިކަންކަމުގައި އުޅޭ މީހުން ވަނީ ޤާފިލެވެ. ކިޔެވި ކިޔެވި ހެން ކާފަރުވާ އުސޫލުންނެވެ. އިސްލާހުވުން ވެސް މި އޮންނަނީ އިބިލީހު ކައިވެންޏަށް ވެ ނިމިފައެވެ. މާދަން މާދަންއަށް ލަސްވަނީ އެވެ. އެކަމަކު މާދަން ވާނެ ގޮތެއް އެނގެނީ ކާކަށް ހެއްޔެވެ؟
ހަވީރު މިލީހަމް ފެންވަރުވައި ހުވަނދު ލެއްވިއެވެ. އެނދުގައި ބާއްވައި ހޭހަން ކުރަން ފެށިއެވެ. މިކަން ކުރަމުން ދިޔައީ އަލިފުޅުބޭގެ އިރުޝާދުގެ ދަށުން ޒާއިނާއާއި ސިހުމާއެވެ. މިލީހަމްގެ މަންމަ އާއި މައިދައިތައެވެ. ބަނޑުގައި ތެޔޮލައިދީ ހަދަމުންދިޔައެވެ. ކިޔަން ދީފައި ހުރި އާޔަތް ކިޔަމުން އުނގުޅަމުން ދިޔައިރު މިލީ ހަޅޭތް ފަޅޭތް ލަވަމުން ދިޔަ އެވެ. މަގޭ ދޫކުރާށޭ ކިޔައި ގޮވަމުންދިޔައެވެ.
” މިލީހަމް: ދޫކުރޭ ހަމަ މިހާރު ދޭ މަރުވާން ބޭނުން ނުވަންޔާއި ދޭ. އެހެން ނޫނީ ތި ދެމީހުންގެ ވަސް ވެސް ފުހެލާނީ. މަށަކާއި ނުބެހެވޭނެ. އެނގޭތަ މަމީ ކާކުކަން. ކަލޭމެން ތިއުޅެނީ!” މިލީހަމް ހުއްޓައެއް ނުލައެވެ. ދެތަލި ނުޖެހި ކިޔަމުންދިޔަ އެވެ. މަށަކާއި ނުކުޅެވޭނެއެވެ. މަމީ ކާކުކަން އިނގޭ ހެއްޔެވެ؟
ބޯޖަހާލަމުން އަޒީލު، ޒައިތޫނި ފުޅި ދިއްކޮށްލިއެވެ. ޚަބީބު އޭގައި ހިފައި ތަށްޓަކަށް އަޅަލިއެވެ. ނާސި ތިން ސޫރަތް ކިޔަވާލިއެވެ. ސުޕީކަރަށް ލާފައި އޮތް ފޯނުން އަލިފުޅުބޭގެ އަޑު އިވެމުންދިޔައެވެ. ހޯދަންވީ އެއްޗެއްސާއި ކުރަން ޖެހޭ ކަންކަން ކިޔައިދެމުން ބޭބެ ދިޔައެވެ. އަޒީލު މިކަމަށް ކުލިނިކަކުން ކަންފަތް ވެސް އެހުރީ ދޮއެފައެވެ.
އިރުއޮއްސި މުޅި ދުނިޔެ އަނދިރީ ތެރެއަށް ގެނބިގެން ދިޔައެވެ. އަލިފުޅުބޭ ހުރީ އެގެއަށް ދުރުވެއެވެ. މުނީޓަރު ދެ ފޮތާއި ނޯޓު ފޮތުގެ ހަތަރު ފޮތް އޮތެވެ. ޤުރުއާން ކިޔަވާނެ ދިހަ ޒުވާނުން ތިއްބެއެވެ.
ސާދަވިލޭރޭގެ ފުރިހަމަ ހަނދު އުޑުމަތީގައި ފިޔަ ޖަހާލައި އިނެވެ. ދިއްލިފައިވި އެ ބޮޑު ހަނދުގެ ސިއްރު އެނގޭ ބަޔަކީ ޚުބާބު އާއިލާއެވެ. އެ ފިނިކަމުން ދިވެހިން ހާސިލު ކުރަމުންދިޔައެވެ. ފޮޓޯތައް ނަގައި މަންސަތަކަކަށް އަޅަމުން ދިޔައެވެ.
ކުޑަދޮރުތައް ބަނދުކޮށް ތަޅުލިއެވެ. ދޮރުފޮތި ދަމާއި ގެ އަނދިރި ކޮށްލިއެވެ. ޚުބާބުވެސް މިލީހަމްގެ ކައިރއަށް ގެނެވުނެވެ. އެނދުމަތީ އޮތް މިލީ ފެނި ޚުބާބުގެ އަނާގާމަތީ އަތްއަޅާލެވުނެވެ. ބޮޑު ބަނޑާއެކު މިލީހަމްގެ ރީތިކަން އިތުރުވެފައިވި ފަދައެވެ.
ބާރު އަޑަކާއެކު ވައިރޯޅި ޖެހެންފެށިއެވެ. ގޭގެ ތެރޭގައި ހުރި ބައްތިތައް ފަނޑުވެ، ރަތްކުލައިގެ އައްޔެއް އެޅުނެވެ. އަލަމާރިީގެ މަތިން މެދަށް ކަޅުކުލައިގެ ބޯ ދުންގަނޑެއް އެއްވާންފެށިއެވެ. ސިފަޖެހިގެން އައި ރޫޚެކެވެ.
“މަލާހާ: ކޮއްކޮ! ދޮންތައާއެކު ދާން އާދޭ މިތާކު ސަލާމަތެއްނެތް!” އެތާ އެހުރީ މަލާހާ ނޫން ދެވަނަ މީހެއް ނޫނެވެ. އަޒީލު ހުރިތަނަށް ހޭނެތުނެވެ. މަލާއަކީ އޭނާގެ އަލަތު ދަރިއެވެ. ޒާއިނާ އާއި އޭނާގެ ލޯބި ބަހާރަށް ފޮޅުނު ވަސްމީރު މަލެކެވެ.
****
އެއާއެކު، ގޭގެ ފާރުތަކުގައި ރެދުލައި، މުށިތައް މައްޗަށް އުފުލެން އުޅުން ކަހަލައެވެ. ޒާއިނާއާއި ސިހުމާ ނެރުނެވެ. އެހެން ކޮޓަރިއަކަށް ވައްދައި ތަޅުލިއެވެ.
” އަލިފުޅުބޭ: أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ!” އަލިފުޅުބޭ ޢައޫޒު ކިޔާލިއެވެ.
ތެދުވެ، ބޭބެ އަތުގައި އޮތް އަސާ ބިންމަތީގައި ޖަހާލިއެވެ. އަދި ސޫރަތުލް ޖިންނި ބާރު އަޑުން ކިޔަވަން ފެށިއެވެ. އޭނާގެ ކިޔެވުމުގެ އަޑާއެކު، އެ ކަޅު ދުންގަނޑެއް އަނެއްކާ ފާޅުވިއެވެ. އެ ދުމުގެ ތެރެއިން އަލިފާންގަނޑެއް ފަދަ ދެލޮލެއް ފާޅުވިއެވެ. ބިރުވެރި ސޫރައެއް ކުރިއް އެރިއެވެ. އެއައީ އަޅެ ކާކު ބާއެވެ؟ މިލީހަމް އާއި އަވަލައިގެން އުޅޭ ޖިންނި ފާޅު ވަނީ ބާއެވެ؟ ވާން މިއުޅެނީ ކީއްބާއެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވޭތުވެދިޔަ ހަފްތާގައި ވާހަކަ ނުގެނެސްދެވުނިތީ ނިހާޔަތަށް މާފަށް އެދެމެވެ. އިރާދަކުރެއްވިޔާ ދެން ލަސްނުކޮށް ވާހަކަ ކިޔާލަން ލިބެމުން ދާނެއެވެ. މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. މިއަދުގެ ބައިވެސް ރީތި ވާނެ ކަމަށް އުންމީދުކުރަމެވެ. ތިދޭ ލޯތްބާއި ތަރުހީބަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. ކުރިއަށް އޮތީ އަޝްބާ ލިޔަމުން މިދާ “އާއެކޭ ލޯބިވޭ” ގެ ފަހުބައެވެ. ކިޔުންތެރިންނަަށް އަޅުގަނޑުގެ މި މަސައްކަތް ކަމުދާނެކަމަށް އުންމީދުކުރަމެވެ. ދެރަނުވާށެވެ. ދެން އޮތީވެސް އަދި ވާހަކައިގެ ފަހުބައެއް ނޫނެވެ. “އާއެކޭ ލޯބިވޭ” ނިންމުނަސް އަޝްބާގެ ފޮތް ޗާޕުކޮށް ނެރެވެން ދެން ވާހަކަ ކުރިއަށްދާނެއެވެ. ދެން ގެނެސްދޭން އޮތީ ޒާން އާއި އަޝްގެ ލޯތްބެވެ. ކިޔުންތެރިން އިންތިޒާރު ކުރާނެ ކަމަށް ހީކުރަމެވެ.
😊🫶❤️🥰🥀





