Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާރާ 1

Yoosuf Level 1
September 11, 2026 3 Mins Read
2 Comments

އެރެއަކީ  އުޑުމަތި ބަނަވުމާ އެކު ގަދަ ވަޔާއެކު ބޯކޮށް ވިއްސާރަކުރާ ރެޔެކެވެ. ރަށުގެ ދެކުނު ފަރާތުގައިވާ ބޯޖަންގައްޔެއް ފަދައިން ފެހިކަންގަދަ ބިޔަ ގަސްތަށްހެދި މަދު މީހަކު ނޫނީ އާބާދުނުވާ މިސަރަހައްދުގައި ދެފަންގިފިލާ އަށް ހެދިފައިވާ ފިނިފެންމާގޭގެ ބެލްކަނީ ކައިރީގައި ޒުވާން ދެ އަންހެން ކުދިން ރާޒުވާކުޅެން ތިއްބެވެ.”އޭއި މަމިއަދު ވޮލީމެޗު ބަލަން އިންދާ އެއްކަލަ މަރިޔަމް އައިސް މަށާ ދިމާކުރަންފެށީ މަ ވަރަށް ފޫހިވޭ އޭނަދެކެ.“ ވަރަށް ހިތްހަމަ ނުޖެހި ހުރެ އައިޝާ ބުންޏެވެ. ކީކޭ އޭނަ ބުނީ” އާރާ އަހައިލިއެވެ. މާ ބޮޑައް ނުފުއްޕައްޗޯ ކަލޭ ތީ ކާކު ހެއްޔޯ. އަހަރެން އަހުމަދުއާއި ވާހަކަ ދައްކާތީ އޭނާ ޒާތީވެފަ ހުއްނަނީ.” އައިޝާ ކިޔަިދިނެވެ. ކީކޭ ދެން ބުނާނީ ދޯ ބިރުނުގަނޭ އޭނަ އަށްނުވާނެ އެއްކަމެއްވެސް.” އާރާބުންޏެެވެ. ރާޒުވާގަނޑު ނިއްމާލުމައްފަހު އައިޝާ މިސްރާބުޖެހީ ގެއާއި ދިމާލަށެވެެ. މާގަސްތަކާއި އަނބު ގަސްތަށްވާ އެގޭގެ ފެހިކަންގަދަ ގޯތިތެރެއިން ބާރައް ދުވަމުންގޮސް މަގަށް ނިކުމެ އައިޝާ ކާރަށް އަރައި ބާރު ސްޕީޑުގައި ދުއްވައިގަތެވެ. އެއީ އޭނާގެ ރައްޓެއްސެއްގެ ކާރެކެވެ.ެ އޭރު މެންދަމު 12 ޖަހަނީއެވެ. 

ޖެހިގެން އޮތް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެލާމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އާރާ އަށް ހޭލެވުނެވެ. އޮފީހައްދާން ތައްޔާރުވެ ހެނދުނުގެ ނާސްތާ ކެއުމަށްފަހު އޭނާ ނުކުތެވެ.  ބޭރު ގޯތިތެރޭގައި އާރާގެ މަންމަ ހައްވާ ކުނިކަހަން ހުއްޓެވެ. ހަވީރުގެ ވަގުތެއްގައި ގަސްތަކެއް އިންދަން އޭނާ އަށް އެހީވުމައް ހައްވާ އެދުނެވެ. އާރާ އާނއެކޭ ބުނުމައްފަހުގެއިން ނުކުމެ ފައިމަގުގައި އޮފީހާއި ދިމާލައް ހިނގައިގަތެވެ. އާރާ އަކީ ގަޑިއަށް ފަރުވާތެރި ހީވާގި މުވައްޒަފެކެެވެ.  

އެހެންކަމުންއާދައިގެ މަތިން މިއަދުވެސް އޭނާ އައީ ގަނޑި ނުޖެހި އެވެ. އޭނާ މަސައްކަތް ކުރަނީ ރަށު ކައުންސިލް އިދާރާގައެވެ. މިއަދު ރަށު ކައުންސިލް އިދާރާ އާއި އާރްޑީސީ އާއި ބައްދަލުއްވުމެއް އޮތެވެ. މި ބައްދަލުވުން ނިމުމައްފަހު ބްރޭކް ގަޑި ޖެހުމުން އާރާ ދިޔައީ އޮފީހުން ބޭރަށެވެ. އާރާ އޮފީހުން ނިކުތް އިރު އޮފީސް ކުރިމަތީ މަގުމަތީގައި އާރްޑީސީގެ މުވައްޒަފެއް ހުއްޓެވެ. ބޮލުގެ އިސްތަށިގަޑު ދިގު އިސްކޮޅުން ދިގު، މަހުދީ ނަމަކައް ކިޔައި ޒުވާން ފިރިހެނެކެވެ. އާރާ ފެނުމުން މަހުދީ އާރާގެ ނަން އަހާލިއެވެ. އެއައްފަހު މަހުދީ އޭނާ ތާރަފް ކޮއްދިނެވެ. ހަމައެފަދައިން އާރާވެސް އޭނާ ތާރަފް ކޮއްދިނެވެ.  އެދެމީހުން އެކަކު އަނެކަކު ދަސްވެ ގާތް ރަހްމަތްތެރިކަމެއް އެފެދުނު ފަދައެވެ. މަހުދީއާއި ވާހަކަ ދައްކަން ވަގުތުކޮޅެއް ހޭދަކޮށްލުމައްފަހު އާރާ އަނެއްކާވެސް އޮފީހަށް ވަނެވެ. 

މަސައްކަތް ނިއްމުމަށްފަހު އާރާ އައް ގެއަށް އާދެވި ފެންވަރައި ވަރުބަލި ފިލުވާލުމަށްފަހު އާރާ ދިޔައީ އޭނާގެ މަންމަ އަށް އެހީތެރިވާށެވެ. އެދުވަހުގެ ރޭ އާރާ ގެެއިން ނިކުމެ ފައިމަގުގައި މިސްރާބު ޖެހީ ގޮޑުދޮށާއި ދިމާލަށެވެ. އެއިރު އިރާކޮޅުން 9 އެއް ޖަހަނީއެވެ. އެކުވެރިންނާއި އެކު ވަގުތުކޮޅެއް ހޭދަކޮއްލާ ގޮތަށެވެ. އެހެއްނަމަވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ، އައިޝާއަށް މިރޭ އެތަނައް ދެވޭ ގޮތެއްނުވިއެވެ. އެއީ އޭނާގެ ކުލާހެއް  އޮތުމުއްނެވެ. އާރާ އަށް ގޮޑުދޮށަށް އާދެވުނުއިރު އޭނާގެ ދެ އެކުވެރިން އެތަނުގައިހުރި ޖޯލިފައްޗެއްގައި އިށީނދެގެން ތިއްބެވެ. އެރޭ ހަނދުވަރުގެ އަލިކަން ފެތުރިފައިވެއެވެ. ހިމުން ދޮންވެލި ގޮޑުދޮށައް ރާޅުތައް ބީއްސާލާއިރު އެތަނުގައި އޮތީ ހަމަހިމޭން މާހައުލެކެވެ. އާރާ މަޑުމަޑުން ހިނގާލާފަ ގޮސް އެކުވެރިން ގާތު އިށީނެވެ. ޝައުނާ ސުވާލުކުރިއެވެ.””ކޮބާ ކޮންދުވަހެއްގަ ވޮލީބޯލް މެޗް އޮތީ””ހޯމަ ދުވަހު”އާރާ ޖަވާބު ދިނެވެ”މިފަހަރުވާނެ ތަށި ނަގަން ކުރީބުރުވެސް އިރުމަތީ އަވަށައް ލިބުނީ އައި ހޯޕް ޔޫ ވިން” ނޫރާ ބުންޏެވެ. “ކޮބާ ކަލޭ ބައްޕަ އައިއްސި؟”“ނޫން ބުނި މިރޭ އައްނާނަމޭ” ނޫރާ ސުވާލުކުރުމާއެކު އާރާ ޖަވާބުދިނެވެ. އާރާގެ ބައްޕައަކީ މަސްވެރިއެކެވެ. ފަހަތުން ދަންނަ އަަޑަކުން މީހަކު އާރާާ އަށް ގޮވާލުމުން ފަހަތް ބަލާލިއިރު ރޮގު ދެމި ގަމީހެއްލައިގެން ހުރި ފިރިހެނަކު ޖޯލިފައްޗާއި ދިމާލުން މަޑު ހިނގުމެއްގައި ހިނިތުންވެލާގެންހުރެ އެބަ އާދެއެވެ. އެއީ މަހުދީއެވެ. މަހުދީ އިޝްގީ ކަޅިއަކުން އާރާ ދިމާލަށް ބަލައި ކަހަލައެވެ. އާރާ އަށް ލަދުރަކިވެފައި މަހުދީއާއި ދިމާލައް ބަލަހައްޓައިގެން ހުރެވުނެވެ. މަހުދީގެ ހިތުގައި އާރާއައްޓަކައި އިޝްގީ ލޯބި އުފެދިފަިއިވާކަން އާރާއަށް އިހުސާސްކުރެވެން ފަށާފިއެވެ.  އާރާ ގާތު ކިހިނެއްހެއްޔޭ ހުރިހާކަމެއް ރަގަނޅުހޭ އެހުމައްފަހު ވަގުތުކޮޅަކު އޭނާ މަޑުކޮށްލިއެވެ.” މަހުދީ، މިތާ ކީއްކުރަނީ؟ އެކަނި ތިއައީ؟” އާރާ އަހައިލިއެވެ. މަހުދީ އާނއެކޭ ބުނުމައްފަހު އެބުރި ހިނގައްޖެއެވެ. “އެއީ ކާކު” ޝައުނާ ސުވާލުކޮއްލިއެވެ. “އޮފީސް އިން ދިމާވި މީހެއް” އާރާ ޖަވާބުގައި ބުންޏެވެ. އެކިވާހަކަ ދައްކަން ތިބެފާ އެ ތިން މީހުން ގެޔައް މިސްރާބު ޖަހާފިއެވެ.

ޖެހިގެން އައި ދުވަހެވެ. އުޑުމަތި ސާފު އަދި ރީއްޗައް އަވި ދީފައިވާ ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ވޮލީބޯޅަ މުބާރާތުގެ ފަރިތަކުރުންތައް ނިއްމާލުމަަށްފަހު ވަރުބަލިފިލުވާލުމައްޓަކައި އާރާ ދަނޑުގައި ހުރި ބެންޗުގައި އިށީނެވެ. އާރާގެ އެކުވެރިޔާ އައިޝާ އާރާ ކައިރީގައި އިށީނެވެ. “އޭއި އަޑުުއެހިންތަ ޝައްފާން ދޫކޮއްލާފި ، ކީކޭ ބުނާނީ ދޯ” ނުތަވަސްވެފައިވާ ރާގެއްގައި އައިޝާ ބުންޏެވެ. އައިޝާ ބުނި ގޮތުގައި ޝައްފާން އަކީ އައްޑޫގައި އުޅޭ ވަރަށް ނުރައްކާތެރި ކުއްވެރިއެކެވެ. އަދި އޭނާ ވަނީ އައިޝާގެ މާމަގެ އެއްބަނޑު މީހަކަށް ހަމަލާދީފައެވެ. އައިޝާ ބުނިގޮތުގައި ޝައްފާން އޭނާ އަށް އަނިޔާކުރީ ޝައްފާން މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރަން ހުއްޓާ ފެނުމުން ޕޮލިހަށް ރިޕޯޓު ކުރާނެކަމަށް ބުނުމުންނެވެ. ކަންދިމާވި ގޮތުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ސައިކަލެއްގައި އޭނާގެ ލޯބިވެރިޔާ އެމަގުން ދަނިކޮށް ފެނުނެވެ. އޭނާ ފެނުމުން  އެއަންހެންކުއްޖާ އެތަނައް މަޑުކުރިއެވެ. އޭރު އައިޝާގެ ތިމާގެ މީހާ ބިރުން ދުވެ ފިލާފިއެވެ. ލޯބިވެރިޔާ ހުރުމުގެ ސަބަބުން ހަމަލާދޭކަށް ނުކެރުނެވެ. ލޯބިވެރިޔާ ހަނި ގޯޅިއަކުން އެމަގަށް އެޅީ ޝައްފާން ހަމަލާދޭން އަތްހިތްލާލި ތަނުންނެވެ. އެހެންކަމުން އެމީހާ ސަލާމަތްވެއްޖެއެވެ. ނަމަވެސް ނަސީބުހުރިގޮތުން އެ އަންހެން މީހާ ކަންމަތީ ފީހާރައެއްގައި ހުއްޓާ ޝައްފާން އާއި ދިމާވީއެވެ. ތަޅާ އަނިޔާކުރީ އެއްވެސް ރަހުމެއްނެތިއެވެ. ޝައްފާނަކީ މާރާމާރީއާއި ވައްކަމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ރެކޯޑެއް އޮންނަ ގޭންގެއްގެ މީހެކެވެ. މިހެންކަމުން އައިޝާގެ ހިތުގައި ޝައްފާނާށް އޮތީ ނަފްރަތާއި ރުޅިވެރިކަމެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް ކުށެއްނެތް އަންހެނަކައް އެވަރަށް އަނިޔާވެރިވާނީ އެއްވެސް ރަހުމެއް ކުލުނެއް ނެއި ނުލަފާ މީހެކެވެ. ނަމަވެސް އޭނާ ހައްޔަރުކޮއްފައިވަނީ އެއަށްވުރެ މާ ފަހުން ހިނގި ވައްކަމުގެ  މައްސަލައެއްގައި ކުށް ސާބިތުވެގެންނެވެ. “އަސްލުތަ ؟ ވަރަށް ކަޑަދޯ؟”އޭނަ ދޫކޮއްލި ވާހަކަ ބުނުމުން އާރާ ބުންޏެވެ. “އާނ މިއަދު ނޫހުން ފެނުނު މަށަށް” އައިޝާ ބުންޏެވެ. ކުޑަ ވަގުތުކޮޅަކު ބެންޗުގައި ހުރުމަށްފަހު އާރާ މިސްރާބު ޖެހީ ގެއަށެވެ. ހިނގާފާ ދިޔައީ އައިޝާ އާއިއެކުގައެވެ.

 އާރާ އަށް ގެއަށް އާދެވުނުއިރު . އޭނާގެ ބައްޕަ އާދަނު ސިޓިންރޫމުގައި ޓީވީ ބަލަން އިނެވެ.“ކޮބާ ވޮލީ ކަންތައް ކިހިނެއް ދިޔައީ؟’”އާރާ ގެއަށް ވަނުމާއިއެކު އާދަނު ސުވާލުކުރިއެވެ. މިައަދުގެ ކުޅުން ވަރަށް ރަގަނޅު ކަމަށް އާރާ ބުންޏެވެ. ބައްޕައާއި އެކު ވާހަކަ ދެއްކުމަށް ވަގުތުކޮޅެއް ހޭދަކުރުމައްފަހު އާރާ ވަނީ ކޮޓަރިއަށެވެ. ފެންވަރައި ނިމިގެން ވަރުބަލިފިލުވާށެވެ. ގާތްގަޑަކައް ދެގަނޑިއިރެއްހާ ފަހުން އާރާ ނިކުމެލީ ބޭރަށެވެ. ގެއިން ނިކުމެގޮސް މަގުމަތީ އިން ޖޯލީގައި އިށީނެވެ. އެވަގުތު މަގުން ހިނގާފައި މަހުދީ އަށްނަނީއެވެ. ހީވާގޮތުން ނަމަ އޭނާގެ މިސްރާބު ހުރީ އާރާގެ ގެއަށެވެ. މަހުދީ އާރާ އިން ޖޯއްޔާ އަރާ ހަމަވެއްޖެއެވެ. މަހުދީގެ މަޑު މުށިކުލައިގެ މޫނައް ބަލައިގެން އާރާ އަށް ހުރެވުނެވެ. ލޯބީގެ ބިޔަ ރާޅުތައް އެދެމީހުންގެ ހިތްތަކުގައި  ބިންވަޅު ނެގިގެންދިޔައެވެ. މަހުދީ އެދުނީ އާރާއާއިއެކު ގޮޑުދޮށައް ދާށެވެ. އާރާ މަހުދީއާއިއެކު ދިއުމަށް އެއްބަސްވިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yoosuf

Level 1

Other Articles

Previous

އަވައްޓެރިޔާ! – 10

Next

އާރާ 2

Next
September 11, 2026

އާރާ 2

Previews
September 11, 2026

އަވައްޓެރިޔާ! – 10

2 Comments!

  1. Yoosuf says:
    September 11, 2026 at 9:48 pm

    Dear Readers, This is my first story! I’ll really appreciate if u give me any feedback and suggestions

  2. Kurusee says:
    September 11, 2026 at 10:38 pm

    Varah Kuh Gina.. better to re read it before uploading.

Comments are closed.

Next Episodeއާރާ 2←


All Right Reserved!