Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހައްލަކީ ކޮބާ؟-3

bikaari_ultrapromax
bikaari_ultrapromax Level 1
September 14, 2026 3 Mins Read
1 Comment

“މައިހާ؟ ކާކުގެ ވާހަކައެއް ތިދައަކަނީ؟” ޙުސެއިން އަހާލިއެވެ.

މައިހާ ސިހިފައި އެބުރުނެވެ. މޫނުމަތިން ކުލަވަރު އޮއްސުނެވެ. އޭނާގެ މޫނު ހީވަނީ ހުދު ކަފަ ކޮޅެއްހެންނެވެ. ލޯ ބޮޑުވެ އައިތް ތުރުތުރު ލާންފެށިއެވެ. ހިތް ނެގިނެގިފައި ޖެހޭ އަޑު، އޭނާގެ ބައްޕަ، ޙުސެއިން އަށް އަޑު ނީވޭނެކަން ވެސް ޝައްކެވެ.

ޕާރޓް-3

“މީހަކު ނޫން.. އެއީ.. އޭއީ ފްރެންޑްއެއް..” މައިހާ އަވަސް އަރުވާލާފައި ފޯނު ކަޑާލިއެވެ.

“ހްމްމް..”

“މާދަމާ މެންދުރު ކުޑާމެން އާދޭ.. އެ ދެމައިންނާއި އެކު ހަމްނާ ވެސް އާދޭ..” ޙުސެއިން ހުރިހާ ކުދިން ގާތު ބުންޏެވެ.

“ދެން.. ބޮޑުދޮންބެ އާދޭތަ؟” ރައިހާ އަހައިލީ އޭނާގެ ކޮފީތަށި، ކައިރީގައި ހުރި މޭޒުމަތީގައި ބަހަށްޓަ މުންނެވެ.

“ހުރިހާ އެންމެން މިގޭ ކޮންތާކު ތިބޭނީ؟ މާ މީހުންް ގިނަވީމަ ހާދަ ފޫއްސޭ..” ޝީން ލޯ އަބުރާލަބުން ބުއްޏެވެ.

“ކުޑާމެން ތިބޭނީ މިގޭގަ..” ޙުސެއިން މިހެން ބުނެފައި ގޭތެރެއަށްވަނެވެ.

ރޭގަނޑުގެ ވަގުތެވެ. ހުރިހައި ކުދިން ތިބީ ރައިހާގެ ކޮޓަރީގައެވެ. ފޫހިވެގެން އެކި ވަހަކަ ދެއްކުމުގައެވެ. ރައިހަ ދިޔައީ ބޭރަށް ދިޔުމަށް ތައްޔާރުވަމުންނެވެ. އޭނާ ލައިގެން ހުރީ މުށިކުލައިގެ ދިގުހެދުމެކެވެ. އަދި ހަމަ އެކުލައިގެ ޝޯލް އެއްވެސް އަޅައިހެވެ. ތުންފަތުފައި މަޑު ފިޔާތޮށި ކުލައެއްގެ ލިޕް ސްޓިކްއެއްްް ޖައްސާލައިފައި އޭނާ ލޯގަޑުން ފަރިބަލާލިއެވެ.

“އޯކޭ.. ހައު ޑޫ އައި ލުކް؟” ދެންތިބި ކުދިންނަށް ކުރިމަތި ލަމުން ރައިހާ އަހާލިއެވެ.

“ހްމްހްމްމް.. ހީވަނީ ހަމަ އުޑުންތިރިކޮއްފަ ހުރި ހޫރު ޕަރީއެއްހެން..” ޝީން ދިމާކޮއްލިއެވެ.

“އިޔާދު ހަމަ މޮޔަވާނެ..” ރަޝާ އިތުރު ކޮއްލިއެވެ.

“ރީތި.. ކަމެއްވެއް ޖެއްޔާ ކޯލް މީ ފަސްޓް..” މައިހާ އިސް އުފުލާ ބަލާލަމުން ބުންޔެވެ.

“އޯ.. އެންޑް.. ބްލެކް ފައިވާނަށް އަރާ..” ރަޝާ ބުންޏެވެ.

ރައިހާ ފަހަތުން ޝީން އަދި ރަޝާ ނުކުތީީ ބޭރަށެވެ. އޭރު ރައިހާގެ ލޯބިވެރިޔާ އިޔާދު ހުރީ ގޭކައިރީގައެވެ. އޭނާ އަކީ އިސްކޮޅުން ދިގު، ފަން އިސްރަށިސަންޑެންގެ ވެރިއެކެވެ. ބިސްބުރު މޫނަކާއި ތޫނު ކަތުރު ކަށިގަނޑެކެވެ. އެ ފަން އިސްތަށިގަނޑު އޭނާގެ ގަަދަމުށި ކުލައިގެ ލޯ މައްޗަށް އެޅިފައި ހުންނައިރު އިތުރު ތޫނު ކަމެއް ގެނުވައެވެ.

ރައިހާ ފެނުމާއި އެކު އިޔާދު އައިސް އޭނާގެ އަތަށް ދޮނެއްދިނެވެ. ރައިހާގެ މޫނު ވަގުތުން ރަތްވިއެވެ. މި މަންޒަރު ބަލަން  ތިބި ރަޝާ އާއި ޝީން ހޯއްގޮވަން ފެށިއެވެ. އެމީހުން ކިޔާ އެއްޗަކަށް އަޅާލުމެއްނެތި އިޔާދު ރައިހާގެ އަތުގައި މަޑު މަޑުން ހިފާލަމުން ހިގައިގަތެވެ.

މޫދުގެ ލޮނުގަނޑަށް ނަޒަ ހުއްޓާލައިގެން ރައިހާ ވާހަކަ ދައަކަމުން ގެންދިޔައިރު އިޔާދު، ރައިހާގެ މޫނު ނޫން އެހެން ދިމާލަކަށް ނަޒަރު ވައްކެއް ނުކުރެއެވެ.  ރައިހާގެ މަޑު މުށި ކުލައިގެ ބޮޑު ދެލޮލުގެ ތެރެއަށް ގެނބިގެން ދާން އޭނާ ބޭނުންވިއެވެ. އޭނާގެ ކޮތާފަތުގައި ބީހިލާ ހިންވެއެވެ. އެ ޗާލު، ހިތްގައިމި ހިނިތުނަވުން އަބަދުމެ އެ ތުންފަތުގައި ދަމަހައްޓަށް އޭނާ ހިތާހިތުން ވަޢުދުވިއެވެ. އަތުގައި ދައިތްދޮޅި ވިއްދަލަމުން އޭނާ ރައިހާ ދައްކަމުން ގެންދިޔަ ވާހަކައަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނެވެ.

ކަނޑުގެ ލޮނުގނޑު ދިޔައީ ސަދަވިލޭރޭގެ ހަދުގެ ރިހިއަލިން ވިދާ ބަބުޅަމުންނެވެ. ގޮނޑުށަށް ބޮސްދީފައި ރާޅުތައް ދާއިރު ހީވަނީ ލަދުން ފިލަން ދުވާހެންނެވެ. ހޭޅިފަށުގައި ހުރި ގަސްތަކުގައި ވައިއެޅޭ އިރު މަޑު މިޔުޒިކެއް ކުޅޭފަދައެވެ. ބީޗުގައި ހުރި ޖޯލި ފަތިތަކުގައި މަދުމަދުން މީހުންފެނެއެވެ. މޫދަށް އެރިވެސް މީހުންއުޅެވެ.

ޖެހިގެން އައިދުވަހު ޝީންއަށް ހޭލެވުނީ ގޭތެރެ އަޑުގަދަ ވުމުންނެވެ. އޭރު މައިހާވެސް ލޯއުގުޅަމުން ކޮޓަރިން ނުކުތެވެ. ޝީން އާއި ދިމާލަށް ބަލާލައިފައި ބުމައަރުވާލުމުން އޭނާ ކޮޑު އަރުވާލީ އުޅެނީ ކޮންބަޔެއްކަން ނޭނގޭކަމަށް ބުނުމުގެ ގޮތުންނެވެ. މައިހާ ސިޑިން ފައިބައިގެން ބަލާލުމަށް ފަހު ދުވަފައި މައްޗަށް އެރިއެވެ.

“ކުޑާމެން އަައިސް އުޅެނީ.. އަދި ކޮންމެސް އެހެން ބަޔަކުވެސް އެބަތިބި..” މައިހާ ބުންޔެވެ.

“ޕިސް.. މަމިދަނީ ނިދަން..” ޝީން މިހެން ބުނެފައި އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.

ރީތި ވެލައިގެން މައިހާ ފެބީ ތިރިއަށެވެ. މާގިނައިރުތަކެއްނުވެ ރަޝާ ވެސް ނުކުތެވެ. ދެކުދިން ކޮފީބޮށް ތިބައި ކާގެއަށް އައިމިނަތު އައެވެ. އޭނާގެ ފަހަތުން އެކުދިންގެ ކުޑާ، ފަރީދާ ވެސް އައެވެ.

“ކޮއްޗެއް މެންދުރަށް ހަދާނީ؟” އައިމިނަތު އަހާލިއެވެ.

“ޕާސްތާ ހަދަންް ހިގާ؟” ރަޝާ ލަފެއެއް ދިނެވެ.

“ޕަސްތާއޭ؟؟ އެއީ ދެން މީހުން ކާއެއްޗެއްތަ؟” ފަރީދާ ފާޑުކިޔެވެ.

“ގަހުން ބަބުކެޔޮ ކަޑައިގެއް ހިގާ ބަބުކެޔޮ ބައިތް ކަންކަން..”

އައިމިނަތު  އެއްބަސްވިއެވެ. މައިހާ އެނާގެ މަންމަ އާއި ބިމާލައް ބަލާލިއެވެ.

“އެއްދުވަހު އެ ކެޔަސް ރަގަޅުވާނެ..” އައިމިނަތު ބުނެލިއެވެ. މައިހާ ރުޅި މޫނު ހަދައިފައި ގޮސް ޖޯޑު ސިންކަށް ޖަހައިފައި ގެއިން ނުކުމެގެން ދިޔައެވެ. ރަޝާ ބަލަން ހުރެފައި ކުޑަ ކުޑަ ހިނިތުންވުމެއް ދިނެވެ. އޭނާއަށް ވީ މަޖާ ކަމަކަށެވެ.

މެންދުރުގެ ވަގުތެވެ. ގޭގެ ހުރިހާއެންމެން ތިބީ ސިޓިން ރޫމުގައެވެ. ދަތުރު ދިޔުމަށް ރޭވުމަށެވެ.

“ކޮންތާކަންތަ ދާނީ؟” ފަރިދާ އަހާލިއެވެ.

“ފަޅު ރަށަކަށް ދާނީ..” ހަމްނާ ވާހަދެއްކިއެވެ. އޭނާ ހުރީ ވަރަށް އުފަލުންނެވެ.

“ހަމްނާ ބައްޕަމެން އައިމަ ފަޅުރަށަށް ދާނީ..”އައިމިނަތު ބުނެލިއެވެ. އޭނާ ހުރީ ފަތް ތެއްލުމަށް ފަތް ފިލުވާށެވެ.

“ބޮޑުދޮންބެއާ ކާކާ އަންނަނީ؟” ޝީން މޫނު ކުނި ކޮއްލަމުން އަހާލިއެވެ.

އެވަގުތު ޙުސެއިން އައިސް ގެއަށް ވަނީ އޮފީސް ނިއްމައިފައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ވަރުބަލިކަމެވެ. އަދި އޭނާގެ އަތުގައި ފޯމުތަކަކާއި ރަށު ކޯޓުން ފޮނުވި ސިޓީއެއް އޮތެވެ. އޭނާގެ މޫނު ފެނިފައި ދެންތިބި އެންމެންގެ މޫނު މަތިން ވެސް ކުލަވަރު ބަދަލު ވެއްޖެއެވެ.

“ކިހިނެއްވީ؟ މިއަދު މާ ވަރުބަލީތަ؟” ޙުސެއިން އަތުގައި އޮއިތް ސިޓީ އުރަ އަތުލަމުން އައިމަނަތު އަހާލިއެވެ. އެ ހުޅުވާ ކިޔާލިމާއިއެކު އޭނާގެ މޫނު މަތީ ކުލަވަރު އޮއްސުނެވެ.

“ދައްތާ..، ކިހިނެއްވީ؟ ކީކޭ އޮތީ؟” ފަރިދާ ކެެއްމަދު ވެފައި އަހާލިއެވެ.

“އަޑު އިއްވުން ލަސްވެއްޖެއޯ.. މާލޭ ކޮޅުން ކޮންމެވެސް މައްސައެއް ޖެހިގެން..” އައިމިނަތު ކިޔައިދިނެވެ.

ގޭ ތެރެއަށް ވަދެގެން އައިި މައިހާއަށް މިއަޑު އިވިފައި ލޯބޮޑުވިއެވެ. އަދި ސިއްރު ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ. އެމަންޒަރު ރައިހާއަށް ކިތަންމެހާވެސް ރީތިކޮއް ފެނުނެވެ. މައިހާ އަކަށް މިކަމެއް ރޭކާއެއް ނުލިއެވެ. އޭނާގޮސް ފަރީދާ ގާތުގައި އިށީންދެ މޫނު މަތިން ހިތާމައިގެ ކުލަވަރު ދައްކާލިއެވެ. ނަމަވެސް އޭނާގެ ލޮލުން ވިދަމުން ދިޔަ އުފަލާއި ހިއްހަމަ ޖެހުން ރައިހާއަށް ފެނެއެވެ. ވަގުތު ކޮޅަކު އެތާ މަޑު ކޮއްލުމަށް ފަހު މައިހާ ތެދުވެގެން ދިޔައެވެ. ރައިހާ ވެސް އޭނާ ފަހަތުން ދިޔައެވެ. މި މަންޒަރު ފެނި ކަމެއް ގޯސް ވެއްޖެކަން ރަޝާއަށް ހީވިއެވެ. ނަމަވެސް އޭނާ އެކުދިން ފަހަތަކުން ނުދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

bikaari_ultrapromax
Follow Me Written By

bikaari_ultrapromax

Level 1

Other Articles

Previous

އެދިހުރި ކަމަކުން ބީވުމުން

Next

އަވައްޓެރިޔާ! – 11

Next
September 14, 2026

އަވައްޓެރިޔާ! – 11

Previews
September 14, 2026

އެދިހުރި ކަމަކުން ބީވުމުން

One Comment

  1. Creamy chicken pasta says:
    September 14, 2026 at 4:25 pm

    Daymnn.. Vhk is vhking.. 🤭
    Anyways.. Maiha haadha sus eyy dhw 👀
    I like this story 💙
    When next?

Comments are closed.

Next Episodeހައްލަކީ ކޮބާ؟←


All Right Reserved!